ފާއިތުވިީީ މަދު މިނެޓްކޮޅެކެވެ. ރީޝާއާއި އާދިލް އެގޮތުގައި ތިއްބައި ކޮޓަރީީގެ ދޮރުމައްޗަށް މީހަކު އެރިހެން ހީވެގެން އެ ދިމާއަށް އާދިލް މޫނު އަނބުރައިލިއެވެ. ކުޑައިރުކޮޅަކު ދޮރާއި ދިމާއަށް ބަލަން ހުރެފައި މަޑުމަޑުން ރީޝާގެ ކޮނޑުގައި ހިފާލުމަށްފަހު އޭނާއާއި ދުރުކޮށްލިއެވެ. އޮހެމުން އައި ކަރުނައާއިއެކު ދޮރާއި ދިމާއަށް ބަލަހައްޓައިގެން ހުރި އާދިލްގެ މޫނަށް ރީޝާ ބަލާލިއެވެ. އެއަށްފަހު ހައިރާންވެފައި ދޮރާއި ދިމާއަށް ރީޝާ ވެސް ނަޒަރު ހިންގާލިއެވެ. އެވަގުތު ރީޝާގެ ހިތަށް ހީވީ ޒަލްޒަލާއެއް އައިހެނެވެ. މޭފަޅާފައި ހިތް […]
ދާނިޝްއަށް ހޭލެވުނުއިރު އިރު މެދުން ފިލައިފިއެވެެ. އަވަސް އަވަހަށް ފާޚާނާއަށް ވަދެ ފެންވަރައިގެން ނިކުމެ ހިސާބަކަށް ރީތިވެލުުމަށްފަހު ކޮޓަރިން ނިކުންނަން ދޮރު ހުޅުވާލި ވަގުތު ދާނިޝްގެ ލޮލުގައި އަޅައިގަތީ އޭނާގެ ލޯބި ލޯބި ދަރިފުޅެެވެ. ނުފަރިތަ ގޮތަކަށް ނަމަވެސް ފިޔަވަޅަަކަށްފަހު ފިޔަވަޅެއް އަޅަމުން ކޮޓަރިއާއި ދިމާއަށް އާދެވުނު ވަގުތު ދާނިޝް ފެނުމުން ހަނާޝް ހުއްޓުުނެވެ. ހެވިލައިފައި ދާނިޝްއާއި ދިމާލަށް ނިކަން އުފަލާާއިއެކު ބަލަހައްޓައިގެން ހަނާޝް ހުރުމުން ދާނިޝްއަކަށް މަޑަކުން ނުހުރެވުނެވެ. ފުރާނަ ފަދައިން ލޯބިވާ ދަރިފުޅު ފެނުމުން […]
އިރު ހަނދު އެއް ޤަވާއިދެއްގެ މަތިން ދައުރުވަމުން ދިއެވެ. ޤުދުރަތުގެ އެ ޤާނޫނަކަށް ބަދަލެއް ނާދެއެވެ. އާދައިގެ މަތިން އިރުވެސް ނާރެހުގައި ބުރު ޖަހަމުން އައިސް ކޮންމެ ދުވަހެއްގެ ހެނދުނަަކަށް އޭގެ އަލި ވިލުވާލައެވެ. ހަމަ އެގޮތަށް އޭގެ ވަގުތު ހަމަވުމުން ކާއިނާތު އަލިކޮޮށްދިނުމަށް ހަނދުގެ ބޮލުގައި އެ ޒިންމާ އަޅުވައެވެ. އިރު ހަނދު ދައުރުވާއިރު ބަދަލުވެގެންދާ ދުވަހާއިއެކު އިންސާނުންގެ ހަޔާތަށް އެކިކަހަލަ ބަދަލުުތައް އަންނަކަމީ ޝައްކެއްވެސް އޮތްކަމެއް ނޫންތާއެވެ. ކުޑަކުޑަ ހަނާޝްއަށް ވެސް އަހަރެއް ފުރެން […]
ހަނދު އޭގެ ނޫރު އެއްވެސް ޝަރުތަކާއި ނުލައި ބިމަށް ފޮނުވާލައިފައިވެއެވެ. ހަނދުވަރުގެ އަލިކަމުގައި އެއްވެސް އައިބެއް ނެތެވެ. ހަނދު ވަށައިގެން ވިދާބަބުޅަމުން ދިއަ ތަރިތައް ހަނދުވަރުގެ އަލިކަަމަށް އިތުރު ފަރިކަމެއް ގެނެސްދެމުންދިއެވެ. ކަނޑުގެ ރާޅުތައް މަޑުމަޑުން ތޮޅިލަ ތޮޅިލާ ތިއްބެވެެ. ޖެހެމުން އައި ތެތްފިނި ވައިރޯޅިން ގަސްތައް ނަށަމުންގެންދިއެވެ. އެ ފުރިހަމަ މަންޒަރު އިޙްސާސް ކުރެވޭ ހިސާބުގައި އަޒީލްއާއި އޭނާގެ ލޯބިވެރިޔާ ޝިފްނާ އެމީހުންގެ ލޯބީގެ ދާސްތާއަށް އިތުރު ޞަފްޙާއެއް އިތުރުކޮށްލަަން ތިއްބެވެ. މަޑުމަޑުން އައިސް އެ […]
“އަޒީލް…!” ތޫނު ހިމަ އަޑަކުން ގޮވާލުމުން އަޒީލް އޭނާގެ ފިޔަވަޅުތައް މަޑު ޖައްސާލިއެވެ. އެއަޑު އަޒީލްގެ ކަންފަތުގައި ރަނގަޅަށް ވެސް ޖެހުނެވެ. ފަސްއެނބުރި ބަލާލަން ހިތަށް އަރުވާލާފައިވެސް ނުރުހިފައި އަޒީލް ކުރިއަށް ހިނގައިގަތެވެ. އެއީ ކާކުކަން އަޒީލްއަށް ޔަޤީންވާާ ކަހަލައެވެ. އާނއެކެވެ. އެއީ އެމީހެއްގެ އިންތިޒާރުގައި އަޒީލް އެތައް އިރެއްް ހޭދަކުރި އިންސާނާއެވެ. އެއީ ޝިފްނާ ނޫން ދެވަނަ މީހެއް ނޫނެވެ. “ސޮރީ…” މަޑުމައިތިރި ނިޔަނެތި އަޑަކުން ޝިފްނާ ބުނެލިއެވެ. ފަސްއެނބުރި ބަލައިވެސް ނުލައި އަޒީލް ދާން […]
ވަސީމާގެ އާދޭހާއި އެކު މާ ކުލަގަދަ ގޮތެއްގައި ނޫނަސް ދާނިޝްއާއި ރީޝާގެ ކައިވެނި ކުރެވިގެން ދިޔައެވެ. ހަނާޝްގެ އުޖާލާ މުސްތަޤުބަލަަށްޓަކައި ވަސީމާގެ އާދޭސްތައް ދެމީހުންނަށް ވެސް ޖެހުނީ ޤަބޫލު ކުރާށެވެ. މާދަމާ ވާނެ ގޮތެއް ނޭގި ހުރެ ވެސް އަޒީލް ވެސް އެ ކައިވެނި ކުރުމަށް ދާނިޝްއަށް ބާރު އެޅިއެވެ. ކޮންމެއަކަސް ހިތާއި ދެކޮޅަށް ނަމަވެސް ދާނިޝް އާއި ރީޝާގެ ކައިވެނި ކުރެވިގެން ހިނގައްޖެއެވެ. ކައިވެނީގެ ޚަފްލާ ފެށިގެން ނިމެންދެން ދެމީހުންގެ މޫނުމަތީގައި ވެސް ފަނޑު ހިނިތުންވުމެއް […]
ފާއިތުވެެގެން ދިޔައީ ދާނިޝްއާއި ވަސީމާގެ އިތުރުން ރީޝާއަށް ވެސް ހިތްދަތިކަން ގެނުވި ވަގުތު ތަކެކެވެ. އެންމެންގެ ހިތްތައް ރޮއްވާލާފައި ހަނާ ވަކިވެގެން އެ ދިޔައީ އެ ހިތްތަކަށް އެކަނިވެރިކަން ގެނުވާފައެވެ. ހަނާގެ ކަށުކަމާކެމި ނިމި ވިންދު ޖެހުމެއްނެތް އެ ހަށިގަނޑު ފަސްދަށަށްލައި ފޮރުވާލެވިއްޖެއެވެ. ހަނާގެ މޫނު ދެކިލަން ރީޝާގެ މަންމަމެންގެ އިތުރުން ހަނާމެންގެ އޮފީހުގެ ހުރިހާ އެންމެން ވެސް އައެވެ. ނަމަވެސް ހަނާގެ ޢާއިލާގެ އެކަކުވެސް އޭނާގެ މޫނު ފެންނަ ހިސާބަކު ނެތެވެ. ހަނާގެ އުމުރުން ތިން […]
ދުވަސްތައް ހަފުތާތަކަށް, ހަފުތާތައް މަސްތަކަށް ބަދަލުވަމުން އައިސް ހަނާގެ ބަނޑަށް ވެސް ނުވަމަސް ފުރެން ކައިރި ވަނީއެވެ. އެތައް ދުވަހެއްގެ ކެތްތެރި ކަމާއި އުއްމީދުތަކެއްގެ ފޮނިކަން ހާސިލު ވާނެ ވަގުތު އައިސް ކައިރިވާތީ ހަނާއާއި ދާނިޝް ހުންނަނީ ވަރަށް އުފަލުންނެވެ. ޚާއްޞަކޮށް ދާނިޝްގެ އުފާވެރިކަމާއި ވަމުން އައި ތައްޔާރީތައް ފާހަގަ ކުރެވެއެވެ. މުޅި ގޭތެރޭގެ ކުލަވަރާާއި ވައްޓަފާޅި ބަދަލުކޮށްލާފައި ވާގޮތުން ތުއްތު ކުއްޖަކަށް މަރުޙަބާ ކިޔައިފައިި ވާކަން ނަޒަރު ހިންގާލި ކޮންމެ ދިމާއަކުން ހާމަވާން ހުއްޓެވެ. ދާނިޝްމެންގެ […]
ހަނާމެންގެ ކައިވެނީގެ އުފާވެރި ޚަފްލާ ނިމުމުން ރީޝާ ގެއަށް އައިިއިރު ގަޑިން އެގާރަ ޖަހައި ބޮޑުވެއްޖެއެވެ. ގޭތެރެއިން ފާޅުވާން ހުރި ފަނޑު އަލީގެ އެހީގައި ސިޑިން އަރައިގެން ގޮސް އޭނާގެ ކޮޓަރިއަށް ވަދެ ދޮރު ޖަހާލުމަށްފަހު މަޑުމަޑުން ދޮރުގައި ލެގިލިއެވެ. މީގެ ކުޑަ އިރުކޮޅެއް ކުރިން އުޖާލާވެ ހެވި ދިލިފައިވީ މޫނުމަތިން މިހާރު ފެންނަން އެހުރީ މޮޅިވެތިކަމެވެ. މާޔޫސްކަމެވެ. އޭރު ހުރި ހިނިތުންވުން ޣައިބު ވެއްޖެއެވެ. ރީޝާ ލޯ މަރައިލިއެވެ. އެެއާއިއެކު އޭނާގެ ކުށެއް ނެތް ލޮލުން […]