Skip to content
އެސްފިޔަ

ތީ އޭ އުފަލަކީ…(5)

އަހަރެން ގޮސް ސޯފައިގައި ނިދަން އޮށޯތީމެވެ. އަހަރެންނަށް ކުއްލިއަކަށް ދެލޯ ހުޅުވާލެވުނެވެ. ނިއަލް އޮތީ އަހަރެންނާދިމާލަށް ބަލާށެވެ. އަނގައިން ބަހެއް ބުނުމެއްނެތިއެވެ. އަހަރެން އަދިވެސްހުރީ ނިދިބުރާންތި ކާފައެވެ. އަހަރެން ނިއަލްގެ ގައިމައްޗައްއެރީމެވެ. މަޑުމަޑުން ނިއަލްގެމޫނާ ކައިރިވަމުން ދިޔައީމެވެ. “ރާރާ ކީއްތިކު..” ނިއަލް ބުނަމުންދިަޔެވެ..  “ޝޫ..” މީ އަހަރެންނަށް ފެންނަ ހުވަފެނެއް.. އެހެންވީމަ އަހަރެންގެ ހުވަފެނުގައި އެހެންމީހުން ވާހަކައެއްނުދައްކާނެ. “ނިއަލްގެ ތުންފަތުގައި ޝަހާދަތްއިނގިލި ޖައްސާލަމުންބުނެލީމެވެ. މާބޮޑު ވިސްނުމެއްނެތި އަހަރެން ނިއަލްގެ ތުންފަތަށް ބޮސްދޭން ފެށީމެވެ… ނިއަލް ވެސް ފުރިހަމައަށް ބައިވެރިވިއެވެ .. ނިއަލް ފާޑަކަށް އަހަރެންގެ ކަރުގައި ދަތްއެޅުމުން އަހަރެންނަށް ހަޅޭލަވައިގަނެވުނެވެ.. މިއީ ހުވަފެނެއް ނޫން ކަން އަހަރެންނަށް ރޭކާލީދެނެވެ.. ތަދުވިވަރުން ފައިން ޖަހާ ނިއަލް އެނދުން ބޭރަށް ކޮއްޕާލެވުނެވެ.. “ޕިސް ޕިސް މީހުން ތަންތަނުން ވައްޓާލުމަކީ ރާރާ މާ ކުރާހިއްވާކަމަކީތަ؟؟ ނޫނީ ޕޮލިސް މަތީމަގާމެއްގަ ހުރެވުނީމަ މޮޅުއަރުވަނީތަ؟؟” ނިއަލް ވެއްޓުނުގޮތުން ފައިގެ ކަކުލައް ތަދުވިއެވެ.. “ނު.. ނޫން.. ނިއަ.ލް ދަތް އެޅީ..ޅީމަ.”..”އަދި އަހަރެންތަ ގޯސްމިވީ ކާކުތަ އައިސް އަހަރެންގަޔަށް އަރައިގަތީ .. ހުވަފެނެކޯ ކިޔާފަ”.. ނިއަލްގެ އަޑުބާރުވިއެވެ.. ނަމަވެސް އަހަރެންނާ ދިމާލަށް ބަލައިވެސް ނުލައެވެ.. ނިއަލް ކާރީ މާފަށް އެދެން އުޅެނިކޮއް ނިއަލް ބަހެއް ނުބުނެ ކޮޓަރިން ނިކުމެގެން ދިޔައެވެ.. ކުރެވުނު ކަމުގެ މޮޔަހިތައްއެރިއެވެ.. އެއަށްވުރެ ބޮޑަށް ނިއަލް ރުޅިއައުމުން އެކަމާ ދެރަވިއެވެ.. ނިއަލް އަހަރެން އިގްނޯ ކުރަން ފެށިއެވެ.. ކޮންމެހެން ބުނަން ޖެހޭ ވާހަކައެއްނޫނީ ނުބުނެއެވެ.. އަބަދުވެސް ބަލަނީ އަހަރެން ނުފެންނަ ހިސާބެއްގަ ހުރެވޭތޯއެވެ.. ނިއަލް ހުންނަ ތާކަށް އަހަރެން ދިޔަސް އެތަނުން ދެއެވެ.. މިކަމުން އެންމެ އުނދަގޫވީ އަހަރެންނަށެވެ… އެވަރުގެ ކުޑަކަމަކާހެދި ނިއަލް ރުޅިއަންނާކަށް ނުޖެހެއެވެ.. އަހަރެން ނިންމީ ނިއަލް އާ ވާހަކަދައްކާށެވެ..

ހަވީރުގެ ވަގުތެވެ.. ނިއަލް ގެއަކު ނޫޅެއެވެ… ދިޔަތަނެއްވެސް ނޭނގެއެވެ.. ކޮޓަރީތަޅުލުމައްފަހު އަހަރެން ފެންވަރަން ވަނީމެވެ.. ހަމައެކަނި ތުވާލިކޮޅެއް އަނދެގެން އަހަރެން ފާހަނައިން ނުކިތީމެވެ.. އަހަރެންނަށް ހަޅޭލަވައިގަނެވުނީ އެނދުގައި އިށީނދެގެން ފޯނާކުޅެން އިން ނިއަލް ފެނިފައެވެ.. ނިއަލް ބަލާވެސް ނުލައެވެ.. ހަމަ އިން ގޮތައް ފޯނައް ގެއްލިފައިނީއެވެ.. އަހަރެންގެ ކެއްތެރިކަން ކޮޅުންލިއެވެ.. އަހަރެން ގޮސް ނިއަލްގެ ކުރިމައްޗައްއެރީމެވެ.. އަހަރެންނަށް ހުރެވުނީ ހަމައެކަނި ތުވާލިކޮޅެއް އަނދެގެން ކަންވެސް އަހަރެން ހަނދާންނެތުނެވެ.. “ނިއަލްލްލްލްލްލް”…ނިއަލް އަނގައިން ނުބުނެ އިނެވެ.. “ބަލަ ނިއަލް ބީރީތަ؟؟ ނޫނީ ބީރުކަމަށް ހެދެނީތަ؟؟؟ ނޫނީ ބީރުމީހަކަށް ހަދާދޭންވީތަ؟؟”.. އަހަރެން ހުރީ ރުޅިއަރާ ރަތްވެފައެވެ.. “ނިއަލް އެއްވެސް އެއްޗެކޭ ބުނުމެއްނެތި ކޮޓަރިން ނިކުންނަށް އުޅުނެވެ.. އަހަރެންގޮސް ދޮރުގައި ބޯވައެއްހެން ތަތްވީމެވެ.. “ނިކަން މި ދޮރުން ނިކުމެބަލަ.. އަހަރެން ކުރާ ސުވާލަށް ޖަވާބުނުދީ”…”ލާރާ ހަމަމިހާރު ދުރައްދޭ… ނޫނީ މާރީއްޗެއްނުވާނެ”…ނިއަލް ސީދާ އަހަރެންގެ ލޮލަށް ބަލަމުން ބުނެލިއެވެ.. “ކާކުތަ އުޅެނީ ރީތިކުރަން.. އަހަރެން މިބުނީނު ނުދެވޭނޭ”…”އަހަރެން ވަރަށް ރީއްޗައް މިބުނަނީ ދުރަށް ދާށޭ”.. ނިއަލްގެ އަޑުދިޔައީ ފަހަރަކަށްވުރެ ފަހަރެއް ގަދަވަމުންނެވެ.. “ނުދާނަ..” އަހަރެން ބުނަން އުޅުނު ޖުމްލަ ނުނިމެނީސް ނިއަލް އައިސް  އަހަރެންގެ ކަރުގެ އެތަން މިތަނައް ބޮސްދޭން ފެށިއެވެ.. ފާޑަކަށް ތަދުވެސް ވިއެވެ… ނިއަލް ބޮސްދެމުން ގޮސް ކަރުން ތިރިއަށް ދާންފެށުމުން އަހަރެން ނިއަލް ކޮއްޕާލީމެވެ.. ނިއަލް އެއްވެސް އެއްޗެކޭ ބުނުމެއްނެތި ކޮޓަރީދޮރުން ނިކުމެގެން ދިޔައީ އަވަސްފިޔަވަޅުތަކެއްގައެވެ.. އެއީ ކުރީގެ ނިއަލްއެއްނޫނެވެ.. ނިއަލް މިހާރު ވަރަށް ތަފާތެވެ.. އެހެންވާންވީ އެއްވެސަބަބެއް އަހަރެންނަކަށް ނޭނގެއެވެ.. އަހަރެން ހެދުން ހިފައިގެން ގޮސް ފާހަނައަށް ވަނީމެވެ… އަހަރެންނަށް އަޑުން އަޑުނާ ހަޅޭލަވައިގަނެވުނީ.. އަހަރެންގެ މުޅި ކަރުގައި ރަތްކުލައިގެ އެއްޗިސްތަކެއް ހުރުމުންނެވެ.. މިއީ ކޮންކަހަލަ ބައްޔެއް ބާއޭ އަހަރެންގެ ހިތައް އެރިއެވެ.. އަހަރެން ބިރުންގޮސް ހަލާކުވިއެވެ..އަހަރެންނަށް ނުބައި އެއްޗެއް ކެވުނީމަ އެލާޖިކްވީކަމައް އަހަރެން ނިންމީމެވެ..

ހެދުން ލައިގެން އަހަރެން ނިކުމެ އެންމެ ފުރަތަމަވެސް އިންޓަނެޓުގައި ސާޗްކޮއްލީމެވެ.. “ހައު ޓު ޓްރީޓް އެލާޖީސް”.. އޭގަ އޮތީ ލޮނުފެނުން ކަރު ދޮންނާށެވެ.. އެއީ ތެދުމައުލޫމާތެއް ތޯ ނުނީ ނޫންތޯ ބެލުމެއްނެތި އަހަރެން ގޮސް ލޮނުފެނުން ކަރުދޮންނަން ފެށީމެވެ .. އަހަރެން ދެން ގޮސް ލޯގަނޑުބަލާލީމެވެ.. އެ ރަތް އެއްޗިސް ތަކެއް ނުދެއެވެ.. ވީދެރައިން އަހަރެން ބޮލުން ފާރުގާ ތަޅަން ފެށީމެވެ.. އިރުކޮޅެއްނުވެ.. ނިއަލް އައިސް ބުނިއެވެ..”އޭ ޗާލީ ބުނި ވެޑިން ކޭކް ކަންތަކާ ވާހަކަދައްކަން ހިނގާށޯ.. ކޮފީ ޝޮޕްއަށް އަންނާށޯ”…އަހަރެން ދޭނެ ޖަވާބަކަށް އިންތިޒާރު ކުރުމެއްނެތި ނިއަލް ދޮރުލެއްޕިއެވެ.. އަހަރެން ހެދުން މަތިން ކަރު ފޮރުވޭނެހެން ސްކާފެއް އެޅީމެވެ.. އެއްކޮއް ނުފޮރުވުނު ނަމަވެސް ކޮންމެސް ވަރެއް ވާނެތާ.. އަހަރެން ނިކުތުމުން ނިއަލް އަހަރެންގެ އުނަގަނޑުގައި އަށް ވަށާލަމުން ކޮފީ ޝޮޕަށް ދިއުމަށް މިސްރާބުޖެހިއެވެ.. އަހަރެން އަނގައިން ބަހެއްވެސް ނުބުނެ.. އިނީމެވެ.. ޗާލީއަށް އަހަރެމެން ފެނުމުން އައިސް ސަލާންކޮއްލިއެވެ.. “ކޮބާ އިށީނދޭ އަވަަހަށް .. ދުވަސްތައް މިދަނީ އަވަސް އަވަހައް.. މިހާރު އެންމެ ހަފްތާއެއްބާކީ..”.. ޗާލީ ނިއަލްއާ ވާހަކަދައްކަން ފެށިއެވެ.. ނިއަލް ހީހީފައި ވާހަކަދައްކާތަން ފެނުމުން އަހަރެން ނަށްވެސް ހެވުނެވެ … ނިއަލް އާ ދިމަލަށް ފޫހިކަމެއްނެތި ބަލަން އިނދެވުނެވެ.. “ލާރާ؟..ލާރާ؟؟؟”…އަހަރެން ސިހިފައި އޯއިއޭ ބުނެލީމެވެ.. “ކޮންހިޔާލެއްގަ ކަނބުލޯ؟؟.. އަނެއްކާ ނުބައި ވަގުތެއްގަތަ މި ގުޅުނީ”.. ޗާލީ އަހަރެންގެ ކަރަށް ނަޒަރު ހިންގާލަމުން ބުނެލިއެވެ.. “އަހަ ނޫން މިއުޅެނީ އެލާކިޖްވެގެން.. ކޮންމެސް ނުބައި އެއްޗެއް ކެވުނީކަމައް ވާނީ ..” ޗާލީ ހޭން ފެށިއެވެ… “އަހަ އަހަ އަހަ.. އޯކޭ އޯކޭ.. ނިއަލް..ދޯ އެލާޖިކްކޮއްލީ އަހަ އަހަ”.. ޗާލީ ބުނީކީކޭކަން ސާފުނުވިނަމަވެސް ބަދަލުގައި ހީނިތުންވެލީމެވެ.. ކޭކު ކަންތައް ނިމުނީ ރޭގަނޑުވެސް ވީފަހުންނެވެ.. އަހަރެންނާއި ނިއަލް މަޑުމަޑުން ހިނގާފައި ދިޔައިރު އެކަކުވެސް އަނގައިން ބަހެއް ނުބުނެއެވެ.. ނުވިތާކަށް ނިއަލް އަހަރެންނާ ދިމާލަށް ބަލާލަނީކީވެސް ނޫނެވެ.. “އަހަރެން ބޭނުން ކްލިނިކަށް ދާން”.. އަހަރެން ބުނެލީމެވެ.. “ކީއްކުރަން؟؟”…”އެލާޖިކްވެގެން”…”ކޮންއިރަކު؟؟”..”ހަމަ މިހާރު މިވަގުތު މިގަޑީ.. އަހަރެން މިދަނީ ކްލިނިކަށްދާން.. ނާންނައްޗޭ އަހަރެންގެ ފަހަތުން..”… އަހަރެން ފޮނިވެލާފައި ބުނެލީމެވެ.. “އޯކޭ”…ނިއަލް ފަހަތް ބެލުމެއްނެތި އަހަރެން ބަހައްޓާފައި ހިނގައިގަތެވެ.. “ނޫން.. މިއޮތްރޭނގަޑު އަންހެން ކުއްޖެއް މަގުމައްޗައް އެއްލާލާފައި ތިދަނީ… ތީ ފިރިހެނެއްތަ؟؟ އަހަރެންނަށް ޝައްކު”.. އަޑުނެއްކޮޅަށް ހަޅޭލަވައިގަނެފައި އަހަރެން ނިއަލް އާ ދިމަލަށް ދުއްވައިގަތީމެވެ.. “ޕޮލިހެއްނު ތީ.. ކޮންކަމަކާ ބިރުގަންނަންވީ”…”އަޖައިބެއް ޕޮލިކަހަށް ވުމުގެ ކުރިން އަހަރެން މީ އިންސާނެއްނޫންތަ؟؟”..ނިއަލް އިތުރު އެއްޗެކޭ ނުބުނުމުން ނިއަލްގެ އަތުގައި އަހަރެން ހިފީމެވެ..”ދެން ހިނގާބަލަ ދާން.. މި އެލާޖިކާ ހެދި އަހަރެން މަރުވެއްޖިއްޔާ ނިއަލް ގެ ބޮލުގަ އެޅޭނީ” … ނިއަލް ހިނިގަނޑެއްޖަހާލާފައި އަހަރެންނާއެކު ކްލިނިކަށް ދާން ހިނގާގަތެވެ.. އަހަރެމެން ފެނުމުން ޑޮކްޓަރ ހިތްހެޔޮކަމާއެކު ކިހިނެއްވީތޯ އެހިއެވެ.. އަހަރެން ޑޮކްޓަރަށް ކަރުގައި ހުރި ރަތް ކުލައިގެ އެއްޗިސްތައް ދެއްކީމެވެ.. ކީއްވެ ކަމެއްނޭނގެއެވެ… ޑޮކްޓަރ ފެށީހޭށެވެ.. “މީ އެލާޖިކެއް ނޫ”.. ޑޮކްޓަރ ބުނަން އުޅުނު ޖުމްލަ ނުބުނެ މެދުކަނޑައިލީ ނިއަލް ކަރުކެހިލުމުންނެވެ..”އަހަ އަހަ ސޯ މީ ކިހިނެއް ވި އެލާޖިކެއްތަ ނިއަލް؟؟”.. ޑޮކްޓާރ އަހާލިއެވެ.. “ބަލަ ޑޮކްޓާރ އެލާޖިކްވެގެން މިއުޅެނީ އަހަރެންނެއްނު… ނިއަލް އަށް ކޯޗެއްތަ އިނގޭނީ”.. އަހަރެން ވާނުވާނޭނގޭހާލު ބުނެލީމެވެ.. “އެކަމް ޑޮކްޓަރ އަށް ހީވަނީ ތި އެލާޖިކާ ބެހޭގޮތުން ޑޮކްޓަރަށް ވުރެ ނިއަލް އަށް މާ މައިލޫމާތު އެނގޭނެހެން..” .. “އޭން؟؟ ދެން ކޮބާ ބޭސް؟؟”.. އަހަރެން ޑޮކްޓާރ ކާރީ ބުނެލީމެވެ.. ޑޮކްޓާރ އަހަރެންނަށް ޕެނަޑޯލް ކާޑެއްދީފައި އެކަށޭ ބުނެލިއެވެ..

“ޑޮކްޓާރ ކީއްވެފަތަ އެހެރީ މިއަދު؟؟” މަޑުން ނުހުރެވިގެން ނިއަލް ކާރީ އަހާލީމެވެ.. “އަޅާނުލާ ވެދާނެ ޑޮކްޓާރ އަށް ނުބައި ބޭހެއް ކެވުނީކަމަށް”…”ޑޮކްޓަރުންނަށްވެސް ނުބައި ބޭސްކެވޭތަ؟؟”…”އަހަރެންނަށް ކިހިނެއްތަ އިނގެނީ.. އަހަރެން މީ ޑޮކްޓަރުގެ ބައްޕަ އެއްނޫނޭ.. ތިހާ ބަލަން ބޭނުމިއްޔާ ޑޮކްޓަރު ކާރީ އަހަން ދާންވީނު.. މިތާ ހުރެ އަހަރެންގެ ބޮލަށް އުނދަގޫނުކޮއްބަލަ… ދެން އޮތް އެއްހަފްތާވެސް އަވަހަށް ނިމޭނެނަމަ… މި އުނދަގުކުން ސަލާމަތްވާން”.. ނިއަލް އެހާ ހަރުކަށޮކޮއް ހަރުކަށި ބަސްތަކެއް ބުނުމުން އަހަރެންގެ ހިތައް ވަރަށް އަސަރުކުރިއެވެ.. ގެއަށް ގޮސް ފާހަނައަށް ވަދެ އަހަރެންނަށް ރޮވެން ފެށިއެވެ.. އަހަރެންގެ ކަރުގައި ހުރި ރަތް އެއްޗިސްތައް ފެނުމުން އިތުރަށް ރޮވުނެވެ..

ބައި ގަޑިރެއްހާއިރު ފަހުން އަހަރެން ފާހަނައިން ނިކުތިމެވެ… އެވަގުތަކީ ޖުނާ ގުޅިވަގުތެވެ.. ރުއިމުގެ ސަބަބުން އަހަރެންގެ އަޑަށް ވަނީ ބަދަލުތަކެއް އައިސްފައެވެ.. “ހަލޯ”…”ލާރާ ކަމެއްވީތަ؟؟؟ އަހަރެންނާ ހާދަ ހީވެޔޭ ލާރާ ރޯހެން “..”ނު ރޮމޭ.. އަހަރެން ކީއްކުރަން ރޯންވީ”…”ލާރާ ކިތަންމެ ދޮގުހެދިޔަސް އަހަރެންނަކަށް  އެކަން ސިއްރެއްނުވާނެކަން އިގެއެންނު ދޯ.. ދެން ބުނެބަލަ ކިހިނެއްވީތަ”…”އަމް މިއުޅެނީ އެލާޖިކެއްވެގެން.. ކަރުގަ ރަތްކުލައިގެ އެއްޗިސްތަކެއް ނަގައިގެން.. ނުވެސް ދިޔަ”…”އަޅޭ ޑޮކްޓަރަށް ދައްކާފިންތަ؟؟”….”އާން އެކަމް ޑޮކްޓަރ މާ ސިރެސްކޮށް ނެގިހެނެއް ހީއެއްނުވޭ.. ބުނީ ޕެނަޑޯލް ކާށޭ”…”އަޖައިބެއް ކަހަލަ ޑޮކްޓަރެއްނު އެހެންވީމަ.. ކަހާތަ؟”… “ނޫން ނުހަކާ އެއްގޮތަކަށް ވެސް”… “އަޅެ ފޮޓޯއެއް ފޮނުވަބަލަ”… އަހަރެން ކަރުގެ ފޮނޯއެއްނަގާފައި ޖުނާއަށް ފޮނުވީމެވެ.. ޖުނާ ހޭއަޑު އިވެއެވެ.. “އަޅެ ކީއްވެތަ ތި ހެނީ… ޗާލީ އަށް އެތަން ފެނުނީމަވެސް ފެށީ ހޭން.. ނުވިތާކަށް ޑޮކްޓަރަށް ދެއްކީމަ ވެސް ޑޮކްޓަރ ފެށީހޭން”…..”އަޅޭ މިހިރަ ސަންތި ގަނޑާ.. އެއީ އެލާޖިކް ވެފައެއްނޫނޭ.. އިޓްސް ކޯލްޑް ހިކީ”…”ހިކީ އޭ؟؟؟”….”އާން ހިކީއޭ.. މިއަދު ވީ ހުރިހާކަމެއް ކިޔަދިބަލަ ނިކަން”…އަހަރެން މިއަދު ވީ ހުރިހާ ކަމެއް އަކުރުން އަކުރަށް ޖުނާއަށް ކިޔައިދިނީމެވެ.. ނިއަލްގެ ވާހަަކަ މާބޮޑަކަށް ނުބުނަމެވެ..ކަރުގަ ދަތް އެޅިވާހަކަ ބުނީމެވެ.. “އަހަ އަހަ ތިހެން ވީއިރު އަހަރެންގެ ދޮންބެ ކާރީ އަހާބަލަ ތީ ކޯޗެއްތޯ”… ޖުނާ ފޯނުބޭއްވިއެވެ.. ހިކީ އަކީ ކޯޗެއްކަން އަހަރެންނަށް އެނގުނެވެ.. ހިކީ ދުއްވަން ކުރެވުނު މޮޔަ ކަންތައް ހަނދާންވުމުން ބޮލުގައި އަތް އަޅާލެވުނެވެ..ސޯފައި ގައި އޮށޯވެލައިގެން އޮތް ނިއަލް ފެނުމުން އަހަރެން ގޮސް ނިއަލްގެ އިސްތަށިގަނޑުގައި ހިފައިދަމައިގަތީމެވެ… “ކީއްވެ އަހަރެންގެ ގަޔަށް ކިހީ އެރުވީ… މިބުނީ ހިކީ”…”އަހަރެން ބުނިންދޯ ދޮރުކުރިމަތިން ދުރައްދާށޭ..”…”ދެން އެއީ ކޯޗެއްކަން އަހަރެންނަށް ނޭނގިގެން އުޅުނު އިރު ނުބުނީކީއްވެ..އަހަރެން މޮޔަ ހައްދަން ހަމަ އެހާބޭނުމީތަ؟؟”… “ބޭކާރު މީހުންނަށް ދޭނެ ބޭކާރު ވަގުތެއް ނެތް”… ނިއަލް ބުނި ޖުމްލަ ކިތަންމެހާވެސް ކުރު ނަމަވެސް ހީވީ އަހަރެންގެ ހިތަށް ތޫނު ތީރެއް ހަރާލިހެނެވެ.. އިސާހިތަކު އަހަރެންގެ ލޮލުން ކަރުނަ ފައިބަން ފެށިއެވެ.. ނިއަލް ބަލާވެސް ނުލާ ނިކުމެގެން ދިޔައެވެ.. އަހަރެންގެ ލޯ ވަނީ މުޅިން ރަތްވެފައެވެ.. ނަމަވެސް އަހަރެންގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތަކެއް ނުހުއްޓުނެވެ.. ޖުނާ ގުޅިއެވެ .. ނަމަވެސް އަހަރެން ފޯނު ކަނޑާލީ ވާހަކަ ދައްކާހާ ހިއްވަރު ނެތުމުންނެވެ.. ނަމަވެސް އަނެއްކާ ގުޅުމުން އަހަރެން ނެގީމެވެ.. “ހަލޯ”… ކުރަކިވެފައިވާ އަޑުން އަހަރެން ބުނެލީމެވެ.. “އަނެއްކާރޮނީ؟؟ މިހާރުކީހިނެއްވީ؟ “… އިތުރު ގޮތެއްނެތުމުން ވީ ހުރިހާ ކަމެއް އަހަރެން  ޖުނާ އަށް ކިޔާދިނީމެވެ.. “ސުއްބޫސް.. ތިވަރަށް ކަންތައް ދިޔައިރު އަހަރެމެން ކާރީ ބުނެވެސްނުލާ.. ރަހުމަތްތެރިންނޭ ބުނާނެ.. ތިއެއްނޫނޭ.. އަހަރެން ބޭނުންވަނީ ލާރާއާ ހަމަ އެންމެ ސުވާލެއް ކުރަން.. ލަރާ ނިއަލް ދެކެ ލޯބިވޭތަ؟؟؟” އަހަރެންގެ އަނަގއިގައި ތަޅެއް ލެވުނު ކަހަލައެވެ.. އާއެކޭ ބުނަންބޭނުންވި ނަމަވެސް އެންމެ ބަހެއްވެސް ބޭރެއް ނުވިއެވެ.. “ނޭނގެ”…”ނިއަލް ލާރާއާ ދޭތެރޭ އެހެން އެ ކަންތައް ކުރަނީ ކީއްވެކަން އެނގެން ބޭނުމިއްޔާ ނިއަލް ކައިރީ އަހާ… އޭރުން އެންމެ ރަނގަޅުވާނީ”.. އަހަރެން ދެލޯ ފުހެލާފައި ބޭރަށް ނިކުތީމެވެ..އޭރު ޕޫލްކައިރީ އިށީނދެލައިގެން ނިއަލް އިނެވެ.. އަހަރެން ނިއަލް ކާރީ އިށީނުމުން ތެދިވެގެން ދާން އުޅުނެވެ.. ނަމަވެސް ނިއަލް ދިޔަކަނުދީ އަހަރެން ނިއަލްގެ އަތުގައި ހިފެއްޓީމެވެ.. ނިއަލް އަހަރެންގެ އަތް ނައްޓުވާލުމުން ނިއަލް ގައިގައި ބާރަށް ބައްދައިގަތީމެވެ.. ކީއްވެކަމެއްނޭނގެއެވެ.. އަހަރެންގެ ހިތް ބުނަމުންދިޔަ ގޮތައް އަހަރެންނަށް ދިޔައީ އަމަލު ކުރެވެމުންނެވެ..

ނިއަލް އަހަރެންގެ އުނަގަނޑުގައި އަތް ވަށައިލަން އަތް ނަގާފައި ވެސް ތިރިކުރީއެވެ.. “ލާރާ ދޫކުރޭ.. އަހަރެން ގައިން.. ނޫނީ ކަންތައްދާނީ މަ ރަނގަޅަކަށް ނޫން”… “އަހަރެންނަށް ވަރިހަމަ ކޮންމެގޮތެއްވިއަސް.. ނިއަލް ތިވެގެން އުޅޭގޮތް ނުބުނާ ހިނދަކު ދުލެއްނުކުރާނަން”.. ރޮވޭ ހާލު އަހަރެން ބުނީމެވެ.. އިސާހިތަކު ނިއަލްގެ ގަމީހުގެ މޭމަތި އަހަރެންގެ ލޮލުންފައިބަމުންދިޔަ ކަރުނައިން ތެމުނެވެ..

“ލާރާ.. އަހަރެންނާ ދުރުވި ވަރެއް ރަނގަޅުވާނީ…އަހަރެން މީ ތިހީކުރާކަހަލަ މީހެއް ނޫން”.. އަހަރެން ނިއަލްގެ ގައިގައި ކުރިއަށް ވުރެ ބާރަށް ބައްދައިގަތީމެވެ.. “ތިކަހަލަ ވާހަކަދައްކަންޏާ ދުލެއްނުކުރާނަން”…”ލާރާ ގޮތްދޫކޮއްބަލަ.. އަހަރެން ބޭނުމެއްނޫނޭ ލާރާ އަށް ދެރަ”.. އަހަރެން ނިއަލްގެ ތުންފަތައް ބޮސްދޭންފެށީމެވެ.. ނިއަލް އަހަރެންގެ ކޮލުގައި ހިފިއެވެ.. “ލާރާ!! “…”ކިހިނެއްވީ.. އަހަރެން ބުނީމެއްނު އެކަހަލަ ވާހަކަ ނުދައްކާށޭ”… ނިއަލްއަށް ވާހަކަ ދެއްކުމުގެ ފުރުސަތެއްނުދީ އަނެއްކާވެސް ނިއަލްގެ  ތުންފަތައް ބޮސްދޭން ފެށިމެވެ… މިކުރެވެނީ ކީއްކަމެއް އަހަރެންނަކަށްވެސް ނޭނގެއެވެ.. ނިއަލް އަހަރެން އުރާލާފައި ޕޫލަށް އެއްލާލީއެވެ… ފުރުސަތުގެ ބޭނުން ހިފާ އަހަރެން ނިއަލްގެ ކަރުގައި ދެއަތް ވަށާލީމެވެ.. ކަންދިމާކުރިގޮތުން އަހަރެންނާއެކު ނިއަލްވެސް ޕޫލަށް ވެއްޓުނެވެ.. ފިނިފިނި ވައިރޯޅި އައިސް ގައިގައި ބީހިލައެވެ.. އަހަރެން ހުރީ ހީކަރުވައިގަނެގެން ހަލާކުވެފައެވެ.. ނަމަވެސް ލައިގެން ހުރި ޖެކެޓް ބާލާފައި ދުރައް އެއްލާލީމެވެ.. ނިއަލް އަނެއްފަރާތައް އެނބުރުނެވެ… “ލާރާ ޕްލީސް ދޭ މިތަނުން”.. ނިއަލް ހަޅޭލަވައިގަތެވެ.. ނަމަވެސް އެއަށް އެއްވެސް ސަމާލުކަމެއްނުދީ އަހަރެން ގޮސް ނިއަލްގެ ފުރަގަހުން ބައްދާލީމެވެ.. ނިއަލް ލައިގެން ހުރި ގަމީސް ބޭލުމައްފަހު އަހަރެންގައިގައި އޮޅާލާފައި އަހަރެން އުރައިގެން ގެނެސް އަށިމަތީގައި ބޭންދިއެވެ… “ލާރާ.. މީގެ 2 އަހަރު ކުރިން އަހަރެން ވަރަށް ލޯބިވިން ކުއްޖެއް ދެކެ.. އަހަރެމެން ދެމީހުން އެކުގައި އުޅޭތާ 5 އަހަރުވެދާނެ.. އަހަރެމެންގެ ކައިވެނި އޮތް ރޭ.. ކާރު އެކްސިޑެންތެއްގައި އޭނާ މަރުވީ އަދި އަދައްވެސް އޭނާގެ ހަށިގަނޑެއްނުފެނޭ..”…. “ނިއަލް .. ވީކަމެއްވީ.. ނުވާކަމަކަށް ނުވާނެ.. އެކަމް އެކަމާހެދި ނިއަލްގެ ލައިފް ހަލާކު ކޮއްލާކައްނުވާނެއެންނު.. އެ ކުއްޖާވެސް ބޭނުމެއްނުވާނެ ދޯ ނިއަލް ހިތާމަ ކުރާތަން ދެކޭކައް.. އަހަރެން ގެ ކޮއްކޮ ވެސް ވަނީ 2 އަހަރުކުރިން ގެއްލިފަ.. އަހަރެން ވަރަށް ކުޑައިރު މަންމަ އާ ބައްޕަ ވަނީ މަރުވެފަ… މާގިނަ ދުވަހެއްނުވެ.. މާމަ ވެސް މަރުވީ.. އެވަރުންވެސް އަހަރެން ދިރިއުޅެމުން ދިޔައީ ހުރި ހަމައެކަނި ކޮއްކޮ އަށް ޓަކައި.. ނަމަވެސް ކޮއްކޮ ވެސް ގެއްލުނީ.. އަހަރެން ލޯބިވާ އެންމެންވެސް އަހަރެން ދޫކޮއްފަ ދިޔައީ ނިއަލް ވެސް ތި ދަނީ”.. އަހަރެންގެ ލޮލުން ކަރުނަފައިބަން ފެށިއެވެ.. “އަހަރެން ލާރާދެކެ އަމިއްލަ ނަފްސައްވުރެ ވެސް ބޮޑައް ލޯބިވާއިރު ކިހިނެއް ދޫކޮއްފަ ދާނީ”… ނިއަލް އަހަރެން ގެނެސް މެއާ ތަތްކޮއްލިއެވެ.. “ޔަގީން ނުދާނަން؟؟ ޕްރޮމިސް ކުރޭ”… އައި ޕްރޮމިސް.. މި ހަށީފުރާނަ ހުރިހާ ހިދަނކު އަހަރެން ލާރާ ދޫކޮއްފަ އެއްނުދާނަން”…އަހަރެން ލޮލުން އަނެއްކާވެސް ކަރުން ފައިބަމުން ދިޔައެވެ.. އުފާވެރިކަމުގެ ކަރުނައެވެ… “އޭ ނޫނޭ އެއްކަލަ ހިކީ ކަންތަކާ އަދިވެސް ރުޅިއައިއްސަ މިހިރީ ނިއަލްދެކެ… ލޮލުން ކަރުނަ ފައިބާ ހާލު ހިނިތުންވަމުން އަހަރެން ބުނެލީމެވެ “ޕިސް ޕިސް ކީއްކުރާނީ ބޯހަރު ކުއްޖެއްމީ”… “ތީވަކި ބޯ މަޑުމީހެކޭތަ ތިބުނީ ދެން އަހަ އަހަ”.. ނިއަލް ހީކަރުވައިގެން އުޅެން ފެށީމަ ނިއަލް ގެ ގަމީސް އަނބުރާދިނީމެވެ.. ނަމަވެސް ވަޔާގޮސް ގަމީސް ވެއްޓުނީ ޕޫލަށެވެ.. ނިއަލް އަހަރެންގެ މޫނަސް ބަލަން އިނެވެ.. އަހަރެން ނިއަލްގެ އަތުގައި ވިކައިގަތީމެވެ.. “އައްދޯއި.. ވިކާގޮތްވަނީއޯ”….”ނިއަލް ބަލާގޮތްވަނީއޯ”.. “އަހަ އަހަ ބަލަ ރީތި އެއްޗިސްސައް ބެލުމަކީ މައްސަލައެއްތަ؟؟ ޖެކެޓުބޭލީ ރާރާ އަމިއަލް އަކަންނު .. ލައިގެން ހުރި ކުޑަ ކުޑަ ތުނި ތުނި ޓޮޕްކޮޅު ދައްކަން”… އަހަރެން ނިއަލް އާ ދިމަލައް ލޯ އަޅާލީމެވެ.. “އަސްލު މިހެން މިބުނީ އަހަރެން މީ ބޭކާރު މީހެއްވީމަ”…. ނިއަލް އަހަރެންގެ ތުންފަތައް ބޮސްދޭންފެށިއެވެ.. އެހެންގޮސް ނިއަލް އަހަރެންގެ ކޮލުގައި ދަތް އެޅިއެވެ.. އަހަރެން ނިއަލްގެ މޫނުގާ ހިފާދުރުކޮއްލީމެވެ…. “އެއީ ގަސްތުގަ ބުނެވުނު އެއްޗެއް ނޫނޭ.. ލާރާ ތީ އަހަރެންގެ ލައިފްގެ ވަރަށް މުހިންމު މީހެއް.. ބޭކާރެއް ނުވާނެ ދުވަހަކުވެސް…….ދުވަހަކުވެސް”…”ބޭކާރުވެއްޖިއްޔާ؟؟؟؟؟”.. އަހަރެން ބުނެލީމެވެ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (25)

  1. lilly

    guyss im really sorry for uploading late.. i hope that mi part hurihaa readers ah vx kamudhaa nekamah.. .. improve kollan jehey kameh othiyyyaa vx bunan vaane… Ramadan mubarak..❤❤❤❤❤❤❤❤❤❤❤❤❤

  2. Laaraa

    When next BTW mi part ves varah reethi… ????
    Loveulilly las nukurachey ingey

    1. lilly
      Laaraa

      thnk u soo much lara

  3. Kairaa

    Varah varah reethi mi part vx…..nxt part avahah up kohlla dhehchey….curiously waiting for the nxt part…..ly lilly

    1. lilly
      Kairaa

      thank u soo much kai…

  4. Queen

    mirey up kohdheeba next part… u know how much we waited

    1. lilly
      Queen

      thank u soooo much queen… i submitted the next part specially 4 u 🙂

  5. lilly

    i promise i will submit next part tonight.. but queen i dont know when it will be published.. ..

    1. Queen
      lilly

      ok….thanks….lets hope for the best & best of luck for your future

  6. ?Ril?

    Mi part ves hama varah Sali
    Dhen oi bayah wait kurevey eba??? Ramadhan Mubarak
    Stay safe???

  7. reader?

    i love this part.. curiously waiting for the next.. hope it will be published soon..? love yr stories.

  8. reader?

    . curiously waiting for the next.. hope it will be published soon..? love yr stories.

  9. Quentus

    Wow lily gud wrk vrh reethi nxt prt avahah up kohdheyaa??

  10. lamko

    omg…vvv reethi mi part lilly… whn nxt…waitin??

    1. lilly
      lamko

      tthhankk u soo much lamkoo

  11. Queen

    waiting 4 it to get published….. Actually this story is like my real life…….love it so much

    1. lilly
      Queen

      really??.. so i guess ur life is quite exciting..
      btw thnk u for all the support

  12. shaiiii

    ummm mi vhk vv salhi…nd vhk kiyamun dhaa vrkh lolah manzaru sifa vx veyy….ly lilly

    1. lilly
      shaiiii

      thank u sooo much shaiii ….keep supporting

    2. lilly
      shaiiii

      & love u too 😉

  13. Laī

    Nenge bunaane ehcheh vex.. ehaa vex reethi mi part❤❤❤

    1. lilly
      Laī

      thank u soo much lai

  14. Laī

    Next part kiylaa hithun hureyneniy eh noon

    1. lilly
      Laī

      next part submit koffin mireyga

  15. Nana??

    Upload the nxt part I can’t wait to read and Ramadan Mubarak Lilly

Comments are closed.