ކުޑަ ހިނދުކޮޅެއް އެގޮތުގައި ހޭދަވެގެންދިއެވެ. ނަމަވެސް ދާނިޝްއަށް އޭނާގެ ހަރަކާތްތައް ބެހެއްޓުނުު ގޮތް އިހްސާސް ވުމުން ހަނާއާއި ދުރަށް ޖެހިލިއެވެ. ލިބުނު ހިތްދަތިކަމެއްގެ ސަބަބުން ދާނިޝް ހުރީ ވާނުވާ ނޭނގޭ ވަރުވެފައެވެ. ހަނާއާއި އެފަދަ ގޮތަކަށްް ގާތް ވެވިފައި ހުރުމުން ހަނާގެ ކިބައިން ދާނިޝް މަޢާފަަށް އެދުނީީ އިސް ޖަހައިގެންހުރެއެވެ. އެކަމުގެ ސަބަބުން ދާނިޝް ހުރީ ހިސާބަކަށް ލަދުވެސް ގަނެފައެވެ. ނަމަވެސް ހަނާގެ ފަރާތުން އަޑުއިވުނު ބަސްތަކުން ދާނިޝްއަށް ހަމަޖެހުުމެއް ލިބިގެންދިއެވެ. ބޭއިޚުތިޔާރުގައި ހިނގައިދިއަ އެ ޢަމަލާއިމެދު […]
އެރޭ ގެއަށް އައިސް ކޮޓަރިއަށް ވަންގޮތަށް ރީޝާ އޭނާގެ ކޮނޑުގައިއޮތް ދަބަސް ނަގައި އެނދުމައްޗަށް އެއްލާލިއެވެ. އެއަށްފަހު ފާޚާނާއަށް ވަދެ މޫނުދޮންނަ ތަށީގެ އިސްކުރު ދޫކޮށްލުމަށްފަހު ދެއަތުު ފުރައި ފެން ނެގުމަށްފަހު މޫނަށް ވިއްސާލިއެވެ. އެގޮތަށް ދެތިންފަހަރަކު ކަންތައް ކުރުމަށްފަހު އިސްކުރު ބަންދުކޮށްލައިފައި ދޮރުފަތުުގައި އަޅުވާލަައިފައިއޮތް އޭނާގެ ތުވާލި ނަގައި އޭގެ އެހީގައި މޫނު ފޮރުވާލިއެވެ. އެއާއިއެކު ކުރިން އެމޫނުގައި ހުރި ފެންތައް ފޮހެވިގެންދިއުުމުން ކޮޓަރީީގައި ހުރި ގޮނޑިއެއްގެ މައްޗަށް ތުވާލި އެއްލާލުމަށްފަހު ޑްރެސިންގ ޓޭބަލްް ގެ […]
“ކޮބާ ހަނާ…؟ މިއަދު އޮފީހަށް ނާންނަނީތަ…؟” ތެޅެމުން ފޮޅެމުން ކަހަލަ ގޮތަކަށް އޮފީސް ތެރެއަށް ވަދެގެން އައިސް މޭޒުދޮށުގައި އީށީނުމަށްފަހު ރީޝާއަށް ބަލާލަމުން ވިއާޒް އަހާލިއެވެ. ހަނާ ފެންނަން ނެތުމުން ވިއާޒް ކަންބޮޑުވިިއެވެ. ވިއާޒްގެ އެ ސުވާލަށް ރީޝާ ޖަވާބު ދިނީ މޮޅިވެތި ގޮތަކަށެވެ. ހަނާއަށް ވީގޮތް ވިއާޒްއަށް ރީޝާ ބުނެދިނެވެ. އެ ވާހަކަތައް ކަންފަތުގައި ޖެހުމާއިއެކު ވިއާޒްގެ މޫނުމަތީގެ ކުލަވަރު އިތުރަށް ގޯސްވިއެވެ. ސިކުނޑިއަށްް ބާރު ކޮށްލިއެވެ. އެހެން ނުވާންވީ ސަބަބެއްނެތެވެ. ހަނާ ވަނީ ވިއާޒްގެ […]
ރީޝާގެ މަންޒިލަށް އޭނާ ވާސިލް ކޮށްދިނުމަށްފަހު ދާނިޝް މިސްރާބު ޖެހީ ސައި ހޮޓަލަކާއި ދިމާއަށެވެ. އޭގެ ކުރިން އޭނާގެ އެންމެ ގާތް އެކުވެރިޔާ އަޒީލްއަށް ގުޅާފައި އެތަނަށް އައުމަށް އެދުނެވެ. ލަސްތަކެއްނުވެ އަޒީލް ވެސް އައިސް ދާނިޝް މަޑުކޮށްލައިގެން ހުރި މޭޒުދޮށުގައި އިށީންނަމުން ކޮފީ ތައްޓެއް ގެނެސްދިނުމަށް މާ ދުރުނޫން ހިސާބެއްގައި ހުރި ވެއިޓަރ ގާތު ބުނެލިއެވެ. “ކޮބާ ރީޝާ…؟ އޮފީހަށް ދިޔައީތަ..؟” ގޮނޑީގައި ހަމަޖެހިލަމުން އަޒީލް އަހާލިއެވެ. “އާނ..ހަމަ ދެންމެ މިއައީ ރީޝާ އޮފީހަށްލާފަ…މިއަދު އިނީ […]
އިރުގެ އަލިކަން ފެތުރިފައިވިއެވެ. ހަމަ އެހެންމެ އޭގެ ދޯދި ތަކާއިއެކު ހޫނުކަން ވެސް އިހްސާސް ވާން ހުއްޓެވެ. ނަމަވެސް އެ ހޫނު ކަމާއިމެދު ފަރުވާއެއް ނުބަހައްޓައި ކޮންމެ މީހަކު ވެސް އެ މީހެއްގެ މަންޒިލަށް ވާސިލް ވެވޭތޯ ދަތުރު ކުރަމުންދިއެވެ. ބައެއްް މީހުން ފައިމަގުގައި އަނެއްބައި މީހުން ދުއްވާ އެއްޗެތީގައެވެ. އާދައިގެ މަތީން ދާނިޝް ވެސް އޭނާގެ ސައިކަލަަށް އެރީ އޭނާގެ ލޯބިވެރިޔާ ރީޝާ އޮފީހަށް ލައިދޭން ދިއުމަށެވެ. އެއިރު ގަޑިން އެއްގަޑި ބައި ވަނީއެވެ. ކޮންމެ […]