Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހަޤީޤީލޯބި

ކައިރީގައި އެހެނަސް.. ދުރުގައި… 10

Axoo Level 310 Stories100 Comments100 Login
April 11, 2020 6 Mins Read
12 Comments

 

” ނިޝީ އަހަރެންގެ މީހަކަށް ވާނަންތަ” އަނެއްކާވެސް އިހުވާން ސުވާލުކޮށްލިއެވެ. ނިޝީ ބޯޖަހާލީ އާއެކޭ ބުނުމުގެ ގޮތުންނެވެ. ވީ އުފަލުން އިހުވާން އަށް ނިޝީގެ އަތަށް ފިއްތާލެވުނެވެ.

” އަހަރެން ކޮންމެ ރެއަކުވެސް ކުލާސް ނިންމާފަ ނިޝީ އާއި ބައްދަލުކުރާނަން… އޯކޭތަ” އިހުވާން އަހާލިއެވެ. މިފަހަރުވެސް ނިޝީ އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. ދުލުން ބަހެއް ނުބުނެވުނު ނަމަވެސް ނިޝީގެ ހިތަށް ލިބިފައިވަނީ އިންތިހާ ދަރަޖައިގެ އުފާވެރިކަމެވެ.

” މިއޮތީ އަހަރެން ބުނިތަން އައިސްފަ… ދެން އަހަންނަށް މިގެއިން ބައިރުފިޔާ ފޮއްޗެއްވެސް ލިބޭނެހެންނެއް ހިޔެއް ނުވޭ… ” ކޮޓަރީގައި ދެކޮޅުދެކޮޅަށް ހިނގަމުން ދިޔަ ނައިލީ ބުންޏެވެ.

” ނައިރާގެ ފިރިއަކަށް އެއްޗެއް ލިބޭނީ އަހަންނަށް ލިބިފަ އޭގެ ފަހަކަށްނު… ލިބެން ހުރި މީހާވެސް މިހާރު މިދުނިޔެއަކު ނެތެއްނު…” އެނދުމަތީގައި އިށީނދެ އިން އަޒީދު ބުންޏެވެ. ނައިލީ އަޒީދުއާއި ދިމާއަށް ބަލާލީ އަލިފާނުގެ ނަޒަރަކުންނެވެ.

” އަޒީދު ތީ މުއްސަނދި ބައްޕައެއްގެ ހުރި ހަމައެކަނި ދަރި.. މިހާރުވެސް އަޒީދުގެ ނަންމަތީގަ އެތައް ޕްރޮޕަޓީއެއް އެބައޮތް…. އެއްޗެއް ނުލިބޭނީ އަހަންނަށް… އެހެން ނޫނަސް ބައްޕަމެން އަޒީދުއަށް އެހާ އިތުބާރު ނުކުރާކަން އަހަންނަށް އެނގޭ… އެހެންނުވާނީ.. ވިޔަފާރިއާއި ބެހޭ ގޮތުން އަޒީދުއަށް އެނގޭ އެއްވެސް އެއްޗެއް ނެތްވިއްޔަ.. އެއޮއްބޮޑު އޮފީހުގަވެސް އަޒީދުގެ މަގާމަކީ ހިއުމަން ރިސޯސް މެނޭޖަރުގެ މަގާމް… އާދައިގެ މުވައްޒަފެއްގެ މަގާމް… އަހަންނަށް ޔަގީން ބައްޕަމެން މިހާރު އެވިސްނަނީ އިހުވާން އާއި ނައިރާގެ ކައިވެނި އަނެއްކާ ކުރުވަންކަން… އިހުވާން އެއީ ނުލާހިކު މޮޅު މީހެއް…ނުލާހިކު ޤާބިލް ފިރހެނެއް… ” ރުޅިއައިސް ރަތްވެ ހުރެ ނައިލީ ބުންޏެވެ.

” އަހަރެން ކަހަލަ ކަޓު މީހަކާ އިނީ ކީއްކުރަން…” އަޒީދު ކައިރިއަށްވެސް ރުޅިއައިސްފިއެވެ.

” އަހަރެން ބޭނުންވެގެންތަ އިނީ… އަހަރުމެން އަންހެން ދަރީންގެ ކައިވެންޏަކީވެސް އަހަރުމެންގެ މައިންބަފައިންނަށް ބިޒްނަސް ޑީލެއް…” ނައިލީ ހިތްހަމަނުޖެހިފައި ބުންޏެވެ.

” ދެން ނައިލީވެސް ނައިރާގޮތަށް ފިލިނަމަ… ކީއްކުރަން މަބޯގޮއްވަން މަށާ އިނީ” އަޒީދު ބުންޏެވެ.

” މަށަކީ ނައިރާ ކަހަލަ މޮޔައެއް ނޫނޭ… ހުރިހާ ކަމަކަށް ވުރެ އަހަންނަށް މުހިންމީ ފައިސާ.. އަޒީދު ތިހާ ބޯގޮވަންޏާ މަވަރިކޮށްފަ ދާންވީނު.. ” ނައިލީ ހަޅޭއްލަވައިގަތެވެ.

” އަހަރެން ކެތްކޮށްގެން މިހުންނަނީ އަހަރެންގެ ދަރިފުޅު ލިލީ އަށްޓަކާ… ތިކަހަލަ ފައިސާ އާއި ހެދި ބޫތު ކައިފަ ހުންނަ  އަންހެނަކަށްޓަކައެއް ނޫން… ” އިންތަނުން ތެދުވެ ނައިލީއާއި ކުރިމަތިލަމުން އަޒީދު ބުންޏެވެ.

” އެހެންނޫނަސް އަޒީދުއަށް ދާކަށް ނުކެރޭނެ… އަޒީދުކޮށްފަ ހުރި ކަންތައް މިގޭ މީހުންނަށް އެނގޭ ދުވަހަކުން އަޒީދު އޮންނަންޖެހޭނީ ޖަލު ގޮޅިއެއްގަ… ” މަލާމާތުގެ ރާގަކަށް ނައިލީ ބުންޏެވެ.

” އަހަރެން ޖަލަށް ދަންޏާ ދާނީ ނައިލީވެސް ގޮވައިގެން.. އަހަރެން ކުރި ކަމެއްގައި އެއްވަރަށް ނައިލީވެސް ބައިވެރިވި.. އަހަންނަށް ޔަގީން އަހަރެންގެ ބައްޕަ އަހަރެން ސަލާމާތް ކުރާނެކަން.. އެކަމަކު ނައިލީގެ މައިންބަފައިން ނައިލީ ސަލާމާތް ކުރާނެބާ” ނުލަފާ ގޮތަކަށް ހީލަމުން އަޒީދު ބުންނެވެ. ނައިލީ ކައިރިއަށް އައި ރުޅިން އިތުރު ބަހެއް ނުބުނެ ހަރުފިވަޅުތަކެއް އަޅަމުން އެކޮޓަރިން ނިކުތެވެ. އަޒީދު ނުލަފާގޮތަކަށް ހިނިގަނޑެއް ޖަހާލަމުން އެނދުމައްޗަށް ވެއްޓިގަތެވެ.

އެންމެން ނިދީކަން ޔަގީންވުމާއި އެކު އާޔަން ކޮޓަރިން ނިކުތެވެ. މަޑު ފިޔަވަޅުތަކެއް އަޅަމުންގޮސް ވަރަށް މަޑުމަޑުން ދޮރު ހުޅުވާލާފައި ބޭރަށް ނިކުތެވެ. އެއަށްފަހު ޖީބުގައި އޮތް ފޯނު ނަގަމުން ޔަމާންއަށް ގުޅާފައި އޭނާހުރީ ބޭރުގައި ކަމުގައި ބުންޏެވެ.

ބޭރު ގޭޓުކައިރީގައި ހުންނަތާ ފަސްމިނެޓެއް ހާއިރު ފަހުން ޔަމާން ސައިކަލުގައި އައިސް އެގޭ ދޮރުމައްޗަށް މަޑުކޮށްލިއެވެ. ސައިކަލު ފަހަތުގައި ޒިވީ އިނެވެ. މަޑުމަޑުން ސައިކަލުން ފައިބަމުން އާޔަންއަށް ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ.

” ޒިވީ… ވަރަށް އުފާވެއްޖެ އެހާ ދުވަސްކޮށްފަ ފެނުނީމަ… ” އާޔަން ބުންޏެވެ.

” އަހަރެންވެސް ވަރަށް އުފާވެއްޖެ އާޔަން ފެނުނީމަ… އާޔަން ތިހާލުގަ އުޅޭތީ އަސްލު ވަރަށް ދެރަވޭ…” ޒިވީ ބުންޏެވެ.

” އާޔަން… ރަނގަޅުދޯ… ” އާޔަން ގައިގާ ކުޑަކޮށް ބައްދާލަމުން ޔަމާން ބުންޏެވެ. އެހާ ދުވަސްފަހުން ގާތް ދެމީހުން ފެނި އާޔަން ހުރީ އުފަލުންގޮސް ދެލޯ ފެންކަޅިވެފައެވެ.

” ދެން ބުނެބަލަ… ނައިރާ ކޮންއިރަކު ރާއްޖެއައީ… އާޔަން އަދި އެނގުނީ ދޯ އައިސްގެން އުޅޭ ކަންވެސް… ” ޒިވީ އަހާލިއެވެ.

” ހީނުވެސް ކުރާކަހަލަ ގޮތަކަށް ކަންތައްވި.. ޔޫގައިޒް ވޯންޓް ބިލީވް… ޝާކިރާގެ ދަރިއެއް ނައިރާ އެއީ… ” އަޔާންގެ ވާހަކަ އިވިފައި ޔަމާން އާއި ޒިވީއަށް ލިބުނީ ކުޑަވަރެއްގެ ޝޮކެކެވެ.

” ނައިރާ އަހަންނާ ދިމާވީ މިގެއިން… އަހަރެން ފެނުނީމަ ނައިރާ ވަރަށް ރުއި… އެނގޭ އަދިވެސް އޭނަ އަހަރެންދެކެ ލޯބިވާ ވަރު… ނައިރާ ހީކުރަނީ ޒިވީގެ ބަނޑުގައި އެއޮތީ އަހަރެންގެ ދަރިއެއް ކަމަށް.. ” އާޔަން އިތުރަށް ކިޔައިދިނެވެ.

” ނައިރާ ދޫކޮށްލާފައި އައި އިރު އަހަންނަކަށް ނޭނގޭ އޭނަ ބަނޑުބޮޑުކަމެއްވެސް.. އެނގޭތަ… އަހަރެންގެ ފަސްއަހަރުގެ ދަރިއެއްވެސް އެބަހުރި.. ހަމަ ކުޑަކުޑަ ނައިރާއެއްހެން ހީވަނީ” ހިތިގޮތަކަށް ހީލަމުން އާޔަން ބުންޏެވެ.

” އެކަމަކު މިހުރިހާ ދުވަހު މިގޭގަ އުޅުނުއިރު ނޭނގޭތަ އެއީ މިގޭ ކުއްޖެއް ކަމެއް…” ޔަމާން ސުވާލުކޮށްލިއެވެ.

” އޭރު ނައިރާ ފިލައިގެން ގޮސް އަހަންނާ ކައިވެނި ކުރީމާ މިގޭ މީހުން ތިބީ ނައިރާދެކެ ވަރަށް ހިތްހަމަނުޖެހިފަ.. އެހެންވެ މިހުރިހާ ދުވަހު އެއްވެސް މީހެއް ނައިރާގެ ވާހަކަ ދެއްކުން މަނާ ކޮށްފަ އޮންނަނީ… ދެން ކިހިނެއް އެނގޭނީ… ” އާޔަން ކިޔައިދިނެވެ.

” އެންމެ ރަނގަޅަށް ކަންނޭނގެ ކަންތައް އެވީ.. އަހަންނަށް ފެންނަނީ މިފުރުސަތުގަ އާޔަން ނައިރާއަށް ހުރިހާ އެއްޗެއް ކިޔައިދޭން… ނައިރާ ކައިރީ ބުނަން ޒިވީ އާއި އާޔަންގެ އެއްވެސް ގުޅުމެއް ނެތޭ… އަދި ޒިވީ އަކީ އަހަރެންގެ އަނބިމީހާއޭ… ” ޔަމާން ބުންޏެވެ. ޒިވީވެސް އެކަމަށް އެއްބަސްވިއެވެ.

” އަހަރެން ހަޤީޤަތް ކިޔައިދޭ ދުވަހަކުން ނައިރާ އަހަންނަށް މާ ނަފްރަތު ކުރާނެ… އަހަރެން ކިހިނެއް ނައިރާ ކައިރީގަ ބުނާނީ ނައިރާގެ ދޮންބެ ނާއިޝް މަރުވީ އަހަރެންގެ އަތުންނޭ…” އާޔަން ކުރަކިވެފައިވާ އަޑަކުން ބުންޏެވެ.

” އެއީ އެކްސިޑެންޓެއް… އެ އެކްސިޑެންޓްގައި ގެއްލުން ލިބުނީ ހަމައެކަނި އެމީހުންނަކަށް ނޫން… އާޔަންގެ ބައްޕަ އަދިއަދަށްވެސް އެއޮތީ ހޮސްޕިޓަލުގަ… ” އާޔަންއަށް ވިސްނައިދޭން މަސައްކަތް ކުރަމުން އާޔަން ބުންޏެވެ.

” އެކަމަކު އަހަރެންގެ ސަބަބުން ގެއްލިގެން ދިޔައީ ފުރާނައެއް… އެވަގުތު އަހަރެންވެސް ދުއްވާފަ އައީ ފުދޭވަރަކަށް ބާރަށް… ދެން އެހެންނޫނަސް މިވާހަކަތައް ދެއްކުމުގެ ބޭނުމެއް ނެތް… މިހާރު ނައިރާ އެއީ އަހަރެންގެ އަންބެތް ނޫން… ނައިރާވެސް އުޅެނީ އެހެން މީހަކާ އިންނަން…” އާޔަން ބުންޏެވެ. ޒިވީއާއި ޔަމާންއަށް ލިބުނީ ދެވަނަ ޝޮކެކެވެ.

” ވަޓް.. އާޔަން ކީއްވެ އެހެން ހެދީ ނައި ހާދަ ދެރައެއް ވާނޭ… އަހަންނަށް އިހުސާސް ކުރެވޭ ނައި ވާނެ ދެރަ… ” ރޮވިފައި ހުރެ ޒިވީ ބުންޏެވެ.

” އަހަންނަށް އެހެން ގޮތެއް ނެތީ ޒިވީ… އެހެންނޫނަސް އެއީ ނައިރާއަށްވެސް އަދި އަހަރެންގެ ދަރިފުޅަށްވެސް އެންމެ ރަނގަޅު ގޮތް… ” އާޔަން ބުންޏެވެ.

” އާޔަން… ” ފަހަތުން އަންހެނަކު ގޮވާލި އަޑަށް އާޔަން ސިހިފައި ބަލާލިއެވެ. ފަހަތުގައި ހުރި ނިޝީ ފެނި އާޔަން އަށް ހަމަޖެހުމުގެ ނޭވައެއް ލެވުނެވެ.

” އަހަރުމެން ދެން މިވަގުތު ދަނީ… ގުޅާނަން….” އާޔަންގެ ކޮނޑުގައި ޖަހާލަމުން ޔަމާން ސައިކަލާއި ދިމާއަށް ދިޔައެވެ. ޔަމާންގެ ފަހަތުން ޒިވީވެސް ގޮސް ސައިކަލުގައި އަރާ އިށީނުމުން ޔަމާން އާޔަން އަށް ހީލުމަށްފަހު ސައިކަލު ކުރިއަށް ދުއްވާލިއެވެ.  އާޔަން އެނބުރި އެތެރެއަށް ވަންނަން ހިނގައިގަތެވެ.

” އާޔަން.. ވަރަށް ބޮޑަށް ސޮރީ އެކަމަކު އަހަންނަށް ހުރިހާ އެއްޗެއްވެސް އަޑުއިވިއްޖެ… އަހަރެން އާޔަން އަށް އުނދަގޫ ކުރާކަށް ނޫން ގޮވާލީ ގޭތެރެއިން އަޑެއް އިވުނުހެން ހީވީމަ…” ނިޝީ އަވަސްއަވަހަށް ބުނެލިއެވެ. އާޔަން ނިޝީ އަތުގައި ހިފައިގެން ހިނގައިގަތީ ގޭގޭ ބިއްދޮށު ފަރާތަށެވެ.

” ނިޝީ އަހަރެން މިދެއްކި އެއްވެސް ވާހަކައެއް އެއްވެސް މީހެއް ކައިރީ ނުދައްކާތި.. ޕްލީޒް…” އާޔަން އެދުނެވެ.

” އާޔަން އަތުންތަ ނާއިޝް މަރުވީ… ކިހިނެއް… ކޮން އެކްސިޑެންޓެއް… އާޔަން ނައިރާ ވަރިކުރީ ކޮންއިރަކު…” ނިޝީ އެއްފަހަރާ އެތައް ސުވާލެއް ކުރިއެވެ.

” ނިޝީ އަހަރެން މިދައްކާ ވާހަކަ ވަރަށް ރަނގަޅަށް އަޑުއަހާތި… އަދި އިތުރު އެއްވެސް މީހަކަށް މިވާހަކަތައް ހިއްސާކޮށްގެން ނުވާނެ. އަހަރެން މިވާހަކަތައް ނިޝީއަށް މިކިޔައިދެނީ އަހަރެން ނިޝީއަސް ވަރަށް ބޮޑަށް އިތުބާރު ކުރާތީ.. ” އާޔަން ބުންޏެވެ.

” އަހަންނާ ނައިރާ ދިމާވީ މީގެ ހައަހަރު ކުރިން… ވަރަށް ލޯބިން އަހަރުމެން ދެމީހުން އުޅުނީ… އަހަރުމެން ދެމީހުން ބޭނުންވީ އިންނަން… އެކަމަކު ނައިރާގެ ބައްޕަ ޤަބޫލެއް ނުވި.. އަހަންނާ ބައްދަލުކޮށް ވާހަކަ ދައްކާލަންވެސް ނައިރާގެ ބައްޕަ ބޭނުމެއްނުވި…ފަގީރު އާއިލާއަކަށް އަހަރެން ނިސްބަތްވާތީ..އަހަރެންގެ ބައްޕައަކީ ޓެކްސީ ޑްރައިވަރަކަށް ވާތީ… ނައިރާގެ ކައިވެނި ހަމަޖެހުނީ އެމީހުންނާ އެއްފަންތީގެ އާއިލާއެއްގެ ކުއްޖަކާ.. އެދުވަސްކޮޅު އަހަންނަށް އޮތީ މެލޭޝިޔާގެ ކޮލެޖަކުން ސްކޮލަރޝިޕެއް ހަމަޖެހިފަ… އެހުރިހާ ދުވަހު އަހަރެންގެ ބައްޕަ އަހަންނަށްޓަކާ އެއްކުރި ލާރިހިފައިގެން އަހަރެން ނިންމީ ވީހާވެސް އަވަހަކަށް އެކޮޅަށް ދާން.. ނައިރާ އެހެން މިހެއްގެ ހައްޤަކަށް ވާންތަން ބަލަން ނުހުރެވޭނެތީ.. އެކަމަކު އެއަށްވުރެ ބޮޑަށް ނައިރާ އަހަރެން ދެކެ ލޯބިވޭ… ރަންކިޔަން ހަމަޖެހިފަ އޮތް ރޭ ނައިރާ އަހަރެން ކައިރިއަށް ފިލައިގެން އައީ… އޭގެ ދުވަސްކޮޅެއް ފަހުން އަހަރުމެން ކައިވެނި ކުރީ… ކޯޓުން ބޭރުގަ.. އެންމެ ގާތް އެކުވެރިޔާ ޔަމާންގެ އެހީއާއި އެކު… ނައިރާގެ ބައްޕަގެ ނުފޫޒުން ކޯޓުގަ އެކަން ކުރިޔަ ނުދީފާނެތީ…. އެއަށްފަހު އަހަރުމެން ފުރައިގެން ދިޔައީ މެލޭޝިޔާ އަށް… އަހަރުމެން އުޅުނީ ވަރަށް ލޯބިން… އެތަނުން ނައިރާގެ ރަހުމަތްތެރިވި ދެމީހުން އެއީ ވިލީޝާ އަދި ޒިވީ… އެއްއަހަރުވެސް ނުވަނިސް ބައްޕަ ވަރަށް ބޮޑަށް ބަލިވެގެން އަހަރެން މާލެ އަންނަން ޖެހުނީ.. އަހަރެން އައި އިރު އަހަންނާއި އެކު ޒިވީ ވެސް އައީ ކުޑަ ޗުއްޓީއަކަށް… އެއަރޕޯޓުގައި އަހަރެން ބަލާ އައިސްހުރީ ޔަމާން.. އެތަނުން ޔަމާން އަށް ޒިވީ ފެނި ޒިވީ ކަމުދިޔައީ… އެފަހުން ހަފްތާއެއްފަހުން އަހަންނަށް އެނގުނީ އެދެމީހުން ރައްޓެހިވެގެން އުޅޭކަން… އަހަރެން އުފާކުރިން އެދެމީހުންނަށްޓަކާ… އަހަރެން ބޭނުންވީ އެކޮޅަށް ގޮސް ނައިރާއާއި އެވާހަކަ ހިއްސާކުރަން… އަހަރެން އުޅެމުން އައި އުފާވެރި ދިރިއުޅުން ނިމުމަކަށް އައީ ކުޑަ ހިނދުކޮޅެއްގެ ތެރޭގަ… އެރޭ އަހަރެންގެ ބައްޕަ ވަރަށް ބޮޑަށް ހުން އައިސް އަނބުރައިގަތީ.. އެމްބިއުލެންސް އަންނަން ލަސްވެދާނެތީ  އަހަރެން ބައްޕަ ގޮވައިގެން ބައްޕަގެ ޓެކްސީގަ ހޮސްޕިޓަލަށް މިސްރާބުޖެހީ.. ހާސްވެފައި އިންވަރުން އަހަންނަށް ދުއްވުނީ ވަރަށް ބާރަށް… ފަރީދީ މަގުން ދުއްވާފަ އަހަރެން ދިޔައީ އެވަގުތު ޒިވީގެ ފޯނެއް އައި.. އަހަރެން ޒިވީގެ ފޯނުނެގިން… ޒިވީ އެހީ ޔަމާން ކޮބައިތޯ… އަހަންނަށް ބަހެއް ނުބުނެވިގެން އުޅެނިކޮށް ގަޑިބުރު ކައިރިން އަނބުރާލި ކާރެއްގަ ވަރަށް ބާރަށް ގޮސް ޖެހުނީ… އަހަންނަށް ކޮންޓްރޯލްކުރާނެ ފުރުސަތެއް ނުލިބުނު… އަހަންނަށް ހޭވެރިކަމެއްވީއިރު އަހަރެން އޮތީ ހޮސްޕިޓަލުގެ އެނދެއްގައި … ނިތްކުރިމަތިން ކުޑަކޮށް ފަޅައިގެން ދިއުން ނޫން އަނިޔާ އެއް އަހަންނަކަށް ނުވޭ… އަހަރެން ކައިރީގައި ޔަމާން އާއި ޒިވީ ހުރި..އެކަމަކު ބައްޕައަށް ވަރަށް ބޮޑަށް އަނިޔާވި… ބައްޕަ އައި ސީ ޔޫ ގައި އޮތްވާހަކަ ބުނުމުން އަހަންނަށް ވަރަށް ރޮވުނު… އެކަމަކު އެއަށްވުރެވެސް ބޮޑަށް ދެރަވީ އަހަރެންގެ ސަބަބުން އެހެން މީހެއްގެ ފުރާނަ ގެއްލުނުކަން އެނގުނީމަ… ނައިރާއަށް ގުޅާނެ ހިތްވަރެއްވެސް އަހަންނަށް ނުލިބުނު.. އޭނަ ވަރަށް ގުޅި.. އަހަރެންގެ ފޯނުހަލާކުވެފަ އޮތުމުން ނައިރާ ގުޅީ ޔަމާން ފޯނަށް.. އެކަމަކު އަހަރެން ބުނެގެން ޔަމާން ފޯނެއް ނުނަގަ..ފުލުހުން އަހަންނާ އެއްވެސް ސުވާލެއް ނުކުރެ… އަހަރެންގެ އަތުގަ ލައިސެންސް  އެއްވެސް ނެތްކަން އެމީހުން ބެލިކަމެއް ނުބަލާ ކަމެއް އަހަންނަކަށް ނޭނގެ… އެކަމާ އަހަރެން ވަރަށް ހައިރާންވި… އެހެން ހުއްޓަ ފުރަތަމަ ފަހަރަށް ޝާކިރާއާއި ނާޝިދު އަހަންނާ ބައްދަލުކުރީ  ބައްޕަކައިރީ ހޮސްޕިޓަލުގަ ހުއްޓަ…” އާޔަން ލޮލުން އައިސްފައިވާ ކަރުނަތައް ފޮހެލިއެވެ. ނިޝީ އާޔަންގެ ކޮނޑުގައި އަތްއަޅާލީ އާޔަންއަށް ކުރާނެ އަސަރު އަންދާޒާ ކުރެވޭތީއެވެ.

” ފުލުހުން އާޔަން އާއި ސުވާލުނުކުރީ ކީއްވެބާ… ” ނިޝީ ސުވާލުކޮށްލިއެވެ.

” އެއީ ނާޝިދުގެ އެންގުމުގެ މަތިން… އެމީހުންނަކީ ނުލާހިކު ނުފޫޒުގަދަ ބައެއްކަން ނިޝީއަށްވެސް އެނގެއެއްނު… އެދުވަހު އަހަންނާ ބައްދަލުކޮށް އެމީހުން ބުނީ ކީކޭކަން އެނގޭތަ…” ނިޝީއަށް ބަލާލަމުން އާޔަން ބުންޏެވެ.

” އެއީ ކޮންބައެއް ކަން އެނގުމުން އަހަރެން ވަރަށް ބޮޑަށް މާފަށް އެދުނިން އެމީހުން ކައިރިން… އެމީހުން ބުނީ މާފުލިބޭނީ އެންމެ ގޮތެއްގެ މަތިން ކަމަށް.. އެއީ އެމީހުން ހަދާ ޑީލްއަކާ އަހަރެން އެއްބަސްވާގޮތަށް.. އެޑީލްއަކީ ފަނަރަ އަހަރުދުވަސް ވަންދެން އެގޭގައި ނޯކިރީކުރުން… އެއްވެސް މުސާރައަކާ ނުލާ.. އެހުރިހާ ދުވަހެއް ވަންދެން އެމީހުން އަހަރެންގެ ބައްޕަ ބަލާދޭ ގޮތަށް.. އެކަމަކު އެގޮތާ އެއްބަސް ނުވެއްޖެނަމަ ފަންސަވީސް އަހަރަށް ޖަލަށް ދާންޖެހޭނެ ކަމަށް… … އަހަންނާ ފުލުހުން ސުވާލުވެސް ނުކުރީ ހަމައެމީހުން ބުނިބުނުމަކަށްކަން އެދުވަހު އަހަންނަށް އެނގުނު.. އަހަރެންގެ ބައްޕައަށްޓަކާ އަހަންނަށް ޖެހުނީ އެމީހުން ބުނިގޮތާ އެއްބަސްވާން… އެއީ އެމީހުންގެ ބާރު އަހަންނަށް އެނގޭތީ… އުމުރު ދުވަހަށް ޖަލަށް ދާން ބޭނުން ނުވާތީ.. އަހަރެންގެ ބައްޕައަށްޓަކާ.. ނައިރާއަށްޓަކާ.. ނައިރާ ކައިރީގައި އެހުރިހާ ވާހަކައެއް ދައްކާނެހާ ހިތްވަރެއް އަހަންނަށް ނުލިބުނު… އަހަރެން ބިރުވެސް ގަތީ ނާޝިދުމެންނަށް އަހަރެންގެ އަންބެއް ހުންނަކަށް އެނގިއްޖިއްޔާ އޭނައަށް ގޮތެއް ހަދާފާނެތީ.. އެހެންވެ އަހަންނަށް ނައިރާ ދޫކޮށްލާފަ އަންނަން މަޖުބޫރުވީ.. އަހަރެން ނައިރާ ވަރިނުކޮށް އައީ އަދި އަނބުރާ ނައިރާކައިރިއަށް ދެވޭނެ ކަމުގެ އުއްމީދު އޮތީމަ… އެކަމުގަ އަހަންނަށް އެހީވެދިނީ ޒިވީ… އޭރު އަހަންނަށް އެއީ ނައިރާގެ މައިންބަފައިންކަން އެނގުނުނަމަ ހާލަތު ބަދަލުވީސް ކަންނޭނގެ… ” ހުރިހާ ވާހަކައެއް ކިޔައިދީ ނިންމާލުމަށްފަހު އާޔަން ފުންނޭވާއެއް ދޫކޮށްލިއެވެ.

Share Article

Follow Me Written By

Axoo

Level 310 Stories100 Comments100 Login

Other Articles

Previous

ވާނަމޭ އުމުރަށް އެކީ ޖާނާ (ފަހުބައި)

Next

އަބަދުވެސް މި ހިތުގާ ވެޔޭ (4)

Next
April 11, 2020

އަބަދުވެސް މި ހިތުގާ ވެޔޭ (4)

Previews
April 11, 2020

ވާނަމޭ އުމުރަށް އެކީ ޖާނާ (ފަހުބައި)

12 Comments!

  1. Axoo says:
    April 11, 2020 at 12:18 pm

    hello guys!! welcome to the 10th episode.. i hope you like it.. read and enjoy and please feel free to share your views about this episode.. thanks and love you all.

  2. maaya says:
    April 11, 2020 at 12:42 pm

    vaahaka v salhi………….. mi vaahaka ehkoh kiyaalan libeynee koniraku?????

    1. Axoo says:
      April 11, 2020 at 12:58 pm

      Vaahaka nimunyma … Heheh.. thank you Maaya ❤️

  3. Blablabla says:
    April 11, 2020 at 12:45 pm

    Axoooooo varah reethi. whn nxt prt.

    1. Axoo says:
      April 11, 2020 at 12:59 pm

      Next part Soon In Sha Allah ? thank you ❤️

  4. Rugy says:
    April 11, 2020 at 12:50 pm

    Very nice

    1. Axoo says:
      April 11, 2020 at 12:59 pm

      Thanks rugy ❤️

  5. Yan♥️ says:
    April 11, 2020 at 1:49 pm

    Varah reethi ? Masha Allah

    1. Axoo says:
      April 11, 2020 at 2:19 pm

      Thanka you Yan ❤️

  6. zeeni says:
    April 12, 2020 at 12:03 am

    adhi kitha part

  7. Kairaa says:
    April 12, 2020 at 10:30 am

    Wowwww…varah varah reethi mi part vx???waiting for the nxt part…..and whn nxt axoo….

  8. Ahuu says:
    April 13, 2020 at 12:42 am

    Eyy Axoo varah reethi mi part ves ???

Comments are closed.


All Right Reserved!