އެވަގުތު ޝަހާގެ ހިނިގަނޑު ހުރިތަނަށް ފަޅައިގެން ދިޔަ އެވެ. ބަނޑުގައި އަތް އަޅައިގެން ހުރެ ހެމުން ގެންދިޔަ އިރު ދާނިޔާ ހުރީ ހަށަންބަނދެ ލައިގެން، އެއްބުމަ އަރުވާލައިގެންނެވެ. “ހަހަހަ… އިޓްސް ސޯ ފަނީ އައި ފޮގޮޓް ޓު ލާފް!” ދާނިޔާ އޭނާގެ ލޮލުގެ ކަޅި އަނބުރާލި އެވެ. “ދެންމެ މަ ހާޓް އެޓޭކެއް ޖެހިގެން މަރުވި ނަމައޯ؟” “ހެހެހެ… ދާންގެ ރިއެކްޝަން…!” މިހެން ބުނެފައި ޝަހާ ދާނިޔާ ސިހުން ގަޑީގައި ހުރި ގޮތަށް ވައްތަރު ޖައްސާލުމުން ދާނިޔާ […]
“ފެނޭތަ ކުދިކުދި ރަތް އަލިތަކެއް؟ ކޮންމެ އަލިކޮޅެއް ވީ ދިމާގައި ހުންނާނީ ނުފެންނަ ގޮތަށް ހަރުކުރެވިފައިވާ ކެމެރާއެއް…” ޖޭޑް ޖަވާބު ދިނެވެ. “ދެން ކިހިނެތް އަހަރެމެން އެއަށް ނާރާނޭ ގޮތަށް އުޅޭނީ؟ މުޅި މިތަނުގަ އެބަހުރި ކެމެރާ ހަރުކޮށްފަ… އެއިން އެއްޗަކަށް ނާރާ މިތަނުން ނިކުންނަން އުޅުމަކީ މުސްތަޙީލު ކަމެއް…” ޝެރިން ބުންޏެވެ. އެއާއިއެކު ރާނީ އޭނާގެ ދަބަހުން އަލި ކުރާފަދަ ޓޯޗު ތަކެއް ނެގި އެވެ. “ތީ ކޮންއެއްޗެއް؟” ޔައިން އެހި އެވެ. “މިއީ އިންފްރާރެޑް […]
“ޝެރިން… ތޭންކްސް…!” ޖޭޑް ވާހަކަ ދެއްކީ ޝެރިނާއެވެ. “ކޮންކަމަކާ…؟” ޝެރިން މަޑުމަޑުން އަހާލި އެވެ. “އަހަރެން ކޯމާގަ އޮތްއިރު ޝެރިން ދެއްކި ހުރިހާ ވާހަކައެއް އަޑު އިވުނު… އެވަގުތު އަހަންނަށް ބުނެދޭން ނޭނގޭ ހިތްހަމަ ޖެހުމެއް ލިބިގެން ދިޔަ… ކޮންމެ ދުވަހަކުވެސް އަހަރެންގެ ފޫހިފިލައިގެން ދަނީ ޝެރިންގެ އޯގާތެރި ބަސްތަކުން. އެބަސްތައްވީ އަހަރެންގެ ޒަޚަމްތަކަށް ލެއްވި ޝިފާއެއް ކަމުގަ… އަހަރެން ބޭނުންވީ ކޯމާގަ ދުވަހަކުވެސް ނުހޭލާ އޮންނަން… އޭރުން ކޮންމެ ދުވަހަކުވެސް ޝެރިން އަހަރެން ގާތުގައި ހުންނާނެތީ… […]
ފަހަތުން މަޑުމަޑު އަތެއް ކައިލްގެ ކޮނޑުގައި ޖައްސާލިހެން ހީވެގެން އޭނާ މަޑުމަޑުން ފަހަތަށް އެނބުރިލި އެވެ. އަދި އޭނާ ގާތު ދާނިޔާ ހުރިތަން ފެނިފައި އިސްޖަހާލީ އޭނާގެ މޫނުމަތީގެ އަސަރުތައް ނުދައްކަން ވެގެނެވެ. “ދޮންބެ މިތާ ކީއްކުރަނީ؟” ދާނިޔާ އެހި އެވެ. އޭނާއަށް ކައިލްގެ މޫނުމަތީގައިވި ހިތާމައިގެ ސާލު ވަރަށް ރީއްޗަށް ފެނުނެވެ. ރޭގަނޑު ކުއްލިއަކަށް ހޭލައިގެން ހޮސްޕިޓަލުތެރޭ ފަތިސް ފަންދެން ހުރުމުގެ ސަބަބުން އެދެލޯ ދަނީ ނިންޖަށް ގޮވަމުންނެވެ. “ކަމެއް ނުކުރަން… ފިނިކޮށްލަން ބޭރަށް ނިކުމެލީ… […]
ޝެރިންގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ ފައިބަން ފެށި އެވެ. އެއާއިއެކު އޭނާ ސިއްސައިގެން ދިޔައީ ޖޭޑްގެ އަތުތެރޭ އޮތް އޭނާގެ އަތަށް ކުޑަކޮށް ބާރުކޮށްލިހެން ހީވުމުންނެވެ… ނޫނެކެވެ! އެއީ ހީވި ހީވުމެއް ނޫނެވެ! ހަމަ ހަޤީޤަތުގައިވެސް ޖޭޑް އޭނާގެ އަތަށް ބާރުކޮށްލައިފި އެވެ. ޝެރިންގެ ހިތް ބާރުބާރަށް ތެޅެން ފެށި އެވެ. “ޔާލް ބޭބޭ!!!” ހިތް ތެޅިތެޅި އޮތް ޙާލު ޝެރިން އަޑުގެ ނެތްތަނަށް ގޮވާލި އަޑަށް މިކްޔާލާއި އެހެން އެންމެން އެތަނަށް ޖަމާވެއްޖެ އެވެ. […]
އޭރު ޖޭޑް ބިންމަތީ އޮވެ ތެޅި ފޮޅެމުންދިޔަ އެވެ. މިކްޔާލް އައިސް ޝެރިން ގައިގައި އޮޅުލައިގަތެވެ. ނަމަވެސް ޝެރިން ކުއްލިއަކަށް މިކްޔާލްގެ އަތްދަށުން ދެމިގަތެވެ. އެވަގުތު މިކްޔާލަށާއި، ޔައިނާއި ދެން ތިބި މީހުންނަށްވެސް ލިބުނީ ކުއްލި ޝޮކެކެވެ. “ކޮއްކޯ…؟؟” މިކްޔާލަށް ބުނެވުނެވެ. އޭރު ޝެރިން ކަޅިޖަހާވެސް ނުލާ ޖޭޑާއި ދިމާއަށް ބަލަން ހުއްޓެވެ. “ޖާވިން…” ޝެރިންގެ އަނގައިން ނުކުތް ލަފްޒު މިކްޔާލްގެ ކަންފަތާ ހަމައަށް ފޯރުމާއިއެކު މިކްޔާލްގެ ފައިދަށުން ބިންގަނޑު ދެމިގަތް ކަހަލަ އެވެ. “ޖާވިން…؟؟” މިކްޔާލަށްވެސް […]
ޝެރިންގެ މޭ ހީވަނީ ހަމަ ދެންމެ ދެންމެ ފަޅައިގެން ގޮސްފާނެ ހެންނެވެ. ހިފަހައްޓާފައި ވުމުން ދުއްވައި ނުގަނެވުނު ތާންގައި، ފަރާތަކަށް ހިރިވެސް ނުލެވުނެވެ. ފިސްތޯލަ ހިފައިގެން ހުރި މީހާ އޭނާގެ ޝަހާދަތް އިނގިލި ފިސްތޯލައިގެ ޓްރިގަރ އާއި ދިމާއަށް ގެންދަން ފެށުމުން ޝެރިނަށް ދެލޯ މަރާ ތަގުޅި ކޮށްލެވުނެވެ. އެވަގުތު ކުއްލިއަކަށް އިވުނީ ފިސްތޯލައިގެ ވަޒަން ފޮނުވާލި އަޑެވެ. ވޭނީ ހަޅޭކަކާއިއެކު ލޭތައް މުޅިތަނަށް ބުރައިގެން ދިޔަ އެވެ. އެއާއިއެކު އިރުގަނޑަކަށް އެހެން ހުރުމަށްފަހު ދެމީހުންވެސް ހުރިތަނަށް […]
އެރޭ އެއްގަޑި ބައިހާއިރު ޔޫކޯ އާއި މިޒޫކީ ކޯރިޑޯއަށް ނިކުތެވެ. އެކުދިންނަށް ކާމިޔާބު ދެއްވާތޯ ޝެރިން ހިތާހިތުން ދުޢާކުރަމުންދިޔަ އެވެ. ނޭނގޭ ސަބަބަކާހުރެ ޝެރިންގެ ލޮލަކަށް އެއްގޮތަކަށްވެސް ނިންޖެއް ނައެވެ. މިޒޫކީ އާއި ޔޫކޯއަށް ވާނޭ ގޮތަކާމެދު ފިކުރު ކުރެވެނީ އެވެ. ބަރާބަރު ދެގަޑިއިރު އެހެން ގޮދަޑީގައި ފުރޮޅިލަ ފުރޮޅިލަ އޮތުމަށްފަހު ޝެރިން ތެދުވެއްޖެ އެވެ. ޔޫކޯމެންގެ ޚަބަރެއް ނުވި އެވެ. ހާސްވެ ކަންބޮޑުވެފައި ޝެރިނަށް ކޯރިޑޯއަށް ނިކުމެވުނީ އިޚްތިޔާރަކާނުލަ އެވެ. އެއަނދިރި ކޯރިޑޯގެ ތެރެއިންލާފައި ޝެރިން […]
ޝެރިން ފެނުމާއެކުހެން ޖޭޑާއިއެކު އައިސް ހުންނަ ‘ނުރައްކާ’ މީހާ ހީވީ އަނދައިގަތް ހެންނެވެ. ޝެރިނަށް ގޮވާ ގާތަށް ގެނެސް އެއްކަލަ ހޮޅިގަނޑު ނެގިތަނުން، ޝެރިން ދެލޯމަރާލީ ލިބޭނޭ ވޭން މާކުރިން އިޙުޞާޞްވާހެން ހީވީމަ އެވެ. ފުރަތަމަ ޖެހި ޖެހުމުންވެސް ހީވީ ޝެރިންގެ ގައިގައިވި ހުރިހާ ކަށްޓެއް ބިންދައިގެންދިޔަ ހެންނެވެ. ތަދުވެގެންގޮސް ހަޅޭއްލަވާގަނެވުން މެއެވެ. މޫނުމައްޗަށް އަނދިރިވެ، ހުރިތަނަށް ތިރިވެވުނެވެ. ނަމަވެސް ދެވަނަ ފަހަރަށް ޝެރިންގެ ގައިގައި ނުޖަހާ ގިނައިރު ވާން ފެށުމުން އިސްނަގާ ބަލާލި އިރު ފެނުނު […]