އަހަރެންނަށް ހޭލެވުނުއިރު އަހަރެން އޮތީ ދާހިއްލާ ފޯވެފައެވެ. ރުޅިއައިސްފައި ސީލިންގާއި ދިމާލަށް ބަލާލީ ފަންކާގެ ދުވަސް ދުއްވާލާނަމޭ ހިތައެވެ. ފަންކާ ހުއްޓިފައި ހުރުމުން ކޮއްކޮގެ ކަމަކަށް ހަދާފައި އަހަރެން ދޮރުކައިރީގައި ހަރުކޮއްފައި ހުރި ފަންކާގެ ޑިމަރާ ދިމާލަށް ދިޔައީ ކޮއްކޮއާއި ދިމާލަށް ހިތާހިތުން އެއްޗިހި ކިޔަމުންނެވެ. ” ސިޓް..! ކަރަންޓެއް ނެތް..! ” އައި ރުޅީގައި އަހަރެންނަށް ބާރު އެތިފަހަރެއް ޖަހާލެވުނީ ކޮޓަރީގެ ފާރުގައެވެ. އަތަށް ދަތުވި ނަމަވެސް ކައިރީގައި ހުރި ގޮޑީގައި އަޅުވާފައި އޮތް އަހަރެންގެ […]
” ހާދަ ވަރަކަށް ގޮވައިފީމޭ….! ރޭގަ ކިހާއިރަކު ގެއަށް އައީ….؟ ” ކޮޓަރީ ތެރެއަށް ވަންނަމުން ވަދީފާ ބުނެލިއެވެ. އެވަގުތު ލެޕްޓޮޕުން ހުޅުވާފައި އިން މައިޝާގެ ފޮޓޯގަނޑު ވަދީފާއަށް ފެނިފައި ހިނގުން މަޑުޖެހިލިއެވެ. ” މީކޮން ކުއްޖެއް…؟ ” ވަދީފާ ގޮސް އެނދުގައި އިށީންދެފައި ލެޕްޓޮޕް ނަގާ ބަލާލަމުން ބުނެލިއެވެ. ” ތީ އޮފީސް ކުއްޖެއް…! ” ފާޒިންވެސް އައިސް ވަދީފާ ކައިރީ އެނދުގައި ޖައްސާލިއެވެ. ” އަދިވެސް އޮތީތަ….؟ ދެން ތެދުވެބަލަ ސައިބޯން ދާން….! މިހާރު […]
ތަންކޮޅެއްދުރުން ސިރާޖާއެކު ހިނގާފައި އައި މައިޝާ ފެނުމުން ފާޒިންއަށް އެދިމާލަށް ބަލަހައްޓައިގެން ހުރިއިރު އެމޫނުމަތިން ފެންނަމުން ދިޔައީ ސީރިއަސް ކަމެވެ. ” މައިޝާ ސިރާޖާއާއި އެކު ކޮންތާކަށް ގޮސްފައި…! ” ފާޒިންއަށް ހިތާހިތުން ބުނެލެވުނެވެ. ފާޒިން ބަލަހައްޓައިގެން ހުރި ދިމާލަށް އިންހާވެސް ބަލާލީ ފާޒިން ވާހަކަ ދައްކަ ދައްކާފައި ކުއްލިއަކަށް ހުއްޓާލުމުންނެވެ. ” މައިޝާ…! ކޮންތާކަށް ގޮސްފައި ތިއައީ…؟ ” ސިރާޖުމެން އައިސް މަޑުކޮއްލުމުން ފާޒިންއަށް އަހައި ނުލައެއް ނުހުރެވުނެވެ. ” މައިޝާ އެކަނި މާއެކަނި އިންދާ […]
މައިޝާ ގެއަށް ވަތްއިރު މުނީރާ ގޭގެ ސިޓިންގް ރޫމްގައި މަޑުކޮއްލައިގެން އިނީ ސީދާ މައިޝާއަށް ބަލަހައްޓައިގެންނެވެ. އެމޫނުމަތީގައި ހުރި ކުލަވަރުން މައިޝާގެ ހިތް ތެޅިލީ ގަތް ބިރެއްގެ ސަބަބުންނެވެ. “މަންމާ…! ކިހިނެއްވެފަ ތީނީ…؟ ” މުނީރާ ބަލަހައްޓައިގެން އިންގޮތުން މައިޝާއަށް އިތުރަށް އެންމެ ފިޔަވަޅެއްވެސް އަޅާކަށް ނުކެރުނެވެ. ” އެއީ ކާކު…؟ ” މުނީރާ ފުރަތަމަވެސް ކޮއްލީ ސުވާލެކެވެ. ” ކޮބާ…؟ ” މުނީރާ ބުނިއެއްޗެއް މައިޝާއަކަށް ނުވިސްނުނެވެ. ” ދެންމެ ކާރެއްގައި މައިޝާ ގޮވައިގެން އައެއްނު…؟ […]
” މައިޝާއަށް އެނގޭނީ….! އަހަރެން ބޭނުން ތަނަކަށްތަ ދާންވީ…! ” ކާރުތެރޭގައި ޖަހާފައިހުރި ލަވަ ބަދަލްކޮއްލަމުން ފާޒިން ބުނެލީ މައިޝާއަށް ބަލަހައްޓައިގެން އިނދެއެވެ. މައިޝާވެސް ފާޒިން ބަލާވަރުން އިސްޖަހާލީ ލަދުންނެވެ. އެރޭ މައިޝާ ރީތިކަމުން ހީވަނީ ހޫރުޕަރީއެއް ހެނެވެ. އާދައިގެ ކުރުތާ ވައްތަރުގެ ހެދުމަކާއި ޖިންސެއް ލައިގެން އިންއިރު އެދިގު ފަންއިސްތަށިގަނޑު ވަނީ ފަހަތުން ދަތްޗެއް ޖަހާފައެވެ. މޫނުމަތީގައި އެއްވެސް ވަރެއްގެ މޭކަޕެއް ކޮއްފައި ނެތަސް އެމޫނު ފެންނަނީ ވަރަށް އޮމާންކޮށެވެ. ކާރު ދުއްވަމުން ދިޔައިރުވެސް އިރުއިރުކޮޅާ […]
ފާހާނަޔަށް ވަދެ ފެންވަރާލައިގެން ނިކުތް ތަނުން ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލި އަޑު އިވުނެވެ. ސާލީ ކަމަށް ހީކޮއް ފާޒިން ފުރަތަމަ ހުރީ ދޮރު ނުހުޅުވާށެވެ. ނަމަވެސް ވަދީފާގެ އަޑު އިވުމުން ފާޒިން ގޮސް ދޮރު ހުޅުވާލިއެވެ. އޭރު ވަދީފާގެ ފުރަގަހުގައި ސާލީވެސް މަޑުކޮއްލައިގެން ހުއްޓެވެ. ” ދަރިފުޅާ އާދޭ ކާން…! ” ވަދީފާ ފާޒިންއަށް ހިނިތުންވުމެއް ހަދިޔާ ކުރަމުން ހިނގައިގަތީ ފާޒިންމެނަށް ވަގުތު ދިނުމުގެ ބޭނުމުގައެވެ. ” ފާޒިން ހިނގާބަލަ ދުއްވާލަން ދާން.. ވަރަށް ފޫހިވާތީ […]
ެ. ސިރާޖުގެ ފަހަތުން ވަތް ފާޒިން ފެނިފައި އެންމެން ކޮޅަށް ތެދުވިއިރުވެސް މައިޝާއަށް އިނދެވުނީ ތެދުވަން ނޭގިފައެވެ. ހޭވެރިކަން ވީވެސް ޖެހިގެން ހުރި ޒީނާ މައިޝާގެ ގައިގައި ކޮއްޓާލުމުންނެވެ. ފާޒިން އަތުގެ އިޝާރާތުން އެންމެން ކައިރީ އިށީންނަން ބުނަމުން ގޮސް މޭޒުކޮޅުގައި ހުރި ގޮޑި ބޭރަށް ދަމާލާފައި އިށީންނަމުން މައިޝާއާއި ދިމާލަށް ބަލާލިއެވެ. މައިޝާ ބަލަހައްޓައިގެން އިނުމުން މައިޝާއަށް ހިނިތުންވުމެއް ރައްދުކުރަމުން ފާޒިން ވާހަކަ ފެށިއެވެ. ގަޑިއިރަކަށްވުރެން ގިނައިރުވެގެން ދިޔަ މީޓިންގްގައި ގިނައިން ދެކެވުނީ އޮފީސް ތެރޭގެ […]
ބާރު ސުޕީޑުގައި ދިޔަ ފާޒިންއައް ސައިކަލުގެ ދެބުރައްކަތް އެއްފަހަރާ ފިތާލެވުނީ ކުރިމަތިން ފެނުނު މަންޒަރަކުންނެވެ. އޭރު މައިޝާގެ އަތުގައި އެޒުވާނާ ހިފަހައްޓައިގެން ހުރިލެއްބާރުކަމުން މައިޝާއައް އެޒުވާނާގެ އަތްފޮޅުވައި ނުލެވިގެން އުޅުއެވެ. ފާޒިންއަށް ސައިކަލު ހުރިތަނުގައި ބަހައްޓާފައި އެދިމާލައް ހިނގައިގަނެވުނީ ބޭއިހްތިޔާރުގައެވެ. ” ކަލޭ ހީކުރީ އަހަރެންގެ އަތުގައި ނުޖެހި އުޅެވިދާނެ ކަމައްތަ…؟ ” އޭރު އެޒުވާނާގެ މޫނުމަތީގައި ހުރި ކުލަވަރުން އޭނާ ހުރީ ވަރަށް ރުޅިއައިސްފައިކަން އެނގެއެވެ. މައިޝާ އޭނަގެ އަތް ނައްޓުވާލެވޭތޯ މަސެއްކަތް ކުރަންދިޔައިރު އެދެލޮލަށް […]
ދުވެފައި ގޮސް ބަދިގެއިން ނިކުމެގެން އައި މުނީރާ ގައިގައި ބައްދައިލުމަށްފަހު ވަޒީފާ ހަމަޖެހުނު ވާހަކަ ބުނެލި އިރުވެސް މައިޝާއަށް ހުރެވުނީ ފުންމަ ފުންމައެވެ. މެންދުރު ފަހު ދޭއް ޖެހިއިރު މައިޝާ ހުރީ ޓުރައި ހިލްސް އޮފީސް ތެރޭގައެވެ.މައިޝާ ރިޝެޕްޝަނުގައި އިން އަންހެން ކުއްޖާ ކައިރީގައި އޭނަގެ ނަން ބުނެލުމުން އެ އަންހެން ކުއްޖާ އެޗް.އާރު މެނޭޖަރ ސިރާޖު އިރުކޮޅަކުން އަންނާނެ ވާހަކަ ބުނެފައި މައިޝާ ކައިރިން މަޑުކޮއްލަން އެނދުނެވެ. މީގެ ކުރިން މައިޝާއާއި ސިރާޖު ބައްދަލްވެފައި އޮތުމުން […]