“އެސްކިއުޒު މީ…! ” ފާޒިން އަނެއްކާވެސް ކުރިން ބުނިބަސް ތަކުރާރު ކޮއްލީ މައިޝާމެން ތިބިތަނުގައި ބަލަހައްޓައިގެން ތިބުމުންނެވެ. “ސޮރީ…! ” ހިނިތުންވެލަމުން މައިޝާ އެއްފަރާތައް ޖެހިލިއެވެ. ބަދަލުގައި ފާޒިންވެސް ހިނތުންވުމެއް ރައްދުކުރަމުން ހިނގައިގަތީ ކައުންޓަރާއި ދިމާލަށެވެ. އޭނަ ނެގި ޓީސާޓަށް ލާރި ދެއްކުމަށްޓަކައެވެ. މައިޝާއަށްވެސް ވީ ފާޒިންނަށް ވީވަރެވެ. އެހާރީތި ފިރިހެނުން ދުނިޔޭގައި އުޅޭކަމެއް މައިޝާއެއް ނުދަނެއެވެ. އިސްކޮޅުގައި ހަފޫޓު ހަމަވާނެއެވެ. ގައިގެ ކުލަ އައްޔެވެ. ފަން އިސްތަށިގަނޑު ވަނީ ކަނދުރާއާއި ހަމަޔަށް ދިގުކޮއްފައެވެ. އަތްދިގު ގަމީހަކާއި […]
އަރާމުކޮއް ނިދާލާފައި އޮތް ފައިހާއަށް ހޭލެވުނީ އޭނަގެ މަންމަ ސުކޫލަށް ދާން ގޮވުމުންނެވެ. އެއީ އޭނަގެ އާދައެވެ. ކޮންމެ ދުވަހަކުވެސް ސުކޫލަށް ދާން ނުގޮވަނީސް ފައިހާއަށް ހޭލެވުން އެއީ ނެތް ގޮތެކެވެ. ސުކޫލަށް ދާން ތައްޔާރުވެގެން ނިކުތްއިރު އާމިރު ކާމޭޒުކައިރީގައި ސައިބޯންއިނެވެ. ނ .ދ” ގުޑް މޯރނިން ޑޭޑް.. ” ފައިހާ ގޮސް އާމިރު ކައިރީގައި ހުއްޓެމުން ގޮވާލިއެވެ. ގު“ގުޑް މޯރނިން ދަރިފުޅާ.. އަވަހަށް އާދެ ސައިބޯން… ދަރިފުޅު ލަސްވީމަ ބައްޕަ ސައިބޯންމިފެށީ….! ” ހިނިތުންވެލަމުން ކައިރީގައި […]