” ނިޝީ އަހަރެންގެ މީހަކަށް ވާނަންތަ” އަނެއްކާވެސް އިހުވާން ސުވާލުކޮށްލިއެވެ. ނިޝީ ބޯޖަހާލީ އާއެކޭ ބުނުމުގެ ގޮތުންނެވެ. ވީ އުފަލުން އިހުވާން އަށް ނިޝީގެ އަތަށް ފިއްތާލެވުނެވެ. ” އަހަރެން ކޮންމެ ރެއަކުވެސް ކުލާސް ނިންމާފަ ނިޝީ އާއި ބައްދަލުކުރާނަން… އޯކޭތަ” އިހުވާން އަހާލިއެވެ. މިފަހަރުވެސް ނިޝީ އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. ދުލުން ބަހެއް ނުބުނެވުނު ނަމަވެސް ނިޝީގެ ހިތަށް ލިބިފައިވަނީ އިންތިހާ ދަރަޖައިގެ އުފާވެރިކަމެވެ. ” މިއޮތީ އަހަރެން ބުނިތަން އައިސްފަ… ދެން […]
އާޔަންއަށް ކަރުއެލުވާލުން ނޫން ކަމެއް ނުކުރެވުނެވެ. އެއްކޮޅުން ލޯބިވާ ބައްޕައެވެ. އަނެއްކޮޅުން ނައިރާއާއި ދަރިފުޅެވެ. ޖީބުން ފޯނު ނެގުމަށްފަހު ދެކޮޅު ބަލާލަމުން އާޔަން ނަމްބަރަކަށް ގުޅާލިއެވެ. އެކޮޅުން ފޯނު ނެގީ ފިރިހެނެކެވެ. ” ޔަމާން… ބައްޕަ އަށް ކުރިއެރުމެއް ނާދޭތަ…” އެންމެ ފުރަތަމަވެސް އާޔަން ކޮށްލީ ސުވާލެކެވެ. ” އާޔަން.. ވަރަށް އުފާ ވެއްޖެ އެހާ ދުވަސްފަހުން ގުޅާލީމަ… ރޭގަ ޒިވީ ބުނި ނައިރާ އައި ވާހަކަ… އަހަރެން މިހުންނަނީ އާޔަންއާއި ބައްދަލުކޮށްލަން ބޭނުންވެފަ…” އާޔަން ކުރި […]
އެންމެ ފުރަތަމަ އިހުވާން ކުލާހުން ފެނުނު ދުވަހުން ފެށިގެން ނިޝީގެ ހިތް އިހުވާންއަށް ދެވުނެވެ. އިހުވާން ކިޔަވައިދޭއިރު އެމޫނަށް ބަލަހައްޓައިގެން އިނދެވެނީ އެއްވެސް ފޫހިކަމެއް ނެތިއެވެ. އިހުވާން ބަލާލުމުން އިސްޖަހާލެވެނީ ހަތަރުކަޅި ހަމަކުރަން ނުކެރޭތީއެވެ. އެހުރިހާ ކަމެއް އިހުވާންއަށް ފާހަގަވެދާނެ ކަމަކަށް މީގެ ކުރިން ނިޝީއަށް ހީކުރެވިފައެއް ނުވެއެވެ. މިރޭ އިހުވާންގެ އަމަލުތައް ހުރި ގޮތުން ނިޝީ ލަދުން މަރުވެއްޖެއެވެ. އިހުވާންގެ ހިތް އޮތްގޮތްވެސް ކޮންމެވެސް ވަރަކަށް އެނގިއްޖެއެވެ. އެއަޑުގައިވި ފިރިހެންވަންތަކަށް ހަމަ ރަނގަޅަށްވެސް ނިޝީ މޮޔަކޮށްލައިފިއެވެ. […]
” މަންމައަށް އެނގޭ ނައިރާއާއި ކުރިމަތިލާން ދަރިފުޅަށް އުނދަގޫ ވާނެކަން… އެކަމަކު އޭރު ތިދެކުދިންގެ ކައިވެނި ހަމަޖެހުމުގެ ކުރިން ތީ ގާތް ދެ އެކުވެރިން ދޯ… މިދަނޑިވަޅުގަ ދަރިފުޅުގެ އެހީތެރިކަމާ އަޅާލުންވެސް ނައިރާއަށް ބޭނުންވާނެ… އެނގޭ ނައިރާ ދަރިފުޅާ ދޭތެރޭ ކަންތައް ކުރީ ރަނގަޅަކަށް ނޫންކަން… އެކަމަކު އަދިވެސް ދަރިފުޅު ނައިރާއާއި ދޭތެރޭ ވިސްނާކަން މަންމައަށް އެނގޭ… ނޫންތަ އަޅެ” އިހުވާންއަށް ވިސްނައިދެމުން ނާއިފާ ބުންޏެވެ. ” އަހަރެން ނައިރާއާއި ބައްދަލު ކުރާނަން.. އެކަމަކު އެއީ އަދި […]
” ވޭތުވެ ދިޔަދުވަސްތަކުގަ މަންމަ ހާދަ އެކަނިވެރިއެއްވިޔޭ… ނާއިޝްއާއި ނަންނި މަތިން ހަނދާން ނުވާ އެންމެ ދުވަހެއް ވެސް ނުދާނެ… ނާއިޝް މަރުވި ފަހުން ވަކިން ބޮޑަށް ދަރިފުޅު މަތިން ހަނދާންވޭ..” ނައިރާގެ މޫނުގައި ފިރުމާލަމުން ޝާކިރާ ބުންޏެވެ. ” އަހަރެން މެލޭގަ ހުރިއިރު ދޮންބެގެ ހަބަރު ލިބުނީ ރައްޓެހި ކުއްޖެއްގެ ފަރާތުން… މަންމަމެންނަށް ގުޅަން ވަރަށް ބޭނުންވި އެކަމަކު ނުކެރުނީ… މިކޮޅަށް އެނބުރި އަންނަން ވަރަށް ބޭނުންވި އެކަމަކު އޭރު ބަނޑަށް ދެމަސް… ޑޮކްޓަރުން ލަފާދީފަ […]
އާޔަންއާއި ދޭތެރެ ވިސްނިވަރަކަށް ނިޝީގެ ހިތުގައި އާޔަންގެ ހަޤީޤަތް ހޯދުމަށް އޮތް ޝައުޤުވެރިކަން ބޮޑުވަމުން ދިޔައެވެ. އެރޭ އުޅެއުޅެވެސް އާޔަންއަކަށް ނުނިދުނެވެ. ސިކުނޑީގައި އެނބުރެމުން ދިޔައީ ނައިރާއާއި އޭނާގެ ހަނދާންތަކެވެ. އަޔާނާގެ މައުސޫމު މޫނެވެ. ކައިރީގައި ހުރެ ނަމަވެސް މިއަދު ނައިރާއަށް ފިރިއެއްގެ ލޯބިދެވޭކަށް ނެތެވެ. އަޔާނާއަށް ބައްޕައެއްގެ ލޯބި ދެވޭކަށް ނެތެވެ. މިވަގުތު އާޔަންއަށް އިހުސާސް ކުރެވެމުން ދިޔައީ އޭނައަކީ މިވަގުތު ދުނިޔެމަތީގައި ހުރި އެންމެ ނަދުނަސީބުވެރިޔާގެ ގޮތުގައެވެ. އޭނާގެ އާއިލާގެ ކައިރީގައި ހުރިނަމަވެސް […]
އާޔަން މަޑުމަޑުން ދޮރުހުޅުވާލަފައި އެތެރެއަށް ވަނެވެ. ނައިރާއަށް އާޔަން ފެނުމާއި އެކު އިންތަނުން ތެދުވެވުނެވެ. ނައިރާގެ ހަށިގަނޑު އެއަތުގެ ހިމާޔަތަށް ގެނެސް ލޯބިކޮށްލަން ބޭނުންވި ނަމަވެސް އާޔަން ކެތްކުރިއެވެ. ނައިރާއަށް ގިސްލެވެން ފެށުނީ ބޭއިޙްތިޔާރުގައެވެ. އާޔަން އޭނާގެ އިހުސާސްތައް ފޮރުވަން މަސައްކަތް ކުރިނަމަވެސް ނައިރާގެ މޫނުން ނަޒަރު ވަކިކޮށެއް ނުލެވުނެވެ. ކައިރިއަށް ގެނެސް މާފަށް އެދި އެދެލޮލުން ފައިބާ ކަރުނަތައް ފޮހެލަދޭން އާޔަން އިންތިހާއަށް ބޭނުންވއެވެ. އެހެނެސް އާޔަންއަށް މަޖުބޫރެވެ. ނައިރާ އާޔަންއާއި ދިމާއަށް އަންނަމުން ދިޔައިރު […]
” އަހަންނަށް މާފު ކުރޭ މަންމާ… ” ރޮއެ ގަނެވުމާއި އެކު ނައިރާއަށް ބުނެވުނެވެ. އެއަޑު އިވުމާއި އެކު ތަނބުގެ ބިއްދޮށުގައި ހުރި އާޔަންއަށް ތެޅިގަނެވުނެވެ. އާޔަން ބޭނުންވީ އަވަސްވީގޮތަކުން އެއަންހެންކުއްޖާގެ މޫނު ދެކިލުމަށެވެ. ” މަގޭ ދަރި…” ނައިރާ ދުރުކޮށްލުމަށްފަހު އޭނާގެ ދެކޯތާފަތާއި ނިތްކުރިއަށް ބޮސްދެމުން ޝާކިރާ ބުންޏެވެ. އެވަގުތުވީ އާޔަންއަށްވެސް ނައިރާގެ މޫނު ފެނުނު ވަގުތަށެވެ. ފަސްއަހަރަށް ފަހު ނައިރާގެ މޫނު ފެނުމާއި އެކު އާޔަންއަށް ހީވީ ދުނިޔެ އެނބުރިގަތް ހެންނެވެ. މިކަހަލަ ގޮތަކަށް […]
” މެދިޔަކަމެއް ވެނިމުނީ… އެނގޭތަ.. ނައިރާގެ ހުރޭ ހަތަރު އަހަރުގެ އަންހެންކުއްޖެއް… އަހަރެންގެ ކާފަ ދަރި ބަލާލާހިތުން ހުރެވެނީއެއްނޫން.. ނައިރާ އަހަރުމެންނާ ދޭތެރޭގައި ކޮންމެ ގޮތަކަށް ކަންތައްކުރިނަމަވެސް އަހަރެން އޭނައަށް މާފުކޮށްފިން.. މިވަގުތު އޭނައަށް އަހަރުމެންގެ އެހީތެރިކަން ވަރަށް ބޭނުންވޭ.. އޭނައަށް މިހާރު ހުންނާނީ ވިސްނިފަ.. މައިންބަފައިންގެ ބަސްނާހާ ކުރާ އެއްވެސް ކަމަކުން ފައިދާއެއް ނުވާނެ ކަން މިހާރު އޭނައަށް އެނގޭނެ..” ނާޝިދު ވަރަށް ޔަގީން ކަމާއި އެކު ބުނެލިއެވެ. ” އެހެންވީއިރު ހިނގާ އަވަހަށް ނައިރާ […]