“ކިއާން އަހަރެން އަތުން ސިއާ އަތުލީ ކިއާން އަހަރެންނާ ސިއާ ދުރުކުރީ ކިއާން ކޮންމެސް ކަމެއް ކޮއްގެން ސިއާގެ ހަނދާންތައް ފުހެލީ.. އާހްހް!!! ސިއާ އަކީ ހަމައެކަނި އަހަރެންގެ ހައްގެއް ސިއާ އާއި ކިއާން ކައިވެނި ކޮއްގެން އުޅުނަސް ހެޔޮ އަހަރެން ސިއާ ހޯދާނަން .. ވެއިޓް ފޯރ މީ ޗަބީ…..” ގެއަށް ދެވުމުން ނޫރާ އަވަސްވެގަތީ ހަމްދީއަށް ގުޅުމަށެވެ. “ހަލޯ ހަމްދީބޭ ނާއިމް” “ނާއިމް ކީކޭ؟؟؟؟” ނޫރާ މިއަދު ވީ ހުރިހާ ކަމެއް ހަމްދީއަށް ކިޔާދިނުމުން […]
“ހަލޯ ހަމްދީސޯ އެއްކަލަ ޕްރޮޖެކްޓް ކަންތަކާ ވާހަކަ ދައްކަން އެ ކޮމްޕެނީގެ ސީއީއޯ މާދަން މާލެ ދާ ހަބަރު އޮތީ ލިބިފަ އެހެންވީމަ އެކަންތަކާ ހަވާލުވެދެއްވާތި” ލަންކާއިން އައި ފޯނުކޯލު ނިމުމުން ހަމްދީ ފޯނު ބޭއްވިއެވެ. މިއީ ވަރަށްވެސް ބޮޑު ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓް ހަމްދީމެނަށް ލިބިއްޖިއްޔާމު ވަރަށް ވެސް ބޮޑު ފައިދާއެއްކުރާނެ ހަމަ އެއާއެކު މި ޕްރޮޖެކްޓް އަތުން ދޫވެއްޖިއްޔާމު މުޅި ވިޔަފާރި ހަލާކު ވުމަކީވެސް އެކަށީގެންވާކަމެކެވެ….. 2 އަހަރުގެ ދިގު އިންތިޒަރެއް ނިމުމަކަށް އަންނާތީ […]
“ކޮންމެ މަގްސަދެއްގަ ތިކައިވެނި ކިއާން ކުރިއެއްކަމަކު ކިއާންގެ ހިތް ވަނީ ސިއާއަތުގަ އަޅެ ބުނެބަލަ ސިއާ މަތިން ހަނދާނެއް ނުވޭތަ؟؟؟ ސިއާގެ މޫނު ބަލާލާކައް ބޭނުމެއް ނުވޭތަ؟؟؟” “އާން ނުވޭ” ކިއާން އަވަސްއަވަހަށް ބުނެލިއެވެ. “ޔަގީން ނުވާކަން؟؟؟” “ނޫން ސިއާ މަތިން ހަނދާންވޭ ސިއާގެ ލޮލުން ކަރުނަ ފައިބާ ތަން ފެނުމުން މި ހިތަށް ވަރަށް އަސަރުކުރޭ” ކިއާންގެ ލޮލުން ކަރުނައިގެ ކޯރެއް ދެމުނެވެ. ކިއާން ލޮލުން ފޭބި ކަރުނަ ފުހެލުމަށްފަހު އެއަށް ބަލާލިއެވެ. “އަހަރެން ސިއާ […]
މިކުޑަކުޑަ އާއިލާ އެކުއެކީގައި ކެވޭ ހަމައެކަނި ދުވަހަކީ ހުކުރުދުވަހެވެ. މޭޒުމަތީގައި އެތައް ވައްތަރެއްގެ މީރުކާނާ ހުއްޓެއްކަމަކު ލާމިންގެ ނަޒަރު ވަނީ ސިއާ އަށް ހުއްޓިފައެވެ. ސިއާގެ ދޮންދޮން ކަންދުރާއި ހާމައަށް ފެންނަން އޮތް ހިސާބަށް ލާމިން ބަލަމުން ދިޔައީ ހިޔަޅެއްފަދައިންނެވެ. މިކަމުން ސިއާ އަށްވުރެ ބޮޑަށް އުނދަގޫވީ ކިއާން އަށެވެ. ކިއާން ގޮސް ސިއާގެ އިސްތަށިގަނޑުގައި އައްސާފައި އޮތް ހިމަ ހިމަ ރަބަރު ނައްޓާލިއެވެ. އަދި ބަހެއް ބުނުމެއްނެތި ކާން ފެއްޓިއެވެ……… “ކާކުޕިރިނީހެދީ ވަރަށްމީރު” ލާމިން ބުނެލިއެވެ. […]
މާގިނަ އިރެއްނުވެ ކިއާންވެސް އައެވެ. މަހުމާފޮތީގެ ކަޅު ކޯޓުފަޓުލޫނެއް ލައިފައި ހުންނައިރު ކިއާން ވަރަށްވެސް ފިރިހެންވަންތައެވެ. ކިއާންގެ ފަހަތުން ވަދެގެން އައި ރާކިން ފެނުމުން ނޫރާ މޫނު އަނެއްފަރާތަށް އަނބުރާލިއެވެ. އެންމެން ދިއުމުން ސިއާ އާއިި ނޫރާ އެކަނިވިއެވެ. ސިއާގެ ހިތް ބުނަމުން ދިޔައީ އެންމެ ފިޔަވަޅެއްވެސް ކުރިއަށް ނާޅާށެވެ. ނަމަވެސް ހިތްވަރު ކޮއްފައި ނޫރާއާއެކު ސިއާ ދިޔައެވެ. އުފާވެފައި ކައިވެނި ކުރެވެމުންދާ މަންޒަރަށް ބަލަހައްޓައިގެން ހުރި ހަމްދީއަށް ފޯނުކޯލެއް އައުމުން ތަންކޮޅެއް ދުރަށް ޖެހިލިއެވެ. “ހަލޯ ބައްޕާ […]
ސިއާ ވަގުވަގައް ކޮނޑުގައި އަޅުފާވައި އޮތް ދަބަހުން ޗިލީ ސްޕްރޭ ފުޅި ނަގާ ލާމިންގެ މޫނައް ޖެހިއެވެ. މިކަހަލަ ކަމަކައް ތައްޔާރުނުވެ ހުރި ލާމީގެ އަތުން ސިއާ ދޫވިއެވެ. އެންމެ ސިކުންތެއްވެސްވެސް ބޭކާރު ނުކޮއް ސިއާ ދިޔަގޮތައް ގޮސް ކުރިމީގައި ހުރި ކޮޓަރިއަށް ވަނެވެ. ބާރު ސްޕީޑެއްގައި ދުވެފައި ދިޔަ ސިއާ އަށް ކޮންޓްރޯލް ނުކުރެވިގެން ކުރިމަތީގައި ހުރި ޕްލާސްޓިކް ސްތޭޗޫއެއްގައި ޖެހިފައި ބިންމައްޗައް ވެއްޓުނެވެ. ސިއާ ތެދުވެފައި އެ ސެޓޭޗޫ ނެގިވަގުތު ލިބުނީ ބޮޑު ޝޮކެކެވެ. […]
ފެންވަރައިގެން ނިކުތް ރާކިން ފެނުމުން ނޫރާ އެނދުމައްޗައް ކޮޅައް ތެދުވެފައި ކަރާޓީ ޕޯސްއެއްޖައްސާލިއެވެ. “ދެން ކުރިއަށް އެންމެ ފިޔަވަޅެއް އެޅިއަސް ނިމުނީ”. ނޫރާ ބުނެލިއެވެ. “އަދިވެސް އަހަރެންތަ ގޮސްވީ”. ރާކިން ކަރުގައި އިން ހިކީ ނޫރާ އަށް ދައްކާލިއެވެ. “ޑޯންޓް ޓެލްމީ ދެޓް ވީ ޑިޑް އިޓް؟؟؟؟”. ނޫރާ ހިންދިރުވާލަމުން ބުނެލިއެވެ. “ދެން ވީ ކަމެއްވީ ނުވާކަމަކައް ނުވާނެ”. ރާކިން އިސްޖަހާލަމުން ބުނެލިއެވެ. ނޫރާ މޫނުގައި އަތް އަޅަމުން ހަޅޭލަވައިގަތެވެ. ރާކިން ހުރީ ހިނިގަނޑު ކޮންޓްރޯލް ކޮއްގެނެވެ. […]
ލެއިން ފުރިފައި އޮތް ސިއާފެނި ހަމްދީ އަކައް ކެތެއްނުވިއެވެ.. ސިއާ ވަގުތުން އެމަޖެންސީ ރޫމް އަށް ވައްދައި އޮޕރޭޝަން ކުރަންފެށިއެވެ.. 4 ގަޑިއިރުގެ ދިގު އޮޕަރޭޝަނަކައް ފަހު ސިއާ ނެރުނެވެ.. އެއޮތް ހުރިހާއިރު ހަމްދީ ހުރީ އެތާ ކޮޅަށެވެ.. ކުރެވުނު ކަންތަކާ މޮޔަހިތައް އަރާފައެވެ.. ސިއާ ޕްރައިވެޓް ރޫމް އަކައް.. ބަދަލު ކުރެވުނެވެ… ދެ ދުވަސްފަހުން ސިއާ ހޭއެރިއެވެ.. ޒަކީ އަށް މި ހަބަރު ލިބުމުން އަވަހައް ކިއާން ގާތުގައި ބުނެލިއެވެ…މަޑުމަޑުން ސިއާ ދެލޯ ހުޅުވާލިއެވެ.. ބޮލައް […]
ސަމީމާ އެއްޗެކޭ ބުނަން އަނގަ ހުޅުވައިލުމުން އެކަން ހުއްޓުވީ ޒަކީއެވެ.. ކޮންމެ އަކަސް މިފަހަރު ޒަކީ ހިފީ ކިއާންގެ ކޮޅުގައެވެ.. “ކިއާން އެބުނަނީ ތެދެއް.. ދުވަސްކޮޅަކުން .. ހަމްދީގެ މަންޖެއާ ކިއާންގެ ކައިވެނި ކުރެވޭނެ.. ކަމެއް ގޯސް ވެއްޖިއްޔާ އަހަރެން އެމީހުނައް ދައްކާނީ ކޮން މޫނެއް”.. ޒަކީ ބުނި ޖުމްލަ ޖޫލީ އަށް އަޑުއިވުނީ ހޮނޮގުގުރީގެ އަޑުހެނެވެ.. ސަމީމާ ޖޫލީ ގޮވައިގެން ދިޔުމުން ޒަކީ ކިއާން ކާރީ މަޑުކޮއްލިއެވެ.. “ދަރިފުޅާ.. ހާސްނުވޭ.. ދަރުފުޅުގެ ކައިވެނި ރޫޅޭކަހަލަ އެއްވެސް […]