Skip to content
އެސްފިޔަ

ތީ އޭ އުފަލަކީ…(3)

އަަހަރެން ބަދިގެއަށް ވަދެ ޖޫސްތަށި ހަދަން ފެށީމެވެ… ހަކުރުގެ ބަދަލު 5 ސަމްސާ ލޮނާ.. އަސޭމިރުސް ކޮޅަކާ ރީނދޫ ކޮޅެއް އަޅައިގެން ގިރާލީމެވެ tienda… “އަހަރެން އެހާ މޮޅެއް ނުވާނެ ޖޫސް ގިރާކަށް.. މީ އަހަރެން ގިރި ފުރަތަމަ ޖޫސް ތަށި..ވަރަށް ލޯބިން ގިރީވެސް.. ހުސްކުރައްޗޭ..” ނިއަލް އަތަށް ޖޫސްތަށި ދީފައި އަހަރެން ދުވެފައި ގޮސް ކޮޓަރިއަށް ވަނީމެވެ.. ނިއަލް އަށް ފެލަން ވަންނާނީ ކޮންތާކަށް ތޯ އަހަރެން ވިސްނާލީމެވެ… އެއްޗިސް ބަދަލު ކޮއްގެން މަޑު މަޑުން ގޮސް ޕޫލަށް ފުންމާލީމެވެ.. ޕޫލާ ބަދިގެ ހުންނަނީ ވަރަށްވެސް ކައިރީގައެވެ.. ކުއްލިއަކަށް ނިއަލްް ހަޅޭލަވައިގަތް އަޑުއިވުނެވެ.. “ލާރާ !!!!!!!!!!!!!!!!!!!!”.. އަހަރެންނަށް ހިނިގަނޑު ކޮންޓްރޯލް ކުރެވުނީ ހަމަ ކިރިޔާއެވެ.. ނިއަލް އަހަރެން ހޯދަން ފެށުމުން ޕޫލް އަޑިއަށް ފީނާލީމެވެ …..

މައްޗަށް އެރިވަގުތު އަހަރެން ސިއްސައިގެން ދިޔައީ ދެލޯ ބޮޑުކޮއްގެން އަހަރެންނާ ދިމާލަށް ބަލަން ހުރި ނިއަލް ފެނިފައެވެ.. ނިއަލްގެ ލޯ ހުރީ ވަރަށް ވެސް ރަތްވެފައެވެ.. އަހަރެންނާ ދިމާލަށް ބަލަހައްޓައިގެން ހުރީ ދަހިވެތި ސިންގައެއްހެނެވެ.. ހީވަނީ ދެންމެ ދެންމެ އަހަރެން ކާލާފާނެހެނެވެ.. އަހަރެން މަޑުމަޑުން ޕޫލް އިން އަރައިފައި ކޮޓަރިއާ ދިމާލަށް ދުއްވައިގަތީމެވެ.. ނަމަވެސް ކުރި ހިއްވަރު ވީ ބޭކާރެވެ.. ނިއަލް އަހަރެންގެ އަތުގައި ހިފައި އަނެއްކާ ޕޫލާ ދިމާއަށް ކޮއްޕާލިއެވެ.. ނިއަލްވެސް ލައިގެން ހުރި ޓީޝާޓު ބާލާފައި ޕޫލަށް އެރުނެވެ.. އަހަރެން ފާޑަކަށް ބިރުގަތެވެ… ނިއަލް މަޑުމަޑުން އަހަރެންނާ ދިމަލަށް އަންނަން ފެށިއެވެ.. “ނި..ނިއަލް ކި..ކިހިނެއްވެގެންތަ ތިއުޅެނީ؟” .. ތުރުތުރު އަޅާހާލު އަހަރެން ބުނެލީމެވެ.. ފަހަތަށް ޖެހެމުން ގޮސް ފާރުކޮޅުގައި އަހަރެެން ޖެހުނެވެ.. ނިއަލް ދިޔައީ އަދިވެސް ކައިރިވަމުންނެވެ.. ނަމަވެސް އަހަރެންނަށް ދެން ފަހަތަށް ޖެހެވޭކަށް ނެތެވެ.. “ކީއްވެ ތި ބިރުގަންނަނީ؟؟ އެހާ މީރު ޖޫސްތައްޓެއް އަހަރެންނަށް ގިރާ ދިނީމަ އަހަރެންވެސް ޖެހޭނެ އެންނު ލާރާއަށް ހަދިޔާއެއްދޭން” ނިއަލް ފާޑަކަށް ހިނިތުންވަމުން ބުނެލިއެވެ… ނިއަލްގެ ހޫނު ނޭވާތައް އަހަރެންގެ މޫނަށް އެޅެމުންދިޔައެެވެ.. އަހަރެންގެ ހިތުގެ ތެޅުން އަވަސްވިއެވެ.. ނިއަލް އަހަރެންގެ ތުންތަފައް ބަލަން ފެށުމުން އަހަރެން އަނގަމަތީގައި އަތް އެޅީމެވެ.. ނިއަލް އަހަރެންގެ އަތް ނައްޓުވާލާފައި ދެ އަތުގައި ހިފިއެވެ.. ނިއަލް އަހަރެންގެ ލޯމައްޗަށް ވެއްޓިފަ އޮތް އިސްތަށިކޮޅު ރީތި ކޮއްލާފައި އަހަރެންގެ އުނަގަނޑުގައި ހިފައި ނިއަލްގެ ހަށިގަނޑާ ތަތްކޮއްލިއެވެ.. ނިއަލް އަހަރެންގެ ތުންފަތާކާރިވަމުން ދިއުމުން އަހަރެން ލޯ މަރާލީމެވެ.. ނިއަލް ދުރުކުރާނެ ހިއްވަރެއް އަހަރެން ގަޔަކު ނެތެވެ.. ނިއަލް އަހަރެންގައިގައި ބީހިލާ ކޮންމެފަހަރަކު ހީވަނީ ކަރަންޓުޖެހޭ ހެނެވެ.. އަހަރެން ލޯ ހުޅުވާލީ ނިއަލް އަޑުން އަޑުނަގާ ހޭ އަޑަށެވެ.. ނިއަލް އަހަރެންގައިން ދޫކޮއްލާފައި ދުރަށް ދިޔައެވެ.. ލޯމެރުނީތީ އަހަރެން ފާޑަކަށް ލަދުގަތެވެ..  “ރާރާ ކިސްއެއް ބޭނުމޯ ބުނިނަމަ އ…” ނިއަލް ބުނަން އުޅުނު ޖުމްލަ ނުނިމެނިސް އަހަރެން ނިއަލްގެ ކަރުގައި ދެއަތްވަށައިލައިފައި ނިއަލްގެ ތުންފަތަށް ބޮސްދޭން ފެށީމެވެ espanolviagra.net.. ނިއަލްގެ މޫނުމަތިން ފެންނަމުންދިޔައީ ހައިރާންކަމެވެ… އަހަރެން ނިއަލް ދުރަށް ޖައްސާލީ ނޭވާކުރުވާހެން ހީވުމުންނެވެ… “އަހަރެން އެއްޗެއް ބޭނުންވިއަސް ނިއަލްކާރީ ބުނާކަށް ނުޖެހޭނެ… އަމިއްލަ އަށް ހޯދާނަން .. ދެންވެސް އެކަހަލަ ސަމާސާ ނުކުރާނީ އަހަރެންނާ..” ނިއަލްގެ ކޮލުގައި ހިފާފައި ހީލަމުން އަހަރެން ބުނެލީމެވެ.. ނިއަލްއަށް ބަހެއް ބުނުމުގެ ފުރުސަތު ނުދީ އަހަރެން އަވަހަށް ގޮސް ފާހަނައަށް ވަނީމެވެ.. އަހަރެންނަށް ކޮންޓްރޯލް ކުރެވުނީ ހަމަ ކިރިޔާއެވެ… ދެންމެ ކުރެވުނު ކަމުގެ މޮޔަކަމުން ނިތުގައި ޖަހާލީމެވެ.. “އޯ މައި ގޯޑް .. މައި ފަސްޓް ކިސް.. “.. އެއީ އަހަރެން ގަސްތުގައި ކުރެވުނު ކަމެއް ނޫނެވެ .. ބަލިގަބޫލު ކުރަން ބޭނުން  ނުވީއެވެ.. ފެންވަރައިގެން އަހަރެން ނިކުތީމެވެ.. ބޯހިތްކަމުން ސޯފާގައި އިށީންދެލީމެވެ.. ނިއަލް އަހަރެންނަށް ކަޅި އެއްލަމުން ގޮސް ފާހަނައަށް ވަނެވެ… މިއަދު ނިއަލް އަށް އެ ކުޅި ކުޅި ޖޫސްތަށި ދެވުމުން ދެރަވިއެވެ.. އަހަރެންނަށް އަނގަމަތީގައި އަތްއަޅާލެވުނީ ނިއަލްގެ ދަތްއުނގުޅާ ބުރުސް ފާހަނަތައްޓު ތެރެއަށް ލެވުނު ހަނދާން ވުމުންނެވެ.. އަހަރެން ބާރަށް ދުވެފައި ފާހަނާ ދޮރުގައި ތަޅަން ފެށީމެވެ.. އެވަރުންވެސް ދޮރެއް ނުހުޅުވިއެވެ.. އިތުރު ގޮތެއް ނެތުމުން ޑަބަލްކީ ހިފައިގެން އައިސް ފާހަނާދޮރު ހުޅުވީ ލޯމަތީގައި އަތް އަޅައިގެން ހުރެއެވެ.. “ނިއަލް..” ނިއަލްގެ ހަބަރެއް ނުވެއެވެ.. ދަމުންދަމުން ގޮސް ސައިބޯންޏަށް އަރާ އަހަރެން ކައްސާލިއެވެ…ނަމަވެސް ބާރުގަދަ ދެއަތުން ނިއަލް އަހަރެން ހިފެއްޓިއެވެ… އަހަރެން މަޑުމަޑުން ލޯ ހުޅުވީމެވެ.. ނިއަލް ތުވާލި އަނދެގެން ހުރުމުން ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ.. “ޕިސް ޕިސް މިފަހަރު ކޮންކަނެއް ބޭނުންވެގެން ފާހަނައަށް ތި ވައްދާލީ…”.. ނިއަލް އެއްބުމަ ހިއްލާލަމުން ބުނެލިއެވެ.. “ދަތްއުނގުޅައިފިންތަ؟؟”…އަހަރެން މަޑުމަޑުން އަހާލީމެވެ.. “ކިހިނެއްވީ.. އަހަރެން ދަތްއުނގުޅާދޭންތަ ތިއައީ؟؟”.. އަހަރެން ނޫނެކޭ ބުނެލީމެވެ..ނިއަލް އަހަރެންގެ ގައިން ދޫކޮއްލިއެވެ.. “މިހާރު ކީއްކުރަން ތިއުޅެނީ”.. އަހަރެން އަހާލީމެވެ.. “އަހަ އަހަ އަހަރެން ފާހަނަ ތެރޭ ކުރާ ހުރިހާ ކަމެއް ބަލަން ހަމަ އެހާބޭނުންތަ؟؟” ނިއަލްގެ ތުންފަތަށް ވެރިވީ ލާނެއް ހިނިތުންވުމެކެވެ.. ނިއަލް ބުރުސް ނަގާ ދަތްއުނގުޅަން އުޅުނެވެ.. “ތި..ތިބުރުހުން ދަތް އުނގުޅާކަށް ނުވާނެ.. އަހަރެން އަތުން ތި ބުރުސް ފާހަނަތައްޓަށް ވެއްޓުނު” އަނެއްފަރާތަށް އެނބުރިފާ އަހަރެން ބުނެލީމެވެ.. “އެހެންތަ އަހަ އަހަ… އޯކޭ އެހެންވީރު އަހަރެން ދަތް އުނގުޅާނީ ރާރާގެ ބުރުހުން”.. ނިއަލްގެ ބުރުސް ޑަސްޕިނައް ވައްޓާލާފައި އަހަރެންގެ ބުރުސް ނަގާ ދަތްއުނގުޅަން ފެށިއެވެ.. “އައްޗީޑި.. ބާއްވާ އަހަރެންްގެ ބުރުސް..” އަހަރެން ހަލޭލަވައިގަތީމެވެ … ނިއަލް އެވަރުންވެސް ބުރުސް ބާއްވާކަށް ނޫޅެއެވެ.. “ކޮބާ މައްސަލަ އަކީ.. ޔޫ ކިސްޑް މީ ދޯ..އެހެންވީމަ އެއްބުރުހަކުން ދަތް އުނގުޅުމަކީ މައްސަލައެއްނޫނޭ”..ނިއަލް ސީދާ އަހަރެންގެ ލޮލަށް ބަލަމުން ބުނެލިއެވެ.. “ކިސްއޭ؟؟ އަހަރެމެންދެމީހުން… ނެތް ހަނދާނެއް”.. އަހަރެން ހުރީ ބަލި ގަބޫލު ކުރާގޮތަކަށް ނޫނެވެ.. ނިއަލް އަހަރެންނާ ކައިރިވެލާފައި ތުންފައިތް ހަލާކުވެފަ އިން ތަންކޮޅު ދައްކާލިއެވެ.. “އެހެންތަ؟؟ ތިހެންވީރު މީ އަހަރެންގެ ތުންފަތުގައި މަދިރިއެއް ދަތްއަޅާފަ އިން ތަންކޮޅެކޭތަ ތިބުނީ”… ނިއަލް ބުނެލިއެވެ.. އަހަރެން ލަދުން އިސްޖަހާލީމެވެ… “ތިބުރުސް ނިއަލް އަށް އޯކޭ.. އައި ވިލް ބައި އަ ނިއު ބްރަޝް”.. ދޫ ދިއްކޮލައްމުން އަހަރެން ފާހަނައިން ނިކުތީމެވެ.. ސޯފާގައި އިށީނދެލާފައި ޓީވީ ހުޅުވީމެވެ .. ނިއަލް ފާހަނައިން ނިކުތުމުން ބޮންޖަލާ ފުޅިއެއް ނިއަލް އަށް ދިއްކޮއްލީމެވެ.. “އަން ބޭސް އުނގުޅަބަލަ ތުންފަތުގަ”.. “ދަތް އެޅި މީހާއެންނުން އުނގުޅައިދޭން ޖެހޭނީ”…އަހަރެން ސޯފާގައި އިށީނދެފައި ނިއަލް ކާރީ އައުމަށް ބުނީމެވެ.. އަހަރެންގެ އިސްތަށުގަނޑު އެއްކޮއް ނުހިކޭތީ ބޭއްވީ ވިއްސާލާފައެވެ… އަހަރެން އިސްތަށިގަނޑާ ކުޅެން އިންދާ ނިއަލް އައެވެ.. ނިއަލްގެ ފަންފަން އިންތަށިކޮޅު ތެއްކޮއް އޮންނަ އިރު ވަރަށް ވެސް ރީއްޗެވެ.. ނިއަލް ސޯފާގައި އިށިންނަމުން އިސްތަށިގަނޑުގައި ހުރި ފެންތައް އަހަރެންގެ މޫނަށް ވިއްސާލިއެވެ.. ރުޅިއައި ނަމަވެސް ހިނދާލީއެވެ..  ނިއަލް ޓީވީ ހުޅުވާލިއެވެ.. ޓީވީއިން ދައްކަމުންދަނީ ލޯބީގެ ފިލްމެކެވެ.. އަހަރެން ނިއަލް ކާރިއަށް ޖެހިލާފައި ބޭސް އުނގުޅަން އުޅުނީމެވެ… އަހަރެން ބޭސް އުނގުޅަން އިނގިލި ދިއްކޮއްލާ ކޮންމެ ފަހަރަކު ނިއަލް މޫނު ދުރުކޮއްލައޭ…”އަޖައިބެއް އިނގޭ… ތިހެން ހެދީމަ އަހަރެން ކިހިނެއްތަ  ބޭސް އުނގުޅަނީ”.. އަނގަޔަށް ވައްތަރެއް ޖައްސާލަމުން އަހަރެން ބުނެލީމެވެ.. “ތީ އަހަރެންގެ މައްސަލައެއްނޫން.. ކާކުތަ ބުނީ އަތްނުފޯރާ ތާކު އިންނާށޭ”..ނިއަލް ބުނެލިއެވެ… “ކޮންތާކު އިނީމަަތަ އަތް ފޯރާނީ.. ނިއަލްގެ ނޭފަތް ކޮޅުގަދަތަ؟؟”.. ނިއަލް އަހަރެން ގެނެސް އުނގުގައި ބޭންދިއެވެ.. “ދެން ހަމަ ގައިމުވެސް އަތް ފޯރާނެ” … ނިއަލް އަހަރެންނަކާ ހަތަރުކަޅި ހަމައެއް ނުކުރެއެވެ.. އަހަރެންގެ ގަޔަށް ބަލާވެސް ނުލައެވެ.. އަހަރެން އަވަސްވެގަތީ ނިއަލްގެ ތުންފަތުގައި ބޭސްއުނގުޅާށެވެ.. “އައްދޯއި.. އިތުރަށް ހަލާކުކޮއްލަންތަ ތިއުޅެނީ”.. އަހަރެންނަށް މާ ބާރަށް އިނގިލި ޖައްސާލެވުމުން ނިއަލް ބުނެލިއެވެ.. “ޕިސް ޕިސް ނެތެންނު ހޭގޮތެއް އެއްގޮތެއްވެސް”..އަހަރެން ނިއަލްގެ މޫނާ ކައިރިވެލާފައި ތުންފަތުގައި މަޑުމަޑުން ބޭސްހާކާލީމެވެ.. އެވަގުތަަކީ ސޯފާ އަނެއްފަރާތަށް ވެއްޓުނު ވަގުތެވެ.. ނިއަލްގެ އަތް ވިދުނެވެ.. އަހަރެން ވެއްޓުނީ ނިއަލްގެ ގައިމައްޗަށެވެ .. އަތަށް ތަދުވާވަރުން ނިއަލް ހަޅޭލަވަން ފެށިއެވެ.. ނިއަލް ގޮވައިގެން ރިސޯޓުގައި ހުންނަ ކްލިނިކް އަށް ދިޔައިމެވެ.. “ތީ ހާދަ ބިރުބިޑުމީހެކޭ ދޯ.. ފާރުކޮޅުގައި ބޭސްހޭކި ހޭކީނުންގޮސް އަނެއްކާ އަހަރެންގެ އަތުގެ ދުވަސްތި ދުއްވާލީ.. “ކަނައަތުގައި އަޅާފައި އިން ބެންޑޭޖާކުޅެމުން ނިއަލް ބުނެލިއެވެ… “އަހަރެންގެ ސަބަބުން ނިއަލްގެ އަތަށް އެހެން ވުމުން ފާޑަކަށް ދެރަވިއެވެ.. “ދެން އަހަރެންނަށް ކާންދީ ފެންވަރުވާދީ ހުރިހާކަމެއް ކުރަންޖެހޭނީ ރާރާ”…”މައްސަލައެއްނެތޭ.. “.. ނިއަލްގެ އަތް އެހެން ވެފަ ހުއްޓާ ސޯފާގައި ނިންދަވާކަށް އަހަރެންް ބޭނުމެއްނުވިއެވެ.. “އޭ.. އަން އެނދުގަ ނިދާ އަހަރެން ނިދާފާނަން ސޯފާގަ”.. “އަހަރެން އެނދުގަ ނިދާފަ ރާރާ ސޯފާގަ ބޭއްވީމަ ކޯޗަކަށް ވަނީ.. ދެމީހުނަށް އެއްކޮއްވެސް ނިދިދާނެ އެންނު އެނދުގަ..”.. އެތާހުރި ހުރިހާ ބާލީހަކުން އެނދު ބައިކޮއްލީމެވެ… “މިހާރުއޯކޭއެންނު ނިއަލްއަށް ކަނާތްފަޅި އަހަރެންނަށް ވާތްފަޅި.. ހަނދާންކުރައްޗޭ މި ވޯލް ކްރޮސް ކޮއްގެން ނުވާނެ”.. އަހަރެން ނިއަލް އަށް އިންޒާރު އެޅީމެވެ.. ނިދާހޭލިއިރު އަހަރެން އޮތީ ތިރީ ކާޕެޓުމަތީގައެވެ.. ނިއަލް އޮތީ މުޅިއެނދު ފުރައިގެނެވެ… “ނިއަލް!!!!!!!!!!!!!!!!!!!!” އަހަރެން ހަޅޭލަވައިގަތީމެވެ.. ނިއަލް އަށް މީހެއް ގޮވާހެން ހީވެސް ނުވެއެވެ… ނިއަލްގެ އަތް ރަނގަޅުވީމަ މިހުރިހާ ކަމަކަށް ބަދަލު ހިފާނަމެވެ.. އެހަށް ކެއްކޮއްލާނީއެވެ.. އަހަރެން ފާހަނައަށް ވަދެ ފެންވަރައިލައިގެން ކާއެއްޗިއްސައް އޯޑާރ ކުރީމެވެ.. އަހަރެން ސައިބޯން ހުއްޓާ ނިދިމޫނުހަދައިގެން ނިއަލް އައެވެ.. “ދަތްއުނގުޅަން ދޭބަލަ ބޮޑު ކަންނެއްގަނޑު”… އަހަރެން ނިއަލް އާ ދިމަލަށް ބަލާލަމުން ބުނެލީމެވެ… “އަހަ އަހަ ހިނގާބަލަ ދަތްއުނގުޅަދޭން”… އިތުރު ގޮތެއް ނެތުމުން އަހަރެން ނިއަލް އާ އެއްކޮއް ދިޔައީމެވެ.. ނިއަލް ގޮޑީގައި ބައިންދާފައި ޓީޝާޓު ބާލަން އެހީވެދިނީމެވެ… ދަތްވެސް އުނގުޅާދިނީމެވެ…. ތުނބުޅިވެސް ބާލަދިނީމެވެ… “ދެން ފެން ވަރަނީ ކިހިނެއް؟؟” އަހަރެން ނިއަލް އާ ދިމަލަށް ބަލާލާފައި ބުނެލީމެވެ… “އަހަރެންނަކަށް ނޭނގެ … ފެން ނުވަރާ މި ފާހަނައަކުން ނުނިކުންނާނަން ހަމަ ގައިމުވެސް”…. ނިއަލް ބާތްޓަބް އަށް އެރުމުން ފަރުދާ އުން ފޮރުވާލާފައި އަނެއްފަރާތު އަހަރެން އިނީމެވެ… ގައި އުނގުޅާ ބުރުހަކުން ނިއަލް ގައި ސައިބޯނި އުނގުޅީމެވެ.. އަހަރެންނަކަށް ތަނެއް ދޮރެއްނޭނގެއެވެ.. އިރުއިރުކޮޅުން ނިއަލް ހަޅޭލަވައިގަނެވެ… ނިއަލް ބޯ ހިއްކާދީ ހުރިހާކަމެއް ކުރެވިއްޖެވެ… ނުވިތާކަށް ކާންދެނީވެސް އަހަރެންގެ އަތުންނެވެ.. އޭގެ ފަހުން 3 ދުވަސް ވެއްޖެވެ.. ބަދިގޭގައި ކައްކަން އުޅެނިކޮއް އަހަރެންގެ އަތް ކަނޑައިގެން ދިއުމުން ބޭސްމަލަން ކޮޅެއް ގަންނަން އަހަރެންް ކްލިނިކް އަށް ދިޔައީމެވެ.. ޑޮކްޓާރ ފެނުމުން .. ނިއަލްގެ އަތް ރަނގަޅުވާނީ ކިހާ ދުވަހަކުންތޯ އެހީމެވެ.. “ނިއަލްގެ އަތަކަށް ނުވެޔޭ މާބޮޑުކަމެއް.. ހަމައެކަނި ކުޑަކޮއް ދުޅަވެފަ އިނީ..”…”ދެން ކީއްވެތޯ މުޅިއަތުގަ ބެންޑޭޖް އަޅައިގެން އެއުޅެނީ”…”ޑޮކްޓާރ ބުނިން ނިއަލް ގާތު ބެންޑޭޖް އަޅާކަށް ނުޖެހޭނެޔޭ.. ބެންޑޭޖް އަޅާދޭށޭ ކިޔާފަ ނިއަލް އާދޭސް ކުރަން ފެށީމަ އަޅާދިނީ..” ކްލިނިކުން ނިކުތް އިރު އަހަރެން ހުރީ ރުޅިއަރާ ރަތްވެފައެވެ.. ނިއަލް މިއޮތްހުރިހާ ދުވަކު ފޭކްޖެއްސީއެވެ.. ގެއަށް ގޮސް ކުޅިދައްކާލާނަމެވެ….

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (34)

  1. Ahu____________shan

    Lilly nxt part avahah upload kohdeeba nukiya keatheah nuvaanea ??mi part ves varah varah reethi igey ??❤️❤️?

    1. lilly
      Ahu____________shan

      aha thank u ahu

  2. MinnSnaileu

    Lol.. Typical couple’s life,
    Konme akas, Ibaaraiykurun varah salhi
    This is one of the few stories I really love
    PLEASE DONT KEEP ME WAITING LILLY!!!
    ???

    1. lilly
      MinnSnaileu

      aww thank u soo much

  3. Kairaa

    Varah varah reethi mi part vx….whn nxt…waiting for the nxt part….

    1. lilly
      Kairaa

      thnk u kai

  4. Shix

    Hehe niyal thi nimuny dhw.. V reethi mi prt whn nxt prt…

    1. lilly
      Shix

      aan ehenennnu vaaany… laaraa nial eh hadhaane gotheh vx neynge ahaha…

  5. Yan♥️

    Varah reethi Masha Allah ? konirakun next part

    1. lilly
      Yan♥️

      vvvv sooooon

  6. Kaira

    Varah reethi??❤when next part?

  7. ?Ril?

    Mi part ves varah reethi ?. I love it ? dhen oi baaves avaha up kohladheychey Lilly. Varah curious for next part???

  8. Fluffy

    Varah salhi ….. Waiting for next ….. Whn next avahah up Koh dhehche

  9. Dhonthy

    A very beautiful story Maasha Allah. Waiting for the next part ❤️❤️❤️❤️❤️

  10. Ahu____________shan

    This is my favorite story of this world ???miyakee Esfiya in ves ma kee ehmea Reethi vaahaka ??Lilly liyaaleh vaahaka ahslu ves varah reethi igey, ❤️❤️❤️

    1. ??
      Ahu____________shan

      Kon irakun tha nextpart.i cant wait

  11. Faadukiyuntherieh

    Kobaa up eh nuveynu avas kohbala thi soon eh nudhaane fahathakun soon dhaany kurin ehifaa genebala avas avas avas avas

  12. No one

    Kon irakutha next part annaany
    Wanna read
    Can’t wait

  13. aphxx

    wow dhyburi ! New story eh just saw it , its awesome ingey?

  14. No one

    Mi story stuck v tha?
    When is the next part?

  15. No one

    Mi story stuck v tha?
    When is next part?

  16. Lam

    When next?

  17. Lamko

    Lilly varah dhuvas kollaafa mi comment eh kollevwnii vc…. This new story is amazing…lilly varah varah reethi whn nxt… Waitin…ly????

  18. Laaraa

    When next haadha lahey mioh reethi Vaahaka
    Komme dhuvahahaku ethah faharaku check kurevey ?

  19. Reeeeeeshhhhhh

    Hmmm neren vehje ehnu mihaaru kiyaahithun nuhurevihen miulheny pls pls pls avaskohbala………………………..

  20. lilly

    sorrrrry guysssss i went back to my island.. no wifi.. thats y coundnt upload the story.. im realllly very sorrrrry ingey… next part will be uploaded tomorrow insha allah..

  21. ?Aashko??

    Miadhu kihaa irakun th up kuraaniy. Lasvaathy hama ahaaliy…. Anyway this is my first comment to ur story. V riythi hurihaa story ehves. Keep it up will always support u. Inshallah u will be a very successful author in future. ?????❤❤❤

    1. lilly
      ?Aashko??

      thank u soooo much ashkoo…. i already submittted the next part ..lets hope that admin will publish it soooon dhoo…. thnk u again

  22. Quiiin

    Alhey haadha lahey still waiting ♡♡btw vaahaka vex salhi ur the best author B safe stay home luv u

  23. Rrrrr

    Avahah next part up kohdhehchey ingey vrh loabivey stay safe

    1. lilly
      Rrrrr

      next part submit kurin iyyega.. .. admin publish kuraaleh lahy sorry dear… lym.. u also stay safe darla

  24. ?Aashko??

    Lilly…… Kobaatha?? Geyga bandhuvefa thibey iru story publish eh nukurey. Lillh buneba admin kairiy publish kohbalaashey story. Alhuga v v foohi vafa geyga mi innaniy. Rashuga nikuthun huhdha ekm mamma beynumeh nuvey geyge dhoraa hama ahves gosgeneh.?
    Mamma innaniy dhorukairy security akah for protection. Someone please tell the admin to publish the story. Mi 2 day’s thereyga emme story eh up viy. Eves alhuga nukiyaa story eh.
    Lilly buneba admin kairiy publish kohbalaashey.. Alhuga v curious abt the next part of the story.

    …..

  25. ?Aashko??

    Lilly. Story kobaatha.. Admin kairy buneba publish kuraashey

  26. Nana??

    Lilly avahah nxt part upload kohdheeba

Comments are closed.