Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ހަވާތިފް… 5 ވަނަ ބައި

Hoody Level 310 Stories100 Comments
June 27, 2015 5 Mins Read
55 Comments

“ހަޅޭ ލަވާނެ ކަމެއް ނެތް! ކަލޭގެ އަމައެއް ނާންނާނެ!! ކަލޭ ތިހިރީ ބުނި އަގެއް ދީގެން ގަނެލާފައޭ!!” މާހިލް ޝިއާނާގެ އިސްތަށިގަނޑުގައި ހިފައިގެން ހުރެ ކަރު ބުޑުން ހަޅޭލަވަމުންދިޔައެވެ.

“މިފަހަރު ކުޅި ދައްކާލާނަން!!” މާހިލް އަވަސް އަވަހަށް ގޭތެރެއަށް ނަޒަރު ހިންގާލިއެވެ. ޓީވީ ރެކް މަތީ އޮތް ބޮޑު ކަތުރު އޭނާގެ ލޮލުގައި އަޅައިގަތީ އެވަގުތެވެ. ޝިއާނާ ބިންމައްޗަށް ކޮއްޕާލުމަށްފަހު މާހިލް އަވަސް އަވަހަށް ގޮސް ކަތުރު ނެގިއެވެ. ހަރަކާތްތައް އަވަސް ވެފައި ވާވަރުން އޭނާގެ މުޅި ހަށިގަނޑު ތުރުތު އަޅަމުންދިޔައެވެ. ރުޅި ގަދަވެފައިވާލެއް ބޮޑުކަމުން އޭނާގެ މޫނުމަތިވެސް ވަނީ ރަތް އަރާފައެވެ.

“އަދިވެސް އެވައްތަރަށް ތެޅޭނަން؟؟ އޭނ؟؟؟” މޫނާ ދިމާއަށް ކަތުރު މަޅައި ގަންނަމުން މާހިލް ބުންޏެވެ. ބިރުން ވިރި ވިރި އޮތް ޝިއާނާ ގުޑިލަން ވެސް ނުކެރިފައި އޮތީ މާހިލް ދެން އަމަލު ކުރާނެ ގޮތް ނޭނގޭތީއެވެ.  މާހިލް އަތުގައި ހުރިބާރެއް ލާފައި ޝިއާނާގެ އަތުގެ މުލައްދަނޑީގައި ހިފިއެވެ. އަދި ކަތުރުގެ ތޫނު ކޮޅު ޝިއާނާގެ އަތުގެ ނާޒުކު ހަންގަނޑުގައި ޖައްސާ ފިއްތާލިއެވެ. އެއާއެކު އެއްވެސް ހިފެހެއްޓުމެއް ނެތި ހަންގަނޑު ކަފައިގެން ދިޔައެވެ. ހޯސްލާފައި ލޭ ފައިބައިގަތެވެ. ޝިއާނާއަށް ބާރަށް ރޮއެ ގަނެވުނީ ނަގައިގަތް ދިލައެއްގެ ބޮޑުކަމުންނެވެ.

މާހިލް އަނެއްކާވެސް ޝިއާނާގެ އިސްތަށިގަނޑުގައި ހިފައި ދަމައިގަތެވެ. އެއާއެކު އެ ބޮޑު ކަތުރުގެ ތޫނު މިޔައިގެ ތެރެއަށް އިސްތަށިގަނޑު ލުމަށްފަހު ބުޑުން ބުރިކޮއްލިއެވެ.

ޝިއާނާގެ ބޯ ވަރުގަދަ އިސްތަށިގަނޑު އެއިރު އޮތީ މާހިލްގެ އަތުގައެވެ. އެވަރުންވެސް މާހިލްގެ ހިތްހަމަ ޖެހޭ ގޮތެއް ނުވިއެވެ. އޭނާ ދަމުން ދިޔައީ ޝިއާނާގެ އަނގައަށް އިސްތަޑިގަނޑު ކޮއްޕާފައެވެ. އަނގަައަށް އޮބައި ގަތްލެއް ބާރުކަމުން އަނގައިގާ ލޭރަހަވެސް ލިއެވެ.

މާހިލް ނުކުމެގެން ދިއުމާއެކު ޝިއާނާ އަވަސް ވެގަތީ ސޯފާގައި ރޯން އިން އިކާން ކައިރިއަށް ދިއުމަށެވެ. އެއިރު އޭނަގެ މުޅި މޫނުމަތީވަނީ ލެއެވެ. ނިތްކުރިމަތިން ފަޅައިގެން ގޮސްފައި ހުރިތަނުން އެއިރު ވެސް ލޭ ފައިބަމުންދިޔައެވެ.

ޝިއާނާ އަވަސް އަވަހަށް ގޮސް އިކާން އޭނާގެ މެޔާ ލާ ބޮނޑިކޮއްލިއެވެ. އެއިރުވެސް އިކާން ގިސްލަ ގިސްލާފައި ރޮމުންދިޔައެވެ. އެކުޑަކުޑަ ހަށިގަނޑު ތުރުތުރުލަމުންދިޔައިރު އެ އިހުސާސް ޝިއާނާގެ އެންމެ ހިމަ ނާރުތަކަށްވެސް ދިޔައީ ކުރުވަމުންނެވެ. ލޯ ކުރިމަތީ މަންމަ އަށް އެފަދަ އިހާނެތި އަނިޔާތައް ދިނުމުން ހިތުގައި ނުޖެހޭނީ ކާކު ހެއްޔެވެ؟ ހިނގާދިޔަ ހާދިސާގެ ސަބަބުން އިކާންގެ ވިސްނުމަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނަނެކަން ކަށަވަރެވެ.

***

އަލަމާރީގެ ދޮރުފަތް ހުޅުވާލުމަށްފަހު ސީމާ ފޮތިގަނޑަކުން ހިރަފުސްތައް ފުހެލިއެވެ. އަލަމާރިތެރޭ ތަރުތީބުކޮށް ބަހައްޓާފައި ހުރި ފޮތްތައް އޭނާގެ ލޮލުގައި އަޅައިގަތީ އެވަގުތެވެ. ބަލާބެލުމަށް ތަންކޮޅެއް ކުރީގެ ފޮތްތަކެއް ވައްތަރު ޖަހައެވެ.

ސީމާ ވަރަށް ފަރުވާތެރިކަމާއެކު އެ ފޮތްތައް ނަގައި އެނދުމަތީ ބެހެއްޓިއެވެ. މާޒީގެ ކޮންމެވެސް ހަނދާނެއް އެ ފޮތްތަކުގެ ތެރޭ ވާނެއޭ އޭނާގެ ހިތް ބުނަމުންދިޔައީ ކީއްވެ ކަމެއް ނޭނގެއެވެ. ފޮތްތަކުގައި ލިޔެފައިހުރި އެއްޗެއް ކިޔާލުމަށްޓަކައި އެތަނުން އެންމެ މަތީ އޮތް ފޮތް އޭނާ ނަގައި ހުޅުވާލިއެވެ. އެއާއެކު ކޮންމެވެސް އެއްޗެއް ފޮތް ތެރެއިން އެނދުމައްޗަށް ވެއްޓުނެވެ. ސީމާ އެނދުމައްޗަށް ބަލާލިއިރު އޮތީ ހުދުކުލައިގެ ހަތަރެސްކަން ގަނޑެކެވެ. އޭނާ މަޑުމަޑުން އެ ގަނޑު ނަގައި އަނެއް ފުށް ބަލާލިއެވެ. އެއާއެކު ސީމާގެ ދެލޯ މަޑުމަޑުން ފެންކަޅިވާން ފެށިއެވެ. އިސާހިތަކު ދެލޮލަށް ޖަމާވި ކަރުނަތައް، ތިއްކެއްގެ ސިފައިގާ ދެލޯ ދޫކޮށް ވެއްޓުނެވެ.

***

ބޭރުގައި އުޅެލުމަށްފަހު ޔާއީޝް އައިސް ގެއަށް ވަނީ އެވަގުތެވެ. މުޅި ގޭތެރޭގައި ވެރިކަން ކުރަމުންދިޔައީ ހަމަ ހިމޭންކަމެވެ. އޮއްސެމުންދިޔަ އިރުގެ ރަން ދަޅަތައް، ހުޅުވާފައިހުރި ކުޑަދޮރުން ގޭތެރެއަށް އެޅިފައި ވެއެވެ. ސީމާގެ ކޮޓަރީގެ ދޮރު ހުޅުވިފައި ހުރިތަން ފެނުމާއެކު ޔައީޝް ހިނގައިގަތީ އެ ދިމާއަށެވެ.

ޔައީޝް ކޮޓަރިއަށް ވަންއިރުވެސް ސީމާ އިނީ ހަމަ އެހެންނެވެ. ފަހަރަކު ކަރުނަ ތިއްކެއް އެ ދެލޯ ދޫކޮށް ވެއްޓެމުންދިޔައީ އަތުގައި އޮތް ފޮޓޯގަނޑަށެވެ. މަޑުމަޑުން ގިސްލެވެމުންދިޔައިރު ހިތުގެ ތެޅުންވެސް އިހުނަށްވުރެ ބާރުވެފައި ވާހެން ހީވެއެވެ.

އެނދުގައި އިށީނދެލައިގެން ހަރަކާތް ހުއްޓިފައި އިން މަންމަ ފެނުމާއެކު ޔައީޝްގެ ހިތުގައި ސުވާލު އުފެދުނެވެ. އޭނާ މަޑުމަޑުން އައިސް ހުއްޓިލީ މަންމަގެ ފުރަގަހުގައެވެ. އަދި މަޑުމަޑުން މަންމަ ހިފަހައްޓައިގެން އިން ފޮޓޯގަނޑަށް ބަލާލިއެވެ. އެއާއެކު ޔައީޝްގެ ވެސް ދެލޯ ފެންކަޅިވެގެން ދިޔައެވެ.

ސީމާ މަޑުމަޑުން ދެލޯ މަރާލިއެވެ. އެއާއެކު އޭނާގެެ ސިކުނޑިއަށް ވެރިވެގެން ދިޔައީ އޭނާގެ މާޒީއެވެ. ފިރިމީހާ، އަންވަރާ އެކު އުޅެމުން ދިޔަ އުފާވެރި ދިރިއުޅުމެވެ. އެ ފޮޓޯއަކީ އަންވަރާއި ކައިވެނި ކުރި ރޭ ދެމީހުން އެއްކޮށް ނަގާފައިވާ ފޮޓޯއެކެވެ. އޭނާ އެ ފޮޓޯ، ފޮތްތެރެއަށް ލާ ފޮރުވީ މާޒީގެ ހަނދާންކުރަން ބޭނުން ނުވާތީއެވެ.

ޔައީޝް މަޑުމަޑުން ސީމާގެ ކޮނޑުގައި އަތް ބާއްވާލިއެވެ. ސީމާ އަވަސް އަވަހަށް ކަރުނަ ފުހެލަމުން ޔައީޝްގެ މޫނަށް ބަލައިލިއެވެ. ކަރުނުން ފުރެމުންދިޔަ ޔައީޝް ގެ ދެލޯ ފެނުމާއެކު އަނެއްކާވެސް ސީމާއަށް ރޮވެން ފެށިއެވެ. އެހެން ކަމުން އޭނާ މަޑުމަޑުން ޔައީޝްގެ ގައިގާ ބައްދާލިއެވެ. ޔައީޝްވެސް އޭނާގެ މަންމަ ގައިގާ ބައްދާލީ ލޯބިންނެވެ. މަންމަ، ބައްޕަ ދެކެ ވީ ލޯބިގެ މަތިވެރިކަން އޭނާއަށް އިހުސާސް ކުރެވެއެވެ. ބައްޕަގެ ސޫރަ ހަމަ ލޮލަށް ފެނުމުގެ ނަސީބު ނުލިބުނު ކަމުގައި ވިއަސް ކުޑައިރުއްސުރެ މަންމަ ކިޔައިދޭ ވާހަކަ ތަކުން އެކަން ނުހަނު ސާފުކޮށް އެނގިގެން ދެއެވެ.

އަންވަރުގެ ދިރިއުޅުމަކީވެސް ވަރަށް ތަފާތު ހާދިސާއެއްގެ މައްޗަށް އެކުލެވޭ ދިރިއުޅުމެކެވެ. މިހާހިސާބުން މާޒީގެ ޞަފްހާތަކުގެ ތެރެއިން އަންވަރުގެ ހަޔާތަށް ބަލާލުން ކިހިނެއް ވާނެ ތޯއެވެ؟

***

(މާޒީ)

“މަށެއް ނޫޅެން މިގެއަކު އުޅޭކަށް!” ޝެހެނާޒު ހަޅޭލަވައިގަތެވެ. އޭނާގެ ރުޅިވެރި މޫނު އަމާޒުވެފައިވަނީ ސައްތާރާ ދިމާއަށެވެ.

“ދަރިފުޅާ ތި ރުޅި މަޑު ކޮއްބަލަ!” ސައްތާރުގެ މޫނުމަތިން ފެންނަމުންދިޔައީ ނުތަނަވަސްކަމެވެ. ވާނީވެސް އެހެންނެއް ނޫންހެއްޔެވެ؟ ޝެހެނާޒަކީ އޭނާ ދަރިއެކެވެ. ނަމަވެސް ބައްޕަ ގެ ކުރިމަތީގައި އެއްވެސް ކަހަލަ އަދަބެއް އަހުލާގެއް ނުހުރެއެވެ.

“ރުޅިމަޑެއް ނުވާނެ! ދުވަހަކުވެސް ނުވާނެ!” ޝެހެނާޒު ފުރަގަސް ދެމުން ހަށަން ބަނދެލިއެވެ. “މަށަށް ހަމަ ޔަގީން، މަންމަވެސް މަރާލީ ކަލޭކަން!!”

“ކޮއްކޯ!!” ކޮޓަރިން ނުކުމެގެން އައި އަންވަރަށް އެއަޑު އިވުމާއެކު މަޑަކުން ނުހުރެވުނެވެ. “އެނގޭތަ ތި ކިޔޭ އެއްޗެއް!؟”

“އާނ! އަދިވެސް މި ބުނަނީ! މަގޭ މަންމަ މަރާލީ މިހިރަ ޝައިޠާނު!…..”

“އޭހް!!” އަންވަރު ވަރުހުރި އެތިފަހަރެއް ޝެހެނާޒުގެ ކަންކަށިމަތީގައި ޖެހިއެވެ. “ބަލަ އެއީ ކޮއްކޮގެވެސް ބައްޕައެއް ނޫންތަ؟ އަހަރެމެން ދެބެއިން މަންމަ އަކާ ނުލާ ބަލާބޮޑުކުރީ އެ ބައްޕަކަން ހަނދާން ނެތުނީތަ؟ ބައްޕަ އަހަރެެމެން މިހާ ހިސާބަށް ގެނެސް ދިނީ ހާދަ މަސައްކަތަކުންނޭ!”

“މަށަކަށް ހެޔޮ!!” ކޯތާފަތް މަތީ ފިރުމާލަމުން ޝެހެނާޒު އަންވަރާ ދިމާއަށް ލޯ އަޅައިގަތެވެ. އެއިރު ސައްތާރު ހުރީ ބަސް ހުއްޓިފައެވެ. ދެލޮލުން އޮހޮރެމުންދިޔައީ ހޫނު ކަރުނައެވެ. އޭނާގެ ހިތަށް ކެތްވާނީ ކިހިނެތް ހެއްޔެވެ؟ ބޮލުގައި އެޅިގެން އެދިޔައީ ކޮންފަދަ ބޮޑު އިލްޒާމެއް ހެއްޔެވެ؟ މަންމައަކާ ނުލާ އޭނާ އަންވަރާއި ޝެހެނާޒު ބަލާބޮޑުކުރީ ނުހަނު އުއްމީދާ އެކުގައެވެ. ޝެހެނާޒު ވިހެއުމަށްފަހު އަންހެނުން، ވަރުދާ މަރުވެގެން ދިޔައީއެވެ. ދެވަނަ ކައިވެންޏެއް ނުކޮށް އޭނާ ކެތްކުރީ ދެކުދިންނަށް ދޮން މަންމައެއް ހޯދައިދޭން ބޭނުން ނުވާތީއެވެ. ނަމަވެސް މިއަދު އޭނަގެ ގައިގާ އެޅިގެން އެދިޔައީ ކޮންފަދަ ނުބައި ލޭބަލް އެއް ހެއްޔެވެ؟

“ބައްޕަ ކައިރިން މާފަށް އެދޭ!!” އަންވަރު މަޑުމައިތިރި ކަމާއެކު ބުނެލިއެވެ.

“ނުޖެހޭނެ މަށެއް މާފަށް އެދޭކަށް!!” މިހެން ބުނުމަށްފަހު ޝެހެނާޒު ގެއިން ނުކުމެގެން ދިޔައީއެވެ.

ސައްތާރު މަޑުމަޑުން ގޮނޑީގައި އިށީނދެލީ ބޮލަށް އެނބުރުން އަރާހެން ހީވުމުންނެވެ. މާބޮޑަށް ވިސްނުމުގެ ސަބަބުން އޭނާގެ މުސްކުޅި ސިކުނޑިއަށް ކެތް ނުވީއެވެ. އިސާހިތަކު މުޅިތަން އަނދިރިވާހެން ހީވާން ފެށިއެވެ. ގައިން ވަރުދޫވެގެންގޮސް ހަށިގަނޑު ސޮހިގެން ދިޔައީ އެވަގުތެވެ.

‘ބައްޕާ!!” އަންވަރަށް ހަޅޭ ލަވައިގަނެވުނެވެ.

***

“ލަތީފު ދެން ކޮންއިރަކުންތަ މަށާ އިންނާނީ؟؟” ލަތީފުގެ އުނގުގައި ބޯ އަޅާލައިގެން އޮތް ޝެހެނާޒު މަޑުމަޑުން ދެލޯމަރާލިއެވެ. “އަހަންނަކަށް ދެން ކެތެއް ނުވާނެ!”

“ޝެހޭ އަބަދުވެސް ދައްކާނީ އިންނަ ވާހަކަ! އަދި ނެތެންނު  ނީންދެވިފަކާއެއް؟” ލަތީފު ޝެހެނާޒުގެ އިސްތަށިގަނޑުގެ ތެރެއަށް އަތް ވައްދާލަމުން ބުނެލިއެވެ. އަދި އެއަށްފަހު އަނެއް އަތުގައި އޮތް ސިނގިރޭޓު ބުރީގައި އަނގަ ޖާހާފައި ދަމާލިއެވެ. “އަދިކިރިޔާ ތިވީ 18 އަހަރު!”

“ހެވޭ! މަ ބޭނުމެއް ނޫން ދެން އެ ގޭގަ އުޅޭކަށް! މަށާ އިނދެފަ އަވަހަށް މަ ގޮވައިގެން މާލެއަށް ދާން ހިނގާބަލަ!! ދެން ހަފްތާއެއް ފަހުން ލަތީފުވެސް ދާނީ މާލެ! ދެން ނޭނގެ މަގޭ މަތިން ހަނދާން ހުންނާނެ ހެންނެއްވެސް!!”

“ޝެހޭ! މަ އަބަދުވެސް ބުނަމެއްނު ޝެހޭ މަތިން އަބަދުވެސް އަހަރެން ހަނދާން ކުރާނަމޭ!!” ޝެހެނާޒުގެ ތުންފަތުގައި ޝަހާދަތް އިނގިލި ޖައްސާލަމުން ލަތީފު ބުންޏެވެ.

“ތިއެއް ބަލާނަމޭ!”

“އޯކޭ! ގަބޫލު ނުކުރެވެންޏާ ވާހަކައެއް ބުނަންތަ؟ ހިނގާ މި އަންނަ ހުކުރު ދުވަހު ކައިވެނި ކުރަން!!” ޝެހެނާޒުގެ މޫނާއި ކައިރިވެލުމަށްފަހު ވައި އަޑުން ލަތީފު ބުނެލިއެވެ. އޭނާ އެތެރެއަށް ދަމާލި ދުންކޮޅު، އެވަގުތު ނޭފަތުންނާއި އަނގައިން ނުކުމެގެން އައެވެ.

“އަސްލުވެސްތަ؟؟” ފުންމައިގެން ތެދުވުމަށްފަހު ޝެހެނާޒު ނަށައިގަތެވެ.

“ހުމްމް… އަހަރެންވެސް މިހާރު ބޭނުންވަނީ ޝެހޭ އަހަރެންގެ އަންބަކަށް ހަދައިގެން މާލެއަށް ގެނދަން! ބައްޕަމެންގެ ރުހުން ލިބޭނެތަ؟” އެއްމިޔަކަނުން ހީލަމުން ލާނެއް ރާގެއްގައި ލަތީފު އަހާލިއެވެ. ޝެހެނާޒުވެސް ހިނިތުންވެލަމުން ވަށްކަޅިން ލަތީފަށް ބަލާލިއެވެ.

“ހުހް! މަ ނުޖެހޭނެ އެމީހުންގެ ރުހުން ހޯދާކަށް!!” ޝެހެނާޒު އަނެއްކާވެސް ތުއި ވެ ގަންނަމުން ލަތީފުގެ ގައިގާ ބައްދާލިއެވެ.

***

“ދަރިފުޅާ!!” ފުން ވިސްނުމަކަށް ގެއްލިފައި އިން އަންވަރަށް ސިހިފައި ބަލާލެވުނީ ސައްތާރު ބަލި އަޑަކުން ގޮވާލި އަޑަށެވެ. އެއިރު ސައްތާރު އޮތީ ކުޑަކޮށް ލޯ ހުޅުވާލައިގެންނެވެ. ނަޒަރު ހުއްޓިފައި ހުރީ އަންވަރާ ދިމާއަށެވެ.

“ކީކޭ ބައްޕާ؟” ގޮނޑިން ތެދުވެގެން އައިސް ސައްތާރު ބާއްވާފައި އޮތް އެނދު ކައިރީ އިށީންނަމުން އަންވަރު އަހާލިއެވެ.

“ދަރިފުޅާ! ބައްޕަ ބުނީ ބައްޕަ ނެތް ދުނިޔެ އެއްގައިވެސް ދަރިފުޅު ކޮއްކޮ ބަލައްޗޭ!” ފުން ނޭވާއެއް ބޭރުކޮށްލަމުން ސައްތާރު ބުންޏެވެ. “ކޮއްކޮއަށް އަޅާ ނުލެވިއްޖެއްޔާ ނުބައި މަގަކުން ހިނގައިދާނެ!!”

“ބައްޕަ ކޮންކަހަލަ ވާހަކައެއް ތި ދައްކަނީ؟ ތިހެން ނުބުނޭ!”

“ނޫން ދަރިފުޅާ! ބައްޕައަކަށް ހިޔެއް ނުވޭ ދެން މާ ގިނަ ދުވަހު ބައްޕަ ދުނިޔޭގައި ހުރެދާނެ ހެންނެއް!” ކެއްސާލަމުން މަޑުމަޑުން ސައްތާރު ވާހަކަ ދެއްކިއެވެ.

ސެހެނާޒުއާއި ލަތީފް އައިސް ގެއަށް ވަނީ އެވަގުތެވެ. ލަތީފުގެ އަތް ވަނީ ޝެހެނާޒުގެ އުނަގަނޑުގައި އަޅުވާލެވިފައެވެ. ދެމީހުންގެ ގައިގޯޅި ހަރަކާތްތައް ފެނުމާއެކު އަންވަރުގެ ދެ ބުމަ ގޮށް ޖެހިގެން ދިޔައެވެ.

“އަހަރެމެން މިއުޅެނީ ހުކުރު ދުވަހުގެ ރޭ އިންނަން ވެގެން!!” ޝެހެނާޒު އެންމެ ފުރަތަމަވެސް ބުނެލީ އެހެންނެވެ. އަންވަރުގެ މޫނުމަތިން ފެނިގެން ދިޔައީ ހައިރާންކަމެވެ. އެނދުގައި އޮތް ސައްތާރުވެސް ވަރަށް ހިތްވަރު ކޮށްލަމުން ޝެހެނާޒާ ދިމާއަށް ބަލާލިއެވެ.

“އެކަމަކު ކޮއްކޮއަށް……..”

“މަ މިއައީ ހުއްދަ ހޯދާކަށް ނޫން! ހަމައެކަނި ބުނެލަން!” ނުބައި ގޮތަކަށް ހީލަމުން ޝެހެނާޒު ގޮސް ވަނީ އޭނާގެ ކޮޓަރިއަށެވެ. އޭނާގެ ފަހަތުން ކަހަލަގޮތަކަށް ލަތީފުވެސް ވަނެވެ. އެއާއެކު ދެން އިވުނީ ދޮރުޖަހާ ތަޅުލިއަޑެވެ.

“އެއީ ކޮއްކޮއަށް ނުވިސްނޭތީ އުޅޭ ގޮތް؟ ކާކާ އެކުތަ ކޮއްކޮ އެ އައީ؟” ސައްތާރު ސުވާލު ކޮށްލިއެވެ.

“ކުރިންދުވަހު މާލެއިން މިރަށަށް އައިސް ގެން އުޅޭ މީހެއް! މާ ރަނގަޅު ވައްތަރެއް ނުޖަހާ!”

“އަދި ކޮއްކޮއަށް ވިސްނޭނެ! އެ ދުވަހަކުން ކޮއްކޮ ވަރަށް އެކަނި ވާނެ! ނަމަނަމަ ދަރިފުޅު ކޮއްކޮ ބާކީ ނުކޮއްލާތި!” ސައްތާރު އަދިވެސް ވިސްނަމުން ދަނީ ޝެހެނާޒުގެ ކުރިމަގާ ދޭތެރޭގައެވެ. “ބައްޕަ ބުނީ ދަރިފުޅުވެސް މިހާރު ތިހުރީ މީހަކާ އިންނަވަރު ވެފައޭ! ދަރިފުޅު އިންނާނެ ކުއްޖަކު ހޯދީތަ؟”

“އާނނ! އަޅުގަނޑު އިންނާނެ ކުއްޖަކު ހޯދައިފިން! އެ ވާހަކަ ބައްޕަ ގާތު ފަހުން ދައްކާލަން ވެގެން ހުރީ!”

“އެއްވެސް ވާހަކައެއް ފަހުން ދައްކަން ނުބަހައްްޓާތި؟” ދެލޯ މަރާލައިގެން އޮވެ ހިނިތުން ވެލަމުން ސައްތާރު ބުނެލިއެވެ. “ކޮން ކުއްޖެއްތަ އެއީ؟”

“އެއޮއް ކުޑަބެ ގޯތި ސީމާ!!” އަންވަރު ބުނެލިއެވެ.

ނުނިމޭ

Share Article

Follow Me Written By

Hoody

Level 310 Stories100 Comments

Other Articles

Previous

ހިތަކުން ނުފިލާނެ 19

Next

ހިތް ވިންދާނުލައި… (5)

Next
June 27, 2015

ހިތް ވިންދާނުލައި… (5)

Previews
June 27, 2015

ހިތަކުން ނުފިލާނެ 19

55 Comments!

  1. Hoody says:
    June 27, 2015 at 10:46 pm

    mi bai vex kuru koh dhw mi genes dhevunee…. aslu miadhu vex vaguthu nuvee dhigu koh liyan… sorry varah bodah…..
    ummeedhu kuran reethi vaane kamah…..

  2. inaya says:
    June 27, 2015 at 10:47 pm

    balabalaa huta up kurythi .hoody haadha molhey vaahakaliyan

  3. mal says:
    June 27, 2015 at 10:49 pm

    Nice

  4. Nabhaan says:
    June 27, 2015 at 10:50 pm

    Mi part vx vrh salhi..bt kuru dhw…ekamu nxt part avas up kohdhehchey

  5. sul says:
    June 27, 2015 at 11:09 pm

    hoodh thy best hama, no need to tell sorry to us, kurukohves hama thi genesdhenynu, thy aslu varah bodu vareh hama , i love it, n its bestest as always, miss u dear

  6. Hoody says:
    June 27, 2015 at 11:25 pm

    Thnkx Inaya, mal, naboo bro and sul….. 🙂

  7. Crazi says:
    June 27, 2015 at 11:49 pm

    ..Vrh shalhi story hama gendaagoi

  8. Fayaz says:
    June 28, 2015 at 12:16 am

    Varah salhi keep it up

  9. niyasa says:
    June 28, 2015 at 12:24 am

    Vvvv reethi ekamu heevani mibai maakuruhen.
    Varah bodah sukuriyya thihaaburakon unlhunvamunves vaahaka liyelaathi. Jazaakallh hairaa hoody

  10. niyasa says:
    June 28, 2015 at 12:25 am

    Vvvv reethi ekamu heevani mibai maakuruhen.
    Varah bodah sukuriyya thihaaburakon unlhunvamunves vaahaka liyelaathi. Jazaakallh hairaa. hoody

  11. yash says:
    June 28, 2015 at 5:47 am

    Mibaives v v v salhi thanks mihareethi vahaka eh kiyaala libuneethi varah ufaa vey adhives efaharu thanks you so much hoody ♥♥♥♥♥♥♥♥♥♥♥♥♥♥♥

  12. naxhaa says:
    June 28, 2015 at 6:30 am

    Vara vara reethi me part ves….thanks hoody.Good luck.

  13. liu says:
    June 28, 2015 at 8:05 am

    Hoody haadha molhey. Woooooow,… Gud luck hoody

  14. butterfly says:
    June 28, 2015 at 9:22 am

    Wow wow v salhi mi part ves next part avahah up kurey kiyaa hithun hureveny ehnoon thank you so much knme dhuvahaku up kuraathyve u are the best hoody

  15. nihaa says:
    June 28, 2015 at 11:05 am

    You r the best… Vaahaka hama habeys…

  16. dhonthi says:
    June 28, 2015 at 12:22 pm

    wow varah reethi mi part vex…. 🙂

  17. naj says:
    June 28, 2015 at 12:25 pm

    Vvvv reethi …goody u r the best writer ever

  18. july says:
    June 28, 2015 at 1:13 pm

    hoody haada molhey story liyan…its amaxing..keep it up hoody..

  19. hater says:
    June 28, 2015 at 1:24 pm

    abadhu vaguthu nuve oa vaguthu uve oa… pis pis.. thidhen thanfukeh boduvaru… vaguthaky hoadhyma libey ehcheh. abadhu thihen kiya kiya huttakas nuvaane ehvexx kameh. i know you are a student. you have to study. you will be busy. but still if you spent atleast 2 hours i’m sure you can write this story longer than this. hoody you are a good writer. your stories are interesting. people will like to read your stories. but if you are writing the stories too shortly then people will become bored and maybe they might even stop reading this story. i hope you will think about this. . and i hope you will improve this. :)anyway, this story is interesting. waiting for the next part.

  20. Hoody says:
    June 28, 2015 at 1:39 pm

    Thnkx all…. 🙂
    And hater, I like your comment a lot….. aslu thikahala comment hageegathuga beynun vaneevex… thnkx for the advice and really im very happy….. next part miah vure dhigu koh genes dheveythoa varah masakkai kuraanan, In Sha Allah….. 🙂

  21. shiaa says:
    June 28, 2015 at 1:44 pm

    its ok hoody . dont worry . vvvreethi mi part ves . maaxy avahah nimmaalah chey . and vv bodah thnkx thihaa buxy koh ulhey iruves story kurukoh namaves genesdhey thy .

  22. may says:
    June 28, 2015 at 1:53 pm

    vaahaka hadivehje maa myhun gina ee

  23. Hoody says:
    June 28, 2015 at 1:59 pm

    Thnks Shiaa and may….
    Yeah varah avahah maaxee nimeyne… eyrun may ah vex kamudhaane kamah ummeedhu kuran…. 🙂

  24. Zaahee says:
    June 28, 2015 at 2:30 pm

    wow!!!!!! good writer. Study kuramun Vaahaka liyumakee v bodu kameh…. adhi grade 12 ga. V hard work kuran jeheyne Hoody kiyevumah…. Zaa v happy hoody thihaa burakoh masakai kuramun vex story liye dheythee…. Hoody 11 ga libunee konkahala report eh?

  25. Hoody says:
    June 28, 2015 at 2:38 pm

    Thnkx zaa….
    11ga libunu report bunaan FB in dhimaaveema…. OK… 🙂 hehehehe

  26. Hoody says:
    June 28, 2015 at 2:39 pm

    Zaa FB ID buneladhevvaa..

  27. Zaahee says:
    June 28, 2015 at 2:50 pm

    No no… Adhi thankolhheh bodah friends ah veema bunaanan… anen hen Zaa nudhemey boys ah Zaa ge FB ID. thankolheh bodah friends veema dw…. ba eh faharu zaa vaahaka hunna gothun heevaane kuda kujjeh hen… kids story liyamun goss egothah Zaa ah kid ge mind eh libifa hunaanee… hehe… Zaa v laanei vaane friend veema. Alhuvaa kiyan v molhuvaane.. Hoodydon’t worry. Adhi dheynan FB ID vex

  28. Zaahee says:
    June 28, 2015 at 2:52 pm

    hoody thihaa maai koh Zaa aai vaahaka nudhekiyas OK yea…. just look i’m your cloze friend

  29. Shubaan says:
    June 28, 2015 at 2:56 pm

    Zaa plx enme faharaku vex nagaaba Shubaan dhey letters and things. Zaa ge FB ID dheeba. plz Zaa. Keevetha Shuban ehaa Zaa dheke like vaa iru nunaganee… hoody story v nice

  30. shiaa says:
    June 28, 2015 at 3:01 pm

    dont worry , hoody , .. vv reethi mi prt vex . avahah maaxy ninmaahah chey . varah bodah thanks thihaa buxy koh ulhey iruves , up koh dhey thy . waiting 4 next prt`

  31. Zaahee says:
    June 28, 2015 at 3:03 pm

    Stop it Shoon… Shoon vex rangalhah ulhenamathaa Zaa ah negeynee Shoon… Enme faharaku visnaba amilla life aa medhu… Zaa aai eh vex gothakah thigothah vaahaka nudhehkun edhen… Adhi mee enme fahu faharu Shubaan ah Zaa aai vaahaka dhehkey… Zaa akah nei Shoon akah Zaa ge FB ID dheveykah… Zaa hinhama jehey kujjaku hoadhaanan.. Shubaan vex rangalhah thi drugs nuboi ulhenna nagaafaanan.. Zaa ah vure reethi rangalhu kudhin Shoon ah libidhaane… Sorry Shoon, igea mi site ah thivanee Zaa mi site ah vanna kan egi gen kan

  32. Hoody says:
    June 28, 2015 at 3:28 pm

    Yeah oK Zaa…. hahaha….
    BTW, Zaa and Shoon ge love story fenuneema varah hin aadhey eba…. FB in dhimaa nuveema Hoody ge comment box in dhekudhin chat kuranee dhw… Gud luck dhekudhinnah…. :p

  33. sif says:
    June 28, 2015 at 3:33 pm

    sif innaane reqest kohfa
    k? vv.rythi. nahadhaashey buneba ehn shiyaa ah. plzzzz

  34. Zaahee says:
    June 28, 2015 at 3:40 pm

    dhen Hoody!!! kurin bunee meh nun Zaa claas ah vai iru Za aai 3 kujjaku alhaagen ulhuney. E ee ekaku… ekam v foohi vey… Zaa adhi enme 19 ey. Zaa ah ehen kudhinna hilaafah blue lolakaa skin colour reethi veema hurihaa kudhin Zaa aai alhaagannanee… Zaa vihee UK ah adhi ethaahure grade 9 aa hama ah kiyavaafa mi mi kolhah ai furathama dhuvahu vex airport ga nuhurevey meehun balaathee… varah foohi vey reethi veema

  35. Hoody says:
    June 28, 2015 at 3:44 pm

    Thnkx sif… yeah accept kuraanan FB ah vadhevuneema…
    Asslu vex tha Zaa??? hahaha… mihaaru Hoody vex balaalaa hiyy vejje Zaa hunna goi…..

  36. cat says:
    June 28, 2015 at 3:44 pm

    good zaa . , kon shubaan eh thw shubaad eh tha . furatha islaahu vegen ehen myhun fahathun dhuvebala. dhw zaa s

  37. Hoody says:
    June 28, 2015 at 3:46 pm

    Hey sif… nethey request aissa eh… balaalaifin… anekkaa nubai ID akah tha thi fonuvee….

  38. Shubaan says:
    June 28, 2015 at 3:48 pm

    plz plz Zaa… mihen enmen thereyga vaahaka eh nudheh keyne… Zaa phone num dheeba…. plx plx

  39. Zaahee says:
    June 28, 2015 at 3:51 pm

    ehenviyya happu kiyaagen hurebala enmen thereyga vaahaka nudhekenna…

  40. Zaahee says:
    June 28, 2015 at 3:52 pm

    dw cat

  41. shiaa says:
    June 28, 2015 at 4:01 pm

    xaa foohi vany reethi wyma dhw . shiaa foohi wany . kudhin shiaa ah kiyaa name in . abadhu thanakun . fenijje yaa govaany , kaboh eyy kiyaafa . vedhaane dhw ehen e kiyany , shiaa kudakoh fala koh dhon kon hunnaa thy kama , ehen viyas nujeheyne ehen kiyaakah , vvv foohi way dhen .

  42. Zaahee says:
    June 28, 2015 at 4:02 pm

    year hoody… hoody vex dw… mal’e aadhevunu dhuvakun fenidhaane…. fenuneema egeyne dw…. blue lolakaa v dhonvaane burugaa naalhaa hunnane…. isthashigandu dai kohffa onnaanee…. hehe…. dark colour hedhun lanee… no more jins and top…. hama full dress ga ulhenee… balaa hiy vejje dw

  43. Zaahee says:
    June 28, 2015 at 4:03 pm

    baai…. kokko aai hedhi moodhah erilan dhaan vejje…. meet you tomorow

  44. shiaa says:
    June 28, 2015 at 4:10 pm

    burugaa naalhaa full dress ga eyy xaa

  45. juma says:
    June 28, 2015 at 4:12 pm

    Wow…. v v v v v reethi mi part ves… hoody i love this story.. next part ves avaha up kohdhehchey…

  46. Hoody says:
    June 28, 2015 at 4:13 pm

    Hmm… varah balaalaa hiy vejje… :p OK bye… see you later…

  47. Hoody says:
    June 28, 2015 at 4:15 pm

    Thnk you jumaa….

  48. shiaa says:
    June 28, 2015 at 4:23 pm

    hoooooooodyyy gandaaa mioh haveeru vy eyy kobaa tha story . avas kobaa

  49. shiaa says:
    June 28, 2015 at 4:26 pm

    zaahee dhiya eyy dhw . dhen nuhun naane hevaalaane kujje ves , dhw hooodddyyyy hehehe

  50. shiaa says:
    June 28, 2015 at 4:34 pm

    shubaan ke comment repeat koh kiyifa hama heveny eyy , hyvany hoody ge story ehge dylog en hen . varah dheravefa iny , xaa ves dhw . . hehehehe , dhw hoody

  51. juma says:
    June 28, 2015 at 4:51 pm

    Hoody juma ge name ga double A nulahchey..i hate that… 🙂

  52. shiaa says:
    June 28, 2015 at 4:55 pm

    shiyaana eh nooney shiaana eyye dhw hoody . shiaa ahves baeh myhun shiaana aneh bai meehun shiyaana kiyai dhaane , gina teachers ves kiyuvvaany shiyaana , but aslu name aky Aishath Shiaana Ahmedh . sif shiyaa liyefa inyma mihen mibunely

  53. beebuu says:
    June 28, 2015 at 5:20 pm

    vv reethi

  54. shiaa says:
    June 28, 2015 at 6:08 pm

    hoody men school motto aky each to sucseed dhw. i saw your school on a pic , varah salhi ingey thi school

  55. hoody's fan says:
    June 29, 2015 at 4:47 am

    o m g.. mi thanah comment koffa mithiby hus dhivehin dhw.. hurileh thui bodukan.. btw story z nice..

Comments are closed.


All Right Reserved!