ކާރު ތެރޭގައި ފާޒިންއަށް ބަލަހައްޓައިގެން ހިނިތުންވެފައި އިން މައިޝާ ފެނިފައި ފާޒިންގެ ހިއްސުތައް ގަނޑުވި ކަހަލައެވެ. އިރުކޮޅެއް ވަންދެން ފާޒިންއަށް މައިޝާއާއި ދިމާލަށް ބަލަހައްޓައިގެން ހުރެވުނެވެ. ނަމަވެސް މީހާ ހަމައަކަށް އަޅުވާލަމުން މައިޝާއާއި ދިމާލަށް އަތް ދިއްކޮއްލިއިރު އެލޮލުގައި ވަނީ އެހެންކަހަލަ ވިދުވަރެކެވެ. މުނީރާމެންގެ އެހީގައި މައިޝާއަށް ކާރުން ފޭބުނު އިރު އެތަނުގައި ތިބި އެންމެންގެ ލޯވެސް އަމާޒުވެފައިވަނީ މައިޝާއަށެވެ. ހުދުކުލައާއި ރަތްކުލައިގެ ހެދުމުގައި ހުރިއިރު މައިޝާ ހީވަނީ މަތިން ފައިބައިގެން އައިސްހުރި ޕަރީއެއްހެނެވެ. އެތަނުގައި ތިބި […]
ޕޭމެންޓް މަތިން ހިނގާފައި ދިޔަ މައިޝާގެ ހިނގުން މަޑު ޖެހިލީ ކުރިމަތިން ފެނުނު މަންޒަރަކުންނެވެ. މިސްރާމެންނަށްވެސް ޕޭމެންޓް މަތީގައި ހުއްޓިލައިގެން ހުރި އާދިލް ފެނުނީ އެވަގުތުއެވެ. އާދިލްގެ ނަޒަރު ހުއްޓިފައި ހުރީ ސީދާ މައިޝާގެ މޫނަށެވެ. އާދިލްގެ މޫނުފެނިފައި މިސްރާއަށްވެސް ބާރުކޮއްލެވުނީ މައިޝާގެ އަތަށެވެ. މިއިން ދުވަހަކުވެސް ފެންވަރާފައި ހުރިހެނެއް ހިޔެއް ނުވެއެވެ. ދެލޯވެސް ރަތްކަމުން ހީވަނީ އެހެންފަދަ ކަމެއް ހެނެވެ. ” އޭ.. ކިހިނެއްވެފަތަ ތިހިރީ..؟ ” ސައިކަލުމަތީގައި އިށިންދެލައިގެން އިން ފިރިހެނަކު އާދިލްއަށް ގޮވާލިއެވެ. […]
މައިޝާ ވަރަށް ފަރުވާތެރިކަމާއެކު އެކުޑަ ޕާރުސަލްކަނޑަމުން ދިޔައެވެ. ޕާރުސަލްތެރޭގައި އޮތް އެތި ފެނުމުން މައިޝާއަށް ބޭއިހްތިޔާރުގައި ފާޒިންއަށް ބަލައިލެވުނެވެ. އެވަގުތު ފާޒިން މައިޝާގެ ކުރިމަތީގައި އެއްކަކޫ ޖަހައިގެން އިށީނެވެ. ” ވިލް ޔޫ މެރީމީ…! ” ފާޒިން މައިޝާގެ އަތުތެރޭގައި އޮތް ކުޑައަނގޮޓި ނަގާ ދިއްކޮއްލަމުން ބުނެލިއެވެ. މައިޝާ ވީއުފަލެއްގެ ބޮޑުކަމުން ވާހަކަވެސް ނުދެއްކުނެވެ. މައިޝާ ބޯޖަހާލުމުން ފާޒިން މައިޝާގެ އަތުގައި އަނގޮޓި އަޅުވާދިނެވެ. އަދި ތެދުވެ ވަރަށް ލޯބިން ބައްދާލިއެވެ. ” މަންމާ…! ފައި ކޮބާ […]
” އެއީ އެކުއްޖާ…! ހާދަހާ ރީއްޗޭ… ހޮޓްކަމުން ހީވަނީ ހަމަ ނަރަކައިގެ ބުރާންޗެއްހެން… ” އާނިސް ހިނިގަނޑެއް ޖަހައިލަމުން ބުނެލިއެވެ. އާނިސް އެހެން ބުނުމުން އަރުސަދަށްވެސް އާނިސްއާއި ދމާލަށް ބަލާލެވުނީ ފާޑަކަށެވެ. ” ދަރިފުޅާ ފައިހާ…! އާދެބަލަ…! ” ވަދީފާ ސާލީގެ ކޮޓަރިން ނިކުމެފައި ފާއީހާއަށް ގޮވާލުމުން ފައިހާގޮސް ސާލީގެ ކޮޓަރި ތެރެއަށް ވަންނަންދެން އަރުސަދު ބަލަހައްޓައިގެން ހުއްޓެވެ. އެރޭ އަށެއް ޖެހިއިރު ގާޒީއާއި އިތުރު ދެމީހުން އައިސް ގެއަށްވަނެވެ. އޭރު ތޮލާލްގެ އާއިލާގެ މީހުންވެސް އައިސްތިއްބެވެ. […]
ފާޒިންނަށް އެދުވަހު އޮފީހަށް ދެވުނީ ދިހައެއްވެސް ޖެހިފަހުންނެވެ. އޮފީހަށްގޮސް އެންމެ ފުރަތަމަވެސް ފާޒިން ދިޔައީ އޭނަގެ ހިތުގެ މަލިކާ ދެކިލުމަށެވެ. އޭރު މައިޝާ ކޮންޕިއުޓަރުން ކޮންމެވެސް އެއްޗެއް ކިޔަން އިނެވެ. ފާޒިން ސިއްރު ސިއްރުން އެތެރެއަށް ވަދެ މައިޝާގެ ލޯމަތީގައި އަތްއަޅާލީ ސިއްރު ސިއްރުނެވެ. ” ފާޒިން..! ” މައިޝާ ކުޑަކޮއް ސިހިގެން ދިޔަ ނަމަވެސް ފާޒިންގެ އަތުގައި އަތް ޖެހުމާއެކު މައިޝާއަށް ބުނެލެވުނެވެ. ފާޒިންވެސް މައިޝާގެ ލޯމަތިން އަތްނަގަމުން މައިޝާއާއި ދިމާލަށް ބަލައިލީ މައިޝާއަށް އެއީ […]
ފާޒިން ކައިރީގައި ހުރި ސުވިޗް ޖައްސާލުމާއެކު އެކު ބޮޑު ހިތެއްގެ ތެރޭގައި އައި.ލަވް.ޔޫ ޖަހާފައި އިން ހިތެއް ރަތްކުލައިން ދިއްލިގެން ދިޔައެވެ. މައިޝާއަށް ބަލައިލެވުނީ ފަހަތުގައި ހިނިތުންވެފައި ހުރި ފާޒިންގެ މޫނަށެވެ. އެވަގުތު މުޅިތަން އަލިވެގެން ދިޔައިރު މައިޝާއަށް މުޅި ތަނުގެ ތެރެއަށް ނަޒަރު ހިންގާލެވުނީ އެތަނުގައި ކޮއްފައި ހުރި ޑެކަރޭޝަން ފެނިފައެވެ. މުޅިތަން އެކި ވައްތަރުގެ މާބޮޑިތަކުން ފުރިފައި ހުރިއިރު ވަރަށްވެސް ހިތްގައިމެވެ. މައިޝާ ފާޒިންއާއި ދިމާލަށް ބަލާލިއިރު ފާޒިން އިނި މައިޝާގެ ކުރިމަތީގައި އެއްކަކޫ […]
” ކޮން ސްސްސްސްސްސް އެއް ކިޔާކަށް….! ލޯބިވާލެއް ބޮޑުކަމުން ބުނަންނުކެރިފަ…! އަހަރެން ބުނެފާނަން ފާޒިންބެ ކައިރީގައި ދޮންތަ ވަރަށް ލޯބިވެޔޭ ފާޒިންބެދެކެ….! ” މިސްރާ ހީކުރީ މައިޝާގެ ކޮޅުބަލިވުމުން މައިޝާ ހަދާލި ގޮތެއްކަމަށެވެ. އެހެންވެ ވާހަކަވެސް ދެއްކީ ކުރިއަށްވުރެ ބާރަށެވެ. ” ފާޒިން އެބައިން ބޭރުގައި…! ” މައިޝާ އައިގޮތަށް އައިސް މިސްރާގެ އަނގަމަތީގައި އަތް އަޅަމުން ބުނެލީ ވައި އަޑުންނެވެ. “އަޑެއް ނީވޭނެ ކަންނޭގެ….! ” މައިޝާ މިސްރާގެ އަނގަމަތިން އަތްނެގުމުން ވައި އަޑުން މިސްރާވެސް […]
” ދަރިފުޅާ…! ބައްޕަ ބުނި ސާލީވެސް ނުގަބޫލުގަ ބައްޕަ ބޭނުމެއް ނޫނޯ ދަރިފުޅުމެންގެ ކައިވެނި ކުރުވާކަށް…! އެކަމަކު ސާލީ ކައިވެނި ކުރަންބޭނުންނަމަ ޖެހޭނީ ކައިވެނި ކުރާށޯ…! ” ވަދީފާވެސް އައިސް ފާޒިންގެ ކައިރީ އެނދުގައި އިށީނެވެ. ފާޒިން އޭނަގެ ފޯނު ބަލާލިއިރު މައިޝާ ފަސް ފަހަރަށް ގުޅާފައި އޮތެވެ. އެހެންވެ ފާޒިން މައިޝާއަށް ގުޅާލިއެވެ. ” ހަލޯ..! ކިހިނެއްވީ…؟ ” މައިޝާ ފޯނުނެގުމާއެކު ފާޒިން ބުނެލިއެވެ. ” ކަމެއްނުވޭ… ފާޒިންގެ ހަބަރެއްނުވާތީ ހަމަ ގުޅާލީ…! ” މައިޝާ […]
މައިޝާގެ ފޯން ރިންގުވާންފެށުމުން ޖީބުން ފޯންނަގާ ބަލާލި އިރު ގުޅަނީ ފާޒިންއެވެ. މައިޝާ ފޯނު ހިފައިގެން ތަންކޮލެއް ދުރަށް ޖެހިލަމުން މޫނުގައި އަތް އަޅައިގެން ރޯން އިން މުނީރާއަށް ބަލާލިއެވެ. ” ހަލޯ…! ” ފޯނު ކަންފަތުގައި ޖައްސާލަމުން މައިޝާ ބުނެލިއެވެ. ” ކިހިނެއްވެފަ…؟ އަނެއްކާ ކަމެއް ގޯސްވީތަ..؟ ” މައިޝާގެ އަޑު ކަންފަތުގައި ޖެހުމާއެކު ފާޒިންއަށް ފުރަތަމަވެސް އަހާލެވުނެވެ. ފާޒިންއަށް ދެން އިވުނީ މައިޝާގެ ގިސްލުމުގެ އަޑެވެ. ” ހަލޯ މައިޝާ…! ކިހިނެއްވީ…؟ ކޮންތާކު ތިހުރީ…؟ […]