އަހަރެމެން ކުޅެމުންދިޔައީ ބިރުވެރި ތަމްޞީލެކެވެ. އޭގައި މަރާއި، އަލުން ދިރުމާއި، ލޭ އޮހޮރުވުމާއި، ހަނގުރާމައިގެ މައިދާން ދައްކުވައިދެ އެވެ. އަހަރެން ހަމަޖެހިފައިވަނީ ތަމްޞީލުގެ ބަޠަލާގެ ގޮތުގަ އެވެ. ސަލްމާ އެކުޅުމުގައި އަދާކުރަނީ އަހަރެންގެ ދުޝްމަނެއްގެ ބައެވެ. އިތުރު ކުދިންތަކަކާވެސް އެކު އަހަރެމެން ފަރިތަކުރުން ކުރިއަށް ގެންދިޔައީމެވެ. *** ތަމްޞީލުގައި ދުޝްމަނުން ރަނގަޅުބައިގެ ސިފައިންގެ މީހެއް ވަގަށް ނަގަ އެވެ. މިކަން ރަނގަޅުބައިގެ ލަޝްކަރަށް އެނގިގެންދަނީ އެމީހުންގެ ބަޔަކު ދުޝްމަނުންނަށް ޖާސޫސް ކުރަން ފެށިފަހުންނެވެ. ހަތުރުންނަށް އެމީހުންގެ ދުޝްމަނުންނަށް […]
ދައްކަމުންދިޔަ ވާހަކަ މެދުކަނޑާލީ ވެއިޓަރު އައިސް ދެ ކޮފީތަށި މޭޒުމަތީ ބެހެއްޓުމުންނެވެ. އެވަގުތު ސުޖާޢުމެން ތިބި މޭޒާއި ޖެހިގެން ފަހަތަށް ހުރިމޭޒު ދޮށުގައި ތިބި މީހުން ދައްކަމުންދިޔަ ވާހަކަ ސުޖާޢުގެ ސަމާލުކަން އަތުލީ ހަމަ ކުއްލިއަކަށެވެ… “އަލާރިކް… ކީއްވެގެން މާކުރިން އޭނާ ގެންދިޔައީ؟” އެތަނުން އެކަކު ބުނި އަޑު އިވުނެވެ. އެމީހުން ވާހަކަ ދައްކަމުން ގެންދިޔައީ އިނގިރޭސިބަހުންނެވެ. “އޭނާ ރާއްޖޭގައި ބެހެއްޓުން ބުއްދިވެރި ނުވާނެތީ… މިހާރު މުޅި ރާއްޖޭގެ އެއްކޮޅުން އަނެއްކޮޅަށް ޚަބަރު ފެތުރިއްޖެ. މިއީ ކަލޭމެންގެ […]
ކުއްލިއަކަށް ބޭރުން ވިދާލައިފި އެވެ. އެކަން އިނގުނީ ހޯލުގެ ކުޑަދޮރުތަކުން ވަދެގެން އައި އަލިގަނޑަކުންނެވެ. ވަގުތުން ދެމީހުންވެސް ހުއްޓުނެވެ. ޝެރިނަށް ވެސް ހުއްޓެވުނެވެ. ސިހުނުކަމުގެ އަލާމާތްތައް އެދެމީހުންގެ މޫނުމަތިންވެސް ފެންނަމުން ދިޔައެވެ. ޝެރިން ހައިރާންވީ މިއޮއްހާއިރު އެމީހުންގެ ގަދަކަމުގެ ވާހަކަ ދައްކަދައްކާފައި ކުއްލިއަކަށް ބިރުން އުޅޭތަން ފެނުމުންނެވެ. ދެން އިވެންފެށީ އެލާމެއްގެ އަޑެވެ. އެންމެ ވައްތަރީ ނުރައްކަލެއް އުޅޭކަމުގެ އެލާޓަކާއެވެ. ވަގުތުން ކަޅު ހެދުމުގައި ތިބި ފާރަވެރިންތަކެއް އެތަނަށް ޖަމާވެއްޖެ އެވެ. އޭރު މަޑުމަޑުން ނައު ގުޑެމުން […]
ކުރެވުނު ކުޑަ ސަމާސާއަށްފަހު ދެމީހުންނަށްވެސް ކުޑަކޮށް ނޭވާ ހަމަޖައްސާލެވުނެވެ. ނީމް ގެއަށްލައި ދީފައި ކައިލް އަނބުރާ އައީ ސީދާ ގެއަށެވެ. ގޮތްނޭނގޭ ކޮންމެވެސް ސަބަބަކާއި ހުރެ ހަލުވި ދުވެއްޔެއްގައި ދިޔަ ކާރުގެ މަތިން އޭނާއަކަށް ހަނދާން ނައްތައެއް ނުލެވުނެވެ. އެނގެނީ އެއީ ކަޅުކުލައިގެ ޕްރައިވެޓް ކާރެއްކަމެވެ. މިހާ އެކްސިޑެންޓުތައް ގިނައިރު، ފުރާނައަށް ނުރައްކާވާ ގޮތަށް ދުއްވާއެއްޗެހި އަދިވެސް ދުއްވަމުން ދާތީ އެކަމާ ކައިލްވެސް ވަރަށް ކަންބޮޑުވެ އެވެ. ނަމަވެސް ހެއްވާ ކަމަކީ އޭނާ އަމިއްލައަށްވެސް ކޮންމެ ދުވަހަކު […]
ދެރައީ އެބޯ ފޮތުގައި ވާ އެއްޗެއް ނޭނގޭތީ އެވެ. ކުޑަމިނުން އެފޮތް މިތަނުގައި އޮތް ބޭނުންވެސް އެއްގޮތަކަށްވެސް ނުވިސްނޭތީ އެވެ. ތަނަށްވެރިވެފައިވާ އަލިކަންވެސް ހިނދެއް ހިނދަކަށް ފަނޑުވަމުން ބާރު ދަށްވަމުން އަންނާތީ މިހާރު އަލީގެ މައްޗަށް އަނދިރި ބާރުފޯރުވާހެން ވެސް ހީވެ އެވެ. ފެހި ކުލައިގެ އަލި، ގަދަފެހި ކުލައަށް ބަދަލުވެއްޖެ އެވެ. އަހަރެންގެ ހިތުގެ ތެޅުން އަނެއްކާވެސް ގަދަވެއްޖެ އެވެ. ހަލުވި ބާރުމިނެއްގައި އަނދިރިކަން އަލިކަމުގެ މައްޗަށް ކުރި ހޯދައިފި އެވެ. *********************************** ލަސްލަހުން އަހަރެން […]
ސޯ ނޯވަން ޓޯލލްޑް ޔޫ ލައިފް ވޯޒް ގޮނަ ބީ ދިސްވޭ… ޔޮއަ ޖޮބްސް އަ ޖޯކް… ޔޫއަރ ބޮރޯކް… ޔޮއަ ލަވްސް ޑީ އޯ އޭ… އިޓްސް ލައިކް ޔޫއަރ އޮލްވޭޒް ސްޓަކް އިން ސެކަންޑް ގިއަރ ވެން އިޓް ހެޒެންޓް ބީން ޔޮއަ ޑޭ، ޔޮއަ ވީކް، ޔޮއަ މަންތް، އޮރ އިވަން ޔޮއަ އިއަރ، ބަޓް އައި ވިލްބީ ދެއަރ ފޮރ ޔޫ ވެން ދަ ރެއިން ސްޓާޓްސް ޓު ޕޮއަރ އައިވިލް […]
ކާފަގެ މިޖުމުލަތައް އަހަރެންގެ ކަންފަތުގައި ގުގުމަމުންދިޔަ އެވެ. މިނެޓެއްތެރޭ ހިތަށްއެރި ތަކެއްޗާއެކު މަޑުމަޑުން އަހަރެންގެ ގައިން ވާގި ދޫވާންފެށި އެވެ. މުޅިތަން އަނދިރިވަމުން ގޮސް އެއްކޮށް ކަނު އަނދިރި ކަން ވެރިވެގަތެވެ. *********************************** ގަދަ އައްޔެއްގެ ސަބަބުން އަހަންނަށް ލޯ ހުވާލެވުނެވެ. އަލި އަންނަ ދިމާއެއް ފާހަގައެއް ނުކުރެވެ އެވެ. މުޅިތަން ހީވަނީ ފަސް ވޯޓުގެ ގިނަ ޢަދަދެއްގެ ހޮޅިބުރިތަކެއް އެއްފަހަރާ ދިއްލާފައިވާހެންނެވެ. ލޯ ދިލުވާލެވޭވަރުވަނީ ހަމަ ކިރިޔާ އެވެ. އަހަރެން މި ގޮތް ނޭނގޭ ޞަރަޙައްދުގައި […]
“އެންމެ ކުޑައިރުންސުރެން ފެށިގެންވެސް ކާފަ ދެނީ ހަމަ އެއް ނަޞޭޙަތެކެވެ. އެ ނަޞޭޙަތުގެ މުޙިއްމުކަން އަންދާޒާ ކޮށްލެވުނީ އަދި ކިރިޔާ އެވެ. ކާފަ ބުނެ އުޅެ އެވެ. ‘އަހަރެންގެ ލޯބިވާ ދަރިފުޅާ އެވެ! ނަމާދު އޭގެ ވަޤުތުގައި ކުރުމަށް ހަނދާން ކުރާށެވެ! އަދި ނަމާދު ކުރުމުގައި މަޑުމޮޅިވާށެވެ. ގިނައިން ދުނިޔޭގެ ކަންކަމާއިމެދު ވިސްނާށެވެ. އޭރުން ދަރިފުޅަށް އަހަރެމެންގެ ޚާލިޤުވަންތަ ރަސްކަލާނގެ ކުޅަދުންވަންތަ ކަން ވިސްނާލެވޭނެ އެވެ. އެއީ ﷲ އެވެ. އެކަލާނގެ ފިޔަވައި އެހެން އެއްވެސް ކަލަކު […]
ެ. އެއީ އިސްކޮޅުން ދިގު ބައިމަތި ފުޅާ ޒުވާނެކެވެ. އިސްކޮޅުން ހަފޫޓަށް ވުރެ ކުރެއް ނުވާނެ އެވެ. ބޯ ފަންކަމުން ގޮސް ބައެއް އިސްތަށި ފަންކަލުގެ ވަޔާއެކު ވިހުރެމުން ދެއެވެ. ލޮލުގައިވަނީ ހޭޒަލް ކުލައެވެ. ބޮޑަށް ވައްތަރީވެސް ބޭރު ކުއްޖަކާ އެވެ. ވާނީވެސް އެހެންތާ އެވެ. ދިނާޔާ އަކީ ޖަރުމަނު މީހެއް ވިއްޔާ އެވެ. މިކްޔާލް ފެނުމާއިއެކު ދިނާޔާގެ ލޯ ކަރުނުން ވިދަން ފަށައިފި އެވެ. އޭނާގެ އެންމެ ދޮށީ ދަރިފުޅު އެއައީ ޖަރުމަން ވިލާތުގައި ހަތް […]