Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބި ވީމޭ ސިއްރު ސިއްރުން (13)

hattey Level 410 Stories100 Login100 Comments500 Login
July 16, 2018 5 Mins Read
14 Comments

ދާނިޝްއަށް ހޭލެވުނުއިރު އިރު މެދުން ފިލައިފިއެވެެ. އަވަސް އަވަހަށް ފާޚާނާއަށް ވަދެ ފެންވަރައިގެން ނިކުމެ ހިސާބަކަށް ރީތިވެލުުމަށްފަހު ކޮޓަރިން ނިކުންނަން ދޮރު ހުޅުވާލި ވަގުތު ދާނިޝްގެ ލޮލުގައި އަޅައިގަތީ އޭނާގެ ލޯބި ލޯބި ދަރިފުޅެެވެ. ނުފަރިތަ ގޮތަކަށް ނަމަވެސް ފިޔަވަޅަަކަށްފަހު ފިޔަވަޅެއް އަޅަމުން ކޮޓަރިއާއި ދިމާއަށް އާދެވުނު ވަގުތު ދާނިޝް ފެނުމުން ހަނާޝް ހުއްޓުުނެވެ. ހެވިލައިފައި ދާނިޝްއާއި ދިމާލަށް ނިކަން އުފަލާާއިއެކު ބަލަހައްޓައިގެން ހަނާޝް ހުރުމުން ދާނިޝްއަކަށް މަޑަކުން ނުހުރެވުނެވެ. ފުރާނަ ފަދައިން ލޯބިވާ ދަރިފުޅު ފެނުމުން ނުހަނު ލޯތްބާއިއެކު އުރައިލިއެވެ. ދެބަފައިންގެ މޫނުމަތިން ވެސް އެވަގުތު ފެންނަން ހުރީީ ހިނިތުންވުމެވެ. ބުނެދޭން ނޭނގޭ އުފާވެރިކަމެވެ. މި މަންޒަރު ފެންނަ ހިސާބުގައި ހުރި ރީޝާގެ މޫނުމައްޗަށް ވެސް ހިނިތުން ވުމެއް ވެރިވިއެވެ. ނަމަވެސް އެ އުފާވެރި ވަގުތުކޮޅުު ދިގުލައިގެނެއް ނުދިއެވެ. އެވަގުތުކޮޅު ވަސީމާގެ ސަބަބުން ކުރުވެގެންްދިއެވެ. ދާނިޝްގެ އަތުން ހަނާޝް އަތުލަމުން ކާން ދިއުމަށް ދާނިޝް ގާތު ވަސީމާ އެދުނެވެ. ވެފައިހުރި ބަނޑުހައިކަން ފިލުވާލަން ދާނިޝް ވެސް ހުރީ ނިކަން ބޭނުން ވެފައެވެ. އެހެންކަމުން ބަނޑުގައި އަތް ކާއްތަަމުން ގޮސް ކާގެއަށް ވަދެ ކާމޭޒުދޮށުގައި ހުރި ހުސް ގޮނޑިއެއް ދަމާލުމަށްފަހު އޭޭގައި ދާނިޝް އިށީނެވެ. ހަނާޝް ގޮވައިގެން ވަސީމާ ކޮޓަރިއަށް ވަނީ ދާނިޝްއަށް ފެންތައްޓެއް އަޅައިދޭން ދިއުމަށް ރީޝާ ގާތު އެދިފައެވެެ.

ވަސީމާގެ އެދުމާއި ދެކޮޅު ހެދުމެއްނެތި ރީޝާ ވެސް ކާގެއަށް ވަދެ އައިސްއަލަމާރިން ފެންފުޅިއެއް ނެގުމަށްފަހު ބިއްލޫރި ތައްޓަަކަށް ފެން އަޅައި ނިންމާލި ވަގުތު ދާނިޝް ކޮށި އަރައިގަތެވެ. ސިއްސައިގެން ދިޔަ ގޮތުން އަތުގައި އޮތް ފެންފުޅި ރީޝާގެ އަތުން ކައްސައި ނުލީ ހަމަ ކިރިއާއެެވެ. މޫނުމައްޗަށް ހާސްކަން ވެރިވީ ކުއްލިއަކަށެެވެ. ހަމައެވަގުތު ރީޝާއެޅި ފެންތަށި ކައިރި ކޮށްލަމުން ފެންފޮދެއް ބޯލުމަށް ދާނިޝްގާތު ރީޝާ އެދުނެވެ. އިތުރު ކަމަކާއިމެދު ވިސްނާކަށް ދާނިޝްއަކަށް ފުރުސަތެއް ނުލިބުނެވެ. އެހެންކަމުން ރީޝާ ދިއްކޮށްލިި ފެންތަށީގައި ހިފައިލަމުން ކޯވަރެެއް ދަމާލިއެވެ. ދާނިޝްއަށް ރަނގަޅަށް ހިންދިރުވާާލެވިި ކާންފެށުނީ އޭގެ ފަހުންނެވެ.

“ރޭ ވަރަށް ސަކަރާތް….ރަނގަޅަށް ނުވެސް ނިދުނު…” އާދައިގެމަތިން މެންދުރު ކައިނިމިގެން އަޒީލް އާއިއެކު ދާނިޝް އިނީ ހޮޓަަލެއްގައިި ކޮފީީއަކަށްް އިންސާފު ކޮށްލާށެވެ. ކޮންމެ ދުވަހަކުވެސް ކައިނިމިގެން ހޫނު ކޮފީއެއްގެ ރަހަ ބަލާލުމަކީ ދާނިޝްމެންގެ އާދައެކެވެ. “ކޮންކަމެއް ސަކަރާތް ވެގެން ނުނިދުނު ވާހަކަ ތި ބުނީ…؟” ކޮފީތަށިން ކޯވަރެެއް ދިރުވާލުމަށްފަހު އަޒީލް އަހާލިއެވެ. “ރޭ އޮފީހުން ނިމިގެން ގެއަށް އާދެވުުނުއިރު އަހަރެންް ހުރީ ތެމި ފޯވެފަ….އޮފީހުން ނިކުތް ވަގުތު ވާރޭ ކަންޏެއް ޖަހާލިިހެންހީވި… އެކަމަކު…އުޑުމަތި ބަނަވެފަ އޮތީ ވަކިވަރަކަށް ނޫން…ވާރޭގަނޑު އޮއްސާލުމުގެ ކުރިން ގެއަށް އާދެވޭތޯ ވަރަށް މަސައްކަތް ކުރިން… އެކަމަކު…ސަލާމަތެއް ނުވެވުނުު…ގެއަށް ވަދެވުނުއިރު އަހަރެންް ހުރީ ތުރުތުރު އަޅައަޅާ…ދަންވަރު ގަދައަށް ހުންވެސް އައި…އެކަމަކު…އިރު އެރިއިރު ހުމުގެ ކަންފުޅެއް ވެސް ނެތް…” މޭޒުމަތީގައި ކޮފީތަށިި ބައިންދާލުުމަށްފަހު އަޒީލް ކުރި ސުވާލަށް ދާނިޝް ޖަވާބު ދިނެވެ. “ދެން ކިހިނެއް އެހާ އަވަހަށް ހުންފިލީ…؟ އެއްފަހަރާ މާގިނައިން ބޭސް ކެއީ ދޯ…” ދާނިޝްގެ ވާހަކައިން އުފެދުނު އިތުރު ސުވާލެއް އަޒީލް އަހާލުުމަށްފަހު އެސުވާލަށް އޭނާގެ ސިކުނޑިއަށް އައި ޖަވާބު ވެސް ހާމަކޮށްލިއެވެ. ނަމަވެސް ކަންވީ އެހެން ނޫން ކަމަށް ދާނިޝް ބުނުމުން އަނެއްކާވެސް އިތުރު ސުވާލެއް އަޒީލް ކޮށްލިއެވެ. އެހެންކަމުން ރޭގެ މެންދަމު ފާއިތުވި މިނެޓް ތަކާއިި ގަޑި ތަކުގައި ހިނގައިދިޔަ ކަންތަކުގެ ވާހަކަ އަޒީލްއަށް ދާނިޝް ކިޔައިދިނެވެ. ފިހިފިހި އޮތް އޭނާގެ ހަށިގަނޑުން ހުން ކެނޑުނީީ ރީޝާގެ އެހީތެރިކަން ލިބިގެން ކަމަށް ދާނިޝް ބުންޏެވެ. “ތީގެ މާނައަކީ އަދިވެސް ރީޝާގެ ހިތުގަ ދާނިޝްއަށްޓަކައި ލޯތްބާއި އޯގާތެރިކަން ވެޔޭ…ދެން ކީއްވެބާ ރީޝާ ދާނިޝްއާ ރުޅިވީ…؟ދާނިޝްގެ ހިތަކު ސުވާލެއް ނުއުފެދޭތަ…؟” ރީޝާއާއި ދޭތެރޭ އަޒީލް ކުރަމުން އައި ޝައްކު އިތުރުވެގެންދިއެވެ. ކޮންމެެސް ކަމެއް ސިއްރު ވެފައި ވާކަން އަޒީލް ޔަޤީން ކުރިއެވެ. “އަޒީލްއަށް ތިއުޅެނީ އޮޅިގެން…އޭނަަގެ އަސްލު ހަޤީގަތް އަޒީލްއަކަށް ނޭގޭނެ…އަހަރެން ނުދެކެން އެއީ އަހަންނަށް ހަމްދަރުދީ ވާން ދަންނަ އިންސާނެއް ކަމަކަށް…އަހަރެން ބޭނުމެއްވެސް ނޫން އޭނަގެ ހަމްދަރުދީއެއް…” ރީޝާއާއި ދޭތެރޭ އަޒީލްގެ ޚިޔާލު ބަދަލު ވަމުން އަންނާތީ ދާނިޝް އެކަމާއި ނުރުހުން ފާޅުކުރިއެވެެ. އަޒީލްއަށް ރަނގަޅަށް ރީޝާގެ ހަޤީގަތް ނޭނގޭ ކަމަށް އޭނާ ދަޢުވާ ކުރިއެވެ. ރީޝާގެ އެއްވެސް ރަނގަޅު ކަމެއް ބަލައިގަންނާކަށް ދާނިޝްއަކަށް ފަސޭހަ ކަމަކަށް ނުވިއެވެ. އަޒީލް މާވަރަކަށް ރީޝާގެ ރަނގަޅުކަން ހާމަކުރަަން އުޅުމުން ދާނިޝްގެ ސިކުނޑިއަށް ބާރުކޮށްލިއެވެ. މޫނުމައްޗަށް ނުތަނަވަސްކަން ވެރިވެގެން ދިޔައީ އޭނާގެ އިޚްތިޔާރުުުން ބޭރުގައެެެވެ. މިކަން އަޒީލްއަށް މޭރުންވާން ނެގީ މަދު ސިކުންތުކޮޅެކެވެ. އެހެންކަމުން އެވާހަކަ އިތުރަށް ކުރިއަށް ނުގެންގޮސް ކޮންމެެސް އެހެން ވާހަކައެއް ނަގައި ދާނިޝްގެ މޫޑު ރަނގަޅު ކޮށްލެވޭތޯ އަޒީލް މަސައްކަތް ކުރިއެވެ. ހަމައެވަގުތު އެތަނަށް ވަން ވިއާޒްް އަޒީލްގެ ލޮލުގައި އަޅައިގަތެެވެ. ވިއާޒްް ފެނުމުން ހާލުއަހުވާލު އަހާލުމަށްފަހު އެމީހުން ތިބި މޭޒުދޮށުގައި އިށީނުމަށް ހިނިތުން ވެލަމުން ވިއާޒްް ގާތު އަޒީލް އެދުނެވެ. ވިއާޒްް ޗުއްޓީގައި ހުރި ދުވަސްކޮޅެއްކަމުން ސިކުނޑި ހަމަޖައްސާލަން ދުވާލަކު ދެތިންފަހަރު ކޮފީއެއްގެ ރަހަ ބަލާލަން އެ ހޮޓަލަށް އައިސް އުޅެއެވެ. އެހެންކަމުން މިއަދުވެސް އޭނާ އެކަނިމާއެކަނި އެ ހޮޓަލަށް ވަނީ ސިކުނޑިއަށް ލުޔެއް ލިބޭތޯ އެކަނިހުރެ ވަގުތުކޮޅެއް ހޭދަކޮށްލާށެވެ. ނަމަވެސް ދާނިޝްއާއި އަޒީލްއާއި ދިމާވުމުން ހިތްހަމަޖެހިލައިގެން ހުރެ އެމީހުންނާއި ބައިވެރިވިއެވެ.

ހަވީރުގެ ވަގުތުކޮޅެކެވެ. ތުނިކޮށް ވެހެމުންދިއަ ވާރޭ ގެ އަސަރު ލަސްތަކެއްނުވެ ކެނޑިގެން ހިގައްޖެއެވެ. ވަގުތުގެ ބޭނުން ހިފާލަަމުން ހަނާޝް ގޮވައިގެން ރީޝާ އޭނާގެ މަންމަ ކައިރިއަށް އައެވެ. އެންމެފަހުން ރީޝާ އެގެއަށް އައީ މީގެ ތިން ދުވަސް ކުރިންނެވެ. ވިއްސާރައިގެ ސަބަބުން ރީޝާވެސް ގެއިން ނިކުންނަހިތް ނުވެފައި ހުރީއެވެ. ރީޝާ ފެނުމުން ޒުލޭޚާގެ ލޯ ތެމުނެވެ. ތިންދުވަސް ފަހުން ރީޝާ ފެނުމުން އުފަލުން ގޮސް ޒުލޭޚާގެ ލޮލުން ކަރުނައަައެވެ. ރީޝާގެ ބޮލުގައި ފިރުމާލުމަށްފަހު ޒުލޭޚާ ރީޝާ އަތުން ހަނާޝް ޖަހައިގަތެވެ. ޒުލޭޚާ ވެސް ހުންނަނީ ހަނާޝްއާއި އެކު ހޭދަކޮށްލާނެ ވަގުތުުކޮޅެއް ނުލިބިފައެވެ. ރީޝާމެން އައި އަޑު އިވިގެން ނިކަން ފަރިތަކޮށް ސިޑިން ދުވެލައިފައި ތިރިއަށްް ފައިބައިގެން އައިސް ރީޝާއާއި އޭނާގެ ކޮއްކޮ ރައީޝް އޮޅުލައިގަތެވެ. ރީޝާ ނުފެނި އެންމެ ތިން ދުވަސް ފާއިތުވެގެން ދިއުމުން ޒުލޭޚާ ފަދައިން ރައީޝްގެ ހިތަށް ވެސް އަސަރުކޮށްފައި ހުއްޓެވެ. ރައީޝްގެ ބޮލުގައި ނުހަނު ލޯތްބާއިއެކު ރީޝާ ފިރުމާލުުމަށްފަހު ރައީޝްގެ އަތުގައި ހިފައިގެން ގޮސް ސޯފާގައި އިށީނެވެ. ރީޝާމެންގެ ފަހަތުން ގޮސް ޒުލޭޚާ ވެސް ހަނާޝް ގޮވައިގެން ސޯފާގޮނޑީގައި އިށީނެވެ.

“މާދަމާއަކީ ހަނާޝްްްއަށް އަހަރެއް ފުރޭ ދުވަސް.. ކުޑަވަރެއްގެ ޕާޓީއެއް އޮންނާނެ…މަންމަމެން ވާނެ ދާން…” އުނގުތެރޭގައި ރައީޝް ބަހައްޓަައިގެން އިނދެ ރީޝާ ވާހަކަ ދައްކަންފެށިއެވެ. ކުރިއަށް އޮތީ ހަނާޝްގެ އުފަންދުވަސް ކަމަށްވީތީ އެދުވަހުު ހަވީރު ކުޑަވަރެއްގެ ޕާޓީއެއް އޮންނާނެކަމަށް ރީޝާ ބުންޏެވެ. އަދި އެ ޕާޓީއަށް އޭނާގެ މަންމަމެންނަށް ދަޢުވަތު އެރުވިއެވެ. އެވަގުތު އެންމެ ކުރިއަށް ދާނަަމޭ ބުނެ ރައީޝް އަނގަތަޅުވާލިއެވެ. “އާނ..!ކޮއްކޮ ވާނެ އެންމެ ކުރިން ދާން…އެހެންނޫނީ ކޭކުކޮޅެއް ނުލިބޭނެ..” ހެވިލައިފައި ރީޝާ ބުނެލިއެވެ.

“މަންމާ…! އަދިވެސް އަޒީޒާއްތަމެން މާލެ އަންނާކަށް ނޫޅޭތަ…؟ މަންމަ ބުނީމެއްނު އަޒީޒާއްތަގެ ޝާޔާކޮއްކޮ ޑޮކްޓަރަަށް ދައްކަން މާާލެ އަންނަ ވާހަކަ…” ދައްކަމުންދިއަ ވާހަކައިގެ ތެރެއިން ކުއްލިއަކަށް ކަމެއް ހަނދާންވާ ގޮތަކަށް ރީޝާ އޭނާގެ ބޮޑުދައިތަ އަޒީޒާގެ ވާހަކަ އަހާލިއެވެ. އަޒީޒާއަކީ ޒުލޭޚާއާއި އެއްބަނޑުއެއްބަފާ އަންހެނެކެވެ. މީގެ ވިއްސަކަށް އަހަރު ކުރިން އައްޑޫ މީހަކާއި ކައިވެނިކޮށްގެން އެރަށަށް ދިއަގޮތަށް އަދިވެސް އަޒީޒާ އުޅެނީ އެރަށުުގައެވެ. އަޒީޒާގެ ފިރިމީހާާ ހަލީމްއަކީ ވަރަށް ހިތްހެޔޮ ރަނގަޅު މީހެކެވެ. އަޒީޒާދެކެ ލޯބިވާ ހެޔޮލަފާ ފިރިއެކެވެ. ދަރިންނަށް އަޅާލާ އޯގާތެރި ބައްޕައެކެވެ. ހަމައެހެންމެ އައްޑޫ އެއަރޕޯޓްގައި މަސައްކަތް ކުރާ ހީވާގި މުއައްޒަފެކެވެ. އަޒީޒާމެންގެ ތިންކުދިން ތިބިއިރު މާބޮޑުު ދަތިކަމަކާއި ނުލައި އުފަލާއި ހިތްހަމަޖެހުމުގައި ދިރިއުޅުުން ކުރިއަށް ދަނިކޮށް މިހާރު އެ ޢާއިލާއަށް ވަރަށް ބޮޑު ހިތްދަތިކަމެއް ވަނީ ކުރިމަތި ވެފައެވެ. އެކަމުގެ ސަބަބުން އަޒީޒާގެ ލޯ ހުންނަނީ އަބަދުވެސް ތެމިފައެވެ. އަޒީޒާގެ އެންމެ ކުޑަ އަންހެން ކުއްޖާ ޝާޔާ ބަލިވެގެން އުޅޭތާ މަހަކަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ. އަބަދުހެން ހުންއައިިސްފައި ހުރުމާއި ނޭވާހާސްވެެފައި ހުންނަ ދުވަސްތައް ގިނައެވެ. ތިންހަތަރު ފަހަރު ޑޮކްޓަރަަށް ދައްކައިގެންވެސް ތިންއަހަރުގެ ޝާޔާގެ ބައްޔަކަށް ރަނގަޅު ޝިފާއެއް ނުލިބެެއެވެ. އެހެންކަމުން އަޒީޒާގެ ދެލޮލުގެ ނޫރު ކަމުގައިވާ ކުޑަކުޑަ ޝާޔާ ޑޮކްޓަރަަށް ދައްކަން މާލެ އަންނަަ ވާހަކަ އަޒީޒާ ވަނީ އޭނާގެ ދައްތަ ޒުލޭޚާއާއި ހިއްސާކޮށްފައެވެ. ރީޝާގެ ސުވާލަށް ޒުލޭޚާ ޖަވާބުދިނެވެ. ފެށޭ ހަފްތާގެ އާދީއްތަ ދުވަހު އަޒީޒާމެން މާލެ އަންނަަ ކަމަށް ޒުލޭޚާ ބުންޏެވެ. ޒުލޭޚާގެ އެ ޖުމްލައިން ރީޝާގެ ހިތަށް ފިނިކަމެއް ލިބިގެންދިއެވެ. ޝާޔާގެ ބައްޔަށް އަވަސް ޝިފާއެއް ލިބިގެންދާނެ ކަމުގެ އުއްމީދު އެހިތުގައި އާވެގެންދިއެވެ.

ޖެހިގެންއައި ދުވަހު ހަވީރު ބޭއްވި ޕާޓީ ނިމުނީ އިރުއޮއްސުނުު ފަހުންނެވެ. ވަރަށް ފުރިހަމަ ކަމާއި އުފަލާއިއެކު ކުރިއަށްދިއަ އެ ޕާޓީގެ ހުރިހާ ތައްޔާރީ ތަކެއް ދާނިޝްއަށް ނިންމާލެވުނީ އަޒީލްއާއި ފަޔާޒްގެ އެހީ ލިބިގެންނެވެ. ގޭތެރެެ ޒީނަތްތެރިކޮށްފައި ހުރިގޮތުން ބަލާލި ކޮންމެ މީހެއްގެ ސިކުނޑިއާއި ހިތަށް ފިނިކަން ލިބިގެންދާނެވެ. އެކި ކުލަކުލައިގެ ކަރުދާހާާއި ފުުއްޕާހަމުން ގޭތެރެ ޖަރީކޮށްފައި އޮތްގޮތް ނިކަން ޗާލެވެ. އެކިވައްތަރުގެ ހެދިކާއާއި ފިނި ބުއިން ތަކުން މޭޒުމަތީގެެ ފަޅުކަން ވަނީ ފިލުވައިލަައިފައެވެ. އެ ޕާޓީގައި އަޒީލްމެންގެ އިތުރުން ދާނިޝްމެންގެ އޮފީހުގެ ބައެއް ރައްޓެހިންވެސް ދާނިޝްގެ ދަޢުވަތު ޤަބޫލްކޮށް އެމީހުންގެ ކުދިންނާއެކު ބައިވެރިވިއެވެ. ރީޝާގެ މަންމެންގެ އިތުރުން އިނާޔާއާއި ޝިފްނާ ވެސް ހަނާޝްގެ ފުރަތަމަ އުފަންދުވަހުގެ ފުރަތަމަ ޕާޓީގައި އުފަލާއިއެކު ބައިވެރިވިވިއެވެ. ޕާޓީގެ ތެރެއިން ރީޝާއާއި ޝިފްނާގެ އެކުވެރިކަން ފެށިގެންދިއައީ އިނާޔާ ވެސް އިސްތިސްނާ ނުވާ ހާލުގައެވެ.

ޕާޓީ ނިމި ގޭތެރެ ހިމޭންވުމުން ހަނާޝް ގޮވައިގެން ރީޝާ ވަނީ ކޮޓަރިއަށެވެ. އަޒީލްމެންނާއިއެކު ދާނިޝް ޖެހިލީ ބޭރަށެވެ. ކޮޓަރިއަށް ވަންއިއިރު ވެސް ހަނާޝްގެ ގާތަށް ހުރީ ވަރަށް ބޮޑަށް ނިދިއައިސްފައެވެ. އެހެންކަމުން ހަނާޝްގެ އެއްޗެހި ބަދަލުކޮށްލާ ހަދާލުމަށްފަހު ތަންމަތީީގައި ބާއްވާލަައިފައި އޯގާތެރިކަމާއިއެކު ރީޝާގެ ދެއަތުން ބޮލުގައި ފިރުމާލުމާއިއެކު ލަހެއްނުވެ ހަނާޝްއަށް ނިދިއްޖެއެވެ. ކުޑައިރުކޮޅަކު ހަނާޝްގެ މައުޞޫމް މޫނަށް ބަލަންހުރެފައި ނުހަނު ލޯތްބާއިއެކު ހަނާޝްގެ ނިއްކުރީީގައި ބޮސްދިނުމަށްފަހު ރީޝާ ވެސް ހަނާޝްގެ މަގަތުގައި އޮށޯތެވެ.

ރީޝާއަށް ހޭލެވުނީ ކޮންމެެސް މީހަކު ދޮރުގައި ޓަކި ޖަހާލި އަޑަށެވެ. ކާކުބާއޭ ހިތާ އެނދުން ތެދުވެގެން ގޮސް ދޮރު ހުޅުވާލިިއެވެ. “އާދިލް..!” ދޮރުމަތީީގައި ހުރި އާދިލް ފެނުމާއިއެކު ރީޝާ ހާސްވާގޮތް ވިއެވެ. އާދިލްގެ މޫނުމަތިން ފެންނަން ހުރި ކުލަވަރުން ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ރީޝާގެ މޫނުމައްޗަށް މާޔޫސްކަން ވެރިވިއެވެ. “އާދިލް…! ކިހިނެއްވީ…؟ ކީއްވެ ތި ރޮނީ…؟” އާދިލްގެ ފެންކަޅިވެެފައިވާ ލޮލުން ވެއްޓުނު ކަރުނަތިކި ރީޝާގެ ލޮލަކަށް ވަންހަނާއެއް ނުވިއެވެ. ހިތަށް ވެރިވި ހައިރާން ކަމާއި ކުރުވި އަސަރާއިއެކުު އޭގެ ސަބަބު އަހާލިއެވެ. ނަމަވެސް އާދިލްގެ ދުލުން ބަހެއް ބޭރުވާ ގޮތެއް ނުވިއެވެ. މަޑުމަޑުން ކޮޓަރި ތެރެއަށް ދެތިން ފިޔަވަޅެެއް އަޅާާލިއެވެ. އަނެއްކާވެސް ވީގޮތް ބުނެދިނުމަށް ރީޝާ އެދުނެވެ. އާދިލް އުޅުނީ އޭނާ ބުނަން ބޭނުންވެފައި ހުރި ބަސް ދުލުގެ ކުރިއަށް ނުގެނުވިގެންނެވެ. ލޮލުން ފޭދިގެެން ކަރުނަ އައިސް ހުރިއިރު ދުލުގައި ތުރުތުރު އަޅަމުން ދިއެވެ. ރީޝާއަކަށް އެމަންޒަރުު ބަލަން ހުންނާކަށް ކުޅަދާނައެއް ނުވިއެވެ. ވީކީއްކަން ބުނެދިނުމަށް އެދި އާދިލް ގާތު ރީޝާ އާދޭސްކުރަަން ފެށިއެވެ. އެންމެފަހުން އާދިލް އޭނާގެ ލޮލުގައި ކަރުނަވީ ސަބަބު ކަރުނައާއިއެކު ރީޝާއަށް ބުނެދިނެވެ. އެއަޑު ކަންފަތުގައި ޖެހުމާއިއެކު ނޫނެކޭ ބުނެ ރީޝާއަށް ބާރަށް ރޮއެގަނެވުނެވެ. އެއީ ދޮގެކޭ ބުނުމަށް އެދި އާދިލްގާތު ރީޝާ އާދޭސްކުރިއެވެ. ނަމަވެސް ހަޤީގަތަަކީ އެއީ ކަމަށް އާދިލް ބުންޏެވެ. ކިތަންމެ ހިތްދަތިވެފައި ވޭން އެކުލެވިފައި ވިއަސް ތަޤުދީރު ނިޔާކުރާ ގޮތަަކަށް އެކަމެއް ވެގެންދާ އުސޫލުން ވެނިމިފައިވާ ކަމެއް ބަދަލުވެގެނެެއް ވެސްް ނުދާނެތާއެވެ. ގިސްލަ ގިސްލާފައި ރޮމުން ރޮމުން ގޮސް ރީޝާއަށް އާދިލްގެ މޭގައި ބޯއަޅާލެވުނެވެެ.

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

hattey

Level 410 Stories100 Login100 Comments500 Login

Other Articles

Previous

އިންތިޒާރުގައި ހުންނަމޭ ލޯބިން 24

Next

ކުށަކީ ކޮބާ (4)

Next
July 16, 2018

ކުށަކީ ކޮބާ (4)

Previews
July 16, 2018

އިންތިޒާރުގައި ހުންނަމޭ ލޯބިން 24

14 Comments!

  1. Bell says:
    July 16, 2018 at 3:21 pm

    Oooo… mii 1st dhww?????????

    1. Bell says:
      July 16, 2018 at 3:52 pm

      Mi part ves vrh vrh niceee????

    2. hattey says:
      July 17, 2018 at 3:56 pm

      Yeah…thanks..

  2. Laara says:
    July 16, 2018 at 3:53 pm

    Mivaahaka v reethi v dhigu inthixaareh kuran jehey. Thankolheh awahah up kohlaanama adhi thankolheh dhigu kohlun feney

    1. hattey says:
      July 16, 2018 at 7:51 pm

      Thanks…oh sorry…OK..noted..

  3. naash nashaya says:
    July 16, 2018 at 4:16 pm

    i was waiting for you this much…..BTW this storyy is damn nice…..i am falling in love with this story….anehkaa kihineh v baa aadhil ah??waitinn for the next part….when next part????

    1. naa says:
      July 16, 2018 at 6:47 pm

      i think Dhaanish maru v. at the same day hana and dhaanish dead. and it is the birthday of hanaash

    2. Anonymous says:
      July 17, 2018 at 12:49 pm

      omg…..that would be so sad…lets see dhw naa….

    3. hattey says:
      July 17, 2018 at 3:57 pm

      Ok..thanks..

    4. hattey says:
      July 17, 2018 at 4:00 pm

      Thankssss.

  4. No one says:
    July 17, 2018 at 7:08 am

    Mi part vx vr rythi..

    1. hattey says:
      July 17, 2018 at 3:59 pm

      Thanks

  5. unique says:
    July 19, 2018 at 12:30 pm

    vv reethi plus so emotional

    1. hattey says:
      July 20, 2018 at 10:40 am

      Thanksss….unique

Comments are closed.

Next Episodeލޯބި ވީމޭ ސިއްރު ސިއްރުން (14)←


All Right Reserved!