Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނޭންގިހިތޭ ގެންދެވީމަ މިތުރާ… (9)

Hawwu (Layaa) Level 6100 Comments10 Stories500 Comments100 Login100 Stories
December 27, 2017 3 Mins Read
20 Comments

“އިބާ ލޯބިކުރާނީ ރީތި އަގުބޮޑެތިއެއްޗިއްސައް.. ބޭނުންވާނީ މުއްސަނދިކަން.. އެހެންވެ އޭނަ އަހަރެން ނިކަމެތިވީމަ އަހަންނާވެސް ރައްޓެހިނުވީ.. ” “ތީކާކު.. ބަލަ އިބާއެއުޅެނީ މިހާރުވެސް މުއްސަނދި ދިރިއުޅުމެކޭ.. ދެން އިތުރަށް ކީއްކުރާ މުއްސަނދިކަމެއްތަ.. ކީކޭކިޔަންތަ ކަލޭތިއުޅެނީ.. ” އެގޮތްނޭންގޭ ޒުވާނާގެ ވާހަކަތަށް އަޑުއަހާފައި ފަރޫންގެ ލޭހޫނުވިއެވެ. “އަޑުއަހާ އޭނާ ފަރޫންއަށް އެފޮލޯކުރީވެސް ބޭނުމަކު އެެެހެންނޫންނަމަ މުޅިމިމާލެއިން ފަރޫން ނޫންމީހަކު އަދި އަމުދުން ލޫޔާގެ ބީއެފް އަށް އޭނަ ފޮލޯކުރުމުގެ ބޭނުމެއްކޮބާ.. ” އެޒުވާނާ އެެެހެން ބުނުމާއެކު ލޫޔާއާއި ފަރޫންއަށް އެކީގައި އެކަކު އަނެކަކަށް ބަލާލެވުނެވެ. ” ކިހިނެއް އަހަރެން ދަންނަނީ.. އަދި އަހަންނާ ފަރޫންގެ ގުޅުން..” ލޫޔާ ބުނެވުނީ އެހިސާބަށެވެ. ” ތީ ފެށުނީސުރެއް މަށަށްއެނގޭ ކަމެއް.. އޭރުވެސް އިބާ ދިޔައީ ތިމީހުނަށް ފާރަލަމުން .. އަހަންނަށް އެކަން އެނގުނީ އޭރުގަ އަހަންނަށް އިބާދެކެ ވެވިފައި ހުރިލޯތްބަކުން ލޫޔާތީ ކާކުތޯ ހޯދަން ކުރިމަސައްކަތުން.. ހަމަ އެކަނި އަހަންނަށް ނޭންގި އޮތް ކަމަކީ އިބާ ލޫޔާދެކެ ރުޅި އަންނަސަބަބު.. މިހާރުވެސް މަށަށްވަރަށް ގިނަވާހަކަ ދެއްކިއްޖެ.. ދެންދަނީ.. ދެކުދިންވެސް ބަލައިގެންއުޅޭތި…” އެެެން ބުނެފައި އެޒުވާނާ ސައިކަލްގައި ދިޔަތަން ބަލަން ޫޔާއާއި ފަރޫން އަށް ތިބެވުނީ ބުނާނެ އެއްޗެއް ނޭންގި ބަސްހުއްޓިފައެވެ. ހަމައެގޮތަށް ގޭކޮޑަދޮރުކައިރީގައި އެހުރިހާ ވާހަކައެއް އަޑުއަހަން އިން އިބާއިނީ ރުޅިއައިސްގެން ފަޅައިގެން ދާވަރުވެފައެެވެ. އެހާ އަވަހަށް އޭނާގެ އެޕްލޭން ފްލޮޕްނުވާނެކަމަށް ހުއްޓައި މިވީގޮތުން ދެންޖެހޭނީ އެންމެފަހު އެތިފަހަރު ހަަަދަންކަން އިބާއަށް ވިސްނުނެވެ. ވިހަ ހިނިތުން ވުމަކުން ލޫޔާއަށް ބަލާލުމަށްފަހު އެނބުރުން އިބާ، ރުޅިއައިސްފައި “ހުމާމް” ގެ ނަންބުނެވުން އިރު ދެދަތްޕިލަޖައްސާ ބާރުކޮށްލާފައި ހުރިއިރު ހީވަނީ ދެންމެ ދެންމެ ދަތްޕިލަބިންދާލަން އުޅޭހެންނެވެ.

މަސައްކަތަށް ގެއްލިފައި އިން އަލޫކް ފޯނުބަލާލީ ދެފަހަަރަށް ކޯލްމިސްވުމުން ކާކުތޯ ބަލާލާށެވެ. ހަމަ ނެގުމާއެކު އަނެއްކާވެސް ގުޅަންފެށިއެވެ. ” ހެލޯ.. އޭތް ލޫކް ނިކުންނާކަށްނުވޭތަ.. މިހާރު އެހެރަގެން ދެގަޑިބައިވަނީ.. ” އަލޫކް ފޯނުނެގުމާއެކު ފަރޫން އެެއްފަށްޗަކަށް އަމުނާލިއެވެ. “ހަމަޖެހިބަލަ މިނިކުންނަނީއޭ ދީ ފަސްމިނެޓް.. ” އަލޫކް އެހެންބުނުމާއެކު ކުރަންހުރޖ މަައްކަތަށް އެނބުރުނެވެ. ކާރުގައި އިން ފަރޫން އެވަގުތުކޮޅުގައިވެސް ވިސްނުނީ އިބާ ކަންތަށްކުރިގޮތެވެ. ނަމަވެސް އަދި އެއިން އެއްވެސް ވާހަކައެއް ސެމް ބްރޭކް ނިންމާފަ އައިސްނޫނީ ނުދައްކަން ލޫޔާ ބުނެފައިވުމުން ކިތަންމެ ބޭނުންވިޔަސް އަލޫކް ކައިރީގައިވެސް އެވާހަކަ ނުދައްކަން ފަރޫން ނިންމިއެވެ.

އަލޫކް އޮފީހުން ނިކުތްއިރު ފަރޫންގެ ކާރު ފެންނަންއޮތުމުން އައިސް ދޮރުހުޅުވާ ވަންއިރުވެސް ފަރޫންއިނީ މުޅިން އެހެން ދުނިޔެއެއްގައެވެ. އެހެންވެ އަލޫކް ހަމަޖެހިގެން އިށީންދެލާފައި ދޮރުޖަހާލީ ތަންކޮޅެއް ބާރަށެވެ. އެއާއެކު ފަރޫން ތެޅިގަނެފައި ” ކާކުހޭ” ކިޔާ އެނބުރިލިއިރު ކަރީގަ އިން އަލޫކްފެނުމުން ސިހުނެވެ. ” ސާބަހޭއިނގޭ.. އަހަރެން ނުނިކުމެގެން އޮފީސްކައިރީ މުޒާހަރާ ކޮށްފަ މީނަމީނީ ދުވާލު ހޭލާހުރެވެސް ހުވަފެންބަލަން.. ތީބޮޑުވަރު.. ” ފަރޫން ވިސްނަމުންދިޔަ ކަމާކާނުވެ އަލޫކް އެެެން ބުނުމުން ފަރޫންވެސް ހޭންފެށީ އަލޫކް އިތުރުސުވާލެއްކުރިޔަ ނުދޭށެވެ. އެހެންނޫނީ ލޫޔާއަށްވީވައުދު އުވާލެވޭނީއެވެ. ” ހޫމް ދެން އަހަރެން ސިއްސުވާލާފަ އެބަހޭނު.. ތިއެއްނޫނޭ.. އެހާވަރުން މިއައީ މާދަމާ ދާއިރު ލޫކް މަންމަމެންނަށް ގެންދަން ރަނގަޅު ހަދިޔާއެއް ގަންނަންދާން.. ލޫކް ގެ މައިންބަފައިންނަކީ އަހަރެންގެވެސް މައިންބަފައިންކަމަށް އަހަރެންބަލަނީ.. އެންޑްތީ ތިންމަސް އަހަންނަަށްވުރެ ބޮޑު ބޭބެކަމަށް.. އެހެންވީމަ ވާނު އެއްޗެއްގަންނަން ދޯ..” ފަރޫން ސީރިޔަސްވެލާފައި އެހެން ބުނުމުން އަލޫކް ހިނިތުންވެލިއެވެ. އަދި ފްރެޝްވެލައިގެން ދާން ހިނގާށޭ ބުނެލިއެެވެ.

ލޫޔާފުރައިގެން ދިޔައިރުވެސް ހަމަ ވިސްނެނީ މިއަދު ހިނގި ހާދިސާއާދޭތެރޭގައެެެވެ. “ކީއްވެތަ އިބާ އަހަރެންދެކެ އެހާ ރުޅިއަންނަންވީ.. ކޮބާތައަހަރެންގެ ކުށަކީ.. އެމީހާބުނިގޮތަށް މުއްސަނދިކަމުގެ ބޭނުމުގައިބާ އިބާމެން އަހަރެމެންގެ ދިރިއުޅުމަށް އެއައީ.. ނޫން.. ނޫން.. ޔާސިރުބެގެ ލޮލުން މަންމަ އަަށްއޮތް ލޯބިފިޔަވާ އެެެން އެއްޗެއް އަހަރެން ނުދެކެން.. އެކަމަކު އިބާގެ ފަރާތުން ތަފާތުކަމެއް މިފެންނަނީ.. އަރރރގްގްގް…” ކުރެވެމުންދިޔަ ހިޔާލުތަކުން ލޫޔާގެ ބޯހާސްކުރުވަމުން ދިއުމުން ބޮލުގައި ހިފާއްޓާލެވުނެވެ.

އަލޫކްއާއި ފަރޫން ފިހާރަޔަށްނިކުތީ ރަށަށް ގެންދާނެއެއްޗެއްހި ގަންނާށެވެ. އަލޫކްގެ ލަފާގެމަތީން ކޮންމެމީހަކަށް ވަކިން ފަރޫން ހަދިޔާއެއްގަތެވެ. އަދި ރަށަށް ދެވޭގޮތް ހަމަޖައްސަދިނީތީ އަނެއްކާވެސް އަލޫކްއަށް ޝުކުރުއަދާކުރިއެވެ. މުޅި އުމުރުގަވެސް ފަދޫން ރާއްޖެތެރެއަށް ދާ ފުރަތަމަ ފަހަރުކަމުން އޭނާބޭނުންވީ ހުރިހާގޮތަކުންވެސް ތައްޔާރުވެގެން ދާށެވެ. އެހެންވެ މަސްބާނާދާން ދޮއްޓެއްވެސްގަތީ ޗުއްޓީގައި ފޫހިވެފަ އެރަށަށްގޮސް ގޭގައި އޮންނަން ބޭނުންނުވާތީއެވެ. ބޭނުންވާ ހުރިހާ ސާމާނެއްގަނެ ކާރަށް އެރުވުމަށްފަހު ފަރޫން އާއި އަލޫކް ހަމަޖެހިލައިގެން ކާރުގައި ނައްޓާލީ އެމީހުންގެ ފަހަތުން ފާރަޔަށް މީހަކުއުޅޭކަމުގެ ހިލަމެއްވެސް ނުވާހާލުގައެވެ.

ދެމީހުން ކާރުގައި ގޮސް ކޮފީހަޓަށް މަޑުކޮށްލީ ކޮފީއެއް ބޮއެގެން އެއެއްޗެހިޕެކް ކުރަންދާށެވެ. ފިހާރައިން ނިކުންނަމުން ދެމީހުންވެސް އެގޮތަށްނިންމީ އެއަޑުއަހަންހުރި ތިންވަނަ ފަރާތަށް ކޮށައިދެވެނީ އިތުރުމަގެއްކަން ނޭންގޭހާލުގައެެވެ. ފަރޫން ވޭޓަރަށް ގޮވާލީ މާބޮޑަށް އެއިން މީހަކު އައުން ލަސްވާތީއެވެ. “ކީކޭތޯ.. ކޯއްޗެއްތޯ އޯޑަރުކޮށްލަށްވަނީ.. ” އެހެންދުވަސްތަކާއި ހިލާފަށް ދިވެއްސަކު އައިސް ވާހަކަދެއްކުމުން ފަރޫންއާއި.އަލޫކްއަށް އެކީގައި ބަލާލެވުނީ ގަބޫލުކުރަން ދަތިވުމުންނެވެ. އޭނާގެ ޔުނިފޯމްވެސް ކުރުކަން އަލޫކް އެއަށް ބަލާލެވުން ވަގުތު ފާހަގަވިއެވެ. ނަމަވެސް ނުބެހޭކަންތަކާއި ނުބެހޭ އަލޫކް އަނގަމަޑުން ލައިގެންހުރީ އެއީވެސް އޭނަ ބެހެންޖެހޭ ކަމަކަށް ނުވާތީއެވެ.

ލޫޔާމެންނަށް ކުޑަހުވަދުއަށް ދެވުނީ ކައްދޫގައިވެސް ޖައްސާފައި ދިއުމުން ފަސްގަޑިބައި ވެސްވީފަހުންނެވެ. ހަމަ އެވަގުތު ލާންޗްތައްޔާރަށް އޮތުމުން ތިންކުދިން އެކީގައި އަވަހަށް ނިލަންދުއަށް ދިއުމަށް ދަތުރުފެށިއެވެ. ” އަޅެ އޭރުވެސް މަތިން ނައިސް ފެރީލާންޗް އައިނަމަވެސް މިއަށްވުރެ ފަސޭހަވީހެއްނު.. ” ލޫޔާއިނީ ދަތުރުގިނަކަމުން ފޫހިވެފައިކަމުން ބުނެލިއެވެ. ” ބަލަ ކަނބުލޯ ފެރީގަނަމަ އަންނަންޖެހޭނީ މާދާމާއެންނު.. އޭރުން މިރޭގަ ކިހިނެއް ކެންޕަހުގަ ކަންކަން ހަމަޖައްސާ މާދަމަޔަށް ރެޑީކުރާނީ.. މަށަށްއެބައިނގޭ ހަމަ ފަރޫންއާއި އެކުގައި އަންނަހިތުން އެހެން ތިކިޔަނީ.. ” އަލީ ލާނެތްފާޑަކަށް ހެމުން އެހެންބުނެލުމުން ލޫޔާ އަލީއާއި އަރުޝަދުއަށް ލޯއަޅާލީ އަރުޝަދުވެސް އަލީއާއި އެއްބައިވެގެން ހޭން ފެށީމައެވެ.

ކޮފީބޮއެެެން އައިސް އެއްޗެހި ޕެކް ކުރުމުގައި އުޅުންްއިރު އަލޫކް ބޮލުގައި ނޭންގޭރިހުމެއްވަނީ އުފެދިފައެވެ. ނަމަވެސް އެކުވެރިޔާއަށްޓަކައި އެއްޗެހި ޕެކް ކޮށް ނިމެންދެން ކެތްތެރިވެލައިގެން އެވާހަކަ ނުދައްކާހުރީއެވެ. ނަމަވެސް މާގިނައިރަކު އެހެން އަލޫކްއަށް ހުރެވޭގޮތެއްނުވިއެވެ. ކުއްލިއަކަށް މޭނުބައިކުރަން ފެށުމުން ދުވެފައި ފާހާނާއާއި ހަމަޔަށް ދެވުނީ ހަމަ ކިރިޔާއެވެ. މުޅިދުވަހުކެއީިޔާ ކެއި ހުރިހާ އެއްޗެއް އެކީގަހެން ހޮޑަލެވުނެވެ. އެވަގުތު ގޭގަ ގެންގުޅޭމީހާއަށް ފަރޫން އަވަހަަށް ގޮވާލީ އެކަހަލަ ވަގުތު ތަކުގައި ކަންކުރާންގިތް އޭނާއަށް ނޭންގޭތީއެވެ. ނަސީބަކުން އެމީހާވެސް ވަގުތުން އައުމުން ފަރޫން އާއި ބޭރުމީހާ އަލޫކް ގައިގަ ވަރުނެތުމާއެކު އުފުލާލައިގެން ގެނެސް ފަރޫންގެ އެނދުގައި ބޭއްވިއެވެ. އަދި އަވަހަށް ފަރޫން އެމީހުންގެ ފެމެލީ ޑޮކްޓަރަށް ގުޅާ އައިސްދިނުމަށް އެދުނެވެ.

ޑޮކްޓަރު ބެލުމަށްފަހު އެއްވެސް މައްސަލައެއްފެންނަން ނެތްވާހަކަ ބުނުމުން ފަރޫން ހައިރާންވިނަަވެސް ދެންއިތުރަށް ސުވާލުކުރާކަށް ނޫޅުނެވެ. އަވަހަށް ލޮނުޕަކެޓްގިރައިގެން ގެނެސް އަލޫކްއަށް ދިނީ އެކުވެރިޔާގެ ހަށިގަނޑުގައި އެއްވެސް ހަކަތައެއްނެތްކަމަށް ބުނެ ޑޮކްޓަރު އެކަމަށް ލަފާދިނުމުންނެވެ.
********

އާދުވަހަކަށް އިރުއަރައިގެން އައިރު ފަރޫން އަލޫކްއަށް ގުޅާލީ އެވަރަށް ކިއުމުންވެސް އަލޫކް އޭނައުޅޭގެއަށް ނިދަން ދިއުމުން ހާލުބަލާލާށެވެ. ފޯނުކަންފަތުގައި ޖަހައިގެން ފަރޫން ގަޔަށްދޫ ނިދަންލާ ހަރުވާޅުކޮޅާއެކު ބެލްކަންޔަށް ނިކުމެލީ ބޭރުބަލާލާށެވެ. އޭރުވެސް އަލޫކް ފޯނު ރިންގް ވަމުން ދިޔަނަމަވެސް ޖަވާބެއް ނުދެއެެެވެ. އެެެހެންވެ ފޯނު ކަނޑާލާފައި އާދައިގެމަތީން ޖިމަށް ވަދެލާންދާން އެނބުރުނު ފަރޫންއަށް ފެނުނު މަންޒަރުން ލޯފެލާފައިބަލާލެވުނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hawwu (Layaa)

Level 6100 Comments10 Stories500 Comments100 Login100 Stories

އަބަދުވެސް ވާހަކަ ކިއުމާއި އެއްވަރަށް ވާހަކަ ލިޔާހިތްވޭ.. އެހެންވެ މިސައިޓްގެ ގިނަވާހަކަތަކެއް ކިއުމަށްފަހު ހިތަށްއެރީ ކުރިން ލިޔެފައިހުރި ވާހަކަތަށް އަޕްކުރަން.. އެކަމަކު ފަހުން ވިސްނާލާފަ ސައިޓަށް އާ ލަޔާ) ހައްވި( ގެ ވެސް މުޅިން އާ ވާހަކަތަށް އެސްފިޔައިގެ ޒަރީއާއިން ތިޔަކިއުން ތެރިންނަށް މިގެނެސްދެނީ.. އުންމީދުކުރަން ހުރިހާ ކިއުންތެރިން ފަރާތުންވެސް ބިނާކުރުވަނިވި ފާޑުކިއުންތަކެއް ލިބޭނެ ކަމަށް.. ??? Email:[email protected] Instagram: hawwu_gallery

Other Articles

Previous

ދިރިއުޅުމުގެ ރަހަތައް(ފަހުބައި)

Next

އަވްލީން (23 ވަނަ ބައި)

Next
December 27, 2017

އަވްލީން (23 ވަނަ ބައި)

Previews
December 27, 2017

ދިރިއުޅުމުގެ ރަހަތައް(ފަހުބައި)

20 Comments!

  1. Layaa says:
    December 27, 2017 at 7:48 pm

    Salaam.. varah avasakohlaafa mitype kolaafa upkuree.. faharehga mistakes huredhaane..unmeedhukuran hurihaa kiuntherin nahvess mibai kamudhaanekamah .. love u all ?

  2. shaba says:
    December 27, 2017 at 7:53 pm

    very nice next part tommorow dhw?

    1. Hawwu (Layaa) says:
      December 27, 2017 at 8:13 pm

      Thank you dear shaba .. nun next part mirey insha allah up kohleveythw mibalanee .. ??

  3. mithuru says:
    December 27, 2017 at 8:08 pm

    Ohh..?kihinehbaa alookah e v. Inthixaaru mikurevenee dhen vaanee kihinehbaaey kiyaa laahithun??. Avahah up koh lahchey. Mibaives mihaa avahah up kohla dhineethee varah ufaa vehje??

    1. Hawwu (Layaa) says:
      December 27, 2017 at 8:15 pm

      Aww thank you dear mithuru .. insha allah Adhi eveegoi vess varah avahah ingeyne. ???

  4. Pinky shifoo says:
    December 27, 2017 at 8:12 pm

    Hiii Layaa…. Mi part vx hama amazing… Fabulous… Varah varah reethi… Ehaa interesting…. Curiously waiting for the next part…

    1. Hawwu (Layaa) says:
      December 28, 2017 at 11:22 am

      Thank you shifu dhooni ???

  5. xim says:
    December 27, 2017 at 8:24 pm

    V reethi sissy…..dhuvas kolheh vehje dhw comment nukurevi……BT kiyan. Miii hama best

    1. Hawwu (Layaa) says:
      December 28, 2017 at 5:50 am

      Aww ? thank you dear ximmikolhaa ??

  6. Zee says:
    December 27, 2017 at 9:09 pm

    Salhi ekam v kuru mi part.keep it up

    1. Hawwu (Layaa) says:
      December 28, 2017 at 5:52 am

      Yah kurukoh genessdhinee reyha ehpart up kohlaathee .. Bt reyga nuviyass nw innane up kohlaafa … ? btw thank you zee??

  7. R says:
    December 27, 2017 at 9:10 pm

    Vvv reethi ekam kuree

    1. Hawwu (Layaa) says:
      December 28, 2017 at 5:53 am

      Ehenvess vaane dear .. Bt next part nw innane dhepart ekoh kiyaaleema ehaakuru nuvaanehnu ingey ? btw thank you dear R ??

  8. JUMA says:
    December 27, 2017 at 9:34 pm

    Obiness to the max ? ? ? alhe lovely sis kolhu haadha rangalhey dhw….??? thanks .. mirey kihaa iraku gaaiy gandakah up kohdheveyny? Waitingssss ❤❤❤❤???

    1. Hawwu (Layaa) says:
      December 28, 2017 at 5:55 am

      Alhey jumakko sorry inthizaaru kuruvuuneema.. Bt now innane next part .. ? thankyou dhoonyaa ???

  9. Sham says:
    December 27, 2017 at 9:48 pm

    Just wow??? vrh molhu ingey layaa? keep it up?❤ when next part? Waitinggg

    1. Hawwu (Layaa) says:
      December 28, 2017 at 5:55 am

      Hey sham thank you my dear ??

  10. Shafa says:
    December 28, 2017 at 10:19 am

    Aww vvv reethi mi parts??❤?

    1. Hawwu (Layaa) says:
      December 28, 2017 at 11:22 am

      Thank you dear shafa ???

  11. mishy says:
    December 28, 2017 at 1:44 pm

    Vrh reethi mi part wx…. layaa ge hurihaa part eh wx hama habeys… nxt part ga vaanii kihinh baa..?

Comments are closed.

Next Episodeނޭންގިހިތޭ ގެންދެވީމަ މިތުރާ… (10)←


All Right Reserved!