Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އިންތިޒާރުގައި ހުންނަމޭ ލޯބިން 30

ifoo Level 1010 Stories100 Comments100 Login500 Login500 Comments100 Stories1K Comments
August 7, 2018 10 Mins Read
41 Comments

އެފަދަ ޚިޔާލުތަކަށް ގެއްލިފައި އިން ޔޫހާން ސިހުނީ އައިހަމް އޭނައަށް ގޮވާލުމުންނެވެ. ”ޔޫން… އާރް ޔޫ ލިސެނިން… ދޮންބެ މިހާރު ދެތިން ފަހަރު ގޮވާލައިފިން… ” އައިހަމް އަނެއްކާވެސް ވާހަކަ ދެއްކިއެވެ. ” މީ ދޮންބޭ… ދޮންބެ ނުގުޅަންތަ މިރޭ އައިލީއަކަށް… އައިލީ ބުނިހެން ހީވި މިރޭ ދޮންބެ ގުޅިޔޭ… ފަހަރެއްގަ ވެދާނެ ހީވި ގޮތެއް ކަމަށްވެސް… ހެހެހެ… ” ރަނގަޅަށް އޮޅުންފިލުވަން ބޭނުންވާތީ ޔޫހާން އަހާލިއެވެ. ” އާނ… ދޮންބެ ނުގުޅަން މިރެއަކު… ތިވާނީ ހީވި ގޮތެއް ކަމަށް… ” އައިހަމް ބުންޏެވެ. ކުޑަ އިރުކޮޅަކު ދެ މީހުން ވާހަކަ ދައްކާލުމަށްފަހު ފޯނު ބޭއްވިއެވެ. އޭރު ޔޫހާންގެ މޫނު މަތީގައި ވަނީ ބުނެދޭން ނޭނގޭ ފަދަ އަސަރުތަކެކެވެ. މިރޭ ކަންތައް މިވާ ގޮތުން ޔޫހާން ހުރީ ބޯ ހާސްވެފައެވެ. އައިލީން އޭނައަށް ދޮގު ހެދީތީ އެ ހިތުގައި ވަނީ ޝަކުވާ އުފެދިފައެވެ. މިހާރު އެ ފޮޓޯތަކަކީވެސް ހަގީގަތެއް ކަމަށް އޭނައަށް ގަބޫލުކުރެވެން ފަށައިފިއެވެ. ޖަވާބު ބޭނުންވާ އެތައް ސުވާލެއް އޭނަގެ ސިކުނޑި ތެރޭގައި ދިޔައީ އުފެދެމުންނެވެ. އެކަމާ ވިސްނުމުން ބޮލަށް ބަރުވެފައި ހުރުމާއެކު ކުރަން އިން މަސައްކަތް ހުއްޓާލުމަށްފަހު ގޮސް ޔޫހާން ނިދަން އޮށޯތެވެ. އެހެނަސް ނިދޭ ގޮތެއްވެސް ނުވިއެވެ. ލޯ މަރާލާއިރަށް ފެންނަނީ އެ ޒުވާނާއާއެކު އައިލީން ހުރި ފޮޓޯތަކެވެ. ހިތުގެ ހަމަޖެހުން ގެއްލިފައިވާއިރު ނިދި ވަނީ އޭނަ އާއި މާދުރުގައެވެ. އެކަމާ މެދު ވިސްނަން އޮތް ޔޫހާން ސިހުނީ ކައިރީގައި އޮތް ފޯނުގެ ރިންގުގެ އަޑަށެވެ. ފޯނުގެ ސްކްރީނަށް ބަލާލިއިރު ގުޅަނީ އައިލީންއެވެ. އެހެނަސް އޭނަ ފޯނު ނަގައި ޚިޔާލެެއް ނުކުރިއެވެ. ފޯނު ސައިލެންޓަށް ލުމަށްފަހު ނިތު މަތީގައި އެއް އަތް ބާއްވާލައިގެން އޮތެވެ. އެއްފަހަރު ނުނެގުމުން ތިން ފަހަރު އައިލީން ގުޅިއެވެ. އޭރުވެސް ޔޫހާން އެ އޮތް ގޮތަށް އޮތެވެ. އެންމެ ފަހުން މެސެޖެއް އައި އަޑުއިވުމުން ޔޫހާން ފޯނު ނަގައި މެސެޖު ކިޔާލިއެވެ. ގުޑް ނައިޓް ކިޔާލުމަށް އައިލީން ކޮށްފައިވި ލޯބިވެތި މެސެޖު ކިޔާފަވެސް ޔޫހާން ރިޕްލައިއެއް ނުކުރިއެވެ. ފޯނު ކުރިންވެސް ބޭއްވި ތަނުގައި ބޭއްވުމަށްފަހު ދެ ލޯ މަރާލީ އެ ޚިޔާލުތަކުން ދުރުވެ ނިދާލުމުގެ ބޭނުމުގައެވެ.

ބެލްކަނީގައި ހުރި އައިލީންގެ މޫނު މަތިން ފެންނަމުން ދަނީ މާޔޫސްކަމެވެ. ފަހުން ގުޅާނަމޭ ކިޔާފަ ޔޫހާން ނުގުޅުމުން އޭނަ ތިން ފަހަރު ގުޅުމުންވެސް ފޯނެއް ނުނެގިއެވެ. މެސެޖަކަށް ރިޕްލައިއެއްވެސް ނުކުރިއެވެ. ޔޫހާންގެ ޚަބަރެއް ނުވުމުން އެހިތަށް ވަނީ މާޔޫސްކަން ވެރިވެފައެވެ. މާ ބުރަކޮށް އުޅުމުން ނިދުނީކަމަށް އަމިއްލަ ހިތަށް ވިސްނައިދެމުން އައިލީން ހިތްހަމަޖައްސާލިއެވެ.

އެނދުމަތީގައި އޮތް ބާލިހުގައި ބައްދާލައިގެން ފޯނުން އިފާން އާ ވާހަކަ ދައްކަން އޮތް ރިފްޝާގެ ތުންފަތުގައި ވަނީ ލުއި ހިނިތުންވުމެކެވެ. މިރޭ ރޭގަނޑުގެ ކެއުމުގައި ކަންތައް ހިނގާދިޔަ ގޮތުގެ ވާހަކަ އިފާން ދިޔައީ ރިފްޝާ އާއި ހިއްސާކުރަމުންނެވެ. ދެ މީހުން އެތައް އިރަކު އެގޮތުގައި ފޯނުން ވާހަކަ ދައްކަން ތިއްބެވެ.

ސިޓިން ރޫމު ސޯފާގައި އައިސް އިށީން އައިލީންއަށް ޝައުނާ ބަލައިލީ ސުވާލުގެ ނަޒަރަކުންނެވެ. ” ހާދަ އަވަހަކަށް ތި އައީ މިރޭ… މިރޭ ފޯނު ކޯލު ކުރުކޮށްލީތަ… ” އައިލީންއަށް ނަޒަރު ހުއްޓާލައިގެން އިނދެ ޝައުނާ އަހާލިއެވެ. ” ޔޫހާން ފޯނެއް ނުނެގި… ފަހުން ގުޅާނަމޭ ބުނީމަ މި ހުރީ… ނުގުޅީމަ ތިން ފަހަރު ގުޅަންވެސް ގުޅިން… އެކަމަކު ފޯނެއް ނުނެގި… ވެދާނެ ކައިގެން އައިއްސަ ވަރުބަލިވެގެން ނިދުނީކަމަށްވެސް… ” އައިލީން އޭނަގެ މޫނު މަތީގައިވި މާޔޫސްކަން ފޮރުވާލަމުން ވަރަށް ހަމަޖެހިލާފައި ބުނެލިއެވެ. ޝައުނާވެސް ތިހެން ވެދާނެކަމަށް ބުނެ އޭނަގެ ސަމާލުކަން ޓީވީއަށް ދިނެވެ. ދެ މީހުންވެސް ވަރަށް ޝައުޤުވެރިކަމާއެކު ޓީވީއިން ދައްކަމުން ދިޔަ ރިއަލިޓީ ޝޯއެއް ބަލަން ތިއްބެވެ. ދިހައެއް ޖެހުމާއެކު އެ ޝޯ ނިމުމުން ދެމީހުންވެސް ނިދަން ކޮޓަރިއަށް ވަނެވެ. އޭރު ރިފްޝާ އޮތީ ގަދަ ނިދީގައެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް ޔޫހާން އުނގޫފަހަރަށް ދިޔަތާ ހަފްތާއެއް ފާއިތުވެ ދިޔައީއެވެ. ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް ބައެއް މީހުންގެ ގުޅުން ކުރިލާ ފޯދެމުން ދިޔައިރު އަނެއް ބައެއްގެ ގުޅުން ދިޔައީ ހީނަރުވަމުންނެވެ. މިއީ ދުނިޔޭގެ އާދައެވެ. ޝައުނާ އާއި ޔައިޝްގެ ގުޅުމުގެ އިތުރުން ރިފްޝާ އާއި އިފާންގެ ގުޅުން ދިޔައީ ދުވަހެއް ދުވަހަކަށް ވަރުގަދަވަމުންނެވެ. އެހެނަސް އައިލީން އާއި ޔޫހާންގެ ގުޅުން ދަނީ ދުވަހެއް ދުވަހަކަށް ހީނަރުވަމުންނެވެ. އެދެމެދުގައި ވަނީ ނޭނގޭ ދުރުކަމެއް އުފެދިފައެވެ. ޔޫހާން މާ ބުރަކޮށް އުޅޭތީ ވާގޮތެއް ކަމަށް އަމިއްލަ ހިތަށް ވިސްނައިދެމުން އައިލީން ކެތްތެރިކަމާއެކު ދުވަސްތައް ގުނަމުން ދިޔައެވެ. ޔޫހާންގެ ހިތުގައި ވަނީ އައިލީންއަށްޓަކައި ޝަކުވާާއެވެ. ނުދަންނަ ނަމްބަރުން ކޮންމެ ދުވަހަކުވެސް ޔޫހާންއަށް މެސެޖުތައް އަންނަމުން ދެއެވެ. އެއިން ކޮންމެ ފަހަރަކުވެސް އައިލީން ޔޫހާންއަށް ކަންތައްތަކެއް އޮޅުވާލާ ކަމުގައި ބުނެ ޔޫހާންގެ ހިތުގައި އައިލީންއަށް ޝައްކު އުފެއްދުމަށް މަސައްކަތް ކުރެއެވެ. އެ މީހަކު ދަނީ ކެނޑިނޭޅި އައިލީން ޔޫހާންދެކެ ލޯބިނުވާ ކަމުގައި ބުނަމުންނެވެ. އެ ނުދަންނަ ނަމްބަރުން ފޮނުވި ފޮޓޯތައް ފެނުނު ފަހުން ޔޫހާންގެ ހިތުގައި ވަނީ ނޭނގޭ ރިހުމެއް އުފެދިފައެވެ. އޭނަގެ ހިތުގައި އުފެދިފައިވި ރިހުމާއި ޝަކުވާތައް އިތުރުވެގެން ދިޔައީ ހަމަ ރަނގަޅަށްވެސް އައިލީން އޭނައަށް ދޮގު ހަދާކަން ސާބިތުވުމުންނެވެ. އެހެނަސް ހިތު ތެރޭގައި އެ ހުރިހާ ޝަކުވާއެއް ފޮރުވައިގެން ހުރީ އައިލީން އާއި ބައްދަލުވަންދެންނެވެ. އައިލީން އާއި ބައްދަލުވުމުން އެ ހިތުގައި އުފެދިފައިވި ހުރިހާ ޝަކުވާއެއް ބަންޑުންކޮށްލަން ޔޫހާން ހުރީ ތައްޔާރަށެވެ. އަނެއްކޮޅުން އައިލީން އިންތިޒާރު ކުރަމުން ދިޔައީ އޭނަގެ މާޒީގެ ތެރެއިން ސަފްހާއެއް ޔޫހާންއަށް ހިއްސާކުރެވޭނެ އިރަކަށެވެ. ޔޫހާން އެނބުރި މާލެ އަންނާނެ އިރަކަށެވެ. އެކުގައި އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ އިރަކަށެވެ. ޔޫހާން މާ ބުރަކޮށް އުޅޭތީ ގިނަ ދުވަސްދުވަހު ވާހަކަ ދައްކާލެވެނީވެސް އެންމެ ފަހަރަކުއެވެ. ވާހަކަ ދައްކާލެވޭ ފަހަރެއްގައިވެސް ވާހަކަ ދައްކާލެވެނީ ކުޑަ އިރުކޮޅަކުއެވެ. ހިތް އެދި ގޮވަމުން ދަނީ ޔޫހާންގެ އެ ރީތި ސޫރަ ދެކިލުމަށެވެ. އެދެއަތުގެ ހިމާޔަތުގެ ދަށުގައި ވުމަށް އައިލީންގެ ހިތް ދިޔައީ ކެނޑިނޭޅި އެދެމުންނެވެ.

އިރުގެ ރަން ދޯދިތަކުން ދުނިޔެ މައްޗަށް އަލިކުރަމުން ދިޔައެވެ. އައިލީން އާއި އޭނަގެ އެކުވެރިން ވަޒީފާއަށް ދާން ތައްޔާރުވަމުން ދިޔައެވެ. ތައްޔާރުވެގެން ގަޑި ޖެހުމުގެ ކުރިން އެމީހެއްގެ މަންޒިލަށް ވާސިލްވުމަށް ދަތުރު ފެށިއެވެ.

އޮފީހުގައި އިނދެފައި ޔުމާން އޭނަގެ ބައްޕަ ގާތު ބުނެލާފައި އެއާޕޯޓަށް ދާން ނިކުތެވެ. ޔޫހާން އަންނާނެ އިރެއްގެ އިންތިޒާރުގައި ހުރި ޔުމާންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވީ އޭނަ އާއި ދިމާލަށް ހިނގާފައި އަންނަ އޭނަގެ ކޮއްކޮ ފެނުމުންނެވެ. ” އައިމް ސޯ ޕްރައުޑް އޮފް ޔޫ… ޔޫން އެހާ ފުރިހަމައަށް ހުރިހާ ކަމެއްވެސް ހޭންޑަލް ކުރަމުން ދާތީ… ދެން ހުރި ކަންތައްތައް މިކޮޅުގަ ހުރެގެން ކުރެވޭނެ… ދޮންބެ ވަރަށް އުފާވެއްޖެ ޔޫން އެހާ ޒިންމާދާރުވީމަ… ” ޔޫހާން އައިސް  ޔުމާންގެ ކުރިމަތީ ހުއްޓުމުން އޭނަގެ ގައިގައި ކުޑަކޮށް ބައްދާލަމުން އުފަލާއެކު ޔުމާން ބުނެލިއެވެ. ” ދޮންބެ ކައިރިންނެއްނު ދަސްކުރީ… އެހެންވީމަ ރެސްޕޮންސިބަލް ވާނެ އެއްނު… ” ޔުމާން އާއި ދުރުވެ ހިނިތުންވުމެއް ހަދިޔާކުރަމުން ޔޫހާން ބުނެލިއެވެ. ” ތިބުނީވެސް ދޮގު ވާހަކައެއް ނޫން… ދޮންބެ ކައިރިން ތިހިރީ ޓްރެއިންވެފަ… ހެހެހެ… ” ލުއި ހުނުމަކާއެކު ޔުމާން ބުނެލިއެވެ. އަދި އަވަހަށް ގެއަށް ދާން ހިނގާށޭ ބުނެ ދެ މީހުންވެސް އަވަހަށް ކާރާ އަރައި ގެއަށް ދިއުމަށް މިސްރާބުޖެހިއެވެ.

މެންދުރުގެ ހޫނު ގަދަ ވަގުތެވެ. ޖެހެމުން ދިޔަ ފިނި ވައިރޯޅިތަކުން އެ ހޫނުކަން ދިޔައީ ކުޑަކޮށްދެމުންނެވެ. ގޭގެ ގޯތިތެރޭގައި އިންދާފައިވި އަނބު ގަސް ދޮށުގައި ހުރި ޖޯލިފަތީގައި ޒާހިޔާ އާއި އާމިރާގެ އިތުރުން އާފިޔާ މުރަނގަ ފަތްތަކެއް ނޮޅަން ތިއްބެވެ. ” މާދަމާ ވާނެ ބަނބުކެޔޮ ތެލުލަން… ގޯތި ގަހުގަ އެބަހުރި ކެޔޮ ހަރުވެފަ… އެކުދިން ނުލާހިކު ކާހިތްވާނެ… އެވެސް ހަދާފަ ފޮނުވާނީ… ބުރާސްފަތި ދުހުން ފުރާ ބޯއްޓުން ތެލުލި ފަތާއެކު ތެލުލި ބަނބުކެޔޮވެސް ފޮނުވާނީ ދޯ… ” އާމިރާ ވަރަށް ފޯރިއާއެކު ބުނެލިއެވެ. ޒާހިޔާގެ އިތުރުން އާފިޔާވެސް އެކަމާ އެއްބަސްވެލިއެވެ. ތިން މީހުންވެސް އަވަދި ނެތި އުޅެމުން އެ ދަނީ އެމީހުންގެ ދަރިންނަށް ހަދިޔާ ތައްޔާރުކުރުމުގައެވެ. ގާތުގައި ނެތްނަމަވެސް ދެވުނު ގޮތަކުން އެކުދިންނަށް އެމީހުންގެ އަތުން ތައްޔާރު ކުރާ މީރު ތަކެތި ފޮނުވާ ހަދައެވެ. އެކަމުންވެސް އެކުދިންދެކެ ވާ ލޯބި ހާމަވެގެންދެއެވެ.

ބްރޭކް ގަޑި ކަމުން އައިލީން އާއި ރިފްޝާ ވަރުބަލި ފިލުވާލަން ތިއްބެވެ. ކުޑަ ކުދިންނަށް ކިޔަވައިދިނުމަކީ ފަސޭހަ ކަމެއް ނޫނެވެ. ފަސޭހަ ކަމެއް ނޫން ނަމަވެސް ތަފާތު އެކި މިޒާޖުގެ ކުދިން ގޮވައިގެން ކިޔަވައިދިނުމުގައި ވަގުތުތައް ހޭދަކުރަނީ އެއްވެސް ފޫހިކަމެއް ނެތިއެވެ. އިރުއިރު ކޮޅުން އައިލީންއަށް ފޯނަށް ބަލާލެވެނީ ޔޫހާންގެ ޚަބަރެއް ވޭތޯއެވެ. ހެނދުނު އެންމެ މެސެޖެއް ކޮށްލި ގޮތަކަށް ޚަބަރެއް ނުވެއެވެ. ގުޅިއިރު އޮތީ ފޯނު ނިއްވާލާފައެވެ. ” އައިލީ… ވަޓް ހެޕެން…” އައިލީންގެ މާޔޫސްވެފައިވި މޫނު ފެނި ރިފްޝާ އަހާލިއެވެ. ” ޔޫހާން ފޯނު ނިއްވާލާފަ އޮތީމަ… މިއަދު ހެނދުނު މެސެޖެއް ކޮށްލި ގޮތަށް ޚަބަރެއް ނުވޭ… ވެދާނެ ދޯ ބެޓްރި ލޯ ވީ ކަމަށްވެސް… ” މޫނު މަތީގައިވި މާޔޫސްކަން ފޮރުވާލަމުން އައިލީން ބުނެލިއެވެ. ރިފްޝާވެސް ކްލާސް ގަޑި ޖެހެން ކައިރިވާތީ އިތުރަކަށް އެ ވާހަކައެއް ނުދައްކައެވެ. އައިލީން އާއި ދެ މީހުން ކްލާހަށް ދިޔުމަށް ތައްޔާރުވާން ފެށިއެވެ.

ޔުމާން އާއިއެކު ގެއަށް އައިސް ވަން ޔޫހާން ފެނި ސިޓިންރޫމު ސޯފާގައި އިން އަފީފާއަށް ތެދުވެވުނެވެ. ” ދަރިފުޅާ… ނުވެސް ބުނެއެއްނު ތި އައީ… ” ޔޫހާންގެ ގާތަށް ދިއުމަށް ހިނގައިގަންނަމުން އަފީފާާ ބުނެލިއެވެ. އަފީފާ އެހެން ބުނުމާއެކު ގޭގެ ބޮޑުދޮރަށް ފުރަގަސްދީގެން އިން ނައުރީންއަށްވެސް ފަހަތަށް އެނބުރި ބަލާލެވުނެވެ. ޔޫހާން ފެނުމާއެކު ނައުރީންގެ ހިތް އުފަލުން ނަށާލިއެވެ. ” ހަމައެކަނި ދޮންބެ އަށާ ބައްޕައަށް އިނގޭނީ… ” އަފީފާ އައިސް ޔޫހާން ނުބުނެ އައުމުން ޝަކުވާކުރުމުން އޭނާ ބުނެލިއެވެ. ” ތީގެ މާނައަކީ އައިލީންއަށްވެސް ނޭނގިއޭ ތިއައީ…ހެހެހެ… ” ލުއި ހީލުމަކާއެކު އޭނަ ޖަވާބު އެނގެން ބޭނުންވި ސުވާލު ކޮށްލިއެވެ. ” ހޫމް…” ޔޫހާން ބުނެލިއެވެ. އައިލީންގެ ނަން ބުނުމާއެކު ޔޫހާންގެ މޫނު މަތީގެ ކުލަވަރު އޮއްސުނުތަން ޔުމާން އަށާއި އަފީފާއަށް ހަމަ ރަނގަޅަށް ފެނުނެވެ. ދެ މީހުންގެ ހިތުގައިވެސް ސުވާލު އުފެދިގެން ދިޔައެވެ. އައިލީންގެ ނަން ބުނުމާއެކު ޔޫހާންއަށް އައި ބަދަލު ފެނި ނައުރީންގެ ތުންފަތުގައި ކުޅެލީ ކާމިޔާބީގެ ހިނިތުންވުމެކެވެ. ޔުމާން އޮފީހަށް ދަނީ ކަމުގައި ބުނެ ގެއިން ނިކުމެ އޮފީހަށް ދިއުމަށް ކާރުގައި މިސްރާބުޖެހިއެވެ. ކޮނޑުގައި އަޅުވާފައިވި ދަބަސް ސޯފާ މަތީގައި ބައިންދަމުން ވަރަށް ބަނޑުހައިވެއްޖެ ކަމުގައި ޔޫހާން ބުނެލިއެވެ. ”ކާން ތައްޔާރުކޮށްފަ ހުންނާނީ… އާދޭ ދެކުދިން ކާން…” ޔޫހާން އެހެން ބުނުމާއެކު އަފީފާ ކާން އައުމަށް ބުނެ ކާބަޔަށް މިސްރާބުޖެހިއެވެ. ކައިގެން ދަތުރު ވަރުބަލިވެފައި ހުރުމުން ޔޫހާން ގޮސް ކޮޓަރިއަށް ވަނެވެ. ދަބަސް ނުލައި އާދެވުނުކަންވެސް ހަނދާންވީ ކޮޓަރިއަށް އައިސް ވަދުން ފަހުންނެވެ. އަނެއްކާ ސިޓިން ރޫމަށް ގޮސް ދަބަސް ހިފައިގެން އައިސް ކޮޓަރިއަށް ވަނެވެ. ޖީބުގައި އޮތް ފޯނު ނަގައި ބަލާލިއިރު އެވެސް އޮތީ ނިވިފައެވެ. ފޯނު ޗާޖަރަށް ޖަހާލުމަށްފަހު ގޮސް ފެންވަރާލުމަށް ފާޚާނާއަށް ވަނެވެ. ފެންވަރާ ތާޒާވެލައިގެން އައިސް އެނދުގައި އޮށޯވެލީ ނިދާލުމަށެވެ.

” ހެލޯ ދިނާޖު… އަހަރެމެންގެ ޕްލޭން ސަކްސަސްފުލް ވޭ އެބަ… ” ނައުރީން އޭނަގެ ގޭގެ އެއްފަރާތުގައި ހައްދާފައިވި ބޮޑު ބަގީޗާގައި ބަހައްޓާފައިވި ބެންޗެއްގައި އިށީންދެލައިގެން އިނދެ ފޯނުން ދިނާޖު އާއި ވާހަކަ ދައްކަމުން ދިޔައެވެ. ” އިނގޭތަ… ޔޫހާން މާލެ އައިއްސި… އެކަމް އައިލީން ގާތު ނުވެސް ބުނޭ… ހެހެހެ… ” ވަރަށް ފޯރިއާއެކު ނައުރީން ބުނެލިއެވެ. ” އޭނަ ނުބުނެ އައިއްސާނެ އެއްނު ސަޕްރައިޒެއް ދޭން ވެސް… ” ދިނާޖު ބުނެލިއެވެ. ” ނޯ… އައިލީންގެ ނަން އަޑުއިވުމުންވެސް ޔޫހާންގެ މޫނު މައްޗަށް އައި ބަދަލު އަހަންނަށް ފެނުނޭ… އެދެމެދުގައިވި ދުރުކަން އިތުރުކޮށްލަން އަހަރެން އަދިވެސް ބޭނުން… އައި ހޭވް އަ ޕްލޭން… ” ނައުރީން ވިސްނުންތެރިކަމާއެކު ބުނެލިއެވެ. އޭރު އޭނަގެ ތުންފަތުގައިވަނީ މަކަރުން ފުރިގެންވީ ހިނިތުންވުމެކެވެ. ނައުރީން އޭނަގެ ޕްލޭން ދިނާޖު އާއި ހިއްސާކުރުމުން ދިނާޖު ނައުރީންއަށް ތަަޢުރީފުކޮށްލިއެވެ. އެހާވެސް އޭނައަށް އެ ޕްލޭން ކަމުދިޔައެވެ. ޕްލޭން އާއި އެއްގޮތަށް އަމަލުކުރުމަށް ނިންމަމުން ދެ މީހުންވެސް ފޯނު ބާއްވާލިއެވެ.

” އައިލީ… ދެން ތިވަރަށް ހާސްނުވެބަލަ… ޔޫން ބިޒީކަމަށޭ އެ ވާނީ… ” ކޮޓަރީގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި އައިލީންއަށް ބަލާލަމުން ޝައުނާ ބުންޏެވެ. ” ބިޒީ ވިޔަސް މިހާ އިރު ވާއިރު އަންގާލަން ޖެހޭނެ އެއްނު… އަހަރެން ހާސްވާނެކަން އިނގެން ޖެހޭނެ އެއްނު… ” ހާސްވެ ކަންބޮޑުވެފައިހުރެ އައިލީން ބުނެލިއެވެ. އޭރުވެސް އޭނަ ދިޔައީ ކޮޓަރީގައި ދެކޮޅަށް ދެކޮޅަށް ހިނގަމުންނެވެ. ” ޕިސް ޕިސް… މިތާ އިށީންދެބަލަ… ” ޝައުނާއަށް ނުހުރެވުމުން އެންމެ ފަހުން ގޮސް އައިލީންގެ އަތުގައި ހިފާއިގެން ގެނެސް އެނދުގައި ބައިންދަމުން ބުނެލިއެވެ. ”އައިލީ… ޕްލީޒް ދެން ހާސްނުވެބަލަ… ޔޫން ކޮންމެވެސް ކަމެއްގަ އުޅެނީ ކަމަށް އެ ވާނީ… ނޫނީ ވަރުބަލިކަަމުން ކައިގެން ނިދީކަމަށްވެސް ވެދާނެއެއްނު… ޔޫން ފްރީ ވީމަ ގުޅާނެ އަދި… ޔޫ ޖަސްޓް ރިލޭކްސް… އޯކޭ… ” އައިލީންގެ ކައިރީގައި އިށީންދެ އިނދެ އޭނަ ހަމައަކަށް އެޅުވޭތޯ ޝައުނާ މަސައްކަތްކުރަމުން ދިޔައެވެ. އައިލީންވެސް އެހެން ހިތަށް އަރުވާލަމުން ގަދަކަމުން ހިނިތުންވެލިއެވެ. ” އައިލީ… ޝައު… ޕްލީޒް ހެލްޕް މީ… ކޮން ހެދުމެއްތަ ލާނީ… މިހެދުން ލީމަ ރީއްޗެއް ނޫން… ” ފާޚާނާއިން ނިކުން ރިފްޝާ އޭނަ ލައިގެން ހުރި ޕީޗް ކުލައިގެ އަތް ކުުރު ޓޮޕަށް އިޝާރާތްކުރަމުން ބުނެލިއެވެ. ރިފްޝާ މޫނަށް ޖައްސާލި ވައްތަރުން ހަމަ ރަނގަޅަށްވެސް އައިލީން އަށާއި ޝައުނާއަށް ހެވުނެވެ. ” ދެން… އަދި ތިދެ މީހުންވެސް ހެނީތަ… ” އުނަގަނޑުގައި އަތް އަޅުވާލުމަށްފަހު ރުޅިއައިސްފައިހުރެ ރިފްޝާ ބުނެލިއެވެ. ”ހެހެހެ… ލެޓް މީ ހެލްޕް ޔޫ… ” ހެމުން ހެމުން އެހެން ބުނުމަށްފަހު އައިލީން އެނދުން ތެދުވެ އަލަމާރި ކައިރިއަށް މިސްރާބުޖެހިއެވެ. އަލަމާރި ހުޅުވާލުމަށްފަހު މަޑު ފެހިކުލައިގެ އަތް ދިގު ޓޮޕަކާއި ހުދު ކުލައިގެ ސްކިނީއެއް ނެގިއެވެ. ”އަން… މި އެއްޗެހި ލައިބަލަ… އޯކޭ… ” ރިފްޝާ އަތަށް އޭނަ ނެގި ޓޮޕްކޮޅާއި ސްކިނީ ދެމުން އައިލީން ބުނެލިއެވެ. ” ތޭންކް ޔޫ… ތޭންކް ޔޫ ސޯ މަޗް… ” އައިލީންގެ ގައިގައި ބައްދާލަމުން ރިފްޝާ ބުނެލިއެވެ. ” ހޫމް ހޫމް… ދެން އަވަހަށް ދޭ ތައްޔާރުވާން… ފާންގެ ފެމެލީ އާ ބައްދަލުކުރަންދާ އެންމެ ފުރަތަމަ ދުވަހުވެސް ގަޑި ޖެހިގެން ދިޔައިމަ ކަމަކު ނުދާނެ އެއްނު… ދޯ… ނައު ގޯ އެން ގެޓް ރެޑީ… ” ރިފްޝާ ގަޔާ ދުރުކޮށްލަމުން ހިނިތުންވެލަމުން އައިލީން ބުނެލިއެވެ. އެއާއެކު ރިފްޝާވެސް ހިނިތުންވުމެއް ހަދިޔާކުރުމަށްފަހު ތައްޔާރުވާން ފާޚާނާއަށް ވަނެވެ.

ނިދިފައި އޮތް ޔޫހާންއަށް ހޭލެވުނީ ދޮރުގައި މީހަކު ޓަކި ޖަހާ ވަރުންނެވެ. ފާރުގައި ހަރުކުރެވިފައިވި ގަޑިއަށް ބަލާލިއިރު ހަވީރު ހަތަރެއް ޖަހާ ބޮޑުވީއެވެ. ނިދި މޫޑުގައި ހުރެވެސް ގޮސް ދޮރު ހުޅުވާލިއިރު ކުރިމަތީގައި ހިނިތުންވެލައިގެން ނައުރީން ހުއްޓެވެ. ރަތް ކުލައިގެ ކަކުލާއި ހަމައަށް އަންނަ ގަޔަށް ފިޓުކޮށް ފަހާފައިވި ހެދުމުގައި ނައުރީންގެ ދޮންކަން އިތުރަށް ފާޅުކޮށްދެއެވެ. ގަދަ ފެހިކުލައިގެ ކަޅިއެއް ލިބިފައިވި އެބޮޑު ދެ ލޯ ކަޅު ކުލައިގެ އައިލާއިން ފަވާލުމަށްފަހު ދިގު އެސްފިޔަތަކުގައި މަސްކަރާ އަޅާފާވާއިރު އެދެ ލޮލަށް ބަލާ ފޫހި ނުވާނެއެވެ. ތުންފަތުގައި ގަދަ ރަތްކުލައިގެ ލިޕްސްޓިކް ޖައްސާފާއިވީއިރު އިތުރަށް ފުރިހަމަކޮށްދެނީ އެ ތުންފަތުގައިވި ހިނިތުންވުމުންނެވެ. ކަޅުކަން ގަދަ ރާޅު ބާނި އިސްތަށިގަނޑު އެއްފަރާތުން ކަފިކޮށްލުމަށްފަހު ދެފަރާތުންވެސް ކޮނޑުމަތިން އިސްތަށިގަނޑުގެ އެއްބައި ކުރިމައްޗަށް ގެނެސްފައިވުމުން ނައުރީން އާއި ނުހަނު ގުޅޭ ކަމަށް ދައްކައެވެ. ހެދުމާ ގުޅުވާލުމުގެ ގޮތުން އަރާފައިވަނީވެސް ރަތް ކުލައިގެ ހައިހީލް އަކަށެވެ. ނައުރީން އެހާ ރީތިވެލައިގެން ހުރި އިރުވެސް ޔޫހާންގެ ފަރާތުން އޭނައަކަށް ބޭނުންވި ފަދަ ސަމާލުކަމެއް ނުލިބުނެވެ. ” ކިހިނެއްވީ ނައު… ” އެއްވެސް އަސަރެއްނެތް ގޮތަކަށް ޔޫހާން އަހާލިއެވެ. ” އަދިވެސް ނިދަނީތަ… ހިނގާބަލަ ބޭރަށް ގޮސްލަން ޔޫން… ވަރަށް ބޯރިން މިއަދު… އެންމެ ފަހުން އަހަރެން ޔޫން ގާތު ހިނގާލަން ދާން ބުނި ދުވަހުވެސް ނުދިޔަ… އެދުވަހުވެސް އައިލީން އާއެކު ދިޔައީ… ސޯ މިއަދު އަހަންނާއެކީ ހިނގާބަ ދާން… ޕްލީޒް… ޕްލީޒް ޕްލީޒް…” ނައުރީން ކުޑަ ކުއްޖެއް ހެން ޝަކުވާ ކޮށްލިއެވެ. ނައުރީންގެ ވާހަކަ އިވިފައި ޔޫހާންގެ ހަނދާނަށް އެދުވަހު އައިލީންއާއެކު ހިއްސާކުރެވުނު ލޯބިވެތި ވަތުކޮޅުގެ ހަނދާންތައް އާވިއެވެ. އެއާއެކު އެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އެހެނަސް ދެވަނަ ސިކުންތުގައި އެ ރީތި ހިނިތުންވުން ފަނޑުވެގެން ދިޔައީ އައިލީން އެހެން ޒުވާނަކާއެކު އެހާ ގާތުގައިވި ފޮޓޯތައް ސިފަވުމުންނެވެ. ” ހެލޯ ޔޫން… ދާނަން ދޯ… ޕްލީޒް… ޕްލީޒް ހިނގާބަ…” ޔޫހާންއަށް ހަމަ ބިމަށް އާދެވުނީ ނައުރީން އޭނަގެ މޫނު މަތިން އަތް ހުރަސްކޮށް ވާހަކަ ދެއްކުމުންނެވެ. އޭނަވެސް ބޯ ހަމަޖައްސާލަން ބޭނުންވެފައިވުމުން ނައުރީންގެ އާދޭސްތަކަށް އިޖާބަ ދިނެވެ. ފެންވަރައިލައިގެން އެބަ އަންނަ ކަމަށް ޔޫހާން ބުނުމުން ނައުރީން އޭނަގެ އިންތިޒާރުގައި ސިޓިންރޫމުގައި އިންނާނަން ކަމުގައި ބުނެ ތިރިއަށް ފޭބިއެވެ. ނައުރީން ދިޔުމުން ޔޫހާން ކޮޓަރިއަށްވަދެ ދޮރު ތަޅުލިއެވެ. ޗާޖަރަށް ޖަހާފައިިިވި ފޯނު ނަގައި ބަލާލިއިރު އައިލީންގެ އެތައް މިސް ކޯލެއް އައިސްފައިވީ އިރު ދިހަވަރަކަށް މެސެޖުވެސް އައިސްފައިވެއެވެ. މިފަހަރުވެސް ޔޫހާން އައިލީންގެ މެސެޖަކަށް ރިޕްލައި ކުރުމެއްނެތި ފޯނު އެނދު މަތީގައި ބޭއްވުމަށްފަހު ފާޚާނާއަށް ވަނެވެ. ފެންވަރާ ތައްޔާރުވެ ނިމުމުން ފޯނު ޖީބަށް ލުމަށްފަހު ކޮޓަރިން ނިކުތެވެ. ސިޓިން ރޫމުގައި ޔޫހާންގެ އިންތިޒާރުގައި އިން ނައުރީންއަށް ސިޑިން ފައިބައިގެން އައިސް ހުއްޓުނު ޔޫހާންއަށް ކަޅި ޖަހާނުލައި ބަލަން ހުރެވުނެވެ. މަޑު ނޫކުލައިގެ ގަމީހަކާއެކު ހުދު ކުލައިގެ ސްކިނީގައި ހުރި އިރު އަރާފައިވަނީ ހުދާއި ކަޅު ކުލައިގެ ސްނީކާސް ބޫޓަކަށެވެ. އާދައިގެ މަތިން ގަމީހުގެ އަތް އުޅަބޮއްޓާއި ހަމައަށް އޮޅާލައިފައިވީއިރު ބޮލުގެ އިސްތަށިގަނޑު ވަނީ ރީތި ގޮތަކަށް ސްޓައިލް ކޮށްލާފައެވެ. ޔޫހާން އައިސް ހުއްޓުމާއެކު ދުވި ސެންޓުގެ މީރު ވަހުން ނައުރީންއަށް ނޭފަތް އެތެރެއަށް ދަމާލެވުނެވެ. ނައުރީންއަށް ވީގޮތް ފެނި ޔޫހާންގެ ގާތަށް ހިނިވެސް އައެވެ. ޔޫހާން ދާން ހިނގާށޭ ބުނުމުން ނައުރީން އޭނަ އާއިއެކު ހިނގައިގަތެވެ. ޔޫހާން އާއި އެހާ ގާތުގައިވުމުން އޭރު ނައުރީންގެ ހިތް ދިޔައީ އުފަލުން ނަށަމުންނެވެ.

ކޮޓަރީގައި ދެކޮޅަށް ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި އައިލީން ސިހުނީ އަތުގައި އޮތް ފޯނު ރިންގުވުމުންނެވެ. ޔޫހާންގެ ކޯލަކަށް ވާނެކަމުގެ ފޮނި އުއްމީދުގައި ފޯނަށް ބަލައިލި އައިލީންގެ ތުންފަތުގައިވި ހިނިތުންވުން ފަނޑުވެގެން ދިޔައީ ފޯނުގެ ސްކްރީނަށް އަރާފައިވި ދިނާޖުގެ ނަން ފެނުމުންނެވެ. ފޯނުގެ ސްކްރީނަށް ބަލާއިލި ގޮތަށް އައިލީންއަށް ހުރެވުނީއެވެ. އެއްފަހަރު ނުނެގުމުން ދެވަނަ ފަހަރަށްވެސް ދިނާޖު ގުޅިއެވެ. ދެވަނަ ފަހަރަށް ގުޅަން ފެށުމުން އައިލީން ފޯނު ނަގައި ހަލޯ އޭ ބުނެލިއެވެ. ” ލީން… ހާދަ ލަހަކުން ފޯނު ނެގުނީ… އަހަރެން ބުނީމެއްނު އަހަރެން ހަމަ ގުޅާއިރަށް ޖެހޭނޭ ފޯނު ނަގަން… ” އައިލީން ހަލޯ އޭ ބުނުމާއެކު ދިނާޖު އަވަސް އަވަހަށް ބުނެލިއެވެ. ” ސޮރީ… ކަމެއްގަ އުޅުނީމަ… ” އެއްވެސް އަސަރެއް ނެތް ގޮތަކަށް އައިލީން ބުނެލިއެވެ. ” ހޫމް… އަހަރެން މި ގުޅީ ވަރަށް މުހިއްމު ވާހަކައެއް ބުނަން… ކަމް އެން މީޓް މީ އިން ސީހައުސް… އަހަރެން މިހިރީ އެތައި ދޮރުމަތީގަ… ވަރަށް މުހިއްމު ވާހަކައެއް ދައްކަން… އިޓްސް ރިލޭޓެޑް ޓު ޔޫހާން… ކަމް ސޫން… އައިމް ވެއިޓިން… ” އަވަސް އަރުވާލައިފައި އައިލީންއަށް އެއްޗެއް ބުނާނެ ފުރުސަތެއްވެސް ނުދީ ދިނާޖު ފޯނު ކަނޑާލިއެވެ. އައިލީން ހުރީ ކަންތައް ކުރަންވީ ގޮތެެއް ނޭނގިފައެވެ. ދާންވީ ބާއޭ ނޫނީ ނުދާންވީ ބާއޭ ހިތަށް އަރައަރައެވެ. ދިނާޖު ޔޫހާން އާއި ބެހޭގޮތުން ބުނަން އެއުޅެނީ ކީކޭ ބާއެވެ. ޔޫހާން އާއި ބެހޭގޮތުން ދިނާޖުއަށް އިނގެނީ ކޮން އެއްޗެއްބާއެވެ. އަނެއްކާ ދިނާޖު ޔޫހާންއަށް ކަމެއް ކުރީ ބާއެވެ. އައިލީން އެފަދަ ޚިޔާލެއްގައި ހުއްޓާ ޝައުނާ އައިސް ކޮޓަރިއަށް ވަނެވެ. ދިނާޖު ގުޅި ވާހަކަ ހިއްސާކުރުމުން ޝައުނާވެސް ހުރީ ދެ ފިކުރެއްގައެވެ. ” ޝައު… އައި ތިންކް އައި ހޭވް ޓު ގޯ… ދިނާޖު ވަރަށް އަވަސް އަރުވާލާފަ ބުނީވެސް… ވަރަށް މުހިއްމު ވާާހަކައެއް ދައްކާށޯ… ހީ ސެއިޑް އިޓްސް ރިލޭޓެޑް ޓު ޔޫހާން… ރެސްޓޯރެންޓުގަ ވަރަށް ބައިވަރު މީހުންވެސް ތިބޭނެ އެއްނު… ސޯ އައި ވިލް ބީ ސޭފް… މީގެ ކުރިންވެސް ބައްދަލުވާކަށް ދިނާޖު ނުބުނެއެއްނު… މިއަދު އެ ބުނާނީ ކޮންމެވެސް ކަމެއް ވީމަ އެއްނު… އައި ތިންކް އައި ހޭވް ޓު ގޯ… ” އައިލީން ވިސްނާލުމަށްފަހު ބުނެލިއެވެ. ޝައުނާ އައިލީން ބޭނުން ގޮތަކަށް ކަންތައްކުރުމަށް ފުރުސަތު ދިނެވެ. ރިފްޝާ ފެންވަރައިގެން ނިކުތުމުން އައިލީން ތައްޔާރުވާން ފާޚާނާއަށް ވަނެވެ. ރިފްޝާގެ ސުވާލުތައް އަމާޒުވުމުން ޝައުނާ އޭނައަށް ދިނާޖުގެ ވާހަކަ ކިޔައިދިނެވެ. ރިފްޝާ އެންމެ ފުރަތަމަވެސް ނުދިޔުމަށް އެދުނެވެ. އެހެނަސް އައިލީން ދިނާޖު ދައްކަން އެ އުޅެނީ ކޮން ވާހަކައެއްތޯ ބަލަން ބޭނުން ކަމުގައި ބުނެ ތައްޔާރުވަމުން ދިޔައެވެ.

އާދައިގެ މަތިން އިފާން ރިފްޝާގެ އިންތިޒާރުގައި ކާރު ކައިރީގައި މަޑުކޮށްލައިގެން ހުއްޓެވެ. އެހެން ހުންނަތާ ދިހަވަރަކަށް މިނިޓު ފަހުން އޭނައާއި ދިމާލަށް ފަރި ހިނގުމެއްގައި ހިނގާލާފައި އަންނަ ރިފްޝާ ފެނި އިފާންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. މަޑު ފެހިކުލައިގެ ގަޔަށް ދޫ އަތް ދިގު ޓޮޕްކޮޅަކާއި ހުދު ކުލައިގެ ސްކިނީގައި ރިފްޝާ ފެންނަލެއް ވަރަށް ފުރިހަމައެވެ. މަޑު ފެހި ކުލައިގެ ބޯ ފޮތީގެ މަތިން ހަމަ އެކުލައިގެ ކުޑަ ވިދުމެއްް އެކުލެވޭ ލޭސްފޮތި ބޭނުންކޮށްފައިވާ ވުމުން ފުރިހަމަކަމަށް ދައްކައެވެ. އެ މައުސޫމު މޫނުގައި ވަނީ ލުއި މޭކަޕެއް ކޮށްފައެވެ. އިފާންގެ ގާތަށް ހިނގަމުން ދިޔަ ރިފްޝާ ލަދުން އިސްޖަހާލިއެވެ. އޭނަ ފެނުނީއްސުރެ އިފާންގެ ނަޒަރު އެހެން ދިމާލަކަށް ނުހުއްޓެއެވެ. ލަދު ގަންފައި ހުރި ނަމަވެސް ރިފްޝާ އިރުއިރުކޮޅުން އިސްއުފުލާ އިފާންއަށް ބަލައިލައެވެ. ހުދު ކުލައިގެ އަތް ދިގު ގަމީހަކާއި އައިސް ބުލޫ ޖިންސެއްގައި ހުރި އިރު އިފާން ވަރަށް ވެސް ސްމާޓެވެ. އޮޅަބޮއްޓާއި ހަމައަށް އަތް އޮޅާފައިވިއިރު ޖިންސުގެ ޖީބަށް އަތް ޖަހައިލައިގެން ހުރިއިރު ފިރިހެންވަންތަކަން އިތުރުކޮށްދެއެވެ. ” ފާން… ތިހެން ބަލަން ހުންނަނީތަ… ތިހެން ހުއްޓަކަސް ނުދެވޭނެ އެއްނު… ” ރިފްޝާ އައިސް އިފާންގެ ކުރިމަތީގައި ހުއްޓިލަމުން ބުނެލިއެވެ. ” އޯހް… ނޭނގޭނެ އެއްނު ރިފޫ ތިހާ ރީތިވެގެން ހުންނަންޏާ… އެހެން ދިމާލަކަށް ބަލައިލާކަށް މިހިތެއް ނޭދެއޭ… ” އިފާން އެހެން ބުނެލުމަށްފަހު ރިފްޝާއަށް ކާރުގެ ދޮރު ހުޅުވާލަދިނެވެ. ރިފްޝާ ލުއި ހިނިތުންވުމެއް ވެރިކުރުވަމުން ކާރަށް އެރިއެވެ. ރިފްޝާ ކާރަށް އެރުމާއެކު އިފާން ގޮސް ޑްރައިވަރު ސީޓަށް އަރައި އެމީހުންގެ މަންޒިލަށް ދިއުމަށް ކާރު ދުއްވާލިއެވެ.

އައިލީން ތައްޔާރުވެގެން ޓެކްސީއެއްގައި ސީހައުސްއަށް މިސްރާބުޖެހިއެވެ. ކާރު އައިސް މަޑުކޮށްލުމުން ޑްރައިވަރަށް ފައިސާ ދައްކާފައި އައިލީން ކާރުން ފޭބިއެވެ. އޭރު ދިނާޖު އައިލީންގެ އިންތިޒާރުގައި ހުއްޓެވެ. އަންނާށޭ ބުނުމުން އައިލީން ދިނާޖުގެ ފަހަތުން ހިނގައިގަތެވެ. އައިލީން ދިނާޖުގެ ފަހަތުން ގޮސް އިށީނެވެ. ”ބުނޭ… ކޮން ވާހަކައެއް ދައްކަން އުޅުނީ… އައި ޑޯންޓް ހޭވް މަޗް ޓައިމް… ” އެއްވެސް އަސަރެއްނެތް ގޮތަކަށް އައިލީން އަހާލިއެވެ. ”އޯ… ލީން… ފުރަތަމަ އެއްޗަކަށް އޯޑާރ ކުރަމާ… ” ވެއިޓަރަކަށް އިޝާރާތްކުރަމުން ދިނާޖު ބުނެލިއެވެ. އައިލީން އެއްވެސް އެއްޗެއް ބޭނުން ނޫން ކަމަށް ބުނެލިއެވެ. ” ލީން ހީކުރީ އަހަރެން ލީން މިތަނަށް ގެނައީ ހަމަ މުހިއްމު ވާހަކައެއް ދައްކަން ކަމަށްތަ… ” ވިހަ ހިނިތުންވުމެއްް ވެރިކުރުވަމުން ވެއިޓަރު ދިޔުމާއެކު ދިނާޖު ބުނެލިއެވެ. ސުވާލުގެ ނަޒަރަކުން އައިލީން ދިނާޖުއަށް ބަލައިލިއެވެ. ދިނާޖުގެ މޫނު މަތިން ފެންނަމުން ދިޔަ މަކަރުވެރިކަމުން އައިލީންއަށް އުނދަގޫވަމުން ދިޔައެވެ. އެތަނަށް އާދެވުނު މޮޔަ ހީވިއެވެ. ”އަހަރެން ލީން މިތަނަށް މިގެނައީ ހަމަ ތި ލޯބި މޫނު ދެކިލާ ހިތުން… ” ލާނެއް ހިނިތުންވުމެއް އައިލީންއަށް ހަދިޔާކުރަމުން ދިނާޖު ބުނެލިއެވެ. އައި ރުޅިން އައިލީން އޭނަގެ މޫނު އަނެއްް ފަރާތަށް އަނބުރާލިއެވެ. ”އަހަރެން ބޭނުމެއްނޫން ދިނާޖު އާ އެއްވެސް ވާހަކައެއް ދައްކާކަށް… ” ނުރުހުންތެރިކަމާއެކު އައިލީން މިހެން ގޮނޑިން ތެދުވިއެވެ. އެވަގުތު ދިނާޖު އޭނަގެ އަތުގައި ހިފެހެއްޓިއެވެ.

އައިލީންމެން ތިބި މޭޒުގެ ފަހަތުގައި ހުރި މޭޒެއްގައި ޔޫހާން އާއި ނައުރީން ތިއްބެވެ. އެއްލި ކަޅިއަކުން ޔޫހާންގެ ލޮލުގައި އެމީހުންގެ ކުރިމަތީގައި ހުރި މޭޒެއްގެ ގާތުގައި އިން ދިނާޖު ފެނުނެެވެ. އެއާއެކު އެއީ އައިލީންއާއެކު ފޮޓޯތަކުގައި ހުރި ޒުވާނާކަން އިނގުމުން ޔޫހާންގެ ދެ ލޮލުން ނަފްރަތުގެ އަލިފާން ކަނި ބުރަންފެށިއެވެ. އެއްފަރާތަކަށް ޖެހިލުމަށްފަހު ރަނގަޅަށް ބަލައިލި ޔޫހާންގެ ހައިރާންކަން ދިޔައީ އިތުރުވެގެންނެވެ. އެ ޒުވާނާގެ ކުރިމަތީގައި އިން އަންހެން ކުއްޖާ ފެނި ޔޫހާންއަށް މަޑުމަޑުން އައިލީންގެ ނަން ކިޔާލެވުނެވެ. އެކުއްޖަކު އިނީ ޔޫހާންއަށް ފުރަގަސްދީގެން ނަމަވެސް އެއީ އައިލީންކަން ބަލާލައިފައިވެސް ޔޫހާންއަށް އިނގުނެވެ. އެ ކަޅުކަން ގަދަ ދިގު އިސްތަށިގަނޑެއް ޔޫހާންއަކަށް ނޯޅޭނެއެވެ. ލައިފައި ވަނީވެސް މަޑު ނޫކުލައިގެ މަތިކޮޅަކާއި ހަމަ އެކުލައިގެ ފައިތިލަ އާއި ހަމައަށް އަންނަ ފުޅާ ސްކާޓެކެވެ. ކަރުގައި މަޑު ނޫކުލައިގެ ސްކާފެއްވެސް އަޅާފަވެއެވެ. ޔޫހާން އެދިމައަށް ބަލައިގެން އިންދާ އެ އަންހެން ކުއްޖާ ތެދުވުމާއެކު އޭނަގެ ކުރިމަތީގައި އިން ޒުވާނާ ހިނިތުންވެލަމުން އެ އަންހެން ކުއްޖާގެ އަތުގައި ހިފިއެވެ. އެވަގުތު އެ އަންހެން ކުއްޖާގެ އަތުގައި އަޅާފައިވި ހުދު ކުލައިގެ ކުދި އެސްތަކެއް ހިމެނޭ ރިންގް ޗެއިން ބްރޭސްލެޓް ޔޫހާންގެ ލޮލުގައި އަޅާއިގަތެވެ. އެއީ އައިލީންކަން އެވަގުތު އޭނައަށް ޔަގީންވެގެން ދިޔައެވެ. އެއާއެކު މޭޒު މަތީގައި ބާއްވާލެވިފައިވި ޔޫހާންގެ އަތް މުއްކެވިގެން ދިޔައެވެ. މަންޒަރު ބަލަން އިން ނައުރީންގެ ތުންފަތުގައި ވަނީ ކާމިޔާބީގެ ހިނިތުންވުމެކެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ifoo

Level 1010 Stories100 Comments100 Login500 Login500 Comments100 Stories1K Comments

I'm a girl who loves to read and write stories ❤️❤️❤️???... I love to read comments too ❤️❤️❤️???... Writing story is a hobby ???... Author of Inthizaarugaa Hunnamey Loabin ❤❤❤, Vindhey Loabi Thee Edhey ❤️❤️❤️ and Loabivan Yaaraaey...

Other Articles

Previous

ފުން އިހުސާސެކޭ 15

Next

އުންމުލް މުއުމިނީން ޞަފިއްޔާ ރަޟިޔަ ﷲ ޢަންހާ

Next
August 7, 2018

އުންމުލް މުއުމިނީން ޞަފިއްޔާ ރަޟިޔަ ﷲ ޢަންހާ

Previews
August 7, 2018

ފުން އިހުސާސެކޭ 15

41 Comments!

  1. Ifoo ifoo says:
    August 7, 2018 at 8:50 am

    Salaam dear readers ❤️❤️❤️?????????… Hws u all??? Here is the 30th part ???… Hope all will like this part too ???… What do you guys think will happen??? ???… If there is any mistakes please let me know ???… Thankyou so much all for the support ???❤️❤️❤️??????…

  2. Airah says:
    August 7, 2018 at 8:58 am

    vvv Reethi.thankolhea avaha Next part up kolhachey plx plx

    1. Ifoo ifoo says:
      August 12, 2018 at 6:32 am

      Airah ❤️❤️❤️… Thankyou so much dear ❤️❤️❤️??????… V v v ufaavehje story reethi v ma ???… Yesterday submit kohlaifinn story bt still not published dhw… Keep waiting…

  3. Stry Kiyaa Man says:
    August 7, 2018 at 10:06 am

    Masha allah vvv furihama.ekam naureen men bai dhw v boalah undhagu veyy .haha.
    Keep it up ifoo.
    Next part konirakun. Waiting wating.
    -salaam-??????

    1. Ifoo ifoo says:
      August 12, 2018 at 6:34 am

      ST Man ❤️❤️❤️… Thankyou so much ???❤️❤️❤️???… V v v ufaavehje ???… Yesterday I have submitted the next part bt still not published dhw… Keep waiting ???… Thankyou so much for the support ??????????…

  4. Zoo says:
    August 7, 2018 at 10:48 am

    V foohi

    1. Ifoo ifoo says:
      August 12, 2018 at 6:35 am

      Hurihaa kudhinnah ifoo ge story reethi nuvedhaane… ???… Thankyou dear ?…

  5. Someone says:
    August 7, 2018 at 11:41 am

    Heyyy haadha ryhchey mi partves..??u r the best writer??ekm ailee aa yoohaan dhurunukurahchey..??avahah nau aa dhinaj bust kohla..??plx plx next part avahah up kohdhehchey..??mihaaru ves mivaahaka kiyaahithun miulheny…????just awesome????❤❤????❤??❤❤❤

    1. Ifoo ifoo says:
      August 12, 2018 at 6:38 am

      Someone ❤️❤️❤️… Haadha loabi colourful comment ekey ❤️❤️❤️???… Ifoo ah mihaaru enme wait kurevey eh comment someone ge comment akee ??????… Thankyou so much ???❤️❤️❤️… V v v ufaavehje ???… Ailee n yoohaan dhw… Let’s see what happens…

  6. Ree says:
    August 7, 2018 at 1:41 pm

    Varah foohi dhn konme vaahaka eh ga vas bodu villian gandeh annaathi ..

    1. Ifoo ifoo says:
      August 12, 2018 at 6:40 am

      Without a villian can’t continue the Story… We cannot create problems without them…

  7. Lammi says:
    August 7, 2018 at 2:00 pm

    hey.. v wait kuri fahun thi up kohdhiny and thankss v rythi mibai vx.. but ailee ah dhera gotheh nuhadhahchey . next part thankolheh awahah genes dhehchey dear

    1. Ifoo ifoo says:
      August 12, 2018 at 6:42 am

      Lammi ❤️❤️❤️… Thankyou so much dear ❤️❤️❤️??????… V v v ufaavehje ???… Ailee ah vaa gotheh balamaa dhw… Sorry dear part thah lasveema ???… Yesterday I have submitted the next part… Keep waiting dear ❤️❤️❤️…

  8. Rish says:
    August 7, 2018 at 6:24 pm

    Haadha reethi vaahakayekey pls lps pls aileen ah dheragotheh nahadhahchey. Eyrun hi hutta dhaane. Mi story reethikamun hama kiyaahivani. Abadjhuves hithah aranee dhen vaane gotheh. Story hama habeys ahaaves furihama. Thanks mikahala reethi vaahakayeh fonuvadheythee. Thanks.

    1. Ifoo ifoo says:
      August 13, 2018 at 4:17 pm

      Rish ❤️❤️❤️… Thankyou so much dear ???❤️❤️❤️??????… V v v ufaavehje ???… It really means a lot ???… V v v ufaavehje ifoo ge story Rish ah kamudhiyaima ???… Hope to see ur comment more often ❤️❤️❤️???…

  9. Naju says:
    August 7, 2018 at 8:58 pm

    Story is superb dear ???? n Plxxxxxxxx ailee n yoon vakinukurahchey ??? dhinaaj n naureen bust kohllaa dhn ifoo dear.. I hate them.. Curiously can’t wait 4 next dear..❤❤❤❤

    1. Ifoo ifoo says:
      August 12, 2018 at 8:11 am

      Naju ❤️❤️❤️… Thankyou so much dear ❤️❤️❤️??????… Ur one of the best reader ey buneveynee ???… Let’s see what happens… Thanks a lot dear ❤️❤️❤️??????…

  10. Afaa says:
    August 8, 2018 at 7:47 am

    Masha Allah. Vv reethi emme fahun up kohfa in 3 part ves. Comment nukohleveythi sorry ifoo. Phn halaakuveema vaani mihn dhw.
    When next part? Awahah dhigukoh up kohla dhehchey ???

    1. Ifoo ifoo says:
      August 13, 2018 at 6:03 am

      Afaa ❤❤❤… thankyou so much dear ❤❤❤??????… v v v ufaavehje dhuvasthakakah fahuvx dear ge comment fenunythy ???… Its ok dear… ehenvx vaane… now next part kiyaaleveyne…

  11. Thaya says:
    August 8, 2018 at 12:10 pm

    Vahaka dhigukurann hifaa dhamaa henn heevanee… Naureen menn bai varah foohi

    1. Ifoo ifoo says:
      August 12, 2018 at 8:12 am

      Heheh… It’s a long story… So

  12. Lammi says:
    August 8, 2018 at 7:20 pm

    kbr tha anebbai genes dhewey waru waany kon dhuwahakun??

    1. Ifoo ifoo says:
      August 12, 2018 at 8:13 am

      Alhey dear I have submitted the next part yesterday… Keep waiting… Varah lahun dhw up vany…

  13. Airah says:
    August 9, 2018 at 10:05 am

    keevetha Reply Nukuranee.Update kuraaleves haada lahey. story v reethi.lasvaate masalayakee

    1. Ifoo ifoo says:
      August 12, 2018 at 8:15 am

      I’m really sorry Airah ???… Bxy kamun hama mee vaavarakee… Bt In Sha Allah dhen avahah reply kuraanan ???…

  14. Haiii says:
    August 9, 2018 at 1:23 pm

    Kobaatha test part I’m waiting 4 next part

    1. Ifoo ifoo says:
      August 13, 2018 at 6:04 am

      now next part kiyaaleveyne…

  15. Ifoo ifoo says:
    August 9, 2018 at 1:52 pm

    Dear readers sorry next part lasvaathy ???… I’m super busy… So adhi ehvx varakah nuliyevey… Next part In Sha Allah Saturday ga up kohdheynan… Ifoo gaboolu kuran part thah lasvaa kamah… I’m really sorry dear readers… I think week ehga 3 parts dhuvasthakah bahaalaigen genaima readers ah vx faseyha vaane henn… N ifoo ah vx… So Saturday, Tuesday, Friday… Mi thin dhuvahu In Sha Allah story ge new parteh genesdheynan… Bodu kameh dhimaa nuvanyaa In Sha Allah genesdheynan… I will try my best… Readers ge hiyaalaky kobaa mikamah…

  16. Naju says:
    August 9, 2018 at 2:13 pm

    I like it dear ❤❤❤❤❤ thy v salhi gotheh ???? Thank you so much ifoo ????

    1. Ifoo ifoo says:
      August 12, 2018 at 8:16 am

      Thankyou so much Naju ❤️❤️❤️?????????…

  17. Livy says:
    August 10, 2018 at 12:30 am

    Hii ifoo ❤? after a long long time dhw mi comment kollevuny.. Livy ves ulhen jeheyleh busy kamun ?? but baraabarah kiyaalan hama story.. And alheyyy yoon ailee ah hama rangalhah ves shakku kurany ey dho ?? whyyyy ? faan and rifoo ah ves kameh vaan ulhey hen heevany.. ? dhinaaj and naureen ves haadha goahey ? but story is amazing hama ???? Loving every bit of it ❤❤ Aslu emme kamudhaa thankolhaky livy ah hama imagine kurevey me in the story ??? And yes will be waiting up kuraa 3 days ah hama ? Lots of love ?❤????

    1. Ifoo ifoo says:
      August 12, 2018 at 8:22 am

      Hii my dear Livy ❤️❤️❤️?????????… Livy… I missed your colourful comment ???… V v v ufaavehje ehaa bxy koh ulhemunvx story kiyaalaafa comment eh kohlyma ???… Thankyou so much dear ❤️❤️❤️??????… Livy akee ifoo ge one of the best reader ❤️❤️❤️???… Heheheh… Imagine kurevenyaa ifoo beynun vaa varah sifakurun genesdhevihje ???… Much more loves from me ❤️❤️❤️?????????…

  18. nanni says:
    August 10, 2018 at 11:21 am

    koba next part

    1. Ifoo ifoo says:
      August 12, 2018 at 8:23 am

      Yesterday I have submitted the next part… Keep waiting dear…

  19. Lisha says:
    August 11, 2018 at 2:17 pm

    kbr tha anehbaiiii

    1. Ifoo ifoo says:
      August 12, 2018 at 8:23 am

      Yesterday I have submitted the next part… Keep waiting dear…

  20. aish says:
    August 11, 2018 at 5:40 pm

    When next part ????

    1. Ifoo ifoo says:
      August 12, 2018 at 8:24 am

      Yesterday I have submitted the next part… Keep waiting dear…

  21. Ifoo ifoo says:
    August 11, 2018 at 6:15 pm

    dear readers… I have submitted the next part… keep waiting dear readers ??????

  22. Someone says:
    August 11, 2018 at 6:54 pm

    Dear where is the next part????????

    1. Ifoo ifoo says:
      August 12, 2018 at 8:24 am

      Yesterday I have submitted the next part… Keep waiting dear…

Comments are closed.

Next Episodeއިންތިޒާރުގައި ހުންނަމޭ ލޯބިން 31←


All Right Reserved!