Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
މަޖާ

ސަނަމް

Hoody
September 1, 2015
6 Mins Read
110 Comments

ހަރުގަނޑުގައި ތަރުތީބުކޮށް އަޅުވާފައިހުރި ކުލަކުލައިގެ ޝޯލް ތަކުގައި އަތް ކާއްތަމުން ގޮސް އަހަންނަށް ހުއްޓެވުނީ ރަތް ލޭ ކުލައިގެ ޝޯލް އަކާ ހިސާބުންނެވެ. އަހަރެން މަޑުމަޑުން ޝޯލް ނެގުމަށްފަހު ވަރަށް ރަނގަޅަށް ބަލައިލީމެވެ. އެއީ ހަމަ އަހަރެން ބޭނުންވެގެން މި ހޯދާ ކަހަލަ ޝޯލް އެކެވެ.

“މި ކިހާވަރަކަށް؟” ކައުންޓަރު ކައިރިއަށް ގޮސް އަހާލީމެވެ. އެއަށް ލާރި ދެއްކުމަށްފަހު އަހަރެން ފިހާރައިން ނުކުތީމެވެ. މާލޭގެ މަގުތަކުން ފެންނަމުން ދިޔައީ މުޅިން ތަފާތު މަންޒަރު ތަކެކެވެ. ތަފާތު ކުލަ ކުލައިގެ ބޮކިތަކުން މަގުތައް ޒީނަތްތެރި ކުރުމުގައި މީހުންތައް ހަރަކާތް ތެރި ވަމުން ދިޔަ މަންޒަރެވެ. ވަގުތަކީ މެންދުރުފަހުގެ ވަގުތަށް ވުމާއެކުވެސް މަގުތަކުގައި އެހާ ކާރު ބާރު ބޮޑެއް ނޫނެވެ. ފުން ނޭވާއެއް ބޭރުކޮށްލަމުން މަގުގެ ދެފަޅިއަށް ބަލާލުމަށްފަހު އަހަރެން ހިނގައިގަތީ ގެއާ ދިމާއަށެވެ.

ރާއްޖެއަށް ސަނަމް އައި ޚަބަރު ލިބުނީއްސުރެ އެ ނޫން ހިޔާލެއް އަހަންނަކަށް ނުކުރެވެއެވެ. އެންމެ ފަހުން އަހަރެންގެ ހުވަފެންވެސް މިއޮއް ހަޤީޤަތަކަށް ވަނީއެވެ. ސަނަމް ހަމަލޮލަށް ދެކިލާހިތުން އަހަރެން މިހިރަ މޮޔަވަނީއެވެ. ހެޑްސެޓް ކަންފަތަށް ޖަހާލުމަށްފަހު ފޯނުން ސަނަމް ގެ ލަވައެއް ޖަހާލީމެވެ. އެ އަޑުގެ ސަބަބުން އަހަރެންގެ ހިތަށް ފިނިކަން އިހުސާސް ކުރެވެއެވެ.

ސަނަމްގެ “އިޝްޤް ބުލާވާ” ގެ ބީޓާ އެއްވަރަށް ބޯ ޖަހަމުން ގޮސް އަހަރެން ލިފްޓަށް އެރީމެވެ. ކޮތަޅުގައި އޮތް ރަތްކުލައިގެ ޝޯލްއަށް ބަލާލެވުނު އަދަދެއްވެސް ނޭނގެއެވެ. މިރޭގެ ޝޯއަށް ދާއިރު އެހެން ހުރިހާ އެންމެންނަށްވުރެ ރީތި ވެގެން ހުންނަން އަހަރެން ބޭނުމެވެ. ސަނަމްގެ ލޮލުގައި އަޅައިގަންނަ ވަރު ކުރަން ބޭނުމެވެ. ކުރެވުނު ހިޔާލުގެ މޮޔަކަން އަހަންނަށް ވިސްނުނީ މާ ފަހުންނެވެ. އަހަރެން މިކުރާ ކަހަލަ ހިޔާލު ކުރާނެ ކިތަންމެ ކުދިންނެއް މިއޮއް ބޮޑު މާލޭގައި އުޅޭނެކަން ކަށަވަރެވެ. އެކަމަކުވެސް ހެވެ.

ގޭތެރެއަށް ވަން އިރު ކޮއްކޮމެންގެ ހާލަކީވެސް އެއީއެވެ. ސިޓިން ރޫމު ތެރެއަށް ހުރިހާ ހެދުންތައް ނެރެގެން މިރޭގެ ޝޯއަށް ލާނެ ހެދުމެއް ހޯދަނީއެވެ. އަހަރެން ވަރަށް ނުވާ ކަމަކަށް ހަދާލަމުން އަވަސް އަވަހަށް ކޮޓަރިއާ ދިމާއަށް ހިނގައިގަތީމެވެ. އެވަގުތު މަންމަ ގޮވާލި އަޑު އިވުނެވެ.

“ދަރިފުޅާ ކޮން ކޮތަޅެއް ތީ؟” މަންމަ މަލާމާތުގެ ރާގަކަށް ބުނެލިއެވެ.

“އެއްޗެއް ނޫން!!” ފޯނުން ޖަހާފައި ހުރި ލަވަ ނިއްވާލަމުން އަހަރެން އަވަސް އަވަހަށް ބުނެލީމެވެ. އެވަގުތު މަންމަ އައިސް އަހަރެން އަތުން ކޮތަޅު އަތުލުމަށްފަހު އޭގައި އޮތް ޝޯލް ނެގިއެވެ.

“އޯހް!! މީ ދޯ މި ހާވާ ހަޑިއަކީ؟” ޝޯލް އަށް ބަލާލުމަށްފަހު އަލުން އަނބުރާ ކޮތަޅަށްލަމުން މަންމަ ބުންޏެވެ. “މި އަންހެން ކުދިންތައް ހީވަނީ މޮޔަވެގެން އުޅޭހެން ވިއްޔަ! ސަނަމް ކަޕޫރެއް ބަނަސް ކަޕޫރެއް ކަމެއް ނޭނގެ! އެ މީހަކު އަންނާތީ ހީވަނީ އުޑުގައި ޖެހިފައި ބިމުގައި ޖެހިދާނެ ހެން! މިނިވަން ފަންސާހޯ! ކިހާ ވަރުގަދަ ވެއްޖެ ކަމެއްތަ! ކީއްވެގެންތަ މިނިވަން 49 ފާހަގަ ނުކުރީ؟”

“ސާބަސް މަންމާ!” އަހަރެން މަންމަ އަތުން ކޮތަޅު އަތުލީމެވެ. “ބަނަސް ކަޕޫރެއް ނޫނޭ! ސަނަމް ޕޫރީ!”

“މަށަށް ހެޔޮ ޕާނީ ޕޫރީއަކަސް!” މަންމަ ޗޮކެއް ކަނޑާލުމަށްފަހު ގޮސް ބަދިގެއަށް ވަނެވެ.

“ހަމަ ޔާމީނު ކުރާ ކަމަކަށް ވާތީ މަންމަވެސް ތި ރުޅިއެއް ތި އަންނަނީ! މިހާރުވެސް އަންނި މިނިވަން ފަންސާސް ފާހަގަ ކޮށްބަލަ، އެއަށްވުރެ ރަނގަޅު މީހަކު ނުހުންނާނެ މަންމައަކަށް! ތީ ދެން ކޮންކަމެއްތަ މަންމާ! ޕާޓީ ގޮތްގަނޑު ދޫކޮށްލާފަ އަހަރެމެންނާއެކު މިރޭ ސަނަމް ބަލާލަން ދާން ހިނގާބަލަ!!” އަހަރެން ތަންކޮޅެއް ބާރަށް ބުނެލީމެވެ. އެވަގުތު ސިޓިން ރޫމުގައި ތިބި ކޮއްކޮމެން ހޭންފެށިއެވެ.

“މަށެއް ނޫޅެން މޮޔަވެގެންނެއް!!” މަންމަ ބުނިއަޑު އިވުނެވެ. ތުން އަނބުރާލުމަށްފަހު އަހަރެން ކޮޓަރިއަށް ވަނީމެވެ.

“އޭހް!! ނުކުމޭ ނުކުމޭ!!” ހަމަ އެވަގުތު މަންމަ ދޮރުގައި ތަޅައިގަތް އަޑު އިވުނެވެ. މިއަދުގެ ކަންތައް މި ފެށުނީއެވެ. އެނދުމައްޗަށް ކޮތަޅު އެއްލާލުމަށްފަހު އަހަރެން ގޮސް ދޮރު ހުޅުވީމެވެ.

“އިރުކޮޅަކުން ބައްޕަ އަންނާނެ! އަދި އެހެރީ ރިހަވެސް ނުކެއްކި! އާދޭ ބަދިގެއަށް!!” ދޮރުކަނީގައި އަތް ވިއްދާލައިގެން ހުރެ މަންމަ ވާހަކަ ދެއްކިއެވެ.

“ދެން މަންމާ…..”

“އަންނާށޭ!!” މިހެން ބުނުމަށްފަހު މަންމަ ދިޔައީއެވެ. އަހަރެންވެސް ބުރުގާ ބޭލުމަށްފަހު ހަރުގަނޑުގައި އަޅުވާލަމުން ކޮޓަރިން ނުކުމެގެން ދިޔައީމެވެ.

އެއިރު ބަދިގެއަށް ވަން މީހާ ސަލާމަތްވީ އިރުއޮއްސެން ކައިރިވެފައި ވަނިކޮށެވެ. ހުރިހާ ކަމެއް ނިންމާލުމަށްފަހު އައިސް ކޮޓަރިއަށް ވަދެވުނީ ހަމަ ކިރިޔާއެވެ. އެނދުމައްޗަށް ދެމިއްޖެއެވެ. ދެލޯ މަރާލުމާއެކު ނިދިއްޖެއެވެ.

***

“ދޮންތާ! ދޮންތާ” އަހަރެންނަށް ކުއްލިއަކަށް ހޭލެވުނެވެ. އެއިރު ކޮޓަރީގެ ދޮރުގައި ކޮންމެވެސް މީހަކު ތަޅަތަޅާފައި އަހަންނަށް ގޮވާ އަޑު އިވެމުންދިޔައެވެ. ދެލޯ އުނގުޅާލަމުން މޯޅިއަކަށް ދެމިލުމަށްފަހު ފޯނުން ގަޑި ބަލާލީމެވެ. އެއާއެކު ދެލޯ ދިޔައީ ތަންމިނަށް ހުޅުވިގެންނެވެ.

“ދޮންތާ ނިދާފަތަ؟ އެއޮއް ގަޑި ޖެހެނީ! އަވަސް ކުރޭ!” އަަހަރެންގެ ކޮއްކޮ ޝިފްނާ ބުނިއަޑު އިވުނެވެ. ގަޑިން ރޭގަނޑު 8 ޖަހައިފިއެވެ. ޝޯ ފެށޭގަޑިއަކީ 9 ޖަހާއިރެވެ. ތެޅި ތެޅި އޮތް ހިތަކާއެކު އަހަރެން އަވަސް އަވަހަށް ތުވާލި ހިފައިގެން ފާހާނައަށް ވަނީމެވެ. ވީހާވެސް ކުރިން ތައްޔާރު ވެގެން ދާން އަހަރެން ބޭނުމެވެ. ސަނަމްގެ ލަވައެއްގެ އެންމެ ތަންކޮޅެއްވެސް ގެއްލުވާލާކަށް އަހަރެންގެ ހިތަށް ކުޅަދާނައެއް ނުވާނެއެވެ.

މަތި މަތިން ފެން ތަޅާލައިގެން ފާހާނައިން ނުކުތީމެވެ. ނަސީބަކުން އަހަރެންގެ އާ ހެދުން ހުރީ އިސްތިރި ކޮށްފައެވެ. ކަޅު ކުލައިގެ ބާރު ސްކްނީ ޖީންސާއެކު ރަތް ލޭޝް ފޮތިން ފަހާފައިވާ ހެދުން ގަޔަށް ހެޔޮވަރު ކޮށްލީމެވެ. އެއީ އަަހަރަން އެންމެ ބޭނުންވި ގޮތަށް ފަރުމާ ކޮށްފައިވާ ހެދުމެކެވެ. ކުރި މަތިން ދިގުމިން ހުންނާނީ ފަލަ މަސްގަނޑާ ހަމައަށެވެ. ނަމަވެސް ފަހަތުން ފަސްބައި ފައިގެ ފުންނާބާ ހަމައަށް އަރައެވެ.

މޫނުގެ މޭކްއަޕް ހިތްހަމަ ޖެހޭ ވަރު ވުމުން ޝޯލް އަޅަން ފެށީމެވެ. އެވަގުތު އަނެއްކާވެސް ޝިފްނާ ގޮވާއަޑު އިވުނެވެ.

“ސާބަހޭ ކޮއްކޯ! މި ނިމެނީ!!” ޝޯލް އޮޅަމުން އަހަރެން، ޑްރެސިން ޓޭބަލް ކައިރީ ހިއްޕާފައި ހުރި ސަނަމްގެ ބޮޑު ޕޯސްޓަރަށް ބަލާލީމެވެ. ހިނިތުން   ވެލައިގެން ހުރިއިރު ސަނަމް ހާދަ ސްމާޓޭ އަހަރެންގެ ހިތަށް އެރިއެވެ. އޭނާ ކައިރިން ހަމަ ލޮލުން ފެނުމުން އަހަންނަށް ކިހިނެއް ވާނެބާއެވެ؟ މޮޔަނުވިއްޔާ ރަނގަޅެވެ.

ޝޯލް އޮޅާ ނިންމާލުމަށްފަހު އެންމެ ފަހު ޕިން، ބޮލުމެދަށް ޖަހަފައި ހުރި ބޮޑު ހުޅީގެ މެދަށް ހަރާލަމުން އެންމެ ފަހު ފަހަރަށް ލޯގަނޑުން އަހަރެން ބަލާލީމެވެ.

“ފައިނަލީ!!” ފުން ނޭވާއެއްލުމަށްފަހު ވައި އަޑުން އަހަންނަށް ބުނެވުނެވެ. އެނދުމަތީ އޮތް ފޯނު ނެގުމަށްފަހު އަވަސް އަވަހަށް އަަހަރެން ކޮޓަރިން ނުކުތީމެވެ. އެއިރު ދެ ކޮއްކޮއިން ތިބީ އަހަރެންގެ އިންތިޒާރުގައި ލަސްވެފައެވެ. މަންމަ އިނީ ޓީވީ ހުޅުވައިގެން “ރާއްޖެ ޓީވީ” ބަލާށެވެ. އަހަރެން ކޮޓަރިން ނުކުތުމުން މަންމަ ބާލާލިއެވެ.

“ޔާ ރައްބީ!!” މަންމަ ޝަހާދަތް އިނގިލި ތުންފަތުގައި ހުރަސް ކޮށްލަމުން ދެލޯ ބޮޑުކޮށްލިއެވެ. “އެކަމަކުވާ ބޮލަށް ތިހުރީ ކޯއްޗެއް ގަންބާފާތަ؟ ހީވަނީ ބޮޑު ރުނބައެއް ހެން ވިއްޔަ؟”

“ދެން މަންމައެއް އަބަދު!!” ހައިހީލް އަށް އަރަމުން އަހަރެން ބުނީމެވެ.

“އެ އަރަނީ އަނެ ކައްޗަށް! މަންމަ ފަހާފޮށީގަ ހުންނާނެ ތިނޯސްވެސް! އެއަށް އަރައިގެން ދާން ވީނު! ތި ފައިވާނުގެ ކައްޓަށްވުރެ ރަނގަޅުވާނެ!!”

މަންމަގެ ހާސަރުގަނޑު އަޑުއެހުމަށްވުރެ ބެލްކަނިން ފުންމާލިއަސް މާ ބޮލަށް ފަސޭހަ ވާނެއެވެ. ނުބެހޭކަށް ކަމެއް އޮންނަނީކީއެއް ނޫނެވެ. މިއީ މިހާރުގެ ފެށަނެވެ. މަންމަމެން އުޅޭހެން ފާސްކުރި ހެދުން އަޅައިގެން އުޅެން ކެރޭ ހެއްޔެވެ؟ ވީ ފޫއްސެއްގެ ވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާއެވެ. އަހަރެން ގަޑި ބަލާލުމަށްފަހު ލިފްޓަށް އެރީމެވެ. އެއިރު ގަޑިން 8 ގަޑި 37 ވެއްޖެއެވެ.

މަގުމައްޗަށް ނުކުމެވުމާއެކު ދެލޯ ތިޔައީ ތަރަތަރަ ޖަހައިގެންނެވެ. އެންމެ ފުރަތަމަ ޤަބޫލު ވެސް ނުކުރެވުނެވެ. މުޅި މަގުމަތި ވަނީ އެކި ކުލަކުލައިގެ ބޮކިތަކުން ދިއްލާ އަޅާފައެވެ. މާދުރަށް ދާންދެންވެސް ފެންނަމުންދިޔައީ މި ހިތްގައިމު މަންޒަރެވެ. ހީވަނީ ރާޅުތަކުގެ ތެރޭ ރެދަން ލާފައި އޮތް ހެންނެވެ. އެ މަންޒަރު ބަލަންވެސް މިނެޓެއް ހާއިރު ވަންދެން އަހަންނަށް ހުރެވުނެވެ. ހަމަބިމަށް އާދެވުމާއެކު އަހަރެން ދެފަޔަށް ބާރުލާފައި ހިނގައިގަތީ ސުނާމީ ބިނާ ސަރަހައްދާ ދިމާއަށެވެ. އަހަރެންގެ ފަހަތުން ކަހަލަ ގޮތަކަށް ޝިފްނާ އާއި ޝިފާނާ އާދެއެވެ.

މާލޭގައި ނުދިއްލާ އެންމެ މަގެއްވެސް ނެތެވެ. ކޮންމެ މަންޒަރަކާ ދިމާއަށްވެސް އަހަންނަށް ބެލެނީ އަންތަރީސްވެ ހުރެއެވެ. މިހާ ބޮޑަށް ޒީނަތްތެރިކޮށްފައިވާ ތަނެއް ހަމަ ލޮލަށްފެނުނު މީ ފުރަތަމަ ފަހަރެވެ. ސުނާމީ ބިނާ ސަރަހައްދުވަނީ ގާތްގަނޑަކަށް ފުރިފައެވެ. ހަދާފައިވާ އުސް ސްޓޭޖްގެ ކުރިމަތީގައިވާ ސަރަހައްދު ވަނީ ފުރި ބާރުވެފައެވެ. ހީވަނީ ކަޅުއޮށް ފުންމިއަށް ކާފަރުން އަރާފައި އޮތް ހެންނެވެ. އަހަރެންވެސް ދޭތެރެއެއް ހާވާލުމަށްފަހު ދެ ކޮއްކޮއިން ގޮވައިގެން ވަދެއްޖެއީމެވެ. ސްޓޭޖް ފެންނާނެގޮތަށް ހުރެވޭނެ ކަހަލަ ތަނެއް ލިބުނީ ވަރަށް މަސައްކަތުންނެވެ. އެއިރު މުޅި ސަރަހައްދު ވަނީ މީހުންގެ ‘ސުމިސުމި’ ލެއްވުމުން ގުގުމާލާފައެވެ.

އަހަރެންގެ ހިތުގެ ތެޅުންވަނީ އިންތިހާއަށް ބާރުވެފައެވެ. އުފާ ނުވާންވީ ކީއްވެހެއްޔެވެ؟ އިރުކޮޅަކުން އަހަރެންގެ ކުރިމަތީ ހުންނާނީ ސަނަމްއެވެ. މަގޭ ސަނަމްއެވެ. ކެތްތެރިކަމެއް ނެތި އަހަރެން އިންތިޒާރު ކުރަމުންދިޔައީ ސަނަމް ފެންނާނެ އިރަކަށެވެ.

ކަންތައްވީ ހީކުރި ގޮތާ ހިލާފަށެވެ. އެންމެ ފުރަތަމަވެސް ގެނެސްދިނީ ދިވެހި ބޭނޑެއްގެ ލަވައެކެވެ. ވީ ފޫއްސެއްގެ ވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާއެވެ. ނަމަވެސް އަހަރެން ވަކި ކުރާނީ ކީއްހެއްޔެވެ؟ އިންތިޒާރު ކުރުން ނޫން އެހެން ގޮތެއް ނެތެވެ.

ލަވައަކަށްފަހު ލަވައެއް ނިމެމުންދިޔައެވެ. އޯޑިއެންސް ހީވަނީ ކެކި އަރާ ހެންނެވެ. ނަމަވެސް އަހަންނަކަށް އެއްވެސް މަޖަލެއް ނޫނެވެ. އަހަރެން ބޭނުމީ ސަނަމްއެވެ. ހަމައެކަނި ސަނަމްއެވެ. ދިގު އިންތިޒާރުގެ ނިމުން ފޮނިވާނެޔޭ ބުނާތީ އަހަމެވެ. އަހަރެންވެސް އިންތިޒާރު ކުރީ އެހެންވެގެންނެވެ.

އެންމެ ފަހުން ސަނަމް ސްޓޭޖަށް އަރާ ވަގުތު ޖެހުނީއެވެ. އަހަރެން މަޑުމަޑުން މޭގައި އަތް އަޅާލީމެވެ. މުޅި މީހާ ފިނިވެގެން ދިޔައެވެ. ސަނަމް ހަމަލޮލަށް ފެނުމުން އަހަންނަށް ކިހިނެއްވާނެބާއެވެ؟ މޮޔަނުވިއްޔާ ރަނގަޅެވެ.

ސަނަމްގެ ކުޑަ ޕްރެސެންޓޭޝަން އަކަށްފަހު ފެނުނީ ކުއްލިއަކަށް ސްޓޭޖު މައްޗަށް ސަނަމް އެރިތަނެވެ. އަހަރެންނަށް ހަޅޭލަވައިގަނެވުނީ ބޭއިޚްތިޔާރުގައެވެ. ހުރިހާ އެންމެންގަނޑު ހަޅޭފަޅޭ ލަވަންފެށިއެވެ. އަހަރެންވެސް ލެވުނުހާ ބާރަކަށް ހަޅޭލެވީމެވެ. ވެގެން ވާނަމަ އެންމެނެތަކުގެ ތެރެއިން ދުވެލާފައި ގޮސް ސްޓޭޖު މައްޗަށްވެސް އެރީމުހެވެ. އެހާވެސް ސަނަމް ގާތަށް އަހަރެން ދާހިތްވެއެވެ.

ސަނަމްގެ ހިތްގައިމު އަޑުން ލަވަ ކިޔަމުންދިޔައިރު އެއިން ކޮންމެ ރާގެއް އަހަރެންގެ އެންމެ ހިމަ ނާރުތަކާ ހަމައަށް ދިޔައީ އަސަރު ފޯރުވަމުންނެވެ. ސަނަމްގެ މަސްތުގައި އަހަރެން ހުރީ ހަމަ ރަނގަޅަށްވެސް ޖެހިފައެވެ. ކުރިމަތިވާންއުޅޭ ބިރުވެރި ހާދިސާގެ ކުޑަވެސް މިންވަރެއް އެކަކުގެ ސިކުނޑިއަށްވެސް އިހުސާސް ނުކުރެވޭ ފަދައެވެ. އެންމެންގެ ސިކުނޑިތެރެއަށް މުއުޒިކުގެ ޖޯޝް ވަދެފައިވަނީ އެއަށްވުރެ ބޮޑަށެވެ. އަހަރެންވެސް ހީވަނީ މޮޔަވެފައި ވާހެންނެވެ. ހަތަރެސްފައި ކޮޅަށްޖަހައިގެންހުރެ ހަޅޭލަވަމުން ދިޔައިމެވެ. އަހަރެންނަށް އުޅެވުނު ގޮތް ހަނދާން ވުމުންވެސް މިއަދު ބިރުގަނެއެވެ.

މަޝްހޫރު ދިވެހި ޒުވާން ލަވަކިޔުންތެރިއެއް ކަމަށްވާ މީރާ މުހައްމަދު މާޖިދުވެސް ސަނަމްއާ އެއްކޮށް ލަވަކިއެވެ. މީރާ ސްޓޭޖަށް އެރުމާއެކު އަހަރެންގެ ހިތުގައި ހީވީ އަލިފާން ޖެހިހެންނެވެ. މީރާ އެއީ ދެން ސަނަމް ކައިރީ ހުންނަން ކާކުހެއްޔެވެ؟ އަހަރެން ސަނަމް ކައިރިއަށް ގެންގޮސްދިނިއްޔާ ފަހެ ވާނީ ކިހިނެއްހެއްޔެވެ؟ މިރާ ސްޓޭޖުން ކޮއްޕާ ވައްޓާލަންވެސް އަހަރެންގެ ހިތަށް އެރިއެވެ.

ސުނާމީ ބިނާ ސަރަހައްދަށް އެއްވެފައި ތިބި ހުރިހާ އެންމެން ތިބީ ‘ހަމަހެއަކު’ ނޫނެވެ. އެމީހަކަށް އުޅެވުނު ގޮތަކަށް އުޅެމުންދިޔައިރު ހިތުގައި ކުޑަވެސް ބިރުވެރިކަމެއް ނެތެވެ. މިރޭ ހިނގަން އެ އުޅޭ ހާދިސާ ކުރިން އަހަންނަށް އެނގޭނަމަ އެތަނަށް އަހަރެން ނުދިޔައިމުހެވެ. ނަމަވެސް ތަގުދީރު ބަދަލު ކުރެވޭނީ ކާކައްހެއްޔެވެ؟

ކުއްލިއަކަށް އިވުނީ ބާރުފަދަ އަޑުފައްގަނޑެކެވެ. ހީވީ ބޮޑު ފަރުބަދަ ފަޅިއެއް މަތިން ވެއްޓުނުހެންނެވެ. ހުރިހާ އެންމެން މައިތިރިވިއެވެ. އެއާއެކު ކަރަންޓު ކަޑައިގެންގޮސް މުޅިތަން އެކީ އެކައްޗަކަށް އަނދިރިވެގެން ދިޔައެވެ. ހީވީ ލޮލުގެ ފެނުން އެއްފަހަރާ ނެތިގެން ދިޔަހެންނެވެ. ނަމަވެސް އިރުކޮޅަކުން އެ އަނދިރިކަމަށް އަހަރެންގެ ލޯ ހޭނުނެވެ. ހަނދުވަރުގެ ސަބަބުން ކުޑަކުޑަކޮށް ތަންތަން ފާހަގަވާވަރުވެއެވެ. އެއިރު އަންހެނުންނާއި ކުޑަކުދިން ރޯއަޑުއިވެމުންދިޔައެވެ. އަހަރެން ފަހަރަކު ކޮޅަކަށް ބަލަން ހުރީ ވާނުވާ ނޭނގިފައެވެ. މުޅި މާލެއިން ކަރަންޓު ކެޑެންވީ ސަބަބެއް އަހަންނަކަށް ނޭނގުނެވެ.

ކުއްލިއަކަށް އެންމެން އެއްފަހަރާ މަތިބަލަން ފެށިއެވެ. އަހަރެންވެސް ބަލާލީމެވެ. އެއާއެކު ހީވީ މޭގަނޑު އަނގައިން އައިހެންނެވެ. މުޅި ސަރަހައްދަށް އަލިފާން ފަތުރަމުން ބާރު ސްޕީޑްގައި މަތިން ފައިބައިގެން އެ އަންނަނީ ބޮޑު ހިލަގަނޑެކެވެ. އަހަރެންގެ އަނގަހުޅުވިގެން ދިޔައެވެ. މުޅި ގައިން ހީބިހި ހިލުވާލިއެވެ. ދުއްވައިގަންނަންވެސް ނޭނގިފައި އަހަންނަށް ހުރެވުނީއެވެ. މީހުންތައް އެކި ދިމަދިމާއަށް ދުވަން ފެށިއެވެ. އަހަރެންގެ ދެފައި އަހަރެންގެ އަމުރަށް ކިޔަމަނެއް ނުވިއެވެ.

މަތިން ފައިބައިގެން އައި ގިނިހިލަ އެ އައިގޮތަށް އައިސް ވެއްޓުނީ ސުނާމީ ބިނާ ހުރި ދިމާއިން މޫދަށެވެ. އެއާއެކު މޫދުގެ ލޮނުގަނޑު އުފުލިގެން ދިޔައެވެ. އުފެދުނު ބޮޑު ރާޅުބައިނި މިސްރާބުޖެހީ ތޮށިގަނޑާ ދިމާއަށެވެ. އަހަރެންނަށް ހަމަހޭވަރިކަން ލިބުނީ އެހަހިސާބުންނެވެ. ފަޔަށް ލެވުނުހާ ބާރެއްލާފައި ދުއްވައިގަނެފީމެވެ. އަހަރެންގެ ކޮއްކޮމެން ވީތަނެއްވެސް އަހަންނަކަށް ނޭންގެއެވެ.

އުފެދުނު ރާޅު ބާނި ތޮށިގަނޑު ގިރާކުރުމަށްފަހު ބިންދާލީ މަގުމައްޗަށެވެ. މުޅި ސަރަހައްދަށް ލޮނުގަނޑު ފެތުރިގެންދިޔައެވެ. އަހަރެންވެސް ތެމުނެވެ. ނަމަވެސް އެކަމަށް އެއްވެސް ފަރުވާލެއް ނުބަހައްޓާ އަހަރެން ބެލީ އެތަނުން ދުރަށް ދެވޭތޯއެވެ. އެވަގުތު އިވުނު ބާރު އަޑުފައްގަނޑުގެ ސަބަބުން އަހަރެންގެ ދެ ކަންފަތް ބަށްވެގެން ދިޔައެވެ. ބިންގަނޑަށް އަންނަމުންދިޔަ ލޮޅުމުގެ އަސަރު އަހަރެންގެ ފަޔާ ހަމައަށްވެސް ފޯރިއެވެ. އަހަރެން ހުއްޓުނީމެވެ. ހިތުގެ ތެޅުން ބާރުވެފައި ވަނީ އިންތިހާށެވެ.

ބާރުފަދަ އަޑުފައްގަނޑަކަށް ފަހު މުޅިތަން ހަމަހިމޭންވިއެވެ. އަހަރެން ހުއްޓިގެން ހުރީ ދެން ވާނީ ކިހިނެއްކަމެއް ނޭނގޭތީއެވެ. ހަމަހިމޭންކަން މުޅި ސަރަހައްދަށް ވެރިވެފައި އޮތީ އެންމެ 2 ވަރަކަށް މިނެޓަށެވެ. އަނެއްކާވެސް ހަމަ އެފަދަ އަޑުފައްގަނޑެއް އިވުނެވެ. ނަމަވެސް މިފަހަރު ހަމައެކަނި އަޑުފަށްގަނޑެއް އިވުނީކީނޫނެވެ. ބިންގަނޑަށްއައި ލޮޅުންގަނޑު ބާރުވަމުންގޮސް އެންމެ ފަހުން ކޮޅަށް ނުހުރެވޭ ވަރުވިއެވެ. އެވަގުތު ސުނާމީ ބިނާ އަރިއަޅާލި މަންޒަރު ނުހަނު ސާފުކޮށް އަަރެން ދުށީމެވެ. އުސްކޮށް ދަނގަޑުން ފަރުމާކޮށްފައި ހުރި އެ ބިނާ އެއްވެސް ހިފެހެއްޓުމެއްނެތި ގޮސް ލޮނުގަނޑުގެ ތެރެއަށް ޖެހުނެވެ. އެއިރު އެ ދިމާއިން ބިންގަނޑުގައި ރެނދުލަމުންދިޔައެވެ. އިސާހިތަކު އެ ރެނދުތައް ބޮޑުވަމުން ފުޅާވަމުންގޮސް ބޮޑެތި ބާގަނޑުގަނޑު އުފެދިއްޖެއެވެ.

އެ ހުރިހާ މަންޒަރުތަކެއް ބަލަން އަހަންނަށް ހުރެވުނީ އަނގަ ހުޅުވިފައެވެ. އެއިރުވެސް މީހުންތައް ކޮޅުކޮޅުމައްޗަށް ދުވަމުން ހަޅޭލަވަމުންދިޔައެވެ. ކުއްލިއަކަށް މީހަކު އައިސް އަހަރެންގެ ގައިގާ ޖެހިގަތެވެ. އެއާއެކު ކޮންޓްރޯލުން ނައްޓާލައިގެން ގޮސް އަހަރެން އެތަނަށް ވެއްޓުނެވެ.

“މަންމާ!!” އަހަރެން ހަޅޭލަވައިގަތީމެވެ. “އަހަރެން ސަލާމަތްކޮށްދީ! އަހަރެން މިތަނުން ނަގައިދީ!”

“ދޮންތާ ދޮރު ހުޅުވަބަލަ!” ކުއްލިއަކަށް އިވުނީ އަހަރެންގެ ކޮއްކޮގެ އަޑެވެ. އަހަރެން ލޯ ހުޅުވާލީމެވެ. ފެނުނީ އެނބުރެމުންދިޔަ ފަންކަލެވެ. އެއާއެކު ފުންމައިގެން ތެދުވީމެވެ. މީހާވަނީ ދާހިއްލާ ފޯވެފައެވެ. ހިތުގެ ތެޅުން ބާރުވެފައިވަނީ އިންތިހާއަށެވެ. ބިރު ނުގަންނާނީ ކާކުހެއްޔެވެ؟ އެފެނުނީ ހާދަހާވާ ބިރުވެރި ހުވަފެނެކެވެ. އެވަގުތު ފާރުގައި ހުރި ގަޑި އަހަރެންގެ ލޮލުގައި އަޅައިގަތެވެ. ގަޑިން ރޭގަނޑު 8 ޖަހަނީއެވެ.

އެނދުން ތެދުވުމަށްފަހު ދޮރުހުޅުވާލީމެވެ. އެއިރު އަހަރެންގެ ކޮއްކޮ ޝިފްނާ ދޮރުމަތީ ހުއްޓެވެ.

“ވަރަށް ހިތާމަވެރި ޚަބަރެއް! މިރޭގެ ޝޯ ކެންސަލް ވެއްޖެ ވިއްސާރަ ކަމުން!” ޝިފްނާ ބުނީ އެހެންނެވެ. އެވަގުތު އަހަރެން ބެލްކަނިން ބޭރު ބަލާލީމެވެ. ވަރަށް ބޯކޮށް ވާރޭ ވެހެމުންދިޔައެވެ. އަހަރެންނަށް ފުން ނޭވާ އެއް ބޭރުކޮށްލެވުނެވެ. ނަސީބެކެވެ. ސަނަމްގެ ޝޯ ބަލަން ދާން މަށަކަށް ދެން ވާ ލާހިކެއް ނޫނެވެ. ހަމަ ރަނގަޅަށްވެސް ބިރުގަނެއްޖެއެވެ. އަހަރެން އަވަސް އަވަހަށް ގޮސް ފާރުގައި ހިތްޕާފައިހުރި ސަނަމް ގެ ޕޯސްޓަރު ވީދާލީމެވެ.

ނިމުނީ

18
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Hoody

Other Articles

Previous

ހިޖުރަ (ވިހިވަނަ ބައި)

Next

ޝައިން (ޕާޓް-14)

Next
September 2, 2015

ޝައިން (ޕާޓް-14)

Previews
September 1, 2015

ހިޖުރަ (ވިހިވަނަ ބައި)

110 Comments

  1. Hoody says:
    September 1, 2015 at 5:21 pm

    Hey All readers! kihinehtha? Ummeedhu kuran mi storyvex kamudhaane kamah! Enjoy it!!

    1. UHAF says:
      September 2, 2015 at 11:00 am

      INTERESTING STORY…. V MAJAA HOODY GE IDEA HAMA HABEYS….

    2. Aishath says:
      September 4, 2015 at 2:31 pm

      Hoody fb use kuran ta

  2. ryn says:
    September 1, 2015 at 5:22 pm

    hahaha … hoody vess dhw … sanam .. haadha reehchey dhw eyna .. i love him n his songs … mi story vess v salhi .. sanam ge fan eh tha hoody vess thy???? hehehehe …

    1. Hoody says:
      September 1, 2015 at 5:27 pm

      Thnkx ryn! No Im not a huge fan of him!

    2. Yermern says:
      September 27, 2015 at 8:19 pm

      vedhaane thihen kamahvex. eii ma friendekey. nambarvex ebaoii

  3. dimple says:
    September 1, 2015 at 5:25 pm

    Lol

  4. ryn says:
    September 1, 2015 at 5:31 pm

    hahahahaha .. bans kapooroa … hoody konthaakun mihaa mohu ideas ananany????

    1. Hoody says:
      September 1, 2015 at 5:34 pm

      hehe!!! eiy hama mihen ulheyiru meehun bunelaa ehchehi!!!

  5. ryn says:
    September 1, 2015 at 5:34 pm

    i mean mi story lyan furathama hithah ery kihineh ? …

    1. Hoody says:
      September 1, 2015 at 5:36 pm

      Sanam ge Show beli rey hithah ery kommes story eh lielaanamey! but fahun busy vegen story ge ebbai liyefa beyndhee!! dhn miadhu nimmaalaafa mi upload kuree!! 🙂

  6. Saajidh says:
    September 1, 2015 at 5:37 pm

    V reethi

  7. ryn says:
    September 1, 2015 at 5:43 pm

    dhn kon dhuvahakun hoody ge long story eh fennaany????

    1. Hoody says:
      September 1, 2015 at 5:46 pm

      Aslu maa busy veema long story eh nufeshigen miulhenee!! abadhu school ga ulhen jehenee!!!

  8. Nabhaan says:
    September 1, 2015 at 5:44 pm

    Hahahaha…salhi ingey

  9. naj says:
    September 1, 2015 at 5:50 pm

    Vv magaa n nice..hood kihonetha ehaa reecha story liyaney?

  10. naff says:
    September 1, 2015 at 5:52 pm

    Haadha reehchey vaahaka… 3 faharu kiyaafa comment mikury…. foohi nuvey… thigothah kuriyah dhey hoody insha allah u will be the best writer….

  11. zahuuu says:
    September 1, 2015 at 5:54 pm

    Hahaahhaahahah..this one is way tooo funny..i loved it!!!

  12. shx says:
    September 1, 2015 at 6:28 pm

    vvvvvvv reethi hoody ge thi storyy..hehe..sanammmm

  13. your sister says:
    September 1, 2015 at 6:33 pm

    Hoodh aky v molhu vaaha liyun theriyakah vaane kamah unmeedhu kuran. Hoodh upload nukuraa vaahakaves kiyaafa hunnaane. Hoodh liyefa hunna vaahaka thah v reethi. Bodah hoodh liyaakamah faahaga kureveny hageege haadhisa thaka gulhuvaigen.
    Adhives upload kuran buni vaahaka uploadeh nukuramehnu hoodh. Adhives evaahaka v kiyaa hiyvey.
    All the best

    1. Hoody says:
      September 1, 2015 at 8:25 pm

      Thnkx Sis! E story vex adhi Up kuraanan In Sha Allah! Aslu handhaan nethifaey mi hunnaneee vex!! Thnkx for the reminder!

  14. prrrrrr says:
    September 1, 2015 at 6:43 pm

    Hahahaha 😀 lol… salhi ingey… sanam. :p sanam :p ^-^

  15. Mush says:
    September 1, 2015 at 6:50 pm

    Meethi salhi ey…varah salhi..

  16. SARA MUBARIK says:
    September 1, 2015 at 6:53 pm

    V SALHI… ALHUGANDUGE KOKKO VX MI VAAHAKA KIYAAFA HEE HEE BALIVEJJE.. NICE,, ND GUD LUCK HOODY…

  17. Aishaa says:
    September 1, 2015 at 7:11 pm

    Hoody thee varah majaa kuhjeh tha??

    1. Hoody says:
      September 1, 2015 at 8:24 pm

      Yea!! varah varah majaa vaane!!! varah anga gadhavex vaane!! hehe

    2. Mish says:
      September 1, 2015 at 9:14 pm

      aslu tha hoody … hoody amihla yah anga gadha vaahaka bunaany haadha anga gadha vyma ey dhw??? … hehehe …. hoody thy kon rasheh ge kuhjeh tha??? just asking ingey

  18. Crazi says:
    September 1, 2015 at 7:12 pm

    Hoodh nice story but sanam ge lacatha aslu vrh hama shalhi..insha Allah ehkahala kameh dhuvehiraaje ah min varu nukurah vaashi Ameen

  19. finni says:
    September 1, 2015 at 7:22 pm

    hoody aslu vvvvvvv rangalu ibrathey thi story haasil vey aslu songs Adu ahumaky haraan kammey but hama Dhivehinge gina baey ge Aadha vvvvvvv nice keep it up. . .

  20. gurey says:
    September 1, 2015 at 7:51 pm

    Just wow….. sifa kurun habeys….. heeevee show balan gos hurevunu hen….. keep it up

  21. aria says:
    September 1, 2015 at 7:59 pm

    V ibraiytheri vaahaka eh…good job hoody…nice story…n all the best

  22. Hoody says:
    September 1, 2015 at 8:23 pm

    Thnkx all!!!! thnkx!! 🙂

  23. shaany says:
    September 1, 2015 at 8:24 pm

    Nice story. All the best

  24. pary says:
    September 1, 2015 at 8:30 pm

    Ey sanam buri ey ee maamoyu meehetha . Story gud hama voneyma kairi kamey ey ee they dey male ga thibi anhen kudin na heevee dhen eyvaru ga kamey ney hen . Namadu gadi ves eymeehun hadaaney ney ey buri akaageyhigen gos

  25. Naphiu (Batman) says:
    September 1, 2015 at 8:42 pm

    Salhi bro. Keep it up 🙂

  26. nukko says:
    September 1, 2015 at 9:39 pm

    Sanam ge vaahaka eg hoody liyunyy dw.. im a huge huger and hugest fan of him. I lov his voice his smyl his dimple his style of talkin walkin singin.. im wordless… he is so cute… I lov his songs.
    And I lov ur stories tooo hoody… Hehe. V habeyx mi story vs. Hop to c another one of u sooon.

  27. Sam says:
    September 1, 2015 at 9:44 pm

    Hahaha…. Hama paani puri dhw Hoody..! ?? BTW aslu baeh song v rythi… But I hate these Maldivian ladies…! I guess you too man.. Right..??

    1. Hoody says:
      September 2, 2015 at 6:12 am

      Yea Sam! baeh songs varah reethi!
      But Maldivian hurihaa girls eggotheh nuvaane dhw! ulhey rangalhu visney kudhin vex! 🙂

  28. demon says:
    September 1, 2015 at 9:45 pm

    I thought I was in the story. Keep it up.

  29. Shabee says:
    September 1, 2015 at 10:10 pm

    hehehe vrh majaa….. 😛

  30. twins says:
    September 1, 2015 at 11:09 pm

    Mee real story hama name change kolaaafa ekamu vara sali

  31. me says:
    September 2, 2015 at 12:12 am

    Lol. Dhn mi vaahaka in ves ibratheh haasil kuran vejje nun mi ulhey fans thah. Sanam r hedhi thi ulhey varah quran kiyava meehaku or qaary aka hedhi ulheny kithah meehun?? E show ah dhiya varah male ga mi baavva dharus thakah dhany kitha meehun baa??? Eves ethah gadi irehge kurin que ga jehifa tickets nagaigen. Dharus thakah ticket nagany kee eh noon. Ekam show thah balan dhaane maruvaan kairivefa onna iruves ticket nagaigen.

  32. shumm says:
    September 2, 2015 at 1:21 am

    Haha… Varah salhi….

  33. Hoody says:
    September 2, 2015 at 6:13 am

    Thnkx All!! 🙂

  34. nihaa says:
    September 2, 2015 at 6:24 am

    Nice… LoL:)

  35. Anonymous says:
    September 2, 2015 at 9:54 am

    Ye sanam koanhe?

  36. Anonymous says:
    September 2, 2015 at 10:01 am

    Foto ga einytha sanam aki? alhe konmeves kunjaku bune dhybala eynage lava ehviyas..

    1. nukko says:
      September 2, 2015 at 11:51 am

      Hmm aee sanam puri the vocalist of band sanam..
      yeh raatein ye mausam
      Aapki nazron se samja
      samjhawan
      meri meheboob qayamat hogi
      lagja gale
      Mere sapnoki raani
      Jaantha tha
      Ishq bhulava
      ek ladki ko deka to aisa laga
      O mere dil ki chain
      tum hi ho cover
      miee songs thakeh sanam kiyaafa huri

    2. sanam fan says:
      September 2, 2015 at 11:52 am

      Hmm aee sanam puri the vocalist of band sanam..
      yeh raatein ye mausam
      Aapki nazron se samja
      samjhawan
      meri meheboob qayamat hogi
      lagja gale
      Mere sapnoki raani
      Jaantha tha
      Ishq bhulava
      ek ladki ko deka to aisa laga
      O mere dil ki chain
      tum hi ho cover
      miee songs thakeh sanam kiyaafa huri

    3. kennukbee says:
      September 2, 2015 at 12:11 pm

      Nukko u knw all his songs wow. Thum tho usky bohoth bady fan ho.?

    4. kennukbee says:
      September 2, 2015 at 12:14 pm

      Hoody aky boy ehnu full name innaane jahaafa photo gadu ga

    5. Aarsh says:
      October 28, 2015 at 5:04 pm

      Mary did u know
      I am not only the one
      Ye raatein ye mausam
      o mere dil ki chain
      mere sapno ki raani
      jaantha thaa
      mere meheboob qayamat hogi
      aapki nazrone samja
      samjaawan
      lag jaa gale
      dilbar mere
      ishq bulaava
      ek ladki ko daika to aisa laga
      tum hi ho cover
      hum bewafa hargis na the
      pal pal dil ke paas
      kora kagaz tha man mera
      roop tera mastana
      badalne ke inthizaar me
      tera vina shyam
      tumi robe nirobe
      garmi di tu
      mein hoon
      Khushnaseeb
      paa hi liya
      tujse naraz nahin zindagi
      teri aankhonse
      duaaa
      THESE ARE SUM SONGS OF SANAM 😉

  37. santhi says:
    September 2, 2015 at 10:11 am

    Hoody thi grl eh tha??!! 😉

    1. Hoody says:
      September 3, 2015 at 6:03 am

      hehehe!!!! Nooney! alhugandu mee boy eh!! Kihineh vee shakku vee anekkaa??? :O

  38. shx says:
    September 2, 2015 at 11:21 am

    eiy boy ekennun tha …hehehehhe..hoooooodh kanneynge kiyanyy dhw hoodiii

  39. naj says:
    September 2, 2015 at 1:57 pm

    Hoody akey boy eh hen heyvaney…but sometimes girl ?

  40. naj says:
    September 2, 2015 at 1:58 pm

    Seems like its a secret

    1. Anonymous says:
      September 2, 2015 at 2:17 pm

      Bunan thi ulhwny keekay?

    2. Hoody says:
      September 3, 2015 at 6:15 am

      Itx not a secret naj! alhugandu mee boy eh! Story ga girl kujjeh ge nazarun liyefa hureema dhw thihen thi bunee!! Story liyaairu jeheyne hurihaa emmenge nazarun visnan! baeh faharu girl kujjehge ihusaasthah varaha rangakhah engigen noony story eh nuliyeveyne!!

  41. Zau says:
    September 2, 2015 at 4:29 pm

    V rangalhu iburatheh mi story in libey…..music aky Allah haraam kurahvaafaiva kamehkamahvumun mifadha biruveri haadhisaa ehvx dhimaa vumaky iraadhafulhuga vedhaane kameh…baeh anhen kudhinvx dhn Hollywood or bollywodd star ekey bunefihya thibeny dhuniyeyn moyavefa…

  42. esfiya says:
    September 2, 2015 at 5:43 pm

    reethi vaahaka eh!

  43. Goathi kujjaa says:
    September 2, 2015 at 6:18 pm

    story wrh rythi ngey.. keep it up..
    Molhu waahaka liyun therieh thy hama…

  44. laali says:
    September 2, 2015 at 7:08 pm

    Mikahala vaahaka ginain genes dhinun edhen

  45. shiaa says:
    September 2, 2015 at 9:06 pm

    saabas hoody gadah , hehehe , sanam ooo , hahaha , nuves kiyaa mi comment kury sanam inyma name ah story ge , hahhahaha , comment kuraanan igey kiyaalaafa

  46. shiaa says:
    September 2, 2015 at 9:19 pm

    vr majaa , i hate sanam , ekam miulheny mifahar eid ga hinnavarah sanam gennaathy hinnavarah dhaan , hahaha , aslu sanam annaanthykyeh noon , meera ves annaanthy , hehehe , hama banas kapoor aa , paany poory eyy , shiaa mom sanam poory kiyan kiyaany paany poory , hahahaha , hoody gadaa , dhen kon irakun tha ehn story eh fennaany , cant wait

  47. zai says:
    September 2, 2015 at 9:52 pm

    V majaa..n nukko thinuunas sanam kiyaafa huri baivaru songs eba huri..zai knme dhuvahakuvex youtube,twitter n instagram balan sanam ge new song eh hureythwww..ehenwe mihen mibunii..but im not huge fan of sanam puri just hama ekani songs thah balaalanii..

  48. yaeesh says:
    September 3, 2015 at 4:38 am

    hoody.. finalllllyyy… my favourite author iz here… hoody biruveri vaahakaeh plzzzz plz plz.. kalhu finifenmaa kahala.. kon dhuvaheh hoody ge story akah inthixaaru kuraathaa

    1. Hoody says:
      September 3, 2015 at 6:18 am

      varah beynun long story eh liyan! but evarakah vagutheh nulibey!! ehnve!!! Thnkx!

  49. Hoody says:
    September 3, 2015 at 6:18 am

    Thnkx all!!! 🙂

  50. shiaa says:
    September 3, 2015 at 10:35 am

    dhen hoody nufennaane tha ? plxx biruveri story eh genes dhyba , like havaathif , hehehe , its my favourite one ,

    1. Hoody says:
      September 3, 2015 at 10:44 am

      Nuney Shiaa!!! adhivex ekhala stories fennaane In Sha Allah!!

  51. shiaa says:
    September 3, 2015 at 11:27 am

    oo ,

  52. dhynya says:
    September 3, 2015 at 11:42 am

    Mikahala majaa story eh varah fahkaa vaane luv story akaa mix kohlaigen liyunyma hoooody

  53. jessica says:
    September 3, 2015 at 11:56 am

    jst amaxing

  54. shaakko says:
    September 3, 2015 at 8:25 pm

    I love your stories, Hoodie. plot varah reethi adhi story build koffa hurigoh, its awesome! Keep up the good work 😀

  55. shx says:
    September 4, 2015 at 10:51 am

    hooooooodeeeeeeeeeee

  56. blue says:
    September 4, 2015 at 12:23 pm

    i love your stories hoody…a big fan of u

  57. jana says:
    September 4, 2015 at 8:42 pm

    hoodhy kon grade eh tha?

  58. jana says:
    September 4, 2015 at 8:43 pm

    hoody a beautiful story igey
    story kiyamun dhiya iru hama kiyaa hiy v adhi dhigu kuri nama i am a fan of sanam eyna haadha rychea dhww n iluv ur story

  59. jana says:
    September 4, 2015 at 8:47 pm

    hoody kn grade eh tha?
    pls reply me
    i luv your story

  60. avil pearl says:
    September 4, 2015 at 8:51 pm

    a beautiful story hoody……..
    in which grade u are?

  61. avil pearl says:
    September 4, 2015 at 8:52 pm

    hoody schhol nimihjje tha?

  62. Avil pearl says:
    September 4, 2015 at 8:55 pm

    hoody ge faraathun adhi miah vuren dhigu story thah fennaaane kamah ummeedhukurann……

    1. Hoody says:
      September 4, 2015 at 10:17 pm

      Thnkx! No Avil pearl! Hoody miulhnenee frage 12 ga!

  63. Avil pearl says:
    September 5, 2015 at 9:07 pm

    kkkkkkkk u are welcome

  64. Avil pearl says:
    September 5, 2015 at 9:11 pm

    mulhi mi site ga vess hoody liyefa hunna storys thah emme kamudhany<3

  65. jana says:
    September 5, 2015 at 9:12 pm

    mulhi mi site ga vess jana ah emme kamudhany hoody ge stories thah,3

    1. fuck says:
      September 5, 2015 at 9:16 pm

      heheheheeh jana haadha ey dhww…..

  66. jana says:
    September 5, 2015 at 9:17 pm

    hey kaakutha fuck liyegen mi ulheny i hate those words

  67. fazeel says:
    September 6, 2015 at 12:28 am

    varahh shalhi den sanam poori nugehnaane

  68. mary says:
    September 7, 2015 at 10:15 pm

    Lol

  69. Emy says:
    September 8, 2015 at 12:17 pm

    ahahha………..dis is awesome… hama v salhi…..

  70. nawhoo says:
    September 9, 2015 at 12:01 pm

    Myyy gooddd hooodeee myyy kokkkeee ? ma hiehh nukurannn mevee dhuvas kolhu thereyga hoodee mihaaa famouse vaane kamakah hingaalaifi ingeyyy dhen ma mi ehchix nahaavanyakaa neyngeyne ehnnu dhw keep it uppp myy littile brww… thee mashah thi myhakuge waahaka thah dheynamey buni myhaa nudhe mehnnu.. nd ma bxyy kamun esfiya haavaa nuleveythee hoodee ge waahakathah nuki igen ulhunyy nd miadhu finlyy time vegn hama hoodee ge stry thah mi kianyy.. uuu arr amaizing meeehàa inshaa allah..

  71. nawhoo says:
    September 9, 2015 at 12:04 pm

    Meehaa… ??e majaa ingeeyy

  72. Juma says:
    September 12, 2015 at 3:38 pm

    Story habeys ekm kamaku nudhiya sanam ge poster iraaleema.. e bai nulee nama.. v dhera vehjje ingey

  73. Sanam puri says:
    September 12, 2015 at 3:55 pm

    Alhe magey show ah myhun nugenan bala jehsi story

  74. Shau says:
    September 12, 2015 at 4:13 pm

    Hehe… im not sanam’s fan. Im ur fan hoody.. LOVE YUH HOODY ??????❤????❤??????????

  75. Nuzoo says:
    September 12, 2015 at 4:22 pm

    Haaaaaaai…. kapoory kihinnehtha? haadha zamaaneh kohffa ey dw kapoorige story eh athuga mijehunee…. ko baa Havaathif ge 3rd season… avahah up kurachey… time libey varakun… kapoory keeve FB ga fonuvi frnd request ah reply nukuree…inthizaaru igea

  76. shiu says:
    September 16, 2015 at 1:59 pm

    heeeeeeeeeeeeiiiiiiiiiiii…………!!!!!!!!!! varah maja story eh… adhi miah vure funny story eh fehnaane kamah hope kuran……. :o;o:o;O

  77. AIKKO says:
    September 20, 2015 at 5:43 pm

    aslu me vaahaka ah vadhevuneemaa! hivanee aslu kamehen. OMG!

  78. maddeline says:
    September 30, 2015 at 10:20 am

    PSPS SANAM I HATE HIM

  79. xary says:
    October 13, 2015 at 7:52 am

    varah salhi..

  80. midnight girl says:
    October 17, 2015 at 10:35 pm

    Alhey hoody haadha molhey….. varah reethi mi story……

  81. anonymous says:
    October 22, 2015 at 10:56 pm

    Lahka meekeh vaa sanam aki?

  82. Aarsh says:
    October 23, 2015 at 4:11 pm

    No matter what people says abt Sanam , I am his fan and I know I cant get him bt becoming his fan and love him is something different …Anyways nice story hoody bt konmehen sanam ge show ah dhiaama eh noon thaa e haadhisaa hinganee dhoa ??? … NICE STORY ????

    1. Ierer says:
      October 24, 2015 at 10:18 am

      eyna ah lyk kurahchey konmehen eyna rethi kamunnen noon
      Eyna ge voice and songs rythi v ma
      I like him because of his voice and songs with his style and smile

  83. stefan says:
    October 25, 2015 at 7:31 pm

    hoody…..this is the Only story I found from all story sites with amazing plot and real character implemented ever!!! and character feelings you’ve brought us 100 percent perfectly. I’ve judged many stories but this is the only one story I will award as 1st among all sites(from judged stories). all fictious….description a nice make up!!! 🙂 I think hoody will change one of the girl’s life among here……seems your born talent…character is what you make in your mind & heart.and description is what you cannot see in a scene that we call imagination. you have gone through it perfectly….well!! good lucks * make difference….

    1. Naani says:
      November 27, 2015 at 5:10 pm

      So true stefan…. Assu meeegenn anhenkudhinn ibraiyy libigannan ebajehyy…!! Dhuniyevy ufalaa majalugaa vaguthuthah heydhakuramunnn dhaaeru, Allah devvafaane ugoobaathakah visnaanan ebajeheyy.. Mee raajeyge haalathu mihaaru… Hoody I salute yew… Assu hoody thikdhekey gothah hurihaa emmen dhekeynama kihaa rangalhu…

  84. princess says:
    March 7, 2016 at 10:47 pm

    ekam mi thankolheh bodhu varu……….mi firihen verin haadha j ve a dhw

  85. Maya says:
    December 1, 2017 at 8:12 pm

    Wow…hoody your the best!!

Comments are closed.

All Right Reserved!