Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ކައިރީގައި އެހެނަސް.. ދުރުގައި… 2

Axoo Level 310 Stories100 Comments100 Login
March 17, 2020 5 Mins Read
12 Comments

” މެދިޔަކަމެއް ވެނިމުނީ… އެނގޭތަ.. ނައިރާގެ ހުރޭ ހަތަރު އަހަރުގެ އަންހެންކުއްޖެއް… އަހަރެންގެ ކާފަ ދަރި ބަލާލާހިތުން ހުރެވެނީއެއްނޫން.. ނައިރާ އަހަރުމެންނާ ދޭތެރޭގައި ކޮންމެ ގޮތަކަށް ކަންތައްކުރިނަމަވެސް އަހަރެން އޭނައަށް މާފުކޮށްފިން.. މިވަގުތު އޭނައަށް އަހަރުމެންގެ އެހީތެރިކަން ވަރަށް ބޭނުންވޭ.. އޭނައަށް މިހާރު ހުންނާނީ ވިސްނިފަ.. މައިންބަފައިންގެ ބަސްނާހާ ކުރާ އެއްވެސް ކަމަކުން ފައިދާއެއް ނުވާނެ ކަން މިހާރު އޭނައަށް އެނގޭނެ..” ނާޝިދު ވަރަށް ޔަގީން ކަމާއި އެކު ބުނެލިއެވެ.

” އެހެންވީއިރު ހިނގާ އަވަހަށް ނައިރާ ގެންނަން.. މަގޭ ދަރިޔަށް ޖެހިފައިމިވަނީ ކޮންފަދަ ނިކަމެތި ހާލެއް.. ” ރޮމުން ޝަކިރާ ބުނެލިއެވެ.

” އާނ… މާދަމާ ނައިރާ ގެނެވޭތޯ މަސައްކަތް ފަށާނަން… ދެން އިރާދަކުރެއްވިއްޔާ ނައިރާ އަހަރުމެންނާ ދުރަކަށް ދިޔަ ނުދޭނަން.. ” ލޯފޮހެލަމުން ނާޝިދުވެސް ބުނެލިއެވެ.

” މަގޭ ނަންނި މަގޭ ނައިރާ ދެކެލުމަށް ކެތްމަދުވެފަ އަހަރެން މިހުންނަނީ.. ﷲ ދެނެވޮޑިގެންވަނީ އެކުއްޖާފުޅު ދެކެލުމަށް އަހަރެންގެ މިދެލޯ އެދޭވަރު.. އަހަރެން އެމަންޖެ މަތިން ހަނދާން ނުވާ އެންމެ ދުވަހެއްވެސް ނުދޭ.. ނާއިޝްގެ ވަކިވުމަށްފަހު އަދި މާބޮޑަށް ނަންނި މަތިން ހަނދާންވޭ… ” ނާޝިދުގެ ކޮނޑުގައި ބޯއަޅާލަމުން ޝާކިރާ ބުންޏެވެ.

ސޯފާގެ ފަހަތުގައި އެމީހުންގެ ވާހަކަ އަޑުއަހަން ހުރީ ނައިލީއަށް ހުރީ ކުޑަވަރެއްގެ ޝޮކެއް ލިބިފައެވެ. ވާންވީ އުފާކަމެއް އެހެންނޫނީ އަންނަންވީ ރުޅިކަމެއް ނައިލީއަކަށް ނުވިސްނުނެވެ. ހިތަށް ނުތަނަވަސްކަންވެރިވެ ހާސްކަން މީހާ ވަށާލީ ކުޑަހިނދުކޮޅެއްގެ ތެރޭގައެވެ.

” އަޒީ.. އަޒީ… ބްރޭކިން ނިއުސް…” އެނދުމަތީގައި ފޯނާއި ކުޅޭން އޮތް އަޒީދުކައިރީގައި އިށީންނަމުން އަވަސްއަވަހަށް ނައިލީ ބުނެލިއެވެ.

” ކޮންތަނެއްގަ ރޯވީ” މާބޮޑު ހާސްކަމެއް ނެތި މަލާމާތުގެ ރާގަކަށް އަޒީދު އަހާލިއެވެ.

” ތަނެއްގަ ރޯވީކީ ނޫން.. ރޯވާން އުޅެނީ .. އަހަރުމެންގެ މުޅި ޒިންދަގީގަ.. އަހަރުމެންގެ ހެޕިނަސް ގަ..” ހާސްވެފައި އިނދެ ނައިލީ ބުނެލިއެވެ.

 

” އެއްކަލަ ނިދާ ބޭސްތައް ކައިގެން ދޯ މިރޭވެސް ތިހުރީ.. ” ޝައްކުގެ ނަޒަރަކުން ނައިލީއަށް ބަލާލަމުން އަޒީދު އަހާލިއެވެ.

” ނޫނެކޭ… ނައިރާ އަންނަން އުޅެނީ…” ރުޅިއައިސް އިނދެ ނައިލީ އަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ.

” ކީކޭ.. ކާކު ބުނީ… ”  ފޯނު ބާއްވަމުން އަޒީދުވެސް އެކަމަށް ސަމާލުވެލިއެވެ.

” ބައްޕަ ދެންމެ މަންމަ ކައިރީ ކީ އަޑު އިވުނީ.. ނައިރާ ގުޅާފަ ބުނެފިޔޯ އެނބުރި އަންނަން ބޭނުންވާ ވާހަކަ.. އޭނަގެ ފިރިމީހާ އޭނަ ވަރިކުރިއްޔޯ.. އޭނަގެ އެބަހުރި ހަތަރު އަހަރުގެ ދަރިއެއްވެސް.. ބައްޕަ ބުނީ މާދަން އޭނަ ގެނައުމުގެ މަސައްކަތް ފަށާނަމޭ… އަޒީދު އޭނަ އައިއްސިއްޔާ މިގޭގަ އަހަރުމެންގެ ޖާގަ ގެއްލޭނެ.. އަހަންނަށް ލިބެން އޮތް އެއްޗެއް އެއްވެސް މީހަކާ ޝެއަރ ކުރާކަށް އަހަރެން ބޭނުމެއް ނޫން…” ނައިލީ މޫނުމަތިން ފެންނަމުން ދިޔައީ އިންތިހާ ދަރަޖައަށް ނުތަނަވަސް ކަމެވެ.

 

” ކޮންކަމަކާތަ ހާސްވަނީ… ބައްޕަމެން ހިޔެއް ނުވޭ އޭނައަށް އެއްވެސް އެއްޗެއް ދޭނެ ހެނެއް.. އޭނަ އެއީ އިތުބާރު ގެއްލިފަ ހުރި މީހެއް… ނައިލީވެސް އުފާކުރޭ… ލޯބިވާ ކޮއްކޮ އެއްނު” މަލާމާތުގެ ގޮތަކަށް ހީލަމުން އަޒީދު އަނެއްކާވެސް ފޯނާ ކުޅެން ފެށިއެވެ. ނައިލީ އެއްޗެއް ބުނަން އަނގަހުޅުވާލި ވަގުތު ދޮރުމަތިން ކަރުކެހިލި އަޑު އިވި އެދިމާއަށް ބަލާލިއެވެ.

” ނިޝީ.. މިގަޑީގަ. ކަމަކުތަ.. ލިލީ ރަނގަޅުތަ އަނެއްކާ” ނިޝީ ފެނި ނައިލީ އިންތަނުން ތެދުވަމުން އަހާލިއެވެ.

” ލިލީ ނިދީ ތެރޭގަ ކެއްސާލި ގޮތަށް މުޅިތަނަށް ހޮޑުލައިފި.. ސާފުކޮށްފަ އަލުން ބާއްވަފަ ބެލެންކެޓެއް ބަލާ މިއައީ…” ނިޝީ ބުނެލިއެވެ.

” އެވާނީ އޭސީގެ ތަންކޮޅެއް ފިނި ގަދަވީ ކަމަށް… ބުރަކައްޓާ ފައިތިލައިގަ ބާމުކޮޅެއް ހާކާލާތި.. އަނެއްކާ މާދަން ވަންދެން ދޮންނަން ނުބަހައްޓާ މިރޭ ހަޑިވެފަ ހުރި އެއްޗިހި ދޮވެލާތި.. ނިޝީއަށް އުނދަގޫ ކަމަކަށް ވަންޏާ މިގޭ އުޅޭ އާޔަން ކައިރީގަ ބުނެލާ..” އަލަމާރިން ބްލެންކެޓެއް ނަގާ ނިޝީއަތަށް ދެމުން ނައިލީ ބުންޏެވެ.

” އަޅުގަނޑަށް އުނދަގުލެއް ނުވާނެ ލިލީގެ ކަމެއް ކުރަން.. ދޮންނަން އަޅާފަ މިއައީ..” ނިޝީވެސް ހިނިތުންވެ ހުރެ މިހެން ބުނަމުން އެކޮޓަރިން ނިކުތެވެ.

” އަނެއްކާ ނިޝީއަށް އެއްވެސް އެއްޗެއް އަޑު އިވުނުބާ… ” އެނބުރި އަޒީދަށް ބަލާލަމުން ނައިލީ އަހާލިއެވެ.

” އިވުނިއްޔާ ކޮންކަމެއް… އޭނައަކަށް ނުކެރޭނެ އެއްވެސް މީހެއް ކައިރީ އެއްޗެއް ކިޔާކަށް” ފަރުވާކުޑަގޮތަކަށް އަޒީދު ބުނެލީ ފޯނަށް ނަޒަރު ހުއްޓާލައިގެން އޮވެއެވެ. ނައިލީވެސް އަނގަޔަށް ގޮތެއް ހަދާލަމުން ތުވާލި ހިފައިގެން ފާހާނައަށް ވަނެވެ.

ލިލީގެ ގައިމަތީގައި ރީތިކޮށް ރަޖާ ގަނޑު އަޅާލުމަށްފަހު ނިޝީ އެކޮޓަރިން ނިކުމެގެން މިސްރާބު ޖެހީ އާޔަންގެ ކޮޓަރިއަށެވެ. ހިތުގައި ފުނިޖެހިފައިވާ ސުވާލުތަކަށް ޖަވާބު ހޯދުމުގެ ނިޔަތުގައެވެ. ނައިލީގެ ކޮޓަރިއަށް ވަންނަން އުޅުނު ވަގުތު އިވުނު ވާހަކަތަކުން ނިޝީއަށް ވަނީ ވަރަށް ބޮޑު ހައިރާންކަމެއް ލިބިފައެވެ.

ދެތިން ފަހަރަކު ޓަކި ޖަހާލުމާއި އެކު އާޔަން ދޮރު ހުޅުވާލިއެވެ. ނިޝީ އަވަސްއަވަހަށް އެތެރެއަށް ދެމިގަތުމަށްފަހު ދޮރު ލެއްޕީ އާޔަން ކައިރިން އަހާވެސް ނުލައެވެ.

” ވަޓް ދަ… ނިޝީ މޮޔަވީތަ.. ފިލާވަޅެއް ނޭނގުނީތަ” ހައިރާންވެފައި އާޔަން އަހާލިއެވެ.

” ނޫނެކޭ ހަބަރެއް ދޭން ވެގެން މިއައީ..” އަވަސް އަރުވާލާފައި ނިޝީ ބުންޏެވެ.

” މާދަން ތިހަބަރު ދޭން މަޑެއް ނުކުރެވޭނެތަ.. ވަރަށް ބޮޑަށް ނިދިއައިސަ މިހުރީ” އާފުރެމުން އާޔަން ބުންޏެވެ.

” އަޅޭ… އެންމެ ފަސް މިނިޓް ވާނީ.. ވަރަށް މުހިންމޭ” އާޔަންގެ ތިން ފޫޓް ހަފޫޓް ގެ އެނދުގައި އިށީންނަމުން ނިޝީ ބުންޏެވެ. ނިޝީ ނުދާނެކަން ޔަގީން ވުމުން އާޔަންވެސް އެތާ ހުރި ޕްލާސްޓިކް ގޮނޑީގައި އިށީނުމަށްފަހު ކުރިއަށް ދިއުމަށް ނިޝީ ކައިރީ ބުންޏެވެ.

” ޝާކިރާގެ ތިން ކުދިން ތިބޭދޯ…” ނިޝީ ކޮށްލި ސުވާލުން އާޔަންގެ ވެސް ނިތަށް ރޫއަރައިގެން ދިޔައެވެ.

” ސީރިއަސްލީ ނިޝީ ހުވަފެނެއް ފެނިގެން ދޯ ތިއައީ.. ” އާޔަން އަހާލިއެވެ.

” އެހެންވީމަ އާޔަން އަކަށްވެސް ނޭނގޭ ދޯ.. އަހަރެންވެސް މިހުންނަނީ ހަމަ ހައިރާންވެފަ… އެނގޭތަ ދެންމެ އަހަރެން ނައިލީ ކޮޓަރިއަށް ލިލީގެ ރަޖާގަނޑެއް ބަލާ ދިޔަވަގުތު އެމީހުން ދައްކާ އުޅުނު ވާހަކަ..” ނިޝީ ފަހު ޖުމްލަ ބުނެލީ ވަރަށް މަޑުމަޑުންނެވެ.

” ބޭޑް މެނަރސް ނިޝީ.. މީހުން ސިއްރުން ދައްކާ ވާހަކަ އަޑު އަހާކަށް ނުވާނެ..” ނިޝީއަށް ޖެއްސުމަށް އާޔަން ބުނެލިއެވެ.

” ދެން އާޔަން.. އަހަރެން ކީއްކުރާނީ އަޑު އިވުނީމަ.. އެމަންޖެ ފިރިމީހާ ވަރިކޮށްގެން އެނބުރި އަންނަނިއްޔޯ… އަޒީދު ބުނީ އުފަލެއް ނޫންހޯ ކުރަންވީ ނައިލީ ކޮއްކޮ ނޫންހޯ.. އެނގޭތަ އެމަންޖެ އަންނާތީ ނައިލީ އުޅެނީ ބިރުން .. އޭނައަށް ލިބޭ މުދަލުން ބައެއް އުނި ވެދާނެތީ… ” ނިޝީ ކިޔައިދިނެވެ.

” ގައިމު މިގޭ އުޅުނު ފަސްއަހަރު ދުވަހުވެސް އަހަންނަކަށް އެނގިފައެއް ނެތް ޝާކިރާގެ އިތުރު ދަރިއެއް ހުންނަކަމެއް… މިގޭ ފާރުތަކުންވެސް ނުފެނޭ އިތުރު މީހެއްގެ ފޮޓޮއެއްވެސް.. މުޅިންވެސް ހުންނަނީ ނައިލީ އާއި ނާއިޝްގެ ފޮޓޯ…” އާޔަން ވިސްނާލަމުން ބުންޏެވެ.

” ދެން މާދަން އިނގޭނެއްނު.. ނާޝިދު ބުންޏޯ މާދަން އެމަންޖެ ގެންނާނަމޯ…” ނިޝީ ބުންޏެވެ.

” ފައިނަލީ.. ނައިލީ ޖެހިލުންވާ މީހަކު އަންނަނީ ދޯ.. އަހަރެން ހުންނާނަން ކުޅިވަރު ބަލަން.. ހހެހެހެ” ހެވިފައި އިނދެ އާޔަން ބުންޏެވެ.

” ތިއެއް ނޫނޭ… ކޮބާ މިސްޓަރ ރައިޓް…” އާޔަން ކޮށްލި ސުވާލުން ނިޝީގެ ދެކޯތާފަތް މައްޗަށް ޖަންބު ކުލަ އަރައިގެން ދިޔައެވެ.

” އައްދޭ.. ނިޝީއަށް ލަދުގަންނަންވެސް އެނގޭތަ…އަނެއްކާ ސެޓުވީތަ އެސޮރު…” ނިޝީއަށް ވީގޮތް ފެނި މަޖާވެގެން އާޔަން އަހާލިއެވެ.

” ސާބަސް އާޔަން ގަނޑާ… އެހާ އަވަހަށް ސެޓް ކުރެވޭތަ.. އެއީ އަހަރުންގެ ޓީޗަރޭ… މަށާ ދިމާއަށް ބަލާވެސް ނުލާ މީހަކު ކިހިނެއް ސެޓް ކުރާނީ..” ނިޝީ އަނގަޔަށް ގޮތެއް ހަދާލަމުން ބުނެލިއެވެ.

” ވާނެ ވާނެ… ޓްރޫ ލަވް އޯލްވޭސް ވިން.. ބައެއް ފަހަރު ލަދު ކަނޑުވާލާފަ އަންހެން ކުދިންވެސް ޖެހޭނެ ލޯބިވާ ވާހަކަ ބުނެލަން… އަޅެ ނިކަން ޓްރައި ކޮށްލަބަ ވާގޮތެއް ބަލާލަން..” އާޔަން ބުނެލިއެވެ.

” ނޫޅެން މަށަކަށް ނުކެރޭނެ.. ތީ ނިދިއައިސްގެން އުޅުނު މީހާ ދޯ.. އަހަރެން ނޫޅެން އާޔަންއަށް އުނދަގު ކުރަން ހުންނާކަށް… ދަނީ މި..” ލަދުގަތް ވަރުން ނިޝީ އެތަނުން އަވަހަށް ނިކުތެވެ. ނިޝީއަށް ވީގޮތްފެނި އާޔަން ހެމުން ހެމުން ގޮސް އެނދަށް އަރާ އޮށޯތެވެ.

އިރު އެރުމާއި އެކު “މޫންވެލީ” އަށް ހީވީ ބަހާރު މޫސުން އައިސްގެން އުޅޭހެންނެވެ. ބޮޑުފަތިހާ ތެދުވެ ނައިރާގެ ކޮޓަރި ސާފުކުރީ ޝާކިރާގެ ދެއަތުންނެވެ. ނައިރާއަށް އެންމެ ކަމުދާ ފެހި ކުލައިގެ ކަރޓެއިން އެއް އެޅުވިއެވެ. ހަމަ އެކުލައިން އެނދުގެ ބެޑްޝީޓައި ބާލިސް އުރަ ލެއްވިއެވެ. ނައިރާގެ އަލަމާރީގައި ފޮރުވާފައި ހުރި އޭނާގެ ފޮޓޯ ފްރޭމް ތައް އެކޮޓަރީގެ ފާރުގައި ހަރުކުރިއެވެ. ކޮޓަރީގައި ބެހެއްޓިފައިވާ ވާސްތަކުގައި ނައިރާއަށް އެންމެ ކަމުދާ އޯކިޑް ފެރެޝް މާތައް ޖަހާލިއެވެ. އެއަށްފަހު ކޮޓަރިން އަށް ޖެހީ ނައިރާއަށް އެންމެ ކަމުދާ އޯކިޑްމަލު ވަހުގެ އެއަރ ފްރެޝްނަރ އެވެ.

” ބަދިގެއަށް ވަދެ ނައިރާ އަށް މީރުހެން ހީވާ ކާއެއްޗެއް ކެއްކިއެވެ. ކަނޑުކުކުޅާއި ބްލުބެރީ ޗީޒް ކޭކް އެޅިއެވެ. ބޭރުން އޯޑަރ ކޮށްގެން ތެލުލި ބަނބުކެޔޮ ޑަބިޔަލެއް ވެއްދިއެވެ. ޝާކިރާގެ ކިބައިން ފެންނަމުން ދިޔަ ކަންތައްތަކުގެ ސަބަބުން އާޔަން ހުރީ ހައިރާންވެ އަންތަރީސް ވާވަރު ވެފައެވެ. ކަމެއް ނުކޮށް ހުންނަން ނުކެރިގެން ނައިލީވެސް ޝާކިރާ ބުނާ ކުދިކުދި ކަންތައް ކޮށްލަމުން ދިޔައެވެ.

” ނައިލީ ދައްތާ މިއަދު ހާއްސަ މެހުމާނަކު އަންނަނީތަ…” ޕިއްޒާއެއް ތައްޔާރު ކުރަމުން ދިޔަ ނައިލީ ކައިރީގައި ނޭނގޭ ކަމަށް ހަދާފައި ނިޝީ އަހާލިއެވެ.

” އާނ.. އަހަރެންގެ ކޮއްކޮ އަންނަނީ” ނައިލީ ޖަވާބު ދިނެވެ.

” ކޮއްކޮއޭ.. ނައިލީ ދައްތަގެ ކޮއްކޮއެއްވެސް ހުރޭތަ.. ކަޒިން އެއް އަންނަނީތަ..” އަނެއްކާވެސް ނިޝީ ސުވާލުކޮށްލިއެވެ.

” އަހަރުމެންގެ ހުރިހާ ކަޒިން އެއް ދިރިއުޅެނީ ސްވިޒަރލޭނޑް ގަ… އަހަރެންގެ އެއްބަނޑު އެއްބަފާ ކޮއްކޮ އަންނަނީ… މިހުރިހާ ދުވަހު އޭނަގެ ވާހަކަ ދެއްކުން މަނާކޮށްފަ އޮންނަނީ މިގޭގަ.. އެކަމަކު މިހާރު އޭނަ އެނބުރި އެއަންނަނީ… ކޭން ޔޫ ޕްލީޒް ގޯ ނައު ލިލީ ތައްޔާރުކޮށްލަން… އިރުއޮއްސެން ވާއިރަށް ބައްޕަ އަންނާނެ އޭނަ ގޮވައިގެން” ނައިރާގެ ވާހަކަ ދައްކަން ނައިލީ ބޭނުންނުވާ ކަހަލައެވެ. ނައިލީގެ ވާހަކަތައް ހުރި ގޮތުން ނިޝީއަށް އިތުރު ސުވާލެއް ކުރާކަށް ނުކެރުނެވެ. ނައިލީގެ މޫޑު އެހާ ރަނގަޅެއް ނޫންކަން އެނގިހުރެ އޭނާ ބުނިގޮތަށް ކަންތައް ކުރުމަށް ނިޝީ އަވަސްވެ ގަތެވެ.

އަސުރު ނަމާދަށްފަހު ޝާކިރާ ސިޓިންގްރޫމުގައި ދެކޮޅުދެކޮޅަށް ހިނގާލަ ހިނގާލާ ހުއްޓެވެ. ނައިލީ ސޯފާގައި ފޯނަށް ނަޒަރު ހުއްޓަލައިގެން އިންއިރު ލިލީ އުނގަށްލައިގެން ނައިލީ ކައިރީގައި ނިޝީ އިނެވެ. މޭޒުމައްޗަށް ކާއެއްޗެހި ނެގުމަށްފަހު ތަނބެއްގެ ނިވަލުގައި އާޔަން ހުއްޓިގެން ހުއްޓެވެ. ޝާކިރާ ތިންވަނަ ދަރި ބަލާލުމަށްޓަކާ އާޔަންވެސް ވަނީ ވަރަށް ޝައުގުވެރި ވެފައެވެ.

 

ގިނަދުވަސްތަކަކަށްފަހު ދަރިފުޅު ދެކިލުމަށް ކެތްމަދުވެފައިވާ ޝާކިރާ ފޯނުން ފިރިމީހާ ނާޝިދުއަށް ގުޅާފައި އަދި ކިހާއިރެއްވާނެތޯ ސުވާލުކުރިއެވެ.

” ގެޔާ ވަރަށް ކައިރީގަޔޯ…” ހުރިހާ ދަތްތަކެއް ފެންނަވަރަށް ހިނިތުންވެލަމުން ޝާކިރާ ބުންޏެވެ.

އިރުކޮޅެއްވީތަނާ ގޭގެ ދޮރުހުޅުވާލި އަޑަށް އެންމެންގެ ނަޒަރު އެދިމާލަށް ހުއްޓުނެވެ. ދޮރުން އެތެރެއަށް ވަދެވުމާއި އެކު ނައިރާ ބާރަށް ދުވަމުން އައިސް ޝާކިރާ ގައިގާ ބައްދައިގަތެވެ. ނައިރާ ދުވަމުން އައިލެއް ބާރުކަމުންނާއި އައިގޮތުން އާޔަންއަށްވެސް ނިޝީއަށްވެސް ނައިރާގެ މޫނު ރަނގަޅަށް ފެންނަގޮތެއް ނުވިއެވެ. އާޔަންގެ ލޮލުގައި އަޅައިގަތީ ނައިރާގެ ދިގު އިސްތަށިގަނޑެވެ. އެއިސްތަށިގަނޑު ފެނި އާޔަންގެ ގައިން ހީބިހި ނަގައިގެން ދިޔައީ މާކުރީގެ ހަނދާނެއް ވުމުންނެވެ.

” އަހަންނަށް މާފު ކުރޭ މަންމާ… ” ރޮއެ ގަނެވުމާއި އެކު ނައިރާއަށް ބުނެވުނެވެ. އެއަޑު އިވުމާއި އެކު ތަނބުގެ ބިއްދޮށުގައި ހުރި އާޔަންއަށް ތެޅިގަނެވުނެވެ. އާޔަން ބޭނުންވީ އަވަސްވީގޮތަކުން އެއަންހެންކުއްޖާގެ މޫނު ދެކިލުމަށެވެ.

” މަގޭ ދަރި…” ނައިރާ ދުރުކޮށްލުމަށްފަހު އޭނާގެ ދެކޯތާފަތާއި ނިތްކުރިއަށް ބޮސްދެމުން ޝާކިރާ ބުންޏެވެ. އެވަގުތުވީ އާޔަންއަށްވެސް ނައިރާގެ މޫނު ފެނުނު ވަގުތަށެވެ. ފަސްއަހަރަށް ފަހު ނައިރާގެ މޫނު ފެނުމާއި އެކު އާޔަންއަށް ހީވީ ދުނިޔެ އެނބުރިގަތް ހެންނެވެ. މިކަހަލަ ގޮތަކަށް ނައިރާ ފެނިދާނެ ކަމަކަށް އާޔަންއަށް ދުވަހަކުވެސް ހީކުރެވިފައެއް ނެތެވެ.

Share Article

Follow Me Written By

Axoo

Level 310 Stories100 Comments100 Login

Other Articles

Previous

ނުވާނަން ތަފާތެއް… 2

Next

ޖަވާހިރު

Next
March 18, 2020

ޖަވާހިރު

Previews
March 17, 2020

ނުވާނަން ތަފާތެއް… 2

12 Comments!

  1. Iraish says:
    March 17, 2020 at 5:50 pm

    Varah salhi
    When next
    Me first dhw

    1. Axoo says:
      March 17, 2020 at 6:52 pm

      Next part tommorow in Sha Allah
      thank you ❤️

  2. Life is pain? says:
    March 17, 2020 at 6:55 pm

    Ooh my god. Shit. Damn it.oh no. Geez..dhn vaani kihineh baa?..avas avas avas next plxx..kalo gayaa. MI rey nuves nidheyne. Varah reeeethi Axoo thee mann ekey?♥

    1. Axoo says:
      March 17, 2020 at 9:00 pm

      hehe… thank you.. <3

  3. malsamalkkomal says:
    March 17, 2020 at 6:58 pm

    Maasha Allah..varah rythi..curiously waiting..take care?

    1. Axoo says:
      March 17, 2020 at 8:59 pm

      thank you… you too take care.. be safe

  4. Kairaa says:
    March 17, 2020 at 9:33 pm

    Alhey varah varah reethi?????????????nxt part avahah up kohladhehchey…..waiting waiting……

    1. Axoo says:
      March 18, 2020 at 12:33 am

      Thanks ❤️ in Sha Allah

  5. saf says:
    March 17, 2020 at 10:22 pm

    v reethi ❤

    1. Axoo says:
      March 18, 2020 at 12:34 am

      ❤️ thank you saf

  6. Meee says:
    March 17, 2020 at 11:07 pm

    Yeeyyy my guess was correct dhww.. varah reethi mi story.. kihineh mi story up vamun dhaanii??? Anyways waiting for the nxt part???

    1. Axoo says:
      March 18, 2020 at 12:35 am

      Thank you ❤️.. busy nuvanya Fri sat noon konme dhuvahaku up vaane in Sha Allah ?

Comments are closed.


All Right Reserved!