Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ކަޅު ފިނިފެންމާ… 17 ވަނަ ބައި (ފަހު ބައި)

Hoody Level 310 Stories100 Comments
June 8, 2015 8 Mins Read
129 Comments

“މަންމަ އެބައަންނަން މި ތަށިތައް ލާފަ! 1 މިނެޓް!” ސީމަ ތެދުވެ ހިނގައިގަތެވެ. ނަމަވެސް ތަށިމުށިމަތީހުރި ދަވަ ގަނޑަކަށް އޭނާގެ ފައި އެރުމާއެކު އޭނަ ކައްސާލައިގެން ނުވެއްޓުނީ ކިރިޔާއެވެ. ފާރުގައި އަތް އަޅުވާލަމުން ހަމަޖެހިލިއެވެ. ޓައިލްސް ތަކަށް ބަލައިލިއެވެ. އެވަގުތު ފާހާނާ ދިމާއަށް ގޮސްފައި ހުރި ލޮނދި ފަށަލަ އޭނާގެ ލޮލުގައި އަޅައިގަތެވެ.

ތަށިތަށް ބެހެއެއްޓުމަށްފަހު ސީމާ ގޮސް ފާހާނަ ހުޅުވާލީ މަޑުމަޑުންނެވެ. ކުޑަކުޑަކޮށް ހުޅުވާލުމަށްފަހު އެތެރެ ބަލައިލިއެވެ. އެވަގުތު ފެނުނު މަންޒަރަކުން އޭނާގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ. ބަންޑުން ޖަހާފައިވާ ބާލިދީގެ ދަށުން ނުކުމެފައިވާ ބޯވާ ފައި މަޑުމަޑުން އެތެރެއަށް ވަންނަމުންދިޔައެވެ. ސީމާއަށް ފަހަތަށް ޖެހެވުނެވެ. ހިތް ތެޅެމުންދިޔައީ އިންތިހާއަށެވެ. ހަމަރަނގަޅަށްވެސް އޭނާ ބިރުގަތެވެ. އޭނާ ޖަޒްލާ ގޮވައިގެން އެކޮޓަރިން ނުކުތެވެ. ދެން އޮޅިގެންވެސް އޭނާ އެކޮޓަރިއަކަށް ނުވަންނާނެއެވެ.

ހަމަ އެވަގުތެވެ. ބާލިދީ ދަށުން މަޑުމަޑުން އޭތި ނުކުތެވެ. ސީމާ ލެއްޕި ފާހާނައިގެ ދޮރު އޭއިރު ހުރީ ހުޅުވިފައެވެ. އޭތި ބަރުހެލި ދުވުމުގައި ދެމެމުން ކޮޓަރިތެރެއަށް ނުކުތެވެ. އަދި ދެމެމުން ގޮސް އަލަމާރީގެ ދަށުގައިވާ ހަނި ދޭތެރެއަށް އެއްވެސް ދަތިކަމެއް ނެތި ވަދެގަތެވެ.

***

ޔައީޝްވެސް މިރުސް ކޮތަޅު ހިފައިގެން އައިސް ވަނީ އެވަގުތެވެ. ސީމާއާއި ޖަޒްލާ ސިޓިންރޫމުގައި ހާސްވެފައި ތިބުމުން ވެގެން އުޅޭގޮތް އޮޅުންފިލުވާލަން ބޭނުންވިއެވެ.

“ޔައީޝް! އެކޮޓަރީގައި ޖަޒްލާ އެކިޔާކަހަލަ އެއްޗެއް އެބޮތް!” ސީމާ ދެލޯ ބޮޑުކޮށްލާފައި ޔައީޝްގާތު ރޮއެ ގަތެވެ. ޔައީޝް ހައިރާންވިއެވެ. މަންމަވެސް ޖަޒްލާ ފަދައިން ނަފްސާނީ ބައްޔެއްޖެހުނީހެއްޔެވެ؟ ޔައީޝް އަދިވެސް ހުރީ ވާނުވާ ނޭނގިފައެވެ. “ހަމަހުވާ ފާހާނަގަ އެބޮތް! މަންމަ ދެލޮލުން ދުށިން އޭތި!”

“މަންމަވެސް ދޯ! ހަމަޖެހިބަލަ! ތިވާނީ މަންމަ ބިރުގަނެފަ ހުރީމަ ހީވިގޮތަކަށް!” ޔައީޝް ކޮޓަރިއާ ދިމާއަށް ހިނގައިގަތުމުން ސީމާ ބިރުން ރޮއެ ގަތެވެ.

“ނޫން ނުދާތި އެތަނަށް!”

ޔައީޝް އަޅައިނުލާ ކޮޓަރިއަށް ވަދެގެންދިއުމުން ސީމާ ބަލަހައްޓައިގެން އިނީ ދެން ވާގޮތެއް ބަލާށެވެ. ޔައީޝް ފާހާނައަށް ވަނެވެ. އެބުނާ ބަލިދީއެއް ހިއްލައިގެން ބެލިއެވެ. އެތާކު އެކައްޗެއްވެސް ނެތެވެ. އޭނާގާތަށް އައީ ހިންޏެވެ. މަންމަވެސް ޖަޒްލާ ކިޔާއެއްޗެހި ގަބޫލުކޮށްގެން ބިރުން އެބައުޅޭވިއްޔާއެވެ.

“އެތާކު ނެތޭ އެކައްޗެއްވެސް!” ޔައީޝް ކޮޓަރިން ނުކުމެގެން އައިސް ސޯފަގައި އިށީނެވެ. “މަންމަވެސް މާބިރުންނޭ ތިއުޅެނީ!”

ސީމާ އިތުރަކަށް އެއްޗެއް ނުބުނެއެވެ. ނަމަވެސް މިގޭގައި ނުބައެއް އެބައުޅޭކަމަށް އޭނަގެ ހިތް ބުނަންފަށައިފިއެވެ. ކޮންމެވެސް ހާދިސާއެއް އޭނާއަށް ނޭނގި ހިގައިފިއެވެ. އޭނާ އެކަން ހޯދާނެއެވެ.

***

ގަޑިން ރޭގަނޑު 8 ގަޑި ބައި ވަނީއެވެ. ޖަޒްލާ އިނީ ޓީވީ ބަލާށެވެ. ޓީވީއިން އަންނަމުން ދިޔައީ ހިންދީ ސީރީޒްއެކެވެ. ކަޅި ޖަހާނުލާ ޖަޒްލާ ޓީވީއަށް ބަލަން އިންގޮތުން ހީވަނީ ޑްރާމާގެ އެންމެ ސީނެއްވެސް ވައްޓާލަން ބޭނުންނުވާހެންނެވެ. ޔައީޝްވެސް ކައިރީގައި އިނެވެ. ސީމާ އެއިރު ގެއަކު ނެތެވެ. އޭނާ ވީތަނެއްވެސް ޔައީޝް އަކަށް ނޭނގެއެވެ.

***

ހާމައަށް ހުޅުވާލާފައިވާ ކުޑަ ދޮރުން މަޑުމަޑު ވައި ރޯޅިއެއް ވަދެގެން ދިޔައެވެ. ގޮނޑިއެއް ގައި އިށީނދެލައިގެން އިން އަލިފުޅުގެ ދިގުވެ ނުރަވެފައިވާ ތުނބުޅި ވަޔާ ވިހުރިގެންދިޔައެވެ. ދެލޯ މަރާލައިގެން ތުންތަޅުވަމުންދިޔަ އަލިފުޅު މަޑުމަޑުން ދެލޯ ހުޅުވާލިއެވެ. އަތުގައި އޮތް ތަސްބީހަ ފަތި މޭޒުމަތީ ބޭއްވުމަށްފަހު އޭނާ ގޮސް ހުއްޓިލީ ކުޑަދޮރު ކައިރީގައެވެ. އެއްވެސް ތަރުތީބެއްނެތި އުޑުމައްޗަށް އުކާލެވިފައިވާ ތަރިތަކަށް އޭނާ ނަޒަރު ހިންގާލިއެވެ. އޭނާގެ ސާފު ދޮން މޫނުން ފެނިގެން ދިޔައީ ސީރިއަސް ކުލަވަރެކެވެ.

“އައްސަލާމްއަލައިކުމް!” މީހަކު ސަލާން ގޮވާލިއަޑަށް އަލިފުޅު ބަލައިލިއެވެ. އެއިރު ދޮރުމަތީ ހުރީ ސީމާއެވެ.

“ވާލެއަކުމް ސަލާމް ވަރަޙްމަތުއްﷲ ވަބަރަކާތް!” އަލިފުޅު ސަލާމް ބަލައިގަތީ އޭގެ އެންމެ ފުރިހަމައަށެވެ. އޭނަ އަތުން ގޮނޑިއަށް އިޝާރާތްކޮށް އިށީނުމަށް ދައުވަތު ދިނެވެ. “ކީއްކުރާ ކުއްޖެއް؟”

“ވަރަށް ބޮޑު ކަމެއް ކޮށްދޭން ވެއްޖެ!” ސީމާ އައިސް އަލިފުޅު ކުރިމަތީހުރި ގޮނޑީގައި އިށީނެވެ. އުމުރުން ދުވަސްވެފައިވާ އަލިފުޅަކީ ފަނޑިތަ ހެދުމުގައި ވަރަށް ކުރީގައި އުޅޭ މީހެކެވެ. ފާލުބެލުމާއި ސިހުރު ބާތިލް ކުރުމާއި ޖިންނި ޝައިޠާނުން ނައްތާލުމުގެ ބާރު އޭނާގެ އަތުގައި އޮވެއެވެ.

“ގޭތެރެއިން ފާޑެއްގެ އެއްޗެއް ފެންނާތީ މިއުޅެނީ!” ސީމާ ސުރުހީ އަޅާލިއެވެ.

“ކޮންކަހަލަ އެއްޗެއް؟” އަލިފުޅުގެ ދުވަސްވީ ދެލޮލުން ފެންނަނީ އޭނާގެ ތަޖުރިބާއެވެ.

“ފާޑެއްގެ ބޯވާއެއް ވައްތަރު އެއްޗެއް! ފުރަތަމަ އޭތި ފެނުނީ އަހަރެންގެ ދަރިފުޅުގެ އަންހެނުންނަށް! އޭނާވެސް މިހާރު އިނީ ފާޑަކަށް ސަކަރާތްވެފަ!” ސީމާ އޭނާގެ އިނގިލަތަކާކުޅެމުންދިޔައެވެ. އެއިރުވެސް ސިކުނޑިއަށް ސިފަވަމުންދިޔައީ އެ މަހުލޫގެއެވެ.

އަލިފުޅުގެ މޫނުމަތިން ފެނުނީ ހައިރާންކަމެވެ. ކުޑަކޮށް ލޯ ބޮޑުކޮށްލިއެވެ. ވިސްނަންފެށުމާއެކު އެ ތަނަވަސް ނިތްކުރިން ދަތިކިތަށް ފަޅުވާން ފެށިއެވެ.

“ދަރިފުޅު ކުރިން އެހެން އެއްވެސް މީހަކާ އިންތަ؟” އަލިފުޅު މި ސުވާލު ކޮށްލިއިރު އޭގެ ޖަވާބު އޭނާއަށް އެނގޭފަދައެވެ.

“އާނ! ޝައިމާ! އޭނަ ބަނޑުބޮޑުވެފައި ހުއްޓާ ވީ މަރުވެފަ!” ސީމާގެ މިޖަވާބު އިވުމާއެކު އަލިފުޅުގެ ހިތުގައި ހިނގައިގަތް ޝައްކު ޔަގީނަށް ބަދަލުވިއެވެ.

“ދަރިފުޅުގެ މިހާރުގެ އަންހެނުން ދަރިފުޅުދެކެ ވަރަށް ލޯބިވާކަން އެނގޭތަ؟”

“އަނ! ޖަޒްލާ ޔައީޝްދެކެ ވަރަށް ލޯބިވާނެ!” ސީމާ ޖަވާބުދެމުންދިޔައެވެ.

އަލިފުޅު ތެދުވެގެން ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. އަދި ކުޑަ ލަކުޑީ ފޮއްޓެއް ހިފައިގެން އައިސް އިށީނެވެ. ފޮށީ ހުޅުވާލިއެވެ. އޭގެ ތެރޭގައި ވަނީ ފަނޑިތަ ހަދާ، ފާލުބަލަން ބޭނުންކުރާ ސާމާނުތަކެވެ.

“ދަރިފުޅުގެ އަންހެނުންގެ މައުލޫމާތު ބޭނުންވަނެ!” އަލިފުޅު ބުންޏެވެ. ސީމާ އޭނާއަށް އެނގޭ އެއްޗެހި ކިޔައިދެމުންދިޔައެވެ. ޖަޒްލާގެ އިތުރުން ޔައީޝްއާއި ޝައިމާގެ މައުލޫމާތުވެސް އަލިފުޅު އޮޅުންފިލުވިއެވެ.

ހުރިހާ މައުލޫމާތެއް ހޯދުމަށްފަހު އަލިފުޅު ދުންދަނޑިއެއް ރޯކޮށްލިއެވެ. ދެ ލޯ މަރާލަމުން ތުންތަޅުވަން ފެށިއެވެ.

ސީމާ ނުކުމެލީ ބޭރަށެވެ. ހަމަހިމޭން ރޭގަނޑުގެ ވަގުތަށްވުމުން މަގުތަށްވަނީ ފަޅުވެފައެވެ. އުޑުގައި އެތައްހާސް ތަރިތަށް ވިދާ ބަބުޅަމުންދިޔައިރު ހީވަނީ ކަޅު ފޮތިގަނޑެއްގެ މައްޗަށް ކުދި ވިދާ ޖަވާހިރު ތަކެއް އުކާލަފައި ވާހެންނެވެ.

ބައިގަޑިއިރު ފަހުން އަލިފުޅު ސީމާއަށް ގޮވާލިއެވެ. ސީމާ އެތެރެއަށް ވަނެވެ.

“ކޮބާ ކިހިނެއްވަނީ؟” ސީމާ އަހާލީ ކެތްތެރިކަން ކުޑަ ގޮތަކަށެވެ.

“އަހަރެން ބޭނުން ޔައީޝްއާ ވާހަކަ ދައްކަން! ވެގެން އުޅޭގޮތް ބުނެވޭނީ އޭނަވެސް މިތާ ހުރެގެން!” އަލިފުޅު އެދުނީ ޔައީޝް ގެނެސްދިނުމަށެވެ.

***

ޔައީޝް ޖަޒްލާއާއެކު ޓީވީ ބަލަން އިންދާ ސީމަ ގެ ކޯލެއް އަންނަން ފެށިއެވެ. ޔައީޝް ފޯނުކަންފަތުގައި ޖައްސާލިއެވެ.

“ކީކޭ މަންމާ؟”

“ދަރިފުޅާ އާދެބަލަ ވަރަށްއަވަހަށް އަލިފުޅުގެ ގެއަށް!” ސީމާ ވާހަކަދެއްކީ އަވަސް އަވަހަށެވެ.

“އެ ކީއްކުރަން!؟” ޔައީޝް ހިތުގައި ސުވާލުއުފެދުނެވެ. އަލިފުޅުގެ ގެއަށް މީހަކު ދާނި ކީއްކުރަންކަން ޔައީޝްއަށް އެނގެއެވެ. މަންމަ އަނެއްކާ އަލިފުޅުލައްވާ ޖަޒްލާ ރަނގަޅުކުރަން ފަނޑިތަ ހަދުވަނީބާއެވެ؟

“ސުވާލުނުކޮށް އަވަހަށް އާދެބަލަ!” ސީމަ ފޯނު ކަނޑާލިއެވެ.

“ޖަޒޫ! އެބައަންނަން އިނގޭ ބޭރަށް ގޮސްލާފަ! ތާކަށް ނުދާތި އިނގޭ! ބަސްއަހައިގެން ޓީވީ ބަލަން އިނދޭ އިނގޭ!”  ޔައީޝް ކުޑަކުއްޖަކަށް ނަސޭހަތްދޭފަދައިން ޖަޒްލާއަށް ނަސޭހަތްދިނުމަށްފަހު ނުކުތެވެ. ބޭރުން ދޮރު ތަޅުލީ ޖަޒްލާ ބޭރަށް ނުކުމެދާނެތީއެވެ.

***

ޔައީޝްގެ އިންތިޒާރުގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި ސީމާއަށް ޔައީޝް އައިސް ވަންތަން ފެނުމުން އަވަސް އަވަހަށް ގޮނޑިއެއްގައި ބޭނދިއެވެ.

“ކިހިނެއްތަ ވެގެން މިއުޅެނީ؟” ޔައީޝްއަށް ވާނުވާ ނޭނގޭތީ ސުވާލު ކުރެވުނެވެ.

“ވާނުވާ އެނގޭނެ އިރުކޮޅަކުން!” ސީމާ ބުނެލިއެވެ.

“ޔައީޝް!” އަލިފުޅު މަޑުމަޑުން ބުނެލިއެވެ. “ޔައީޝްއަށް އެނގޭތަ ޔައީޝްގެ ކޮޓަރީގައި އެއްޗެއް އުޅޭކަމެއް؟”

“މަންމަމެން އެހެން އެބަ ކިޔާ! އެކަމު އެއީ އަސްލެއް ނޫން! އަހަރެންވެސް ފެނޭތޯ ބަލައިފިން!”

“ނުފެންނާނެ! ޔައިޝްއަކަށް ނުފެންނާނެ! އޭތި ފެންނާނީ އޭތި ފެންނަން ބޭނުންވި މީހަކަށް!” އަލިފުޅުގެ ވާހަކައިން ޔައީޝްގެ ދެ ބުމަ އަރައިގެން ދިޔައެވެ. “ޔައީޝްގެ ކޮޓަރީގައި ބޯވާއެއްގެ ސިފައިގަ އެއުޅެނީ ކާކުކަން އެނގޭތަ؟ އެއީ ޔައީޝްގެ ކުރީގެ އަނބިމީހާ ޝައިމާގެ ބަނޑުން ވިހޭ ދަރިއެއް!”

އަލިފުޅުދައްކަމުން ދިޔަ ވާހަކަ އަޑުއަހަން ސީމާއާއި ޔައީޝް ތިބީ ހައިރާންވެފައެވެ.

“މިހާރު ޔައީޝް ތި އިނދެގެން އުޅޭ ޖަޒްލާ ވަނީ ޝައިމާއާއި ޝައިމާގެ ދަރިފުޅު މަރާލަން ދޮންއަހުމަދު ލައްވާ ސިހުރު ހަދުވާފަ! އެ ސިހުރު ދޮންއަހުމަދު ހެދީ މުޅިން ރަނގަޅަކަށް ނޫން!”

އަލިފުޅު ފުންނޭވާއެއް ދޫކޮށްލިއެވެ.

“އަލިފުޅު އުޅުނީ ޝައިމާގެ ބަޑުތެރެއަށް އޭނާގެ ބާރުގެ ދަށުގައިވާ މަހުލޫގުންގެ ތެރެއިން މަހުލޫގެއް ވައްދާ ދަރިފުޅު ބަނޑުތެރޭ އޮއްވާ މަރާލަން! އަދި ޝައިމާވެސް ވޭން ދެނިވި ގޮތަކަށް މަރާލަން! ކުއްޖާ ވިހާވަގުތު އެ މަހުލޫގުވެސް ކުޑަކުއްޖާއައެކު ނުކުންނާނެ! ދޮން އަހުމަދު ރާވާފައިވާ ގޮތުން އެ މަހުލޫގުވެސް އެ ހިސާބުން މަރުވާނެ! އެކަމު އެސިހުރު ފުރިހަމަ ނުވުމުން އެ މަހުލޫގު މަރުވެގެންނެއް ނުދިޔަ! މިކަން ކުރަން އުޅުނީ އެ މަހުލޫގުގެވެސް ނުގަބޫލުގައި މަޖުބޫރުކޮށްގެންކަމުން އޭތި ޖަޒްލާގެ ކިބައިން ބަދަލު ހިފާނެ! ތި ކޮޓަރީގައި އޭތި އެ އުޅެނީ އެ ބޭނުމުގައި! މި ހުރިހާކަމެއް ކުރުމަށް ދޮންއަހުމަދު ބޭނުންކުރީ ކަޅުކުލައިގެ ފިނިފެންމަލެއް!”

ހަމައެވަގުތު ޝައިމާ ގެންގުޅުނު ކަޅު ފިނިފެންމާ ޔައީޝްގެ ސިކުނޑިއަށް ވެރިވެގެންދިޔައެވެ. ސީމާއަށްވެސް އެ ދުވަސް މަތިން ހަނދާންވިއެވެ. ހީވާ ގޮތުން އަދިވެސް އެ މަލުގެ ހިކިފައިވާ ތަނޑި ކޮޓަރީގެ ވާސްއެއްގައި އެބައިނެވެ.

ޔައީޝްއަށް އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ޖަޒްލާގެ ހުރި ނުބައިކަމާއި އޭނާ ކަންތައްކޮށްފައިވާ ގޮތް އެނގުމުން އަތް މުއްކެވިގެންދިޔައެވެ. ކޮންފަދަ ނުބައި އަންހެން ކުއްޖެއް ހެއްޔެވެ؟ ޔައީޝްގެ މުޅި ދިރިއުޅުން ހަލާކުކޮށްލުމަށްފަހު އެވަރުނުވެގެން ޔައީޝްގެ އަންބެއްގެ ގޮތުގައި އިންނަން އޭނާ ލަދު ނުގަތީތީ ޔައިޝް ހައިރާންވިއެވެ. އެ ރީތި ދެލޮލުން އަލިފާން ކަނި ބުރަމުންދިޔަ ގޮތުން ހީވަނީ ހަމަމިހާރުވެސް އެ ސުންޕާ ކުއްޖާ އަތުކޮޅަށް ނަގާ ހޫރާލަފާނެހެންނެވެ. ޝައިމާގެ ހަޔާތް ނަރަކައަކަށް ހަދާލުމަށްފަހު ޖަޒްލާއަށް އުފަލުގައި އުޅޭކަށް ލާހިކެއް ނޫނެވެ. މިހާރު އޭނާ ކުރިމަތުންލަމުން އެދަނީ އޭނާ ކުރި އަމަލުގެ ޖަޒާއާއެވެ. އޭނައަށް އެ ތަކުލީފުތަށް ހައްގެވެ. ވެގެންވަންޏާ ޔައީޝް މިހާރު ޖަޒްލާ މި ދުނިޔެއިންވެސް ނައްތާލައިފީހެވެ.

ސީމާވެސް އިނީ އަނގަ ހުޅުވުނުގޮތަށް ހުއްޓުން އަރާފައެވެ. އޭނާގެ ދަރިފުޅު މި ދެވުނީ ކޮންފަދަ ޝައިޠާނަކާހެއްޔެވެ؟ މީގެ ކުރިން އޭނާ އަޑުއަހަނީ ފިރިހެނުން އަންހެނުންގެ ހަޔާތަށް އުނދަގޫކުރާ ވާހަކައެވެ. ނަމަވެސް ޝައިމާގެ ދިރިއުޅުން ހަލާކުކޮށްލީ ހަމަ ޝައިމާ ކަހަލަ އަންހެން ކުއްޖެކެވެ. ޖަޒްލާއަށް އަންހެންކުއްޖެއްގެ އިހުސާސްތަށް ނޭނގެނީހެއްޔެވެ؟ އެހެން ނޫނަންމަ އަންހެން ކުއްޖަކަށް އެފަދަ ބޮޑު އަނިޔައެއް ދޭކަށް ނުކެރުނީހެވެ؟ ސީމާވެސް އިނީ ޖަޒްލާ ދެކެ އައިރުޅީގައި ވަގުތުން ގެއަށްގޮސް އެ ދައިތަ ގަނޑު ގެއިން ނެރެން ބޭނުންވެފައެވެ.

“އޭތި އަބަދުވެސް ބަލަމުންދާނީ ޖަޒްލާ ގޭގައި އެކަނި ވާ ވަގުތަކަށް!” އަލިފުޅު ނިތްކުރިމަތިން ދާ ފުހެލުމަށްފަހު ގޮނޑީގައި ހަމަޖެހިލިއެވެ.

ޔައީޝްއަށް ބަލާލެވުނީ ސީމާގެ މޫނަށެވެ. ސީމާގެ ވިސްނުމަށްވެސް އައިސްފައިވަނީ ހަމަ ޔައީޝްގެ ވިސްނުމުގައި ވާ އެއްޗެވެ. ޖަޒްލާ މިހާރު އިންނާނީ ގޭގައި އެކަންޏެވެ. ނުވިތާކަށް ގޭގެ ދޮރުވެސް ހުންނާނީ ތަޅުލާފައެވެ. ސަލާމަތްވާކަށް ދުވާނެ ތަނެއްވެސް ނުހުންނާނެއެވެ.

“އޭތި ނައްތައެއް ނުލެވޭނެތަ؟” ސީމާ އަހާލިއެވެ.

“އެއީ މާކަށް އުނދަގޫ ކަމެއް ނޫން! ހާސްވާން ޖެހެނީ އޭތި މީހަކަށް ހަމަލާ ދީފާނެ ކަމާމެދު! ގޭގައި ޖަޒްލާ މިވަގުތު އިންނާނީ އެކަނި ދޯ!” އަލިފުޅު އަހާލިއެވެ……..

***

ޓީވީއިން އަންނަމުންދިޔަ ސީރީޒް ނިމުމާއެކު ޖަޒްލާ ފޫހި ވާންފެށިއެވެ. ބޭރަށް ނުކުމެލަން ބަލަލިއިރު ދޮރު ހުރީ ތަޅުލާފައެވެ. އޭނާ ޗޮކެއް ކަނޑާލުމަށްފަހު ކޮޓަރިއަށް ވަންނަން ދިޔައީ އޭނާ ގެ ފޯނުބަލައެވެ. މަޑުމަޑުން ކޮޓަރީގެ ދޮރު ހުޅުވަލުމަށްފަހު އެތެރެ ބަލައިލިއެވެ. ބޮކި ހުރީ ނިއްވާލާފައެވެ. އަނެއްކާ އަނެއް ހަ ކަންތަކެވެ. ކޮޓަރިއަށް ވަދެގެން ނޫނީ ބޮކިވެސް ނުޖެއްސޭނެއެވެ. ބިރުން ހުރެގެންވެސް ލަސްފިޔަވަޅުތަކެއްގައި އޭނާ އެތެރެއަށް ވަނެވެ. މަޑުމަޑުން ފިޔަވަޅުތަށް އަޅަމުން ދަނިކޮށް ކުއްލިއަކަށް ލޮނދިގަނޑަކަށް އެރި ކަހާލައިފިއެވެ. ކޮންޓްރޯލުން ނައްޓާލައިގެން ގޮސް ތަށިމުށިތައްމައްޗަށް ޖެހިއްޖެއެވެ. ބޯ ޖެހުނުލެއް ބަރުކަމުން ކުޑަކޮށް އެނބުރުން އަރަމުންދިޔައެވެ. ފެން ލައިޓުން އެޅިފައިވާ ފަނޑު ހަނދުވަރުގެ އަލި ނޫނީ އެކޮޓަރިއަށް އެއްވެސް އަލިކަމެއް ވެރިވެފައެއް ނެތެވެ. ޖަޒްލާ ލޯ ހުޅުވާލީ އިރުކޮޅެއް ފަހުންނެވެ. ލޯ ވަނީ ކުޑަކޮށް ފުސްވެފައެވެ. ލޯ ހުޅުވަލުމާއެކު އޭނާގެ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ ކައިރީގައި އިން ކުޑަކުޑަ ރަތް ދެ އަލިކޮޅެވެ. ފުސްކަމުން މާބޮޑަށް ފާހަގަނުވިއަސް އެއީ ކޯއްޗެއްކަން ޖަޒްލާއަށް އެނގިއްޖެއެވެ. ތެދުވަން މަސައްކަތް ކުރުމާއެކު އަނެއްކަވެސް އަތް ކައްސާލިއެވެ. އެ ދެ އަލިކޮޅު މަޑުމަޑުން ޖަޒްލާއާ ދިމާއަށް އަންނަންފެށިއެވެ. ޖަޒްލާ އަށް ކުރެވުނުހާވެސް ކަމަކީ ބިރުން އޮށޯވެ އޮވެ ފަހަތަށް ފިރުކުމެވެ.

***

އަލިފުޅު ލޯ މަރައިގެން އިނދެ ތުން ތަޅުވަމުންދިޔައެވެ. މުޅި ގޭތެރޭގައިވަނީ ދުން ދަނޑިހަރުކޮށްފައެވެ. ކުރިމަތީހުރީ އަލިފާން ގަނޑަށް އިރުއިރުކޮޅާ ކޮންމެވެސް ކަހަލަ ކުޑިތަކެއް އަޅަމުންދިޔައެވެ. އެއްއަތުގައި އޮތީ ތަސްބީހަ ފައްޗެވެ. އަނެއްއަތުން ކުޑިއަޅަމުންދިޔައިރު، އެ އަލިފާންގަނޑު ބޮޑުވަމުންދިޔައެވެ.

***

ސީމާއާއި ޔައީޝް ބާރުހިނގުމެއްގައި މިސްރާބު ޖަހާފައިވަނީ ގެއާދިމާއަށެވެ. ދެމީހުންގެ ހިތްވެސް ތެޅެމުން ދިޔައީ އިންތިހާއަށެވެ. މޫނުމަތިން ފެންނަނީ ކަންބޮޑުވުމުގެ އަސަރުތަކެވެ. ކުރިމަތި ލާން މިއުޅެނީ ކޮންފަދަ ހައިޖާނު ގަނޑަކާ ބައެވެ؟

***

ޖަޒްލާ ހަޅޭލަވަންފެށިއެވެ. އަޑު އިވޭނީ ކާކަށްހެއްޔެވެ؟ އެ ބޮޑު ގޭގައިވަނީ އޭނާ އެކަންޏެވެ. މިއީ އޭނާ އަމިއްލައަށް ލިބިގަތް އަޒާބެކެވެ. އެހެންމީހުންނަށް ދެރަދީފައި އަމިއްލައަށް އުފާހޯދަން އުޅުމުން ވާނީ ހަމަ މިކަހަލަ ގޮތެކެވެ. ތިމާ ފޭހުނު އިލޮށިގަނޑު ހެރޭނީ ހަމަ ތިމާގެ ލޮލަށެވެ. އެވަގުތު އޭނާ ޝައިމާގެ މައްޗަށް ކޮށްފައިވާ ބަދު ދުޢާތައް މަތިން ހަނދާންވިއެވެ. އެ މައުސޫމް ކުއްޖާގެ ދިރިއުޅުން ބަރުބާދު ކޮށްލީ ޖަޒްލާގެ މި ދެއަތުންނެވެ. ވީއިރު މި ސަޒާ އޭނާއަށް ހައްގެވެ.

ފަހަތަށްޖެހެމުންގޮސް ޖަޒްލާ ލައްވީ ފާރުގައެވެ. އެވަގުތު އެ މަހުލޫގު އައިސް ޖަޒްލާއާއި ދެ ފޫޓު ދުރުގައި މަޑުކޮށްލިއެވެ. ޖަޒްލާ ފުންކޮށް ނޭވައިލަމުންދިޔައީ ދެން ވާނެ ގޮތް ނޭނގޭ ހާލުގައެވެ. އެ ހަމަހިމޭން މާހައުލުން އިވޭ ހަމައެކަނި އަޑަކީ ޖަޒްލާ ލަމުންދިޔަ ފުންނޭވައިގެ އަޑެވެ. އޭނާގެ ހިތުގެ ތެޅުން ބާރުކަމުން ހީވަނީ އެހެން ކަމެއް ހެންނެވެ. އޭނާ އަޑެއްވެސް ލައްވާލަން ނުކެރިފައި އިނީ އެ މަހުލޫގު ދެން ކަންތައްކުރާނީ ކިހިނެއްކަމެއް ނޭނގޭތީއެވެ.

އެ މަހުލޫގު މަޑުމަޑުން ކުރުޖެހިލިއެވެ. އަދި ހުށިޔާރުވެލުމަށްފަހު ފުންމައިގެ އައިސް ތަތްވީ ޖަޒްލާގެ މޫނުމަތީގައެވެ……

***

އަލިފުޅު އަވަސް އަވަހަށް އަލިފާންގަނޑަށް ކުނޑިތަށް އަޅަމުން ކިޔަމުންދިޔަ އެއްޗެހިތައް ބާރު ކުރަމުންދިޔައެވެ. އޭނާ ވަނީ ދާ ހިއްލާ ފޯވެފައެވެ. މޫނުމަތިން ފެނިގެން ދިޔަ ހާސްވުމުގެ އަސަރު ކެނޑި ހަމަޖެހުމުގެ ނޭވާއެއް ލެވުނީ، ކުރިމަތީ ހުރި އަލިފާން ގަނޑު ކުޑަ ވާން ފެށުމުންނެވެ. އަލިފުޅު މަޑުމަޑުން ހަމަޖެހިލިއެވެ. ކުނޑި އެޅުން ހުއްޓާލުމަށްފަހު އަލިފާން ގަނޑަށް ކަޅި ހުއްޓާލައިގެން އިނެވެ. އެއިރު އެ އަލިފަން ގަނޑު އައީ ކަނި ވަމުންނެވެ.

***

ޖަޒްލާ ތެޅިފޮޅެން ފެށިއެވެ. އަތުން ދަވަގަނޑު ނެއްޓުވޭތޯ މަސައްކަތްކުރަމުންދިޔައެވެ. ނަމަވެސް އެ މަހުލޫގު އޭނާގެ މޫނުމަތީ ތަތްވެގަނެގެން އޮތީ މާ ބާރަށެވެ. އޭގެ ދިގު ފައިތައް ޖަޒްލާގެ ބޯ ފަށައިގެން އޮޅާލާފައިވެއެވެ.

 އެވަގުތު އޭތީގެ ލޮނދި ހަށިގަނޑުން މަޑުމަޑު ދުންއަރަށްފެށިއެވެ. އެ ދިހުންއަރާ ހަށިގަނޑުން އޮލަ ދިޔަތަކެއް ވިރިގެން ފައިބަންފެށިއެވެ. ގަނޑު ރަބަރު ގަނޑެއްގައި އަލިފާން ރޯކޮށްލުމުން ވިރިގެން ދާ ފަދައިންނެވެ.

ޖަޒްލާގެ ތެޅިތެޅި އޮތް ހަށިގަނޑުވެސް މައިތިރިވީ ހަމަ އެވަގުތެވެ. ހީވާގޮތުން އޭނާގެ ފުރާނަ އޭނާގެ ހަށިގަނޑާ ވަކިވެގެން ދިޔައީއެވެ.

މަހުލޫގުގެ ގެ ކުޑަ ހަށިގަނޑުން އަރަމުންދިޔަ ދުންތަށް އޮލަވާންފެށިއެވެ. އެ ދުންތަކާއެކު އޭތި އަޅިއަށްވެގެން ޖައްވުގެތެރެއަށް ވިހުރިގެން ދާންފެށިއެވެ. އިރުކޮޅެއްވީއިރު އެމަހުލޫގު ވައިގެތެރެއަށް ހުސްވެގެން ގޮސް ގެއްލުނެވެ.

***

ޔައީޝްއާއި ސީމާ ދުވަމުން ކަހަލަގޮތަކަށްއައިސް ގޭގެ ދޮރު ތަޅުދަނޑިން ހުޅުވާލިއެވެ. ގޭތެރޭގައި ރަސްކަން ކުރަނީ ހަމަހިމޭންކަމެވެ. ޔައީޝް ގޭގެ އެކިތަންތަނަށް ނަޒަރު ހިންގާލީ ޖަޒްލާ ކޮބައިތޯއެވެ. ފެންނަން ނެތުމުން އޭނާ ވީ ކޮޓަރީގައިކަން އެނގުނެވެ.

ނަމަވެސް ކޮޓަރީގެ ބޮކި ނިއްވާލަފައިވުމުން ޔައީޝްގެ ހިތުގައި ސުވާލު އުފެދުނެވެ. އޭނާ ކޮޓަރިއަށް ވަންއިރު ވެއްޓިފައި އޮތް ޖަޒްލާއެއް އޭނާއަކަށް ނުފެނެއެވެ. ކޮޓަރިތެރޭގައި ވަނީ އަނދިރިކަމެވެ. ބޮކި ދިއްލިގެން ދިޔަވަގުތު ފެނުނު މަންޒަރުން ސިމާ އޯކަށް ދަމައިގަތެވެ. ޔައީޝްއަށް އެނބުރިލެވުނީ އަނެއް ފަޅިއަށެވެ.

ޖަޒްލާގެ މޫނުގެ ސިފަ ވަކިވާވަރެއްނޫނެވެ. ދެލޯ ވަނީ ބޯލާފައެވެ. ތުންފަތުން ތަންގަނޑެއް އިރައިގެން ގޮސްފައިވާއިރު ދަތްޕިލަ އޮތީ ދިމާލަށެވެ. ނޭފަތުގެވެސް ފެންނަން އިނީ އެއްބައެވެ. ކޮލު ކަށިގަނޑުވެސް އޮތީ ފެންނާށެވެ.

********

ޔައީޝް ހުއްޓިލައިގެން ހުރީ ސަހަރާގައެވެ. އޭނާގެ ކުރިމަތީ ތަންކޮޅެއް އާ ކޮށްހުރީ، މިއަދު މަރުވި ޖަޒްލާގެ މަހާނަ ގަލެވެ.

އެއާޖެހިގެން ބިއްދޮށަށްހުރީ ޝައިމާއާއި އޭނާގެ ދަރިފުޅުގެ މަހާނަގަލެވެ. ޔައީޝްގެ ލޮލުން ކަރުނަ އައީ އެ މަހާނައަށް ނަޒަރު ހުއްޓާލި ހިސާބުންނެވެ. ޝައިމާ މަތިން އިންތިހާއަށް ހަނދާންވި ވަގުތު ޖަޒްލާގެ ނުބައިކަން މަތިން ހަނދަންވުމުން ރުޅިވެސް އައެވެ. ނަމަވެސް ކުރާނީ ވަކި ކީއްހެއްޔެވެ؟ އެ ދެމީހުންވެސް ވަކިވެގެން ދިޔައީ އެހާމެ ބިރުވެރި މަރަކުންނެވެ.

******************

ޔައީޝް ދެޖީބަށް އަތްޖަހާލައިގެން އަތިރިމަތީގެ ދޮންވެލިގަނޑުމަތީ ހިނގާލާފައި ދިޔައިރު އެ މޫނުމަތިންފެންނަމުން ދިޔައީ އެކަނި ވެރިކަމެވެ. އެ ދެލޮލުން ފެންނަމުންދިޔައީ ހުސްކަމެވެ. އޭނާގެ ހަޔާތުގެ ވާހަކައަކީ ނުހަނު ގިނަ ކުލަތަށް އެކުލެވޭ ވާހަކައެކެވެ. ލޯތްބާއި އަޅާލުމެވެ. އުފާވެރިކަމާއި ހިނިތުންވުމެވެ. ލޯބީގައި ހައްދުފަހަނަ އަޅާގޮސް ދިވާނާވުމެވެ. ހިތާމައާއި، ވަކިވެ ދިޔުމެވެ. ހަމައެހެންމެ ޒީލަގަދަކަމާއި އޮޅުވާލުމެވެ. ބިރުވެރިކަމާއި ސިހުމެވެ. މި ހުރިހާ ކުލަތައްއެކުވެގެން އައި ޔައީޝްގެ ހަޔާތް މިހާރު މިވަނީ ނިމުމަކަށް އައިސްފައެވެ.

ޔައީޝް އިށީންދެލީ ވެލިގަނޑުމަތީގައެވެ. ދެކަކޫމަތީ އުޅަނބުށި ވިއްދާލުމަށްފަހު ނަޒަރު ހުއްޓާލީ ވެލިގަނޑުމައްޗަށް ބީއްސަމުންދިޔަ މަޑުމައިތިރި ރާޅުތަކަށެވެ. ޝައިމާވެސް އޭނާގެ ހަޔާތަށް އައީ އެފަދައަކުންނެވެ. ލޯތްބާ އަޅާލުމަކީ ކޮބައިކަން ދަންނަ ހީވާގި އަތްބެކެވެ. އެފަދަ ދެވަނައެއް ނުވާ ނަމޫނާ ކުއްޖެކެވެ. އޭނަ ދޫކޮށްދިޔައީ ރާޅުވެސް ދޮންވެލިގަނޑުމަތީ ބީހިލުމަށްފަހު ދާފަދައިންނެވެ.

ދެން އޭނާގެ ހަޔާތަށް ބިންދާލީ ހޮޅިލާނެގި ރާޅެކެވެ. އެއީ ޖަޒްލާއެވެ. ލޯބިން ހައްދުފަހަނަ އަޅާދިއުމުގެ ސަބަބުން އަނެކާގެ އުފާތައް ފޭރިގަންނަންވެސް ފަސް ނުޖެހުނު ކުއްޖެކެވެ. އޭނާ ޔައީޝްގެ ހަޔާތުން އެ ދިޔައީ އޭނާގެ ދިރިއުޅުމުން އެއްބައި ހިފައިގެންނެވެ. ހޮޅިލާނެގިރާޅެއް ވެލިގަނޑުމައްޗަށް ބިންދާލުމަށްފަހު އެނބުރިދާއިރު ވެލިގަނޑުން ބައެއް ގެންދާފަދައިންނެވެ.

***

އެވަގުތު ޔައީޝްއާއި ފަނަރަވަރަކަށް ފޫޓު ދުރުގައި ކުޑަކުއްޖަކު ގޮވައިގެން އިން 19 ވަރަކަށް އަހަރުގެ އަންހެންކުއްޖާގެ ނަޒަރު ހުއްޓިފައި ހުރީ ޔައީޝްގެ މޫނަށެވެ. އެއީ ޝިއާނާ އެވެ. އޭނާގެ މޫނުމަތިންފެންނަނީ ސުވާލު މާކެކެވެ.

ކޮންފަދަ ފިރިހެންވަންތަ ހަށިގަނޑެއްހެޔެވެ؟ އެ ރީތި ޒުވާނަ ހިތާމަ އެކުރަނީ ކޮންކަމަކާހެއްޔެވެ؟ “ގާލް ފްރެންޑް” ބޭވަފާތެރިވީހެއްޔެވެ؟ އެހާރީތި ސްމާޓް ފިރިހެނަކަށް ބޭވަފަތެރިވާނީ މޮޔައެއްނޫނީދެން ކާކުހެއްޔެވެ؟

 ޝިއާނާގެ ހިތުގައި އާ ވިންދެއް ޖަހަންފެށިއެވެ. އެ ޒުވާނާގެ ހިތާމައަކީ ކޮބައިތޯ ބަލަން ބޭނުންވިއެވެ. އެ ހިތާމަތައް ފިލުވައިދީ އުފާކޮށްދޭން ބޭނުންވިއެވެ. ޝިއާނާ މަޑުމަޑުން ތެދުވުމަށްފަހު ޔައީޝްއާ ދިމާއަށް ހިނގައިގަތީ އޭނާއާ ވާހަކަ ދައްކާލުމަށެވެ. ހިމުން ދޮނވެލި ގަނޑުމައްޗަށް ފިޔަވަޅުތަށް ދޫކުރަމުން ޝިއާނާ ގޮސް ޔައީޝްގެ ކައިރިއަށް ހުއްޓިލިއެވެ. އެވަގުތު ޔައީޝް އިސްއުފުލާލަމުން ޝިއާނާއަށް ބަލައިލިއެވެ…….

ޔައީޝްގެ އެކަނިވެރި ހަޔާތަށް އަނެއްކާވެސް އަންހެންކުއަޖެއްގެ ހިލަންވީއެވެ. އޭނާގެ ހަޔާތުގެ އާ ބާބެއް ފެއްޓުނީއެވެ…….

ނިމުނީ

(ވާހަކައިގެ ސީޒަން 2 އަކަށް އިންތިޒާރު ކޮށްލައްވާ!!)

‘ކަޅު ފިނިފެންމާ’ އަކީ އަޅުގަނޑު ލިޔުނު ފުރަަތަމަ ދިގު ވާހަކައެވެ. މި ވާހަކައިގެ އެޕިސޯޑުތައް މިހާ އަވަހަށް އަޕްލޯޑު ކޮށްދިނުމުގައި އެހީ ވެދިން ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަމެވެ. އަދި މި ވާހަކަ ޝައުގުވެރިކަމާއެކު ވިދާޅުވަމުން ގެންދެވި ހުރިހާ ކިޔުންތެރިންނަށްވެސް ވަރަށް ހާއްސަ ޝުކުރެއް ދަންނަވަމެވެ. އަދި ވަކިން ހާއްސަކޮށް މި ވާހަކަ ލިޔަމުން ދިޔައިރު އަޅުގަނޑުގެ އާއިލާ ގެ ފަރާތުން ލިބިގެން ދިޔަ އެހީތެރިކަމަށްވެސް ފަށްފަށުން ޝުކުރުދަންނަވަމެވެ. މި ވާހަކައިގެ ސީޒަން 2 އަވަސް މުސްތަޤުބަލެއްގެ ތެރޭގައި ކިޔުންތެރިންނާ ހަމައަށް ގެނެސް ދެވޭތޯ ވަރަށް މަސައްކަތް ކުރާނަމެވެ.!

 

Share Article

Follow Me Written By

Hoody

Level 310 Stories100 Comments

Other Articles

Previous

ކަޅު ފިނިފެންމާ… 16 ވަނަ ބައި

Next

އެ ހަނދާން – 2

Next
June 9, 2015

އެ ހަނދާން – 2

Previews
June 7, 2015

ކަޅު ފިނިފެންމާ… 16 ވަނަ ބައި

129 Comments!

  1. Hoody says:
    June 8, 2015 at 2:04 pm

    Huhhh!!!! 🙂 story nimaalevijje….. ummeedhu kuran kamudhaane kamah…

  2. shy says:
    June 8, 2015 at 2:09 pm

    …Vvvvvvvvvvvvvv reethi

  3. shy says:
    June 8, 2015 at 2:09 pm

    N me firs

  4. smilebuddy says:
    June 8, 2015 at 2:27 pm

    nice story eh

  5. nathoo says:
    June 8, 2015 at 2:28 pm

    Varah reethi vaahakaeh .thanks hoody for this awesome story

  6. jazla says:
    June 8, 2015 at 2:28 pm

    V salhi vaahaka.. season2 avaha fahttahchey…. saabas hoody ge masahkatha….

  7. nishy says:
    June 8, 2015 at 2:31 pm

    Vvvvvv reeeethi… waitingggggg for season 2

  8. girl says:
    June 8, 2015 at 2:31 pm

    Masha allah v v v v reethi mi vaahaka.. wish you all the best

  9. iba says:
    June 8, 2015 at 2:45 pm

    This story is just awsome..waiting 4 season 2

  10. neem says:
    June 8, 2015 at 2:49 pm

    Maasha allah..
    Vaahakaige furihama kama reethi kama eve.. v v v reeethi..
    Waitting.. u can b a grt writer, u r capable of that..
    Wish all the best .. n thnxx miha avahah moha reethi story eh genes dheythy

  11. white rose says:
    June 8, 2015 at 2:50 pm

    v v v v v v nice story eh. thanks hoodh..waiting……..

  12. flower says:
    June 8, 2015 at 2:52 pm

    V reethi mi story…feshigen nimendhen vess kiyaa levihjje….waiting for season 2

  13. seema says:
    June 8, 2015 at 2:56 pm

    fake writer .. mee kae ge vaahaka eh noon
    keehve hageegai olhuvaa laigen thiulheny hama gaimuves mi vaahaka ige aslu liyunee kee hoodh eh noon. olhuvaaliyas bodu varu kiiyaa meehunge sikundi nethytha, hageegathaa medhu visnaalaa ehn meehun kuraa kamuge reethi nan hoadhan ulhunas thi bodu varu. mi vaahaka hama migothah aharen ge ekuveriyaku liyefa indha kiyaafa vaathaa mihaaaru 2 yrs vanee. saabas ehen meehun fool hahdhan ulhunas ekameh nuvaane abadhaku ” vagakah haas dhuvas veriyakah ehdhuvas” handhaan kuraathi

  14. nihaa says:
    June 8, 2015 at 2:56 pm

    Vrh reethi…Ava’s musthaq balehga aneh baiyy up vaane kamah uhmmeedhu kurann…

  15. shiaa says:
    June 8, 2015 at 2:58 pm

    vvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvv bodah thanks hooodyyy , vee ufaa bune dheen nenge . dhen aneh kaa shiaana ais yaish ge life spoil koh laany kee noon ingey . onces again thanks hoody

  16. naj says:
    June 8, 2015 at 3:02 pm

    vara reethi ……maasha allah…..hoody vara best igey

  17. shiaa says:
    June 8, 2015 at 3:03 pm

    waiting for season 2 🙂 🙂 🙂

  18. Hoody says:
    June 8, 2015 at 3:04 pm

    thnkx all…. 🙂
    To seema… mee copy story eh nooon ingey… allah gandhee mi bunanee… kurin kiyaafa in story akaa vaththareeyyaa eiy mulhin ihthifaageh…… 🙁

  19. Shehey says:
    June 8, 2015 at 3:18 pm

    Hoody ge mi Vaahaka vvv reethi. Adhi miha a was awahah upkoh story ninmaaleethy vvv ufaawejje, thanks. Mi story story book eh gothah publish kuran v ehnu. Mi sort ah film eh hadhanwes feney

  20. Hoody says:
    June 8, 2015 at 3:22 pm

    Thnkx shehey… yeah furusathu libijjehyaa hama book eh gothah publish vex kuranvee….

  21. loka says:
    June 8, 2015 at 3:24 pm

    vaaraaaaaaah obi. hope to read season 2 sooon

  22. juma says:
    June 8, 2015 at 3:34 pm

    I totally agree with u hoody. Ur story is amazing. Waiting for season 2.love this story♡♡.

  23. maahee says:
    June 8, 2015 at 3:46 pm

    Varah habeys mi vaahaka. Mivareh adhi neh.

  24. Aleena says:
    June 8, 2015 at 3:49 pm

    V salhi story eh
    Mee v kiyaahithun kee vaahakaeh…aslu v happy ehaa avahah up kohdheythee
    Dhevana bayah inthizaaru kuraanan in sha ALLAH
    Hoody ur the best
    Ehen meehun kiyaa beykaaru vaahaka ah nubalaa kuriah dhey…iraadhakureviyya rangalhuvaane
    Thnx alt

  25. neel says:
    June 8, 2015 at 3:57 pm

    Seema dhen moyavey huhhh

  26. Hoody says:
    June 8, 2015 at 4:04 pm

    Thnkx all….
    Yeah aleena… ur right…. I dont care meehun kiyaa ehchessakah… J vaa meehun vex ulheyne dhw… but god promise koffa mi bunee, mee copy story eh noon…. this is based to my own ideas….

  27. juma says:
    June 8, 2015 at 4:07 pm

    Mi kahala vaahaka eh adhi meege kurin nukiyan. So ma balaany mi hama hoody ge own story eh kamah. Ehen meehun dhakkaa beykaaru vaahaka adu naahaa. Keep it up. And for some ppl rangalhu comment nudhevenya goas comment ves nudhee.it wud b better for u. GOOD LUCK HOODY 🙂

  28. Hoody says:
    June 8, 2015 at 4:12 pm

    Thnkx juma…

  29. shiaa says:
    June 8, 2015 at 4:33 pm

    . . meehun kiyaa faadu faadu echissaa alhaa laane kameh nei ingey hoody. hama j vegen e ulheny hope kuran varah avas musthag baleh ga season 2 fesheyne kamah and season 1 ekey eggothah avahah up kohdhy reethi koh nimmaalaane kamah BEST OF LUCK HOODY!!!!!!!!!!!!1 🙂 :-):-)

  30. Kiaraa says:
    June 8, 2015 at 4:36 pm

    hoody ge vaahaka noonee dhen kia ves nukiyaanan!! aslu vvvvv salhi Hoody ge vaahakathah…. 2 vana searize ah inthizaar kuraanan…. OK… YOUR THE BEST HOODY

  31. shama says:
    June 8, 2015 at 4:43 pm

    vv reethi vaahaka eh .

  32. Hoody says:
    June 8, 2015 at 4:47 pm

    Thnkx shia, kiara and shama….

  33. shiaa says:
    June 8, 2015 at 4:48 pm

    season 2 ga mi story ithuran reethi vaanekama ummydh kuran . . and yaish ah happy life hodhay dhey ne kammah hope kuran

  34. niyasa says:
    June 8, 2015 at 4:57 pm

    Ma shaa allah varah furihama vaahaka en season 2 ge inthuzaaruga mihaar mihureveni

  35. shahidha says:
    June 8, 2015 at 5:09 pm

    Haadha j vaakudhin ulhe yee dhw me belhi filmehgavs ulhay bova eh dhen enuvaane dhw mivaahaka yaa egoyi vy kamakah
    Vaahaka yaa medhu bunevyniy shaguveru kamaaeku kiyaalhuvunu furathama vaahaka yeee mee n story vvv nice
    Gud luck hoody

  36. alaaniya says:
    June 8, 2015 at 5:16 pm

    season 2 kon irakun

  37. somebody says:
    June 8, 2015 at 5:17 pm

    😉

  38. Nabhaan says:
    June 8, 2015 at 5:19 pm

    wow wow wow wo….vrh vrh vrh vrh vrh salhi…season 2 ah wait kuranyyyy

  39. same says:
    June 8, 2015 at 5:22 pm

    Wow hooddyyyy… u r the bst… ekm hadha awhakah thi nimmly… bt ummydhu kurah seexan 2 vx hama ehaa furihama waane kaman… awarah awahah genrs dheythi ngey bst of luck

  40. Jenny says:
    June 8, 2015 at 5:37 pm

    Hoody. You r the best love your stwryzzz alot

  41. NaaN says:
    June 8, 2015 at 5:51 pm

    Mee ge kurin mi story eh nukiyan ☺……..V v v v v v v v v v nice Hoody

  42. naani says:
    June 8, 2015 at 6:06 pm

    Masha Allah! Habeys story eh Mì….. HoodY ah Mikan wedharne

  43. lam says:
    June 8, 2015 at 6:19 pm

    nice story waiting for season 2

  44. Shai says:
    June 8, 2015 at 6:32 pm
  45. Shai says:
    June 8, 2015 at 6:35 pm

    V.nice.. I like this story than any other I have read this far… When can I get to read the next season????

  46. juma says:
    June 8, 2015 at 6:41 pm

    Hoooodyy!! Kon iraku season 2 upload kurany?? Cant wait to read.

  47. dhonthi says:
    June 8, 2015 at 6:46 pm

    haadha j vaa kudhinvex ulheydho??? kithahme varakah copy story ekey bunyad kiyuntherin gabool kuraanee hoody bunaa ehcheh….he is the writer..mashehvex nukiyan adhi mihaathanah mikahala story eh…n u people plx hajam…hoody varah reethi mi storyyy….waiting for next season…

  48. Mishee says:
    June 8, 2015 at 7:46 pm

    Vv nice… I hope next seasonga yaeeshge life vvv happy vaanekamah… Thanxx and best of luckkk….

  49. Minna says:
    June 8, 2015 at 7:46 pm

    Haadha J vaa kudhin ulheyey dhw…. Hoody… Meehun kiyaa ehchehsah balaane kameh nei… Adhi mikahala vaahaka eh alhugandeh kiyaafa eh nei… So I also believe that this is ur own story hoody….. Waitin fr dhi next season…. Hoody he vaahaka that hama best… 🙂

  50. dhethandimaa says:
    June 8, 2015 at 7:48 pm

    Varah rethi mi vaahaka… miee aslu myhun vahaka liya gothaki.. ehen liuntherin aharaku eh faharu kahala gothakah vaahaka up kurany.hood u r amaxing.. waiting for more stories from u n

  51. shuhu says:
    June 8, 2015 at 7:50 pm

    Best story ever. .well done hoody..

  52. Butterfly girl says:
    June 8, 2015 at 7:51 pm

    Hoody ur the best

  53. rifa says:
    June 8, 2015 at 8:05 pm

    Aslu jazlaa ge hageegai yaeesh ashaa seema ah engunu kan jazlaa ahves engunu nama. V salhi vaane ekamaku jazlaa maru v ekan ehen meehakah engunu kan jazlaa ah neyngi ekamaku vvv reethi ingey vaahaka inthizaaru next season.☺☺☺

  54. shiaa says:
    June 8, 2015 at 8:08 pm

    ramazaan ga dhoh season 2 , HOODY ,

  55. shiaa says:
    June 8, 2015 at 8:38 pm

    😉

  56. jelly says:
    June 8, 2015 at 8:42 pm

    😉 eyy the dheh tha season 2 roadha mahu gatha

  57. nafha says:
    June 8, 2015 at 10:24 pm

    waiting for season 2

  58. deqar says:
    June 8, 2015 at 10:37 pm

    magey comment nujehy kyvve? this is hama copy story eh…. kurin vex bunihen mi bunany.. thy varah foohi myheh. abadhu vex. and i hate you hoodh ibrahim…. you COPY PASTER… :/

  59. zaara says:
    June 8, 2015 at 10:46 pm

    Varah salhi. Waiting for season 2

  60. july says:
    June 8, 2015 at 11:02 pm

    This story is just amazing….waiting for ur another brillient story.. keep it up

  61. Red Rose says:
    June 8, 2015 at 11:02 pm

    Seema Jv Hoody ehaamolhu vaahakaeh liyunyma. Hoody ur a very good writer keep it up! Jvaa myhun thibeyne j vefa

  62. swyty girl.. says:
    June 8, 2015 at 11:26 pm

    … Wow wow wow…. Hooodddddyyyyyyy. Ur the one of best story writer.. I proud of u mikahala rythi story eh Gena’s dhey thyve…… And myhun kiyaa ehchesa alhaa nula… Dhn wen season 2 an many Ava’s kuran chey.. Thankx a lot….. Best of luck

  63. saadhy says:
    June 9, 2015 at 4:29 am

    Mi story ga mi inee alifulhu fanditha hadhaa makhloogaku lahvvaa shaima ge dhari maraalee kamah.. . Ekam jaxlafanditha hedhee dhon Ahmed lahvvaa eh noon tha?

  64. misha says:
    June 9, 2015 at 8:33 am

    hehehehehe… keep it up hoodyyy…… by the way hoody kyvehtha hoody dheke meehun foohivany hoody?????

  65. juma says:
    June 9, 2015 at 9:02 am

    Maisha ei emyhun j vaathy

  66. juma says:
    June 9, 2015 at 9:04 am

    Misha***

  67. shiaa says:
    June 9, 2015 at 9:12 am

    yaish ge dad eh hurey tha ?. story kiyaa nimunu iru wex nein ge yaish ge dad eh hunna kameh noony .
    nuhun nakameh. i hope season 2 ga yaish ge dad annaane kamah . BTW stry was awesome . when season 2 hoody

  68. naryma says:
    June 9, 2015 at 10:06 am

    kon ira kun tha season 2 fesheny

  69. Butterfly girl says:
    June 9, 2015 at 10:31 am

    Hoodyyyy!! javaabeh dheeba wen season 2 fesheynee??

  70. shiaa says:
    June 9, 2015 at 10:47 am

    ! !!!!!!!!!!!. hooooodyyyy !!!!!!!!!!!!! answer for our questions 🙁

  71. shiaa says:
    June 9, 2015 at 10:48 am

    plx !!!plx!!!! plx!!!!!!! HOODYYYYY

  72. shiaa says:
    June 9, 2015 at 10:51 am

    plx!!!!! plx!!!!! plx!!! HOODYYYYY

  73. SAINT MARY says:
    June 9, 2015 at 10:55 am

    WEN NEXT PART HOODH IBRAAHIMAA

  74. juma says:
    June 9, 2015 at 11:07 am

    Hoody plx javaabeh dheeba 🙁

  75. shaaly says:
    June 9, 2015 at 12:06 pm

    wen v rythi mi story season 2

  76. shaaly says:
    June 9, 2015 at 12:08 pm

    v reethi mi story. wen season 2 ingey innaany ethaa

  77. mary says:
    June 9, 2015 at 1:08 pm

    haggegai neygey meehunakah neygeyne ekahcheh ves adhives mibunanee e dhoguhadhaa meehagandu liyunu echeh noon miee mee hama copy eh, kiyuntheringe sikundi ai varaha kulhelaafi dhw ekaleyge, heekuree dho avahah upkuraathee amila ah liyeliyefa ey mi kuranee but thedhu falhaa araanee vaguthu jehuneema, u loooser hoodhy

  78. Hoody says:
    June 9, 2015 at 1:08 pm

    Thnkx all…. 😀
    Next season vex genes dheynan kmmes dhuvahakun… next sun day ga school fesheythee varah bxy vaane… but varah masakkai kuraanan avahah genesdheveythoa….

  79. shiaa says:
    June 9, 2015 at 2:36 pm

    thankx hoody 🙂

  80. lomrath says:
    June 9, 2015 at 2:39 pm

    :-|) avahah up koh dheh chey

  81. hashma says:
    June 9, 2015 at 3:03 pm

    :-|) that means next week ga eyy dho up koh dhein fashaany . cool .

  82. sif says:
    June 9, 2015 at 3:18 pm

    sif ah nunidhuny mi vaahaka kiyaafa. hyvany fenna hen lolah. heheh. any way vvvvvvv. nyc story.

  83. juma says:
    June 9, 2015 at 4:36 pm

    Thnkx hoody! ;):):)

  84. Shelly says:
    June 9, 2015 at 5:23 pm

    Arey wahh…kiyaa kahanyhey….

  85. malak says:
    June 9, 2015 at 5:26 pm

    :-|) varah obi story eh . GO ON HOODY

  86. Hoody says:
    June 9, 2015 at 7:06 pm

    Thnkx all…. next week ga faharegga nufeshidhaane… school feshuneema varah varah varah bxy vaane….
    btw, mary ge name ga comment kuraa kujjaa ge mauloomaathah takaa dhannavaalan…. mee copy story eh noon ingey…… comme part eh vex up kuree hama vaguthun liyegen… copy past eh noon kuree…. so vaahaka dhakkaairu thedu dhogu balaalun edhen…. varah salaam… 🙂

  87. juma says:
    June 9, 2015 at 7:28 pm

    ??Hoody thy school ga kiyava kuhjeh tha

  88. Hoody says:
    June 9, 2015 at 8:32 pm

    yeah juma… Im a student…

  89. juma says:
    June 9, 2015 at 8:34 pm

    Kon school eh and which grade??

  90. Hoody says:
    June 9, 2015 at 8:43 pm

    Raa Atoll education centre ga… grade 12…. 16 years old….

  91. juma says:
    June 9, 2015 at 8:46 pm

    Im also a student of thaajuddeen school in grade 8. U knw i love reading ur !;)stories. Ur the best hoody

  92. Hoody says:
    June 9, 2015 at 8:50 pm

    hehehehe… thnkx juma… and study well… gud luck….

  93. shiaa says:
    June 9, 2015 at 9:42 pm

    Even I’m a student of noonu atoll education center.( N .A. E. C.) in grade 10 , 15 years

  94. nabaahath says:
    June 9, 2015 at 9:48 pm

    hoody haadha molhey kudhin size kollan. varah habeys radhdheh mary ah dheefa iny. he he. by the way mi stry varah furihama

  95. jazla says:
    June 10, 2015 at 12:10 am

    Acheedi haadha hadi vaahaka eke mi. Mi vaahaka kiyunu moya hitha araa. Hoody ge vaahaka e kee furathama adhi fahu faharu mee. Evs varaka vaahaka liyaaka neyngee. Vedhaane dhen kuda ekujjaka v ma kama vs. Evs varaka knowledge nei n mivaahakaige 2 vana season nufashaathi vaahaka liyumuge. Aadhey koff buna

  96. nadha says:
    June 10, 2015 at 12:15 am

    e dhogeh hoody…. hoody ge vaahaka vvvvvv reeethi…. aslu mivaahaka kiyaafa hoody ah malaamaai kuraanee ehdothakahves vaahaka liyan neyngey meehun…. adhi dhuvahakuves vaahakaeh liyefai nuvaa meehun…. faadu faaadu meehun kiyaa ehchessah alhaanulaa hoody…. u are the best … gooood job… keep it up …. 🙂

  97. nadha says:
    June 10, 2015 at 12:18 am

    varah avahah mivaahakaige season 2 nikunnaane kamah heekuran hoody…… 🙂 varah varah varah varah beautiful mi story 🙂

  98. Butterfly girl says:
    June 10, 2015 at 10:46 pm

    Adheys kuraane kameh nei. Hoody thi aadheyheh adeh naahaane. Dhw hoody.

  99. shiaa says:
    June 11, 2015 at 10:24 pm

    avas koh genes dhyba season 2 plx!!!! plx!!!! hoody

  100. Fan of storys says:
    June 12, 2015 at 12:55 pm

    Ur 16yrs???? But normaly grade12 students will b’18 yrs… Anyways story v.nice… I school assignment eh ga story eh liyan negi about 1 week.. How do u write it so fast???? Avahah story kiyaalan libeyne kamah ummeedhu kuran…

  101. Hudha says:
    June 12, 2015 at 1:00 pm

    Mi site ga story liyaa meehun haadha lazy ey except u.. I check this site every day hoping to read a story but hoody ge vaahaka nimun fahun daily koh up eh Nuvey dhoo…. So avahah story eh nereba….” Plxxxxxxxx

  102. naval says:
    June 13, 2015 at 12:54 pm

    Varah varah reethi mi vaahaka……good work story writer….:-)

  103. sif says:
    June 13, 2015 at 3:13 pm

    sif ah kiyaalevunu adhadheh neyn’ge mivaahaka . asluves vvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvv.nyc

  104. hhhh says:
    June 13, 2015 at 7:45 pm
  105. jee says:
    June 14, 2015 at 5:12 pm

    grade 12 ga ekm 16 v hairaan vedjje hoodyy anzw plx em urfan

  106. miska says:
    June 15, 2015 at 3:54 pm

    I read all the parts f this story and all the comments…. seriously it seems disgusting whn people comment like tht.. they re demotivating the writters I think…. but I cant belive 12 ga 16 years student eh ulheyneh kamakah….

  107. Hoody says:
    June 15, 2015 at 4:38 pm

    Thnkx all….
    To miska and jee… Im 16 years old and Im studying at grade 12…. maakurin school ah laafa hureema ehn evee….. hope you understand…. 🙂 and by the way…. varah avahah 17 years vaane….. 🙂

  108. kiaraa says:
    June 16, 2015 at 2:44 pm

    hoooooooooooooooooooooooooooooooooooooodhuuuuuuuuuuu…………. kon dhuvaheh b’day akee

  109. kiaraa says:
    June 16, 2015 at 2:45 pm

    and plx plx ans to me!!!!!!!!!!! :*)

  110. juma says:
    June 17, 2015 at 9:24 pm

    Hoody buneba nw i’m also curious to knw. ☺☺

  111. Hoody says:
    June 17, 2015 at 10:47 pm

    July 3rd…. 🙂

  112. juma says:
    June 19, 2015 at 12:42 pm

    Vara kairi vehje dhw birthday. I’ll definitely wish u hoody!

  113. zee says:
    June 20, 2015 at 9:14 pm

    vvvvvvvvvvvvvvvvvvv reethi

  114. Saamidh says:
    July 13, 2015 at 5:59 pm

    Mee copy vaahakaeh kamah bunaa kudhin hekkeh dhakkabala… eyrun thikan qaboolu kureveyny… adhi mikahala vaahakaeh nukiyan… hekkeh nethi thi vaahaka qabooleh nudheveyne… so mee hama Hoody ge amilla vaahakaeh…

  115. Saamidh says:
    July 13, 2015 at 6:01 pm

    Vaahaka v salhi… Hoody ah mikan vaane… kuriyah dhey…

  116. nasha says:
    July 13, 2015 at 11:16 pm

    brother story varah reethi

  117. xai says:
    September 24, 2015 at 2:02 am

    Awesome story kiyanfeshifahun nuves nidhan waiting for more!!!

  118. Ithalhey says:
    October 19, 2015 at 10:36 am

    vvvvv solhi. kobaaa season 2. kehmadhuvefa

  119. yunaal says:
    June 23, 2016 at 11:47 pm

    v v v v v v v v salhi vaahaka eh
    i really enjoyed it
    WISH U GOOD LUCK 4 SEASON 2
    I WILL BE WATING

  120. yunaal says:
    June 23, 2016 at 11:49 pm

    AND BY THE WAY
    HAPPY B DAY IN ADVANCE
    MIHAARU 18 DHO

  121. Khajja says:
    January 3, 2017 at 1:23 am

    Vv reethi aekam mihuree V birun dhan varu gadeeveema O No heevanee bova mikotareega ves oh hen???

  122. azoo says:
    April 8, 2017 at 8:28 pm

    vvv reethi

  123. Aarny says:
    May 19, 2017 at 6:53 pm

    wow….. amazing…

  124. jaxla says:
    July 4, 2017 at 10:12 am

    hey…….thats my name

  125. jaxla says:
    July 4, 2017 at 10:14 am

    anyway v v reethi story…….keep it up hoody

  126. Croscent says:
    July 11, 2017 at 3:12 pm

    Hoody kobaa season 2

  127. Hafeez says:
    November 12, 2017 at 4:42 pm

    Hoody koba season 2. Mihaar 2 years ah vure gina dhuvas ves vee.

  128. Hoodhy fan says:
    February 26, 2018 at 5:10 am

    Hafeez read the story “havaathif” e ee mi story ge season 2

  129. Hoodhy fan says:
    February 26, 2018 at 5:10 am

    Hafeez read the story “havaathif” e ee mi story ge season 2..

Comments are closed.


All Right Reserved!