Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ތީ އޭ އުފަލަކީ…(6)

lilly Level 510 Stories100 Comments100 Login500 Comments
April 28, 2020 6 Mins Read
24 Comments

“އަހަ އަހަ ބަލަ ރީތި އެއްޗިސްސައް ބެލުމަކީ މައްސަލައެއްތަ؟؟ ޖެކެޓުބޭލީ ރާރާ އަމިއަލް އަކަންނު .. ލައިގެން ހުރި ކުޑަ ކުޑަ ތުނި ތުނި ޓޮޕްކޮޅު ދައްކަން”… އަހަރެން ނިއަލް އާ ދިމަލައް ލޯ އަޅާލީމެވެ.. “އަސްލު މިހެން މިބުނީ އަހަރެން މީ ބޭކާރު މީހެއްވީމަ”…. ނިއަލް އަހަރެންގެ ތުންފަތައް ބޮސްދޭންފެށިއެވެ.. އެހެންގޮސް ނިއަލް އަހަރެންގެ ކޮލުގައި ދަތް އެޅިއެވެ.. އަހަރެން ނިއަލްގެ މޫނުގާ ހިފާދުރުކޮއްލީމެވެ…. “އެއީ ގަސްތުގަ ބުނެވުނު އެއްޗެއް ނޫނޭ.. ލާރާ ތީ އަހަރެންގެ ލައިފްގެ ވަރަށް މުހިންމު މީހެއް.. ބޭކާރެއް ނުވާނެ ދުވަހަކުވެސް…….ދުވަހަކުވެސް”…”ބޭކާރުވެއްޖިއްޔާ؟؟؟؟؟”.. އަހަރެން ބުނެލީމެވެ..

އާ ދުވަހަށް އިރު އަރައިފިއެވެ.. އަހަރެންނައް ހޭލެވުނީ ފޯނު އެލާމު ވާ އަޑަށެވެ.. ފާހަނައަށް ވަދެ ދަތްއުނގަޅައި ފެންވަރައިގެން ދިޔައީ ނިއަލް އޮތީ ކޮންހާލެއްގަ ތޯ ބަލާލާށެވެ.. ނިއަލް އޮތީ ގަދަ ނިދީގައެވެ… އަހަރެން ގޮސް ނިއަލްގެ މޫނުގައި އިނގިލި ޖައްސާލި ތަނާ ނިއަލް އަހަރެންގެ އުނަގަނޑުގައި ހިފައި ސޯފާއާއި ނިއަލްގެ ހަށިގަނޑާ ދެމެދު ބަންދުކޮއްލިއެވެ… “މީހުން ނިދާފަ ތިބޭއިރު.. ކީއްތިކުރަނީ”…ނިއަލް ބުނެލިއެވެ.. “އެ..އެއީ ނިއަލްގެ މޫނުގައި މަދިރިއެއް އިނީމަ އެ މަރާލަންވެގެން”.. އަހަރެން ހިނިތުންވަމުން ބުނެލީމެވެ.. “އޯ މަދިރިއެއް ދޯ.ހްމްހްމް….”… ނިއަލް އަހަރެންގެ ތުންފަތައް ބޮސް ދޭން ފެށިއެވެ.. ނިއަލް ދުރުކޮއްލާނެ ހާ ހިއްވަރެއް އަހަރެންގެ ގަޔަކު ނެތެވެ… “އޯ ސޮރީ ރާރާގެ ތުންފަތުގައި މެއްސެއް އިނީމަ އަހަ އަހަ”.. ނިއަލް ހެމުން ހެމުން ގޮސް ފާހަނައަށް ވަނެވެ… ނިއަލްގެ ސަމާސަކަން ގަދަވުމުގެ ސަބަބުން ހެވުނެވެ.. ނިއަލް އަންނަން ވާއިރަށް އަހަރެން ބްރެކްފާސްޓައް އޯޑާރ ކުރީމެވެ.. ކާއެއްޗެހި މޭޒުމަތީގައި ބަހައްޓައިފައި އަނެއްފަރާތައް އެނބުރުނުވަގުތު އަހަރެންގެ މޫނު ތަތްވީ ނިއަލްގެ މޭމަތީގައެވެ.. ހަމައެކަނި ތުވާލިކޮޅެއް އަނދެގެން ހުރި ނިއަލް އަށް އަހަރެން ނަޒަރު ހިންގާލީމެވެ.. “ތި ވަރަށް ބަލަން ހޭވެސް ނުވާނު”… ނިއަލްގެ ތުންފަތައް ވެރިވީ ލަނެއް ހިނިތުންވުމެކެވެ..”އަހަރެންގެ ލޯ އަހަރެންގެ ބޭނުން ތާކައް ބަލާނީ”… “ރާރާ އަށް ނުފެންނަ އެއްޗެއް އޮންނާހެނެއް ހީއެއްނުވޭ”.. ނިއަލްގެ ތުންފަތްމައްޗައް ވެރވީ ލާނެއް ހިނިތުންވުމެކެވެ.. އަހަރެންގެ ހިޔާލައް އައީ މި ރިސޯޓައް އައި ފުރަތަމަ ދުވަހު ވީ ގޮތެވެ… ވަގުތުން އަހަރެންގެ ކޯ ލޭކޮޅެއްހާ ރަތްވިއެވެ.. އަހަރެމެން ދެމީހުން ސައިބޮއެނިމިގެން ދިޔައީ ޗާލީ އާ ބައްދަލުކުރާށެވެ.. މީޓިން ނިމުނު އިރު ރޭގަނޑު ވެދާނެއެވެ.. ގެއަށް އާދެވުމުން އަހަރެން ދިޔައީ ފެންވަރާށެވެ.. ނިއަލް ދިޔައީ ފިހާރަޔަކަށެވެ.. “ހިތުގެ ތެޅުން މިތުރު މި އަހާބަލާ

ވާ ލޯބި އެނގޭނަަމަ..ވާލޯބި އެނގޭނަމަ ކަލާ”

ފެންވަރައި ނިމުނެއްކަމަކު ލަވަކިޔުމެއް ނުހުއްޓުނެވެ.. ނިއަލް ގޭގައި ނެތީމަ އަހަރެން ނިކުތީ  ހަމައެކަނި ތުވާލިކޮޅެއްގައެވެ.. ކޮޓަރީގައި ތަޅުލާފައި ތުވާލި ރެކުގައި އަޅުވާލީމެވެ.. އިސްތަށިގަނޑުގައި ފެން ހިއްކީމެވެ.. ގައިގައި ލޯޝަން ލައިނިމިގެން އަނެއްފަރާތައް އެނބުރުނު ވަގުތު އަހަރެންނާ ދިމާލައް ބަލަން އިން ނިއަލްފެނި އަހަރެންގެ މޭގަނޑު އަތައް ނައީ ހަމަ ކިރިޔާއެވެ.. އަހަރެނެ ހަޅޭލަވައިގަތީމެވެ.. ނަމަވެސް އަޑުބޭރުވުމުގެ ކުރިން ނިއަލް އައިސް އަހަރެންގެ އަނގަަމަތީގައި އަތް އެޅިއެވެ.. އަހަރެން އިނީ ގުޑިލަންވެސް ނޭނގިފައެވެ.. އަަހަރެންނެކޭ ބުދެކޭ ތަފާތެއްނެތެވެ.. ނިއަލް ތުވާލި ހިފައިގެން އައިސް އަހަރެންގެ ހަށިގަނޑުގައި އޮޅާލިއެވެ.. އަހަރެން ލަދުގަތްވަރުންގޮސް ލޯމަތީގައި އަތް އެޅުނެވެ.. ނިއަލް އަހަރެންގެ އަތް ނައްޓާލިއެވެ.. “ނި..ނިއަލް ކީއްވެ ނުބުނީ އައި ވާހަކަ؟”….”ފެނުނު މަންޒަރު ރީތިކަމުން އަނގައިން ބަހެއް ބުނަންވެސް ނޭނގިފަ ހުރީ”.. ނިއަލް އަހަރެންގެ މޫނުގައި ފިރުމާލިއެވެ.. ހީވީ ކަރަންޓު ޝޮކެއް ޖެހުނުހެނެވެ.. ނިއަލްގެ ނޭވާ އަވަސްވެފައިވާއިރު… ލޮލުގެ ވިދުންގަދައެވެ.. “އަހަރެންގެ ކުރިމަތީގައި ހަމަ ތިހެންތަ އިންނަންބޭނުމީ.. މިހާރުވެސް ވަރަށް ހިއްވަރުކޮއްގެން މިހިރީ”..ނިއަލް ބުނީކީކޭކަން އެނގުމުން އަހަރެން އަވަހަށް ހެދުން ހިފައިގެން ފާހަނައަށް ވަނީމެވެ.. އަހަރެން ނިކުތް އިރު ނިއަލް ހުރީ ޕޫލް ކާރީގައެވެ.. ބޯކޮއްވާރޭ ވެހެމުންދިޔައިރު ގުގުރި ވެސް ޖަހައެވެ.. ނަމަވެސް މިއިން އެއްވެސް ކަމަކައް ފަރުވާލެއް ނުބަހައްޓާ ބޯވާރޭގަނޑުގައި ނިއަލް ދިޔައީ ތެމެމުންނެވެ.. އަހަރެން ގޮސް ނިއަލް ގައިގައި ފުރަގަހުން ބައްދާލީމެވެ.. ނިއަލް ކުޑަކޮއް ސިހުނެވެ.. “ކޮންކަމަކާ ތިވިސްނަނީ؟”….”ނުވިސްނަމޭ”..ނިއަލް ގަދަކަމުން ހީލަމުން ބުނެލިއެވެ..”އޮހޯ އަހަރެންނައް އެނގޭ ނިއަލް ކޮންމެސް ކަމަކާ ފިކުރުކުރާކަން”…”އަހަރެންގެ ލޮލަށް ހަމަ ސިފަވަނީ ރާޔާ އެކްސިޑެންޓް ވި ތަން.. އެރޭވެސް ބޯކޮއްް ވާރޭވެހި ގުގުރައި.. އަހަރެންނައް ރާޔާ ރަނގަޅައް ނުބެލުނީމަ ވީގޮތް މީ ..ހުސް އަހަރެންގެ ކުއް.. އަހަރެން…” ނިއަލްގެ ލޮލުން ކަރުނަފައިބަމުން ދިޔައެވެ.. ނިއަލް އެކަން ފޮރުވިއެއްކަމަކު އަހަރެންނައް އެނގެއެވެ…. “އެއީ ނިއަލްގެ ކުށެއް ނޫނޭ.. އަމިއްލަ މީހާއަށް ބްލޭމް ނުކޮއްބަލަ.. އަހަރެންނައް ހަމަ ޔަގީން ރާޔާވެސް ބޭނުމެއް ނުވާނެކަން.. ނިއަލް އެކަމާ ގިލްޓީ ފީލްވެ އަބަދު ހިތާމަ ކުރާކައް…”.. އަހަރެން ނިއަލްގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފުހެލީމެވެ.. ނިއަލް އަހަރެންގައިގައި ބައްދައިގަތެވެ.. “އަހަރެން ރާރާ ދެކެ ވަރަށް ލޯބިވޭ.. އަބަދުވެސް ވާނަން..”…”އަހަރެން ވެސް… ދެން ނުރޮއެ..”..ނިއަލް ކިތަންމެ ސަމާސަކަންގަދަސް.. އޭގެ ފަހަތުގައި ފޮރުވިފައިވާ ކަރުނަތަކެއް ވާކަން އަހަރެންނައް ޔަގީންވިއެވެ..

ދުވަސްތައް ފާއިތުވަމުންދިޔައީ ވަރަށްވެސް އަވަހަށެވެ.. ނިއަލްދިޔައީ މަޑުމަޑުން ރާޔާގެ ހަނދާންތަކާ ދުރުވަމުންނެވެ.. ނަމަވެސް އެއްކޮއް ހަނދާން ނުނެތޭނެކަން އަހަރެންނައް ވެސް އެނގެއެވެ.. އަހަރެން ނިއަލްދެކެ ވާލޯބި ދިޔައީ ދުވަހަކައްވުރެ ދުވަހެއް އިތުރު ވަމުންނެވެ.. ރިސޯޓުގައި ނިއަލްއާއެކު މިހޭދަކުރަމުންދާ ދުވަސްތަކަކީ ދުވަހުވެސް ހަނދާނުން ނުފިލާނެ ދުވަސްތަކެކެވެ… މާދަމައަކީ އަހަރެމެން މި ރިސޯޓައް އައިތާ 2 ހަފްތާ ވާދުވަހެވެ..

ހޭލެވުމާއެކު އަހަރެންނައް އެންމެ ފުރަތަމަވެސް ބަލާލެވުނީ އަހަރެންްގެ ބަނޑުގައި ބޯ އަޅައިލައިގެން ނިދާފަ އޮތް ނިއަލް އަށެވެ.. އަހަރެންނައް ހިނިތުންވެވުނީ އިހުތިޔާރަކާނުލައެވެ.. އަހަރެން ނިއަލްގެ ނިތައް ބޮސް ދިނީމެވެ.. “އަހަރެން ހަމަ އެހާ ހޭންޑްސަމްއީތަ.. ތިވަރައް ތި ބަލަނީ”.. ކުއްލިއަކަށް ނިއަލް ލޯ ހުޅުވާލައިފައި އަހަރެން ގެނެސް ނިއަލްގެ ގަޔާލާ ފިއްތާލިއެވެ.. ރޭ ހާދަ އަރާމުކޮށޭ ނިދުނީ.. ބާލީހައް ވުރެ މާ ފަސޭހަ ރާރާގެ ބަނޑުގަ ބޯ އަޅައިގެން ނިދަން..”.. ނިއަލް އަހަރެންގެ ބަނޑުގައި މަޑުމަޑުން ދަތްއަޅާލިއެވެ.. “އޭއި… އުޅޭފާޑު… ބަނޑާނުކުޅޭ… ހީލިކަރައޭ”… ނިއަލް އަދި އެއަށްވުރެ ގަދައަށް ބަނޑުކޮއްޓަން ފެށިއެވެ.. ހެމުން ހެމުން ގޮސް އަހަރެންގެ ލޮލުން ކަރުނަ ވެސް އައެވެ.. ދޮރުގައި ކޮންމެސް މީހެއް ޓަކިޖަހާއަޑުއިވުނެވެ.. “ދެން ދޫކޮއްބަލަ.. ދޮރުހުޅުވަން ދާންވެއްޖޭ”…އަހަރެން ނިއަލްގެ އަތުގައި ވިކައިގަންނަމުން ބުނެލީމެވެ.. “ނެތް ދޫކުރާހިތެއް ސޮރީ..”.. ނިއަލް ކުރިއަށްވުރެ ބާރައް އަހަރެންގެ އުނަގަނޑިގައި އަތްވަށާލިއެވެ.. އަހަރެން ނިއަލްގެ އިސްތަށިގަނޑުގައި ހިފައި ދަމާގަތީމެވެ.. ތަދުވިވަރުން ނިއަލްގެ އަތުން އަހަރެން ދޫވިއެވެ.. ހެމުން ހެމުން ގޮސް އަހަރެން ދޮރުހުޅުވީމެވެ.. އަހަރެންގެ މޭގަނޑު އަތައް ނައީ ހަމަ ކިރިޔާއެވެ.. ކުރިމަތީގައި ހުރީ ޖުނާ އާއި ނަބީލްއެވެ.. “ސަޕްރައިސް…” ޖުނާ އަހަރެންގެ ގައިގައި ބައްދައިލިއެވެ.. އެދެމީހުންގެ ފަހަތުން ނިކުތް މާޝާފެނި އަހަރެން ހޭނުނެތުނީ ހަމަ ކިރިޔާއެވެ.. އަހަރެންނާއި ނިއަލްގެ ވާހަކައެއް އެމީހުން ކައިރިއަކު އަދި ނުބުނަމެވެ.. “މީދޯ ލާރާގެ ރޫމް.. އަހަރެން އެތާއިން ކުއްޖާކާރީ ދޮންބެގެ ރޫމް ކޮބާހޭ ބުނީމަ ވެސް ހަމަ ބުނީ ތިރޫމް ވާހަކަ”….”އަހަ އަހަ އަނެއް  ރޫމް ނެގީ ނިއަލްގެ ރައްޓެއްސެއްގެ ނަމުގަ..” ދާއޮހޮރެމުންދާ ހާލު އަހަރެން ބުނެލީމެވެ.. “އޯ ރޫމް ނަމްބާ ބުނެބަ.. އައި މިސް ހިމް”.. ޖުނާ ބުނެލިއެވެ… “އަމް 666” އަހަރެން ސިކުނޑިއަށް އައި އެންމެ ފުރަތަމަ އެތި ބުނެލީމެވެ.. “ނަބީލް ހިނގާ ދޮންބެ ކައިރިއަށް ގޮސްލަން”.. ޖުނާ ނަބީލްގެ އަތުގައި ހިފައި ހިނގައިގަތެވެ… އަހަރެންގެ ހާސްކަން ވީއިތުރެވެ.. ނަމަވެސް ނިއަލްގެ ވާހަކަ މިގަޑީ ބުނެވޭކައް ނެތެވެ.. އަހަރެންގެ ރޫމްގައި އަހަރެންގެ އެނދުގައި ނިދާފަ އޮތް ނިއަލް ފެނިއްޖިއްޔާމު އަހަރެންގެ ދުވަސް ދިޔައީއެވެ… “ޖޫޖޫ.. ނިއަލް ނިދާނެ ވަރަށް ލަސް ވަންދެން.. އަދި ގަޑިން 10 އެޖެހީ އާދޭ އެއްޗެއް ކައިލައިގެން ދާން”… އަހަރެން އެ ތިން މީހުން ގޮވައިގެން ބަދިގެއަށް ދިޔައީމެވެ.. ޖުނާއާއި ނަބީލް ކާގޭގައި އިށީނުމުން އަހަރެން އަވަސްވެގަތީ.. ޖޫސްގިރާށެވެ.. ނަމަވެސް ފޮށި ދަމަމުން ކޮޓަރިއާ ދިމަލައް ހިނގައިގަތް މާޝާފެނުމުން އަހަރެން ދުއްވައިގަތީ އެދިމާލަށެވެ.. “އޮހޯ ކޮންތާކައް ތިދަނީ”…”ފޮށި ބަހައްޓާކަންނު”…މާޝާ ބުނެލިއެވެ.. “ފޮށި ބެހެއްޓޭނެ މިތާވެސް”.. އެތެއް އަނގެއް ތަޅައިގެން މާޝާ ކާމޭޒުކައިރީ އިށީނިއެވެ.. 4 ޖޫސްތަށި ގިރައިގެން އައިސް އަހަރެން މޭޒުކައިރީ އިށީންނީމެވެ.. އިރުއިރުކޮޅާ ކޮޓަރިއާ ދިމާލައް ބަލައިލެވެއެވެ.. “ކިހިނެއްވީ ހާދަ ހާސްވެފަ…”.. ޖުނާ ޖޫސް ތަށިން އެތިކޮޅެއް ބޯލަމުން އަހާލިއެވެ.. “ކީއްކުރަން އަހަނީކީއެއް ހަޒާނާގަނޑެއް ފޮރުވައިގެން އެއުޅެނީ” މާޝާ ތުން ދަމާލަމުން ބުނެލިއެވެ.. އަހަރެންގެ އަނގައިހުރި ޖޫސްތައް ބުރުއްސައިގެން ދިޔައީ ނިއަލް ލަވަކިޔާ އަޑުއިވުމުންނެވެ… “ކާކު ލަވައެކިޔަނީ”.. ނަބީލް އަހާލިއެވެ..”އަހަ އަމް އެއީ އަނެއް އަހަރެން ގެންގުޅޭ ސްޕީކަރުން”…”އޯ ހާދަ ޓަފޭދޯ”…. އެންމެންގެ މޫނުމަތިން ހިނިތުންވުން ފެންނަމުންދިޔައިރު ޖުނާގެ މޫނުމަތިން ފެންނަމުންދިޔަ ކުލަވަރު މާ ވިދުންގަދައެވެ… ޖޫސްތަށި ބޮއެ ނިމިގެން މާޝާ ޕޫލްކައިރިއަށް ގޮސްލިއެވެ.. “ލާރާ!!!!!” އަޑުނެތްކޮޅެއް މާޝާ ހަޅޭލަވައިގަތެވެ.. ދެން ފެނުނީ ހިއްކަން އަޅާފައި އޮތް ނިއަލްގެ ބޮކްސާހިފައިގެން އައި ތަނެވެ.. “މީ ކޯޗެއް!!!!؟؟”… މާޝާގެ ދެބުމަ ގޮތްޖެހުނެވެ.. ޖުނާ ހަމަ އަނގައިންވެސް ނުބުނެ އިނެވެ..”ތީ އަހަރެން ނިދަން ގެންގުޅޭ ސޯޓު..” ނޭނގޭކަމައް ހަދާލާފަ އަހަރެން ބުނެލީމެވެ.. “އެކަމަކު މީ ފިރިހެންކުދިންލާ ބޮކްސައެންނު”…”ބަލަ މިހިރަ މޮޔަޔާ.. އެއީ ލާރާއެންނު.. އޭނަޔައް އޯކޭވާނެ ކޮންމެ ޖިންސެއްގެ އެއްޗަކަސް ލެވެންޏާ އަހަ އަހަ”…. ޖުނާ އަހަރެންނާ އެއްކޮޅުގަ ހިފިއެވެ… “އޭ އަހަރެން މިދަނީ ފާހަނައަށް”…މާޝާ ދުވެފައިގޮސް ކޮޓަރިއަށް ވަނެވެ.. އަހަރެންނައް ބުދެއް ހެން ހަމަ ހުރެވުނީއެވެ.. ނަމަވެސް ހޭވެރިކަން ވުމުން ކޮޓަރިއާ ދިމަލައް ދުއްވައިގަތީމެވެ.. މާޝާ ކޮޓަރީއެތަން މިތަން ހޯދާ ބަލަން ފެށިއެވެ.. ނިއަލް ފެންނަ ހިސާބުގައި ނެތުމުން އަހަރެންނައް ހަމަޖެހުމުގެ ނޭވާއެއްލެވުނެވެ.. ނަމަވެސް ފަރުދާގެ އެފަރާތުގައި ފިލާހުރި ނިއަލްގެ ފައި ފެނުމުން އަހަރެން އަވަސް އަވަހައް އެދިމާލައް ދިޔައީމެވެ.. ނިއަލް އަހަރެންގެ އަތުގައި ހިފައި ފަރުދާގެ އެފަރާތައް ގެނައެވެ.. “އޭ ކީއްތިކުރަނީ.. ބަސްޓުވެދާނެ”….”ނުވާނެޔޭ”… “ކޮން އަޑެއް އެއިވެނީ” މާޝާ އަހަރެންނާ ދިމަލައް ބަލާފައި ބުނެލިއެވެ.. “ތީ މާޝާ އަށް ހީވާގޮތޭ ޕިސް ޕިސް..”….ޖުނާ އާއި ނަބީލް އަންނަ އަޑުއިވުނެވެ…”އޭ ފުންމާލަބަލަ”….”ވަޓް؟؟ އަހަރެން މަރުނުވެގެންތަ ތިއުޅެނީ”.. ނިއަލްދެލޯބޮޑުކޮއްލިއެވެ…”ނެތޭ އިތުރު ގޮތެއް”….”އެކަމަކު…”…. އެކަމަކު އެއްނޫން ފުންމާލާ.. ނުވާނެ މާބޮޑު ވަރެއް”.. އަހަރެން ނިއަލް ބެލްކަނިން ބޭރައް ކޮއްޕާލީމެވެ.. “ކޮން އަޑެއް އެއިވުނީ؟؟” ނަބީލް ބޯކަހާލަމުން ބުނެލިއެވެ.. “އެ..އެއީ ގާކޮޅެއް ވެއްޓުނު އަޑު”…

“ދެން ތިއެއްނޫނޭ ހިނގާބަލަ ނިއަލް ކާރިއަށް ދަމާ” ނަބީލް ބުނެލިއެވެ.. “ލާރާ ހިނގާ އަހަރެމެން ގޮވައިގެން ދާން”… ތެޅެމުންދިޔަ ހިތަކާއެކީ އަހަރެން ގޮސް ހުއްޓުނީ ރޫމް 666 ގެ ކުރިމަތީގައެވެ.. ހެދުނު ދޮގެއްގެ ސަބަބުން އަހަރެންގެ ދުވަސް ދިޔައީއެވެ.. އަހަރެން ދޮރުގައި ޓަކިޖަހާލީމެވެ.. އެކަކުވެސް ނުހުޅުވިއެވެ…”ކޮބާ އަހަރެން ބުނީމެއްނު.. ނިއަލް އޮންނާނީ ނިދާފައޭ..ހިނގާދާން”.. ފުރުސަތުގެ ބޭނުން ހިފައި އަހަރެން އަވަހައް ބުނެލީމެވެ.. ނަމަވެސް އަހަރެމެން ދާން ހިނގައިގަތް ވަގުތަކީ ދޮރުހުޅުވިވަގުތެވެ.. ދޮރުކުރިމަތީގައި ހުރީ  ހަމަ އެކަނި ތުވާލިކޮޅެއް އަނދެގެން ހުރި ޒުވާން ފިރިހެނެކެވެ.. ދިގު އިސްކޮޅަކާއި ކަސްރަތީ ހަށިގަނޑެކެވެ.. މީހާގެ ރީތިކަން އިތުރު ކޮއްދެނީ ވިދުންގަދަ މުށިކުލައިގެ ލޮލުންނެވެ.. “އޭ ކޮބާ ނިއަލް ހޭލާފިތަ؟؟” އެ ގޮތްނޭނގޭ ޒުވާނާގެ ކޮނޑުގައި ޖަހާލަމުން އަހަރެން ބުނެލީމެވެ.. “އޭ ހަސަނު އަދިވެސް ނިދާފަތަ؟؟ ނޫނީ ހޭލާހުރެ ހުވަފެން ބަލަނީތަ؟؟”… އެ ޒުވާނާގެ މޫނު މައްޗައްވެރިވީ ލާނެއް ހިނިތުންވުމެކެވެ..”އާ ނިއަލް އޮތީ ގަދަނިދީގަ”…އެޒުވާނާ އެހެން ބުނެލުމުން އަހަރެން ފާޑަކައް ސިހުނެވެ.. ނަމަވެސް ބޯ ޖަހާލަމުން ޖުނާމެން ގޮވައިގެން އެތަނުން ދިޔައިމެވެ.. އެމީހާ ހިތައްއަރާނެ އަހަރެން މީ އެއްވެސް ގޮތެއް ފޮތެއް ނެތް މީހެކޭ އުފް…”…

މިއަދު މީ ޖުނާއާއި ނަބީލްގެ ވެޑިންޕާޓީ އޮންނަ ދުވަހެވެ.. ޗާލީ އަށް ހަގީގަތް އެނގުމުން ވަރަށް ރުޅިއައެވެ.. ނަމަވެސް ވީގޮތް ތެދުތެދައް ކިޔާދިނުމުން .. ހަމަޖެހުނެވެ.. ހުދުކުލައިގެ ދިގު ވެޑިންޑްރެސްއެއް ލައިފައި ހުންނަ އިރު ޖުނާވަރަށްވެސް ރީއްޗެވެ.. އަހަރެންނާއި މާޝާލާންޖެހުނީ ރަތްކުލައިގެ މާމެއިޑް ހެދުމެކެވެ.. ހެދުން ގަޔައް އެހާ ފިޓުކޮއް އިނުމުން އަހަރެންނައް އުނދަގޫވާގޮތްވިއެވެ.. “ވާއު.. ލާރާ ތިހެދުން ލައިފަ ހުންނައިރު ވަރަށް ރީތި” މާޝާ އަހަރެންގެ ފޫކޮޅުގައި ޖަހާލަމުން ބުނެލިއެވެ… “ހޫން.. މަލާމަތްކުރަނީދޯ”..އަހަރެމެން ތިންމީހުން ރީތިވެގެން ނިކުތްއިރު ނަބީލް އާއި ޗާލީގެ އިތުރުން ނިއަލްވެސް ހުއްޓެވެ.. ކޯޓުފަޓުލޫން ލައިފައި ހުންނައިރު ނިއަލް ވަރަށްވެސް ފިރިހެންވަންތައެވެ.. އަހަރެން ނިއަލް އާ ދިމަލަށް އެއްލޯ މަރާލީމެވެ..

އަހަރެންނާއި ޖުނާ އަދި މާޝާ އޮލަ ވާހަކައެއްގައި ތިއްބާ ނަބީލް ޖުނާ އަތުގައި ހިފައިގެން ނަޝާލަން ދިޔައެވެ.. “އޭ ހިނގާ ނަށަންދާން.. ހިނގާބަލަ މިތަނުން ރީތި ސޮރެއް ލިބޭތޯ.. އަހަރެމެން ކަހަލަ ހުސްވެރިބައި މީހުނައް”.. މާޝާ ބޯން އިން ކޯކު ތަށި ހުސްކޮއްލަމުން ބުނެލިއެވެ.. “އަސްލު މިބުނީ ލާރާ އަށް ހޯދަން ހިނގާށޭ އަހަރެން ކަހަލަ ކުދިންނައް ލިބޭނެ ފުއްޓައްކެއް ޖަހާލާ އިރަށް ބަލަން ހުންނައްޗޭ”… އަހަރެންގެ ނަޒަރު ހުއްޓުނީ ދުރުގައި ފޯނާކުޅެން ހުރި ޒުވާނާއަށެވެ.. އެއީ ރޫމް666 ކަން ޔަގީނެވެ.. މިއަދު ވީ ކަންތަކާ މައާފައް އެދެން ހިނގައިގަތް ވަގުތު ފެނުނު މަންޒަރަކުން ކުޅިބަލަން މަޑުކޮއްލީމެވެ.. ރޫމް666 އަހަރެންނައް ބަލާލުމުން ހިނިތުންވެލީމެވެ.. އެއްކަލަ މާޝާ ރޫމް666 ކައިރިއަށް ދިޔައެވެ.. އަހަރެން އިނީ ކިޔާއެއްޗިސް އަޑުއިވޭ ހިސާބުގައެވެ.. “ހެލޯ ހޭންޑްސަމް”.. މާޝާ ބުނެލިއެވެ.. “ކިހިނެއްވީތޯ؟؟”.. އެ ޒުވާނާގެ އަޑު ބަރުވެފައި ފިރިހެންވަންތައެވެ..”ލެޓްސް ގޯ އެންޑް ޑާންސް ޔޫހޫ!!”.. މާޝާ ނަޝާލަމުން ބުނެލިއެވެ.. އަހަރެން އިނީ ހިނިގަނޑު ހިފައްޓާލާގެނެވެ.. “ވައި ޝުޑް އައި ޑާންސް ވިތް ޔޫ؟”.. އެ ޒުވާނާ ރުންކުރު ގޮތަކައް ބުނެލިއެވެ.. “ކީއްވެހޭ؟؟؟ ނުފެނޭތަ؟؟ އައި އޭމް ސޯ ޕްރިޓީ.. “…ރޫމް666 މާޝާއަށް ސަމާލުކަމެއް ނުދީ އަހަރެންގެ ގާތައް އައެވެ.. އަހަރެންގެ ދެލޯ ބޮޑުވިއެވެ.. “އެއްޗެއް ބުނަންވެފަ އެބައޮތްތަ؟؟”.. ރޫމް666 އެހިއެވެ.. “އަމް މިސްޓާރ ރޫމް666 އައިއޭމް ސޮރީ އެންޑް ތެންކިއު”… އަހަރެން ބުނެލީމެވެ.. “ރޫމް666 އޭ؟؟ އަހަ އަހަ އަހަރެންނަށް ކިޔަނީ ހިޝާމް”…ހިޝާމް ސަލާންކޮއްލަން އަތްދިއްކޮއްލިއެވެ.. “ލާރާ”.. ޖަވާބުގައި ނަން ބުނެލާފައި އަހަރެން ހިޝާމް އާ ސަލާން ކޮއްލީމެވެ.. “ސޮރީ އަކުން ނުފުދޭނެ..”…ހިޝާމް ބުނެލިއެވެ… “ވަޓް؟؟ ދެން އަހަރެން ކީއްކޮއްދޭންވީ… ދެފައިމައްޗައް ވެއްޓިގެން އާދޭސްކުރަންވީ؟؟”.. އަހަރެން ބުނެލީމެވެ ..”ނޫނޭ އަހަރެންނާއެކީ ނަޝާލަނިކޮއް ފުދޭނެ”…އެއީ މާޝާ ވެސް އައި ވަގުތެވެ.. “ސޯ މިސް ލާރާ ވިލްޔޫ ޑާންސް ވިތްމީ”…ހިޝާމް އެއްފައި މައްޗައް ތިރިވެފައި އެހެން ބުނެލިއެވެ… އޭރު ގިނަ މީހުންހެ ސަމާލު ކަން އަހަރެމެން ދެމީހުނައް ހުއްޓުނެވެ.. ހިޝާމް އަތް ދިއްކޮއްލުމުން އަހަރެން ހިފީމެވެ.. ހިޝާމް އާއެކު ނަޝަމުން ވާހަކަ ދައްކަމުން ދިޔައިރު އަހަރެންނައް ފާހަގަ ނުކުރެވުނީ ލޭކެކޭ ހާލު އަހަރެމެން ދެމީހުނައް ބަލަހައްޓައިގެން ހުރި ނިއަލްއެވެ… ނަށާނިމުމުން އަހަރެން ދިޔައީ ނިއަލް ފެނޭތޯއޭވެ.. ނަމަވެސް ނުފެނުނެވެ.. މޫދާކައިރި ހިސާބަކުން ދުންކޮޅެއް ފެނުނެވެ… އަހަރެން ދިޔައިރު ނިއަލް ސިނގެރޭޓެއް ރޯކުރަނީއެވެ.. އަހަރެން ގޮސް ސިނގެރޭޓު އެއްލާލީމެވެ.. “ނިއަލް؟؟ ހަމަތަ؟؟ ކީއްތިކުރަނީ”….”އަހަރެން ކުރާ ކަންތައް ތަ އަދި ގޯސްވީ.. ލާރާ ހިލޭ ފިރިހެނުން ގައިގައި ޖެހި ފިތިގެން ނަށާއިރު އެއީ މައްސަލައެއްނޫންތަ؟”.. “ނިއަލޫލޫ ތިހީކުރާ ކަހަލަ ކަމެއް ނުނޭ އެއީ.. އެކަމުވެސް ސިނގެރޭޓު ބޮއެގެނެއް ނުވާނު..” އަހަރެން ރޫމް666 ގެ ވާހަކަ ނިއަލް އަށް އެއްކޮއް ކިޔާދިނީމެވެ..ނިއަލް އަދިވެސް ހުރީމޫޑު ގޯސްވެފައެވެ.. “ލުކް ނިއަލް އައިއެމް އޮންލީ ޔުއާސް..”…”ލާރާ ގައިގަ އެހެން މީހެއް ބީހިލަންވެސް އަހަރެން ނޭދެން…”…”ދެން އެކަހަލަ ކަމެއް ނުވާނެ ސޮރީ”…. އަހަރެން ގޮސް ނިއަލް ގައިގައި ބައްދާލީމެވެ… ނިއަލް އަހަރެންގެ ތުންފަތައް ބޮސް ދޭން ފެށިއެވެ… ޖެހެމުންދިޔަ ފިނިވައިރޯޅިތަކުން ހީބިހި ނަގާވަރުވެއެވެ.. “އަހަރެން ހީއެއްނުކުރަން ތިއީ އެހާ ޖެލެސީ ބޯއީ އެއްކަމަކައް”.. އަހަރެން ނިއަލްގެ ނޭފަތުގައި ހިފާލަމުން ބުނެލީމެވެ…..އަހަރެން ނިއަލްގެ މޫނުގެ އެކި ތަންތަނައް ބޮސް ދިނީމެވެ.. ކުއްލިއަކައް އަހަރެންގެ ފޯނު ރިނގުވާން ފެށިއެވެ.. ބަލާލިއިރު ޖުނާއެވެ..

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

lilly

Level 510 Stories100 Comments100 Login500 Comments

?just a girl tht hides a thousand ?feelings behind the happiest smile?.. ✨i just love to read n write storiess.?. n share the best? n worst? memories with u guyss..?? feel free to tell me anything..?? will always love u guyss??

Other Articles

Previous

އިޙްނާ (6)

Next

ދެކިލަން އެދޭތީ

Next
April 28, 2020

ދެކިލަން އެދޭތީ

Previews
April 28, 2020

އިޙްނާ (6)

24 Comments!

  1. Anonymous says:
    April 28, 2020 at 1:43 am

    Wow v reethi mi part and thanks mirey up kohdhinima…

    1. lilly says:
      April 28, 2020 at 11:14 am

      thank u

  2. Lyn says:
    April 28, 2020 at 4:45 am

    Mi story ga onnany abadhu kiss kurun tha????

    1. lilly says:
      April 28, 2020 at 11:15 am

      ahahah ehn kannneynge evany.. laaraa aa nial kaary bunebala thankolheh bas ahaigen ulheyshey

    2. Anonymous says:
      April 29, 2020 at 12:15 am

      So true . Faadukiyumakee libeyne kuri erumekey bunaafadhain alhugandu unmeedhu kuran mi comment vx writer positive koh nagaane kamah… hageegathuga thanfukeh over kanneynge mi story… mihen mi bunaa sababakee alhugandumen dhannanvaane knme kamehvx kuraairu dheenee mingaduge thereygai ekameh kurun… alhugandumennakyy muslimunkan dhannan vaane….. mi vaahakaigai mivaa mi hurihaa romantic scenes thakakee kandaelhigen zineyy… ? mikahala kanthah promote nukurumah writer ge kibain edhenn.. all the best lilly and may allah bless you ❤?

  3. shaiiii says:
    April 28, 2020 at 5:29 am

    vvv salhi mi prt vx….one of the best storyy….bst of luck sis

    1. lilly says:
      April 28, 2020 at 11:16 am

      thank u sooo much shaiii

  4. Yan♥️ says:
    April 28, 2020 at 5:38 am

    Varah reethi Masha Allah anehkaa room666 aaky laaraage kohkotha?

    1. lilly says:
      April 28, 2020 at 11:18 am

      hingaa balamaa dhoo.. you will see .. dont wanna spoil it.. thank u soo much yan… annnaane twist eh.. mi story ga

  5. Kairaa says:
    April 28, 2020 at 11:40 am

    Varah varah reethi mi part vx…..curiously waiting for the nxt part…..ly sis…and be safe…

    1. lilly says:
      April 28, 2020 at 12:12 pm

      thank u soo much kai.. lym.. u also be safe dear

  6. lamko says:
    April 28, 2020 at 11:41 am

    oohh lilly …varah reethi..masha allah
    whn nxt….waitin..missed you??

    1. lilly says:
      April 28, 2020 at 12:12 pm

      thank u soo much lamkoo.. miss u more dear

  7. Umny ??? says:
    April 28, 2020 at 12:50 pm

    Kon irakun next part?

    1. lilly says:
      April 28, 2020 at 3:31 pm

      i will submit the next part tonight

  8. Queen says:
    April 28, 2020 at 1:42 pm

    Alhey mi vaahaka haadha reehchey…. I am so happy that u uploaded it by saying specially for me… hoping u will upload the next part today cause u said u finished typing it…..

    1. lilly says:
      April 28, 2020 at 3:32 pm

      i keep my promises :-)… yeah will submit it before tomorrow

  9. Laila says:
    April 28, 2020 at 2:31 pm

    Lilly sis.. u are so talented… I hope that u will upload the next part sooooooon.. can’t wait… N I really like the character Lara.. also curious.. about this mysterious room666❤️❤️❤️❤️

    1. lilly says:
      April 28, 2020 at 3:34 pm

      yeah dear. im sure u will like the next 3 episodes… becux room666 ge identity will be exposedddd finally

  10. Sana says:
    April 28, 2020 at 4:10 pm

    Yesss i am so excited for next part plx

    1. lilly says:
      April 28, 2020 at 4:18 pm

      thank u sana

  11. love_reading says:
    April 28, 2020 at 6:49 pm

    so excited for the next part… love this stryy

    1. lilly says:
      April 30, 2020 at 11:17 pm

      thank u so much

  12. Ahuuu says:
    May 1, 2020 at 12:17 am

    Lilly Varah dhuvas kohlaafa Mi Comment Eh kohlanee ❤️❤️Varah Varah reethi ingey Mi part ves ???

Comments are closed.

Next Episodeތީ އޭ އުފަލަކީ…(7)←


All Right Reserved!