ނޭންގިހިތޭ ގެންދެވީމަ މިތުރާ… (13)
؛އަލޫކް ތިންދުވަސްވާންދެން ހުންނާކަށް ނުހަދައެވެ. ޖެހިގެން އައިދުވަހު އޮފީހުގައި ބުރަކޮށް އުޅުމަށްފަހު އިބާއަށް މެސެޖްކޮށްލާފައި އެދުނީ ދެގަޑިބަޔަށް ސީކްރެޓް ރެސިޕީއަށް އައުމަށެވެ. ވަގުތުން އިބާ ޔެސް އޭ ޖަހާލާފައި ރިޕްލައިކޮށްލިއެވެ. އޭރު އިބާހުރީ އުފަލުން ފޮޅިފައެވެ. ތިންދުވަސް ވުމުގެ ކުރީން އަލޫކްފެންނާނެތީ އާއި އަލޫކްއަށް އެއްވެސް އެއްޗެއް ނޭންގޭނީކަން މިހާރު އިބާއަށް ޔަގީންވެއްޖެއެވެ. ނަމަވެސް ހުމާމްއާއި ސަލީމް އާއި ރަހްމަތްތެރިވީގޮތް އަދި އިބާ ހޯދާނެއެވެ.
ގަޑިން ބަރާބަރު ދެގަޑި ބައިވިއިރު އިބާ އިނީ އަލޫކްގެ އެދުމުގެ މަތީން ސީކްރެޓް ރެސީޕީއަށް އައިސް އަލޫކްގެ އިންތިޒާރުގައެވެ. ފަސްމިނެޓްފަހުން އަލޫކްވެސް ފުޅާހިނިތުން ވުމަކާއެކު އަތްފުރަގަހަށް ލައިގެން އައިސް އިބާގެ ކުރިމަތީގައި ހުއްޓުނެވެ. އަދި ފަހަތުގައި އޮތް ބްލޫއޯކިޑް މާބޮނޑިދިއްކޮށްލިއެވެ. މާބޮނޑިފެނުމާއެކު އިބާގެ މޫނުގެ ކުލަވަރުބަދަލްވެ ނުރުހުންތެރިކަން ފެނުނެވެ. އެއީ އަބަދުވެސް ލޫޔާ ގެއަށް ދެންނަވައްތަރު މާބޮޑިއެއްކަން ހިތަށް އެރުމާއެކު ހުރިހާދުވަހު ލޫޔާ އެގެންނަނީ އަލޫކްދޭ މާބޮޑިބާއޭ ހީވިއެވެ. އަލޫކްއާއި ދިމާއަށް ސުވާލުގެ ނަޒަރުން ބަލާލާފަވެސް އަަަވަހަށް މާބޮނޑީގައި ހިފިއިރުވެސް އިބާ އިނީ ހައިރާންކަމުގައި ގެއްލިފައެވެ. މިހުރިހާ ކަމެއް އެނގިހުރެ އަލޫކް އަޅާނުލައެވެ. އަލޫކްއަށް އިބަ ފެނުމުން އެހެންޏާވެސް ވާގޮތަށް ބޮލުގައި ތަދުހިފާލާފައި އިބާފެނުނީ ދުނިޔޭގައިހުރި އެންމެ ލޯބިވާ އަންހެނާގެ ސިފައިގައެެެވެ. ނަމަވެސް އަލޫކް ފެންފޮދެއްބޯލުމާއެކު ހަމަޔަކަަށް އެޅިލާފައި އޯޑަރުކޮށްފައިވާ އެއްޗެހި ގެނެސްދިނުމަށް އެދުނެވެ. ” އަޅޭ ލޫކް ހާދަ ރަނގަޅޭ ކުރިން އޯޑަރވެސް ކޮށްގެންތަ ތިއުޅެނީ.. ވަރަށް އުފާވެއްޖެ.. ” އިބާ ހުރީ ނުތަނަވަސް ކަމެއްގައި ނަމަވެސް އެކަން ފިލާދިޔައީ އަލޫކް އޭނަދެކެ ލޯބިވާތީ އެހުރިހާކަމެއް ކޮށްފައި ހުރިކަން އެނގުމުންނެވެ.
“ސަރ.. ” އޭ ގޮވާލުމާއެކު ވެއިޓަރުން އައިސް މެންދުރުގެ ހާއްސަ ކެއުމެއް އަލޫކްއެދުނުގޮތަށް ތައްޔާރުކޮށްގެން ގެނެސް އަތުރާލިއެވެ. އިބާ އިނީ ތަލިން ކުޅުހިކިފައި އަނގަހުޅުވައިގެން ކުރިމަތިން ފެންނަމުންދިޔަ މަންޒަރު ގަބޫކުކުރަން ދަތިވެފައެެެވެ. އެއްދުވަހުނުފެނި ހުރެ ރޭވި ސަޕްރައިޒްއަކީ މީކަން މިހާރު އިބާއަށް ގަބޫލު ކުރެވިއްޖެއެވެ. “ހެޕީތަ.. ކިހިނެއްވަނީ ސަޕްރައިޒް.. ” އަލޫކް އެހެން އަހާލުމާއެކު އިބާ އުފަލުން ފޮޅިފައިވާ ހާލު “ވަރަށް އުފާވެއްޖޭ” ބުނެލިއިރު އެހުރި ތުއިކަން އަލޫކްއަށްވެސް ފާހަގަވިއެވެ.
މެންދުރުކުރީގައި ސްކޫލަށް ދިޔަގޮތަށް އަލްޔާ ގެއަށް އައީ ހަތަރެއްޖަހަން ވެފައި ހުއްޓައެވެ. ލޫޔާ އަދިވެސް ހުރީ އަލްޔާމެން ގޭގައިކަމުން ހަމަ އައިގަޑީ ލޫޔާ އާއި ދިމާވިއެވެ. ” ހާދަލަހުން.. ލޫ ވެސް އޭލެވެލްކިޔެވިން.. އެކަމަކު ތިހާ ބުރައެއްނޫން.. ” ” އަލްޔާމީ ސްކޫލްގެ ޑެޕިއުޓީ ކެޕްޓަންއޭ.. އެހެންވެ ހިންގާ ހުރިހާ ހަރަކާތެއް ބަލަންޖެހޭ.. މިއަދު އެހާލަސްވީ ސްކައުޓް ކޭމްޕްގަ ދާކުދިންގެ ކަންކަން ހަމަޖައްސަން.. މާދާމާއިން ފެށިގެން އެއްކޮށް ފްރީވާނެ އެމީހުން ކޭމްޕަށް ފުރީމަ.. ” ލޫޔާ އެހެން ބުނުމާއެކު އަލްޔާ ޖަވާބުދިނެވެ. ” ހާދަ ޒިންމާދާރު ކުއްޖެކޭ… އަދި އެހާ ހިތްހެޔޮވެފަ އެހާ ރަނގަޅު.. ލޫ ވެސް ހިތަށް އަރާ ތިކަހަލަ ކޮއްކޮއެއް ހުުންނަ ނަމައޭ.. ތިއެއްނޫނޭ ނަމާދުކޮށްލައިފިންތަ.. ” ލޫޔާ ހިތުގައިވި ގޮތަށް ބުނެލިއެވެ. ” ޔެސް.. ސްކޫލްގަ އުޅުނަސް ގަޑިން ގަޑިއަށް ނަމާދުކޮޮށް ކެއުން ކުރިއަށް ގެންދަން.. އެބައަންނަން ފެންވަރާލައިގެން މިއަދުވާނެއްނު ހިނގާލަން ދާންދޯ… ” އެހެން ބުނެފައި އަލްޔާ ކޮޓަރިއަށް ދިޔައެވެ. އެމީހުންގެ ވާހަކަތަށް އަޑުއަހަން ގަހާއި ނިވައިވެގެން ހުރި ފަރޫން ހިތުގައި އަލްޔާއާއި މެދު އޮތް ލޯބި އިތުރުވެގެންދިޔައެވެ. އެކަހަލަ ހެޔޮލަފާ ރަނގަޅު ބައިވެރިއެއް ފަރޫންގެ ހަޔާތަށް އައިސްފިނަމަ އަބަދުވެސް އުފަލުގައި އުޅެވޭނޭ ހިތާހިތާ ކިޔާލެވުނެވެ. ލޫޔާވެސް ގޯހީކީ ނޫނެވެ. މައްސަލަޔަކަށްވީ ލޫޔާއާއި މެދުގައި އެހުރިހާދުވަހުންވެސް އިޝްގީ ލޯބި ފަރޫންގެ ހިތުގައި ނުއުފެދުމެވެ.
ހަވީރު ހިނގާލަން ނިކުތް އަލްޔާ އާއި ލޫޔާދެކުދިންނާއި އެކުގައި ފަރޫންދިޔައީ ޝަކީބްއާއި ނާދިޔާގެ އެދުމުގެ މަތީންނެވެ. ދާހިތުން ހުރި ފަރޫންއަށް ލިބުނުފުރިސަތުގެ ބޭނުން ރަނގަޅަށް ހިފުމަށް ލޫޔާއަށް ހަދަންވީގޮތް މެސެޖް ކޮށްލުމަށްފަހު ނިކުތީ އެދެކުދިންގެ ފަހަތުންނެވެ. އޭރު ހެވިފައި ޝަކީބް ފަރޫންއަށް ބަލަން އިނެވެ. ” ހާދަހެވިފަ ކޯއްޗެއްތިބަލަނީ.. ” ލޫޔާ މެސެޖް ކިޔާލުމާއެކު ހިނިތުންވެލުމާއެކު އަލްޔާ އަހާލިއެވެ. ” މީ. މީ މެސެޖެއްނު.. އެކިޔާލީމަ ހިނިއައީ ހަމަ ނިކަންބަލާލަބަ.. ” އެހެންކިޔާފައި އެވަގުތު އަރުޝަދު ފޮނުވާފައިން ޖޯކު އަލްޔާއަށް ކިޔާދިނެވެ. ދެކުދިން އެކީގައި ފޯނަށް ބަލަމުން ހޭން ފެށުމުން ފަހަތުން އައި ފަރޫން ހީކުރީ އޭނަކުރިމެސެޖް ކިޔާފަ މަލާމަާތްކުރީ ކަމަށެވެ. ނަމަވެސް އެވަގުތު ލޫޔާ ފަހަތް ބަލާލާފައި ލޮލިގެ އިޝާރާތުން ގަމަޖެހުމަށް އަންގާލުމުން އެއީ އެކަހަލަކަމެއް ނޫންކަން ފަރޫންއަށް އިނގުނެވެ.
ވަކިހިސާބަކަށް އެމީހުނަށް ދެވުންތަނާހެން އަރުޝަދުއާއި އަލީވެސް އެމީހުނާ ޖޮއިންވިއެވެ. ފަރޫންވެސް އަލްޔާމެންނާ އެއްވަރަށް ހިނގަންފެށީ އަރުޝަދުމެން އައުމުންނެވެ. ލޫޔާ މަޑުމަޑުންއިދެ މެސެޖަކުން ވާނުވާ އަރުޝަދަށް އެންގިއެވެ. އެއާއެކު އަރުޝަދު ނޫންކަމަށް ހަދާފައި އަލީގެ ކޮނޑަށް އަތްވައްޓާލަމުން ” ލޫ ހިނގާބަލަ ރޭގަ ނިންމަން އަހަރުމެން ބޭއްވި ޓާސްކުގެ ކަންތަކާއުޅެލަން ގޭގަ ވެސް އެކަން ވާނެއްނު.. އަލްޔާއާއި ފަރޫންވެސް ދާނަންދޯ އަހަރުމެންނާއެކު .. ” ވާހަކަދެއްކިއެވެ. ” ތެދެކޭ މިލިބުނު ދުވަސްކޮޅު އަހަރެމެން އެކަންކަން ނިންމާފަދޯ މިހެން ފްރީވެވެން އޮތީވެސް .. ” ލޫޔާވެސް އަރުޝަދުއާއި އެއްބަސްވެލާފައި ބުނުމުން ކޮންމެވެސް އެހެންކަމެއް އުޅެނީކަން އަލީއަށް ދެނެގަނެވުނެވެ. އަވަހަށް ހިނގާށޭކިޔާ އަލީ ކުރިޔަށް ޖެހިލީ އަރުޝަދުއަށް ލިބުން މެސެޖް ރަނގަޅަށް ކިޔާކުމަށްފަހު ލާނެތް ހިނިތުންވުމަކާއެކުއެވެ.
ފަރޫން ނެތުމާއެކު އަލޫކް ގިނަވަގުތު ހޭދަކުރަމުން ގެންދިޔައީ އިބާ އާއި އެކުގައެވެ. ދެމީހުންއެކުގައި ލޯބިން އުޅޭގޮތުން ސަލީމްއާއި ހުމާމްވެސް ތިބެނީ ކިޔާނެއެއްޗެއް ނޭންގިފައެވެ. އިބާ ނެތް ވަގުތުތަކުގައި އިބާދެކެ އިންތިހާއަށް ރުޅިއަންނަ އަލޫކް މިހާރު އަބަދު އިބާ އާއި އެކުގައި ފެންނަމުނަދާތީ ދެން އެކަމުން އަލޫކް ސަލާމަތް ނުވާނެކަމުގައި އެމީހުން ނިންމިއެވެ. އަދި އާއްދިއްތަ ދުވަހު ފޯމް ލާފައި ވުމުން ޖެހިގެންއަންނަ ހޯމަ ދުވަހު ކައިވެނިކުރެވުމުން ރަނގަޅަށް އިބާގެ ދަލުގައި އަލޫކް ބަނދެވޭނެކަން މިހާރު ހުމާމްމެންނަށް ޔަގީންވެއްޖެއެވެ.
އަލީގޮސް ގެއަށްވަނުމާއެކު ލޫޔާއަށް ގޮވާލާފައި “ކެންޕަހަށް ވަދެލަންހިގާބަލާށޭ” ކިޔާފަ އިތުރުމީހަކަށް އެއްޗެއްބުނާނެ ވަގުތުވެސް ނުދީ ހިގައްޖެއެވެ. ހަމަ އެވަގުތު ފާހާނާއަށް ވަދެލާފަ އަންނާނަމޭކިޔާފަ އަރުޝަދުވެސް ގޮސް ކޮޓަރިއަށްވަނުމުން އަލްޔާ އާއި ފަރޫން އެކަނިވިއެވެ. އެވަގުތު ފަރޫންގެފޯނަށް މެސެޖްއެއް އައެވެ. ** ދެންވެސް ތިކިޔާއެއްޗެއް މަންޖެކައިރީކިޔާބަލަ.. އަހަރެމެން މިތިބީ ތިކަމެއްނިމުނީމަ ވަންނަން.. އަރުޝަދުވެސް ނުނިކުންނާނެ .. ވަގުތުގެ ބޭނުން ހެޔޮގޮތުގަހިފާ.. ** މެސެޖް ކިޔާލުމާއެކު ފަރޫންގެ މޫނުމަތީގައި ކުޅެލީ އުފާވެރިކަމުގެ ހިނިތުންވުމެކެވެ.
“އަލްޔާ .. އަހަރެން ވާހަކައެއްބުނީޔާ ހިތްހަމަ ނުޖެހޭނެތަ. ” އެދެމެދުގައި އޮތް ހިމޭންކަން ފޫއަޅުވާލަމުން ފަރޫން ވާހަކަދެއްކިއެވެ. ” ކޮންވާހަކައެއް.. ބުނެބަލަ ..” އެއިން ގޮތަށް އިސްޖަހާލައިގެން އިނދެ އެހެން ބުނިއިރުވެސް އަލްޔާ ލަދުން ގޮސް އޮޅޭގޮތްވަނީއެވެ. ” އަހަން.. އަހަންނަށް އަލް.. އަލްޔާ.. ވަރަށް ކަމުދޭ.. ” ފަރޫން އަށް އެހެންބުނެވުނީ ވެސް ވަރަށް ހިތްވަރުންނެވެ. އެވަގުތު އިސްއުފުލާބަލާލި އަލްޔާގެ މޫނަށް ޖަނބުކުލަ އަރައިގެންދިޔަތަން ފަރޫންއަށް ފެނުނެވެ. އެއާއެކު އަލްޔާވެސް ފަރޫންއާ ގަޔާވާކަން އޭނައަށް ޔަގީންވިއެވެ. ” އަހަރެން ނުބުނާނަން ކިޔެވުން ހުއްޓާލާފަ އަހަންނާ ރައްޓެހިވާށޭ.. އެކަމަކު އަހަންނަށް ވަރަށް ރަނގަޅު އަލްޔާ ރަނގަޅު ކާމިޔާބީއެއް ހޯދާ މައިންބަފައިން ފަހުރުވެރިވާފަދަ ކުއްޖަކަށް ވެގެން އަންނާނެ ދުވަހަކަށް އަހަރެން އިންތިޒާރުކުރާނަން އަލްޔާވެސް އެގޮތަށް ރުހެންޔާ.. އެންމެ ރަނގަޅުތަ.. ” ފަރޫން ހިތްވަރުކޮށްލާފައި ބުންބޭނުންވި ހުރިހާ ވާހަކައެއް އެއްފަހަރާ ބުނެލިއެވެ. ޖަވާބުގައި އަލްޔާވެސް ފުރިހަމަ ހިނިތުންވުމަކާއެކު ބޯޖަހާލީ އެގޮތަށް ރުހިގަބޫލުވެގެންނެވެ.
ވާހަކައިގައި ތިބި ފަރޫންއާއި އަލްޔާ ސިހުނީ ގެއަށް ވަދެގެންއައި ލޫޔާ އާއި އަލީ އަދި ކޮޓަރިން ނިކުތް އަރުޝަދު އެއްއަޑަކުން “ކޮންގްރާ ދެކުދިންނަށް” ށޭ ބުނެލުމުންނެވެ. އަލްޔާ ލަދުން އިސްޖަހާލިއިރު ފަރޫން ތެންކިއު މޭން އޭ ކިޔާ އަލީއާއި އަރުޝަދުގައިގަ ބައްދާލިއިރު ލޫޔާގެ ނިއްކުރިއަށް ބޮސްދިނީ ” ތީ އަބަދުވެސް ފަރޫންގެ ލޯބި ބެސްޓީއޭ ” ބުނެލަމުންނެވެ. އެވަގުތު އަލްޔާއަށް އެމަންޒަރުފެނުމުން އެހެންކަހަލަ އިހްސާސެއްކުރެވިގެން ދިޔައެވެ. ” އަލްޔާ ހަމަޖެހޭ ލޫ އާ ފަރޫން ކުރިން އުޅުނީ ރައްޓެހިވެގެން.. އެކަމަކު ވޭތުވެދިޔަ ހަތަރުއަހަރު އެކީގަ އުޅުންއިރުވެސް ދެމީހުނަށް ހަގީގީލޯބި އެކަކު އަނެކަކުދެކެ ނުވެވޭކަން އެނގުނީމަ ބްރޭކްއަޕްވީ.. މިހާރުމީ ހަމަ ބެސްޓީސް .. އަލްޔާދެކެ ލޯބިވެވުނީމަ ފަރޫން އެންމެ ފުރަތަމަ ވެސް ބުނީ ލޫކައިރީގަ.. ވަރަށއ ހެޕީވޭ ފަރޫންއަށް ލޯބިއެއީ ކޮންއެއްޗެއްކަން އެނގި ބައިވެރިއަކު ލިބުނީމަ.. އިންޝާﷲ ހުރިހާކަމެއްވެސް ދެންދާނީ ރަނގަޅަށް ” އަލްޔާ ބަލަން އިންގޮތުން ލޫޔާ އަލްޔާއަށް ހުރިހާ ކަމެއް އޮޅުން ފިލުވާދިނެވެ. ހަމަ އެކަނި ލޫޔާގެ ހިތުގައިވާ އަލޫކްގެ ލޯބިފިޔަވައެވެ. ” އަލްއަށް ހީވަނީ ދޮންބެއާ ލޫ ވަރަށް ގުޅޭނެހެން.. ވަރަށްބޭނުން ލޫ ތީ ދޮންބެދައްތައަށް ހަދަން.. ” ވިސްނުމެއްގައި އިނދެފައި އަލްޔާ އެހެންބުނުމުން ލޫޔާގެ މޫނަށް އަރާފައިބައިގެންދިޔަ ކުލަވަރު އެތާތިބިމީހުނަށް ރަނގަޅަށް ފެނުނެވެ. އެއާއެކު ފަރޫންއަށް ލޫޔާގެ ހިތުގައި އަލޫކްއަށް ހާއްސަކަމެއްވާކަން އެނގުނު ނަމަވެސް ކަންތަށް ގޮސްފައިވާ ހިސާބުން އެމައުލޫއަށް އިތުރަށް އެއްޗެކޭ ނުބުނެއެވެ.
އަލޫކް ބޭރުގައި އުޅެފައި އައިސް ގެއަށް ވަތްއިރު ހަތަރުމިސްކޯލް އިނުމުން ބަލާލިއެވެ. ގުޅާފައިއިނީ ފަރޫންގެ އިތުރުން އަލްޔާއެވެ. އަލޫކް އިބާކައިރީގައި ހުރުމުން ފޯނަށް ޖަވާބުނުދިނެއްކަމަކު އަވަހަށް އަލްޔާގެ ނަންބަރަށް ޑައިލްކޮށްލީ މަދުފަހަރަކު ނޫނީ އަލްޔާއަކީ އެހެން ގުޅާހަދާ ކުއްޖެއް ނޫންވީމައެވެ. ނަމަވެސް ފޯނުގެ ރިންގްހުސްވިއިރުވެސް ޖަވާބެއްނުދިނެވެ. ފޯނުކަނޑާލާފައި ފަރޫން އަށް ޑައިލްކޮށްނުލެވެނީސް ފަރޫން ގުޅިއެވެ. ” އޭ މޭން ވަރަށްބޮޑުކަމަކު ގުޅީ ކުރިންވެސް، ” ” ހޫމް ކިހިނެއްވީ މިހާރު.. ކަންތަށްގަނޑެއް ހިންގާލީތަ.. ” ފަރޫންގެ ވާހަކަހުރިގޮތުން ކޮންމެވެސް ކަމެއްވެއްޖެކަން އެނގުމާއެކު އަލޫކް ބުނެލިއެވެ. ” މިީ. މީ.. އަނެއް.. ” ” ސާބަހޭ އިނގޭ.. ކޮން މީމީ އެއް.. ހާދަވަަރެއްތިވަނީ.. ހެހެ” ހެމުން ހެމުން އަލޫކް ފަރޫންގެ ވާހަކަ މެދުކަނޑާލުމާއެކު ބުނެލިއެވެ. ” އަނެއް .. ލޫކް ހިތްހަމަ ނުޖެހިދާނެކަންނޭނގެ ފަރޫން މިހެން ބުނީމަ.. އެކަމަކުވެސް އޯކޭ.. ފަރޫންއަށް ވަރަށް ކަމުދޭ ލޫކްގެ ކޮއްކޮ.. އެންޑް އަލްޔާވެސް ލައިކްވޭ.. އަހަރެމެން ރިލޭޝަންއަކަށް ނުދަން… އެކަމަކު ކިޔަވާނިމެންދެން އިންތިޒާރުގަ މިހުރީ.. ” އެއްނޭވައިން ފަރޫން ހުރިހާ ވާހަކައެއް އެކީ ބުނެލިއެވެ.
” އަސްލުވެސްތަ.. އަޅޭ އުޅެމުން އުޅެމުން މަގޭ ޅިޔަނަކަށްދޯ ތިވަނީ.. ” ފަރޫން ހީކުރިގޮތާ ހިލާފަށް އަލޫކްއެކަމާ ނުހަނު ގަބޫލެވެ. އަދި ފަރޫން ކަހަލަ ހިތްހެޔޮ ރަނގަޅު ކުއްޖަކު ކޮއްކޮއާ ގުޅޭތީ އެކަމާ އުފާކުރާވާހަކަ އަލޫކް ބުނުމުން ފަރޫން ވެސް ވަރަށް ހިތްހަމަޖެހުނެވެ. ލޫޔާގެ ވާހަކަ ބުނަންއުޅެފައިވެސް ފަރޫން އެވާހަކަ ނުދެއްކީ އަލޫކްގެ ހިތުގައިވާ އެއްޗެއް ނޭންގޭތީއެވެ.
ދުވަސްތަށް ފާއިތުވަމުންގޮސް ސެމްބްރޭކްވެސް ނިމުމަކަށް އައީއެވެ. މާލެދަތުރުކުރާ ބޯޓު ބީޗްކުރޫޒާއިން ގެންދަންޖެހޭ ހުރިހާ ފޮށިގަނޑުތަށް ފޮނުވާލުމަށްފަހު ލޫޔާމެން ފުރީ ހޮނިހިރުދުވަހު ފެރީލޯންޗުން ފަރޫންއާއި އެކުގައެވެ. އަލީއާއި އަރުޝަދުވެސް މިހާރު ކުރިއަށްވުރެ ފަރޫންއާއި ވަނީ ގާތްކަމެއް އުފެދިފައެވެ. ފަރޫންދާތީ އަލްޔާ ކިތަންމެދެރަވި ނަމަވެސް މިހާރު އަލްޔާއަށް ވެސް ފަރޫންއާއި މެދުގައި ވަނީ ފުރިހަމަ އިތުބާރުލިބިފައެވެ. ވޭތުވެދިޔަ ފަސްވަރަކަށް ދުވަހުގެތެރޭގައި ފަރޫންގެ އާއި ލޫޔާގެ ހަރަކާތްތަކަށް އަލްޔާއަށް ބެލުން ނަމަވެސް ލިބުނީ ހަމަކުރިން ލޫޔާބުނިފަދައިން އެއްޖަވާބެކެވެ. އެއީ ހަމަ ދެބެސްޓްފްރެންޑް އިން ނެވެ.
މެންދުރުފަހު ތިނެެއްޖެހިއިރު ފުރި ލާންޗް ފަހިދުވެލީގައި ގޮސް މާލެވަނީ ފަހެއްޖަހަންވެފައި ވަނިކޮށެވެ. އެއްނަންބަރާ އި ގާތްކޮށްލުމާއެކު މީހުންތަށް ލާންޗްއިން ފައިބަމުންގޮސް ފަރޫންމެންވެސް ފައިބާ ތޮށިގަނޑުމަތީގައި މަޑުކޮށްލީ އެމީހުންގެ ބެކްޕެކްތަށް ބާލަންދެނެވެ. އެވަގުތު ދުރުގައި ބަލަންހުރި އަލޫކްއަށް ލޫޔާފެނުމާއެކު މޭގައި އަތްޖަހާލެވުނެވެ. އިބާއާއި އިންނަންއުޅުނަސް އަލޫކްގެ އެބަސްނާހާހިތް އެދި ގޮވަމުންދަނީ ލޫޔާއަށްކަން އެވަގުތުވެސް އަލޫކްއަށް އިހްސާސްވިއެވެ. ނަމަވެސް ލޫޔާއަށް އެނިކަމެތި ހިތް ގޮވަންފެށީ ކޮންއިރަކު ކިހިނެއްކަމެއް ބުނެދޭކަށް އަލޫކްއަކަށް ނޭންގުނެވެ. އަރުޝަދުއާއި އަލީ ދިޔައީ އެކީގައެވެ. ފަރޫން މަޑުކޮށްލައިގެން ހުރީ ކާރުގެނެވެންދެނެވެ އެވަގުތު ހުމާމް އާއި އެކުގައި ދުރުގައިހުރުމަށްފަހު އަލޫކްއައީ ހުމާމްގެ ސައިކަލްގެ ފަހަތުންނެވެ. ” ކިހިނެއްވެފަ މިތާތިތިބީ.. އަދިވެސް ގެނައި އެއްޗެހި ނުބޭލެނީތަ.. ” އަލޫކްގެ އަޑުޖެހުމާއެކު ލޫޔާއަށް އެދިމާ ބަލާލެވުނެވެ. ހަމައެވަގުތު އެއީ މިހާރު މީހެއްގެ ހައްގެއްކަން ލޫޔާގެ ހިތްބުނެލިއެވެ. ލޮލަށް ޖަމާވަމުންދިޔަ ކަރުނަތަށް ފޮރުވުމަށް އަވަހަށް އަތުގައި އޮތް ރޭބަން އައިނު ލޫޔާ އަޅާލިނަމަވެސް އެމަންޒަރު ރީއްޗަށް އަލޫކްއަށް ފެނުނެވެ. ވަގުތުގެ ގޮތުން އެއްޗެއް ނުބުނެވޭނެތީ މަޑުން ހުރީއެވެ.
” އޭ ތީ އެއްކަލަދުވަހު.. ” ފަރޫން އެހެން ބުނުމާއެކު ހުމާމް އާއިކޭބުނެ ބޯޖަހާލިއެވެ. ” ހިނގާބަލަ އަހަންނާއެކު ވެލާނާގޭ ކައިރިއަށް އެތާންގަ އޮންނާނީ ކާރު އޭރުން ލޫ ގެއަށްލާފަ ގެއަށްދެވޭނީ.. ” ފަރޫން އެހެން ބުނުމާއެކު އަލޫކްއަވަހަށް ފެއިބީ އޭނާވެސް ލޫޔާއާއި އެކުގައި އެކަނި ވަގުތުކޮޅެއް ބޭނުންވެފައި ހުރިލެއް ބޮޑުކަމުންނެވެ. ލޫޔާ ދުރަށް މޫނުއަނބުރާލި ނަމަވެސް އަލޫކްގެ ޝަކުވާއެއްނެތެވެ. އެހުރިހާ ޝަކުވާއެއްވެސް އަލޫކް ހުރީ ތައްޔާރަށެވެ. އެހާވެސް ލޫޔާއަށް އެހިތުގައި ދެވިފައިވާ މަގާމް ފުރިހަމައެވެ. ނަމަވެސް ވަގުތާއި ހާލަތުގެގޮތުން އެކަން ހާމަކުރެވެން ނެތީއެވެ. މީގެކުރިން އެއްވެސްމީހަކަށް އެހިތާއި ހަމަޔަށް ނާދެވޭނެކަމަށް ހީކުރި އަލޫކްއަށް އެހިތްމީހަކު ވަގަށްގެންދިޔައިރުވެސް މިވަނީ ނޭންގިފައެވެ. ” އޭލޫކް ކޮންހިޔާލެއްގަ.. އަހަރެންމިއަންނަނީ އިނގޭ ކާރުގަ ނުބުންޏަސް އިނގޭ ލޫއަށް ބަލާނެކަން އެކަމަކުވެސް ބަލާތި.. ” އެހެންބުނުމާއެކު ހުމާމް ސައިކަލްދުއްވާލިއެވެ.
ސައިލަކްގޮސް ކާރޫބާރޫމަގުގެ އެހެން ވެހިކަލް ތަކުގެތެރެއަށް ވަދެ ގެއްލެންދެން ބަލަން އިނުމަށްފަހު އަލޫކް ލޫޔާއަށް ބަލާލިއެވެ. ” ކިހިނެއްތަ ލޫ.. ” ދައްކާނެވާހަކައެއް ނޭންގުމުން އަލޫކް ލޫޔާކުރެ ހާލުއަހާލިއެވެ. ” ގޯހެއްނޫން.. ” ލޫޔާދިނީ ކުރުޖަވާބެކެވެ. މިކަމުން އަލޫކްގެ ހިތަށް އުނދަގުވާގޮތްވިއެވެ. ” ލޫ.. ތިހުރީ އަހަރެންދެކެ ހިތްހަމަ ނުޖެހިފަތަ.. ” އަލޫކްއަށް އެހެން އަހާލެވުނީ ލޫޔާގެ އެދުރުކަން ގަބޫލުކުރަން ދަތިވުމުންނެވެ. “ނޫން.. ” މިފަހަރުވެސް ލޫޔާދިނީ ކުރުޖަވާބެކެވެ. އޭރު ލޫޔާއަށް ކުރަމުންދިޔަ އަސަރެއް އަލޫކްއަށް ރޭކާނުލާ ހާލު އެތާ ޕާކްގެ ނިވަލަށް ކުއްލިއަކަށް ލޫޔާގެންގޮސް އަލޫކް ބައްދާލީ ދުވަހަކުވެސް ލޫޔާގައިން ދޫކޮށްލަން ބޭނުން ނުވާހާލުގައެވެ. ނަމަވެސް އޭރު ފަރޫންގެ ކާރު މާދުރު އަލޫކްއަށް ފެނުމާއެކު ލޫޔާގައި ދޫކޮށްލީ ލޫޔާއަށް ބަލާލުމަށްފަހު ކުއްވެރިއަކު ފަދައިން އިސްޖަހައިގެންނެވެ. އެވަގުތު ކޮޅު ވެގެންދިޔައީ އަލޫކްގެ އިތުރުން ލޫޔާއަށްވެސް އެހާމެއުފާވެރި ވަގުތު ކޮޅަކަށް ނަމަވެސް ކަންތައްތައް ވެފައޮތްގޮތުން ދެމީހުންކުރެ އެކަކަށްވެސް ދުލުން އެކަން ހާމަކުރަންވަނީ ނުކުޅެދިފައެވެ.
ފަރޫންއައިސް ލޫޔާގެއަށް ގެންގޮސްދިން އިރުވެސް ލޫޔާއަށް އިނދެވުނީ އަލޫކްއާއި އެކުގައި ހޭދަކޮށްލެވުނު އުފާވެރި ކުޑަހިނދުކޮޅު މަތިން ހަނދާންކޮށް އެކަމަށް ގެއްލިފައެވެ. ހުމާމް އާއި އެކުގައި ގެއަށް ދިޔަ އަލޫކްއަށްވެސްވީ ހަމަ އެވަރެވެ. ލޫޔާގެލޮލުން އެވަގުތު އެފެނުން ކަރުނައިގެ އަސްލަކީ ހުދު އޭނާކަން އަލޫކްއަށް ގަބޫލުކުރެވެއެވެ. ދުލުން ނުބުނި ކަމުގައިވިނަމަވެސް ލޫޔާގެ ހިތުގައި އަލޫކްއަށް އަށް ހާއްސަ މަގާމެއްވާކަން އެކުޑަކުޑަ ހިނދުކޮޅުތެރޭ ލޫޔާއާއި ގާތްވެލުމުން އަލޫކްއަށް ޔަގީންވިއެވެ. ނަމަވެސް ކައިވެންޏަށް ބަކީއޮތީ ދެދުވަސްކަމުން ލޫޔާ އިތުރަށް ތަޅުވާކަށް އަލޫކް ބޭނުމެއް ނުވެއެވެ.
*******★******
އަލޫކްގެ އާއިލާއަށް ނާދެވޭތީ ބޮޑުޕާޓީއެއް ބާއްވަން އަލޫކް ބޭނުން ނުވިނަމަވެސް އިބާގެ އެދުމުގެމަތީން ޔާސިރުވެސް އަދި ނަސްރީނާވެސް ބޭނުންވީ ޕާޓީ ބާއްވާށެވެ. ޕާޓީގެ އެއްވެސް ކަމަކަށް އަލޫކް ވިސްނާކަށް ނުޖެހުނެވެ. ހުރިހާކަމެއް ކުންފުނީގެ މުއައްޒަފުންލައްވާ ޔާސިރު ކުރުވިއެވެ. ހުދުކުލައިގެ ބޮޑު ކައިވެނީގެ ހެދުމުގައި ހަފްލާއަށް އިބާ އައިރު މޫނުމަތިން ބޮޑާކަން ފާޅުވޭވޭ ހުއްޓެވެ. އަލޫކްގެ އަނގައިން އަނބިގަބޫލުކޮށްފީމޭ ބުނުމާއެކު އިބާގެ ތުއިކަން އިތުރުވެގެންދިޔައެވެ.
އެރޭގެ އެހުރިހާ ކަމެއް ހިނގަމުންދިޔައިރު އަމިއްލަ ހިތްމަތީ ގާގަޑެއްބާއްވައިގެން ލޫޔާ އޭނާގެ މަންމަގެ އެދުމުގެމަތީން އައިސް ހުރީ ކޮންމެހެން އަންނަހިތަކުން ނޫނެވެ. ނަމަވެސް އެނޫންގޮތެއްނެތުމުން ދެން އައީއެވެ. ކައިވެނީގެ ހަފްލާ އޮތީ ލޫޔާމެންގޭ ޓެރަހުގައެވެ. ގާތްތިމާގެ މީހުންގެ އިތުރުން ކުންފުނީގެ ގިނަބަޔަކު ހަފްލާއަށް އައެވެ. ހަމަ އެގޮތަށް އިބާއާއި އަލޫކްގެ ގާތް ރައްޓެހިންވެސް އެހަފްލާއަށް ދިޔައީ އަންނަމުންނެވެ. ފަރޫން އަންނަމުން ގުޅާފައި ބުނުމުން ލޫޔާ އިނީ ހިތްހަމަޖެހިފައެވެ. ފަރޫން އައުމުން އެތަނުން ސަލާމަތްވާން ލޫޔާއަށް ފަސޭހަ ވާނެތީއެވެ. އަދިވެސް ނަސްރީނާއަށް ލޫޔާ ފަރޫންއާއި އޮތްގުޅުން ނިންމާލިވާހަކަ ނުބުނާތީއެވެ.
ފަރޫން އާއި އެކުގައި އަލީ އާއި އަރުޝަދުވެސް އައުމުން ލޫޔާ ވަރަށް އުފާވިއެވެ. މިވީގޮތުން އިރުކޮޅަކު އެތާތިބެފައި އަނގަތަޅާލާނެ މީހަކުވެސް ވާނެތީއެވެ. ހަތަރުމީހުން އެކުގައި ޓެރަހަށް އަރައިގެން އައިރު ފަރޫންއާއި ލޫޔާގެ އަތްގުޅުވާލެވިފައި ވާތަންފެނި އަލޫކްގެ އަތްމުއްކެވުނެވެ. އެހާވެސް މީހަކު ލޫޔާގައިގަ ޖެހިލާން އޭނަޭނުމެއްނުވެއެވެ. ނަމަވެސް ހިތްއެދޭ ހިތުގެވެރިޔާގެ އަތުގަ ހިފައިގެން އެހުރީ އެކަހަލަ ނިޔަތަކުން އަތުގައިހިފާނެމީހެއް ނޫންކަން ވެސް އެންމެ ރަނގަޅަށް އެނގޭނީ އަލޫކްއަށެވެ. ނަމަވެސް އެވަގުތުކޮޅުގައިވެސް ފަރޫންއާއިމެދުގައި އަލޫކްގެ ހިތުގައި ހަސަދަވެރިކަމުގެ ކުލަވަރު ފެވިގެންދިޔައެވެ. އިންސާނާގެ ހިތަކީވެސް ހާދަ ފާޑެއްގެ އެއްޗެކެވެ.
ފަރޫންއާއި އާއި ލޫޔާއާއި އެކުއެކީގަހެން އަލީ އައިރު އަރުޝަދުހުރީ އެމީހުންގެ ފަހަތުގައި ފޯނާއި ކުޅެން އެއަށް ގެއްލިފައެވެ. ތިންމީހުން އަލޫކްމެންނާއި ސަލާމްކޮށް މަރުހަބާކިއުމަށްފަހު ލަސްވެގެން އަރުޝަދުއަށް އަލީ ގޮވާލިއެވެ. ފޯނު ލޮކްކޮށްލުމަށްފަހު ޖީބަށްލާފައި އިސް އުފުލާލި އަރުޝަދުއަށް އިބާފެނުމާއެކު ހީވީ ތޫނުތަދެއް މޭގައި ހިފިހެންނެވެ. އެވަގުތު އިބާވެސް އެއީ ކާކުތޯ ބަލާލަންވެގެން އެދިމާއަށް އެނބުރިލުމާއެކު ސިހުނީ ކުރިމަތީގައި ހުރިމީހާފެނުމުންނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
45 Comments!
Comments are closed.






Salaam .. kihinehtha hurihaa kuntherin .. miothee 13 vana part unmeedhukuran mibaivesa kamushaane kamah thiurihaa kiuntherinnah .. happy new year .. all ?? lysm
Me first
Yes dear mussy ur first ??
Yey me secnd dhww?? happy new year sis…. vrh lwbi mi part vx…. whn nxt???❤❤❤??
Yes lobijumakko second .. ?? .. and! Thank you dhoonyaa ???lysm
Wowo.. Vrh reethi mi part vc
Thank you my dear unaal ?? ly
Hii layaaa ??
HAPPY NEW YEAR ??✨??
varahhh fantastic mi partvx…. best hama???
Eagerly waiting for next part ☺
Love you ❤❤❤❤
Hei SJK dhooni .. yess u2.. btw thankyou so much ??ly
haadha reechey…kiyaa hithun indha enimuny
Assluvesstha ? alhey thank you my dear rose ?? ly
Alhey ehmme fahun alook and iba marry kury dhn alya ah kihineh vaany….??anyways mi partvs vvvv nice….??happy new year….??gud luck ?? and waiting for the next part..??????❤?
Ekudhinvess new year night ga marry kuraahiy vaanudhw shafa ?? alhaanulaa ingey dhen kuriahvaagoi balamaadhw .. ? AW thank you so much my dear shafa ??ly
Wow…. waiting….
?thank you dear zuam ??
Alheyyy happy new year ge feshun thi hadhaaly sad new year akasheynun.. E keevve marry kury alhe?? Ekam dhn story reethi.. And whn is the nxt Part??
Hehe keeh kuraanee dhw alhaanulaa baehfaharu vaane barge kankan tolerate kohlan dhw ? dhen vaagothevess balamaadhw AW thank you my dear angell ?? ly
Alhey….keehve e ibaa aa aluk aa ….heheh ekm story hama habeys……loves
Haha ximmivesstha ? edhekudhin kihaagulhey ? Haha.. btw thank you my dear ximko ??lysm
Salhi vaahakaeh.???????
Thank you my dear saeedha ??ly
v salhi
Mee number 1
Wen is next part?
Ehentha im ? thank you my dear im ? next part miadhu class otheema! Maadhamaa kamah balama .. timevejjeya ekamskuvess type kohlaanan v haa avahakah genessdheyn ?ly
Reethi abadhuves reethi.. varah furihama
Alhey mimmi jazakallah khairah .. ?? .. ly
Hi layaa☺ happy new year? ekm story mioh v gotheh? alook hama marry kury ey dhw e ibaa aa -.- sham adhi heekury alook marry eh nukuraane kamah eyge kurin ibaa expose kuraanee kamah.. poor loo? e adhe kudhin gulheyne irakah waitingg… Alya n faroon?? i like this story ❤❤ n thanks busy koh ulhemun vx story upload kohleema.. ? goodluck!?
Hey sham dhen maabodah dheranuvebala.. asslu Dhiriulhumuga vess mikahala kankan dhimaavaane.. emeehaku loabivaameehaa hure ehenmeehunaa innameehun madheh nunehnu .. and kameh kaamiyaabu kuraairu baehfaharu baeh kankan gurubaan kuranvess jeheynudhw .. balamaa mee ekahala kameh! Kamah ? and btw thankyou thigothah layaa ah huyvarudheyn hunnaathee .. ??ly
layaa kihinetha.comment nukuriyas baraabara saadhu vahaka kiya ege.story reethi kamun bunaane eche hama nethee.???
Alhey layaa miulhenee hama insha allah v rangalhu .. dheythereakunvess thigothah comment kolleema v ufaavey.. ? thank you so much dhoonyaa ??ly
Wow! amazing.mi baivs v reethi.
Awwn thank you my dear Aaan ??ly
layaa mibaa vx hama v cute
Thank you my dear starfish ??ly
Mashaa allah vv salhi stry.keep it up layaa.
Waiting 4 next part.
Have a nice day.&
Happ new year ‘2018’
I wish in new year
God gives u..
12 month of happiness,
52 week of fun,
365 day success,
87600 minutes goo helth,
3153600 seconds of joy,
And that’s all.
Alhey ?? thank you so much my dear friends … insha allah miaharakee friends ah baahjaveri ahareh kamugai lahvaashi.. aameen .. ?? ly
Layaa… story hama varah reehi… keep going… ???
Thank you my dear! HiMi ??ly
Awwww… It’s soooooo nice… Hama fabulous… Layaa Maasha Allah varah varah molhu vaahaka liyan… Varah varah kiyaalaahithun indha e nimuny… Heheheh.. I wish you a very Happy n a very successful New year… Abadhuvx edhenee Layaa ah kurierumaa kaamiyaabu.. Love you Layaa…
Jazakallah khairah .. ? v ufaavey thikahala loabi kiuntherieh libuneema.. shukuran shukuran ???lysm
Layaa vaahaka thi up koh dhiny 1 year fahun hahah???..btw hama vvv salhi story as always..?ly sis?
Haha dhw maai ? thank you so much dhoonyaa happy to c u.. ?? lysm kokki ..?
Nice
Thank you my dear Rsh ??ly
Kbr tha aneh prt…. up kohdheebal avahah.. hureveneee ehh nooney nukiyaehh.. mi vaahaka hama habeys
?Varah reethi?