ހަމަޔަގީނުންވެސް އެއިވެނީ އިބާގެ ގިސްލުމުގެ އަޑެވެ. މިވީހާދުވަސް ވީއިރު ޔާސިރު އިބާ ގެންގުޅުނީ އެލޮލުން އެންމެކަރުނަތިއްކެއްވެސް ވައްޓާލިޔަނުދީއެވެ. ވީއިރު އެގޮތަށް އެދަރިފުޅު އެހާ އަސަރާއެކު ރޮމުންދާއަޑު އިވުމުން ޔާސިރު ދައްކަން އުޅުނު ވާހަކަވެސް ހަންދާންނެތިގެން ދިޔައެވެ. އަދި ވީގޮތެއްބަލަން ފޯނުބޭއްވުމާއެކު އަވަހަށް ގެއާއި ދިމާއަށް މިސްރާބުޖެހިއެވެ. އެހެން ދުވަސްތަކާއި ހިލާފަށް އަލޫކް ހުރީ އުފަލުންކަން އޭނާގެ ހަރަކާތްތަކުންވެސް ފާހަގަވެއެވެ. ލޫޔާއާއި ފަރޫންކައިރީގައި އޭނާބޭނުން ނޫންގުޅުމެއް އިބާއާއި އެކުގައި ކުރިއަށް ގެންދެވުންކަން ހާމަނުކުރިނަމަވެސް ގޯހެއްހެދުނުކަމަށް ބުނުމުން އެމީހުންވެސް އެދުނީ […]
ފެނުނުމަންޒަރާއެކު އަލޫކްގެ މެޔަށް ނުބައިގޮތެއްވެގެން ދިޔައެވެ. ނަމަވެސް އިބާ އެކޮޓަރިއަށްވަދެ އެކުރާކަމެއް ހޯދުމަށް ހިނގައިގަތް އަލޫކް ފާހާނާއަށް ދާންޖެހުމުން ހަތިޔާރު ބަހައްޓާފައި ކޮޓަރިއަށް އެނބުރިއައީ ފާހާނާކޮށްލައިގެން އިބާކުރާކަމެއް ބަލަންދާން ނިންމައިގެންނެވެ. ހަމަ އެގޮތަށް އަވަސްއަރުވާލާފައި ކޮޓަރިއަށްވަތް އަލޫކް ފެނުމުން އިބާއަާއި އަލޫކް ފެނުމުން ކޮޓަރިއަށް ވަތް ލޫޔާވެސް އިނީ ކިޔާނެ އެއްޗެއް ބުނާނެއެއްޗެއް ނޭންގިފައެވެ. މިވަގުތު އިބާ އެހާސިއްރުން ނިކުމެ އެކުރަނީ ކީއްހެއްޔެވެ. އަހަރެން ފެނުމުން އިބާ ކުލިއަކަށް ބަދިގެއަށް ވަނީ، ހަމަ ރަނގަޅަށްވެސް އިބާ އައީ […]
އިބާގޮސް ލޯމަތިން ގެއްލުމާއެކު ފަރޫންއާއި އަލޫކް އެހަނިގޯޅިގަނޑަށްވަދެ ހާޖީބެ ދިރިއުޅޭ ކޮޓަރީގައި ޓަކިޖަހާލިއެވެ. ސޯފާގައި އިން ޔާސިރުއަށް ވިސްނި ވިސްނިހެން ބޯގޮވުންނޫންކަމެއް ނުވެއެވެ. ކޮންމެގޮތެއްވިޔަސް ލޫޔާ އަކީ އޭނަގެ ބޭބެގެ ދަރިފުޅަށް ވެއްޖެނަމަ މިހާރުވެސް އޮތްގޮތަށް ޔާސިރުއާއި ނަސްރީނާ ވިޔަފާރި އެއްކޮށްނުލާ ދެދަރިންގެ ނަންމައްޗަށް ބަދަލްކުރާން ޔާސިރުވަނީ ނިންމާފައެވެ. އިބާ އެކޭ އެއްފަދައިން ލޫޔާއަކީ ބޭބެގެ ދަރިކަން ޔަގީން ވެއްޖެނަމަ އެކަމާ އިތުރުބަހަނާއެއް ދެއްކޭނެ މީހަކު ނުހުންނާނެއެވެ. ހުދުއިބާވެސް ޖެހޭނީ އެކަން ގަބޫލުކުރާށެވެ. ނަމަވެސް ނަސްރީނާ ދެވިޔަފާރިއެއްކޮށްލަން […]
އިބާއާއި އަރުޝަދުއަށް އެކަަކު އަނެކެއްގެ މޫނަށްގެއްލިފައި ހުރެވުން ނަމަވެސް އަރުޝަދު އަވަސްގޮތަކަށް ދުރުބަލާލީ އެއީ މިހާރުމީހެއްގެ އަތްބެއްކަން އިހްސާސްވުމުންނެވެ. ނަމަވެސް ހުރިހާދުވަހު އަރުޝަދުއަށް އިބަ އަކީ ކާކުކަން ނޭންގިހުރެ ވެވިފައިވާ މަތިވެރި ލޯބި އޭގެ މަގާމުން ބޭރަށްލާކަށް އޭނާ ބޭނުމެއްނުވެއެވެ. އަރުޝަދު ގަބޫލުކުރާ ގޮތުގައި ތެދުވެރި ލޯބިވެވޭނީ އުމުރުގައި އެއްފަހަރު އެކަކުދެކެވެ. ވީއިރު ފާއިތުވެ ދިޔަ ފަސްއަހަރުދުވަހު އިބާގެ ފަހަތުން މުގޯލިއެޅަމުން ދިޔަ އަރުޝަދުއަށް އޭރުވެސް ވާހަކަދައްކަން ނުކެރި ހިތުގައިވި ލޯބި ފޮރުވުނުގޮތަށް މިއަދުވެސް އެކަން ކުރެވޭނެއެވެ. […]
؛އަލޫކް ތިންދުވަސްވާންދެން ހުންނާކަށް ނުހަދައެވެ. ޖެހިގެން އައިދުވަހު އޮފީހުގައި ބުރަކޮށް އުޅުމަށްފަހު އިބާއަށް މެސެޖްކޮށްލާފައި އެދުނީ ދެގަޑިބަޔަށް ސީކްރެޓް ރެސިޕީއަށް އައުމަށެވެ. ވަގުތުން އިބާ ޔެސް އޭ ޖަހާލާފައި ރިޕްލައިކޮށްލިއެވެ. އޭރު އިބާހުރީ އުފަލުން ފޮޅިފައެވެ. ތިންދުވަސް ވުމުގެ ކުރީން އަލޫކްފެންނާނެތީ އާއި އަލޫކްއަށް އެއްވެސް އެއްޗެއް ނޭންގޭނީކަން މިހާރު އިބާއަށް ޔަގީންވެއްޖެއެވެ. ނަމަވެސް ހުމާމްއާއި ސަލީމް އާއި ރަހްމަތްތެރިވީގޮތް އަދި އިބާ ހޯދާނެއެވެ. ގަޑިން ބަރާބަރު ދެގަޑި ބައިވިއިރު އިބާ އިނީ އަލޫކްގެ އެދުމުގެ މަތީން […]
ހޮސްޕިޓަލަށް ލޫޔާގެންދިއުމާއެކު އެޑްމިޓްކުރެވުނެވެ. އަދި ޓެސްޓްތަކެއް ހެއްދުނެވެ. އޭރުވެސް ހުން 104ގައިހުރުމުން ޑޮކްޓަރު ފަރުވާދެމުން ދިޔައީ އަވަހަށް ހުންތިރި ކުރެވޭތޯއެވެ. އެހާވަރަށް ހުން ހުރުމުން ފިޓްޖެހުމަށް މަގުފައިވާނެތީ އެކަމުން ސަލާމަަތްކުރުމަށް އެމީހުން އަވަދިނެތި އުޅެމުންދިޔައިރު ފަރޫންއާއި އަރުޝަދުމެންވެސް ތިބީ ލޫޔާއަށް އަވަސް ޝިފާއަކަށްއެދި އެދިއެވެ. އެދުވަހުގެ ކޮލެޖްކެންޕަހުގައި ހިންގަން ހަމަޖެހިފައިވާ ކަންކަންވެސް އަލީގެ އެދުމުގެ މަތީން ފަސްކޮށްލުމަށްފަހު އެންމެންވެސް އިރުއޮއްސެންދެން އެތާންގައިތިބީ ލޫޔާގެ ހުން ތިރިވެލީމާ ދާށެވެ. ނާދިޔާއާއި ޝަކީބްވެސް އަމިއްލަ ދަރިއަކަށް ހޭހަން ކޮށްދޭ ފަދައަކުން […]
އިޝާނަމާދުން ފައިބައިގެން ޝަކީބްއާއި އެކިގައި ގެއަށް އައި ފަރޫންގެ ދެލޯ ހޯދަމުންދިޔައީ އަލްޔާގެ އެރީތިސޫރައެެެވެ. ފަރޫންއަށް އަލްޔާ ފެނުމުން އެވަނީ ކިހިނެއްކަމެއްވެސް ނޭންގެއެވެ. އިނގޭހާވެސްކަމަކީ ލޭގެ ހިނގުން އަވަސްވެފައި ހިތުގެތެޅުން ބާރުވެގެން ދާކަމެވެ. އަތްފަޔަށް ފިނިވެގެންދާކަމެވެ. “ޝަކީބް އާދޭ ފަރޫންގޮވައިގެން ކާން.. މިހާރު އަލްޔާވެސް ނަމާދުކޮށްލައިގެން ނިކުންނާނެ.. ” ސޯފާގައި އިން ޝަކީބްއަށް ނާދިޔާ ގޮވާލިއެވެ. އެވަގުތު އަލްޔާވެސް ކޮޓަރިން ނިކުމެގެން ކާގެއާ ދިމާއަށް ދިޔައެވެ. ފެށުނީއްސުރެ އާއިލާއެއްކޮށް އެއްސުފުރާމަތީން ކެއުމަކީ ޝަކީބްގެ އާއިލާގެ އެންމެ ކަމުދާ […]
ފަރޫން ހައިރާންވެފައި ބަލާލިއިރު އިބާ ވިހަ ހިނުތުން ވުމަކާއެކު ފަރޫންއަށް ބަލާލަން އިނެވެ. އޭރުވެސް އަލޫކް އާއި އިބާ ތިބީ އަތުގުޅާލައިގެންނެވެ. ފެނުނު މަންޒަރާއެކު ފަރޫންގެ މޫޑް ހަރާބްވިއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އަލޫކްއާއި އިބާއާއި އޮތީ ކޮންގުޅުމެއްތޯ ބަލަން ހިތުގައި ޝައުގުވެރިކަން އުފެދުނެވެ. ނަމަވެސް ގުޅާގުޅާ އަލޫކް ފޯނަށް ޖަވާބެއްނުދެއެވެ. ****** ރަނގަޅަށް ނުނިދުމުގެ ސަބަބުން ލޫޔާގެ ބޮލުގައި ރިއްސާފައި ހުރިނަމަވެސް ތެދުވެ ފަތިސްނަމާދުކޮށްލައިގެން ކަހަފް ސޫރަތްކިޔަވާލީ ކޮންމެހުކުރި ދުވަހެއްގައިވެސް އެކަން އެގޮތަށް ކުރުމަށް އާދަވެފައިވާތީއެވެ. […]
“އިބާ ލޯބިކުރާނީ ރީތި އަގުބޮޑެތިއެއްޗިއްސައް.. ބޭނުންވާނީ މުއްސަނދިކަން.. އެހެންވެ އޭނަ އަހަރެން ނިކަމެތިވީމަ އަހަންނާވެސް ރައްޓެހިނުވީ.. ” “ތީކާކު.. ބަލަ އިބާއެއުޅެނީ މިހާރުވެސް މުއްސަނދި ދިރިއުޅުމެކޭ.. ދެން އިތުރަށް ކީއްކުރާ މުއްސަނދިކަމެއްތަ.. ކީކޭކިޔަންތަ ކަލޭތިއުޅެނީ.. ” އެގޮތްނޭންގޭ ޒުވާނާގެ ވާހަކަތަށް އަޑުއަހާފައި ފަރޫންގެ ލޭހޫނުވިއެވެ. “އަޑުއަހާ އޭނާ ފަރޫންއަށް އެފޮލޯކުރީވެސް ބޭނުމަކު އެެެހެންނޫންނަމަ މުޅިމިމާލެއިން ފަރޫން ނޫންމީހަކު އަދި އަމުދުން ލޫޔާގެ ބީއެފް އަށް އޭނަ ފޮލޯކުރުމުގެ ބޭނުމެއްކޮބާ.. ” އެޒުވާނާ އެެެހެން ބުނުމާއެކު ލޫޔާއާއި ފަރޫންއަށް […]