“މާމާ އަޅުގަނޑު ބުނާނަން” އާއިކް ކުރިއަށް ޖެހިލާފައި ބުނެލިއެވެ. އެއާއެކު ޔުއާން އަށް ލޯ މަރާލެވުނީ އޭނާގެ ހަގީގަތް ދެން ޒަރިވާގެ ކުރިމައްޗަށް އަންނަން އެންމެ މިނިޓެއްވެސް ނެތޭ ހިތަށް އެރުމުންނެވެ.
މާމާ ދޮން…” އާއިކް ގެ ޖުމްލަ ހުއްޓުނީ ޒާރިވާ ގެ ވާހަކައިންނެވެ.
“މަޑުކޮއްބަލަ އިކް.. ދެކުދިންގެ ދެމެދު ގަ އޮތް ކަމެއްވިއްޔާ ވާހަކަ ދައްކައިގެން ހައްލު ކުރަން ވާނީ… މިހާރު ތީ ވެސް ބޮޑެތި ވެފަ ތިބި ދެކުދިން” ޒާރިވާ ބުނެލިއެވެ.
އެއާއެކު ޔުއާން އަށް ހިފައްޓައިގެން ހުރި ނޭވާ ބޭރުކޮއްލެވުނެވެ.
ދެމީހުން ވާހަކަ ދައްކަން ފުރުސަތު ދީފައި ޒާރިވާ މެން ނުކުތީ އަފްޝީން ގެނައި ސައިތަށި ސައިޑް ކަބަޑް މަތީގައި ބެހެއްޓުމަށްފަހު އެ ބުއިމަށް އާއިކް ގާތު އެދުމަށްފަހުއެވެ.
“އިކް އަށް ކީއްވެތަ ނުވިސްނެނީ… ވަގުތު ބޭނުމޭ… އިކް އަކަށް ނޭގޭނެ… އެއްވެސް އެއްޗެއް. އަހަރެންގެ ދަރިފުޅު މިހާރު އެދަނީ އެތައްކަމަކާ ކުރިމަތިލަމުންނޭ…” ޔުއާން އަށް ނުރުހިފައި ބުނެވުނެވެ. “ދޮންބެ ތި ބުނާވަރަށް ނުދެވޭނެކަންނޭގެ އެއްވެސް މީހަކަށް ވަގުތެއް…” އާއިކް ވެސް ގޮތް ދޫކުރާކަށް ބޭނުމެއްނޫނެވެ. “ދޮންބެ ގެ ސަބަބުން އަހަރެންނާ އާރާގެ ގުޅުމަށް…”
“އާރާ އާރާ އާރާ… އާރާ އާ އެކީ އުޅެބަލަ. އާއިކް ޕްލީޒް. ހުއްޓާލާ… އަހަރެންގެ ދަރިފުޅަކީ އޯޓިސްޓިކް ކުއްޖެއް… އެކުއްޖާ ގެ ހިތުގެ މައްސަލަ ހުރޭ ފުއްޕާމޭ މައްސަލަ ހުރޭ… މިކަން މައިލީން އަކަށް ނޭގޭ. އިނގޭ ހާވެސް އެއްޗަކީ ހިތުގެ މައްސަލައެއް ހުންނަކަން… ކިހާ ސީރިއަސް ކަމެއް ނޭގޭ…. އާއިކް ޕްލީޒް… އަހަންނަށް ވަގުތު ކޮޅެއް ދީބަލަ. އިތުރަށް މި ބޯ ނުގޮއްވަބަލަ” ޔުއާން އަށް ބާރަށް ބުނެވުނެވެ. އަދި އެ ކޮޓަރިން ނުކުންނަން ހިނގައިގަތެވެ.
ދެންމެ އިވިގެން ދިޔަ ހަގީގަތުން އާއިކް އަށް ވެސް ހުރީ ހުއްޓުން އަރާފައެވެ. އެނާ އަށް އެނދުމަތީގައި އިސީދެވުނީ ބޮލުގެ ރިއްސުން އިތުރު ވިހެން ހީވުމުންނެވެ.
ހަވީރު އަތަށް އެޅި އިރު ސާފުކޮއް އޮތް އުޑުމަތި ކަޅު ވިލާތަކުން ފުރާލައިފިއެވެ. ވައިވެސް ގަދަވަމުން ދިޔައީ ތޫފާނެއްގެ އިންޒާރު ދޭފަދައަކުންނެވެ. މަގުމަތީގައި އުޅުނު މީހުންވެސް އުޑުމައްޗަށް ބަލަމުން އެމީހަކު ދާން ބޭނުންވާ މަންޒިލަށް ދެވޭތޯ ފިޔަވަޅުތަށް ބާރުލަމުން ދިޔައެވެ. ލާވިޔާ ގުޅާފައި ޔުއާން ގާތު ހޮސްޕިޓަލަށް އައިސް ދިނުމަށް އެދުމުން ޔުއާން ވެސް އެކަމަށް އެއްބަސް ވީ ލާވިޔާ ޔަޝްމް ގެ ވާހަކަ އެކޭ ބުނުމުންނެވެ. އޭނާ އިނީ ލާވިޔާ ބުނަން އުޅޭ ވާހަކަ އަކާ މެދު ކަންބޮޑުވެފައެވެ.
ހަތަރު ގަޑި ފަނަރަ ވީ އިރު ގެއިން ނުކުތް ޔުއާން އަށް ހޮސްޕިޓަލަށް ދެވުނު އިރު ހުރީ ފަހެއްޖަހަން ކައިރިވެފައެވެ. އެހާ ޓްރެފިކް ބޮޑެވެ. އޭނާ ކާރުން ފޭބިތަނާ ލާވިޔާ ގުޅަނީއެވެ. ފޯންނަގާ ކަންފަތުގައި ޖައްސާލުމާއެކު ފުރަތަތަމަވެސް އިވުނީ ލާވިޔާ ގެ އަޑެވެ.
“ޔުއާން… ކޮންތާކުތަ؟” ލާވިޔާ އަހާލިއެވެ. “މި ގާތް ކުރީ… މިހާރު މިވަންނަނީ… ކޮންތާކަށްތަ ދަންވީ” ޔުއާން އަހާލިއެވެ.
“ތާރޑް ވަނަ އަށް އާދޭ ރީކަލް ގެ ރޫމަށް” ލާވިޔާ އެދުނެވެ. ޔުއާން ފޯން ބާއްވަމުން ދުވެލާފައި ގޮސް ހޮސްޕިޓަލަށް ވަނެވެ. އޭނާ ތިންވަނަ ފްލޯއަށް ދިޔައިރު އެތާގައި މި ވަގަތު ހަރަކާތް ތެރިވަމުން ދިޔައީ ވަރަށް މަދު މީހުންނެވެ.
އޭނާ ރީކަލް ގެ ރޫމާ ހިސާބަށް ގޮސް ފުން ނޭވާއެއްލަމުން ދޮރުގައި ޓަކި ޖާހާލިއެވެ. އަދި ވަނެވެ.
ޔުއާން” ލާވިޔާ ގޮވާލިއެވެ.
“ވީ ގޮޓް ދި ރިމެއިނިންގް ރިޕޯޓްސް…” ޔުއާން ސޯފާގައި އިށީނުމާއެކު އެންމެ ފުރަތަމަ ވާހަކަ ދެއްކީ ލާވިޔާއެވެ. ޔުއާން ފަހަރަކު މީހަކު ގެ މޫނަށް ބަލާލަމުން އޭނާ އެ ރިޕޯޓް ދޭށޭ ބުނެލިއެވެ.
“ޔުއާން ވީ ހޭވެ” ލާވިޔާގެ ވާހަކަ ހުއްޓުނީ ޔުއާން އަތުގެ އިޝާރާތުން މަޑު ކުރުމަށް އެންގުމުންނެވެ. އެހެންނަމަވެސް ލާވިޔާ ދެވަނަ ފަހަރަށްވެސް ވާހަކަ ދައްކަން އުޅުނެވެ. އެކަމަކު ރީކަލް މަޑު މަޑުން ބޯ ޖަހާލަމުން މަޑުކުރުމަށް އިޝާރާތް ކޮއްލުމާއެކު ލާވިޔާ އިސްޖަހާލިއެވެ.
ޔުއާން އެ ރިޕޯޓް ހުޅުވާލާ އެ ބަލާލިއެވެ. އޭނާ އެ ބަލަމުން ދިޔައިރު އުންމީދުގެ ކުޑަ ހުޅުކޮޅެއް ދިއްލެމުން ދިޔައެވެ. އޭނާ އެ ނިންމާލާފައި ލާވިޔާއަށް ބަލާލިއެވެ. ސޯ ފުއްޕާމޭ ގެ މައްސަލަވެސް ހިތުގެ މައްސަލަ ހައްލުވީމަ ކުޑަވެގެން ދާނެ ދޯ” ޔުއާން ގެ ދެލޯ ދިއްލިފައިވިއެވެ. އެއާއެކު ރީކަލް ބޯ ޖަހާލިއެވެ.
“ޔުއާން އެކަމަކު ވީ ކާންޓް ގިވް ގެރެންޓީ ފޯ ހާރ ހާރޓް…” ލާވިޔާ ވާހަކަ ދައްކަން ފެށިއެވެ. “ދެން ކުރެވެން އޮތް ކަމެއް ކޮއްބަލަ” ޔުއާން އަށް ކޮޅަށް ތެދުވެލަމުން ބުނެވުނެވެ.
“ކާމް ޑައުން ޔުއާން…” ރިކަލް ވެސް ތެދުވެލަމުން ބުނެލިއެވެ. “އީވެން ވީ އާރ ޓްރައިން” ރީކަލް ޔުއާން އިށީނުމާއެކު ބުނެލިއެވެ. އަދި ލާވިޔާ އަށް ބަލާލިއެވެ. “އީވެން ޔޫ އާރ އަ ޑޮކްޓަރ. ތިންކް ބިފޯ ޔޫ ސޭ އެނީތިން” ރީކަލް އަނެއްކާވެސް ބުނެލިއެވެ.
“ލުކް ޔުއާން… ވީ ކޭންޓް ކީޕް ދިސް ޕްރޮމް މައިލީން…” ލާވިޔާ ވާހަކަ ދެއްކިއެވެ. “އަދި ހާރޓް އެއް ފެއިލް އެއް ނުވޭ ޔުއާން. އެކަމަކު އެ ރިޕޯޓް ގައި އޮތް ގޮތުން ހާރޓް ހަމަ ކޮންމެ ވަގުތަކު… ވަގުތަކުވެސް…. ” ލާވިޔާ ވާހަކަ ދެއްކިއެވެ. “ހުއްޓިދާނެ” ޔުއާން ފުރިހަމަކޮއްލިއެވެ. އެއާއެކު ލާވިޔާ އިސްޖަހާލިއެވެ.
“ދެން” ޔުއާން އަހާލިއެވެ. އެއަޑުގައި އެއްވެސް ދިރުމެއްނުވެއެވެ.
“ޔުއާން މައިލީން ގާތު އަހަރެން މި ވާހަކަ ތައް ބުނަން ބޭނުން އެކަމަކު މިކަމެއް ނުވާނެ ޔުއާން ބުނެދޭ” ލާވިޔާގެ ޖުމްލަ މެދުކެނޑުނީ ޔުއާން ގެ އަޑުންނެވެ.
“ދެން… ދެން މި ވާހަކަ އަހަރެން ލީން ގާތު ބުނަން ވީތަ؟ ލާވިޔާ އެކައްޗެއްވެސް އެކަކަށް ވެސް ނޭގޭނެ… އެއްވެސް އެއްޗެއް… އިނގޭތަ އަހަރެންގެ ސަބަބުން ލީން އަށް ލިބުނު ހިތާމަ އޭތް އިނގޭހޭ؟” ޔުއާން ގެ އަޑު ދިޔައީ ބާރުވަމުންނެވެ.
“އިނގޭތަ؟ މިހުރިހާ ދުވަހު މައިލީން އުޅުނު ހާލު. އަދި އިހައްރޭ އަހަރެން މައިލީން އެކްސެޕްޓް ކުރީ. އެއީ އެ ފަދަ ކުއްޖަކު ގެންގުޅެމުން ލީން އަށް ލިބުނު އުފަލަކަށް ވި. ހިތްވަރަކަށް ވި. އެ ހިނިތުންވުން އަހަރެންނަށް އަދިވެސް ފުރިހަމަ ގޮތުގަ ނުފެނޭ ލާވިޔާ… މިއަދު އަހަރެން ނަށް ކިހިނެތްތަ ކެތްވާނީ؟” ޔުއާން އަށް ކޮޅަށް އަނެއްކާވެސް ތެދުވެވުނެވެ. އޭނާ ވެފައި ހުރި ދެރަ ބޭރުކުރަން ބޭނުންވީ ރުޅިވެރިކަމެއްގެ ސިފައިގައެވެ.
ލާވިޔާއަށް އެއްވެސް އެއްޗެއް ނޭގޭނެ…” ޔުއާން ބުނެލިއެވެ.
“ނޭގެނީކީ ނޫން… އެހެންވެ އަމިއްލަ ހިތަށް އަނިޔާދީފަ ޔުއާން އާ މައިލިން އާ ގުޅުމަށް ފުރުސަތު ދިނީ… އަހަރެން ވެސް ޔަޝްމް އަށް ބައްޕަ އެއްގެ ލޯބި ހޯދަދޭން ބޭނުން ވީމަ. މައިލީން އުފުލި ހިތާމަތައް ލުއިކޮއްދޭން ބޭނުންވީމަ. އެ ދަރިފުޅާ ދޭތެރޭ އެހާ ގާތް ކަމެއް އުފެދުނީ އެއީ ޔުއާން ގެ ދަރިއެއްކަން ވެސް ޔަގީން ނުވާއިރުތީ. އެންމެ ފުރަތަމަ އެ ކުއްޖާ އަހަރެން ގާތަށް އައި ދުވަހުވެސް އެ ދެލޯ އަހަންނަށް ފާހަގަވި. އިނގޭތަ… ޔުއާން ގެ ސިފަތަށް ވެސް ފެނުނުހެން ހީވި. އެކަމަކު އެއީ އެ ދެލޮލުގެ ސަބަބުން ވީ ކަމެއް ކަމަށް އަމިއްލަ ހިތަށް ވިސްނައިދީގެން ހުރީ… ދެން އެރޭ… ތި މީހުން ގާޑެންގެ ތެރޭގައި ދެއްކި ވާހަކަ އަޑު އިވުނީ. މި ހިތުގައި ވެސް ލޯބި ވެޔޭ ޔުއާން… ފުން ލޯބި. މީގެ އެތައް އަހަރެއް ގެ ކުރިން އަހަރެން ޔުއާން ދެކެ ވީ ލޯއްބެއް. އަހަރެންނަށް އޮތޭ ޔުއާން އާ ކައިވެނި ކުރެވެން ވެސް. އެކަމަކު އަހަރެން ބުނީ ޔުއާން ބޭނުންވާ ގޮތެއް އަހާށޭ… އެންމެ ފުރަތަމަ އެވާހަކަ ދެއްކީ އަހަރެންގެ ބައްޕަ އޭ. ޔުއާން ބައްޕަ ގާތު އެވާހަކަ ދެއްކީ.” ލާވިޔާ ވާހަކަ ދައްކަމުންދިޔައެވެ.
އިނގޭ އަހަރެން ޔުއާން ގެ ފަހަތުން ވަރަށް އުޅުނިންކަން… އެނގޭ. އެކަމަކު އެ އެރޭ އެ ވާހަކަ ތައް އަޑު އިވުމަށްފަހު ޔަޝްމް އާ މެދު ވިސްނާފަ އަހަރެން ޔުއާން ދޫކޮއްލަން ނިންމީ މިހިތަށް ވެސް އަނިޔާ ދީފައި…’ ލާވިޔާ ވެސް ވާހަކަ ދައްކަމުން ދިޔައެވެ. އެދެމީހުން ވާހަކަ ދައްކަމުން ދިޔައީ ދިވެހިން ކަމުން ރީކަލް އަށް އެ ދެމީހުން ކިޔާ އެއްޗެއް މާ ރިއްޗަށް ނޭގުނު ކަމުގައިވިޔަސް ކޮންމެވެސް ވަރަކަށް ފަހުމް ވިއެވެ. އޭނާ އެތަނުން ދާން ބޭނުންވިއެވެ. އެހެންނަމަވެސް އެ ހިތްވަރު ނުލިބުނީ ކިއްވެކަމެއް ނޭގެއެވެ.
“ދެން އެ ހިނިތުންވުން ފުރިހަމަ ގޮތުގައި ފެނުމުގެ ކުރިން އަނެއްކާ އެ ކުޑަ ހިނިތުންވުން ވެސް ގެއްލުވާލަން ވީތަ؟” އެލިބުނު ކުޑަ އުންމީދުގެ ހުޅުކޮޅު ނިވާލަން ވީތަ؟ އެ ހިތަށް އަނެއްކާ އެހެން އަނިޔާއެއް ދޭން ވީތަ؟ އަނެއްކާ އަހަރެން ގެ ފަރާތުން ލީން އަށް ހާރޓް ކުރަން ވީތަ؟” ޔުއާން އަށް ބުނެވުނެވެ. “ނޫން”
ޔުއާން ދެފަރާތުން ބޮލުގައި ހިފައްޓާލަމުން ބުނެލިއެވެ. އަދި އެއަށްފަހު އެ ރިޕޯޓް ތައް ހިފައިގެން ނުކުމެގެން ދާން މިސްރާބުޖެހިއެވެ. އޭނާ ދޮރުހުޅުވާފައި ނުކުތުމާއެކު ލާވިޔާ އަށް ހުރިދިމާލަށް ތިރިވެވުނީ އެ ހިތުގައިވެސް ވޭން އަޅަމުން ދިޔައީތީއެވެ.
“ޔޫ ލަވް ހިމް ޑޯންޓް ޔޫ” ރީކަލް އެ ހިނދު އައިސް ލާވިޔާ ނަގަމުން ސުވާލުކޮއްލިއެވެ. ލާވިޔާ ވެސް ރޮމުން ބޯ ޖަހާލީ އޭނާގެ ހިތުގެ ހާލުވެސް ކޮންމެވެސް މީހަކަށް ކިޔައިދޭން ބޭނުން ވެފައި ހުރިލެއް ބޮޑުކަމުންނެވެ.
“ޑޯންޓް ވޮރީ” ރީކަލް އަށް ހަމަ އެކަނި ބުނެވުނީ އެހެންނެވެ. އޭނާ އެ ހިނދު ލާވިޔާގެ ކަރުނަތައް ފޮހެދޭން ބޭނުންވީ ކީއްވެކަމެއް ނޭގުނެވެ.
އެހެންނަމަވެސް ކޮނޑުގައި ހިފައްޓާލުން ފިޔަވާ އެއްވެސް ކަމެއް އޭނާއަކަށް ނުކުރެވުނެވެ. ޔުއާން އެ ރިޕޯޓް ތައް ހިފައިގެން ގޮސް ކާރަށް އެރިއިރު އޭނާގެ ލޯ ފެންކަޅިވެފައިވެއެވެ. އަދިވެސް އެއްފަހަރު ކާރުތެރޭގައި އިނދެގެން ރިޕޯޓް ތައް ބަލަމުން ދިޔައީ އުންމީދުގެ ހުޅުކޮޅެއް ދިއްލޭނޭ އެންމެ ބަހެއްވިޔަސް ފެނޭތޯއެވެ. އެހެންނަނަވެސް އެ ކިޔަމުން ދިޔަ ވަރަކަށް އޭނާގެ ހިތަށް ލިބެމުން ދާ އަނިޔާ ދިޔައީ އިތުރުވަމުންނެވެ.
“ވައި ވައި ވައި” ޔުއާން އަށް އެހެން ބުނެވުނީ އަމިއްލަ ހާލަށް ޝަކުވާ ކުރާ ހާލުގައެވެ. އޭނާ މައިލީން ގާތަށް ދާނެ ހިތްވަރު ނެތުމާއެކު ދިޔައީ ގެއަށެވެ. ގޮސް ރިޕޯޓް ތައް ސްޓަޑީ ޓޭބަލް މަތީގައި ބެހެއްޓުމަށްފަހު ގޮސް އެނދުމައްޗަށް ވެއްޓިގަނެވުނެވެ.
އޭނާ ބޭނުންވަނީ އަވަހަށް މައިލީން އާ ކައިވެނިކުރާށެވެ. އެންމެ ހިނދުކޮޅެއްވެސް މައިލިން އާ ޔަޝްމް އާ ދުރުގައި ހުންނާކަށް އޭނާ ގެ ހިތެއް ނޭދެއެވެ.
“އެވަގުތު އޭނާގެ ފޯން ރިންގް ވިއެވެ. މައިލީން އަށް ވުމާއެކު އޭނާ ފޯން ނަގާ ކަންފަތުގައި ޖައްސާލިއެވެ. “ޔުއާން… ކޮންތާކުތަ؟ ފަހުން އަންނާނަމޭ ކިޔާފަ ހަބަރެއްނުވީމަ. ” މައިލިން އަހާލިއެވެ.
“ސޮރީ ލީން… ބޮލުގަ ރިއްސާތީ މިއުޅެނީ… އޯކޭތް ރެސްޓް ކޮއްލިޔަސް” ޔުއާން މައިލީން އަށް ދޮގެއް ހަދާލިއެވެ. އެހެންނަމަވެސް ފޯން ކުރުކޮއްލުމާއެކު އޭނާއަށް ޔަޝްމް މަތިން ހަނދާންވިއެވެ. އޭނާ އެ ދަރިފުޅާ ބައްދަލުކުރަން ބޭނުމެވެ. އެހެންކަމުން އަނެއްކާވެސް ކޮޓަރިން ނުކުންނަން އޭނާ މިސްރާބުޖެހިއެވެ.
އޭގެ ކުރިން މިރޭ އޭނާ ކުރަން ޖެހޭ ކަމެއް އޮތް ކަން ހަނދާން ވުމާއެކު އޭނާ ސްޓަޑީ ޓޭބަލް ކައިރިއަށް ގޮސްފައި ލެޕްޓޮޕް ހުޅުވާލިއެވެ. ދެން އޭނާ ޖީބުން ނެގީ ޕެން ޑްރައިވެކެވެ. އެ ނަގާ އޭގައި ދަ ބެސްޓް ޑޭޒް އޮފް މައި ލައިފް ޖަހާފައި އިން ފޯލްޑަރ ޕެންޑްރައިވް އަށް އަޅާލިއެވެ. އޭނާ އަވަސް އަވަހަށް ނުކުމެގެން ދިޔައީ ހަނދާން ނެތިގެން އެ ފޯލްޑަރ ނިއްވާނުލައެވެ.
އާއިކް ކޮޓަރީގައި އާރާ އާ ފޯނުން ވާހަކަ ދައްކަން އޮތުމަށްފަހު ފޯން ކުރުކޮއްލީ ކޮޓަރީގެ ދޮރު ހުޅުވުނު އަދަށެވެ. “ކުޑޭ… އެއްކަލަ ފޮޓޯތައް ކުޑޭ އަތުގަ ތަ ހުރީ” އަފްޝީން އަހާލިއެވެ.
“ނޫނޭ… ދޮންބެ އަތުގަ ވާނީ… އަފޫ އާ އެކީ ސްނޯ ތަކު ތެރޭގަ ނެގި ފޮޓޯތައްތަ؟”
“އާނ… އެވާނީ ދޮންބެ އަތުގަ” އާއިކް ބުނެލިއެވެ. “ދޮންބެ ގާތު ދޯ ބުނަންވީ..” އަފްޝީން އެހެން ބުނެފައި އާއިކް ގެ ކޮޓަރިން ނުކުނުންނަން ހިނގައިގަތެވެ. “ދޮންބެ ލެޕްޓޮޕް ގަ ވާނީ. އަފޫ ދޮންބެ އެއްޗެއްސަށް އަތްލަންޏާ ވަރަށް ރުޅިއަންނާނެ އިނގޭ” އާއިކް އެހެން ބުނެލުމާއެކު އަފްޝީން ހީލާފައި ކޮޓަރިން ނުކުތެވެ.
އަފްޝީން ޔުއާން ގެ ކޮޓަރިއާ ހިސާބަށް ދެވުނު ތަނާ އޭނާ އަށް ފޯނެއް އައުމާއެކު އޭނާ ޔުއާން ގެ ކޮޓަރި ދޮރަށް ބަލާލުމަށްފަހު މިސްރާބުޖެހީ އޭނާ ގެ ކޮޓަރިއާ ދިމާލަށެވެ.
އާއިކް ވެސް ޔުއާން އާ ވާހަކަ ދައްކަން ބޭނުންވެފައި ހުރުމުން އޭނާ ކޮޓަރިން ނުކުމެ ޔުއާން ގެ ކޮޓަރިއަށް މިސްރާބުޖެހިއެވެ. އެވަގުތު އޭނާ އަށް ފެންނަމް މިއުޅެނީ ކޯންޗެއްކަމެއް އޭނާ އަށް ނޭގޭހާލުގައެވެ.
އޭނާ ޔުއާން އާ ވާހަކަ ދައްކަން ބޭނުމެވެ. މާފަށް އެދެން ވެސް ބޭނުމެވެ. ޔުއާން ވެސް ކޮންމެވެސް މީހެއްގެ ފަރާތުން ހިތްވަރު ބޭނުންވާނޭ ހެއްޔެވެ؟ އާއިލާ އާ ހިސާބަށް އެ ހަބަރުވެސް ނުގެނެސް ދެވިގެން އެ އުޅެނީ އެ ހިތްވަރު ނެތީމަކަންނޭގެއެވެ. ނޫނީ އެފަދަ ހިތްވަރެއް ދޭން ކައިރީގައި އެއްވެސް މީހަކު ނެތީމައެވެ.
އޭނާ ޔުއާން ގެ ކޮޓަރިއަށް ވަނެވެ. ޔުއާން ގެ ޑީއުޓީ ގަޑިއެއްވެސް ނޫން ކަމުން އޭނާ އުޅޭނެކަމަށް އާއިކް ހީކުރިއެވެ. ޔުއާން ފެންނަން ނެތުމުން އޭނާ ކޮޓަރިއަށް ވަދެ ވަށައިގެން ބަލާލިއެވެ. އޭނާ ހީކުރީ ފާހާނައިގައި ވެދާނެކަމަށެވެ. އެހެންނަމަވެސް ޔުއާން ގެ ވޮލެޓް އާއި ފޯންވެސް ފެންނަން ނެތުމުން ޔުއާން ނޫޅެނީކަން އޭނާއަށް ޔަގީންވިއެވެ. އެހެންކަމުން އޭނާ ދާން އެނބުރުނެވެ.
އެހެންނަމަވެސް އޭނާ އަނެއްކާވެސް ފަހަތަށް ބަލާލީ ލެޕްޓޮޕް ވެސް ހުޅުވާފައި ހުރުމުންނެވެ. އޭނާ މަޑު ފިޔަވަޅުތަކެއްގައި އެ ދިމާލަށް މިސްރާބުޖެހިއެވެ. އެ ހިސާބަށް ހުއްޓި ބަލާލުމާއެކު އޭނާ އަށް ފެނުނު އެއްޗަކުން ހުއްޓުން އެރިއެވެ.
“ދޮންބޭ” އަފްޝީން ކޮޓަރިއަށް ވަދެ ޔުއާން އަށް ގޮވާލިއެވެ. އެއާއެކު ޔުއާން ގެ ލެޕްޓޮޕް ދޮށުގައި ހުރި އާއިކް އޭނާގެ ލޮލުގައި އަޅައިގަތެވެ. އޭނާ އެ ދިމާލަށް މިސްރާބުޖެހިއެވެ. އަދި ގޮސް ގޮނޑި ދަމާލާ އިށީނެވެ. ދެން އޭނާ އާއިކް އަށް ބަލާލިއެވެ. އޭރުވެސް އާއިކް ގެ ނަޒަރު ހުރީ ލެޕްޓޮޕަށް ހުއްޓިފައެވެ.
“އޯ. އާ…. ދޮންބެ އޯއޯ އޯ…” އަފްޝީން އަށް ބުނެވުނެވެ.
އޭނާ އަނގަ މަތީ އަތް އަޅާލަމުން ކުޑަކޮއް ހަޅޭއްލަވައިގަތެވެ. ދެން އޭނާ އޭގައިވާ ފޮޓޯތައް ހުޅުވާލަމުން ފަހަހަކު ފޮޓޯއެއް ބަލަން ފެށިއެވެ.
“ކުޑޭ… ދޮންބެ” އަފްޝީން އުފާ ވެފައިވާ މޫނަކާއެކީ އާއިކް އާ ދިމާލަށް ބަލާލުމާއެކު އާއިކް އެއްވެސް އެއްޗެކޭ ނުބުނެ ހުރެ ނިކުންނަން ހިނގައިގަތެވެ.
އަފްޝީން އެ ފޮޓޯތައް ބަލަން އެތައް އިރަކު އިނެވެ.
ޔުއާން އެންމެ ފުރަތަމަ ވެސް ދިޔައީ ގްރޭންޑް ހޮޓެލް އަށެވެ. އޭނާ އެތަނަށް ގޮސް ކައުންޓަރުގައި އިން ކުއްޖާ ގާތު ވެސް އަހާލުމެއްނެތި މިސްރާބުޖެހީ ލަމީހް ގެ ކެބިންއަށެވެ. އޭނާ އެތަނަށް ގޮސް ލަމީހް އަތަށް ޕެން ޑެރައިވް ދީފައި މީގައި ހުންނާނޭބުނެލިއެވެ.
“ހަމަ ބުނި ގޮތަށް ތަ ކަންތައް ކުރަންވީ… ޔެސް…. އިޓް ޝުޑް ބީ ޕާރފެކްޓް” ޔުއާން ބުނެލިއެވެ. އޭރު އޭނަގެ ތުންފަތް މަތީގައި ނުފިލާނޭ ހިނިތުންވުމެއް ވެއެވެ.
“އިޓް ވިލް ބީ” ލަމީހް ވެސް ހިނިތުންވެލާ ޖަވާބުދިނެވެ.
ޔުއާން އަތުގެ ބޮޑުވާ އިނގިލި ދައްކާލުމަށްފަހު ނުކުމެގެން ދިޔައެވެ.
އޭނާ ގެ މިސްރާބުދެން ހުރީ މައިލީން ގާތަށް ދިޔުމަށެވެ. ގެއަށް ގޮސް ބެލް އަޅާލުމާއެކު ދޮރު ހުޅުވީ މައިލީން އެވެ. މައިލީން ގެ މޫނުމަތިން އުޖާލާކަން ޔުއާން އަށް ފެނުނެވެ.
މިކަމުން ޔުއާން ގެ ތުންފަތަށް ވެސް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. އޭނާ އަށް މައިލީން ގެ އެ ހިނިތުންވުން އެންމެ ބަހަކުން މިހާ އަވަހަށް ފުނޑު ފުނޑު ކޮއްލާކަށް ނުކެރޭނޭ ހިތަށް އެރިއެވެ. އޭނާ މައިލީން ގެ ކޯތާފަތުގައި އަތް ޖައްސާލަމުން ޔަޝްމް ކޮބާތޯ ސުވާލުކޮއްލިއެވެ. “ބޭސް ބޮއިގެން ނިދައިފި ވަރަށް އަވަހަށް ޔުއާން ގެ ވާހަކަ ވެސް އެހިޔޭ” މައިލީން ޔުއާން ގެ އަތުގައި ހިފާ އެތެރެއަށް ވައްދަމުން ބުނެލިއެވެ. އެވަގުތު ސިޓިން ރޫމް ގައި އިން ޝާލީން އުއާންގެ ލޮލުގައި އަޅައިގަތެވެ. އޭނާ މައިލީން އަށް ބަލާލީ އެވެ.
“އިޓްސް އޯކޭ” މައިލީން ޔުއާން އާއި ދިމާލަށް ބަލާލަމުން ވައިއަޑުން ބުނެލިއެވެ.
ޔަޝްމް ގެ މޫނު ދެކިލަން އެވަގުތު ޔުއާން ހުރީ ކެތް މަދު ވެފައި ކަމުން އޭނާ މައިލީން ގާތު ބުނެ ކޮޓަރިއަށް މިސްރާބުޖެހިއެވެ. ޔުއާން ކޮޓަރި ދޮރުހުޅުވާލާފައި ވަނެވެ. އަދި ޔަޝްމް ގާތަށް ގޮސް ހުއްޓުނެވެ. “ޔުއާން” ޔަޝްމް އަށް ބަލަހައްޓައިގެން ޔުއާން ހުންނަން ފެށުމުން މައިލީން ގޮވާލިއެވެ. އެއާއެކު ޔުއާން ބަލާލިއެވެ.
“ލީން… އަހަރެން އެބަ ޖެހޭ ވާހަކަ އެއް ދައްކަން” ޔުއާން ބުނެލިއެވެ. އޭނާ ލޯ މަރާލާ ފުން ނޭވާއެއްލިއެވެ. “ލީން ގަބޫލް ކުރަންތަ އަހަރެން އަބަދުވެސް ލީން އާ އެކީ ވާނެކަން” ޔުއާން މައިލީން ގާތަށް ޖެހިލާ މޫނުގައި ހިފާލަމުން ވާހަކަ ދެއްކިއެވެ.
“ގަބޫލްކުރަން’ މައިލީން ޔުއާން ގެ އަތުގައި އޭނަގެ ދެ އަތް ހިފައްޓާލަމުން ބުނެލިއެވެ. އަދި ހިނިތުންވެލިއެވެ. “ލީން…” ޔުއާން އަނެއްކާވެސް ގޮވާލިއެވެ. އޭނާ ބޭނުންވީ ޔަޝްމް ގެ ވާހަކަ ބުނާށެވެ. އެހެންނަމަވެސް އެ ހިތްވަރު ނުލިބުމާއެކީ އޭނާ މައިލީން ގެނެސް އެ މޭގައި ފޮރުވާލީއެވެ.
“ޔުއާން… ” މައިލީން ގޮވާލިއެވެ. “ހުމް…” ޔުއާން ހަމައެކަނި ހޫމް އެއްލައްވާލިއެވެ. “ޔުއާން… ޔުއާން އަށް މިކަމުން ހާދަ އުނދަގޫވާނޭ” މައިލީން އަށް ބުނެވުނެވެ. ޔުއާން މައިލީން ދުރުކޮއްލަމުން ވާހަކަ ދެއްކިއެވެ.
“ކޮންކަމަކާ” ޔުއާން އަހާލިއެވެ. “ޔުއާން… ޔުއާން ގެ ފެމެލީ… ފެމެލީ….” މައިލީން ބުނަން އުޅެނީ ކީކޭކަން ފަހުމް ވުމާއެކު ޔުއާން މައިލީން އަނެއްކާވެސް އޭނާގެ އަތުގެ ތެރޭގައި ހައްޔަރުކޮއްލަމުން ވާހަކަ ދެއްކިއެވެ.
“ލީން… ތިކަމާ އެބަ ވިސްނަން. ޔަގީންކަން ދެން އަހަރެން ލީން އަށް… ލީން އެއް ދުލެއް ނުކުރާނަން… ދުވަހަކުވެސް ޔަޝްމް ވެސް. ދެވަނަ ފަހަރަށް އެ ހިތާމަތަށް ލީން އަށް އުފުލުވާކަށް ނުޖައްސާނަން… ލީން… އަހަރެން ވާހަކަ އެއް އަހާލަންތަ؟” ޔުއާން ޖެހިލުން ވުމަކާ އެކީ ބުނެލިއެވެ. އެއާއެކު މައިލީން ބޯ ޖަހާލިއެވެ. ޔުއާން މައިލީން ގޮވައިގެން އައިސް އެނދުގައި ބައިންދާފައި އޭނާ ޓައިލްސް ތަކު މަތީގައި އިށީނެވެ.
“ލީން…”ޔުއާން ވާހަކަ ދެއްކިއެވެ.
“ލީން” ޔުއާން އަށް ދެން ވެސް ވާހަކަ ދައްކަން މަސައްކަތް ކުރިއެވެ.
“އަހަރެން… އަހަރެން ދިޔުމަށްފަހު ލީން އަށް ވީ ކިހިނެތްތަ؟” މައިލީން އާ ދިމާލަށް ބަލާލަމުން ޔުއާން އަހާލިއެވެ. “ޔުއާން” މައިލީން އަށް ރިހުން އެކުލެވިފައވާ އަޑަކުން ބުނެވުނެވެ.
“ޕްލީޒް ލީން. އަހަރެންބޭނުން އެނގެން….” ޔުއާން މައިލީން ގެ އަތުގައި ހިފަމުން ވާހަކަ ދެއްކިއެވެ.
“ޔުއާން… އެ ދުވަސްތައް މަތިން ހަނދާން ކުރާނޭ ހާ ހިތްވަރެއް ނެތޭ” މައިލީން ބުނެލިއެވެ.
“ލީން… އައި އޭމް ވިތް ޔޫ” ޔުއާން އަނެއްކާވެސް ވާހަކަ ދެއްކިއެވެ.
“ޔުއާން…އެ ދުވަހަށް ފަހު އެ ދުވަހަށްފަހު އަހަރެން ނަށް ނޭގުނު ހަދަންވީ ގޮތެއް… ޔަޝްމް ލިބުމުގެ ކުރިގަވެސް ބައިވަރު ކަންތައް ވި. މަންމަ ނިޔާވެ އެތައް އެތައް ބައިވަރު ކަމެއް….” ޔުއާން އަށް ވެސް މައިލީން އަށް އެވާހަކަ ތައް ދައްކަން އުނދަގޫވާވަރު އިސްސާސް ވީ ކަންނޭގެއެވެ.
“ޝްޝްޝް ލީން. ދެން ހެޔޮ. އަހާކަށް ބޭނުމެއްނޫން” ޔުއާން ބުނެލިއެވެ. އޭނާ މައިލީން ކޮޅަށް ނަގަމުން އެ ދެލޮލުން އަންނަމުން ދިޔަ ކަރުނަތައް ފޮހެދިނެވެ.
“މަންމީ” ޔަޝްމް ހޭލެވުމާއެކު މައިލީން އަށް ގޮވާލިއެވެ. ދެމީހުންވެސް ދިޔައީ ސިއްސައިގެންނެވެ، އުއާން ގޮސް ޔަޝްމް އުރާލިއެވެ. މައިލިން ވެސް އައިސް ޔުއާން ގެ ގާތަށް ހުއްޓުނެވެ.
ޔަޝްމް ގާތަށް ޖެހިލާ ޔަޝްމް ބުނުމުން ފެން ތައްޓެއް ދީފައި މައިލީން އެނދުގެ ސައިޑް ކަބަޑް ހުޅުވާލިއެވެ. އަދި އޭގައި އޮތް ތަޅުދަނޑިއެއް ހިފައިގެން އަލަމާރި ކައިރިއަށް ޖެހިލިއެވެ. މައިލީން ގެ އަމަލް ތައް ފަރުވާތެރިކަމާއެކު ބަލަން ހުރި ޔުއާން ހުރީ ސުވާލުތަކެއްގެ ތެރޭގައެވެ. އޭނާ ޔަޝްމް އަށް ބަލާލަމުން ވާހަކަ ދެއްކިއެވެ. “ޔަޝޫ މަންމި ހާދަ ސިއްރު އެއްޗެކޭ މި ނަގަނީ ދޯ” ޔުއާން ބުނެލިއެވެ. އެއަޑަށް ވެސް މައިލީން ޔުއާން އާ ދިމާލަށް ބަލާލާ ހިޔާލެއް ނުކުރެއެވެ.
އޭނަ އަލަމާރި ތެރޭގައި އިން ކުޑަ ވަތްގަނޑު ހުޅުވާލާ އޭގައި އޮތް ފޮތެއް ނެގިއެވެ. އެ ފޮތުގެ ބޭރުގަނޑުގައި ވެސް ވަނީ ރީތި ކުރެހުމެކެވެ. ހިއްޕާފައިވާ އެ ކުރެހުމަށް ނަޒަރު ހުއްޓާލައިގެން ހުރެފައި މައިލީން އައިސް ޔުއާން އަތަށް އެ ފޮތް ދިއްކޮއްލިއެވެ. “ޔުއާން ގެ ހުރިހާ ސުވާލެއްގެ ޖަބާވު މީގެން ލިބޭނެ” މައިލީން ބުނެލިއެވެ. އެއާއެކު ޔުއާން އޭގައި އެއްއަތުން ހިފިއެވެ. އޭނާ އޭގައި ވި ކުރެހުމަށް ބަލާލިއެވެ. އެއާއެކު އޭނާ އަށް އަނބުރާ މައިލީން އަށް ބަލާލެވުނެވެ. އޭގައި ލިޔެފައި ވި ލިޔުން ކޮޅު ފެނިފައި އޭނާ އަށް ފުން ނޭވާއެއް ދޫކޮއްލެވުނެވެ.
“ސޮރީ” މައިލީން ބުނެލިއެވެ. އަދި އިސްޖަހާލިއެވެ.
“ހޭ… އިޓްސް އޯކޭ… އެ ލިޔުންކޮޅު އެހެން އިނދެގެން އަހަރެން ދެރައެއްނުވޭ… އެކަމަކު ލީން ދެރަވާން ޖެހޭ ވެސް ކަމެއްނޫނެއްނު މީ… މީ ހަމަ އަހަރެންނަށް އެކަށީގެންވާ ބަސްތަކަކޭ… އައި ޑިޒާވް އިޓް” ޔުއާން އެހެން ބުނެލީ ހިނިތުންވެފައި އޭނާގެ އިހްސާސްތައް އޮއްބައިލަމުން ކަމުގައި ވިޔަސް އެ ހިތަށް ތަދުވިއެވެ.
މާދަމާ އަކީ ދެމީހުންގެ ވެސް ހެދުނުގެ ޑިއުޓީއެވެ. އެހެންކަމަން ޑިއުޓީއިނ ދިމާވާނަން ކަމަށް ބުނުމަށްފަހު ޔުއާން އަދިވެސް އެއްފަހަރު މައިލީން އާއި ޔަޝްމް ގެ ގައިގައި ބައްދާލިއެވެ. އެރޭ ޔުއާން ގެއަށް ދިޔައީ އެގާރަ ޖަހާ ބޮޑުވެފަ ހުއްޓައެވެ،
އާރާ މިއަދު އޮފީހަށް ދާން ރެޑީވަމުން އާއިކް އަށް ގުޅާލިއެވެ. އާއިކް މިއަދުވެސް އޮފީހަށް ނުދެވޭނޭ ބުނުމުން އޭނާ އަށް ފޫހިކަމެއް ވެރިވެގެން ދިޔައެވެ. މިއަދަކީވެސް ހޮނިހިރު ދުވަހެއްކަމުން ޝާލީން ގޭގައި އުޅެއެވެ.
އާރާ އޮފީހަށް ވަންނަން އުޅެނިކޮއް ޔޫލާ އާ ދިމާވިއެވެ. އޭނާ ވެސް ޔޫލާއަށް ހިނިތުންވެލިއެވެ. ޔޫލާގެ ހިނިތުންވުމުގައި ތަފާތުކަމެއް ހުރިހެން އާރާ އަށް ހީވިއެވެ. “އާރާ… މަންމަ އެބަ ކިޔާ އާރާ ގެނެސް ދޭށޭ… ޕްލީޒް މިރޭ ހިނގާބަލަ. ޕްލީޒް ޕްލީޒް. ލްލީޒް” ޔޫލާ އާދޭސް ކުރަން ފެށިގޮތުން އާރާ އަށް ދެކޮޅު ހަދާކަށް ނުކެރުނެވެ. އޭނާ ބުނީ އޮފީސް ނިމިގެން ދާނޭކަމަށެވެ. އެހެން ބުނުމާއެކު ޔޫލާ އާރާގެ ގައިގައި ބައްދާލިއެވެ. އަދި ވަރަށް އުފާފާވެއްޖޭ ބުނެލިއެވެ.
އޮފީސް ނުމުނުއިރު ޔޫލާ ހުރީ އާރާގެ އިންތިޒާރުގައެވެ. އެ ވާހަކަ އާއިކް ގާތު ބުނެފައި އާރާ ފޯން ގައި ހުރެ ފޭބިއެވެ. އޭނާ އަށް ޔޫލާ ފެނުމުން ފޯން ކުރުކޮއްލިއެވެ. އޭރު އޭނާގެ ހިތް އާދަޔާ ހިލާފަށް ނުތަނަވަސް ވަމުން ދިޔައީ ކީއްވެކަމެއް ނޭގެއެވެ.
ޔޫލާ އާއެކީ ލިފްޓުން އަރާ ދޮރުކައިރީގައި އާރާ މަޑުކޮއްލީ ޔޫލާ ތަޅުދަނޑިން ދޮރު ހުޅުވަން ދެނެވެ. އެންމެ ފުރަތަމަ ދޮރު ވަނީ ޔޫލާއެވެ.
އާރާ ވެސް ހިނިތުންވެލަމުން އެތެރެއަށް ވަނެވެ.
**
އާދިލާ ގޭގެ ބަދިގޭގައި އުޅެނިކޮއް ސިހުން ގެނުވީ އޭނާއަށް ގޮވާލިއަންހެން ކުއްޖާގެ އަޑުންނެވެ. އޭނާ އެދިމާލަށް ބަލާލަމުން ހިނިތުންވީ ހުރިހަ ދަތްތައް ފެންނަ ވަރަށެވެ. އެ ވަގުތަކީ ޖަޒިލް ވެސް ވަދެގެން އައި ވަގުތެވެ. އެހެންނަމަވެސް އޭނާ އެ ދިމާލަށް ބަލާލާކަށް ގަސްތެއްނުކުރިއެވެ. އެހެން ނަމަވެސް އެ ކުއްޖާއަށް ޖަޒިލް ފެނި ހިނިތުންވެވުނެވެ. އެ އަންހެންކުއްޖާ ގެ ތުންފަތް މަތީގައި ވަނީ ސިއްރުވެރި މާނަފުން ހިނިތުންވުމެކެވެ.
(ނުނިމޭ)
89 Comments
Comments are closed.
Yay.. Me first dhw
Yes leen. Congrats. ❤❤❤
varah ufaavey gadi ah faruvaa theri veema
Thanks aki. V ufaavehjje. ❤❤❤
Wow…. Aa baeh genes dheefa in tho balan hama balaalee upload vee… adhi nuves kiyan…. will comment later
Nw kiyaalaifin tha dear. ?. Thankyou. V ufaavehjje. ❤❤❤
Waaaah?
Amazing story?
Ilym?
Thanks twinky. Ly ❤❤❤
Wow…. HiMi varah inthizaaru ga mihury HiMi ge story kiyaalan. .. varah reethi ….???
V ufaavehjje thihaa inthixaar kuraakan ingunima. Thanks.b❤❤❤
Assalaam’Alaikum. Mi comment dhiguvedhaane. Ekam hurihaa kudhin ves kiyaalumaki varah bodu edhumeh. First of all aikal aa leen aa dhemeehunna beheygothun in olhumeh olhun filuvadheynan. Enme furathama leen aa aikal dhimaa vi iruves leen alah aikal ge nameh neygey adhives neygey. Dhen erey leen ah inguni aikal kiyaa meehaki yuan and aaik ge dad ah kiyaa nan kan. And eyi bodu viyafaari verei ehkan. Erey leen ah aikal fandu alige therein nufennaathy leen ah adhives othy aikal aki yuan ge daddy kan neygi. Inge ni yuan ge dad aki e viyafaari veri aa kan. She dnt knw that e viyafaari veriyaa aa eyna ah help vevunu meehaki same meehaa kameh. So hope doubt clear v kamah. Dhen aneh vhk aki sad vaahaka eh. Himi kuda kamaku rashun beyrah dhaan jeheythy faharehga story up load kuri ah oi 3 or 4 days ga upload nukohlevidhaane. As tomo i am leaving. Sorry about this. Ekam umeedhukuran and i hope u guys understand this. Dhen oi vaahaka aki himi thiya kiyun theringe hiyaal thah hama ufalaa eki gabool kuraa vaahaka. So point out any mistakes. And do comment on DHEN VAANI KIHINEHBAA?. cox i love to hear that. Mi part himi ge hurihaa supporters ah haassa kohlan. Thankyou All. ?????? Jazakallah Khairan. ??????
Yashm ah ehn nuhadhaa himi.. Heyo nuwaane.. E thuhthu furaana salaamaih kurey?
Hingaa balamaa twinky. Thankyou. ❤❤❤
Hama thank u bunelan beynume mihaa reethi vaahakaeh genesdheythee Hi Mi sh
Hehe. Thanks. Riz. Thidhey support uh. ❤❤❤
Hama thank u bunelan beynume mihaa reethi vaahakaeh genesdheythee Hi Mi ah
Wow just amazing …. Alheyyy dhen kihinei Barr varrnyy…. Araa n uoola family ah kongulhumehbarr othyyy…. Haarrdha reehcheyyy
Thanks iraa. ❤❤❤ varah ufaavehjje. Ingey. Much loves. ❤❤❤
Thanks n waiting
Thanks. Siyaa. ❤❤❤
Himi ah v ginain comment kuran ekm publish eh nukure.. vaahaka v v v reethi.. kurin ves buni hen emme reethi vahaka mee adhi kee.. varah baivaru vahaka ki ifa hunnaanee.. ekm u r the best hi mi.. ?
Hey. Ayra. V ufaavehjje. Thankyou so much. Sad to hear that. ??❤❤❤
This story is hama amazing! Knme Dhuvahakuves mi story ge hurihaa baeh kiyan but comment eh nukollevey.. Abadhu indheveny himi dhooni mi vaahaka upload kollaane irakah balaala balaala?? mivyhaa thanah mi site in kiyunu enme reethi vaahaka mee I just love it hama❤❤ dhn yashoo Baby ah ehves gotheh nuhadhahchey himi dhoonii???? and vrh dheravaane kuriah oii 4 days vaahaka kiyaalan nulibeythy.. Lolakah ninjehves naadhey mi story kiyaanulaa.. But I understand hama himi ah ves story up nukerevey dhuvasthah ves dhimaa vedhaanekann.. Waitinggg hama… Unmeedhu kuran hama vrh avahah ANEHKAAVES mi story ge new part eh kiyaalan libeyne kamah.. Love you himi❤❤❤
Hey. Sham. What a lovely comment ekam sorry for the late reply. Ingey. V ufaavehjje. Hama speechless. Much more loves dear. ❤❤❤
Dhen vaanee kihineh baa???? Suvaalu thakeh ufahdhuvaafa himi thi dhanee Ekam ves dhen dhaanjehuneema ok inthizaaruge nimun foni vaane kamah ummeedhu kuran
Thanks dhon goma. Happy to see a comment from u ingey.v❤❤❤
Hey Hi Mi ? story vrh salhi… ?? Naseebeh kuda kuda hope eh ebain dhw,?? yuaan ulhey gothun vrh dheravey… E kuhjjaa abadhu vx sad Vefa hunnany mihaar ??? yuaan yuaaaan… Maileen gaathu dhn buneba avahah ?? vrh hiyvaru gadha vaane yuaan ?❤️?❤️ aaik n afsheen ah e fenuny maileen ge pics kanne ? propose kuran tha e ulheny?!!!??? Ahahah… Dhn kon aadhilaa eh tha Hi Mi???? Next part avahah nues libeyne dhw kiyaalan ?? but we’ll wait? Hi Mi aky vrh trust kurevey liyun theri eh… So not a big deal… We can understand ??? story is fantastic n awesome ❤️?❤️?❤️? keep on shining ?? n good luck ?? good night Hi Mi ?❤️?❤️
Hey. Sham. Himi thikahala loabi comments thakah reply kuraani kihineh baa?. ??? hehe. Ufaavehjje. Ingey. Much loves. ❤❤❤
Story was just… WOW… AS I WAS SO MUCH INTO IT DIDN’T REALISE WHEN IT ENDED…. WILL WAIT PATIENTLY FOR NEXT PART… HI MI I LOVE THE WORK YOU R DOING
Thanks. Yehtaf. Vvv ufaavehjje. Ingey. Anr thankyou so much for waiting anf for ur support. ❤❤❤
Story vvvvv nice. ..thanks thi got ah bunelafa dhaathee. ….
Thanks. Swety. V ufaavehjje. ❤❤❤
wow Hi Mi
vrh vrh reethi
Thanks. Icy
Happy to see ur comment. ❤❤❤
Story reethi kamun abadu Kiya Kiya hunna hyy vany????…..ekam best day of my life ga hurt ily aa yuaan get pics ahh noon Tha?????then keeve yuaan kokko ehaa ufaa v…..plx himi aaik fani nukollahche …& Story hama as always HABEYSSS…????
Hey. Me. Thankyou so much. Aslu v githaki afoo ehaa happy v dhonbe ge gfveh hurihen hee vma. Yuan ge faraathun ekahala shahkeh ves vefaveh neithaa dw. Shes the fun type. Talkative type so. ❤❤❤
Hi mi varah reethi mi part ves. alhey yashu ge condition worse vani dhw please yashu rangalhu kohdhi ur the best eh nu. and jazil ge geyga huri kaakuba? so many questions varah reethi please yuan and leen dhuru nukurachey. cant wait leen and aikal meet vaane irakah as yuans dad. love this part and reekal and laavi gulhe varah. hehe afoo and jazil ves
Hehe. Hingaa blamaa dw. Anoyying reader. V ginain dhimaa vey dw reader bunaa ehchei. Mifaharu balama. V ufaavehjje. Thanks. Ingey. ❤❤❤
Woooooow❤wooooow❤wooooooow❤masha allah vvvvv reeethi mi partves???????himi dhooni haadha furihamayey haadha reechey????? so sad thihaa gina dhuvas vaathy????????? vvvvvv mis vaane????? neyge kehvaane kamehves himi dhooni dhen inthizaar kuraany dhw waiting waiting……
Xaaaan thee boy eh tha?
Kihinneh v
Thanks. Xaaan. V ufaavehjje. To see ur comment again. Dhen mei kohlaani dw. ❤❤❤
Salhi
Thanks. Story. ❤❤❤
4 dhuvas fahun dho dhen story up vaanee dhen vaagoith balaalan avahah beynumas Hi mi ah ves kanthah dhimaavaanetha gaboo
Hey. Mai thanls for waiting patiently. Nw kiyaaleveyne. ❤❤❤
Wow. Himi. Hama ehaa interesting. Mi vaahaka mi hama 1 vana
Thanks tee. V ufaavehjje. ❤❤❤
Fantastic ????… Superb ????… Maasha Allah mi part vx v v v v reethi ????… I really really loved it ❤️❤️❤️❤️… V v v furihama ????… Dhn vaanee kihineh baa??? ????… Yuan eulheny keehkuran baa??? ????… Zaul menn geyah e dhiyaee kn girl eh baa??? I think afsheen… Heheheh… N I think yoolaage parents eulheny aaraa gaathu e vaahaka hihsaakuran kanneynge… Aaraa ge dad ge vaahaka mibuny… N I think mivaagothun rikaal n laaviyaa henn gulheynee… Heheheh… Just a guess… ????… Mi Story hama amazing ????… Keep up the good work Hi Mi ????… Will miss you a lot ????… Hi Mi story up kuraane irakah hama inthizaaruga ingey ????… Will be waiting for that ????… Every time you make me speechless… Hehehe bt comment knme faharakuvx v v dhigu dhw… Heheheh ????… Lots of love Hi Mi ❤️❤️❤️❤️???????????????????????
Hey dear. Haadh dhigu commebt ekey dw. Keekey baa bunaani. Mi visnani. Ekam ves v ufaavehjje. Hingaa balamaa dw dhen vaani kihinehbaa. Nw kiyaalevyne. ❤❤❤ thanks. ❤❤❤
Masha Allah varah reethi vaahaka as usual.? haadha dhigu inthizaara key. But it’s okay hi mi. We will wait.. Yasum akee otitis kujjakah Veema otizm kujjege Bai bodah genisdhinnama adhi varah furihama vees vaahaka. Aslu emme haalatheh afy ah faahaga kurevunee e kahala. Ei Yasum dhuvefa gos yuan ge car kurimahchah nukoyy
waguth n Marleen ah e waguthu v goyy. Heevee hama afy ge dhiriulhumuge waguthu kolheh sifavihen. Varah asaru kuri ebai kee dhuvahu. Mihaaru bodah sifavanee otizm kujjakah vure bali kujjege gothah. But story hama varah furihama. V kiyaahithun v inthizaar kurevey mivahaka ah. ?
V ufaavehjje Afy ah understand v ma. And wait kureema. Nw kiyaaleveyne. V ufaavey i got readers lile yuh. Thankyou. ❤❤❤
Alhey yashu save kurachey ??vvvvvvvvv reethii ey alhe mi story.. Yuan dhen buney leen kairi…. Kuda kuda hope eh ebain thankgod.. Awesome dhen neih bunaane ithuru word eh… ?????keep going HiMi v love…. Waiting
Leta see maya. Thankyou so much. For commenting and for ur support. ❤❤❤
Varah reethi….. waiting…..
Thanks zuam.
Hama thank bunelan beynun vanee mihaa intrast vaahakaeh genes dheythee ,,,, hi mi adhi kithah paart mivaahakaiga onnaanetha up nukoh ,,,,vvvv kiyaahithun mihurevenee ❤❤❤❤
Mary. Himi varah dhigokoh liyaan fa in story eh. Ekam mihaaru kuru kohlan rba balan. So lets see. Dw. Thankyou so much. ❤❤❤
Vvvvv reethi….hi mi dhooni thanks ….ekam 4 days fahun dhw….i am waiting…..☺☺????????
Thanks. Hashaa for waiting v ufaavehjje. ❤❤❤
Vvvvvvvvv salhiey…. mi part ves…Hi mi thanks.. I’m waiting 4 days vandhen … ok keep it up ??????????
Thanks blue beauty. V ufaavehjje. ❤❤❤
Okeii himi.. Hama understand vejje maa rangalhah ves.. ?
Aikal and leen ge part ves mihaaru get vejje.. Thanks ebai kiyaala dhineema.. Neynge vaane gotheh bunaakah ves.. ?
Heevanii aaraa aa e dhimaavii araage dad hen.. Noonii kommes related meeheh.. Yashoo ah kihineh baa vaanii dhw.. Yashoo maruvanii tha alhe ? so sad vaane ehn viyya… Vaahaka hama varah lovely as always ? lots of love HiMi ❤?
Thanks jeen. V ufaavehjje ingey. And for ur suport hama bunaane ehchei neygey. Lets see what hpns next. Much loves. ❤❤❤
Jazil ar Ifshan Dho vaany? Dhen Yuaan aa Yashm aa Maileen ufaaveri dhiri ulhumeh ulheythan dheken beynun yashm rangalhu vumah fahu. Eyrun story varah reethi vaane
Lets see v ufaavehjje comment fenifa. Thanks dear. ❤❤❤
Hello Hi Mi again ???… Not zaul ingey… I mean jazil.. Kurin kuri commentga by mistake I wrote zaul ???
Hehe. Its okay. Btw nice name. ❤
vv reethi ? adhi alah mi comment eh mikury ❤ reethikamun bunaane ehcheh ves neygifa mihury ❤❤ Yashm ah dhera gotheh nuhadhahchey ❤HI MI❤Alhe avahah up kohdhehchey ❤❤
Lets see shazu. Hapoy to see a commet from u. Thanks. ❤❤❤
Wow mi partves v v v rythi??alhey yasoodhw?? yashooah dheragotheh nuhadhahchey?❤???? hi mi ge mi story vvvv rythi. Dhen iny kithah part❤❤❤?????
Lets see humey. Thankyou for ur support. ❤❤❤
V dhuvahah fahu mi story kiyaalevey goii mi v. … hama v v rythi story ?? I think aikal ehbas vaane yuan n maileen aa. . Dn yoola n araa aa kn gulhumehbaa othy…. rykal loabi vany dhw laaviyaa dheke … jazil kaakaabaa ehaa varah vaahaka dhakkany anekka. .. afshyn kaakaa baa anekka. .. hus hama questions. . .. v rythi story … alhe waiting hi mi… ekam v happy vejje ehaa kiyaa hithun huryvs. .. missed you Hi mi. .. n love you bodu bodu koh ???❤
Hehe. Its okay twingirl. Ehenves vaane. Thanks n Lets see kuriah vaani kihineh thoa dw. Thanks dear. ❤❤❤
Koba next part waiting……..
Nw kiyaaleveyne. ❤
Mis u himi dhooni??????????????????????????????????????? kehnuvegen miulheny ??????????????
Miss yh too. Nw kiyaalevyne next ep xaaaan. ?
Varnn reethi…hi mi …
Thanks. Hass. ???
Hey,,,hi mi adhi vase naadheveytha..varan vaahaka kiyaa hin vey…beautiful story..
Thanks for ur support shin dear. Nw kiyaaleveyne. ❤❤❤
Koba episode 59
Nw kiyaaleveyne. ❤
Kihinneh v
Avahak up kohlla dheebala next part
Ne kiyaaleveyne dear. ❤
Konirakutha update vaany
Nw kiyaaleveyne. ❤