Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ހަވާތިފް… 4 ވަނަ ބައި

Hoody Level 310 Stories100 Comments
June 26, 2015 5 Mins Read
44 Comments

ވިސްނުމަކަށް ގެއްލިފައި އިން ޔައީޝް އިސްއުފުލައި ބަލައިލީ ކައިރީގައި މީހަކު ހުރިކަމުގެ އިހުސާސް ކުރެވިގެންނެވެ. އެއާއެކު އޭނާގެ ކަޅި ގޮސް ހުއްޓުނީ ޝިއާނާގެ މުށި ކުލައިގެ ފުން ދެލޮލަށެވެ.

ޝިއާނާ ހިނިތުންވެލިއެވެ. ޔައީޝް ވެސް އެއްމިޔަކަނުން ހީލިއެވެ. އެވަގުތު އެއް ކޮލަށް އެޅިގެން ދިޔަ އަޑި ކޮޅުފެނިފައި ޝިއާނާގެ ހަތަރެސް ފައިން ހީބިހި ނަގައިގެން ދިޔައެވެ.

ޝިއާނާ މަޑުމަޑުން ޔައީޝްގެ ކައިރީގައި އިށީނދެލިއެވެ. އޭނާގެ ބޭނުމަކީ ޔައީޝް އާ ވާހަކަ ދައްކާލުމެވެ. އޭނާގެ ހާލު އަހުވާލު އޮޅުން ފިލުވާލުމެވެ. ހިތަށް ހަމަޖެހުމެއް ލިބޭނީ އޭރުންނެވެ.

“ހިތަށް އަރަނީ ކީއްވެގެން ބާއޭ އެހާ ރީތި ޒުވާނަކު، މިއޮއް ހެނދުނު ގަޑީގަ، މޮޅި ސާލު ލައިގެން އައިސް ރަށުގެ ތުނޑިމަތީ އެ އިނީ؟؟” ހަމަހިމޭންކަމާއެކު ދެތިން މިނެޓް ހޭދަކުރުމަށްފަހު އެންމެ ފުރަތަމަ ވާހަކަ ދެއްކީ ޝިއާނާއެވެ. އުދަރެހަށް ނަޒަރު ހުއްޓާލައިގެން އިނުމަށްފަހު ފުން ނަޒަރަކުން އޭނާ ޔައީޝްގެ މޫނަށް ބަލައިލިއެވެ. އެއިރު އޭނާގެ ނަޒަރުވެސް ހުއްޓިފައި ހުރީ ޝިއާނާގެ މޫނަށެވެ. ހަތަރުކަޅި ބައްދަލު ވުމާއެކު ޝިއާނާއަށް ވަގުތުން އިސް ޖަހާލެވުނެވެ.

“ހިތާމަ ވެރި ކަންތައްތައް ދިމާވަނީ ހަމަ އެކަނި މުސްކުޅިންނަކަށް ނޫނެއްނު! އެހެންވެގެން މަށަށްވެސް މިއަދު މިތަނަށް އެކަނި އަންނަން ޖެހުނީ!!” އަތުން ހިމުން ވެލިކޮޅެއް ނަގަމުން ޔައީޝް ބުނެލިއެވެ. “ތީ ކޮން ކުއްޖެއްތަ؟ ކުރިއަކުން ނުދެކެން!!”

“ޝިއާނާ!!” ދެކަކޫ ގެެނަސް މޭގައި ޖައްސާލަމުން ޝިއާނާ އަނެއްކާވެސް ދުރަށް ނަޒަރު ހުއްޓާލިއެވެ. “މަށަކީ ރަށުން ބޭރު ކުއްޖެއް! މިރަށުގަ އުޅޭތާ 3 ވަރަކަށް އަހަރު ވަނީ! މަ ވެސް ނުދެކެން ކުރިއަކުން ތީނަ އެއް!!”

“ތީނަ އެއް ނޫން!! ޔައީޝް!!”

“އޯކޭ ޔައީޝް!!” ހިނިތުންވެލަމުން ޝިއާނާ ބުނެލިއެވެ. “ވަޒީފާއަކަށް ނުދާ ޒުވާނުން މިގަޑީގަ ތިބޭނީ ނިދާފަ! ޔައީޝް ކީއްވެ މިތާ އެކަނި އިންނަން ޖެހުނީ؟”

“ބައެއް ވާހަކަ ތަކަކީ އެންމެ ޖުމްލައަކުން ބުނެ ނުދެވޭނެ ވާހަކަތަކެއް!!” އަތުން ނެގި ވެލިކޮޅު ވައިގެތެރެއަށް ބުރުވާލަމުން ޔައީޝް އަނެއްކާވެސް ޝިއާނާގެ މޫނަށް ބަލައިލިއެވެ. “ފެނިއްޖެ އެންނު އެ ނިކަމެތި ވެލިފުއް ތަކަށް ވީގޮތް! އަހަރެންގެ ދިރިއުޅުންވެސް މި ވަނީ ހަމަ އެފަދައިން ވެފަ!”

“މާޒީގެ ހިތާމަވެރި ހާދިސާތައް މަތިން ހަނދާންކޮށް ރުއިމަކީ ބޭކާރު ކަމެއް!! ވީމާ އެ ވާހަކަ ބާއްވާ!!”

” އިކާން! އާދޭ މިކޮޅަށް!” ޝިއާނާ ގޮވާލުމާއެކު ދުރުގައި ކުޅެން އިން އިކާން ކުދި ފިޔަވަޅުތަކެއް އަޅަމުން މަޑުމަޑުން ޝިއާނާ އާ ދިމާއަށް އަންނަން ފެށިއެވެ.

“ދައްތަގެ ދަރިފުޅުތަ؟” އިކާން އާ ދިމާއަށް ބަލާލަމުން ޔައީޝް އަހާލިއެވެ. އެއާއެކު ޝިއާނާ ފެށީ ހޭށެވެ.

“މަންމީ!!” އެއިރު އިކާން އައިސް ޝިއާނާގެ އުނގުތެރެއަށް ވަންނަނީއެވެ.  ޔައީޝްގެ މޫނުމަތިން ފެނިގެން ދިޔައީ ހައިރާން ކަމެވެ.

“މަންމީ؟؟؟ މަ ހީކުރީ ޝިއާނާ ތީ 19 ވަރަކަށް އަހަރުގެ ކުޑަކުއްޖެއް ކަމަށް!!”

“މަ ހުންނަލެއް ހަމަ އެހާ ޅަ؟؟” ޝިއާނާ އިކާން ގައިގާ ބައްދާލަމުން ހިނިތުންވެލިއެވެ.

“ކިތައް އަހަރު؟” ޔައީޝް އަހާލިއެވެ.

“22”

“މުސްކުޅިއެއް ނޫނެއްނު!!” ޝިއާނާގެ އުނގުތެރޭ އޮތް އިކާންގެ ކޮލުގައި ޔައީޝް ކޮއްޓާލިއެވެ.

“ދަރިފޫ ބަލާބަ! މީނީ ކޮން ބޭބެ އެއްތަ؟”

ޝިއާނާގެ ހެދުން ތެރޭ މޫނު ފޮރުވާލައިގެން އޮތް އިކާން މަޑުމަޑުން ޔައީޝް މޫނަށް ބަލައިލިއެވެ. ޔައީޝް ހިނތުންވެލަމުން އިކާން ގެނެސް އޭނާގެ އުނގުގައި ބޭނދިއެވެ. ހަމަ އެއާއެކު އިކާން އޭނާގެ ކުޑަކުޑަ އަތުން ޔައީޝްގެ މޫނުގައި ފިރުމާލިއެވެ.

“ބޭބެ!!” އިކާންގެ މައުސޫމް ކުޑަކުޑަ އަޑުން ބުނެލިއެވެ. ޔައީޝްގެ ހިތް ލޯބިން ފުރިގެން ދިޔައެވެ. އޭނާވެސް މިފަދަ މައުސޫމް ފުރާނައެއް ނުހަނު ބޭނުންވިއެވެ. ނަމަވެސް ތަގުދީރުގެ ނިޔާ އެއައްވުރެ މާ ހިތްޗެވެ. އޭނާއަށް ލިބެން އުޅުނު ދެކުދިންވެސް މި ދުނިޔެއާ ވަކިވެގެން ދިޔައީއެވެ. ދަރިއެއްގެ އުފާ މި ދުނިޔޭގައި ޔައީޝްއަށް ހައްގު ނޫނީ ބާއެވެ؟ މާޒީގެ ހިތި ހަނދާންތައް އާވުމާއެކު އަނެއްކާވެސް ޔައީޝްގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ.

“ކޮބާ ފިރިމީހާ؟” ހަމައަކަށް އެޅިލަމުން ޔައީޝް ވާހަކަދެއްކިއެވެ.

“މާހިލް ވީ ހޮސްޕިޓަލުގަ! އޭނާއަކީ ކަށިތަކާ ބެހޭ ޑޮކްޓަރު!!” ޝިއާނާ ބުންޏެވެ.

“މަންމީ. ގެއަށް!!” އިކާން އައިސް ޝިއާނާގެ އުނގުތެރެއަށް ޖެހިގަންނަމުން ތުން ދަމާލިއެވެ. ޝިއާނާ އިންތަނުން ތެދުވުމަށްފަހު ދެއަތް ފޮޅާލަމުން ޔައީޝް އަށް ބަލާލިއެވެ.

“ދަނީ! އުއްމީދު ކުރަން އަދިވެސް ދިމާވާނެ ކަމަށް!! ބައި!” މާނަވީ ހިނިތުންވުމެއް ހަދިޔާ ކުރުމަށްފަހު އިކާން ގޮވައިގެން އޭނާ ހިނގައިގަތީ އެއްގަމާ ދިމާއަށެވެ.

ޝިއާނާ ގޮސް ގެއްލެންދެން ޔައީޝްއަށް ބަލަން އިނދެވުނެވެ. ޝިއާނާގެ ކިބައިގާ ކޮންމެވެސް ހާއްސަ ސިފައެއް ވާކަމަށް އޭނާގެ ހިތް ބުނަމުންދިޔައެވެ. ނަމަވެސް އެ ހިތުގެ އަޑު އަހާކަށް ޔައީޝް ބޭނުމެއް ނުވިއެވެ. ޝިއާނާ އަކީ މީހެއްގެ އަންބެކެވެ. ވީއިރު އެގޮތަށް ވިސްނަން ހެޔޮވެސް ނުވާނެއެވެ.

***

ޝާލިނީ އަވަސް ފިޔަވަޅުތަކެއްގައި ރިޝެޕްޝަން ހުރަސްކޮށް އެތެރެއަށް ވަދެގެން ދިޔައިރު ރިޝެޕްޝަނުގައި ތިބި ދެ އަންހެން ކުދިން ‘ޖޭ’ ވެގެން ދެތިން ބަހެން ބުނެލިއަޑު އިވުނެވެ. އަރާފައި ހުރި ހައި ހީލްއިން ‘ޓޮއް’ އަޑު ލައްވަމުން ބުޅާ ހިނގުމެއްގައި ޝާލިނީ ގޮސް ހުއްޓިލީ ކޮންސުލްޓޭޝަން ރޫމްގެ ދޮރުމަތީގައެވެ. އަތުގައި އޮތް މެމޯ ނަންބަރަށް ބަލައިލުމަށްފަހު ރޫމްގެ މަތީގައި ހަރުކޮށްފައިވާ ސްކްރީނަށް ބަލައިލިއެވެ. އެއިރު އޭނާގެ ނަންބަރު ވަނީ ޖެހިފައެވެ. އެތެރެއަށް ވަނުމުގެ ކުރިން އަދިވެސް އެއްފަހަރު އޭނާ ހުއްޓިލިއެވެ. އަދި ދޮރުގައި ހަރުކޮށްފައިވާ ބޯޑަށް ބަލައިލިއެވެ.

“ޑޮކްޓަރ މާހިލް އަދުނާން!!” އެނަން ކިޔާލިއިރު އޭނާގެ ތުންފަތަށް ވެރިވެފައިވަނި ޝައިޠާނީ ހިނިތުންވުމެކެވެ. މޫނުމައްޗަށް ތިރިވަމުންދިޔަ ފަން އިސްތަށިކޮޅު އަތުން ރީތިކޮށްލަމުން އޭނާ އެތެރެއަށް ވަނުމައްޓަކާ ދޮރު ހުޅު ވާލިއެވެ.

***

9 ވަނަ ނަންބަރުގެ ޕޭޝެންޓް ނައިސްގެން މާހިލް އިނީ ލަސްވެފައެވެ. ކުރާނެ ކަމެއް ނެތުމުން އޭނާ ބެލީ މޭޒުމަތީ ހުރި ފައިލުތަކުގައިވާ ގަނޑުތައް ހަމަޖައްސާލެވޭތޯއެވެ. ޝާލިނީ ދޮރު ހުޅުވާލީ މާހިލް އެމަސައްކަތުގައި އިންދައެވެ.

ފައިވާނުގެ ޓޮއް އަޑު އިވުމާއެކު، އައީ އަންހެން ކުއްޖެއްކަން މާހިލް އަށް އެނގުނެވެ. ނަމަވެސް އަދިވެސް އޭނާ އިނީ ފައިލުގައިވާ ގަނޑުތަށް ހަމަ ޖައްސާށެވެ.

ޝާލިނީ އައިސް މާހިލްއާ ނުހަނު ގާތަށް ހުއްޓިލިއެވެ. ހަމައެއާއެކު މާހިލްގެ ހަރަކާތްތަކަށް ހުއްޓުމެއް އައީ، ދުވަންފެށި ވަހެއްގެ ސަބަބުންނެވެ. މީގެ ކުރިން ކޮންމެވެސް ތަނަކުން އެވަސް ދުވި ހަނދާނެއްވިއެވެ. ނަމަވެސް އޭނާގެ ސިކުނޑިއަކަށް އެ ވަސް ނަގައެއް ނުގަނެވުނެވެ.

“އިށިނދޭ!!” މާހިލް އިސްއުފުލާލަމުން ބަލައިލިއެވެ. އެއާއެކު އޭނާގެ ހިއްސުތައް ގަނޑުވިކަހަލައެވެ. އޭނާގެ ބޮޑުވެފައިވާ ދެލޯ ސީދާ އަމާޒުވެފައިވަނީ ޝާލިނީގެ ފުން ކަނޑެއްފަދަ ކަޅިއަށެވެ. އެއާއެކު އޭނާގެ ހަނދާނަށް ހުރިހާ ކަމެއް އަތުވެއްޖެއެވެ. ރޭގެ ހުވަފެނެވެ. ސާފު ހުދު މަންޒަރުގެ ތެރެއިން ފެނުނު ‘ފަތްމިންޏެވެ.’  ހުވަފެނުގައި ކުރެވުނުފަދަ އާދަޔާ ހިލާފު އިހުސާސްތައް އަނެއްކާވެސް އޭނާއަށް ކުރެވެން ފެށިއެވެ. މުޅިގައިން ހީބިހި ހިލުވާލިއެވެ.

އަތުގައި އޮތް މެމޯ މޭޒުމަތީ ބާއްވަމުން ތުއި ގޮތަކަށް ޝާލިނީ ގޮނޑީގައި އިށީނދެލިއެވެ. މާހިލް އަށް އަންނަމުން ދާ ބަދަލުތަކުގެ އަސްލަކީ ކޮބައިކަން ހަމަ ރަނގަޅަށްވެސް ޝާލިނީއަށް އެނގެއެވެ. ތުންފަތަށް ވެރިވެފައިވާ ނުބައި ހިނިތުންވުމުގެ އަސްލަކީ އެއީއެވެ.

“ކިހިނެއްތޯ ވީ؟”

“މިއުޅެނީ މިއަދު ސިޑިން ފައިބަނިކޮށް ފައި އަރި އަޅާލައިގެން!!” ތަދުވާ ކަމުގެ އަސަރު މޫނުމަތިން ދައްކަމުން ޝާލިނީ ބުނެލިއެވެ.

“މިކޮޅަށް ދުރުވޭ!!” މާހިލް އަތުން އިޝާރާތް ކުރީ އެތާ ހުރި އެނދެއް ކަހަލަ އެއްޗަކަށެވެ. ޝާލިނީ އަވަސް އަވަހަށް ގޮސް އެ އެނދަށް އެރިއެވެ. މާހިލް ނިކަން ޝައުގުވެރިކަމާއެކު، ހާމައަށް އޮތް ޝާލިނީގެ ފަޔަށް ނަޒަރު ހިންގާލިއެވެ.

“ކޮން ފަޔަކަށް ތޯ ތަދުވަނީ؟”

“މި ފަޔަށް!!” ވާއަތު ފައި ހިއްލާލަމުން ޝާލިނީ ބުނެލިއެވެ. މާހިލް މަޑުމަޑުން ފައިގެ ކުޑަ ހުޅުގައި ފިރުމާލިއެވެ. ގޮތްގޮތަށް އަނބުރާލިއެވެ.

“ތަދުވޭތޯ؟” ފައިތިލަ ވަކި ގޮތަކަށް އަނބުރާލުމަށްފަހު މާހިލް ސުވާލު ކޮއްލިއެވެ.

“ތިގޮތަށް ހެދީމަ ކުޑަކޮށް ތަދުވޭ! އާހް!!”

“ހައި ހީލް އަށް އެރުމަކީ ވަރަށް ނުރައްކާތެރި ކަމެއް! ހާއްސަކޮށް ސިޑި ބޭނުން ކުރައްވާ ބޭފުޅުން! އަޅުގަނޑަށް ފެންނަނީ އެކްސްރޭ އެއް ހައްދާލަން! ދެން ވަގުތީ ގޮތުން މި ދެނީ ތަދު ކަނޑުވާ ބޭހެއް!” ބޭސް ސިޓީގައި ސޮއި ކޮށްލަމުން މާހިލް ޝާލިނީގެ މޫނަށް ބަލައިލިއެވެ. “އެކްސް ރޭ ހައްދާލުމަށްފަހު މިކޮޅަށް ދުރުވާން ވާނެ!!”

“ޝުކުރިއްޔާ!!” ހިނިތުންވެލުމަށްފަހު ޝާލިނީ ނުކުންނަށް ހިނގައިގަތެވެ. މާހިލް ވަރަށް ފުން ނަޒަރަކުން ޝާލިނީއާ ދިމާއަށް ބަލަހައްޓައިގެން އިނެވެ. ލާފައިވާ ބާރު ހެދުމުގެ ސަބަބުން އޭނާގެ ބައްޓަން ރީތި ހަށިގަނޑުގެ ވަނާތައް ހުރީ ދިމާއަށް ފެންނާށެވެ. މާހިލް އަށް ފާހަގަ ނުވިކަމުގައި ވިއަސް ޝާލިނީ ހިނގާފައި ދިޔައިރު ކޮރުޖަހަމުން ދިޔައީ އޭނާ ތަދުވާ ކަމަށް ބުނި ފަޔަކުން ނޫނެވެ. ޝާލިނީ ނުކުމެގެން ދިއުމާއެކު މާހިލް ބަލައިލީ މޭޒުމަތީ އޮތް މެމޯ އަށެވެ.

“އައިޝަތް ޝާލިނީ” މާހިލް މަޑުމަޑުން ކިޔާލިއެވެ.

***

ޝާލިނީ ހޮސްޕިޓަލަށް އައި ބޭނުން ފުދުނީއެވެ. އޭނާ ބޭނުންވީ ކައިރިން މާހިލް އަށް ބަލާލާށެވެ. އެކަން ކިތަންމެހާވެސް ރަނގަޅަކަށް އޭނާ ކޮއްފިއެވެ. ހިތުގައި ރޭވެމުންދިޔަ ޕްލޭން އާ އެއްގޮތަށް ހުރިހާ ކަމެއް ގެނދިއުމަކީ އޭނާގެ އަޒުމެވެ. އޭނާގެ ކޮއްކޮ ތަހަންމަލް ކުރަމުން އެދާ ހިތާމައިގެ ބަދަލު މާހިލްގެ ކިބައިން ހިފަން އޭނާ ބޭނުމެވެ.

***

ޑިއުޓީ ނިންމާލުމަށްފަހު މާހިލް ގެއަށް އައިއިރު 3 ޖަހަނީއެވެ. ގެއަށް ވަނުމާއެކު އޭނާގެ ބޮލުގައި ރިއްސަން ފެށިއެވެ. ބޮލަށް އެނބުރުން އަރާ މީހާ ލޮޑުވާން ފެށިއެވެ. ހިތުގައި ނޭނގޭ ފޫހިކަމެއް އުފެދިގެންދިޔައެވެ. އެހެން ކަމުން އޭނާ އަވަސް އަވަހަށް ގޮސް ވަނީ ކޮޓަރިއަށެވެ.

ސިޓިން ރޫމުގައި އިކާން އަށް ކާންދޭން އިން ޝިއާނާ ގެ ހިތުގައި ސުވާލުތައް އުތުރި އަރަމުންދިޔައެވެ. މާހިލް ގެއަށް އައިގޮތަށް ބަލައިވެސް ނުލާ ކޮޓަރިއަށް ވަދެގެން ދިއުމުންނެވެ. އެއީ އޭނާގެ އާދައެއް ނޫނެވެ. ކޮންމެވެސް ކަމެއް ގޯސް ވެއްޖެކަން ކަށަވަރެވެ. އެހެންކަމުން އޭނާ ގޮސް ކޮޓަރީގެ ތަޅުގާ ހިފާލިއެވެ. ހުރީ ތަޅުލާފައެވެ.

މާހިލް އައިސް ޖައްސާލީ އެނދުގައެވެ. ހަމައެއާއެކު އޭނާގެ ދެލޮލަށް ބަރުވެގެން ދިޔައެވެ. މުޅިތަން އަނދިރިވެގެން ދިއުމާއެކު އޭނާގެ ސިކުނޑި އެހެން ދުނިޔެއަކަށް ގޮސް ހުސްވިއެވެ.

“މާހިލް!! މާހިލް ދޮރުހުޅުވާލަ ބަލަ!!” ޝިއާނާ ގޮވަމުންދިޔައެވެ. ނަމަވެސް މާހިލް ހޭލަނެ ހެއްޔެވެ؟ އެއަށްވުރެ ދޮންއަހުމަދު ހެދި “ހަވާތިފް” ގެ ބާރު މާ ގަދައެވެ.

މާހިލްގެ ސިކުނޑިއަށް ފެންނަމުންދިޔައީ ހަގީގަތެއް ނެތް ބުހުތާނު ތަކެކެވެ. ދުވަހަކުވެސް ނުހިނގާ ހާދިސާތަކެއް ފިލްމެއްގެ ސިފައިގާ އޭނާގެ ލޮލަށް ފެންނަމުންދިޔަ ކަހަލައެވެ. “ހަވާތިފް” އަކީ އެއީއެވެ. ސިހުރުގެ ބާރުގައި ދޮގު މަންޒަރުތަކެއް ނުވަތަ ހުވަފެންތަކެއް ދައްކައިގެން ތިމާގެ ވިސްނުން ބަދަލު ކުރުވުމެވެ. ދޮން އަހުމަދުގެ އެ މަޅީގައި މާހިލް ވަނީ ހަމަ ރަނގަޅަށްވެސް ޖެހިފައެވެ. ދުވަހަކުވެސް އެކަމުން ސަލާމަތް ނުވަނެ ހާ ބަރަށް ބަނދެވިފައެވެ.

ނިދިފައި އޮތް މާހިލްގެ ސިކުނޑިއަށް ފެންނަމުންދިޔައީ ޝިއާނާ ގެ މަންޒަރު ތަކެކެވެ. އޭނާ ޑިއުޓީއަށް ދާ ވަގުތު އެހެން ފިރިހެނަކު ގެއަށް ވައްދައިގެން އުޅޭ މަންޒަރެވެ. އަޅެ ހެޔޮވާނީ ކިހިނެއް ހެއްޔެވެ؟ ޝިއާނާ ފަދަ ތެދުވެރި އަންބަކު ދެން އޭނާއަށް ލިބޭނެ ހެއްޔެވެ؟ ނަމަވެސް ދެން ކުރެވޭނެ އިތުރު ކަމެއް ނެތެވެ. ޝިއާނާގެ ހަޔާތް ބަރުބާދު ވާން، ދެން މާގިނަ އިރުތަކެއް ނެތް ކަން ޔަގީނެވެ.

***

މާހިލްގެ ޚަބަރެއް ނުބުމުން ޝިއާނާ އަނެއްކާވެސް އިކާން އަށް ކާން ދިނުމައިގެން އުޅުނެވެ. ވިސްނުމާ ދުރައްދާން ކިތަންމެ މަސައްކަތް ކުރިނަމަވެސް ޝިއާނާގެ ހިތުގައި އުތުރިއަރަމުންދިޔައީ ނުތަނަވަސް ކަމެވެ. އިކާން އަށް ކާންދީ ނިންމާލުމަށްފަހު ކާގެއަށްވަދެ އިކާންގެ އަނގަ ދޮއްވާލިއެވެ. ކާގެއިން ނުކުމެގެން އައިސް ސިޓިން ރޫމަށް ވަންއިރު މާހިލް ކޮޓަރިން ނުކުންނަނީއެވެ.

“މާހިލް! އަހަރެން ގޮވާ ގޮވާ….” ޝިއާނާއަށް ބުނެވުނީ އެހިސާބަށެވެ. މާހިލްގެ ހޫނު އެތިފަހަރެއް އޭނާގެ ކޯތާފަތް މައްޗަށް އެރިއެވެ. އެއާއެކު އޭނާ ދިޔައީ އެއްލިގެންނެވެ. އުރުގައި އިން ދަރިފުޅު ގޮސް ޖެހުނީ ސޯފާގައެވެ. ލިބުނު ބޮޑު ސިހުމުގެ ސަބަބުން އިކާން އަޑުން އަޑު ނަގާފައި ރޯން ފެށިއެވެ. ޝިއާނާ ކޮންޓުރޯލުން ނައްޓައިގެން ގޮސް ވެއްޓުނީ ސޯފާ ކައިރީ ހުރި ކުޑަ މޭޒުމައްޗަށެވެ. މޭޒުމަތީ ހުރި ވާސް ވެސް ވެއްޓި ތެޅުނެވެ. މޭޒުގެ ކަނެއްގައި ނިތްކުރި ޖެހުމުގެ ސަބަބުން އެތަން ފަޅައިގެންގޮސް އިސާހިތަކު ލޭ އަންނަން ފެށިއެވެ.

“ހަޔާތް ކުޑަ!! ކަލޭ ލަދެއް ނުގަނޭތަ މަގޭ ގޭގަ ނެތް ވަގުތު ބަލާފަ ހިލޭ ފިރިހެނުން ވައްދައިގެން ނާޗަރަންގީ ކުޅޭކަށް!!؟؟” މާހިލް އައިސް ޝިއާނާގެ ބުރުގާ ދަމައިގަތުމަށްފަހު ކަންފަތުގައި ހިފާ ލުތްކެއް ޖެހިއެވެ. ކަންފަތުން އަޑު ކިޔައިގެން ދިޔައެވެ. ބޮލަށް އަރާފައިވާ އެނބުރުމުގެ ސަބަބުން ކޮޅަށް ތެދުވާނެ ހާ ހިތްވަރުވެސް އެ ފަކީރުގެ ހަށިގަނޑުގައި ނެތެވެ. މާހިލް ދެން ހިފީ ޝިއާނާގެ އިސްތަށިގަނޑުގައެވެ.

“އައްދޯތް!!” ވީތަދުން ޝިއާނާއަށް ރޮއެ ގަނެވުނެވެ.

“ހަޅޭ ލަވާނެ ކަމެއް ނެތް! ކަލޭގެ އަމައެއް ނާންނާނެ!! ކަލޭ ތިހިރީ ބުނި އަގެއް ދީގެން ގަނެލާފައޭ!!” މާހިލް ޝިއާނާގެ އިސްތަށިގަނޑުގައި ހިފައިގެން ހުރެ ކަރު ބުޑުން ހަޅޭލަވަމުންދިޔައެވެ.

“މިފަހަރު ކުޅި ދައްކާލާނަން!!” މާހިލް އަވަސް އަވަހަށް ގޭތެރެއަށް ނަޒަރު ހިންގާލިއެވެ. ޓީވީ ރެކް މަތީ އޮތް ބޮޑު ކަތުރު އޭނާގެ ލޮލުގައި އަޅައިގަތީ އެވަގުތެވެ……

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hoody

Level 310 Stories100 Comments

Other Articles

Previous

ހިތް ވިންދާނުލައި.. (4)

Next

ހިތަކުން ނުފިލާނެ 19

Next
June 27, 2015

ހިތަކުން ނުފިލާނެ 19

Previews
June 26, 2015

ހިތް ވިންދާނުލައި.. (4)

44 Comments!

  1. Hoody says:
    June 26, 2015 at 9:21 pm

    ummeedhu kuran mibai vex kamudhaane kamah… 🙂

  2. ziu says:
    June 26, 2015 at 9:27 pm

    Nice.

  3. mishee says:
    June 26, 2015 at 9:30 pm

    ohh im first dhww.. vvvvv nice story eh hooody u are the best..

  4. Nabhaan says:
    June 26, 2015 at 9:33 pm

    Wow…vrh salhi mi part vx…nxt part avas up kohdhy…..

  5. niyasa says:
    June 26, 2015 at 9:42 pm

    Vvv reethi thankolhei dhigukonladhevidhaane
    Tho?

  6. Hoody says:
    June 26, 2015 at 9:47 pm

    Thnkx all…
    Sorry niyasa… midhuvas kolhuge gothun hama kurukoh liyevenee…. vaguthu nulibeythee… next part dhigukoh liye veythoa varah try kuraanan…. 🙂

  7. shiaa says:
    June 26, 2015 at 9:58 pm

    oh no ! shiaana fakyrah ehen hadhan heyo nuvaane. haadha go hey e shaaliny gandhu . BTW story varah varah rythi . . hoody kihineh havaathif aa behey information hoadhy . anne kaa hoody thy black magic hadhaa kujje tha . shiaa biru ganejje . hehehe

  8. shiaa says:
    June 26, 2015 at 10:00 pm

    🙁 🙁 🙁 hama rovijje

  9. Hoody says:
    June 26, 2015 at 10:01 pm

    Thnkx Shiaa… hehehe… Nooney Hoody ekahala kameh nukuran… But varah research hadhan black magic aa beyheygothun…. ehnve havaathif akee kohcheh kan engunee vex…..

  10. Fayaz says:
    June 26, 2015 at 10:10 pm

    Alhey keyvetha a ehaa avahah thinihmaalee hamahiythalhuvan dw vvvvvrareeth avahah fasvanabaa baagenesdhehchey keep it up l love u r story varah nice varahmolhu

  11. shiaa says:
    June 26, 2015 at 10:11 pm

    ehn dhw hehehe

  12. naa says:
    June 26, 2015 at 10:33 pm

    Hoody v avha next part up kohlaba plx

  13. shiaa says:
    June 26, 2015 at 10:35 pm

    love this story a lot . mee mihaathanah kiyunu emme rythi story . and u are my favourite , HOODY kalhufinifenmaa ah vure ves reethi havaathif . havaathif 1st . kalhufinifenmaa 2nd

  14. neem says:
    June 26, 2015 at 11:57 pm

    Masha allah, vaahakaage rwethi kan dhwww..
    Heeve kalhu finifen ma vaahakayah vurevx reethi hen.. haadhahaa ey reethy. Thnx hoodyy

  15. mal says:
    June 27, 2015 at 2:01 am

    V.v.nice

  16. yash says:
    June 27, 2015 at 2:41 am

    V v v v v v v salhi

  17. Ma says:
    June 27, 2015 at 3:36 am

    Koba next part avas

  18. naxhaa says:
    June 27, 2015 at 4:03 am

    Vara vara vara reethi

  19. aliii says:
    June 27, 2015 at 4:13 am

    Maa kuree

  20. nihaa says:
    June 27, 2015 at 4:27 am

    Nice n waitingggg…

  21. naj says:
    June 27, 2015 at 10:35 am

    Vvv reethi..waiting for the next part

  22. juma says:
    June 27, 2015 at 10:45 am

    Wow!! V v v v v reethi.. hoody ur ideas are awesome… next part kon iraku up kohdheny… vara kiyaa hiyy vey eba..

  23. liu says:
    June 27, 2015 at 11:08 am

    V v v v v rythi…

  24. shiaa says:
    June 27, 2015 at 11:47 am

    hoody school ah dhany kihaairaku ?

  25. shiaa says:
    June 27, 2015 at 1:16 pm

    hoody school ah dhany kihaa irakutha

  26. Hoody says:
    June 27, 2015 at 1:28 pm

    Thnkx all….
    Hendhunu 9 ga schoolah dhanee shiaa… nimenee 12 ga… dhn mendhuru fahu homeworks hadhaafa haveeru story liyan vaguthu libenee….

  27. juma says:
    June 27, 2015 at 1:32 pm

    Hoody haadha bxy ey dhw…juma ves hama thihaa bxy koh ulheny.. bt hoody ge story kiyaalan vaguthu kolheh hoadhan 🙂 🙂

  28. Zaahee says:
    June 27, 2015 at 2:19 pm

    Hoody??? dhen vaane goi mihaaru vex egea hen hee vany… hoody thiulheny shiaana ge isthashigandu koshaalaakahnun…..
    hoody haadha bass ahayea, good homoworks thah vex rangalhah hadhaathi…. hoody ulheny kon rasheh gatha? mibuunee kiyavan thiulheny….

  29. Hoody says:
    June 27, 2015 at 2:41 pm

    Thnkx juma and zaa…
    Im from Raa Atoll Maakurath… Studying at Raa meedhoo…

  30. shiaa says:
    June 27, 2015 at 3:57 pm

    ehntha. shiaa ves school ah dhany 9 ga gosfa nimeny 12 ga , meedhoo ga dhw hoody ulheny .

  31. shiaa says:
    June 27, 2015 at 4:12 pm

    next part kiyaa hitun mihaaru miyoh moyavany . maahil annekaa shiaanaa ge atheh , faeh buri nukurachey. erun kihineh ikaan ah vaany . . hurihaaves gohaky e dhon ahmadh eh. emyhaa gandhu nubaigothakah maraalaba hoody . eyy fureytha eh kahala myheh . varah foohi way .

  32. shiaa says:
    June 27, 2015 at 4:23 pm

    what ??? !!!!! maahil shiaana gathy eyy .

  33. mint hole says:
    June 27, 2015 at 4:44 pm

    Kobaa hoody adhives up kuraakah nuveytha

  34. mint hole says:
    June 27, 2015 at 4:49 pm

    Fast mihaaruves vaahaka kiyaahithun miinnany maru vefa thankolheh fast kolla dechchey pls¤:)

  35. sul says:
    June 27, 2015 at 5:56 pm

    perfect one , n waiting for tonight’s episode

  36. shayan says:
    June 27, 2015 at 8:05 pm

    Varah salhi.. ekamuves varah hadi shalyni ehn hadhaathive…. dhn shiyaana gr hairtha kohshaalany varah foohi mi hen vanyaamun hoody

  37. hunaaz says:
    June 27, 2015 at 8:47 pm

    v salhi mi vaahaka… ekam dhigukoh genesdhevidhaanetha

  38. mint hole says:
    June 27, 2015 at 8:59 pm

    What happened dude miulheny mi vaahaka kiyaahithun nunidhigen thankolheh fast kohlachchey

  39. shiaa says:
    June 27, 2015 at 9:15 pm

    alhe hoody kobaatha .plxx next prt avahah genesdhyba plxx. kiyaa hithun maruvany ey plxx. maa buxy ey dhw.

  40. sif says:
    June 27, 2015 at 9:55 pm

    hoody ge fb name is???

  41. liu says:
    June 27, 2015 at 10:58 pm

    HOODY mee student eh tha…. kon grade eh tha

  42. Hoody says:
    June 27, 2015 at 11:16 pm

    FB id ga innaanee Hoodh Ibrahim jahaafa… black kulaige Profile Picture eh laafa….
    Liu…. alhugandu miulhenee grade 12 ga mihaaru….

  43. Yax says:
    January 12, 2017 at 5:01 pm

    Hood!!!,??? It’s cat walk not bulhaa hingun???????

  44. Aarny says:
    May 19, 2017 at 7:44 pm

    sooo strange.. but i love it …………….

Comments are closed.

Next Episodeހަވާތިފް… 5 ވަނަ ބައި←


All Right Reserved!