މާލޭގެ ބަނދަރުން ނައްޓާލި ފެރީ މަދު މިނެޓްކޮޅެއްގެ ތެރޭގައި ވިލިމާލޭޭގެ ބަނދަރަަށް ވަނުމާއިއެކު އެމީހަކާ އެމީހެއް ފެރީއިން ފައިބާންފެށިއެވެ. އެހެންމީހުންނެކޭ އެއްގޮތަށް ދާނިޝްއާއި އަޒީލް ފެރީއިން ފޭބިއިރު އަޒީލްގެ އެދުމަަަކަށްއައި އިޔާޒްއާއި އޭނާގެ އެންމެގާތް އެކުވެރިޔާ ވެސް ވިލިމާލޭޭގެ ފަސްގަނޑުުގައި ފައި ބީއްސާލިއެވެެ. އިނާޔާއާއި ޝިފްނާގެ އާދޭހާާއިއެކު އެ ދަތުރުގައި ރީޝާ ވެސް ޙިއްޞާވިއެވެ. އިނާޔާމެންނާއިއެކު މަޑުމަޑުން ރީޝާވެސް ފެރީއިން ފައިބައި އެެދަތުރުގެ މޭސްތިރި ކަމުގައިވާ އަޒީލްގެ ފަހަތުން ހިނގައިގަތެވެ. އަޒީލްގެ ޚިޔާލާއި އެއްގޮތަށް ރޭވިގެންދިއަ ދަތުރަށް […]
“އަދި ތިހާ އަވަހަށް މާޔޫސްވާާކަށް ނުވެއެއްނު…ކެތްކޮށްބަލަ…އަދި ރީޝާ ދާނިޝްއަށް މަޢާފު ކުރާނެ…އަހަންނަށް ހަމަ ޔަޤީން…” މޮޅިވެރި ގޮތަކަށް އިން ދާނިޝްއަށް ބަލާލަމުން އަޒީލް ބުނެލިއެވެ. ދާދި ކުޑައިރުކޮޅެެއް ކުރިން, ބަނދަރު ތެރޭގައި އޮވެ ރާޅާއި ދެފަރާތަކަށް ހެލުވެެމުންދިއަ ލޯންޗު ތެރޭގައި ހުރެ ދާނިޝް ޙިއްޞާކޮށްލި ވާހަކަ އަޑުއަހައިފައި އަޒީލް ބުނެލިއެވެ. ފަރާތްފަރާތުުން ޖެހެމުން އައި ވައިރޯޅިން ހަށިގަނޑަަށް ފިނިކަން ލިބިލިބި ހުއްޓަސް ދާނިޝްގެ ހިތަކަށް އޭގެ އަސަރެއް ނުކުރެއެވެ. ދާނިޝްއަށް މަޢާފު ނުކުރާނެ ކަމަށް ރީޝާ ބުނިބުނުން […]
“ދާނިޝް…!” އެވަގުތު ބަދިގެ ތެރެއިން ދާނިޝް ފެނުމުން ރީޝާ ހައިރާންވިއެވެ. ލިބުނު އެހައިރާން ކަމާއިއެކުު މަޑުމަޑުން ދާނިޝްގެ ނަން ދުލުގެ ކުރިއަށް ގެނައީ ޔަޤީން ކުރަން ދަތިވެފައި ވާކަހަލަ ގޮތަކަށެވެ. ދާނިޝް މާލޭޭގައި ނެތްކަމަށް ވަސީމާ ބުނެެފައިވާތީ ރީޝާގެ ހިތުގައި ސުވާލުުތަކެއް އުފެދެންފެށިިއެވެ. މިިވަގުތު ރީޝާއަށް އެ ފެންނަނީ ވަސީމާ ބުނިގޮތާއި ޚިލާފު މަންޒަރަަކަށް ވީތީ އެއީ ހުވަފެނެެއް ނޫންބާއޭ ވެސް އޭނާގެ ހިތަށްއެރިއެވެ. “ރީޝާ…!” އެއްލި ކަޅިއަކުން ކުއްލިއަކަށް ރީޝާ ފެނުމުން ދާނިޝްއަށް ވެސް ލިބުނީ […]
ގިނަ އިރުތަކެއް ވަންދެން އިނާޔާއާއި ވާހަކަ ދައްކަން ހުރުމަށްފަހު ހަނާޝްއާއި ރައީޝް ގޮވައިގެން ރީޝާއަށް ގެއަށް އާދެވުނުއިރު އިރުއޮއްސިިގެން ހިގައްޖެއެވެ. ކޮންމެެސް ވަރަކަށް ވަރުބަލިކަން އިޙްސާސްް ކުރެވިފައިވާތީ ގެއަށް ވަންގޮތަށް ފުރަތަމަވެސް ރީޝާ ހިނގައިގަތީ ސޯފާއާއި ދިމާއަށެވެ. އެއިރު އޭނާގެ މަންމަ ސޯފާގައި އިށީންދެލައިގެން އިނެވެ. ރީޝާ ފަދައިން ރައީޝް ވެސް ޒުލޭޚާގެ ކައިރީގައި އިށީނެވެ. އެވަގުތު ހޭދަކުރި ގޮތުގެ ވާހަކަ ރައީޝް ގާތު ޒުލޭޚާ އަހާލިއެވެ. ރައީޝްގެ މޫނުމަތިން ޒުލޭޚާއަށް ހާމަވީީ ކޮންމެެސް ކަމަކާއިމެދު ހިތްހަަމަ […]
އާހެނދުނަކަށް އަލިވިލިގެންދިއެވެ. ދާނިޝްއަށް ހޭލެވުނީ އޭނާގެ ފޯނު ރިންގުވާ އަޑު އިވުމުންނެވެ. ގަދަކަމުން ކަހަލަ ގޮތަކަށް ލޯ ހުޅުވާލަމުން އެނދު ކައިރީގައި ހުރި ކުޑަ މޭޒުމަތީގައި އޮތް އޭނާގެ ފޯނަށް ބަލާލިއެވެ. އެހެނަސް އެއަށް ޖަވާބުދޭން ހިތް ނުރުހުންވުމުން އަނެއްކާވެސް ލޯމަރާލީ ކައިރީގައި އޮތް ބާލިސް މޭޭގައި ލައްކޮއްލަަމުންނެވެ. ރޭ ގިނަ ވަގުތު ނުނިދައި ހުރުމުގެ ސަބަބުން ދާނިޝްގެ ލޮލުގައި ރިއްސަމުން ދިޔައިރު އޭގެ އަސަރު ބޮލަށް ވެސް ކުރަމުން ދިއެވެ. ފޯނު ރިންގުވާ އަޑު މެދުނުކެނޑި […]
ދެވަނަ ފަހަރަށް ދޮރުގައި ޓަކިޖަހާލުމުން ސޯފާއިން ތެދުވެ ދޮރު ހުޅުވާލަން ޝިފްނާ ހިނގައިގަތެވެ. ހިސާބަކަށް ދޮރު ހުޅުވާލުމަށްފަހު ރީޝާއަށް ޝިފްނާ ބަލާލިއެވެ. ޝިފްނާ ބަލާލި ގޮތުން ރީޝާއަށް ހައިރާންކަން ލިބިގެންދިއެވެ. ޝިފްނާގެ ސަބަބުން ދޮރުމަތީީގައި ހުރި މީހަކު އޭނާއަށް ރަނގަޅަށް ނުފެންނާތީ ދޮރުމަތީީގައި ހުރީ ކާކުހޭ މަޑުމަޑުން އަހާލިއެވެ. އެ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން ޝިފްނާ އިތުރަށް ދޮރު ހުޅުވާލާފައި އެއްފަރާތަަކަށް ޖެހިލިއެވެ. އެއާއިއެކު ރީޝާ ކުރި ސުވާލުގެ ޖަވާބު އޭނާއަށް ރަނގަޅަށް ވެސް ލިބިގެން […]
ޖެހިގެން އައި ދުވަހުވެސް ހަނާޝް ހަމައަކަށް އަޅުވަން ވަސީމާއަށް އެތައް ކަމެއް ކުރަން ޖެހުނުުއިރު އެެއާއި ވިދިގެންް އައި ދުވަހުވެސް, ދާނިޝް ވެސް ބައިވެރިވި ހާލުގައި ހަނާޝް މައިތިރި ކުރެވޭޭތޯ ވަސީމާ ބެލިއެވެ. އެހެނަސް… އެކަމަށް މާބޮޑު ޙައްލެއް ނުގެނެވުނެވެ. ރީޝާ ފެންނަން ނެތުމުން އިރުއިރުކޮޅާ ހަނާޝްގެ ރުއިން ބާރުވެގެން ދެއެވެ. ލޮލުގެ ކޮއެ ފަދައިން ލޯބިވާ ދަރިފުޅުގެ މައުޞޫމް ލޮލުން ކަރުނަ އޮހޮރެމުންދާ މަންޒަރު ފެނުުމުން ދާނިޝްގެ ލޯވެސް ތެމިގެން ދެއެވެ. އެ ދަރިފުޅުގެ ރުއިމާއި ގިސްލުމުގެ […]
ގިސްލަ ގިސްލާފައި ރޮމުން ގެންދިއަ ހަނާޝްގެ ރުއިން މައިތިރި ކުރެވޭޭތޯ ވަސީމާއަށް ކުރެވުނުހާ ކަމެއް ކުރަމުން ގެންދިއެވެ. އެއްފަހަރު ކުޅޭ އެއްޗެއް ދީގެން އަނެއް ފަހަރު ޓީވީއިން އަންނަ ކޮންމެެސް ޕްރޮގްރާމެއް ދައްކައިގެން ހަނާޝްގެ ރުއިމަށް ބަދަލެއް ގެނެވޭތޯ ވަސީމާ މަސައްކަތް ކުރިއެވެ. ނަމަވެސް ވަސީމާއަކަށް އެކަން ވާގޮތެއް ނުވިއެވެ. ކުޑަ ހިނދުކޮޅަަކަށް ވެސް އެއަޑު ކެނޑިިގެެނެއް ނުދެއެވެ. ހަނާޝްއަށް ކާއެއްޗެއް ދޭން އުޅެއުޅެ އެކަމެއް ވެސް ވަސީމާއަކަށް ނުވިއެވެ. ކުރާނީ ކީއްބާއޭ އޭނާގެ ހިތަށް އެރީ […]
ފޮތުގެ ބޭރުގަނޑުގައި ފަވާލެވިފައިވާ ހަނާގެ ނަމުގައި އަތް ބީއްސާާލުމަށްފަހު ހިތުގައި އުފެދުނު ސުވާލުތަކަކާއި އެކު ހަނާގެ އެ ފޮތް ދާނިޝް ހުޅުވާލިއެވެ. މާތްﷲގެ އިސްމުފުޅުން ފަށައިފައިވާ އެ ފޮތުގެ އެންމެ ފުރަތަމަ ޞަފްޙާގައި ހަނާގެ ކުޑަކުޑަ ތަޢާރަފެެއް ލިޔެފައިއޮތެވެ. އެހެންކަމުން އެއީ ހަނާގެ ޑައިރީކަން ދާނިޝްއަށް ވިސްނުނެވެ. ހަނާގެ ތަޢާރަފަަށް ފަހުގައި ދެންއޮތީ ހަނާގެ ޢާއިލާއަށް ދިމާވި ހިތްދަތި ހާދިސާގެ ވާހަކައެވެ. ހަނާގެ ޅަފަތުގައި އޭނާގެ ބައްޕަ ނިޔާވިި ވާހަކައާއި ކިޔެވުން ނިމުނު އަހަރުގައި ހަނާގެ މަންމަ […]