Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ކައިރީގައި އެހެނަސް.. ދުރުގައި… 9

Axoo Level 310 Stories100 Comments100 Login
April 9, 2020 6 Mins Read
13 Comments

އާޔަންއަށް ކަރުއެލުވާލުން ނޫން ކަމެއް ނުކުރެވުނެވެ. އެއްކޮޅުން ލޯބިވާ ބައްޕައެވެ. އަނެއްކޮޅުން ނައިރާއާއި ދަރިފުޅެވެ. ޖީބުން ފޯނު ނެގުމަށްފަހު ދެކޮޅު ބަލާލަމުން އާޔަން ނަމްބަރަކަށް ގުޅާލިއެވެ. އެކޮޅުން ފޯނު ނެގީ ފިރިހެނެކެވެ.

” ޔަމާން… ބައްޕަ އަށް ކުރިއެރުމެއް ނާދޭތަ…” އެންމެ ފުރަތަމަވެސް އާޔަން ކޮށްލީ ސުވާލެކެވެ.

” އާޔަން.. ވަރަށް އުފާ ވެއްޖެ އެހާ ދުވަސްފަހުން ގުޅާލީމަ… ރޭގަ ޒިވީ ބުނި ނައިރާ އައި ވާހަކަ… އަހަރެން މިހުންނަނީ އާޔަންއާއި ބައްދަލުކޮށްލަން ބޭނުންވެފަ…” އާޔަން ކުރި ސުވާލުގެ ޖަވާބު ދިނުމެއްނެތި ޔަމާން ބުންޏެވެ.

” އަހަރެންވެސް ވަރަށް ބޭނުން ޔަމާން އާއި ޒިވީ އާ ބައްދަލުކޮށްލަން.. އެކަމަކު އެނގެއެއްނު އެއްވެސް މީހަކާ ބައްދަލުކުރުމުގެ ހުއްދައެއް އަހަންނަށް ނެތްކަން… އެހެންނޫނީ އަހަރެންގެ ބައްޕަ އާއި ބައްދަލު ނުކުރާނެ އެންމެ ދުވަހެއްވެސް ނުދާނެ… ދެން ބުނެބަލަ ބައްޕަ ކިހިނެއްތަ” އަޔާން ކިޔައިދިނެވެ. ބައްޕަގެ ހާލު ބަލަން އާޔަން ވަނީ ކެތްމަދުވެފައެވެ.

” ހުސޭނުބެ އަށް މާބޮޑު ކުރިއެރުމެއް ނުލިބޭ.. ވާހަކަ ނުދައްކަ އަދިވެސް ގޮވާލީމަ ބަލާލާނެ… މިވަގުތު ޑިއުޓީގަ މިއުޅެނީ.. ނިންމާފަ ދަމުން ވަދެލާނަން…” ހުސޭނުގެ ހާލަތު ހުރި ގޮތް ޔަމާން ކިޔައިދިނެވެ. އާޔަން ނިތްކުރީގައި އަތް އަޅާލަމުން ފުންނޭވައެއް ދޫކޮށްލިއެވެ.

” ﷲ އިރާދަކުރެއްވިއްޔާ ހުސޭނުބެ ކަމަކަށް އަހަރުމެން ފަރުވާކުޑަ ނުކުރާނަން… އާޔަން ކަންބޮޑުނުވޭ… ހުރިހާ ކަމެއްވެސް ދާނީ ރަނގަޅަށް… އަހަރުމެން މިރޭ ދާނަން ތިގެ ކައިރިއަށް… ތަންކޮޅެއް ދަންކޮށްލާފަ… އާޔަން ނިކުންނާތި…” ޔަމާން ބުންޏެވެ.

” އުނދަގުވާނެ.. މިގޭ މީހަކަށް ފެނިއްޖިއްޔާ…” އާޔަން ބުނަން އުޅުނެވެ.

” އާޔަން ކޮންއިރަކު ތިހާ ފިނޑިވީ.. ބައެއް ފަހަރު ލައިފް ބޮޑެތި ރިސްކްތައްވެސް ނަގަން ޖެހޭނޭ ބުނަނީ އާޔަންއެއް ނޫންތަ.. ” ޔަމާން ބުންޏެވެ.

” އެންމެ ރަނގަޅު… އަހަރެން ގުޅާނަން… އެގަޑީގަ އާދޭ” އާޔަން ވިސްނާލުމަށްފަހު ބުންޏެވެ. ޔަމާން ފޯނު ބޭއްވީ އެގޮތާ އެއްބަސްވެ ހިތްހަމަޖެހިގެންނެވެ.

“ސައިބޯކަށް ނުދާނަންތަ…” އެނދުގައި ނުތެދުވެ އޮތް ނައިރާއަށް ބަލާލަމުން ވިލީޝާ އަހާލިއެވެ. އޭރު ކުޑަކުޑަ އަޔާނީ އެނދުމައްޗަށް ކުޅޭއެއްޗެހިތައް އަޅައިލައިގެން ކުޅޭން އިނެވެ.

 

” ނޫން ދާނަން… ﷲ އިރާދަކުރެއްވިއްޔާ އަހަރެންގެ ދެލޮލުން އެފިރިހެނާއަށްޓަކާ ދެން އެންމެ ކަރުނަތިއްކެއްވެސް ނުވައްޓާނަން… ދެން ހުރިހާ ކަމެއްވެސް ދާނީ ރަނގަޅަށް… ” އޮތްތަނުން ތެދުވެ އިސްތަށިގަނޑުގައި ހުޅިއެއްޖަހާލަމުން ނައިރާ ބުންޏެވެ. އެއަށްފަހު އަޔާނީ ގޮވައިގެން ފާހާނައަށް ދިމާއަށް ދިޔައެވެ.

” އެހެންވީއިރު އާޔަންގެ ވާހަކަ މިގޭ މީހުންނަށް ކިޔައިދޭންވީނު” ފުނާއަޅަން ހުރި ވިލީޝާ ބުނެލި ޖުމްލައިން ނައިރާ ހުއްޓި ވިލީޝާ އާއި ދިމާއަށް ބަލާލިއެވެ.

” ނޫން… އަހަރެން ބޭނުން އޭނައަށް ދައްކަން… އަހަންނަށްވެސް އުފަލުގަ އުޅެވޭނެކަން… އޭނަ ބަރުބާދު ކުރި ހަޔާތް އަލުން އަހަރެން އާބާދު ކުރާ މަންޒަރު އޭނައަށް ދައްކާނަން… އެއަށްފަހު އަހަރެން ގޮތެއް ނިންމާނީ..” ނައިރާގެ އަޑުގައިވަނީ ސާބިތު ކަމެވެ. ވިލީޝާވެސް ބޯޖަހާލީ ނައިރާގެ ހިތްވަރާމެދު ހިތްހަމަޖެހި ހުރެއެވެ.

 

ނައިރާ އާއި ވިލީޝާ އަޔާނީ ކާމޭޒު ކައިރިއަށް އައިއިރު އެހެން އެންމެން އެތަނަށް ހާޒިރުވެ ތިއްބެވެ. މޭޒުކައިރީގައި ހަރަކާތްތެރިވަމުން އާޔަން އަށް އެންމެ ފަހަރަކުވެސް ނައިރާ ބަލައެއް ނުލައެވެ.

” އަނހަ.. މިއޮއް އައީނު ކާފަގެ ދޫނި…” ނާޝިދުއާއި ދިމާއަށް ދުވެފައި އައި އަޔާނީ އުރާލައި އުނގުމަތީގައި ބައިންދަމުން ނާޝިދު ބުންޏެވެ. އެމަންޒަރު ފެނި ނައިލީ އަށް ދެލޯ އަޅާލެވުނެވެ.

” ބައްޕަ ހާދަ ލޯތްބެއްވެޔޭ ދޯ އަޔާނީދެކެ… ލިލީ ތިގޮތަށް އުރާލި ދުވަހެއް ހަނދާނެއްވެސް ނެތް” ނައިލީއަށް އެއްޗެއް ނުބުނެ ނީނދެވުނެވެ.

” ލިލީ ކޮޓަރިން އެންމެ ފަހުން ނެރުނު ދުވަހެއް ބައްޕަވެސް ހަނދާނެއް ނެތް… ” ނާޝިދު ދިން ޖަވާބުން އަޒީދު ކައިރިއަށް ހިނިއަންނަގޮތްވިއެވެ. ނައިލީ ކައިރިއަށް އިތުރަށް ރުޅިއައިން ނޫން ކަމެއް ނުވިއެވެ.

” އެހެން ނޫނަސް ބައްޕަ ލޯބިވަނީ ނައިރާގެ ދަރި ދެކެ…  އެންމެ ކުރިންވެސް ބައްޕަ އަހަންނާ ނައިރާ އާއި ތަފާތު ކުރޭ.. ނައިރާ އެއީ އަބަދުވެސް ބައްޕައަށް ހާއްސަ ކުއްޖެއް.. އެހެންވެއެއްނު އޭނަ ބައްޕަމެން ދޫކޮށްލާފަ ފާޑެއްގެ ފިރިހެނެއް ގާތަށް ގޮއްސަ އެމީހާ ދޫކޮށްލީމަ އަންނަން ބޭނުންވެގެން ބުނެލާއިރަށް ތިގެނައި”  ނައިލީއަށް ބުނެވުނެވެ. ދެރަވި ވަރުން ނައިރާއަށް އިސްޖަހާލެވުނެވެ. އާޔަންއަށް އެވަގުތު ބަލާލެވުނީ ނައިރާގެ މޫނަށެވެ.

” ހުއްޓާލާ ނައިލީ… ތިގޮތަށް ވާހަކަދައްކާއިރު ހަނދާން ނެތުނީތަ އެއީ ނައިލީގެ ހުރި ހަމައެކަނި ކޮއްކޮ ކަމެއް… އަހަރުމެން އެއްއިރަކުވެސް ނައިލީއާއި ނަންނި  ތަފާތެއް ނުކުރަން..  އެގޮތަށް ހީވުމަކީ ނައިލީގެ މައްސަލައެއް.. ” ޝާކިރާއަށް ހިތްހަމަނުޖެހިފައި ބުނެވުނެވެ. ނައިލީ ވަކި އެއްޗެއް ނުބުނެ ދެބުމަ ގޮށް ޖަހާލައިގެން އިނދެ ކެއުމައިގެން ކުރިއަށް ދިޔައެވެ.

” ބައްޕަ އެބަ ވިސްނަން ނަންނި އައުމުގެ އުފަލުގަ ޕާޓީއެއް ބާއްވަން… ދަރިފުޅު ކީކޭ ބުނަނީ…” ނާޝީދުގެ ތަށިން އަޔާނީއަށް ލަވާލަމުން ނާޝިދު ބުންޏެވެ.

” އެންމެ ރަނގަޅު… ދިމާނުވެ ގިނަދުވަސްވެފައިވާ ތިމާގެ މީހުންނާ ރައްޓެހިންނާ ބައްދަލުވާނެއްނު…” ހިނިތުންވެލަމުން ނައިރާ ބުންޏެވެ.

” އާނ.. ނާއިފާމެންގެ އާއިލާ ވެސް އަންނާނެ… ދަރިފުޅު އިހުވާން އާއި ވެސް ބައްދަލު ނުވާތާ ވަރަށް ދުވަސްވެއްޖެއްނު… ކުޑައިރުއްސުރެ އެންމެ ގާތް ރަހުމަތްތެރިޔާ ވިއްޔަ…” ޝާކިރާ ބުނެލިއެވެ.

” މަންމާ.. އިހުވާން ހުންނާނީ އަހަރެންދެކެ ވަރަށް ރުޅިއައިއްސަ ދޯ… ” ނައިރާ އަހާލިއެވެ.

” އިހުވާން އަކީ އެކަހަލަ ކުއްޖެއް ނޫން.. ނާއިފާ ބުނީ ދަރިފުޅު އައި ވާހަކަ ބުނީމަ އިހުވާން ހުރީ ވަރަށް އުފަލުންނޭ… ” ޝާކިރާ ހިނިތުންވެލަމުން ބުންޏެވެ.

” ދެން ކީއްވެބާ އަހަންނާ ބައްދަލު ކުރަން ނައީ… ޕާޓީއަށް އިހުވާން ގެންނަންވާނެ ކޮންމެ ހެނެއްވެސް… އަހަރެން ބޭނުން އިހުވާންގެ ކިބައިން މާފަށް އެދެން… ހަޔާތުގަ ކުރެވުނު އެންމެ ބޮޑު ކުށުގެ ސަބަބުން އަހަރެން މިވަނީ ގާތް އެތައް ބަޔަކާ ދުރުވެފަ..” އިސްޖަހާލަމުން ނައިރާ ބުންޏެވެ. ތަންކޮޅެއް ދުރުގައި ހުރި އާޔަންއަށް އިއްވާލުމުގެ ގޮތުންނެވެ. އާޔަން އިސްޖަހާލަމުން ހިތިގޮތަކަށް ހިނިތުންވެލިއެވެ.

” ތެދަށް ބުނަންޏާ އެދުވަހުގެ ފަހުން އިހުވާން މިގެއަކަށް ނާދޭ… އެކަމަކު ދަރިފުޅު އައިމަ މިހާރު އޭނަ ހުރީ ދަރިފުޅާ ބައްދަލު ކުރާ ހިތުން…” ޝާކިރާ ބުނެލިއެވެ. އެއަށްފަހު ނާޝިދަށް ބަލާލަމުން ލޮލުގެ އިޝާރާތުން ވާހަކައެއް ބުނެލި ކަހަލައެވެ.

” ދަރިފުޅުގެ އިއްދައިގެ މުއްދަތު ހަމަވަނީ ކޮންދުވަހަކުން” ކުއްލިއަކަށް ނާޝިދު އަހާލި ވާހަކައިން ނައިރާގެ ހަރަކާތްތަކަށް ލަސްކަމެއް ގެނެވުނެވެ. އާޔަންއަށްވެސް އެވަގުތު ނައިރާގެ މޫނަށް ބަލާލެވުނެވެ. ވިލީޝާއަށް އެއްފަހަރު އާޔަން އަށް އަނެއްފަހަރު ނައިރާއަށް ބަލާލެވުނެވެ.

” ކޯޓުން ނިންމަންޖެހޭ ކަމެއް ނޯންނާނެކަން ބައްޕައަށް އެނގޭ… އެކަމަކު ދީނީގޮތުން ބަލާއިރު  އިއްދައިގެ މުއްދަތު ހަމަކުރަންޖެހޭނެ ދޯ.. ” ނާޝިދު ބުނެލިއެވެ.

” ދެމަހެއްހާ ދުވަސްވާނެ.. އެކަމަކު ބައްޕަ ކީއްވެބާ ތިސުވާލު ތިކުރީ….” ތެޅެމުން ދިޔަ ހިތަކާ އެކު ނައިރާ އަހާލިއެވެ.

” ބައްޕަމެން ބޭނުމެއް ނޫން އުމުރު ދުވަހު ދަރިފުޅު ތިހެން އެކަނިވެރިކަން މަތީ ބައިންދާކަށް.. އަޔާނީއަށްވެސް ބައްޕައެއްގެ ލޯބި ބޭނުންވާނެ.. މިހާރު ސުވާލު ނުކުރިޔަސް ހަޔާތުގެ ކޮންމެވެސް ހިސާބަކުން އަޔާނީވެސް ބައްޕަ ކޮބައިތޯ ސުވާލު ކުރާނެ… ބައްޕަ ބޭނުންވަނީ ދަރިފުޅު އަލުން ޒަވާޖި ހަޔާތެއް ފަށަން… ބައްޕަ ހީކުރަން މިފަހަރު ދަރިފުޅު ބައްޕަމެން ބުނާ ގޮތަށް ކަންތައް ކުރާނެ ކަމަށް…” ނާޝިދު ދެއްކި ވާހަކައިން ނައިރާގެ މުޅި ޠަބީއަތު ގޯސްވިއެވެ. ވިލީޝާއަށްވެސް އިނދެވުނީ ނައިރާއަށް ބަލަހައްޓައިގެންނެވެ. އާޔަންގެ ހިތަށް ނުތަނަވަސްކަން ވެރިވެ މުޅި އުމުރަށް ނައިރާ ގެއްލޭން އުޅޭކަމުގެ ބިރު ހީވަމުން ދިޔައެވެ. ނައިލީއާއި އަޒީދުވެސް އިނީ ވާންއުޅޭގޮތް ކޮންމެވެސް ވަރަކަށް އެނގި ހިތްހަމަނުޖެހިފައެވެ. ނައިރާ އާޔަންގެ މޫނަށް ބަލާލިވަގުތު ހަނދާނަށް އަންނަމުން ދިޔައީ އޭނާއާއި ދޭތެރޭ އާޔަން ކަންތައްކުރި އިހާނެތި ގޮތެވެ. އާޔަންގެ ބޭވަފާތެރިކަމެވެ. އެއްވެސް ރަހުމެއްނެތި އޭނާ ވަރިކޮށްލި ގޮތެވެ.

” މިފަހަރު އަހަރެން ބައްޕަމެން މާޔޫސް އެއް ނުކުރާނަން… ބައްޕަމެން ދެއްކި ކޮންމެ މީހަކާ އިންނަން އަހަރެން ތައްޔާރު” ނައިރާގެ ޖަވާބު އިވިފައި އެތެރޭން އާޔަންގެ ހިތް ފުނޑިފުނޑިވިކަހަލައެވެ. ދެލޯފެންކަޅިވެގެން ދިޔައީ ބޭއިޙްތިޔާރުގައެވެ.

ނާޝިދާއި ޝާކިރާއަށް ހިނިތުންވެވުނީ ހުރިހާ ދަތްތަކެއް ފެންނަވަރަށެވެ. ވިލިޝާވެސް އިނީ ނައިރާގެ ޖަވާބާއި މެދު ހިތްހަމަޖެހިފައެވެ. އަޒީދުއާއި ނައިލީ އެކަކު އަނެކަކަށް ބަލާލިއިރު އެދެމީހުންގެ މޫނުމަތިން ފެންނަމުން ދިޔައީ ނުތަނަވަސް ވެރިކަމެވެ.

” މަންމަ ވަރަށް އުފާވެއްޖެ… އިރާދަކުރެއްވިއްޔާ ކުރިއަށް ދެން އޮތީ އުފާވެރި ދުވަސަތަކެއް…” ޝާކިރާ އުފާލުން އިނދެ ބުނެލިއެވެ. ނައިރާވެސް ގަދަކަމުން ހިނިތުންވެލަމުން ކެއުމައިގެން ކުރިއަށް ދިޔައެވެ.

 

ލޯގަނޑު ކައިރީގައި ހުރެ އިހުވާން ތައްޔާރު ވަމުން ދިޔައިރު ތުންފަތްމައްޗަށް ވެރިވެފައި ވަނީ ހިނިތުންވުމެކެވެ. އިހުވާން ބޭނުންވަނީ މިރޭ ނިޝީއާއި ބައްދަލުކޮށް ނިޝީއަށްޓަކާ އޭނާގެ ހިތުގައިވާ އިހުސާސްތައް ބަންޑުންކޮށްލާށެވެ. ނިޝީ އޭނާ ދެރަނުކޮށްލާނެކަން އިހުވާންއަށް ޔަގީނެވެ. އެންމެ ފަހު ފަހަރަށް އިސްތަށިގަނޑު ރިތިކޮށްލަމުން ޑްރެސިންގް ޓެބަލް މަތީގައި އޮތް ސައިކަލުގެ ތަޅުދަނޑި ހިފައިގެން ކޮޓަރިން ނިކުތެވެ.

 

އިހުވާން ނިކުތް އިރު ސިޓިންގްރޫމްގައި ނާއިފާ އާއި އިހުވާންގެ ބައްޕަ އަނިލް އޮލަ ވާހަކައެއްގައި ތިއްބެވެ. އިހުވާން އެހާ ނަލަހެދިލައިގެން ނިކުތުމުން ދަނީ ކޮންތާކަށް ތޯ އަނިލް ސުވާލު ކުރިއެވެ.

 

” މިދަނީ ރަހުމަތްތެރިއެއްގެ ގޭގަ އޮތް ޕާޓީއަކަށް… އެގާރަ ޖެހުމުގެ ކުރިން އަންނާނަން…” އިހުވާން އަށް ތެދު ބުނާކަށް ނުކެރުނެވެ.

” އިހަށް މަޑުކޮށްބަލަ… މިރޭ ނާޝިދު ގުޅި… މިހުކުރުގަ އެގޭގަ އެބައޮތް ނައިރާ އައުމުގެ އުފަލުގަ ބާއްވާ ޕާޓީއެއް… ދަރިފުޅު ދާންވާނެ… ” އަނިލް ބުންޏެވެ.

” އެންމެރަނގަޅު.. ދެން ގޮސްލަނީ.. ” އިހުވާން އަވަސްއަވަހަށް ބުނެލިއެވެ.

” ދަރިފުޅު ބަލައިގެން ދުއްވާތި… ” ގެއިން ނިކުންނާން ދިޔަ އިހުވާންއަށް އިވޭ ވަރަށް ތަންކޮޅެއް ބާރަށް ނާއިފާ ބުންޏެވެ.

 

” އަނެއްކާ އެންމެ ރަނގަޅަށްތަ ކަންތައް މިކުރެވެނީ … ދެވަނަ ފަހަރަށް އިހުވާންގެ ހިތްހަލާކު ނުވެއްޖިއްޔާ ރަނގަޅު…” އިހުވާން ދިއުމުން އަނިލް އަށް ބަލާލަމުން ނާއިފާ ބުންޏެވެ.

” މިފަހަރު އެހެންވާނެ ހެންނެއް ހިއެއް ނުވޭ… އަހަރެންގެ އިހުވާންގެ ހިތް އޮތްގޮތް އަހަންނަށް އެނގޭ… އިހުވާން ނައިރާދެކެ ލޯބިނުވާ ނަމަ އަހަރެންވެސް ނޫޅުނީމުސް މިފަހަރު މިކަން ކުރުވާކަށް…” އަނިލް ބުންޏެވެ.

” ދެން އެނގިދާނެތާ ވާގޮތެއް…” ކަންބޮޑުވެފައި އިނދެ ނާއިފާ ބުންޏެވެ.

 

އިހުވާން އާއި ނިޝީ ތިބީ އާޓިފިޝަލް ބީޗްގައި ހުރި ހިލަގޮނޑިއެއްގެ މަތީގައެވެ. ނިޝީގެ ނަޒަރު ހުއްޓިފައިވަނީ ކުރިމަތިން ފެންނަމުން ދިޔަ މޫދަށެވެ. އެވަގުތުގައި ފުދޭވަރަކަށް މީހުން މޫދުގައި މަޖާ ނަގަމުން ދިޔައެވެ.

” ވާހަކައެއްވެސް ނުދައްކާނަންތަ” ނިޝީގެ މޫނަށް ބަލަހައްޓައިގެން އިން އިހުވާން އަހާލިއެވެ.

” އަޅުގަނޑު ބޭނުން އަވަހަށް ގެއަށް ދާން.. އެހެން ނޫނީ ދައްތަ ރުޅިއަންނާނެ” ކަންބޮޑުވެފައި އިނދެ ނިޝީ ބުންޏެވެ.

” އެހާ ފޯމަލް ނުވިޔަސް އޯކޭ ވާނެ… މިވަގުތު އަހަރެން މީ ނިޝީގެ ޓީޗަރެއް ނޫން އަދި ނިޝީ ތީ އަހަރެންގެ ސްޓޫޑެންޓެއްވެސް ނޫން… މިވަގުތު މިތާ މިތިބީ އިހުވާން އާއި ނިޝީ… ” އިހުވާން ބުނެލިއެވެ. ނިޝީ އިހުވާންއަށް ދިމާއަށް ބަލާލިއިރު އެމޫނުމަތިން ލަދުވެތިކަން ފެންނަން ހުއްޓެވެ.

” އަހަންނަށް ނިޝީ ވަރަށް ކަމުދޭ… އެންމެ ފުރަތަމަ ނިޝީ ފެނުނު ދުވަހުން ފެށިގެން…” ފަސްޖެހުމެއްނެތި އިހުވާން ބުންޏެވެ. ނިޝީ އަށް އިސްޖަހާލެވުނީ ގަތްލަދެއްގެ ބޮޑުކަމުންނެވެ. އެމަންޒަރު ފެނި އިހުވާން އަށް ލާނެތް ގޮތަކަށް ހިނިތުންވެވުނެވެ.

” މީ ސަމާސާއެއް ނޫން… އަހަންނަށް އެންމެ ފުރަތަމަ ނިޝީ ފެނުނީ މިތަނުން…ކުޑަކުއްޖަކާއެކު އުޅެނިކޮށް.. އެންމެ ފުރަތަމަ ނަޒަރުންވެސް އަހަންނަށް ނިޝީ ވަރަށް ކަމުދިޔަ… ފުރަތަމަ ހީކުރީ ހޮޓް މޮމީއެއް ކަމަށް.. ހެހެހެ.. އެކަމަކު ކޮލެޖުން ފެނި ސްޓޫޑެންޓް ރެކޯރޑް ޗެކް ކުރުމުން އެނގުނު ނިޝީ އަދި މީހަކާވެސް ނީންނަކަން….” އިހުވާން ބުންޏެވެ. އިސް އުފުލާލަންވެސް ނުކެރިފައި ނިޝީ އިންއިރު އެހިތް ބާރަށް ތެޅެމުން ދިޔައެވެ.

” ނިޝީ އަހަންނަށް ބަލާ ސިއްރު ބެލުންތައް އަހަންނަށް ފާހަގަވޭ… އަހަންނަށް މިކުރެވެނީ ކުށްހީއަކަށް ނުވަންޏާ ނިޝީވެސް އަހަންނާ ގަޔާވޭ… ނޫންތަ” އިހުވާން ސުވާލުކޮށްލިއެވެ. ނިޝީއަށް ޖަވާބުދޭކަށް ނުކެރުނެވެ.

” ތީގެ މާނައަކީ ނޫނެކޭތަ… ” ނިޝީ ބަހެއް ނުކިޔައި އިންނަން ފެށުމުން އިހުވާން އަހާލިއެވެ.

” ސަރ އަށް ތިހީކުރެވެނީ ރަނގަޅަށް” ކުރެވުނުހާ ހިތްވަރެއް ކުރަމުން ނިޝީ ބުންޏެވެ. އިހުވާންއަށް ލާނެތް ގޮތަކަށް ހީގަނެވުނެވެ. މަޑުމަޑުން ނިޝީއާއި ކައިރިވެލަމުން ނިޝީގެ ދަތްދޮޅީގައި ހިފާ މައްޗަށް އުފުލާލިއެވެ. ނިޝީއާއި އިހުވާންގެ ހަތަރުކަޅި ބައްދަލުވެގެން ދިޔަވަގުތު ނިޝީއަށް ލަދުރަކި ގޮތަކަށް ހިލެވުނެވެ.

” ސަރ އެއް ނޫން.. އިހުވާން… އައި އެމް އިން ލަވް ވިތް ޔޫ ނިޝީ” އިހުވާން މަޑުމަޑުން ބުނެލިއެވެ. ނިޝީގެ މޫނު ރަތްލޭކޮޅަކަށް ވިކަހަލައެވެ.

” އަހަރެން ބޭނުމީ ވީހާވެސް އަވަހަކަށް ނިޝީ އަހަރެންގެ މީހަކަށް ހަދަން… ” ނިޝީގެ އަތުގައި ހިފާލަމުން އިހުވާން ބުންނެވެ.

” ނިޝީ އަހަރެންގެ މީހަކަށް ވާނަންތަ” އަނެއްކާވެސް އިހުވާން ސުވާލުކޮށްލިއެވެ. ނިޝީ ބޯޖަހާލީ އާއެކޭ ބުނުމުގެ ގޮތުންނެވެ. ވީ އުފަލުން އިހުވާން އަށް ނިޝީގެ އަތަށް ފިއްތާލެވުނެވެ.

” އަހަރެން ކޮންމެ ރެއަކުވެސް ކުލާސް ނިންމާފަ ނިޝީ އާއި ބައްދަލުކުރާނަން… އޯކޭތަ” އިހުވާން އަހާލިއެވެ. މިފަހަރުވެސް ނިޝީ އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. ދުލުން ބަހެއް ނުބުނެވުނު ނަމަވެސް ނިޝީގެ ހިތަށް ލިބިފައިވަނީ އިންތިހާ ދަރަޖައިގެ އުފާވެރިކަމެވެ.

Share Article

Follow Me Written By

Axoo

Level 310 Stories100 Comments100 Login

Other Articles

Previous

ވަރުދާން…

Next

ހީވޭ ހިތް ބުނާހެން 33

Next
April 9, 2020

ހީވޭ ހިތް ބުނާހެން 33

Previews
April 9, 2020

ވަރުދާން…

13 Comments!

  1. Axoo says:
    April 9, 2020 at 2:56 pm

    hi guys!! welcome to a new episode.. hope you will like this part too.. and please feel free to share your views about this episode as usual.. thanks and love you all

  2. Dhonthy says:
    April 9, 2020 at 3:39 pm

    Nice Maasha Allah. ???❤️

    1. Axoo says:
      April 9, 2020 at 3:41 pm

      Thank you dhontha ❤️

  3. Imkko says:
    April 9, 2020 at 3:50 pm

    ❤❤❤❤❤❤❤???????Axoo varah reethi mi part ves.when next part.waiting.

    1. Axoo says:
      April 9, 2020 at 3:52 pm

      Thanks imkko ❤️ next part Soon ins Sha Allah ☺️

  4. Kairaa says:
    April 9, 2020 at 3:52 pm

    Wowwww… Mi part vx varah reethi… Masha Allah…. Curiously waiting for the nxt…..and Whn nxt part……????

    1. Axoo says:
      April 9, 2020 at 3:53 pm

      Thank you kairaa ❤️ next part Soon In Sha Allah ☺️

  5. Ahu____________shan says:
    April 9, 2020 at 4:36 pm

    Wooooowww Axoo varah varah reethi igey ❤️❤️❤️❤️

    1. Axoo says:
      April 9, 2020 at 5:01 pm

      Thanks Ahu_______shan ❤️?

  6. Koroanaa says:
    April 9, 2020 at 7:35 pm

    Miee kihaa dhuvahakun up vaa story eh

    1. Axoo says:
      April 9, 2020 at 8:12 pm

      It’s hard to say which day because really busy these days

  7. Jek3nejelenkene says:
    April 9, 2020 at 9:11 pm

    Soo ihuvaan and nishee
    Nairaa aai Aayan

    1. Axoo says:
      April 9, 2020 at 9:30 pm

      May be, may be not ?☺️

Comments are closed.


All Right Reserved!