Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ކައަރީގައި އެހެނަސް.. ދުރުގައި… 4

Axoo Level 310 Stories100 Comments100 Login
March 21, 2020 5 Mins Read
16 Comments

އާޔަން މަޑުމަޑުން ދޮރުހުޅުވާލަފައި އެތެރެއަށް ވަނެވެ. ނައިރާއަށް އާޔަން ފެނުމާއި އެކު އިންތަނުން ތެދުވެވުނެވެ. ނައިރާގެ ހަށިގަނޑު އެއަތުގެ ހިމާޔަތަށް ގެނެސް ލޯބިކޮށްލަން ބޭނުންވި ނަމަވެސް އާޔަން ކެތްކުރިއެވެ. ނައިރާއަށް ގިސްލެވެން ފެށުނީ ބޭއިޙްތިޔާރުގައެވެ. އާޔަން އޭނާގެ އިހުސާސްތައް ފޮރުވަން މަސައްކަތް ކުރިނަމަވެސް ނައިރާގެ މޫނުން ނަޒަރު ވަކިކޮށެއް ނުލެވުނެވެ. ކައިރިއަށް ގެނެސް މާފަށް އެދި އެދެލޮލުން ފައިބާ ކަރުނަތައް ފޮހެލަދޭން އާޔަން އިންތިހާއަށް ބޭނުންވއެވެ. އެހެނެސް އާޔަންއަށް މަޖުބޫރެވެ.

ނައިރާ އާޔަންއާއި ދިމާއަށް އަންނަމުން ދިޔައިރު އެތަކެއް ދުވަހަކަށްފަހު އެހަށިގަނޑުގެ ހިމާޔަތް ހޯދުމަށްވަނީ ކެތްމަދުވެފައެވެ. އާޔަންއާއި އަރަ ހަމަވިއިރު ހަމަރަނގަޅަށްވެސް ނައިރާއަށް ރޮވިއްޖެއެވެ. އާޔަންގެ ހިތަށް އިންތިހާއަށް ތަދުވަމުން ދިޔަނަމަވެސް އެކަން ނުދައްކާވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. ނައިރާއަށް މާގިނައިރަކު ނުހުރެވުނެވެ. އާޔަންގެ ހަށިގަނޑުގައި ބައްދާލެވުނުއިރު ނައިރާއަށް ބާރަށް ރޮވެނީއެވެ. އެވަގުތު އާޔަންގެ ހައްޓަށް ފިނިކަމެއް ލިބިގެން ދިއުމާއި އެކު ދެލޯ މަރާލެވުނެވެ. ނައިރާގެ އެހަށިގަނޑު އަތުތެރޭގައި ބޮނޑިކޮށްލަން ބޭނުންވިޔަސް އާޔަންގެ ސިކުނޑި ދިޔައީ އެކަމަށް އިންކާރު ކުރަމުންނެވެ. ކެތްތެރިކަން ކޮޅުންލުމުގެ ކުރިން އާޔަން ގަދަ ކަމުން ނައިރާގެ ދެކޮނޑުގައި ހިފާ ދުރުކޮށްލިއެވެ. އޭރުވެސް ހުއްޓުމެއްނެތި ނައިރާއަށް ގިސްލެވެމުން ދިޔައެވެ.

” ނައި..ރާ…” ހިތްވަރުކޮށްލާފައި އާޔަން ގޮވާލިއެވެ. ނައިރާއަށް ދެލޯ މަރާލެވުނީ ލިބުނު ހިތްހަމަޖެހުމަކުންނެވެ. އާޔަންގެ ދުލުން އެނަން ގޮވާލާ އަޑުއިވުނީ އެކަމަށް ކެތްމަދުވެފައި ވަނިކޮށެވެ.

” އަހަރެން މިއައީ ވަރަށް ބޮޑު ކަމަކު އެދެންވެގެން.. އަހަންނަށް އެނގޭ އަހަންނަށް ނައިރާއާއި ދޭތެރޭ ކަންތައް ކުރެވުނީ ރަނގަޅަކަށް ނޫންކަން… އެހެންވީމަ އަހަރެންމީ ނައިރާ ކައިރީގައި ކަމަކު ކިޔަން އެންމެ އެދެވިގެންވާ މީހާއެއް ނޫން… އެހެންވިޔަސް މިއަދު އަހަންނަށް މިކަން ނައިރާކޮށްދޭނެ ކަމަށް އުއްމީދުކުރަން… ދުވަހަކުވެސް ނައިރާ އަހަރެން ދެކެ ލޯބިވެފައި ވާނަމަ މިގޭ މީހުންނަށް އަހަރެންނަކީ ނައިރާގެ ފިރިމީހާކަން ސިއްރުކޮށްދީ… މިވަޒީފާ އަހަންނަށް ވަރަށް މުހިންމު…” ދެއަތް ޖޯޑުކޮށްލަމުން އާޔަން ބުނެލިއެވެ.

” އާޔަންތީ  ހާދަ ހިތްހަރު މީހެކޭ… އަހަރެން ހީކުރީ އެހާ ދުވަސްފަހުން ފެނުނީމަ އަހަރެން ކިހިނެއްތޯ އަހާލާނޭ… އަހަރެން މިވީހާ ދުވަހު އުޅުނީ ކޮން ހާލެއްގަތޯ   ކޮންތާކުތޯ އަހާލާނޭ… އެކަމަކު އާޔަން ތިއައީ އަމިއްލަ އެދުމައިގެން… ކީއްވެ އާޔަން.. ކީއްވެ އަހަންނަށް އެހެން ހެދީ.. އަހަންނަށް ކުރެވުނީ ކޮން ކުށެއް.. ” ގިސްލަމުން ނައިރާ ކިޔަމުންދިޔައެވެ. އާޔަން އަށް ޖަވާބެއް ނުދެވުނެވެ. ކުށްވެރިއެއް ފަދައިން އިސްޖަހަލެވުނީއެވެ.

” އާޔަން އަހަރެން ވަރިނުކޮށް އައިމަ އަހަރެން ހިތަށް އެރި ކޮންމެވެސް ދުވަހަކުން އެނބުރި އަންނާނޭ… މިއަދު ފަސްއަހަރު ފަހުން އާޔަން ފެނުނީމަ އަހަރެންގެ ހިތުގަ އުއްމީދުގެ އަލިކޮޅެއް ރޯވި.. އަހަރެން ހީކުރީ އާޔަން އަހަރެން ކައިރީގަ މާފަށް އެދޭނެ ކަމަށް.. އަލުން އަހަރެން ބޭނުންވެގެން ބުނާނެ ކަމަށް.. އާޔަން ކީއްވެ އަހަރެން ވަރިނުކޮށް އައީ” ގިސްލެވޭވަރުން ނައިރާއަށް ވާހަކަދެއްކުނީވެސް ވަރަށް އުނދަގުލުންނެވެ. އާޔަން މުށްބާރުކޮށްލީ ފެންނަ މަންޒަރަށް ކެތްކުރަން އުނދަގޫވެގެންނެވެ.

” ނައިރާވެސް ވަރިއަށް ނޭދެމެއްނު… ” އާޔަން ބުނެލިއެވެ. ނައިރާގެ ރުއިން އިތުރަށް ބާރުވުން ނޫންކަމެއް ނުވިއެވެ. އެމަންޒަރު ބަލަން ހުންނަން އާޔަންއަކަށް ކެތެއް ނުކުރެވުނެވެ. އެނބުރި ކޮޓަރިން ނިކުންނަން އުޅެފައިވެސް އާޔަން މަޑުޖެހުނެވެ.

” އަޔާނާ އެއީ އަހަރެންގެ ދަރިއެއް ދޯ..” އާޔަން އަހާލިއެވެ. ނައިރާއަށް ވާހަކަދައްކަން އުނދަގޫވުމުން އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. އާޔަންވެސް އިތުރުބަހެއް ނުބުނެ ކޮޓަރިން ނިކުތެވެ.

އާޔަން ކޮޓަރިން ނިކުމެގެން ދިޔަތަން ފެނުމުން ވިލީޝާ އަވަސް އަވަހަށް ކޮޓަރިއަށް ވަނެވެ. ތިރީގައި ކުޑަކަކޫ ޖަހައިގެން މޫނުމަތީގައި އަތްއަޅައިގެން ރޯން އިން ނައިރާ ފެނުމުން ވިލީޝާ ގޮސް ނައިރާ އިންތަނުން ނަގާ އެނދުގައި ބޭންދިއެވެ.

” މެލޭ އިން އައުމުގެ ކުރިން ނައި ބުނީމެއްނު އާޔަންއަށް ޓަކާ ކަރުނަ އަޅާ ނިމުނީއޭ…ދެން އާޔަން ފެނުނަސް އެއްވެސް އެއްޗެއް ހިތަކަށް ނާރާނޭ… އަހަރެން ހީކުރީ ނައި ވަރަށް ހިތްވަރުގަދަވާނެ ކަމަށް..” ނައިރާގެ ގައިގާ ބައްދާލައިގެން އިނދެ ވިލީޝާ ވާހަކަ ދެއްކިއެވެ.

” އަހަރެންވެސް ހީކުރީ ހަމަ ތިގޮތަށް… އަހަރެން ހީކުރި ގޮތާ ހިލާފަށް އެހާ ދުވަސްކޮށްފައި އާޔަން ފެނުނީމަ އަހަރެންގެ ހިތުގައި އުއްމީދުގެ ހުޅުކޮޅެއް ރޯވި.. އެކަމަކު އޭނަ އެދިޔައީ އެހުޅުކޮޅު ނިއްވާލާފަ… އޭނަ އެއައީ އޭނަގެ އަމިއްލަ އެދެމައިގެން… އޭނަ އެއީ އަހަރެންގެ ފިރިމީހާކަން މިގޭ މީހުންނަށް އެނގިއްޖިއްޔާ އޭނާގެ ވަޒީފާ ގެއްލިދާނެ ކަމުގަ ބިރަށް.. އެކަން ސިއްރުކޮށްދޭން އެދުމަށް… ” ގިސްލެވޭ ހާލު ނައިރާ ކިޔައިދިނެވެ.

” ދެން ކީއްކުރަން އެހާ އަމިއްލަ އެދުން ބޮޑުމީހަކަށްޓަކާ ތިދެލޮލުން ބޭކާރު ކަރުނަތަކެއް ތި އޮހޮރުވަނީ… ބޭކާރު ކަމެއްނު.. ޕްލީޒް ހުއްޓާލަބާ ނައި… ޕްލީޒް” ނައިރާގެ ރުއިން ފެނި ވިލީޝާއަށްވެސް ރޮވޭގޮތްވިއެވެ.

އަނެއްކާވެސް ދޮރުގައި ޓަކިދިން އަޑަށް ދެމީހުންގެ ނަޒަރު އެދިމާއަށް ހުއްޓުނެވެ. ނައިރާ އަވަސްއަވަހަށް ދެލޯ ފޮހެލައި ލައިގެން ހުރި ހެދުމުގެ ނުފުށުން މޫނު ސާފުކޮށްލިއެވެ.

” އެތެރެއަށް ވަންނަންތަ” އިވިގެން ދިޔައީ ނައިލީގެ އަޑެވެ. ވިލީޝާ އެންމެ ރަނގަޅުކަމަށް ބުނުމުން ހިނތުންވެ ހުރެ ނައިލީ އެތެރެއަށް ވަނެވެ.

” ނަންނި… ކޮބާ ރަނގަޅުތަ މިހާރު” ކައިރިއަށް އައިސް ނައިރާގެ މޫނުގައި ފިރުމާލަމުން ނައިލީ އަހާލިއެވެ.

” މިހާރު އޯކޭ ކުޑަކޮށް… ކޮބާ އަޔާނާ… އަހަރެން ހޯދާކަށް ނޫޅޭތަ” ހިނތުންވާން މަސައްކަތް ކުރަމުން ނައިރާ އަހާލިއެވެ.

” ލިލީގެ ރޫމްގަ ވެއްޖެ… ކުޑަކޮށް ރޯލި އެކަމަކު ނިޝީ ކުޅިވަރު ދައްކާލީމަ އޯކޭ… މިހާރު ނިޝީ ކާންދީފަ ނިންދަވައިފި.. ދެން މިރޭ ބާއްވާ އެކޮޓަރީގަ… ނަންނި އަޑު ހާދަ ތަފާތޭ.. ދެލޯވެސް ތިހުރީ ރަތްވެފައެއްނު” ނައިރާގެ މޫނަށް ރަނގަޅަށް ބަލާލަމުން ނައިލީ އަހާލިއެވެ. ދޭނެ ވަކިޖަވާބެއް ނައިރާއަކަށް ނިވިސްނުނެވެ.

” ދެންމެ ވަރަށް ގަދައަށް ނައި އަށް ހޮޑުލެވުނު… އެހެންވެ ވެފަ ހުރިގޮތެއް…” ޖަވާބު ދިނީ ވިލީޝާއެވެ.

” ދެން އެހެންވީއިރު ހިނގާ އަވަހަށް ކާންދާން… ނަންނިއަށް އެންމެ މީރު އެއްޗެހި ހުރީވެސް… ” ނައިލީ ބުންޏެވެ.

” އަހަންނަށް މިވަގުތު ނުކެވޭނެ އެއްވެސް އެއްޗެއް… ވިލީ ދާންވީނު ކައިގެން އަންނަން…” ވިލީޝާއަށް ބަލާލަމުން ނައިރާ ބުންޏެވެ.

” އޯކޭ… އަހަރެން އާޔަން އަތަށް ދީފަ ނަންނިގެ ކެއުން ފޮނުވާނަން ” ނައިލީ ބުންޏެވެ.

” އުނހު އޭނަ ފޮނުވާނެ ކަމެއް ނެތް.. ވިލީ އަންނައިރު ހިފައިގެން އަންނާނީ.. ދޯ ވިލީ.. އެހެންނޫނީ އަހަރެން ތަންކޮޅެއް ފަހުން ތިރިއަށް ގޮސް ކާނަން…” ނައިރާ އަވަސްއަވަހަށް ބުންޏެވެ.

” އަހަރެން އަންނައިރު ހިފައިގެން އަންނާނީ.. އޯކޭއެއްނު…” ވިލީޝާ ބުންޏެވެ.

ނައިރާއާއި އެކު ވިލީޝާ ނިކުމެގެން ދިއުމުން ނައިރާ އެނދުމަތީގައި އުއްޑުން އޮށޯތެވެ. އެވަގުތު ލޮލުގެ ކަނަކުން ފޭދިގެން ކަންފަތާއި ދިމާއަށް ދިޔަ ކަރުނަތައް އަވަސް އަވަހަށް ފޮހެލީ ހިންދިރުވާލަމުންނެވެ. އާޔަން އެދުނު ކަންތައް އޭނާ ކޮށްދޭނެއެވެ. އެކަމަކު ގިނަ ސުވާލުތަކެއްގެ ޖަވާބު ހޯދުމަށްފަހުގައެވެ.

ނިޝީއަށް ބަދިގެއަށް އައިސް ވަދެވުނުއިރު އާޔަން ސިންކު ކައިރީގައި ތަށިތައް ދޮންނަން ހުއްޓެވެ. އާޔަންއަށް ސަމާސާކޮށްލާނަމޭ ހިތާ ނިޝީގޮސް އާޔަން ކައިރީގައި ހުއްޓުނެވެ.

” އާޔަން.. ކޮބާ ރަނގަޅުތަ” ވަރަށް ލޯބިން ނިޝީ އަހާލިއެވެ. އާޔަން ނިޝީއަށް ލުއި ހިނިތުންވުމެއް ދިނުމަށްފަހު ކުރަން މަސައްކަތައިގެން ކުރިއަށް ދިޔައެވެ.

” ވަރަށް ރީތީ ދޯ ޝާކިރާގެ ކުޑަދަރި… ހިޔެއްނުވޭ ހަތަރު އަހަރު ކުއްޖެއްގެ މަންމައެއް ހެންވެސް… އަހަރެން އެންމެ އަޅައިގަތީ ނައިރާގެ އިސްތަށިގަނޑު.. ހާދަ ލޯބިކޮށޭ އެއިސްތަށި އޮންނަނީ…އަހަންނަށް ފެނުނޭ އާޔަން އެމަންޖެއަށް ބަލަން ހުރި ގޮތް.. ހިތްކީ ދޯ… އަޅެ އާޔަން އެކަމާ އުޅެންވީނު.. ” ލާނެއް ގޮތަކަށް ނިޝީ ބުންޏެވެ. އާޔަންގެ މޫނުމަތިން ވަކި އަސަރެއް ފާޅެއް ނުވެއެވެ.

” އޭރަށ ޝާކިރާއަށް ހުންނާނީ ކުކުޅުމަސް ކެވިފަ..” ހެމުން ހެމުން ނިޝީ ބުނެލިއެވެ. ތަށިތައް ދޮވެ ނިންމާލަމަށްފަހު އާޔަން ނީޝީއާ ކުރިމަތިލިއެވެ. އެއްޗެއް ބުނަން ބޭނުންވާ ފަދައިން ނިޝީއާއި ދިމާއަށް ބަލަން ހުރުމުން އޭނާއަށް އުނދަގުވިއެވެ.

“ކިހިނެއްވީ؟” އެންމެފަހުން ނިޝީ އަހައިލިއެވެ.

“ވަރަށް ބޮޑު ކަމެއް ކޮށްދީފާނަންތަ؟” ނުބުނަން ހުރެފައިވެސް އާޔަން ބުނެލިއެވެ. ކޮންކަމެއްހޭ އަހާފަދަ ގޮތަކަށް ދެބުމަ އަރުވާލިއެވެ.

“އެންމެން ނިދީމަ އަހަރެން ތިކޮޓަރިއަށް ވައްދަދީބަލަ” އެހެން އާޔަންއަށް ބުނެވުނީ ވަރަށް އުދަގުލުންނެވެ.

“ވަޓް….؟” ނިތަށް ރޫ އަރުވާލަމުން ނިޝީއަށް ބުނެވުނެވެ. އާޔަން އެހެން ބުނުމުން އޭނާއަށް  ޤަބޫލުކުރަން އުނދަގުވިއެވެ.

“ނޫން ނޫން… ތި ހީކުރާކަހަލަ ކަމެއް ނޫން. އަހަރެން ނިޝީ ދެކެނީ އަމިއްލަ ކޮއްކޮއެއް ފަދައިން. ނުބައި ގޮތަކަށް އަހަރެން ނިޝީ އާ މެދު ނުދެކޭނަން” ނިޝީއަށްޓަކައި ހިތް ސާފުކަން އަންގައިދެމުން އާޔަން ބުނެލިއެވެ.

“އަހަރެންނަށް އިތުބާރުކުރޭ. މިރޭ ތިކޮޓަރިއަށް ވަނުން އަހަރެންނަށް ވަރަށް މުހިންމު. ޕްލީޒް އަހަރެންނަށް މިކަން ކޮށްދީ. މީގެ ކުރިން އަހަރެން ދުވަހަކުވެސް ނިޝީ ކައިރީގަ މިކަހަލަ ކަމަކު ނުކިޔަމެއްނު” އާދޭހުގެ ރާގެއްގައި އާޔަން ވާހަކަދައްކަމުން ދިޔައެވެ.

“އަހަރެން އާޔަންއަށް ވަރަށް އިތުބާރުކުރަން. އަހަރެން ގުޅީމަ އާދޭ” އިރުކޮޅެއްގެ ހިމޭންކަމަށްފަހު ނިޝީ ބުނެލިއެވެ.

 

ނިޝީގެ ފޯންކޯލް އާޔަންއަށް ލިބުނީ ދަންވަރު އެކެއް ޖަހަން އުޅެނިކޮށެވެ. މިދަނީ އޭ ބުނުމަށްފަހު އާޔަން މިސްރާބުޖެހީ ނިޝީގެ ކޮޓަރިއާއި ދިމާއަށެވެ. މަޑު ފިޔަވަޅުތަކެއް އަޅަމުން އާޔަން ނިޝީގެ ކޮޓަރި ދޮރުގައި ޓަކިޖަހައިލިއެވެ.

ދޮރުހުޅުވާލަމުން އާޔަން މަޑުމަޑުން އެތެރެއަށް ވަނެވެ. ނިޝީ ދޮރުލައްޕާލަމުން އާޔަން ނިޝީއަށް ޝުކުރުއަދާކުރިއެވެ. އެއަށްފަހު އާޔަންގެ ނަޒަރު ދަތުރުކޮށްލީ އެނދުގައި ނިދާފައި ތިބި ކުޑަ ދެކުދިންނަށެވެ. ފެހިކުލައިގެ ކުއިލްޓް ދަށުގައި އޮތް އާޔަނާގެ މޫނުކޮޅު ފެންނަނީ ހަމަ ކިރިޔާއެވެ.  އާޔަންގެ ދެލޯ ފެންކަޅިވެގެން އައީ ކުޑަހިނދުކޮޅެއްގެ ތެރޭގައެވެ.  މަޑުމަޑުން އެދިމާލަށް ގޮސް އަޔާނާ އޮތް ފަރާތުގައި އެނދުގެ ތިރީގައި ކުޑަކަކޫ ޖަހައިގެން އާޔަން އިށީނެވެ. އެ މައުސޫމް ކުޑަކުޑަ މޫނަށް ބަލަން އިންއިރު އާޔަންގެ އާޔަންގެ ހިތްފުރިގެން އަންނަ ކަހަލައެވެ. ފެންނަމުންދާ މަންޒަރަށް ބަލަހައްޓައިގެން ނިޝީއަށް ހުރެވުނީ ހައިރާންވެފައެވެ. އާޔަން އަޔާނާގެ ބޮލުގައި ފިރުމާލިއެވެ. އެއްތައްފަހަރަކު އަޔާނާގެ ނިތްކުރިއަށް ބޮސްދިނެވެ. އިހުސާސްތައް ނުހިފެހެއްޓުމުން އާޔަނާއާއި ކުޑަކޮށް ދުރުވެލިއެވެ. އެނދުގައި ލެގިލަމުން ދެކަކުލުގައި އަތް އަޅުވާލައިގެން ހިމޭންކަމާއެކު އާޔަންއަށް ރޮވެމުން ދިޔައެވެ.

ހައިރާންވެފައި ހުރި ނިޝީ މަޑުމަޑުން ހިނގާލާފައި ގޮސް އާޔަން ކައިރީގައި ތިރީގައި އިށީނދެލިއެވެ. އެގޮތަށް ފިރިހެނަކު ރޯތަން ފެނުމުން ނިޝީގެ ކަރު އެލިއްޖެއެވެ.އިސާހިތަކު އޭނާގެ ދެލޯ ފެންކަޅިވެއްޖެއެވެ.

“ވަޓްސް ގޮއިންގް އޯން…” ނިޝީ އަހައިލިއެވެ.

އަހަރެންނަކީ ކުށްވެރިއެއް. އަހަރެންނަކީ ރަނގަޅު މީހެއްނޫން” ކުރަކިވެފައިވާ އަޑަކުން އާޔަން ބުނަމުން ދިޔައެވެ.

“އަހަރެންގެ ހަގީގަތް އިނގިއްޖިއްޔާ ނިޝީވެސް އަހަރެންދެކެ ރުޅިއަންނާނެ” އާޔަން ބުނެލިއެވެ.

“އާޔަން ޕްލީޒް ތިވެގެން އުޅޭ ގޮތެއް އަހަރެން ކައިރީގައި ބުނެބަލަ” އާޔަންގެ އަތްމަތީގައި އަތް ބާއްވައިލަމުން ނިޝީ އަހައިލިއެވެ.

“ނިޝީ…..! އާޔާނާއަކީ އަހަރެންގެ ދަރިއެއް. އެއީ އަހަރެންގެ ލޭ… އަހަރެން މިއީ އެދަރިފުޅުގެ ބައްޕަ….. ނައި…… ނައިރާއަކީ އަހަރެންގެ ހަލާލު އަނބިމީހާ” އާޔާންގެ ފަހު ޖުމްލައާއެކު ނިޝީއަށް ކިޔާނެ އެއްބަހެއްވެސް ނޭނގުނެވެ. ހައިރާންކަމާއެކު އާޔަންގެ މޫނަށް ބަލަހައްޓައިގެން ނިޝީއަށް އިނީއެވެ. އާޔަން އިންތަނުން ތެދުވިއެވެ. މަރުވެފައިވާ މައްޔިތެއް ފަދައިން މަޑުމަޑުން އެކޮޓަރިން ނިކުމެގެން ދިޔައެވެ.

ވޭތުވެގެން ދިޔަ މަދު ވަގުތުކޮޅުގެ ތެރޭގައި އެކޮޓަރީގެ ހަތަރުފާރުން އެތެރޭގައި އެނގިގެން އެދިޔަ ހަގީގަތެއްގެ ސަބަބުން ނިޝީ ހުރީ ގަބުވެފައެވެ. ހާމަވެގެން އެދިޔައީ ބޮޑު ސިއްރެކެވެ. އާޔަންއާއި ކުރިން ދުވަހު ދެކެވުނު ވާހަކައިގެ ތެރެއިން އާޔަން ވަރަށް ލޯބިވާ ކުއްޖެއް ހުންނަކަމާއި، އެކުއްޖާ ދޫކޮށްލީ ހުދު އޭނާ އަމިއްލައަށް ކަމަށް އާޔަން ވަނީ ބުނެފައެވެ. އެ އަންހެންކުއްޖާއަކީ ނައިރާ ކަން މިހާރު ނިޝީއަށް އެނގިއްޖެއެވެ. އާޔަން ބުނާގޮތުން އޭނާ ނައިރާއާއި ވަކިވީ މީގެ ފަސްއަހަރެއްހާ ދުވަސް ކުރިންނެވެ. އަޔާނާއަށް ހަތަރު އަހަރެވެ. އެހެންވީމާ އާޔަން އައީ ނައިރާ ބަނޑުބޮޑުވިކަން އެނގިހުރެ ހެއްޔެވެ؟ ނޫނީ އާޔަންއަށް އޭނާގެ ދަރިއެއް ހުންނަކަން އިނގުނީ އަދި ކިރިޔާ ހެއްޔެވެ؟ އާޔަންއާއި ދޭތެރެ ވިސްނިވަރަކަށް ނިޝީގެ ހިތުގައި އާޔަންގެ ހަޤީޤަތް ހޯދުމަށް އޮތް ޝައުޤުވެރިކަން ބޮޑުވަމުން ދިޔައެވެ.

Share Article

Follow Me Written By

Axoo

Level 310 Stories100 Comments100 Login

Other Articles

Previous

ހީވޭ ހިތް ބުނާހެން 24

Next

ނުވާނަން ތަފާތެއް… 7

Next
March 22, 2020

ނުވާނަން ތަފާތެއް… 7

Previews
March 21, 2020

ހީވޭ ހިތް ބުނާހެން 24

16 Comments!

  1. Axoo says:
    March 21, 2020 at 6:52 pm

    Hii guys!! Here is episode 4.. kiyaalaafa comment eh kohlaathi ?

    1. Musla says:
      March 21, 2020 at 7:33 pm

      When is next part

    2. Axoo says:
      March 21, 2020 at 8:04 pm

      In Sha Allah tomorrow ?

  2. Pro bakahtti says:
    March 21, 2020 at 7:44 pm

    When nxt

  3. Yan♥️ says:
    March 21, 2020 at 8:30 pm

    Varah reethi Masha Allah

    1. Axoo says:
      March 22, 2020 at 5:20 am

      Thank you Yan ❤️

  4. Kairaa says:
    March 21, 2020 at 9:56 pm

    Alhey kn irakun nxt…..varah varah reethi mi part vx….waiting for the nxt part…..

    1. Axoo says:
      March 22, 2020 at 5:20 am

      Tomorrow in Sha Allah
      Thank you kairaa ❤️

  5. PANINO says:
    March 21, 2020 at 10:22 pm

    FENVARU.COM GA UP VE EHNU (KIAARA) KIYAA STORY EH IS THAT URS AZZA

    1. Axoo says:
      March 22, 2020 at 5:17 am

      No dear ?

  6. eysha says:
    March 21, 2020 at 10:29 pm

    Ehaa digu inthixaaru nukuruvachey axoooo vrh vrh reeethi ingey

    1. Axoo says:
      March 22, 2020 at 5:19 am

      Yeah in Sha Allah. Thank you eysha ❤️

  7. Shereen says:
    March 22, 2020 at 1:21 am

    Meekurin genesdhin vaahaka eh dhow mihaaru mulhivaahaka chanje vefa keeve kurin maa reethi varah inthizaaru kuri vaahaka eh miee

    1. Axoo says:
      March 22, 2020 at 5:18 am

      Yeah kurin genesdhin Vaahaka eh

  8. eysha says:
    March 22, 2020 at 12:12 pm

    Kobaatha next episod axooooo. Iru iru kolhun ebabeley…………….

    1. Axoo says:
      March 22, 2020 at 1:14 pm

      In Sha Allah around 6 ?

Comments are closed.


All Right Reserved!