Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ކައިރީގައި އެހެނަސް.. ދުރުގައި… 3

Axoo Level 310 Stories100 Comments100 Login
March 18, 2020 5 Mins Read
38 Comments

” އަހަންނަށް މާފު ކުރޭ މަންމާ… ” ރޮއެ ގަނެވުމާއި އެކު ނައިރާއަށް ބުނެވުނެވެ. އެއަޑު އިވުމާއި އެކު ތަނބުގެ ބިއްދޮށުގައި ހުރި އާޔަންއަށް ތެޅިގަނެވުނެވެ. އާޔަން ބޭނުންވީ އަވަސްވީގޮތަކުން އެއަންހެންކުއްޖާގެ މޫނު ދެކިލުމަށެވެ.

” މަގޭ ދަރި…” ނައިރާ ދުރުކޮށްލުމަށްފަހު އޭނާގެ ދެކޯތާފަތާއި ނިތްކުރިއަށް ބޮސްދެމުން ޝާކިރާ ބުންޏެވެ. އެވަގުތުވީ އާޔަންއަށްވެސް ނައިރާގެ މޫނު ފެނުނު ވަގުތަށެވެ. ފަސްއަހަރަށް ފަހު ނައިރާގެ މޫނު ފެނުމާއި އެކު އާޔަންއަށް ހީވީ ދުނިޔެ އެނބުރިގަތް ހެންނެވެ. މިކަހަލަ ގޮތަކަށް ނައިރާ ފެނިދާނެ ކަމަކަށް އާޔަންއަށް ދުވަހަކުވެސް ހީކުރެވިފައެއް ނެތެވެ. ލިބުނު ޝޮކާއި އެކު އަވަސްއަވަހަށް އަނެއްފަރާތަށް އެނބުރުނުއިރު މުޅި މީހާ ވަނީ ދާހިއްލާ ފޯވެފައެވެ.

” އަހަންނަށް މާފުކުރޭ މަންމާ.. ދެން ދުވަހަކުވެސް މަންމަމެން ދޫކޮށްފަ ނުދާނަން.. އަހަންނަށް މިހާރު ވިސްނިއްޖެ.. އަހަރެން ދެކެ ހަޤީޤީ ލޯބިވަނީ ހަމައެކަނި މަންމައާއި ބައްޕަކަން އަހަންނަށް ވިސްނިއްޖެ.. މަންމާ އޭނަ އަހަންނަށް އޮޅުވާލީ… އޭނަގެ ސަބަބުން އަހަރެންގެ މުޅި ދިރިއުޅުން ބަރުބާދުވީ” ރޮމުން ރޮމުން ނައިރާ ދެއްކި ވާހަކަ އާޔަންގެ މެޔަށް ހެރެމުން ދިޔައީ ތޫނު ކަށިތަކެއް ފަދައިންނެވެ. އިސާހިތަކު އާޔަންގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ.

” އެކަން މިހާރު އެނިމުނީ… މަންމަގެ ނަންނިއަށް މާފުކޮށްފިން… ދެން ނުރޮއެ… ” ނައިރާގެ ދެލޯ ފޮހެދެމުން ޝާކިރާ ވާހަކަދެއްކިއެވެ.

” ދޮންތާ….” ނައިލީ ފެނުމުން ނައިރާ ގޮސް ނައިލީ ގައިގާ ބައްދާލިއެވެ. ނައިލީވެސް ހިނިތުންވަމުން ނައިރާގެ ބުރަކަށީގައި ފިރުމާލިއެވެ.

ނާޝިދުގެ އުރުގައި އިން ހަތަރު އަހަރުގެ ކުޑަ ކުޑަ އަޔާނާ އުރާލައި އެކުއްޖާގެ ގައިގާ ޝަކިރާ ބައްދާލިއެވެ.

” ތީ އަހަރެންގެ ދަރިފުޅު އަޔާނާ… އެންމެންގެ އާޔޫ ” ޝާކިރާ ކައިރިއަށް ޖެހިލަމުން ނައިރާ ބުނެލިއެވެ. އެއަޑަށް އަނެއްފަރާތަށް އެނބުރި ހުރި އާޔަންއަށް ސިހިފައި ބަލާލެވުނެވެ. ކުޑަކުޑަ އަޔާނާއާއި ދިމާއަށް އާޔަންއަށް ބަލާލެވުނީ ތަފާތު ނަޒަރަކުންނެވެ. އިހުސާސްތައް ހަމަޔަކަށް އަޅުވަން އުނދަގޫވެ އާޔަންގެ ދެލޮލުގެ ތެރޭގައި  ހިފެހެއްޓިފައިވާ ކަރުނަތައް އޭގެ މަގާމު ދޫކޮށް ކޯތާފަތްމައްޗަށް ފައިބާގަތެވެ. އެހެނީ އަޔާނާގެ ކިބައިން އޭނައަށް ސިފަވަމުން ދިޔައީ އޭނާއާއި ނައިރާއާއި ދޭތެރޭގައިވި ސާފުތާހިރު ލޯތްބެވެ. އަޔާނާއަކީ އާޔަންގެ ދަރިއެއްކަން ޔަގީންވެ ނިމިއްޖެއެވެ. އެކުޑަކުޑަ ދަރިފުޅު އުރާލައި ލޯބިކޮށްލުމަށް ހިތް އެދެމުން ދިޔަނަމަވެސް ކެތްތެރިވުން ނޫންގޮތެއް ނެތެވެ.

 

ޝަކިރާގެ އުރުން ފައިބަން އަޔާނާ ގަދަ ހަދާލުމުން ޝާކިރާގެ އަޔާނާ ތިރީގައި ބެހެއްޓިއެވެ. އެވަގުތު ދެފަރާތް ބަލާލުމަށްފަހު އަޔާނާ އޭނާގެ ތުއްތު ތުއްތު ހިނގުމުގައި ގޮސް މަޑުކޮށްލީ ނިޝީގެ އުނގުތެރޭގައި އިން ތިން އަހަރުގެ ލިލީ ކައިރިއަށެވެ.

” މަންމީ ކޮއްކޮ…” އަޔާނާ ހެވިލާފައި އެހެން ބުނިގޮތުން އެތާ ތިބި އެހެން މީހުންނަށް ވެސް ހެވުނެވެ.

” ލައްބަ ދޫނީ.. މީ އާޔޫގެ ކޮއްކޮ ލިލީ…” ތިރިވެލާ އަޔާނާގެ ކޮލުގައި ކޮއްޓާލަމުން ނައިލީ ބުނެލިއެވެ.

” މީ ދޮންތަގެ ތަ… ވަރަށް ވައްތަރު ދޮންތަ ޔާ… ” ނައިރާގެ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން ނައިލީ ހިނިތުންވެލަމުން ބޯޖަހާލިއެވެ.

” މީނީ ކޮންކުއްޖެއް” ދުވަހަކުވެސް ފެނިފައިނުވާ މޫނެއް ފެނުމުން ނައިރާ އަހާލިއެވެ.

” އެއީ ނިޝީ… އަޒީދުގެ ރަށު ކުއްޖެއް… ލިލީގެ ބޭބީ ސިޓަރ… ނިޝީ މީ އަހަރެންގެ ކޮއްކޮ ނައިރާ.. އެންމެންގެ ނަންނި.. ” އެކަކު އަނެކަކަށް ތައާރަފްކޮށްދެމުން ނައިލީ ބުންޏެވެ. އެގޭ އެހެންމީހުންނާ ހިލާފަށް ނައިރާގެ ތުންފަތްމަތިން ނިޝީއަށް ފެނުނީ ހިތްހެޔޮ ހިނިތުންވުމެކެވެ.

” ބައްޕާ ކޮބާ އަޒީދު… ” ނާޝިދަށް ބަލާލަމުން ނައިލީ އަހާލިއެވެ.

” އަޒީދު އެބައާދޭ އަނެއް ކާރުގަ ނައިރާގެ ރަހުމަތްތެރިއެއް ގޮވައިގެން… މިވީހާ ދުވަހު މެލޭޝިޔާގަ ނައިރާ ހުރީ އެކުއްޖާ ކައިރީގަ.. އޭނަ ކުޑަދުވަސްކޮޅަކު މިގޭ ހުންނާނެ… އަނހަ.. މިއޮއް އައީނު” ދޮރުން ވަދެގެން އައި އަޒީދު ފެނުމުން ނާޝިދު ބުނެލިއެވެ. އަޒީދުގެ ފަހަތުން ހިމަތޮޅި ދޮން އަންހެން ކުއްޖެއް ވަދެގެން އައެވެ.

” ވިލީ..” އެކުއްޖާ ފެނި ވައި އަޑުން އާޔަން އަށް ކިޔައިލެވުނެވެ.

” ޓްރެފިކް ޖޭމް އެއްވެގެން ލަހުން އާދެވުނީ” ނާޝިދަށް ބަލާލަމުން އަޒީދު ބުނެލިއެވެ.

” މަންމާ މީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ ވިލީޝާ.. އަހަންނަށް އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ ވިލީގެ ފަރާތުން…” ނައިރާ އޭނާގެ ރަހުމަތްތެރިޔަ ތައާރަފްކޮށްދެމުން ބުންޏެވެ.

” ވިލީޝާ ބޭނުން ދުވަހެއް ވަންދެން މިގޭގަ ހުންނަންވީ.. ވިލީޝާ ތިކޮށްދިނީ ވަރަށް ބޮޑު ކަމެއް.. ތީގެ އަގު އަދާކޮށްދޭނެ ގޮތެއްވެސް ނޭނގެ އަހަރުމެންނަކަށް.. ” ވިލީޝާގެ އަތުގައި ފިރުމާލަމުން ޝާކިރާ ބުންޏެވެ.

“ނޫން ދައްތާ.. ބަދަލެއްގެ ގޮތުން އަހަރެން އެއްވެސް ކަމެއް ބޭނުމެއްނޫން.. އަހަރެން ބޭނުމީ ނައި ވަރަށް އުފަލުގަ އުޅޭތަން ދެކެން… ” ހިތްހެޔޮކަމާއި އެކު ވިލީޝާ ބުނެލިއެވެ.

“ދެކުދިން ދޭ އަވަހަށް ކޮޓަރިއަށްގޮސް ފްރެޝްވެލައިގެން އަންނަން.. އަޔާނާ ބަހައްޓާ އިހަށް މަންމަމެން ކައިރީ..” ޝާކިރާ މިހެން ބުނުމުން ނައިރާ ހިނިތުންވެލަމުން ވިލީޝާ ގޮވައިގެން ސިޑިއާއި ދިމާއަށް ދިޔައެވެ.

” އާޔަން… ދެކާރުގަ ހުރި ފޮށިތައް އެކޮޓަރިއަށް ގެންދޭ… ” އަޒީދު އެޖުމްލައާއި އެކު ނައިރާގެ ފައި ތަށމުށިތައް މަތީގައި ތަތްވި ކަހަލައެވެ. އެންމެ ފިޔަވަޅެއްވެސް ނައިރާއަށް ކުރިއަކަށް ނޭޅެވުނެވެ. އެނބުރި އަޒީދުއާއި ދިމާއަށް ބަލާލެވުނު އިރު ހިތް ބާރުމިނެއްގައި ތެޅެމުން ދިޔައެވެ. ވިލީޝާއަށްވެސް އެނބުރި ބަލާލެވުނީ ބޭއިޙްތިޔާރުގައެވެ.

އާޔަންއަށް އިވުނު ނަމަވެސް ދެފައިގައި ތަޅެއް ލެވިފައިވާ ކަހަލައެވެ. އަޒީދު އޭނާއަށް ގޮވާލިއަޑު ނައިރާއަށް އިވޭނެކަން ޔަގީނެވެ. އާޔަންއަށް ކުރެވެމުން ދިޔައީ ހަތަރު އުދަރެސް ފެނުޖެހިފައިވާ ކަހަލަ އިހުސާސެކެވެ.

” ކަލެއަށް ހަމަ އަޑު ނީވޭތީތަ ތިހުންނަނީ.. ތިތާ ފިލާނުހުރެ ގޮސް މިބުނާ ކަންތައް ކޮށްބަލަ…” ތަންކޮޅެއް ބާރަށް އަޒީދު ބުނެލީ ރުންކުރު ގޮތަކަށެވެ.

ތެޅެމުން ދިޔަ ހިތަކާއި އެކު ނައިރާގެ ދެލޯ ދަތުރުކޮށްލީ އަޒީދުގެ ނަޒަރު ހުއްޓިފައިވާ ދިމާއަށެވެ. ކައިރީގައި ހުރި ވިލީޝާގެ އަތްތިލައިގައި ހިފާ ބާރުކޮށްލެވުނީ ބޭއިޙްތިޔާރުގައެވެ.

ޖެހިލުންވެ ހުރެ ނަމަވެސް އާޔަން ތަނބު ބިއްދޮށުން ނިކުމެ ކުރިޔަށް ދެތިން ފިޔަވަޅު އަޅާލީ އެހެންއެއްވެސް ގޮތެއް ނެތިގެންނެވެ. ނައިރާގެ ދެލޮލަށް އާޔަންގެ ސޫރަ ފެނުމާއިއެކު އޭނާގެ މުޅި ހަށިގަނޑުގައި ތުރުތުރު އަޅައިގަތެވެ. ކައިރީގައި ހުރި ވިލީޝާއަށް ވެސް ހުރީ ކުޑަވަރެއްގެ ޝޮކެއް ލިބިފައެވެ. އިސްޖަހައިގެން ހުރި އާޔަން މަޑުމަޑުން އިސް އުފުލާލައި ނައިރާއާއި ދިމާއަށް ބަލާލީ  ކުށްވެރިއަކު ފަދައިންނެވެ. އާޔަންއާއި ހަތަރު ކަޅި ހަމަވުމާއި އެކު ބޭއިޙްތިޔާރުގައި ނައިރާގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ. ލިލީ އާއި އަޔާނާގެ ކުޅިވަރުތަކަށް ގެއްލިފައި ތިބި އެހެންމީހުންނަށް އެތާ ކަމެއް ވާކަމެއްވެސް ނޭނގޭކަހަލައެވެ.

އާޔަންއަށް ނައިރާގެ ދެލޮލުން އެތަކެއް ޝަކުވާއެއް ފެންނަމުން ދިޔައެވެ. އެދެއަތުގެ ހިމާޔަތިގެ ދަށައް ނައިރާ ގެންނަން ބޭނުންވި ނަމަވެސް މިއަދު އާޔަންއަށް މަޖުބޫރެވެ. ނޭވާލާން އުނދަގުވެ މަޔަށް ބާރުވާހެން ހީވާން ފެށުމުން ނައިރާ އޭނާގެ މޭގައި އަތްއަޅާ ބާރުކޮށްލިއެވެ. ހިނދުކޮޅެއްގެ ތެރޭގައި ނައިރާގެ ދެލޮލަށް ފުސްވަމުން ގޮސް ގައިން ބާރުދޫވެ ވެއްޓެން ދިޔައެވެ. އާޔަންއަށް ކުރިއަށް ފިޔަވަޅެއް އަޅާލެވުނު ނަމަވެސް ދެވަނަ ސިކުންތުގައި އަމިއްލަ ނަފްސު ހަމަޔަކަށް އަޅުވާލިއެވެ. ނައިރާ ބިމުގައި ޖެހުމުގެ ކުރިން އޭނަގެ ގައިގާ ހިފެހެއްޓީ ކައިރީގައި ހުރި ވިލީޝާއެވެ.

އެންމެންގެ ސަމާލުކަން އެދިމާއަށް ދިޔައީ ވިލީޝާ ނައިރާގެ ނަމުން ބާރަށް ގޮވާލި އަޑު އިވިފައެވެ. މަގޭ ދަރިއޭ ގޮވަމުން ޝާކިރާ އާއި ނާޝިދަށް ދުއްވައިގަނެވުނީ އެކުއެކީގައެވެ. އަޔާނާއާއި ލިލީ ބިރުގަނެފައި ހުރި ގޮތުން  ނިޝީ އެދެމީހުން ގޮވައިގެން ސޯފާގައި މަޑުކޮށްލިއެވެ.

” ކަލޭ ކޯންޗެއް ތިބަލަނީ.. ގޮސް ބުނި ކަންތައް ކޮށްބަލަ…” ނައިލީގެ ފަހަތުން އެދިމާއަށް ދަމުން އަޒީދު އާޔަން އާއި ދިމާއަށް ބުންޏެވެ.

” ފްލައިޓް ތެރޭގަ ވެސް ނައި އުޅުނޭ ބޯ އަނބުރާތީވެ.. އަރާމުކޮށްލަނިކޮށް ރަނގަޅުވެދާނެ ކަންނޭނގެ….” ހަޤީޤަތް ސިއްރު ކުރަމުން ވިލީޝާ ބުންޏެވެ.

” އާނ.. ތަނަކަށް ދަތުރުކޮށްލައިފިއްޔާ ނަންނިއަށް ވާވަރެއްނު…” ނައިލީވެސް ބުނެލިއެވެ. ނާޝިދު ނައިރާ އޭނާގެ އަތްމައްޗަށް އުފުލާލައިގެން ކޮޓަރިއާއި ދިމާއަށް ދިއުމުން އެހެންމީހުންވެސް ނާޝިދުގެ ފަހަތުން ދިޔައެވެ. ނިޝީ ދެކުދިން ގޮވައިގެން ގޮސް ވަނީ ލިލީގެ ކޮޓަރިއަށެވެ.

އާޔަންހުރީ ހުރި ތަނުން ގުޑިލަންވެސް ނޭނގިފައެވެ. ކުޑަހިނޑުކޮޅެއްގެ ތެރޭގައި ހިނގައިދިޔަ ކަންތައްތައް ސިކުނޑީގައި އެނބުރެމުން ދިޔައިރު މުޅިމީހާ ހުރީ ހާސްވެ ދާހިއްލާ ފޯވެފައެވެ. އެވަގުތު އާޔަންއަށް ކުރެވެމުން ދިޔައީ ދުނިޔެ އެއްކޮޅުން އަނެއްކޮޅަށް ޖެހުނުކަހަލަ އިހުސާސެކެވެ. ސިއްރުކުރަން ބޭނުންވި މާޒީ މިފަދަ ގޮތަކަށް އެނބުރި އައިސްދާނެކަމަކަށް އާޔަންއަށް ހީކުރެވިފައެއް ނެތެވެ.

 

” ނައި ނިދާލަނިކޮށް ރަނގަޅުވެދާނެ ކަންނޭނގެ… ” ނައިރާގެ ހާލަތު އެނގި ވިލީޝާ ބޭނުންވީ އެހެންމީހުން އެތަނުން ފޮނުވާލާށެވެ.

” ވިލީޝާ އެބުނީ ރަނގަޅަށް.. އަހަރުމެން އެންމެން މިތާނގަ ތިބީމަ ހާސްކަން ބޮޑުވާނީ… ހިނގާ ދާން އިހަށް ނަންނި ކައިރިއަށް ފަހުން އަންނާނީ..” ޝާކިރާގެ އަތުގައި ހިފަމުން ނާޝިދު ބުންޏެވެ. ނަމަވެސް ޗާކިރާ އެތަނުން ދާކަހަލަ ހިޔާލެއް ނުކުރިއެވެ.

” ޝާކިރާއަށް އެނގެއެއްނު ކުރިންވެސް ނަންނިއަށް ވާގޮތެއްކަން… ﷲ އިރާދަކުރެއްވިއްޔާ ދެރަގޮތެއް މެދުވެރިއެއް ނުކުރައްވާނެ…” ޝާކިރާއަށް ވިސްނައިދޭން މަސައްކަތް ކުރަމުން ނާޝިދު ބުންޏެވެ.

” އެ ތެދެއް ދައްތާ… ގޯސްވަންޏާ އަޅުގަނޑު ބުނާނަން… ” ވިލީޝާވެސް ބުނެލިއެވެ. ނާޝިދާއި އެހެންމީހުންވެގެން އެކިގޮތްގޮތަށް ވިސްނައިދީގެން ޝާކިރާ އެއްބަސްވެ ނާޝިދާއި އެއްކޮށް އެކޮޓަރިން ނިކުތެވެ.

 

އެންމެން ނިކުމެއްޖެކަން އިހުސާސް ވުމާއި އެކު ނައިރާ ދެލޯ ހުޅުވާލިއެވެ. ފުންމައިގެން ތެދުވެ ނައިރާ ދެފައި މެޔާ ކައިރިކޮށްލައިގެން ކަކުލުގައި ދެއަތް އަޅުވާލިއެވެ. މަޑުމަޑުން ގިސްލެވެމުން ގޮސް އެގިސްލުން ރުއިމަކަށް ބަދަލުވިއެވެ.

” ކިހިނެއް މިވީ.. އަހަރެން ހިޔެއް ނުކުރަން މިފަދަ ގޮތަކަށް އާޔަން ފެނިދާނެ ކަމަކަށް… އަހަރެން މައިންބަފައިން ކައިރިއަށް އެނބުރި މިއައީ މާޒީ ފަހަތަށް ދޫކޮށްލާފައި އާފެށުމަކުން ފަށަންވެގެން.. އެކަމަކު ކިހިނެއް އެނގޭނީ މާޒީ އެނބުރި މިފަދަ ގޮތަކަށް އަހަންނާ ކުރިމަތިލާފާނެ ކަމަށް ” ރުއިމުގެ ތެރެއިން ނައިރާއަށް ބުނެވުނެވެ. ވިލީޝާއަށް ބުނާނެ ވަކި އެއްޗެއް ނޭނގުނެވެ.

” ފަސްއަހަރުފަހުން އޭނަ ކީއްކުރަން އަހަރެންގެ ދިރިއުޅުމަށް އެނބުރި އެއައީ.. އަހަރެން ބޭނުމެއް ނޫން އޭނަގެ މޫނު ދެކޭކަށް… އޭނަ ކީއްކުރަންތަ މިގޭގަ އެއުޅެނީ… ވިލީ… އަނެއްކާ މިގޭ މީހުންނަށް އެނގޭތަ އެއީ އަހަރެންގެ ފިރިމީހާ ކަން.. ” ވިލީޝާއަށް ބަލާލަމުން ނައިރާ އަހާލިއެވެ.

” ހިޔެއް ނުވޭ… ނައި ބުނީމެއްނު ފިރިމީހާ ވަރިކޮށްފައޭ  މަންމަމެން ކައިރީ… ހީވަނީ އެމީހުން އެކަން ޤަބޫލުކުރާހެން” ވިލީޝާއަށް ފެންނަގޮތަށް ބުނެލިއެވެ.

” އޭނައާއި ހެދި އަހަންނަށް ޖެހުނީ މަންމަމެން ކައިރީގަވެސް ދޮގުހަދަން… އަހަރެން އަދިވެސް ހުރީ އޭނަގެ އަންބެއްގެ ގޮތުގައި ކަން އެނގޭ ދުވަހު އެމީހުން ހާދަ ރުޅިއެއް އަންނާނޭ… ” ނައިރާއަށް ރުއިން ހުއްޓައެއް ނުލެވުނެވެ.

” ވިލީ… އަހަންނަށް ބަލައިދީބާ އޭނަ މިގޭގަ ކުރާކަމެއް… ” ނައިރާ ވިލިޝާ ކައިރީގައި އެދުނެވެ.

ވިލީޝާއަށް ވަކި އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ދޮރު ޓަކިޖަހާލި އަޑު އިވުނެވެ. ގޭ މީހެއް ކަމަށް ނައިރާ އަވަސް އަވަހަށް ދެލޯ ފޮހެލައި ހަމަޖެހެވޭތޯ މަސައްކަތް ކުރިއެވެ.

ވިލީޝާގޮސް ދޮރުހުޅުވާލިއިރު ފޮށިތައް ހިފައިގެން އައިސް ހުރީ އާޔަންއެވެ. ވިލީޝާއަށް އާޔަންގެ ބޮލުންފެށިގެން ބޮލާއި ހަމަޔަށް ބަލާލެވުނީ ބޭއިޙްތިޔާރުގައެވެ. ގަޔަށް ދޫ އަތްކުރު ގަމީހަކާއި ސޯޓެއް ލައިގެން ހުރިއިރު ހަށިގަނޑު ވަނީ މުޅިން އަނަރޫފަ ވެފައެވެ.

” ވިލީ… އަހަރެން ބޭނުން ނައިރާ އާއި ވާހަކަ ދައްކާލަން” އާޔަން އެދުނެވެ. އެނދުމަތީގައި އިން ނައިރާއަށް އާޔަންގެ އަޑު އިވުމާއި އެކު ތެޅިގަނެވުނެވެ. ވިލީޝާ އެނބުރި ނައިރާއަށް ބަލާލުމުން ނައިރާ އަވަސް އަވަހަށް ބޯ ޖަހާލީ އޭނާވެސް އާޔަންއާއި ވާހަކަދައްކަން ބޭނުންވެފައި ހުރިވަރުންނެވެ.

” މާގިނައިރު ނުކުރާތި… އަހަރެން މިހުރީ މިތާ ބޭރުގަ… ” ވިލީޝާ އެކޮޓަރިން ނިކުމެ ދޮރާއި ދިމާއަށް ހުރި ތަނބުގައި ލެގިލައިގެން ހުއްޓުނެވެ.

އާޔަން މަޑުމަޑުން ދޮރުހުޅުވާލަފައި އެތެރެއަށް ވަނެވެ. ނައިރާއަށް އާޔަން ފެނުމާއި އެކު އިންތަނުން ތެދުވެވުނެވެ. ނައިރާގެ ހަށިގަނޑު އެއަތުގެ ހިމާޔަތަށް ގެނެސް ލޯބިކޮށްލަން ބޭނުންވި ނަމަވެސް އާޔަން ކެތްކުރިއެވެ. ނައިރާއަށް ގިސްލެވެން ފެށުނީ ބޭއިޙްތިޔާރުގައެވެ. އާޔަން އޭނާގެ އިހުސާސްތައް ފޮރުވަން މަސައްކަތް ކުރިނަމަވެސް ނައިރާގެ މޫނުން ނަޒަރު ވަކިކޮށެއް ނުލެވުނެވެ. ކައިރިއަށް ގެނެސް މާފަށް އެދި އެދެލޮލުން ފައިބާ ކަރުނަތައް ފޮހެލަދޭން އާޔަން އިންތިހާއަށް ބޭނުންވއެވެ. އެހެނެސް އާޔަންއަށް މަޖުބޫރެވެ.

Share Article

Follow Me Written By

Axoo

Level 310 Stories100 Comments100 Login

Other Articles

Previous

ސިއްރެއް 3

Next

ނުވާނަން ތަފާތެއް… 3

Next
March 18, 2020

ނުވާނަން ތަފާތެއް… 3

Previews
March 18, 2020

ސިއްރެއް 3

38 Comments!

  1. Axoo says:
    March 18, 2020 at 6:20 pm

    Hey guys!! Here’s the 3rd episode.. hope you will like it..
    Be safe everyone.. stay home.. take care.. ❤️❤️❤️❤️

  2. Iraish says:
    March 18, 2020 at 7:13 pm

    Vvv salhi
    When nxt

    1. Axoo says:
      March 18, 2020 at 7:21 pm

      May be tomorrow in Sha Allah
      ❤️ thank you

  3. Meee says:
    March 18, 2020 at 7:15 pm

    Awwwnn.. it’s awesome.. ??

    1. Axoo says:
      March 18, 2020 at 7:20 pm

      ❤️ Thank you meee

  4. Zaheee says:
    March 18, 2020 at 7:27 pm

    U stories are awesome thank u axoo when next plx madhamaa up koh dheh chey….. Cox i cant wait… Curiously waiting madhamaa up koh dheh cheh plxx and kuda koh adhi ves kuree butt all the other thing perfect ❤️❤️❤️ lov u

    1. Axoo says:
      March 18, 2020 at 8:38 pm

      Next part tommorow in Sha Allah
      Thanks ❤️ luv u more ?

  5. leash says:
    March 18, 2020 at 7:54 pm

    edɡemeehun vakinukoh mivaahaka kuriah ɡendheba aayan ah dhimaavefaivaa majuboorakee kobaikan nairaa ah eɡeyiruves vakinukuriyya reethivaane

    1. Axoo says:
      March 18, 2020 at 8:37 pm

      Ok. Let see dho ?

  6. Life is pain ? says:
    March 18, 2020 at 8:32 pm

    Wow wow wow..Axoo vareh neii. Amaizing..varah reethi..avahah anebai up kohllaane kamah heekuran. Hama shock akah fahu shock eh thi dhenee nge?. When next? Waiting..??

    1. Axoo says:
      March 18, 2020 at 8:36 pm

      You are funny.. ? next part tommorow in Sha Allah.. thank you ❤️

  7. malsamalkkomal says:
    March 18, 2020 at 9:04 pm

    Omg..avah rythi nge mi part..kon iraku anehbai up kohlladhenee..Eheh..”life is pain ?” bunihen shock akah fahu shock eh thi dhemun dhanee Axoo..Axoo ge ibaaraah kuruntheri kamaa sifakurunthakaa eku genesdheefa hunna gothun innanee hama vaahka thereah vadhevifa..varah furihama. Curiously waiting for the next shock and the next part????
    Take care♥

    1. Axoo says:
      March 18, 2020 at 9:36 pm

      ?? Ahahahah
      Thank you mal ❤️

  8. Afa says:
    March 18, 2020 at 10:33 pm

    V reethi

    1. Axoo says:
      March 18, 2020 at 11:57 pm

      ❤️ thank you

  9. Zaa says:
    March 19, 2020 at 4:38 am

    V v reethi

    1. Axoo says:
      March 19, 2020 at 10:05 am

      ❤️ Thank you zaa

  10. Zaheee says:
    March 19, 2020 at 9:19 am

    Axoo if u don’t mind can i get your phn number plxx nudheveh yaamu ves bunahchey lov u and your story

    1. Axoo says:
      March 19, 2020 at 10:10 am

      I wish I could. Sorry dear ☹️

  11. Yan♥️ says:
    March 19, 2020 at 9:38 am

    Varah reethi Masha Allah ?

    1. Axoo says:
      March 19, 2020 at 10:06 am

      ❤️ thank you yan

  12. Anonymous says:
    March 19, 2020 at 10:06 am

    TOMMOROW EH NOON TOMORROW

    1. Axoo says:
      March 19, 2020 at 10:11 am

      Oh!! Thank you for letting me know ? ❤️

  13. Zaheee says:
    March 19, 2020 at 12:09 pm

    Its ok i just… Any way leave…. Miadhu kihaairak up kuranee

    1. Axoo says:
      March 19, 2020 at 2:50 pm

      Sorry guys to inform miadhu Vaahaka up nuvaane.. in Sha Allah dhen Vaahaka up vaany Saturday ga.. till then keep waiting and stay safe ❤️ luv you all ??

  14. #@€ says:
    March 19, 2020 at 2:56 pm

    y y y????????

  15. Zaheee says:
    March 19, 2020 at 3:19 pm

    Keeve up nuvanee

    1. Axoo says:
      March 19, 2020 at 3:50 pm

      There are somethings I need to do.. we be back Saturday in Sha Allah..

  16. Pro bakahtti says:
    March 19, 2020 at 4:01 pm

    Alhe plxx heyo nuvaane thiheh hadhah adheys koh fa mibunee plxx plxx

    1. Axoo says:
      March 19, 2020 at 4:39 pm

      Don’t plead dear zahee.. I don’t feel good.. there are some works I have to finish… Patience ??

  17. Axoo ah ithubaaru kuraa fan eh says:
    March 19, 2020 at 4:06 pm

    Ingey kurah jehey important kameh ves ovedhaane ekam Vahaka up kohlah axoo meh nah vaanee 5 varakah minutes dhoo hurohaa iraku up kuraananey kiyaafa….. Dheh alhey… Ehchekey heenukurah chey axxo ah kura ithibaarah ge bodu kamuh miheh mi bunee plxx plxxx ve kamhe buneema dhoo ingey nee we are not ur anamies plxc

    1. Axoo says:
      March 19, 2020 at 4:46 pm

      Axoo buni Friday Saturday noon konme dhuvahehga ey.. so week ehga 5 times upload vaane in Sha Allah.. have patience zahee.. and don’t plead.. baeh writers thibe dhaane 5 minutes in ninmaalevey but Axoo ehaa fast eh noon.. Axoo first fothehga liyefa lap ga type kurany.. so it takes time. V muhimmu kameh kuran othyma lap ga aiy nulevigen adhi miulheny. Heekuran zahee understand vaane kamah

    2. NooYas says:
      March 19, 2020 at 4:51 pm

      Hey axoo you can first write the episodes in Microsoft word document. Dhn ethanun episode copy kollaanee esfiya liyaa bayah. Faseyhagotheiy bunelee mi. Because I’m doing like that every time. ❤️❤️❤️???

    3. Axoo says:
      March 19, 2020 at 5:05 pm

      I’m do the same as u told.. there are problems with some phones.. if have difficulty reading go to the options and choose open in browser

  18. Meedhaa says:
    March 20, 2020 at 8:49 am

    Vrah hadi vahaka gadeh sahaadheh

  19. Kairaa says:
    March 20, 2020 at 10:18 pm

    Varah reethi…. Waiting for the nxt…… Whn nxt…

    1. Meedhaa says:
      March 21, 2020 at 8:44 am

      Miadhu yo bunee neyge miadhu ves netey ne kameh

  20. LaZy QuWeEn says:
    March 21, 2020 at 10:08 am

    Today is saturday ehnu?where is the story

Comments are closed.


All Right Reserved!