Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިހާޔަށް (12ވަނަ ބައި)

Ifaau
January 12, 2017
6 Mins Read
43 Views
23 Comments

އެދުވަހު އޮފީހުގައި ހޭދަކުރި ބާކީބައިގައި އައުސް އިނީ ހިޔާލުން ފުރިފައެވެ. މަސައްކަތް ކުރަމުން ދިޔަ ނަމަވެސް އިރު އިރުކޮޅުން ކައިރީ އޮތް ފޮތައް ބަލައިލެވެއެވެ. އެފޮތް ހުޅުވައިގެން ކިޔާލަން ކިތަންމެހާވެސް ބޭނުމެވެ. ނަމަވެސް ކިޔަން ބޭނުމީ އެކަނި އިނދެގެން ހަމަޖެހިލައިގެންނެވެ.

އެރޭގެ ވަގުތެވެ. އޮފީހުން އައިޝާ އައިސް ގެޔަށް ވަދެގެން އައި އިރު ފަރީޝާ ސޯފާގައި ފުރަގަސް ދީގެން އިނެވެ. އައިޝާގެ ފިޔަވަޅުގެ އަޑު އިވުމުން ފަރީޝާ ދުވެލާފައި އައިޝާގެ ކުރިމައްޗައް ދިޔައެވެ.

“އިޝީ ޕްލީޒް މަންމައަށް މާފް ކުރޭ! އިޝީ ނޫނީ މަންމަ އަނގައިން ބުނާނެ މީހެއްވެސް ނުހުންނާނެ… މަންމަ ވަރަށް ދެރަވޭ އިޝީ މަންމައާ ވާހަކަ ނުދައްކާ ހުންނައިރުން… ރުޅި މަޑުކުރޭ އިޝީ…” އައިޝާގެ މޫނުގައި ދެއަތުން ހިފައިލަމުން ފަރީޝާ ބުނެލިއެވެ. އޭރު ފަރީޝާއަށް ގިސްލެވެމުން ދިޔައެވެ.

މަންމަ ރޯ މަންޒަރު ފެނުމުން އައިޝާގެ ހިތް މަޑު ކަފަކޮޅަކަށް ވެގެން ދިޔައެވެ. އައިޝާގެ މޫނަށް އަރައި ފައިބަމުން ދިޔަ ކުލަވަރު ފެނިފައި ފަރީޝާގެ ހިތައް ހަމަޖެހުން ލިބިގެން ދިޔައެވެ.

“މަންމައަށް އިނގޭ ދަރިފުޅު ރުޅިން ނުހުންނާނެކަން…” އައިޝާ ގައިގައި ބައްދައިލަމުން ފަރީޝާ ބުނެލިއެވެ.

“އެކަމަކު ދުވަހަކުވެސް ހަނދާނުން ފިލައިގެން ނުދާނެ…” މަޑުމަޑުން ފަރީޝާ ގަޔާއި ދުރުކޮށްލަމުން އައިޝާ ބުނެލިއެވެ. އެއަޑަށް ފަރީޝާގެ ހިނިތުންވުން ފިލައިގެން ދިޔައެވެ. ފަރީޝާގެ މޫނަށް ބަލައިލުމަށްފަހު އައިޝާ ކޮޓަރިޔަށް ދިޔައެވެ.

ގެޔަށް އައި ގޮތައް އައުސް ދާންޖެހުނީ ޒީޝާ ގޮވައިގެން ބޭރަށެވެ. ޒީޝާގެ ރައްޓެހި ކުއްޖަކު ހޮސްޕިޓަލުގައި އޮތުމުން ޒީޝާ އައީ އައުސް ވެސް ގޮވައިގެންނެވެ. ވަގުތު ހިނގާލެއް ލަސްކަމުން އައުސް ހުރީ ފޫހިވެފައެވެ. ހޮސްޕިޓަަލަށް އައި ގޮތައް ގެޔަށް ދާންވެސް ނޫޅުނެވެ. ލަސްވެގެން ދެފަހަރަކު ޒީޝާ ކައިރީ ބުނުމުންވެސް އަޅައެއް ނުލިއެވެ.

“ތަނަކަށް ދިޔައްޔާ ކީއްވެ ތަން ހަރު ވަނީ؟” ގެޔަށް ދިޔަ މަގުމަތީގައި ނުރުހިފައި އައުސް ބުނެލިއެވެ. އޭރު ޒީޝާ އިނީ ސައިކަލުގެ ކުރީގައި ދުއްވާށެވެ.

“އައްދެ އައްދޭ އެހެންވެ ދޯ ތުން ދަމާފަ ތިއިނީ؟” ފުރަގަހުން ވާއަތް ގެނެސް އައުސްގެ ބަނޑުގައި ވިކައިލަމުން ޒީޝާ ބުނެލިއެވެ. އައުސް ހަމަ އަނގައިންވެސް ނުބުނެ އިނީއެވެ.

“ހިނގާ އައިސް ކްރީމް ބޯން؟” ކުއްޖަކު އައިސް ކްރީމްއެއް ހިފައިގެން ދާތަން ފެނިގެން ޒީޝާ ބުނެލިއެވެ.

“އުހުނ… ސީދާ ގެޔަށް… މީހަކު އެއްޗެއް ކާތަން ފެނުނަސް ދެލޯ ތިއިންނަނީ ނިތްކުރީގަ…” ޒީޝާގެ ބޮލުގައި އަޅައި ކޮށްޕައިލަމުން އައުސް ބުނެލިއެވެ. އައުސް އެއްގޮތަކަށް އެއްބަސް ނުވުމުން ދެމީހުން ދިޔައީ ގެޔަށެވެ.

ގެޔަށް އައިސް ކައިގެން އައުސް އަވަހަށް ކޮޓަރިޔަށް ވަދެ ދޮރު ޖެހިއެވެ. އޭރު އާލިމް ފޮތެއް ކިޔަން އެނދުމަތީގައި އޮތެވެ. އައުސްގެ އަވަސް ހަރަކާތް ފެނިފައި އާލިމް ލޯހަނިކޮށްލިއެވެ.

“ކިހިނެއް ވެގެން މާ އަވަސް އަރުވާލައިގެން ތިއުޅެނީ؟” އާލިމް އަހައިލިއެވެ. އޭރު ފޮތް ހިފައިގެން އައިސް އައުސް ވެސް އެނދުމަތީ އޮށޯންނަނީއެވެ.

“އައްދެ ރަގަޅުތަ؟” އައުސްގެ ނިތުގައި އަތް ޖައްސައިލަމުން އާލިމް އަހައިލިއެވެ. ނިތްކުރިޔަށް ރޫއަރުވަމުން އައުސް އާލިމްއަށް ބަލައިލިއެވެ.

“ވަރަށް ރެއާ މަންޒަރެއް ފެންނާތީ… ފޮތެއް ހިފައިގެން ކިޔަން އޮއްވަ ސުކޫލުގަ އުޅުން އިރުވެސް ނުފެނޭ..” އާލިމް ބުނެލިއެވެ. އައުސް ކުޑަކޮށް ހީލުމަށްފަހު ބާލީހުގައި ބޯ އަޅައިލުމަށްފަހު ފޮތުގެ ބަނޑޭރިގަނޑު ކިޔައިލިއެވެ.

“އެރެޔަށްފަހު އަހަރެންގެ ދިރިއުޅުން….. އިންތިހާޔަށް……….” އައުސް ކިޔައިލިއެވެ.

“ކޯންޗެކޭ؟” އައުސް އެއްޗެއް ބުނިހެން ހީވެގެން އާލިމް އަހައިލިއެވެ.

“އެއްޗެއް ނޫން… މިތަން މި ކިޔާލީ…” ފޮތް ދައްކައިލަމުން އައުސް ބުނެލިއެވެ.

“މަޑުން ކިޔާ.. ތިއްތިވެސް މިތާ އެބަ އޮތީން…” އާލިމް އެހެން ބުނެލުމަށްފަހު ކިޔަން ގެންގުޅުން ފޮތަށް ނަޒަރު ހިންގައިލިއެވެ. އައުސްވެސް ފޮތް ހުޅުވައިގެން ކިޔަން ފެށިއެވެ.

*****

އެރެޔަށްފަހު އަހަރެންގެ މުޅި ހަޔާތް ބަދަލުވެގެން ދިޔައެވެ. އެރެޔަށްފަހު އެތައް އުންމީދަކާއި ހުވަފެންތަކެއް ފުނޑުފުނޑު ވެގެން ދިޔައެވެ. އެރޭ އަހަރެން ގިރިގެން ނުފައިބީ ކިރިޔާއެވެ. އެއީ އަހަރެންގެ ހަޔާތުގައި ކުރިމަތިވި އެންމެ ހިތްދަތި ރެއެވެ.

އެންމެ ކުޑައިރުން ފެށިގެން އުޅެ ބޮޑުވީ އިޝީއާއި އެކުއެވެ. އިޝީއަކީ އަހަރެންގެ ހިތުގެ އެއްބައެވެ. ރައްޓިއްސަކަށްވުރެ ބޮޑަށް އެއްބަނޑު އެއްބަފާ ދައްތައެއްގެ ލޯބި ހިތުގައި ވަނީ އުފެދިފައެވެ. އެގުޅުން އެހާ ވަރުގަދަ ވެގެން ދިޔައީ އަހަރެންގެ މަންމަގެ ސަބަބުންނެވެ. ފަރީއްތަ ކައިރީ އަހަރެން ބެހެއްޓުމަށްފަހު މަންމަ ވަރަށް ގިނައިން ބައްޕައާއި އެކީ ރާއްޖެއިން ބޭރަށްދެއެވެ. ފަރީއްތައަކީ ސުކޫލު ދައުރުއްސުރެ އަހަރެންގެ މަންމަގެ އެންމެ ގާތް އެކުވެރިޔާއެވެ. އެހެން ކަމުން އެގޮތައް އެމީހުން ރާއްޖެއިން ބޭރަށްދާ ކޮންމެ ފަހަރަކު އަހަރެން ހުންނަނީ ފަރީއްތަ ކައިރީގައެވެ. ފުރަތަމަ ކޮޅު އަހަރެން ވަރަށް ރޮމެވެ. މަންމަ ކައިރިޔަށް ނުދެވިގެން ތެޅި އަރުވަމެވެ. ކޮންމެ ފަހަރަކު އަހަރެން ހުއްޓުވަން އިޝީ ކުރާ މަސައްކަތް އަހަރެން އަބަދުވެސް ހަނދާން ހުރެއެވެ. ފަހުން ފަހުން އަހަރެން މަންމަ ނެތިގެން އެއްވެސް ވަރަކަށް ދެރަޔެއް ނުވެޔެވެ. ޝަކުވާއެއްވެސް ނުކުރަމެވެ. ފަރީއްތަ އަހަރެންނަކަށް މަންމަގެ އުނިކަން އިހުސާސް ވިޔަކަ ނުދެއެވެ. އިޝީ އަހަރެން އެކަނި ވިޔަކަ ނުފެއެވެ. އަމިއްލަ ކާފަ ދަރިއެއް ފަދައިން އިޝީގެ ކާފަ އަހަރެން އުރާލައިގެން ގެންގުޅެއެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން އަހަރެންނަށް މުޅިން އާ އާއިލާއެއް ލިބިގެން ދިޔައެވެ. ފަރީއްތައަކީ މަންމަ ކަމުގައި ދެކި، އިޝީއަކީ ދައްތަ ކަމުގައި ދެކެން ފެށުނެވެ. އަހަރެންނާއި އެކުޑަކުޑަ އާއިލާއާއި ދެމެދު ވަރުގަދަ ލޯތްބެއް އުފެދިގެން ދިޔައެވެ. އެންމެ ބޮޑަށް ކުލުނު އުފެދުނީ އިޝީއާއި ދޭތެރޭއެވެ. އެކުވެރިކަމުގެ ނަމޫނާއަކަށް އަހަރެމެން ދެމީހުންގެ އެކުވެރިކަން ފުދެއެވެ.

މިހެން އުޅުމުގެ ތެރޭގައި އެއްދުވަހު ކޮންމެވެސް ގައުމަކުން ލަފައިގެން އަހަރެންގެ މަންމަ ގެޔަށް އައެވެ. އޭރު އަހަރެންގެ އުމުރުން 11 އަހަރެވެ. އެދުވަހު މަންމަ ގޮސް ވަނީ ފަރީއްތަގެ ކޮޓަރިއަށެވެ. އަހަރެންވެސް މަންމަގެ ފަހަތުން އެކޮޓަރިޔަށް ދާން ހިނގައިގަތީމެވެ. ނަމަވެސް ހުއްޓުންއެރީ މަންމަ ރޯއަޑު އިވުމުންނެވެ.

“ފަރީ…. ފަހު ފަހަރު ދަރިފުޅު ދެކިލަން މިއައީ… ދުނިޔޭގަ ހުރެވޭނެ ކަމުގެ އެއްވެސް އުންމީދެއް ނެތް… ދެން ގޮސް އެޑްމިޓްވާން ޖެހޭނީ…. އަހަރެންގެ ލައި ރަގަޅު ގޮތުގަ ބަލާދެއްޗޭ…” މަންމަ ބުނާ އަޑު އިވުނެވެ. ފަރީއްތަވެސް ރޮމުން ދިޔައެވެ.

އަހަރެންގެ މަންމަ ބަލީ ހެއްޔެވެ؟ މަންމަ އަބަދު ރާއްޖެއިން ބޭރުގައި އުޅެނީ އަހަރެންދެކެ ލޯބި ނުވާތީއެއް ނޫނެވެ. މިހެން ވެގެން ހެއްޔެވެ؟ އަހަރެންގެ ލޮލުން ކަރުނަ އަންނަން ފެށިއެވެ. ދުވެލާފައި ގޮސް އިޝީގެ ކައިރީގައި އެވާހަކަ ބުނީމެވެ. އަހަރެންގެ ވާހަކަ އަހާފައި އިޝީއަށް ވެސް ރޮވުނެވެ.

އެދުވަހު މަންމަ އަހަރެންގެ ކައިރިޔަށް އައި ގޮތައް އެކިއެކި ނަސޭހަތް ދިނެވެ. ހީވަނީ މަންމަ އަހަރެންނާ މުޅި އުމުރަށް ވަކިވާން އުޅޭހެންނެވެ.

“މަންމަ ތިއުޅެނީ އުމުރަށް ވަކިވާންތަ؟” ނުހުރެވިގެން އަހަރެން އަހައިލީމެވެ. އަހަރެންގެ އެސުވާލުން މަންމައަށް ރޮވުނެވެ. ނޫނެކޭ ކިޔާ އަހަރެންގެ ގައިގައި ބާރަށް ބައްދައިލިއެވެ. އިޝީ ވެސް ނުހުރެވިގެން އަހަރެމެން ގައިގައި ބައްދައިލިއެވެ. އެދުވަހު މަންމަ އަހަރެންނާއި ވަކިވެގެން ދިޔައީ އަހަރެންގެ ހިތް އެކީ ރޮއްވާލާފައެވެ. ބައްޕަވެސް ފަހުން އައިސް އަހަރެން ކައިރީ ކުޑަ ވަގުތު ކޮޅެއް ހޭދަ ކުރުމަށްފަހު ދިޔައީއެވެ. އެއީ އަހަރެން މަންމައާއި ބައްޕަ އެންމެ ފަހުފަހަރަށް ފެނުން ދުވަހެވެ. އެމީހުން އަހަރެން ދޫކޮށްލާފައި ދިޔައިރު އަހަރެން ހުރީ ރޮއެރޮއެ ބަލިވެފައެވެ. ގޭގެ ހުރިހާ އެންމެން އަހަރެންނަށް ހިތްވަރު ދެމުން ދިޔައެވެ.

އޭގެ ދެދުވަސް ފަހުން ފަރީއްތަ ރިޔާޒްބެޔާއި އެކީ ކޮޓަރީގައި ރޯއަޑު އަހަރެންނަށް އިވުނެވެ. އަހަރެން އެކޮޓަރި ކައިރިޔަށް ދާ ކޮންމެ ފަހަރަކު އިވެނީ އަޑުން އަޑުނަގައި ފަރީއްތަ ރޯ އަޑެވެ. ނުހުރެވިގެން އެރޭ އަހަރެން އިޝީ ކައިރީ އެވާހަކަ ބުނީމެވެ. އަހަރެމެން ދެމީހުން ވާހަކަ ދައްކައިގެން އެކޮޓަރިޔަށް ވަނީމެވެ.

“މަންމާ…” ފަރީއްތަ ރޮމުން ދިޔަ މަންޒަރު ފެނިފައި އިޝީ އަށް ވެސް ރޮވުނެވެ. އަދި ފަރީއްތަ ގައިގައި ބައްދައިލިއެވެ. އިޝީ ރޯން ހެދުމުން ފަރީއްތަ ކައިރީ އިން ރިޔާޒްބެ އިޝީ އުރައިލިއެވެ.

“ލައި އާދެބަލަ….” އަހަރެންނަށް ގޮވައިލަމުން ފަރީއްތަ ބުނެލިއެވެ. އަހަރެން މަޑުމަޑުން ފަރީއްތަ ކައިރިޔަށް ޖެހިލުމަށްފަހު ފަރީއްތަގެ އުުނގަށް އެރީމެވެ.

“ފަރީއްތަ މި ބުނާ ވާހަކަ އަކުން ލައި ނުރޮއްޗޭ…. ކޮންމެ ކުއްޖަކަށްވެސް މިދުވަސް ފެންނާނެ…” އަހަރެންގެ މޫނަށް ބަލައިލަމުން ފަރީއްތަ ބުނެލިއެވެ. އަހަރެން ގަބުވެފައި ބުނާނެ އެއްޗެއް ނޭންގިފައި ފަރީއްތަގެ މޫނަށް ބަލަން އިނީއެވެ.

“މިއަދު ހިނގި އެކްސިޑެންޓެއްގަ ލައިގެ މަންމައާ ބައްޕަ….” މިހެން ބުނުމަށްފަހު ފަރީއްތަ ރޮއެގަތެވެ.

“މަންމައާ ބައްޕައަށް ކިހިނެއްވީ؟” އަހަރެން އަހައިލީމެވެ. ފަރީއްތައަށް ހަމަ ރޮވެނީއެވެ.

“ބުނެބަލަ ކިހިނެއްތަވީ؟ ލައިގެ މަންމަ ކޮބާ؟ ބައްޕަ ކޮބާ؟ ފަރީއްތަ ބުނެބަލަ….” އަހަރެންނަށް ރޮވޭ ގޮތް ވިއެވެ.

“މަރުވެއްޖެ!!” އިސްޖަހައިލައިގެން އިނދެ ފަރީއްތަ ބުނެލިއެވެ. އަހަރެންނަށް ހުރެވުނުތަންވެސް ނޭންގުނެވެ. އަހަރެން އެވަގުތު ބިރުން ހަލާކުވިއެވެ. ވަގުތުން ދުވެލާފައި ކޮޓަރިން ނިކުތީމެވެ. އަހަރެން ދުއްވައިގަތުމުން ރިޔާޒްބެގެ އުރުން ފައިބައިގެން އިޝީ ވެސް އަހަރެންގެ ފަހަތުން ދުއްވައިގަތެވެ.

“ލައި މަޑު ކުރޭ…” ދުވެފައި އަހަރެން މަގު މައްޗައް ނިކުތުމުން އިޝީ ވެސް އަހަރެންގެ ފަހަތުން ނިކުތެވެ. ވަކި މިސްރާބެއްނެތި އަހަރެން ހުސް ފަޔާ ދުވަމުން ދިޔައީމެވެ. އަހަރެން ސިހުނީ މީހަކު އަހަރެންގެ ގައިގައި ހިފެހެއްޓުމުންނެވެ. އަހަރެން ބަލައިލިއިރު ރިޔާޒްބެ އަހަރެން ބިމުން އުފުލައިލަނީއެވެ. އަހަރެން ދެފައި ތަޅުވައި ރޮމުން ދިޔައީމެވެ. އިޝީއާއި ފަރީއްތަ ވެސް ފަހަތުން ދުވަމުން އައެވެ. އަހަރެން ވިއަރި އަރުވަމުން ހަޅޭތްލަވަމުން ދިޔައީމެވެ.

ރިޔާޒްބެ އަހަރެން ގެނެސް ބޭއްވީ ކޮޓަރީގައެވެ. އެނދުމަތީވެސް އަހަރެން ތެޅެމުން ދިޔައީ މަންމަ ކައިރިޔަށް ދާށެވެ. އެރޭ އަހަރެން މައިތިރިވީ ގޭގެ ހުރިހާ އެންމެން އެކި ގޮތްގޮތައް އަހަރެންނަށް ވިސްނައިދިނުމުންނެވެ. އެރޭގެ އެތައް ދަމެއް އިޝީ އަހަރެން ކައިރީ ހޭދަކުރިއެވެ.

އެއީ އެރެއެވެ. އަހަރެންގެ މަންމައާއި ބައްޕަ ވަކިވި ރެއެވެ. އެރެޔަކީ އަހަރެންގެ ހިތުގައި ކެތްނުވާވަރުގެ ފާރުގަނޑެއް އުފެދުނު ރެއެވެ. އަމިއްލަ އާއިލާ ނޫންކަމުގައި ވިޔަސް އަހަރެންނަށް ލޯބި ލިބެމުން ދިޔައެވެ. އެއްވެސް ކަމެއް މަދެއް ނޫނެވެ. މީގެ ކުރީގައި މަންމަ އަހަރެން އެކަނި ކޮށްލާފައި ދިއުމުން އަހަރެން އެހާ ދެރައެއް ނުވެއެވެ. ހަނދާނެއްވެސް ނުވެއެވެ. ނަމަވެސް އެރެޔަށްފަހު އެމީހުންގެ “މަރު” މަތިން ހަނދާންވާ ކޮންމެ ފަހަރަކު އަހަރެންނަށް ރޮވެއެވެ. ދެރަވެއެވެ. މަންމައާއި ބައްޕައާއި އެކު ހޭދަކުރެވުނު މަދު ދުވަސްތައް މަތިން ހަނދުމަކޮށްފައި ރޮވެއެވެ. އެރެޔަށްފަހު އަހަރެންގެ ހިތުން އެއްބައި މަދުހެން ހީވާން ފެށިއެވެ.

ނަމަވެސް ހިތުގައި އުފެދުނު ފާރުގަނޑު ރަގަޅުވަމުން އައީ އިންތިހާޔަށް އަވަހަށެވެ. ހީވެސް ނުކުރާ ވަރަށް ލޯބި ލިބެމުން އައެވެ. ފަރީއްތަ އަހަރެންނާއި އިޝީ ދުވަހެއްގައިވެސް ތަފާތެއް ނުކުރެއެވެ. އަހަރެން ކޮންމެ ކަމެއްވެސް ކުރަނީ އިޝީއާއި އެކީއެވެ. އިޝީ ބަލިވެއްޖެނަމަ އަހަރެންނަކަށް ނުވެސް ނިދެއެވެ. އިޝީއަށް ވެސް ވަނީ އެވަރެވެ. ސުކޫލުން ރަނުގެ ވަނަތައް ދެމީހުންނަށް ލިބެއެވެ. ފަރީއްތަ އެކަމާ ވަރަށް އުފާވެއެވެ. ރަން ބިިސް އަޅާ ދެ އަސްދޫނި ކަމުގައި އަބަދުވެސް ބުނެ އަހަރެންނާއި އިޝީއަށް ތައުރީފް ކުރެއެވެ.

ނަމަވެސް….

އެއީ އާދައިގެ “ނަމަވެސް” އެއް ނޫނެވެ. އެއީ އަހަރެންގެ އުފާވެރި އާއިލާއަށް ހަރީފު މޫސުން ގެނުވައިދިން “ނަމަވެސް” އެކެވެ. އިޝީ އަބަދުވެސް މަންމައާއި ބައްޕަ އެކީގައި ނޫޅޭތީ ޝަކުވާ ކުރެއެވެ. ކާފަ ފަރީއްތަ އަކާއި ވާހަކައެއް ނުދައްކައެވެ. ކާފަ ރިޔާޒްބެޔަކާއި ވެސް ވާހަކައެއް ނުދައްކައެވެ. އެއީ ކީއްވެ ހެއްޔެވެ؟ އެމީހުންގެ މެދުގައި ލެވިފައިވާ ފާރުގެ މެދުގައި އަހަރެންނާއި އިޝީ ތާށި ނުވާކަމީ އަހަރެން އުފާ ކުރާ ކަމެކެވެ. ރިޔާޒްބެ ގެޔަށް އަންނަނީ އިޝީ ކައިރިއަށެވެ. ރިޔާޒްބެ ހުންނަ ތަނަކު ކާފަ ނުވެސް ހުރެއެވެ. މިހުރިހާ ކަމެއް އަހަރެން އައީ ހިތުގައި ނޯޓް ކުރަމުންނެވެ. މިގޭތެރޭގައި ކޮންމެވެސް ކަހަލަ ހައިޖާނުގަނޑެއް ހިނގާކަން އަހަރެންގެ ޅަ ސިކުނޑިޔަށް ވިސްނެމުން ދިޔައެވެ. އޭރު އަހަރެން ހުރީ ވިސްނޭ ވަރު ވެފައެވެ. އިޝީ ވެސް އެހުރިހާ ކަމަކާ އަބަދު ވިސްނައެވެ. ފަރީއްތަ ކައިރީ އަބަދުހެން ކިޔާނީ ބައްޕަ ގެޔަށް ގެނައުމަށެވެ. ނަމަވެސް އެއީ ކާފަ ދުނިޔޭގައި ވާނެ ކަމެއް ނޫންކަން ކާފަގެ ހަރަކާތްތައް ހުންނަ ގޮތުން އިނގެއެވެ.

ކުރީގައި ރިޔާޒްބެ އަބަދުހެން ގެޔަށް އައިސް ވަގުތު ހޭދަކުރަނީ އިޝީ އާއި އެކީގައެވެ. ނަމަވެސް ފަހުން ފަހުން އަހަރެންނަށް ވެސް ރިޔާޒްބެ ހަދިޔާ ގެނެސްދެއެވެ. އަހަރެންވެސް އުރާލައިގެން ސަކަރާތް ޖަހައެވެ. އަހަރެން އުނގަށް ލައިގެން ކާންދީ، ސުކޫލު މަސައްކަތްތައް ކޮށްދީ، ކުޅެ ހަދައެވެ. އެމަންޒަރު ފެނިފައި ފަރިއްތަގެ އިތުރުން އިޝީ ވެސް ހުންނަނީ ވަރަށް އުފާވެފައެވެ. އަހަރެންވެސް އުފާވީ ބައްޕައެއްގެ ލޯބި ލިބޭކަމުގެ އިހުސާސް ވާންފެށުމުންނެވެ.

އެ އުފާވެރި އިހުސާސް ނިމިދިޔައީ އެއްދުވަހަކު އަހަރެންގެ ލޮލަށް ފެނުން މަންޒަރަކުންނެވެ. އަހަރެން ކޮންމެ ދުވަހަކު ސުކޫލުން އައިސް ގޭގެ ފުރަގަސް ފަޅީގައި އޮންނަ ބަގީޗާގައި ހުންނަ ގަސްތަކަށް ފެންދެމެވެ. އެގޮތުން އެދުވަހުވެސް އަހަރެން ދިޔައީ ގަސްތަކަށް ފެންދޭށެވެ. ގޭގެ ދެފަރާތުންވެސް ބަގީޗާއަށް ނިކުމެވޭނެއެވެ. އަހަރެން ބަގީޗާއަށް ވަނީ ވާއަތް ފަޅިންނެވެ. ހޮޅި ހިފައިގެން ކަނާއަތް ފަޅީގެ ގޯޅި ކައިރީ ހުރި އިސްކުރު ކައިރިޔަށް ދިޔަވަގުތު އަހަރެން ސިހުނީ ދެމީހަކު ވާހަކަ ދައްކާ އަޑަށެވެ.

“ކީއްކުރަން މިގެޔަށް ތި އައީ؟ މީހަކަށް ފެނިއްޖިއްޔާ އޯ؟” އެ އިވުނީ ރިޔާޒްބެގެ އަޑެވެ. މާ ސިއްރުން ވާހަކަ ދައްކަމުން ދާތީ އަހަރެން ވަރަށް އަޑު އަހާލާ ހިތްވިއެވެ.

“ކީއްކުރާނީ؟ އެންމެ ރުފިޔާއެއްވެސް ނެތޭ އަތަކު… ރައްޓެހި ކުއްޖަކަށް ގުޅަން ފޯނުގަ ލާރި ނެތީމަ އައީ…” ދެން އިވުނީ އަންހެން އަޑެކެވެ. އެއީ ކާކުތޯ ބަލައިލަން އަހަރެން ކުޑަކޮށް ގޯޅިތެރެޔަށް ނަޒަރު ހިންގައިލީމެވެ. އެވަގުތު އަހަރެންގެ ދެލޯ ބޮޑު ވެގެން ދިޔައެވެ. އެއީ އަހަރެންގެ ހަޔާތުގައިވެސް ބޮޑު ދެމީހުން އެހާ ގައިގޯޅިކޮށް ފެނުން ފުރަތަމަ ފަހަރެވެ. އަންހެނަކު ފާރުގައި ލެނގިގެން ހުރި އިރު، ރިޔާޒްބެ ހުރީ ދެފަރާތުން ފާރުގައި އަތް އަޅުވައިގެންނެވެ. އަންހެން މީހާ ހުރީ ރިޔާޒްބެ ގައިގައި ޖެހި ފިިތިގެންނެވެ.

“ދޭ ދެން… ފަރީ އަށް ފެނިދާނެ…” ރިޔާޒްބެ އަނެއްކާވެސް ބުނެލިއެވެ.

“ހެޔޮ ފެނުނަސް… ދެން އިންނަން އުޅެބަލަ އަވަހަށް…” އަންހެން މީހާ މިހެން ބުނުމަށްފަހު ރިޔާޒްބެ ގައިގައި ބައްދައިލިއެވެ. އަހަރެންނަށް އެމަންޒަރު ބަލަން ނުކެރިގެން ދާން ހިނގައިގަތީމެވެ. ނަމަވެސް އަހަރެން ސިހުނީ ފައިގައި އެއްޗެއް ޖެހުމުންނެވެ.

“އާހް…” ދެން އަހަރެން ބަލައިލިއިރު އަހަރެން އޮތީ ބިންމަތީގައެވެ.

“ކާކު؟” ގޯޅި ތެރެއިން ރިޔާޒްބެ ބުނެލި އަޑު އިވުނެވެ. އަހަރެން ބިރުން ހިންދިރުވައިލީމެވެ. (ނުނިމޭ)

 

9
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Ifaau

Story writing is one of the best thing I wanna do always. Thank you all❤ Check me out in Facebook- Iphaa / Instagaram- iiiphoooo

Other Articles

Previous

ފިރިމީހާގެ ހައްޤުގައި (8)

Next

ނަމަވެސް…. 2 ވަނަ ބައި

Next
January 13, 2017

ނަމަވެސް…. 2 ވަނަ ބައި

Previews
January 12, 2017

ފިރިމީހާގެ ހައްޤުގައި (8)

23 Comments

  1. Ifaau says:
    January 12, 2017 at 7:33 pm

    Enjoy?

    1. Shiya says:
      January 12, 2017 at 7:52 pm

      Ofcouse enjoyed a lot. Love your story girl.??

  2. Amina says:
    January 12, 2017 at 7:37 pm

    Site ga balan indha thi up kuree… Hehe furihama.
    Amina ah mi site ah vannan mihaaru v undhagoovey. Slow vefa hunnanee. Ehen kudhinnah ves mihen veytha? Amina abadhu site ga mi innanee ehenvegen.

    1. Shiya says:
      January 12, 2017 at 7:51 pm

      Not only you amina. Siya ah vs mi site v slow??

  3. Avy says:
    January 12, 2017 at 7:41 pm

    Dhen kanneynge thi riyaazge kulavaru fennaanee. Lai bust v dhoa. Lai ah dhera gotheh nahadhaathi Ifaau ingey? Me second yaaay???

  4. QueenBee says:
    January 12, 2017 at 8:00 pm

    Wow iph. So beautiful??

  5. Azhar says:
    January 12, 2017 at 8:15 pm

    Alhey very curious to read the next part. Upload soon.. Kon meyakass vaahaka vvvv reethi

  6. aisha says:
    January 12, 2017 at 8:17 pm

    Story is amazing. V reethi

  7. hyny says:
    January 12, 2017 at 8:21 pm

    wow salhi…….. kobaa thww copy copy kyy kudhin thah???? anga bandhu vyy thohcheh…. keep it up Ifaau ❤

    1. Amy says:
      January 12, 2017 at 9:35 pm

      Haha ekudhinthah vs story kiyaane ehnu dhoa? ???

  8. Brainless says:
    January 12, 2017 at 9:02 pm

    Vvv salhi..
    Heyonuvaane magey ahh meege ulhey main character bunedheebala insaanekey… Aisha or laisha..???
    And I hope xeeshaa ahh aus nulibeyynekamah…??
    Plxxx somebody reply to this comment..

    1. Ifaage fan says:
      January 12, 2017 at 9:20 pm

      Aisha is present and laisha is past. But i’m confused too.

    2. Ifaage fan says:
      January 12, 2017 at 9:22 pm

      Waiting for next part ifaa. Make is fast please!!!!

    3. Origallo says:
      January 13, 2017 at 12:44 am

      I think laisha

  9. Roxy says:
    January 12, 2017 at 9:24 pm

    Aus and zeesha ge convo v majaa??
    Awesome story I love it❤❤

  10. Cutie says:
    January 13, 2017 at 1:02 am

    Beaufiful story. Riyaaz lai ah gotheh nehedhiyyaa ragalhu mifaharu

  11. Mal says:
    January 13, 2017 at 1:17 am

    Damn so much perfection in one story!! Amazing??

  12. Hassu says:
    January 13, 2017 at 12:30 pm

    މި ޕާޓް ވެސް ވަރަށް ރީތި… އިފާއު ތީ ވަރަށް މޮޅު ކުއްޖެއް

  13. Hawwoo....?? says:
    January 13, 2017 at 9:38 pm

    Mi story ge main dhe myhunnaky laeee n auty… I think… Ma sha allaah vvv hub. Kob next part..

  14. ? says:
    January 13, 2017 at 11:13 pm

    ????????????????☺??????????????????????????????????????????????????☻☹?

  15. sonaalee says:
    January 14, 2017 at 2:27 am

    Xee haadha dheravaaney..ma heekury xee n aaus kamah..

  16. Avy says:
    January 14, 2017 at 3:44 pm

    Koba story? Mihaaru mivaahaka ah inthixaaru kuraathaa 1 dhuvas v. Fast pls. Can’t wait to know what happened to lai

  17. Sm1 says:
    February 11, 2017 at 10:24 pm

    Varah reethi 🙂 Masha Allah!!

Comments are closed.

All Right Reserved!