Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބި ވީމޭ ސިއްރު ސިއްރުން (18

hattey Level 410 Stories100 Login100 Comments500 Login
August 18, 2018 5 Mins Read
16 Comments

ދެވަނަ ފަހަރަށް ދޮރުގައި ޓަކިޖަހާލުމުން ސޯފާއިން ތެދުވެ ދޮރު ހުޅުވާލަން ޝިފްނާ ހިނގައިގަތެވެ. ހިސާބަކަށް ދޮރު ހުޅުވާލުމަށްފަހު ރީޝާއަށް ޝިފްނާ ބަލާލިއެވެ. ޝިފްނާ ބަލާލި ގޮތުން ރީޝާއަށް ހައިރާންކަން ލިބިގެންދިއެވެ. ޝިފްނާގެ ސަބަބުން ދޮރުމަތީީގައި ހުރި މީހަކު އޭނާއަށް ރަނގަޅަށް ނުފެންނާތީ ދޮރުމަތީީގައި ހުރީ ކާކުހޭ މަޑުމަޑުން އަހާލިއެވެ. އެ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން ޝިފްނާ އިތުރަށް ދޮރު ހުޅުވާލާފައި އެއްފަރާތަަކަށް ޖެހިލިއެވެ. އެއާއިއެކު ރީޝާ ކުރި ސުވާލުގެ ޖަވާބު އޭނާއަށް ރަނގަޅަށް ވެސް ލިބިގެން ދިއެވެ. “ހަނާޝް…!” ބޭއިޚުތިޔާރުގައި ރީޝާއަށް ސޯފާއިން ތެދުވުނެވެ. ދެދުވަސް ފަހުން ހަނާޝް ފެނުމުން ބުނެދޭން ނޭނގޭ ކަހަލަ އިޙްސާސް ތަކެއް ރީޝާގެ ހިތަށް ވެރިވިއެވެ. ކުޑަކުޑަ ހަނާޝް ފެނުމާއިއެކު ދުވެފައިގޮސް ހަނާޝް އުރާލަންް ރީޝާގެ ހިތް އެނދުނެވެ. ނަމަވެސް…ދޮރުމަތީީގައި ހަނާޝް އުރާލައިގެން ހުރި ދާނިޝް ފެނުމުން ރީޝާގެ ދެފައިތިލަ މުށިތައް މަތީގައި ތަތްލި ކަހަލައެވެ. ކުރިއަށް އެންމެ ފިޔަވަޅެއް ވެސް އަޅާކަށްް އޭނާގެ ޟަމީރު އެއްބަހެއް ނުވިއެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި, މީގެ ދެދުވަސް ކުރީގެ މަންޒަރުތައް ރީޝާގެ ލޯމަތިން ސިފަވާން ފެށިއެވެ. ނަފުރަތުން ފުރިގެންވީ ހިތަކާއިއެކު ދާނިޝްގެ ދުލުން ބޭރުކުރި ވިހަގަދަ ބަސްތަކާާއި ރީޝާއަށް ކެތްކުރަން ދަތިވި ދާނިޝްގެ އަނިޔާވެރި މަންޒަރު ހަނދާނަށް އައެވެ. ހަނާޝް ފެނުމުން ލިބުނު އުފާވެރިކަމަށް އެ ހިތި ހަނދާނުން އުނިކަން ގެނުވިއެވެ. ރީޝާގެ މަޑުޖައްސާލިި ފިޔަވަޅުތައް ފެނުމުން ދާނިޝް މަޑުުމަޑުން ހަނާޝް ތިރިކޮށްލިއެވެ. މުށިތައް މަތީގައި ފައިތިލަ ޖެހުމާއިއެކު ރީޝާގެ ކައިރިއަށް ހިނގައިގަންނަން ހަނާޝް ކެތްމަދުވެފައި ހުރި ކަހަލައެވެ. އަވަސް ފިޔަވަޅު ތަކެއްގައި ގޮސް ރީޝާގެ ހިމާޔަތުގެދަށަށް ދިއުމަށް ހަނާޝް އިންތިހާއަށް ބޭނުންވެފައި ހުރި ކަހަލައެވެ. ހަނާޝްގެ އެ ހަރަކާތް ފެނިފައި ރީޝާވެސް ހަނާޝްއާއި ދިމާއަށް ހިނގައިގަތެވެ. ލޯތްބާއިއެކު ހަނާޝް އުރާލުމަށްފަހު މެޔާލައި ބޮނޑިކޮށްލިއެވެ. ދުވަހަކު ވެސް ދޫނުކުރާނަމޭ ބުނާ ކަހަލަ ގޮތަކަށެވެ. އެވަގުތު ހިތަށް ލިބުނު އުފަލާއިއެކު ލޮލުން ފޭބި ކަރުނައިން ރީޝާގެ މޫނު ތެމިގެންދިއެވެ. އެކަން ޝިފްނާއަށް ވެސް ފާހަގަ ކުރެވުނެވެ.

ކުރިމަތިން ފެންނަމުން ދިއަ މަންޒަރުން ދާނިޝްގެ ލޯ ވެސް ތެމުނެވެ. ހަނާޝްދެކެ ރީޝާ ހާދަހާ ލޯތްބެއް ވެޔޭ އެވަގުތު އޭނާގެ ހިތަށް ފުރަތަމަ ފަހަރަށް ނަމަވެސް އެރިއެވެ. “ރީޝާއާ ދުރުގަ ހުރެ އަހަރެންގެެ ދަރިފުޅުުގެ ލޮލުން ކަރުނަ އޮހޮރޭ މަންޒަރު ބަލަން ހުންނާކަށް އަހަންނަކަށް ފަސޭހައެއްނޫން…ހަނާޝްގެ ރުއިމަކަށް އެއްވެސް ބަދަލެއް އަހަންނަކަށް ނުގެނެވުނު…އެހެންވެ ރީޝާގެ ގާތަށް ހަނާޝް މިގެނައީ…މިނޫން އެހެން ގޮތެއް އަހަންނަކަށް ނުވިސްނުނު” ހަނާޝްގެ ހުރިހާ ސާމާނެއް އަޅައިފައިވާ ފޮށި ކޮޓަރި ތެރޭގައި ބަހައްޓާލުުމަށްފަހު ދާނިޝް, އޭނާގެ ނިކަމެތިކަން ހާމަކޮށްލީ ރީޝާއަށް ބަލަހައްޓައިގެން ހުރެއެވެ. “މިކަމާ ރީޝާ ނުރުހޭނަަމަ…” ބުނަން އުޅުނު އެއްޗެއް ރަނގަޅަށް ނުބުނެވުނީސް ދާނިޝްއަށް ހުއްޓާލެވުނެވެ. ރީޝާގެ ފަރާތުން ލިބޭނެ ޖަވާބެއް ނޭނގޭތީ ދާނިޝް ޖެހިލުންވާގޮތް ވިއެވެ. “ހަނާޝް ގެންނަން އެރޭވެސް އަހަރެން ބޭނުންވިި…އެކަމަކު…އެކަމަށް ދާނިޝް ހުރަސް އަޅާނެކަން އެނގޭތީ ހަނާޝް ބެހެއްޓީީ…ދާނިޝް ތި ކޮށްދިން ހެޔޮކަންތަކަށް އަހަރެން ޝުކުރު ވެރިވަން…” މޫނުމައްޗަށް އޮހޮރުނުު ކަރުނަތައް އެއްފަރާތް ކޮށްލަމުން ރީޝާ ބުނެލިއެވެ. ދާނިޝްއަށް އެކަމުން އެތައް ކަމެއް ދޭހަވިިއެވެ. ހަނާޝްދެކެ ރީޝާވާ ލޯތްބަަށް ބަދަލެއް އައިސްފައި ނުވާކަން ދޭހަވިއިރު ހަނާޝްގެ ޚިދުމަތުުގައި ހުންނަން ރީޝާ ފަސްނުޖެހޭނެކަން ދޭހަވިއެވެ. މޫނު އެއްފަރާތް ކޮށްގެންހުރި ރީޝާއަށް ދާނިޝް ބަލަންހުރީީ އޭނާގެ ކުށަށް މަޢާފަށް އެދެން ބޭނުންވެެފައިވާ ހާލުގައެވެ. އެހެނަސް…އެކަމަށް އޭނާގެ ދޫ އެއްބާރުލުމެއް ނުދިނެވެ. އެހެންކަމުން, ހަނާޝްްއަށް ރީޝާގެ ފުރިހަމަ ލޯތްބާއި އޯގާތެރިކަން ކުރިންވެސް ލިބުނުގޮތަށް ދެންވެސް ލިބޭނެ ކަމުުގެ ފުރިހަމަ ޔަޤީންކަން އޮތް ހާލުގައި ހިތްހަމަޖެހިލައިގެން ހުރެ އެގެއިން ނިކުމެ ދާނިޝް އޭނާގެ ސައިކަލަަށް އަރައި ދުއްވާލިއެވެ.

“ކޮބާ މިހާރު ހަނާޝް…؟ ހަމައަކަށް އެޅިއްޖެތަ…؟” އާންމުކޮށް ވަންނަ ހޮޓަލަށްވަދެ ހުސް މޭޒެއް ދޮށުގައި ހުރި ގޮނޑިއެއް ދަމާލައިފައި އޭގައި އިށީންނަަމުން ކޮފީއަކަށް އޯޑަރު ދިނުމަށްފަހު ދާނިޝްއާއި އަޒީލް ސުވާލު ކޮށްލިއެވެ. އަޒީލް ފަދައިން ދާނިޝް ވެސް އެ މޭޒުދޮށުގައި ހުރި ގޮނޑިއެއްގައި އިށީނެވެ. “ހީވަނީ…މިހާރު ހަނާޝް ހުންނާނީ ވަރަށް އުފަލުންހެން…” ގޮނޑީގައި ހަމަޖެހިލަމުން ދާނިޝް ބުނެލިއެވެ. “އެހެންތަ…؟ އެކަމަކު…އެއީ ކިހިނެއް…؟ އަނެއްކާ ކޮޓަރި ފުރޭވަރަށް އެސޮރަަށް ކުޅޭސާމާނު ގަނެދިނީތަ…؟” އެކަން ޤަބޫލު ނުކުރެވޭ ހާލުގައި އަޒީލް އަހާލިއެވެ. ފާއިތުވި ދެ ދުވަހުގެ ތެރޭގައި ހަނާޝްގެ ރުއިމުގެ އަޑު އަޒީލްގެ ކަންފަތުގައިވެސް ވަނީ ޖެހިފައެވެ. އެ ރުއިމަށް ބަދަލެއް ނައިސް އެތައް އިރަކު ކަރުނަ އަޅައި ހުރި މަންޒަރު އަޒީލް ވެސް ދެކިފައިވިއެވެ. “ނޫނޭ…ތިހެން ކަންތައް ކުރިއަސް އެނގޭ ހަނާޝްގެ ރުއިމަށް ބަދަލެއް ނާންނާނެކަން…މިއައީ ހަނާޝް ރީޝާގެ ގާތަށް ލާފަ…އެނޫން ގޮތެެއް އަހަންނަކަށް ނުވިސްނުނު…” ލުއި ހިނިތުންވުމަކާއި އެކު ދާނިޝް ބުނެލިއެވެ. “ތިހެދީ ހަމަ އެންމެ ރަނގަގޮތް…އެހެންނޫންނަމަ އެސޮރު ރޮއެރޮއެ ހާންތިވިސް…މަށަށް ޔަޤީން ހަނާޝްއާއި ދުރުގަ ހުންނަން ޖެހުނީމަ ރީޝާގެ ލޮލުންވެސްް ކަރުނަ ނުހިކޭނެކަން…އެކަމަކު…މިހާރު ހުންނާނީ ވަރަށް އުފަލުން…ދާނިޝްގެ ތި ނިންމުން ހަމަ ވަރަށް ރަނގަޅު…އަހަރެންް ވަރަށް އުފާވެއްޖެ..” ދާނިޝްގެ ހެޔޮ ނިންމުމުން އަޒީލްގެ މޫނުމައްޗަށް އުފާވެރިކަން ވެރިވިއެވެ. ހިތަށް ފިނިކަމެއް ލިބިގެންދިއަ ކަހަލައެވެ. އެކަން ދާނިޝް ފާހަގަ ކޮށްލިއެވެ. ދާނިޝް ފަދައިން އޭނާގެ އެކުވެރިޔާ ވެސް އޭނާގެ ދަރިފުޅާާއިމެދު ވިސްނާކަށް އިޙްސާސް ވުމުން ދާނިޝްއަށް ހިނިތުން ވެވުނެވެ. އެއިރު ދާނިޝްގެ ނުތަނަވަސް ވެެފައިވާ ހިތަށް ކޮންމެވެސް ވަރަކަށް ވަނީ ހަމަޖެހުން ލިބިފައެވެ. ވިސްނާ ވިސްނާ ސުމަކަށް ދާވަރުވި އޭނާގެ ސިކުނޑިއަށް ލުޔެއް ލިބިފައިިވިއެވެ.

“އެނގޭތަ…؟ މިއަދު ހަމަ ކިރިޔާ ސަލާމަތްވީ… ޝިފްނާ ކުރި ސުވާލަކުން މޭފަޅާފައި ހިތް ނިކުންނަވަރުވި…ހާދަ ދޮގެއްވެސް ހެދުނޭ… އެހެންނޫންނަމަ…މިއަދު މަަށަކަށް ސަލާމަތެެއް ނުވެވުނީސް…” އަޒީލްމެންގެ އޯޑަރަަށް ގެނައި ދެތަށި ކޮފީ މޭޒުމަތީގައި ބައިންދާލާފައި ވޭޓަރ ދިއުމުން މީގެ އިރުކޮޅެއް ކުރީގައި ހިނގައިދިޔަ ކަންތަކުގެ ވާހަކަ އަޒީލް ފެށިއެވެ. ނޭނގި ހުއްޓައި ހިތް ސިއްސުވައިލިި ސުވާލެއް ޝިފްނާ ކުރި ވާހަކަ ބުނެލިއެވެ. “އެއީ އަނެއްކާ ކޮންކަހަލަ ސުވާލެއް…؟ އަޒީލް ބިރުން މަރުވާވަރުކުރި ތި ސުވާލެއް ބުނެބަލަ…” ކޮފީތައްޓަށް ހަކުރު ޕެކެޓެެއް އަޅާފައި ގިރާލަމުން ޝިފްނާ ކުރި ސުވާލު ބުނުމަށް ދާނިޝް އެދުނެވެ. “ނުހާ އަކީ ކާކު…؟” ޝިފްނާ ސުވާލު ކޮށްލި ގޮތަށް އަޒީލް ބުނެލިއެވެ. އަޑުގައި ބާރުލާފައި އަޒީލް އެހެން ބުނުމުން ދާނިޝް ހައިރާންވިއެވެ. ވާނުވާ ނޭނގިފައި އިރުކޮޅަކު އަޒީލްއަށް ބަލަހައްޓައިގެން ދާނިޝް އިނެވެ. “އެއީ ޝިފްނާ ކުރި ސުވާލު… މަށަށް ހީވީ މޫނުމަތީގަ ބާރުލާފަ ޖެހިހެން… ހިތްވެސް ހީވީ މޭފަޅާފަ ނިކުތްހެން…ކޮން ނުހާއެއްހޭ އަހާލާފަ, އެއްވެސް ނުހާއެއް އަހަރެންް ނުދަންނަ ކަމަށް ބުނިން…ކިހިނެއް އެއްބަސް ވާނީ…؟ މަށަށް އެނގޭ ނުހާއަކީ މަގޭ ލޯބިވެރިއެކޭ ބުނިނަމަ ހަމަ އެހިސާބުން ޝިފްނާ މަށާ ވަކިވާނެެކަން…އެހެންވެ ދޮގުތަކެއް ހަދާފަ ނުހާގެ ވާހަކަ އޮއްބާލީ…” އެވަގުތު ކަންތައް ކުރިގޮތުގެ ތަފުސީލު ދާނިޝްއާއި އަޒީލް ޙިއްޞާ ކޮށްލިއެވެ. “އަހަރެން ބުނީމެއްނު އޭރުވެސް…ޝިފްނާއަށް ހުރިހާ ޙަޤީޤަތެެއް ކިޔައިދޭށޭ…އޮޅުމެއްގެ ތެރޭގަ ޝިފްނާ ނުބަހައްޓައި ރަނގަޅަށް ހުރިހާ ވާހަކައެއް ކުރިން ކިޔައިދިންނަމަ ތިގޮތަށް ތެޅިފޮޅޭޭކަށް ނުޖެހުނީހޭ…އަދިވެސް އަޒީލް ތި މަސައްކަތްް ކުރަނީ ދޮގުތަކެއް ހަދައިގެން ތިކަން ފޮރުވަން… ޙަޤީޤަތާާއި ކުރިމަތިލާނެ ހިތްވަރެއް ނެތީތަ…އަޒީލް ހަމަ އެހާ ފިނޑިތަ…؟” އަޒީލް ކަންތައް ކުރި ގޮތުން ދާނިޝް ހިތްހަމަ ނުޖެހުނެވެ. ޝިފްނާ ގާތުގައި ދޮގުތަކެއް ހަދައިގެން އެލޯބި ކުރިއަށް ގެންދަން އެންމެ ކުރިންވެސް ދާނިޝް ދެކޮޅު ހެދިއެވެ. އެގޮތަށް ކަންތައް ނުކުރުމަށް އޭރުވެސް އަޒީލް ގާތުގައި ދާނިޝް އެދުނެވެ. “ބައެއްފަހަރު ހިތަށްއަރާ ބުނަންވީއޭ…އެކަމަކު…އޭގެ ސަބަބުން ރުޅިއައިސްގެން ޝިފްނާ އަހަންނާ ވަކިވެދާނެތީ ޖެހިލުންވަނީ…” އަޒީލް އޭނާގެ ނާޒުކު ހިތުގެ ހާލު ބަޔާން ކޮށްލިއެވެ. “އެކަމަކު ތީކީ ރަނގަޅުު ގޮތެއް ނޫން…އަޒީލް ޖެހޭނީ ޝިފްނާ ގާތު ޙަޤީޤަތަަށް ހުރިހާ ވާހަކައެއް ކިޔައިދޭން…އެހެންނޫނީ ފަހުން ކަންތައް މާ ގޯސްވެދާނެ…” އަޒީލްއަށް ވިސްނައިދޭން ދާނިޝް މަސައްކަތް ކޮށްލިއެވެ. “ދެން ތިކަމާ ވިސްނާނަމޭ…ޝިފްނާއަށް ޙަޤީޤަތް ކިޔައިދޭން އަހަރެން މަސައްކަތް ކުރާނަން… އެކަމަކު..މިވަގުތަކުު ނޫން…ތަންކޮޅެެއް ފަހުން..” ޝިފްނާއަށް ސިއްރުވެފައިވާ އަޒީލްގެ ލޯބީގެ ފަލްސަފާ, ކޮންމެެސް ދުވަހަކުން ޝިފްނާއަށް ކިޔައިދޭނެ ކަމަށް އަޒީލް އެއްބަސްވިއެވެ. ވިސްނާނުލާ ހިތް ކިޔާލި ކޮންމެ އަންހެން ކުއްޖެއްގެ ފަހަތުން އުޅެވުނީތީ އެކަމާއިމެދު އަޒީލް އޭނާގެ އަމިއްލަ ނަފްސަށް ނުރުހުން ފާޅުކުރިއެވެެ. އެހެން ނުވިނަމައޭ އޭނާގެ ހިތަަށް އެރިއެވެ. އެހެނަސް…ކުރާނީ ކީއްހެއްޔެވެ.؟ ނަމަ އަކީ ނަމައެވެ. މިއީ ދުނިޔޭގެެ ހަމައެވެ. ނަމައަކުން ކެކޭނެ ރިހައެއް ނޯންނާނެތާއެވެ.

ހަމަހިމޭންކަން ވެރިވެފައި އޮތް ގޭތެރޭގެ މާޙައުލު ހަނާޝްގެ ސަބަބުން ހަލަބޮލި ވެފައިވިއެވެ. މާޔޫސްކަން ވެރިވި ރީޝާގެ މޫނުމަތީގައި މިހާރު ފެންނަން ހުރީ އުޖާލާކަމެވެ. ހިތްހަމަޖެހުމެވެ. ނާއުއްމީދުން ފުރުނު ހިތުގައި އުއްމީދުގެ ހުޅުކޮޅެއް ދިއްލިގެން މުޅިހަޔާތް ރޯޝަން ކޮށްލި ކަހަލައެވެ. ރީޝާގެ ކޮއްކޮ ރައީޝް ކުރަމުން ގެންދިއަ ސަމާސާގެ ސަބަބުން ހަނާޝްގެ ހުނުމުގެ އަޑު މެދުނުކެނޑި އިވެމުން ދިއެެވެ. ކޮޓަރި ތެރޭގައި ތިބެ އެ ކުޑަ ދެކުދިންގެ ސަކަރާތް ޖެހުމަށް ހިނިތުންވެގެން ހުރެ ބަލަން ރީޝާ ހުރިއިރު އޭނާގެ ކައިރީގައި ޝިފްނާ ވެސް ހުރިކަން ހަނދާން ނެތުނު ކަހަލައެވެ. “ރީޝާާގެ ކައިރިއަށް އާދެވުނީމަ ހަނާޝް އެހުރީ ވަރަށް ހިތްހަމަޖެހިފަ…ރީޝާދެކެ ހާދަ ލޯތްބެއް ހަނާޝް ވެޔޭ ދޯ…” އުފަލާއިއެކު ހެމުން ހެމުން ގެންދިއަ ހަނާޝްއަށް ބަލާލައިފައި ރީޝާއަށް ބަލާލަމުން ޝިފްނާ ބުނެލިއެވެ. އޭގެ ޖަވާބު ވަރަށް ވެސް ސާފު އެހެންނޫންތޯއެވެެ. ގިސްލަގިސްލާފައި ރޮއެހެދި ހަނާޝްގެ ރުއިމާއި ކަރުނަތައް ވަޔަަށް ބުރައިގެން ދިއަ ގޮތް މީހަކަށް ޚިޔާލަށް ވެސް ނުގެނެވޭނެކަން ޔަޤީނެވެ. އެހާވެސް އަވަހެވެ. ހުރިހާ ޝުކުރެއް ޙައްޤު ވަނީ ރީޝާއަށެވެ. އޭގައި ކުޑަވެސް ޝައްކެއް ނެތެވެ.

ގަޑިން ދިހައެއް ޖެހީ ދާނިޝް ކޮޓަރިިއަށް ވަދެ އެއްޗެހި ބަދަލުކޮށްލައި ހަދައިލައިގެން ނިދަން އޮށޯތް ވަގުތުގައެވެ. ފިކުރުތަކާއި ޚިޔާލު ތަކުން އެއްކިބާވެ ހުރެ ނިދާލަން ހިތުގައި އޮތުމުން އެނދުގައި އޮށޯޯވެ ރަނގަޅަށް ދެފައި ދަމާލިއެވެ. އެއަށްފަހު މަޑުމަޑުން ލޯމަރާލިިއެވެ. އެހެނަސް.. އެގޮތުގައި ފާއިތުވީީ ހިނދުކޮޅެކެވެ. އެނދުގައި އޮވެފައި ކުއްލިއަކަށް ދާނިޝް ތެދުވިއެވެ. ހިތަށް ވެރިވި ނުތަނަވަސް ކަމެއްގެ ސަބަބުންނެވެ. އެނދަށް ރަނގަޅަށް ނަޒަރު ހިންގާލުމުން ފުރާނަފަދައިން ލޯބިވާ ދަރިފުޅު ފެންނަން ނެތުމުން ދާނިޝްގެ ހިތް ނުތަނަވަސް ވިއެވެ. ހަނާޝްގެ ހަނދާންތައް އާވެގެން ދިއަ ވަގުތު އެނދުން ތެދުވެ ކޮޓަރީގެ ކުޑަދޮރު ކައިރިއަށް ދާނިޝް ހިނގައިގަތެވެ. މަޑުމަޑުން ކުޑަދޮރުގެ ބިއްލޫރިގަނޑު އެއްފަރާތަަކަށް ކަހާލުމަށްފަހު ފުން ނޭވާއެއް ދޫކޮށްލިިއެވެ. ހަނާޝްގެ ހަނދާންތައް ސިކުނޑީީގައި އެނބުރެން ފެށިއިރުު ރީޝާގެ ހަނދާންތައް އެ ސިކުނޑީީގައި ނުފިލައި ހުއްޓެވެ. ރީޝާގެ ޙަޤީޤަތް ހާމަވެގެންދިއަަ ވަގުތުކޮޅުން ފެށިގެން, ދާނިޝްގެ ހިތުގައި ރީޝާއަށްޓަކައި އުފެދުނު ނަފުރަތުގެ އަލިފާން ވަނީ ނިވިފައެވެ. އެހިތުގައި އުފެދުނު ކިލަނބުކަން ނެތި އެ ހިތްވަނީ ސާފު ވެފައެވެ. އެހެނަސް ހިތާމައަކީ ދާނިޝްއަށް އޭނާގެ ހިތުގެ ހާލު ބަޔާންކުރަން ނުކެރުނު ކަމެވެ. ދެވަނަ ފަހަރަށްވެސް ދާނިޝްގެ ޙަޔާތައް ރީޝާ ގެންނަން އޭނާގެ ހިތް އެދި ގޮވަމުންދިއެވެ. ނަމަވެސް…އެ ޙަޔާތައް ދެވަނަ ފަހަރަށް ރީޝާ ގެންނާނީ ކިހިނެއްބާއޭ އޭނާގެ އަމިއްލަ ނަފުސާާއި ސުވާލުކުރަން ފެށިއެވެ. އެހެނަސް…އޭގެ ޖަވާބު ވިސްނައިގަތުމުުގެ ތަނަވަސްކަން ދާނިޝްގެ ސިކުނޑިއަށް ލިބިފައި ނުވާކަހަލައެވެ.

 

 

 

Share Article

Follow Me Written By

hattey

Level 410 Stories100 Login100 Comments500 Login

Other Articles

Previous

ރާސްތާ 28

Next

ލޯތްބަކީ 7

Next
August 18, 2018

ލޯތްބަކީ 7

Previews
August 18, 2018

ރާސްތާ 28

16 Comments!

  1. minion says:
    August 18, 2018 at 3:58 pm

    awwn! reethi? thihaa busy koh ulhemun wes waahaka up kuraathy warah happy aslu? good luck dear writer?

    1. hattey says:
      August 20, 2018 at 8:46 am

      Thanks minion dhooni

  2. minion says:
    August 18, 2018 at 3:59 pm

    yayy me first?

    1. hattey says:
      August 20, 2018 at 8:48 am

      Yeah…?

  3. Aisha says:
    August 18, 2018 at 4:08 pm

    V reethi mi part vx….next part kn irakun….??????

    1. hattey says:
      August 20, 2018 at 8:49 am

      Thanks aisha…liyevunuhaa avahakah next part up kohladheynan

  4. Xuam says:
    August 18, 2018 at 4:32 pm

    Maasha ahlla…. varah varah varah reethi…. waiting….

    1. hattey says:
      August 20, 2018 at 8:51 am

      Thank you xuam….?

  5. Neen says:
    August 18, 2018 at 4:44 pm

    Varah reethi ???mi part vexx ??heart brok??vaa khala ?than kolheh aay mi part ga n v v v reethi. keep it up ????

    1. hattey says:
      August 20, 2018 at 8:54 am

      Thank you neen…???

  6. Hajja says:
    August 18, 2018 at 10:23 pm

    Haadha lahun up kuree.. komme dhuvahaku up vi tho beley.. alhe next part avas kohdhehchey..

    1. hattey says:
      August 20, 2018 at 8:59 am

      Vaahaka upload kurun las kurevunythy maafah edhen…v ufaavehje mi vaahaka ah inthixaaru kuraakan en’gunyma… In sha allah… I’ll try.

  7. heelhi says:
    August 19, 2018 at 11:59 am

    mibaives haadha kury . hafthaa aku dedhuvahu up koh denveenu. mie v. bodhu edhumeh.

    1. hattey says:
      August 20, 2018 at 9:04 am

      Busy dhuvaskolheh vma parts thah dhigukoh nuliyevenee…fahun rangalhu vaane…

  8. Kanbulo says:
    August 24, 2018 at 10:30 pm

    kobaatha vaahaka haadha lahey

  9. Ainth says:
    August 26, 2018 at 9:48 pm

    Vaahaka dhn update vaaney kondhuvahakun tho!!!!

Comments are closed.


All Right Reserved!