Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތަކުން ނުފިލާނެ 17

BONDAY Level 210 Stories
June 3, 2015 4 Mins Read
23 Comments

މައިޝާ ވަރަށް ފަރުވާތެރިކަމާއެކު އެކުޑަ ޕާރުސަލްކަނޑަމުން ދިޔައެވެ. ޕާރުސަލްތެރޭގައި އޮތް އެތި ފެނުމުން މައިޝާއަށް ބޭއިހްތިޔާރުގައި ފާޒިންއަށް ބަލައިލެވުނެވެ. އެވަގުތު ފާޒިން މައިޝާގެ ކުރިމަތީގައި އެއްކަކޫ ޖަހައިގެން އިށީނެވެ.

” ވިލް ޔޫ މެރީމީ…! ” ފާޒިން މައިޝާގެ އަތުތެރޭގައި އޮތް ކުޑައަނގޮޓި ނަގާ ދިއްކޮއްލަމުން ބުނެލިއެވެ. މައިޝާ ވީއުފަލެއްގެ ބޮޑުކަމުން ވާހަކަވެސް ނުދެއްކުނެވެ. މައިޝާ ބޯޖަހާލުމުން ފާޒިން މައިޝާގެ އަތުގައި އަނގޮޓި އަޅުވާދިނެވެ. އަދި ތެދުވެ ވަރަށް ލޯބިން ބައްދާލިއެވެ.

” މަންމާ…! ފައި ކޮބާ މަންމަ…؟ ” ސިޓިންގްރޫމްގައި ލެޕެއް ހިފައިގެން އިން ފައިހާ ފެނުމުން ފާޒިން ބުނެލިއެވެ.

” މަންމަ ވީކޮޓަރީގައި…! ތިއްތީ އާދެބަލަ ފައިއަށް މިގޭމް ޑައުންލޯޑް ކޮއްދޭން…! ” ފާޒިން ވަދީފާމެންގެ ކޮޓަރިއާއި ދިމާލަށް ހިނގައިގަތުމުން ފައިހާ ބުނެލިއެވެ. ފާޒިންގޮސް ފައިހާއަށް ގޭމް ޑައުންލޯޑް ކޮއްދިނުމަށްފަހު ގޮސް ވަދީފާގެ ކޮޓަރީގެ ތަޅުގައި ހިފާލިއެވެ. ތަޅުލާފައި ހުރުމުން ފާޒިން ވަދީފާއަށް ގޮވާލިއެވެ. ކުޑައިރުކޮޅެއް ފަހުން ވަދީފާ ދޮރުހުޅުވާލިއެވެ.

” ކިހިނެއްވީ ދަރިފުޅާ…! ” ފާޒިން އޮފީހަށްގޮސްފަ އެއްޗިހި ބަދަލް ނުކޮއްހުރުމުން ވަދީފާ އަހައިލިއެވެ.

” ކުޑަ ވާހަކައެއް ދައްކާލަންވެގެން…! ” ފާޒިން އިސްތަށިގަނޑު ރީތިކޮއްލަމުން ބުނެލިއެވެ.

” މަންމަ މިއަންނަނީ ނަމާދު ކޮއްލައިގެން… ދަރިފުޅު ދޭ ތިއެއްޗިހި ބަދަލްކޮއްލަން…! ” ވަދީފާ ސިޓިންގްރޫމްގައި ލެޕްޓޮޕެއް ހިފައިގެން އިން ފައިހާއަށް ބަލާލަމުން ބުނެލިއެވެ. ފާޒިން ދިއުމުން ވަދީފާ ގޮސް ނަމާދަށް އެރިއެވެ. ފާޒިންވެސް ފެންވަރައިލައިގެން ނިކުމެ އެނދުގައި ޖައްސާލީ ވަދީފާ އަންނަން ދެކަށެވެ. ކުޑަ އިރުކޮޅެއްފަހުން ވަދީފާއައިސް ފާޒިންގެ ކޮޓަރިއަށްވަނެވެ.

” ދަރިފުޅު ކޮން ވާހަކައެއް ދައްކަންތަ…؟ އަނެއްކާ މީހަކާ އިންނަންވީތަ…؟ ” ވަދީފާއައިސް ފާޒިންގެ ކައިރީ އެނދުގައި އިށީނެވެ.

” އޭރުން މަންމަޔަށްވެސް ފަސޭހަވާނެއެއްނު މަންމައަށް އެހީތެރިވާނެ އިތުރު އަންހެންކުއްޖަކު ހުންނަންޏާ…! ” ފާޒިން ބޭނުންވީ ސީދާ މައުލޫއަށް ވާހަކަ ދައްކާށެވެ. ނަމަވެސް ސީދާ ބުނަންނުކެރިގެން ދުރުދުރުން ފެށީއެވެ.
” ކޮން ކުއްޖަކާ އިންނަން ތިއުޅެނީ…! ” ވަދީފާ އަވަސްއަވަހަށް އައިލިއެވެ.

” މައިޝާ…! ” ފާޒިން މަޑުމަޑުން ބުނެލިއެވެ.

” މައިޝާ…! ދަރިފުޅުމެންގެ އޮފީހުގައި އުޅޭ…! ” ވަދީފާ އަހައިލިގޮތުން ފާޒިންގެ ހިތް ބާރަށް ތެޅިގަތެވެ.

” ކިހިނެއްވީ..؟ މަންމަޔަށް ކަމުދާ ކުއްޖެއްނޫންތަ އެއީ…؟ ” ފާޒިންއަށް އެހެން އަހައިލެވުނުއިރު އޭނަގެ ހިތް ދިޔައީ އާދަޔާ ހިލާފް ބާރަށް ތެޅެމުންނެވެ.

” ދަރިފުޅަށް ކަމުދާ ކުއްޖަކު ކީއްވެ މަންމަޔަށް ކަމުނުދާންވީ…! ” ވަދީފާ ހިނިތުންވެލަމުން ބުނެލިއެވެ.

” އަހަރެން ގަސްދުކުރަނީ ވަރަށް އަވަހަށް ކައިވެނި ކުރަން ބައްޕަކައިރީގައި ބުނެގެން…! ” ފާޒިން ބޭނުންވާގޮތް ވަދީފާ ކައިރީގައި ބުނެލިއެވެ.

” ދޮންބެމެންވެސް އަންނާނެ މިމަސް ނިމޭކޮޅުގައި….! ދޮންބެމެން އައިމަ ކައިވެނި ކުރަންވީނު…! ” ވަދީފާ ފޯނުނަގާ އާމިރުއަށް ގުޅާލަމުން ބުނެލިއެވެ. ވަދީފާ ނިކުމެގެން ދިއުމުން ފާޒިން މައިޝާއަށް ގުޅާލިއެވެ.

” މައި…! ކީއްތިކުރަނީ…؟ ” ފާޒިން ވާހަކަ ދެއްކި އިރު އޭނަގެ އަޑުންވެސް ހުރީ ވަރަށް އުފާވެފައިކަން އެނގެއެވެ.

” ހާދަ އުފާވެފަ ހުރިހެން ހީވޭ….! ” މައިޝާ ހިނިތުންވެލަމުން ބުނެލިއެވެ.

” ސުވާލެއް ކޮއްލަންތަ…؟ މައި ކޮންދުވަހަކު މެރީ ކުރަން ބޭނުންވަނީ…؟ ” ފާޒިން ބޭނުންވީ މައިޝާ ބޭނުން ދުވަހަކު ކައިވެނި ކުރާށެވެ.

” މާދަން…! އެނގޭތަ.. މަންމަވެސް ބުނީ  އޯކޭއޭ…! ” މައިޝާވެސް ބޭނުންވީ ވީހާވެސް އަވަހަކަށް ކައިވެނި ކުރާށެވެ. ވަރަށް ގިނައިރުވަންދެން މައިޝާއާއި ވާހަކަ ދައްކަން އޮވެފައި ފާޒިން ފޯނު ބާއްވާފައި ބޭރަށް ނިކުތެވެ. އޭރު އާމިރުވެސް ސިޓިންގްރޫމްގައި އިނެވެ.

” ދަރިފުޅާ…! ކޮންދުވަހަކަށްތަ ތައްޔާރު ކުރަނީ…! ބައްޕަބޭނުން ވަރަށް ބޮޑު ހަފްލާއެއް ބާއްވަން…! ދޮންބެގެ ކައިވެނީގައިވެސް ޕާޓީ ބޭއްވި ގޮތަށް….! ” އާމިރުވެސް އޭނަ ބޭނުންވާ ގޮތް ބުނެލިއެވެ. ފާޒިން އަދި ވަކި ދުވަހެއް ނުނިންމާކަށް ބުނެލިއެވެ.

” ދަރިފުޅު ދާންވީނު މައިޝާ ގޮވައިގެން އަންނަން…! އަދި ވެޑިން ޑުރެސްގެ ކަންތައްތައްވެސް އޮތީނު..! ” ވަދީފާ ހުރީ މައިޝާއާއި ވަރަށް ބައްދަލުކޮއްލާހިތުންނެވެ. ނަމަވެސް ފާޒިން ބޭނުންވަނީ އަލަށްވެސް މައިޝާ އެގެއަށް  ކައިވެނި ކޮއްގެން ގެންނާށެވެ.

” މިރޭ މައިޝާ ގޮވައިގެން ދާންވީނު ހެދުން ބަލަން….! ” ފާޒިން ރަނގަޅުގޮތެއް ނުވިސްނުމުން އެންމެ ފަހުން ބުނެލިއެވެ.

 ” ދެން ދޭބަލަ އިތުރު ވާހަކަ ނުދައްކާ އޭނަ ބަލާ…! މަންމަވެސް މިހާރު އޭނައާއި ބައްދަލު ކޮއްލާހިތުން ހުރެވެނީކީއެއް ނޫން… ” ވަދީފާވެސް ހިނިތުންވެލަމުން ބުނެލިއެވެ. ފާޒިން މައިޝާއަށް ގުޅާފައި އޭނަ ބަލާދާވާހަކަ ބުނެލިއިރު ފާޒިންގެ މޫނުމަތިން ފެންނަން ހުރީ ހިނިތުންވުމެވެ. މައިޝާ އަވަހަށް ތައްޔާރުވާންދިޔައީ ފާޒިން އައިސް އެއްޗިހި ކިޔާނެތީއެވެ. މައިޝާ ފާހާނައިން ނިކުތްއިރުވެސް ފާޒިން ދެފަހަރަށް ގުޅާފައި އޮތެވެ. މައިޝާ އަވަސްކޮއްލައިގެން ނިކުންނަމުން މުނީރާ ކައިރީގައި ބުނެލިއެވެ. އޭރު މިސްރާ އެނދުގައި އޮށޯވެގެންއޮތެވެ.

” މިސް ކިހިނެއްވެފަ ތިއޮތީ…! ” މައިޝާ ކޮޓަރިން ނިކުންނަމުން ބުނެލިއެވެ. ނަމަވެސް މިސްރާ ހަމައެކަނި ފަނޑު ހިނިތުންވުމެއް ވެރިކޮއްލިކަން އެކަންޏެވެ. މައިޝާ ނިކުތްއިރު ފާޒިން އޭނަ ބަލާއައިސް ގޭގެ ދޮރުމަތީގައިއިނެވެ.

” ވަރަށް ލަސްވެއްޖެ ދޯ…! ” މައިޝާއައިސް ފާޒިންގެ ފަހަތަށް އަރަމުން ބުނެލިއެވެ.

” އަހަރުމެންގެއަށް ދާން ބޭނުންތަ…؟  ” ފާޒިން މައިޝާއަށް ބަލާލަމުން ބުނެލިއެވެ. މައިޝާ އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. ފާޒިން މައިޝާ ގޮވައިގެން ދިޔައީ އެމީހުންގެ ގެސްޓް ހައުސްއަކަށެވެ. އޭރު ވަދީފާ އާއި އާމިރުވެސް ވީ އެ ގެސްޓް ހައުސްގައެވެ.

” އެއީތަ ފާޒިންގެ ބައްޕައަކީ…؟ ” ވަދީފާ ކައިރީ ގޮނޑިސެޓުގައި އިން އާމިރު ފެނުމުން މައިޝާއަށް އަހައިލެވުނެވެ. އެހުރިހާ ދުވަސް ވަންދެން ފާޒިންމެންގެ އޮފީހުގައި އުޅުނުއިރުވެސް އާމިރު އެއީ ފާޒިންގެ ބައްޕަކަމެއް މައިޝާއަކަށް ނޭގެއެވެ. ވަދީފާގެ އިޝާރާތަށް މައިޝާގޮސް އިށީނީ ވަދީފާގެ ކައިރީގައެވެ. ފާޒިން ގޮސް އާމިރު ކައިރީގައި ވަކިން ހުރި ސޯފާގައި އިށީނެވެ.

” މައިޝާ ކިހިނެއް….؟ ” ވަދީފާ ހިނިތުންވެލަމުން މައިޝާގެ އަތުގައި ހިފާލިއެވެ.

” ރަނގަޅު….! ” މައިޝާވެސް ލަދުރަކި ހިނިތުންވުމަކާއެކު ބުނެލިއެވެ. އާމިރު ހުރުމުން މައިޝާއަށް ފާޒިންއާއިވެސް ވާހަކަ ދައްކާކަށް ނުކެރުނެވެ. ވެޑިންގެ ކަންތަކާ ބެހޭގޮތުން ވާހަކަ ދައްކަން ދެ ޑިޒައިނަރކުވެސް އެބައްދަލުވުގައި ހިމެނިގެން ދިޔައެވެ.

” ދަރިފުޅުމެން ގެއަށްދޯ ތިދަނީ…! ” ވެޑިން ޕުލޭން ކުރަން އައި ދެމީހުން ދިއުމުން ވަދީފާވެސް ގެއަށް ދާން ނިކުތީ ފުދޭވަރަކަށް ލަސްވެފައި ހުރުމުންނެވެ. އާމިރުމެން ކާރަށް އަރައިގެން ދިއުމުން ފާޒިން ދިޔައީ މައިޝާ ގޮވައިގެން ރެސްޓޯރެންޓަކަށެވެ.

” މީތަ ފާޒިންމެންގެއަކީ…؟  ” ކައިރީގައި ހުރި އުސް އިމާރާތަށް ބަލާލަމުން މައިޝާ ބުނެލިއެވެ. ފާޒިން ހިނިތުންވެލުމަށްފަހު މައިޝާގެ އަތުގައި ހިފައިގެން ކުރިމަތީގައި ހުރި ރެސްޓޯރެންޓު ތެރެއަށް ވަދެގެން ދިޔައިރު ފާޒިންއަށް މައިޝާ ކުރި ސުވާލު އަޑު ނީވޭ ކަހަލައެވެ.

” ފާޒިން ހާދަ ގޯހޭ…! ކީއްވެގެންތަ އަހަރެން ގޮވައިގެން ފާޒިންމެންގެއަށް ނުދާން ތިއުޅެނީ…! ” މައިޝާ ހިތްހަމަނުޖެހިފައި ބުނެލިއެވެ.

” އަދި ގެންދާނަމޭ….! ” ފާޒިން މާބޮޑު ސަމާލްކަމެއް ނުދީ މެނޫއަށް ބަލަހައްޓައިގެން އިނެވެ. މައިޝާވެސް ފާޒިން ރުޅިއައިސްދާނެ ތީ ކުރިމަތީގައި އޮތް މެނޫއަށް ނަޒަރ ހުއްޓާލައިގެން އިނީއެވެ.

” ދަރިފުޅާ ފައިހާ…! އާދެބަލަ…! ” ފައިހާ އަރުސަދާއި ޗެޓްކުރަން އޮއްވާ ވަދީފާ ގޮވާލި އަޑުއިވުމުން އަރުސަދު ކައިރީގައި ދަނީކަމަށް ބުނެފައި އަވަހަށް އޮފްލައިން ވެލާފައި ބޭރަށް ނިކުތެވެ.

” ދަރިފުޅު ކޮންކަހަލަ ހެދުމެއްތަ ފަހަނީ…! އާދެބަލަ މިތަނުން ޑިޒައިނެއް ނަގަން.. ” ފައިހާ ސިޓިންގްރޫމަށް ނިކުތުމުން ވަދީފާ ބުނެލިއެވެ.

” ކީއްކުރަން ހެނދުމެއް…! ” ފައިހާއަށް ވަދީފާ ބުނި އެއްޗެއް ނުވިސްނުމުން އަހާލިއެވެ.

” ތިއްތި މީހަކާ އިންނަން ވެގެންނު…! ” ވަދީފާ ހީލަމުން ބުނެލިއެވެ.

” ކޮންއިރަކު ތިއްތި މެރީކުރަނީ…! ދޮންބެއަށް އެނގޭތަ…؟ ” ފައިހާ އެވަގުތު ފަޒީލް މަތިން ހަނދާންވިއެވެ.

” ދޮންބެމެންވެސް އަންނާނެ އެއްހަފްތާ ފަހުން…! ” ވަދީފާ ނަމޫނާ ހެދުންތަކުގެ ފޮޓޯތަށް ބަލަމުން ބުނެލިއެވެ. ފައިހާވެސް އައިސް ވަދީފާ ކައިރީގައި އިށީނެވެ.

މިސްރާއާއި މިޝާ ބަލަހައްޓައިގެން ތިބީ ލޯގަނޑު ކައިރީގައި ރީތިވާން ހުރި މައިޝާއަށެވެ. އެހެން ތިބިއިރު އިރު އިރު ކޮޅުން މައިޝާއަށް ގޮވާލަނީ އަވަސް ކުރަން ބުނަމުންނެވެ. މައިޝާ ރީތިވެ ނިމުމުން މިސްރާއާއި މިޝާވެސް މައިޝާގެ ރިތިކަމަށް ތައުރީފް ކޮއްލިއެވެ. ޕޭމެންޓް މަތިން ހިނގާފައި ދިޔަ މައިޝާގެ ހިނގުން މަޑު ޖެހިލީ ކުރިމަތިން ފެނުނު މަންޒަރަކުންނެވެ.

Share Article

Follow Me Written By

BONDAY

Level 210 Stories

Other Articles

Previous

އިންތިޒާރު 31

Next

ކަޅު ފިނިފެންމާ… 11 ވަނަ ބައި

Next
June 4, 2015

ކަޅު ފިނިފެންމާ… 11 ވަނަ ބައި

Previews
June 3, 2015

އިންތިޒާރު 31

23 Comments!

  1. juma says:
    June 3, 2015 at 10:21 pm

    Vvvv nice story

  2. jenny says:
    June 3, 2015 at 10:30 pm

    Mi part vz vvvvv salhi..lhthu ur the best.

  3. iba says:
    June 3, 2015 at 10:39 pm

    Mi part ehaaka reecheh noon ..i hope next part will be nice…GUD LUCK

  4. neem says:
    June 3, 2015 at 11:25 pm

    Nice.. eynage ex getha kurimaty huryy
    Waiting to read fhe next part

  5. naj says:
    June 3, 2015 at 11:44 pm

    Nice

  6. shaara says:
    June 4, 2015 at 6:28 am

    Iba thee konme vaahaka akah goaas comment kuran baindhaafa in kujjehen hyvany
    BTW story is vv awesome hope to know a date wen this will be uploaded

  7. Raa e says:
    June 4, 2015 at 6:56 am

    Nice story ekam mihaaru haadha lahey up vaaleh

  8. Raa e says:
    June 4, 2015 at 7:03 am

    N shaaraa iba ah fehhnna hiyaaleh dhw eynna dheynny n kiyuntheringe faadukiyumaky liyuntherihnnah libey kurierumei..Eynna nei dhw adhi goas comment eh gothah kohfakkaavs….Sorry shaara bt raa e v hiunhama nuhehey ekakkaa dhimaalahvs anekaa nukuraa kamei ge vaahaka dhahkanyyaa e heyo raa e ge cls myhakas..Bye n sorry :’-(:-):-):-)

  9. iba says:
    June 4, 2015 at 9:05 am

    Thanks Raa e..mi ah harenge mihaathenah linunu negetive comment..shaara plx talk true..for god sake dont lie..

  10. Sha says:
    June 4, 2015 at 9:27 am

    Mi part v reethi

  11. santhi says:
    June 4, 2015 at 9:30 am

    hoody hen vaahaka upload kollabala

  12. naj says:
    June 4, 2015 at 10:03 am

    Yes I agree with santhi

  13. shifa says:
    June 4, 2015 at 11:04 am

    Varah reethi.. 🙂

  14. Raa e says:
    June 4, 2015 at 11:49 am

    Anytime iba :-):-):-)

  15. kiyuntheriyaa says:
    June 4, 2015 at 3:34 pm

    vaahakh comment kuran dhw aslu onnany.ehen vyma myhun liyaa ehchissa behumaky maa reethi kameh . . noon shaara

  16. kiyuntheriyaa says:
    June 4, 2015 at 3:36 pm

    mee myhun aai behumah nuvatha gonjehumah nuvatha zaathy hasadhaeh filuvumah beynun kuraa vaseelathakah nahadhaa

  17. nazi says:
    June 4, 2015 at 6:07 pm

    v v v v reethi avaha up kolladheychey plz

  18. ihthu says:
    June 4, 2015 at 7:01 pm

    Ihthuge lap halaakuvegn aslu lasvanee up kohdheveyleh… frndehge lap beynun kohgen mi part ves mi up kohlee… thanks all for the comment

  19. shiaa says:
    June 5, 2015 at 6:18 pm

    when next part

  20. july says:
    June 6, 2015 at 10:55 pm

    mi part ves vvvv nice n am waiting for next part

  21. neem says:
    June 6, 2015 at 11:44 pm

    Alhe dhn mi huttaalytha mi vaahaka..

  22. shaf says:
    June 7, 2015 at 10:04 pm

    Story haadha lahey up valeh but vr nice story

  23. Butterfly girl says:
    June 8, 2015 at 1:51 pm

    Waiting for the next part.avahah up kohladheeba. And the story is rly nice and interesting. Keep it up!!

Comments are closed.


All Right Reserved!