ހެނދުނު….8 ޖެހީއެވެ… އަހަރެން އޮތީ ސޯފައިގައި އޮށިންވެލާގެން ނިއަލް އާ ފޯނުން މާފޮޅުވާށެވެ.. ކުއްލިއަކައް އަހަރެން ސިހުނީ.. ލާމީ މާޝާ އުރައިލައިގެން ލާމީގެ ކޮޓަރިން ނިކުތް ތަން ފެނިގެނެވެ.. އެމީހުނައް އަހަރެން ފެނުމުގެ ކުރިން ސޯފާގެ އަނެއްފަރާތައް ގޮސް ފިލީމެވެ.. އަހަރެން ވަގުތުން ނިއަލް އާ ވޯޑިއޯ ކޯލް ކޮއްލީމެވެ.. ވަގުވަގައް އެ ދެމީހުން ކުރާ ކަންތައް ބަލަން އަހަރެން އިނީމެވެ.. “އޭ ލާމީ.. ދެން އަހަރެން ބަހައްޓަބަލަ.. ހިނގޭނެޔޭ.. ލާރާ ނިކުމެއްޖިއްޔާ ކީކޭ ހިތައް އަރާނީވެސް”…”ދޮންތަ.. […]
“އަހަ އަހަ.. އަހަރެންނައް ވެސް ފެންނަނީ މިދެމީހުން ކައިވެނި ކުރުވަން..” ނިއަލް އާ ދިމަލައް.. ބަލާލަމުން އަހަރެން ބުނެލީމެވެ.. “އެހެންވީރު.. ރާރާ އަހަރެންނާ ކައިވެނި ކުރާނީ ކޮންއިރަކު..”…..”ދެން!! އަދި ނެތެއްނު ނުވެފައެއް..”.. އެއްވެސް ފިކުރެއް ނެތި އުފާވެރި ދުވަސްތަކެއް އަހަރެމެން ގުނަމުން ދިޔައީ ކުރިއަށް އަންނަން އޮތް ބޮޑު މުސީބާތަކާ މެދު ވިސްނާވެސް ނުލައެވެ………………. އާދުވަހަކައް އިރު އަރައިފިއެވެ.. އަހަރެން ތައްޔާރުވެލައިގެން އޮފީހައް ދިޔައީމެވެ.. ހަމަޖެހިލައިގެން އިންދާ މާހާ ދުވެފައި ކަހަލަ ގޮތަކައް އައިސް އަހަރެންގެ އޮފީސް […]
އަހަރެން އައުމުން ހިޝާމް ދާން ހިނގާށޭ ބުނެލިއެވެ.. ނިއަލް މެން ތިބި މޭޒާ އާރާހަމަވުމުން.. ހިޝާމް އަހަރެންގެ އުނގަނޑުގައި އަތް ވަށާލިއެވެ.. ނިއަލް އަތް.. މުއްކައްވާލި ތަން ފެނުމުން ހިޝާމްގެ ތުންފަތައް ވެރިވީ ކާމިޔާބީ ހިނިތުންވުމެކެވެ…….. “ލާރާ ޑޯންޓް ބީ ސޭޑް.. ހިނގާބަލަ އަހަރެންނާއެކު ތަނަކައް ގޮސްލަން.. އޭރުން ތި މޫޑު އެއްކޮއް ރަނގަޅުވެދާނެ”…”ކޮންތާކައް؟؟”…”ދިޔައީމަ އިނގޭނެ”…އަހަރެންނާ ހިޝާމް ރެސްޓޯރެންޓުން ނިކުންނަނިކޮއް އެހެން ދިޔަ ވެއިޓަރެއްގައި ޖެހި އަހަރެން ވެއްޓުނެވެ.. “ކަލޭ ދެލޯ ނެތީތަ؟”.. ހިޝާމް ރުޅިގަދަވިއެވެ…”ސޮރީ ދައްތާ”.. […]
“ނިއަލޫލޫ ތިހީކުރާ ކަހަލަ ކަމެއް ނުނޭ އެއީ.. އެކަމުވެސް ސިނގެރޭޓު ބޮއެގެނެއް ނުވާނު..” އަހަރެން ރޫމް666 ގެ ވާހަކަ ނިއަލް އަށް އެއްކޮއް ކިޔާދިނީމެވެ..ނިއަލް އަދިވެސް ހުރީމޫޑު ގޯސްވެފައެވެ.. “ލުކް ނިއަލް އައިއެމް އޮންލީ ޔުއާސް..”…”ލާރާ ގައިގަ އެހެން މީހެއް ބީހިލަންވެސް އަހަރެން ނޭދެން…”…”ދެން އެކަހަލަ ކަމެއް ނުވާނެ ސޮރީ”…. އަހަރެން ގޮސް ނިއަލް ގައިގައި ބައްދާލީމެވެ… ނިއަލް އަހަރެންގެ ތުންފަތައް ބޮސް ދޭން ފެށިއެވެ… ޖެހެމުންދިޔަ ފިނިވައިރޯޅިތަކުން ހީބިހި ނަގާވަރުވެއެވެ.. “އަހަރެން ހީއެއްނުކުރަން ތިއީ އެހާ […]
“އަހަ އަހަ ބަލަ ރީތި އެއްޗިސްސައް ބެލުމަކީ މައްސަލައެއްތަ؟؟ ޖެކެޓުބޭލީ ރާރާ އަމިއަލް އަކަންނު .. ލައިގެން ހުރި ކުޑަ ކުޑަ ތުނި ތުނި ޓޮޕްކޮޅު ދައްކަން”… އަހަރެން ނިއަލް އާ ދިމަލައް ލޯ އަޅާލީމެވެ.. “އަސްލު މިހެން މިބުނީ އަހަރެން މީ ބޭކާރު މީހެއްވީމަ”…. ނިއަލް އަހަރެންގެ ތުންފަތައް ބޮސްދޭންފެށިއެވެ.. އެހެންގޮސް ނިއަލް އަހަރެންގެ ކޮލުގައި ދަތް އެޅިއެވެ.. އަހަރެން ނިއަލްގެ މޫނުގާ ހިފާދުރުކޮއްލީމެވެ…. “އެއީ ގަސްތުގަ ބުނެވުނު އެއްޗެއް ނޫނޭ.. ލާރާ ތީ އަހަރެންގެ […]
އަހަރެން ގޮސް ސޯފައިގައި ނިދަން އޮށޯތީމެވެ. އަހަރެންނަށް ކުއްލިއަކަށް ދެލޯ ހުޅުވާލެވުނެވެ. ނިއަލް އޮތީ އަހަރެންނާދިމާލަށް ބަލާށެވެ. އަނގައިން ބަހެއް ބުނުމެއްނެތިއެވެ. އަހަރެން އަދިވެސްހުރީ ނިދިބުރާންތި ކާފައެވެ. އަހަރެން ނިއަލްގެ ގައިމައްޗައްއެރީމެވެ. މަޑުމަޑުން ނިއަލްގެމޫނާ ކައިރިވަމުން ދިޔައީމެވެ. “ރާރާ ކީއްތިކު..” ނިއަލް ބުނަމުންދިަޔެވެ.. “ޝޫ..” މީ އަހަރެންނަށް ފެންނަ ހުވަފެނެއް.. އެހެންވީމަ އަހަރެންގެ ހުވަފެނުގައި އެހެންމީހުން ވާހަކައެއްނުދައްކާނެ. “ނިއަލްގެ ތުންފަތުގައި ޝަހާދަތްއިނގިލި ޖައްސާލަމުންބުނެލީމެވެ. މާބޮޑު ވިސްނުމެއްނެތި އަހަރެން ނިއަލްގެ ތުންފަތަށް ބޮސްދޭން ފެށީމެވެ… ނިއަލް ވެސް ފުރިހަމައަށް […]
ބަދިގޭގައި ކައްކަން އުޅެނިކޮއް އަހަރެންގެ އަތް ކަނޑައިގެން ދިއުމުން ބޭސްމަލަން ކޮޅެއް ގަންނަން އަހަރެންް ކްލިނިކް އަށް ދިޔައީމެވެ.. ޑޮކްޓާރ ފެނުމުން .. ނިއަލްގެ އަތް ރަނގަޅުވާނީ ކިހާ ދުވަހަކުންތޯ އެހީމެވެ.. “ނިއަލްގެ އަތަކަށް ނުވެޔޭ މާބޮޑުކަމެއް.. ހަމައެކަނި ކުޑަކޮއް ދުޅަވެފަ އިނީ..”…”ދެން ކީއްވެތޯ މުޅިއަތުގަ ބެންޑޭޖް އަޅައިގެން އެއުޅެނީ”…”ޑޮކްޓާރ ބުނިން ނިއަލް ގާތު ބެންޑޭޖް އަޅާކަށް ނުޖެހޭނެޔޭ.. ބެންޑޭޖް އަޅާދޭށޭ ކިޔާފަ ނިއަލް އާދޭސް ކުރަން ފެށީމަ އަޅާދިނީ..” ކްލިނިކުން ނިކުތް އިރު އަހަރެން ހުރީ […]
އަަހަރެން ބަދިގެއަށް ވަދެ ޖޫސްތަށި ހަދަން ފެށީމެވެ… ހަކުރުގެ ބަދަލު 5 ސަމްސާ ލޮނާ.. އަސޭމިރުސް ކޮޅަކާ ރީނދޫ ކޮޅެއް އަޅައިގެން ގިރާލީމެވެ tienda… “އަހަރެން އެހާ މޮޅެއް ނުވާނެ ޖޫސް ގިރާކަށް.. މީ އަހަރެން ގިރި ފުރަތަމަ ޖޫސް ތަށި..ވަރަށް ލޯބިން ގިރީވެސް.. ހުސްކުރައްޗޭ..” ނިއަލް އަތަށް ޖޫސްތަށި ދީފައި އަހަރެން ދުވެފައި ގޮސް ކޮޓަރިއަށް ވަނީމެވެ.. ނިއަލް އަށް ފެލަން ވަންނާނީ ކޮންތާކަށް ތޯ އަހަރެން ވިސްނާލީމެވެ… އެއްޗިސް ބަދަލު ކޮއްގެން މަޑު މަޑުން […]
އަހަރެން ގޮސް ފްލައިޓއަށް އަރާ އަހަރެންގެ ސީޓުގައި އިށީންދެލީމެވެ.. އިރުކޮޅެއްނުވެ ނިއަލް އަރާ އަހަރެންނާ ދިމާލަށް ބަލާފައި އެއްލޯމަރާލިއެވެ.. އަހަރެން ވަގުތުން އަނެއްފަރާތަށް މޫނު އަނބުރާލީމެވެ.. އިރުކޮޅެއްނުވެ ނިއަލް އައިސް އަހަރެން ކާރީ އިން ސީޓުގައި އިށިންނިއެވެ.. “ޕިސް ޕިސް މިތަން ނޫން އެހެން ތަނެއް ނުލިބުނީތަ އިށިންނަން.. އެހެން ސީޓަކަށް ދޭ” އަހަރެން މަޑުމަޑުން ނަމަވެސް ހަރުކަށިކޮއް ބުނެލީމެވެ.. ނިއަލް އަހަރެންނަށް ޓިކެޓް ކަރުދާސް ކޮޅުގައި އިން ސީޓްނަންބަރު ދައްކާލާފައި ދެ ކޮނޑުއަރުވާލިއެވެ.. ރުޅިއަރައިގެން ގޮސް […]