Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ޤާޠިލް… 11 ވަނަ ބައި…

Fantasy Level 310 Stories500 Comments100 Comments
December 6, 2014 11 Mins Read
28 Comments

“ސަރ.. ވީ ހޭވް އަ ޕްރޮބްލޮމް” އާހިލް ރާއިދު އާއި ދިމާލަށް ބަލާލިއެވެ. އެވަގުތު ރާއިދު އާހިލް އާއި ދިމާލަށް ބަލާލިއެވެ. ނަދީމް އަދި ފަހުދު ވެސް އާހިލްއާއި ދިމާލަށް ބަލާލިއެވެ. “އަޅުގަނޑު މިއައީ ސީ.ސީ.ޓީ.ވީ ފުޓޭޖް އަޅުގަނޑަށް ފެންނާނެ ގޮތް ހަދާ އެތަނަށް ކޭބަލްއެއް ލާފައި.. އެންޑް ލުކް” އެއީ މީގެ ފަސް މިނެޓް ކުރީގެ ވީޑިއޯއެކެވެ. އޭ.ޓީ.އެމްގެ ކެމެރާއިން ފެންނަނީ ހުސައިން ލާރި ނަގަން ވަންނަ ތަނެކެވެ. އަދި ލާރި ނަގާ ނިންމާފައި ނިކުތުމުގެ ކުރިން ކެމެރާއަށް ބަލާލަމުން ހިނިތުންވުމެއް ރައްދު ކޮށްލާ ތަނެވެ. “އިޒް އިޓް” ނަދީމް ހައިރާން ވެ ހުރެ އަހާލިއެވެ. “ޔަގީންތަ ތީތި.. އެއްވެސް ކަހަލަ” ރާއިދު އާހިލްއާއި ދިމާލަށް ބަލާލަމުން އަހާލިއެވެ. “މިއީ ހަމަ ރަނގަޅު ފްރޭޖްއެއް ސަރ” އާހިލް ބުނެލިއެވެ. “ތިއީ ހުސައިން ވެއްޖެއްޔާ މިތަނުގައި މިއިނީ ކާކު” ހައިރާން ކަމާއި އެކު ރާއިދު ސެލްއާއި ދިމާލަށް ބަލާލިއެވެ. އޭރު ހުސައިން އިސްޖަހާލައިގެން އިނެވެ.

ރާކިން ހުސައިންނާއި ސުވާލު ކުރަމުން ދިޔައެވެ. އެވަގުތު އޭނަގެ ފޯނަށް މެސެޖެއް އައުމާއި އެކު ފޯނު ބަލާލިއެވެ. އަދި ލޯގަނޑާއި ދިމާލަށް ބަލާލަމުން އެތަނުން ނިކުތެވެ. “ކިހިނެއްވީތަ” ރާކިން އަނެއް ރޫމް އަށް ވަދެ އެތަނުގައި ތިބި އެންމެންގެ މޫނަށް ބަލާލިއެވެ. “ބަލާބަލަ” ލެޕް ދައްކާލަމުން ރާއިދު ބުނެލިއެވެ. ރާކިން ބަލާލިއެވެ. އަދި ހައިރާން ކަމާއި އެކު ރާއިދުއާއި ދިމާލަށް ބަލާލިއެވެ.”މިއީ އަޅެފަހެ މަޖާ ކަމެއްތަ” ރާކިން ބޮލުގައި ހިފަހައްޓާލަމުން އަހާލިއެވެ. “މިއީ ކިހިނެއް ވާނެ ކަމެއްތަ އަޅެ… މިތަނުގައި އިންމީހަކު ކީހިނެއްތަ އޭ.ޓީ.އެމްއެއް ބޭނުން ކުރާނީ” ފަހުދު ދެލޯ ބޮޑުކޮށްގެން ހުރެ ވާހަކަ ދެއްކިއެވެ. “އަހަރެންނަށް ހީވަނީ އޭނަ ޓައިމް ޓްރެވެލް ކުރަނީ ހެން” ރާކިން ފާރު ކައިރީގައި ހަމަޖެހިލަމުން ބުނެލިއެވެ. އެންމެން އެއްފަހަރާ ރާކިންއާއި ދިމާލަށް ބަލާލިއެވެ. “ދެން އެހެންނެއްނުން ބުނާނީ..އެހުރީ ކުރާ ޑަމް ކުއިޝަން” ރާކިން ފަހުދުއާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ.

“ނުން އަސްލު.. ކިހިނެއްތަ” ނަދީމްވެސް އަހާލިއެވެ. “ނޫން ޓައިމް ޓްރެވެލިން އެއް ނޫން ކަންނޭނގެދޯ.. ވެދާނެ ގޯސްޓްއަކަށް.. ނޫނީ ޝޭޕްޝިފްޓަރ އަކަށް…” ރާކިން ބުނެލިއެވެ. “އަ ޝޭޕް ވަޓް” ރާއިދު އަހާލިއެވެ. “ޝޭޕް.. ޝޭޕްޝިފްޓަރ ނޭނގޭތަ.. ސުޕަނެޗްރަލް ކިޔާ ސީރީސް ނުބަލަންތަ” ރާކިން ރާއިދުގެ މޫނަށް ބަލާލިއެވެ. ރާއިދު ދެލޯ ބޮޑު ކޮށްލިއެވެ. “ރާކިން ސީރިއަސް ވެބަލަ… އެންޑް އާހިލް ކޮންއެއްޗެއް އެނގުނީ” ރާއިދު ހިތްހަމަނުޖެހުމާއި އެކު ވާހަކަ ދެއްކިއެވެ. މިކަހަލަ ދަޑިވަޅެއްގައި ރާކިން ސަކަރާތް ޖަހަން މަސައްކަތް ކުރަމުން ރާއިދު ރުޅި އަންނަ ގޮތްވިއެވެ. “އޭނަގެ އާއިލާގައި ހުންނަނީ އޭނައާއި އޭނަގެ ކޮއްކޮ” އާހިލް ހުސައިންއާއި ބެހޭގޮތުން އެނގޭ މައުލޫމާތު ހިިއްސާ ކުރިއެވެ. “އެންޑް ނައު އޭނަގެ މަންމައެއް މިދުނިޔެއަކު ނެތް.. އޭނަގެ ބައްޕަ މިހާރު ވަރަށް މުސްކުޅި ވާނެ.. ހުންނާނީ އަންހެން ކޮއްކޮއެއް.. އަހަރެންނަށް ލިބިފަ ހުރި މައުލޫމާތު ދޮގު ނޫންނަމަ މިހާރު އޭނަ އުޅޭނީ ވަޒީފާގަ” ރާކިން އެތަނުގައި ހިގަމުން ކިޔާލިއެވެ. އާހިލް ބަލާލީ ހައިރާން ކަމާއި އެކުގައެވެ. “އެންޑް.. ވަން މޯ ތިން.. އޭނަގެ އަސްލު މަންމައެއްނޫން އިނގޭ އޭނަ ބަލަމުން ދިޔައީ” ރާކިން ކުއްލިއަކަށް ހަދާންވުމުން ބުނެލިއެވެ. “ކިހިނެއްތަ ސަރ އަށް ހުސައިންއާއި ބެހޭގޮތުން ތިހާ މައުލޫމާތު އެނގުނީ” އާހިލް ރާކިންއާއި ދިމާލަށް ބަލާލަމުން އަހާލިއެވެ.

“އެއީ އަހަރެންނާއި އެކު އެއްއިރެއްގައި މަސައްކަތް ކުރި މީހެއް” ފަރުވާ ކުޑަ ރާގެއްގައި ރާކިން ބުނެލިއެވެ. “ސަރ އާއި އެކު މަސައްކަތް ކުރާ އެންމެންގެ މައުލޫމާތު ސަރ ހޯދަންތަ” ފަހުދު އެތަނުގެ ގޮޑިއެއްގައި އިށީދެލަމުން އަހާލިއެވެ. “އާ އަހަރެން ހޯދަން.. އަހަރެން ބަލަން އަހަރެންނަށް އިތުބާރު ކުރެވެ ވަރުގެ މީހުންތޯ އަހަރެންނާއި އެކު މަސައްކަތް ކުރަނީ.. އެގޮތުން އަހަރެންނަށް އެނގޭ ފަހުދުގެ އަންހެނުން ގޮވައިގެން ހަނީމޫނަށް ދިޔަ ތަން.. އެންޑް ނަދީމް ކިޔެވި ދުވަސްވަރު ސްކޫލުން ސަސްޕެންޑް ކުރި ކަމާއި އާހިލް މިހާރު ހިތްކިޔާ ކުއްޖާއަށް ހިތްކިޔަންފެށީ ކޮންތާކުންކަން” ރާކިން ފާރުގައި ލެގިލައިގެން ހުރެ ފަހަރަކު މީހާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ. “އަޅުގަނޑުގެ ތިކަންތައް އެއީ އެއްވެސް ރިކޯޑްއަކުން އެނގޭނެ އެއްޗެއްނޫން” ނަދީމް ބުނެލިއެވެ. “ރިކޯޑްތަކުން ނޭނގުނަސް އަހަރެންނަށް އެނގޭ” ރާކިން ހިނިތުންވެލިއެވެ. “އަސްލު ހުސައިން އާއި ސަރ އާއި ދެމެދު ކޮން މައްސަލައެއްތޯ ޖެހުނީ” އާހިލް އެންމެ އަހަން ބޭނުންވެފައިވާ ސުވާލު ކޮށްލިއެވެ. “އިޓް އަ ލޯންގް ސްޓޯރީ” ރާކިން އެވާހަކަ ދައްކަން ބޭނުން ނުވާތީ ބުނެލިއެވެ. “ވީ ހޭވް އޯލް ޑޭ އެންޑް ނައިޓް” ފަހުދުވެސް އެސުވާލުގެ ޖަވާބު ބޭނުންވާތީ އަވަހަށް ބުނެލިއެވެ. ރާކިން ހިނިތުންވުމެއް ރައްދު ކޮށްލިއެވެ.

“އެއީ ދުވަސް ކޮޅެއް ކުރީގެ ވާހަކައެއް… އަހަރެންނާއި ހުސައިންއާއި ހަވާލު ކުރީ ޑްރަގް ކޭސްއެއް ހައްލު ކުރަން.. އެ ކަންތަކުގެ މެދު ތެރޭގައި އަހަރުމެންނަށް ބޮޑު ލާރިގަނޑަކާއި މަސްތުވާތަކެތީގެ ބައިވަރު އެއްޗެހި ތަކެއް އަތުލައިގަތީ.. ލާރިތެރޭގައި ދެ ލައްކައެއްހާ ރުފިޔާ ހިމެނޭނެ… އެ ލާރިގަނޑު ބަލަހައްޓަން އަހަރެންނާއި ހުސައިން ޖެހުނީ.. އަހަރެން ނައިޓް ޑިއުޓިގަ ހުރީ.. ހުއްޓަ ހުސައިން އައިސް ބުނީ ތިމަންނަ މަޑުކުރާނަމޯ ނައިޓްގައި..އެހެންވީމަ އަހަރެން ދާށޯ.. އެހެން ބުނީމަ އަހަރެން ދިޔައީ ހުސައިންއަށް ޑިއުޓީ ހަވާލު ކޮށްފައި… އަނެއް ދުވަހު އަހަރެން އައި އިރު ހުސައިންއެއްވެސް އަދި ލާރިތަކެއްވެސް ނެތް..” ރާކިން އެންމެންގެ މޫނަށް ބަލާލިއެވެ. އަދި ވަކިން ރާއިދުގެ މޫނަށް ބަލާލިއެވެ. ” އެދުވަހު ހެނދުނު ހުސައިން އައިސްފައި ބުނީ ތިމަންނަ އެރޭގައި ނައަންނަމޯ… އެއްވެސް މީހަކު އަހަރެން ދެއްކި ވާހަކައެއް ގަބޫލެއް ނުކުރި…”ރާކިން ކުރުގޮތަކަށް އެކަންތައް ހިނގިގޮތް ކިޔައިދިނެވެ. “އެކަމް ހުސައިން ނައަންނަމޭ ބުނީ ކީއްވެ.. އެންޑް އޭނަ ނައަންނަންޏާ ދެން ސަރ ކައިރިއަށް އައީ ކާކު..” އާހިލް ޝައުގުވެރިކަމާއި އެކު އަހާލިއެވެ. “އަހަރެންނަކަށްވެސް ނޭނގެ.. ތިއީ އަހަރެންވެސް އެންމެ ހައިރާންވި ކަމަކީ.. އޭނައަކީ އޭގެ ކުރިން ދޮގު ހެދި މީހެއްނޫން… އެކަމަކު އަހަރެން މިބުނަނީ ހަމަ ތެދަށް.. އަހަރެންނަކީ ނައިޓް ޑިއުޓީވެސް ކުރާމީހެއް… އަދި އެހެން މީހަކު ބުނެފިއްޔާ އޭމީހެއްގެ ޑިއުޓީވެސް ނަގާ މީހެއް.. އަހަރެން ކީއްވެ އެރޭގައި ދޮގު ވާހަކަތަކެއް ދައްކަންވީ.. އެކަމަކު ބައެއް މީހުންނަށް މިހާރުވެސް ހީވަނީ އަހަރެން ދައްކަނީ ދޮގު ވާހަކައޭ” ރާކިން ބުނެލިއެވެ.

ރާއިދު އެވަގުތު ރާކިންއާއި ދިމާލަށް ބަލާލިއެވެ. “އަހަރެން ނުބުނަމޭ ރާކިން ރޭގަނޑު ޑިއުޓީ އަދާ ނުކުރެއެކޭ.. އެކަމަކު އެރޭގައި ކަމެއްނުވެ ރާކިން ދިޔައީ” “ބަލަ އަހަރެން ކަމެއް ނުވެއެއްނޫނޭ ދިޔައީ.. އަހަރެން ދިޔައީ ހުސައިން އައިސް އެހެން ބުނީ… އެންޑް އައި ވޯޒް ޓަޔަޑް… އެހެންވެ އަސްލު އެހާ އަވަހަށް ދެވުނީވެސް.. އޭރުވެސް ނުނިދާ އުޅޭތާ ދެދުވަސް ވެއްޖެ.. އަހަރެން ކީއްކުރަންތަ އެ ލާރިތަކެއް ނަގަންވީ” ރާއިދު ވާހަކަ ދެއްކި ގޮތުން ރާކިން ހިތްހަމަނުޖެހުނެވެ. އެވަރަށް ބުނީމަވެސް ރާއިދު އެކަން ގަބޫލު ނުކުރާތީ ރާކިން ހިތްހަމަނުޖެހުނެވެ. “އޯކޭ.. އެކަމަކު ސަރ.. ކެމެރާ ހުންނާނެއެއްނުން.. އައި މީން.. އޭގެން ބެލޭނެއެއްނުން..” އާހިލް އެދެމީހުންގެ މޫނަށް ބަލާލަމުން އަވަހަށް ބުނެލިއެވެ. “އާ ކެމެރާވެސް ބެލިން.. އޭގެއަކުން ނުފެނޭ ހުސައިން އެތަނަށް އައި ތަނެއް.. އެކަމަކު ރާކިން ބޮޑު ދަބަހެއް ހިފައިގެން ނިކުންނަ ތަން ފެންނަނީ” ރާއިދު ރާކިންގެ މޫނަށް ބަލާލަމުން ބުނެލިއެވެ. “އަހަރެންނަކަށް ނޭނގެ ކެމެރާއަށް އޭނަ ނާރަންވީ ކީއްވެ ކަމެއް.. އެކަމަކު އޭގެން އެގޮތައް ފެނުނަސް އަހަރެން އެ ލާރިތަކެއް ނުގެންދަން” ރާކިން މާޔޫސްކަމާއި އެކު ބުނެލިއެވެ. އެތަނުގައި ތިބި މީހުންވެސް އޭނަގެ ވާހަކަ ގަބޫލު ނުކުރާނެއޭ އޭނައަށް ހީވާކަހަލައެވެ.

“އަޅުގަނޑަށް ތި ކެމެރާގެ ފުޑޭޖް ލިބިދާނެތަ” އިރުކޮޅެއް ފަހުން އާހިލް އަނެއްކާވެސް ވާހަކަ ދެއްކިއެވެ. “އެއީ ކީއްކުރަން..” ރާކިން އާހިލްގެ މޫނަށް ބަލާލިއެވެ. “ވެދާނެއެއްނުން.. އެއީ މި ހުސައިންއަށް ކަމަށް” އޭ.ޓީ.އެމްގެ ކެމެރާއިން ފެންނަން ހުރި ހުސައިންއާއި ދިމާލަށް އިނގިލި ދިއްކޮށްލަމުން ބުނެލިއެވެ. އެވަގުތު އެންމެ އެކަމަށް ސަމާލުކަން ދިނެވެ. “ތިބުނަނީ.. މި ހުސައިން” ރާކިން އާހިލްއާއި ކައިރިއަށް ޖެހިލިއެވެ. “އާ.. އަޅުގަނޑުމެން މި ބުނަނީ އޭނައަކީ ކޮމްޕިއުޓަރ މަސައްކަތަށް މޮޅު މީހެކޭ ނޫންތަ… އެހެންވީމަ ކެމެރާއެއްގެ ފުޑޭޖް ބަދަލު ކޮށްލުމަކީ އޭނައަށް މާ އުނދަގޫ ކަމަކަށް ނުވާނެ” އާހިލް ބުނެލިއެވެ. “އެކަމަކު އެއީ ކޮން ހުސައިންއެއްހޭ.. ތިތަނުން އަސްލު ހުސައިން ކޮބާހޭ.. ބަލަ މިސުވާލުގެ ޖަވާބު ބޭނުންވޭ.. އެންޑް ކޮންމެ މީހަކު މަރާލެވިފައިވާ ތަނާއި ކައިރީގައި ހުންނަ ކެމެރާއަށް އޭނަ އެރުމުގެ މާނައަކީ ކޮބާހޭ.. އޭނަހޭ ޤާތިލަކީ.. އެންޑް އެހެންވިއްޔާ ޕްރޫފް ކޮބާހޭ” ނަދީމް ވާހަކަ ދެއްކީ ކުޑަކޮށް ބާރަށެވެ. “ރަނގަޅު ވާހަކައެއް.. އަހަރުމެން މިދެމީހުން އެއްވެސް ކަލަ ގުޅުމެއް ވޭތޯ ބަލަން އެބަޖެހޭ” ރާއިދު ނަދީމްގެ ވާހަކައަށް ތާއިދު ކުރިއެވެ. “ހުސައިންގެ ކޮއްކޮއެއް ނުވަތަ ބޭބެއެއް ހުރޭތަ” ރާއިދު ފަހުދު އާއި ދިމާލަށް ބަލާލަމުން އަހާލިއެވެ. “ނޫން.. ހިޔެއް ނުވޭ..” ފަހުދު ބުނެލިއެވެ. “އާހިލް ބަލާބަލަ އޭނަގެ އުފައްވި ދުވަހު ރާއްޖޭގައި ކިތައް ކުދިން އުފަންވިތޯ… އަސްލު އޭނަގެ މަންމައަކީ ކާކުތޯ އާއި މިހާރު އަސްލު އޭނަގެ މަންމަ ކޮބާތޯ.. އެންޑް ކުރިވެސް ބުނިހެން ހުސައިން ބަލާބޮޑު ކުރީ އޭނަގެ އަސްލު މަންމައެއް ނޫނޭ ހުސައިން ބުނެފަ އިނީ”  ރާކިން ލޯގަނޑާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ. އޭރުވެސް ސެލްގައި އިން ހުސައިން އިސްޖަހާލައިގެން އިނެވެ.

ގަޑިތައް ހިނގަމުން ދިޔައެވެ. ފަތިހުން އަލިވެ ހެނދުނު ހައެއްވެސް ޖެހީ އެންމެން ސުވާލުތަކުގެ ޖަވާބު ހޯދުމަށް މަސައްކަތް ކުރަމުން ދަނިކޮށެވެ. އޭރު އެންމެން ތިބީ އެމީހުންގެ މަސައްކަތް ކުރަން ހަމަޖައްސާފައިވާ ކޮންފަރެންސް ހޯލްގައެވެ. “ހިޔާ އިޓް އިޒް..” އާހިލްގެ އަޑަށް އެތަނުގައި ތިބި އެންމެން ބަލާލިއެވެ. ފަހުދު އޭނަ ބަލަން އިން ފައިލް ތިރިކޮށްލަމުން އާހިލްއަށް ސަމާލުކަން ދިނެވެ. ނަދީމްވެސް އޭރު ފަސްތަށީ ކޮފީ ހިފައިގެން އައިސް މޭޒުމަތީގައި ބަހައްޓަނީއެވެ. ރާކިން ލެޕްއިން މަސައްކަތެއް ކުރަމުން ގެންދިޔައެވެ. ރާއިދު ވިސްނުމަކަށް ގެއްލި އިދެ އާހިލްއާއި ދިމާލަށް ބަލާލިއެވެ. “ހުސައިން އަކީ އެންމާބަނޑު ދެމީހުންގެ ތެރެއިން އެކަކު.. ހުސައިންގެ މަންމަ އަކީ ހުސައިން ބަލާބޮޑު ކުރި މީހާގެ ދައްތަ.. އޭނަ ދެކުދިން ވިހާފަ މަރުވީ… ހުސައިންއާއި އޭނަގެ ބޭބެ… ނަމަކަށް ކިޔާފަ މިއިނީ މިޒާން..” އާހިލް އެންމެންގެ މޫނަށް ބަލާލިއެވެ. “ވެއިޓް.. ތިއީ އޭނަގެ ބޭބެ.. އެ އޭ.ޓީ.އެމް ގައިއަށް ކިޔާނަންތަ” ނަދީމް އަހާލިއެވެ. ‘އޭ.ޓީ.އެމް ގައި’ އޭ ނަދީމް ބުނުމުން އެންމެން ނަަދީމްއާއި ދިމާލަށް ބަލާލިއެވެ. “އެއްވައްތަރު ދެމީހުން އުޅުނީމަ މިހެންވެސް ކިޔޭނެ..” ނަދީމް ފާޑަކަށް ބުނެލިއެވެ. “ދެން އިތުރު އެއްޗެއް..” ރާއިދު އަހާލިއެވެ. “ދޭ އާ އައިޑެންޓިކަލް ޓުވިންސް.. އެކަމަކު އެދެކުދިން ގެއްގުޅުމަކީ އުނދަގޫ ކަމަކަށްވީ… މީގެ އިންގޮތުން ހުސައިންގެ މިހާރުގެ މަންމަ (މަރުވެފައި ވިޔަސް) އޭނަގެ ރައްޓެއްސަކަށް އަނެއްކުއްޖާ ދިނީ.. ” އާހިލް ބުނެލިއެވެ.

“ދެން ކިހިނެއް ވާންވީ” ރާކިން އަހާލިއެވެ. “ތިބުނާ މިޒާންގެ މައުލޫމާތުވެސް ހޯދޭނީ އެތަނުގައި އެއިން ހުސައިން ވާހަކަ ދައްކާނަމައެއްނުން.. އަނެއްކާ އޭނައަށް އެގޭތަ މިޒާންއާއި ބެހޭ މައުލޫމާތެއް.. ނޫނީ އޭނަ އިތުރު ކަމެއް ފޮރުވަނީބާ” ނަދީމް ބުނެލިއެވެ. “ކޮންމެ ގޮތެއް ވިޔަސް ހުސައިން އަކީ މީހަކު މަރާނެ މީހެއްނޫން.. އަހަރެންނަށް ޔަގީން” ފަހުދު ހުރީ އަނެއްކާވެސް ބުނެލިއެވެ. “އެކަމަކު އޭނަ ކޮންމެވެސް ކަމެއް އެބަ ފޮރުވާ.. އެހެން ނޫންނަމަ އޭނަ ހަނެއް ނުހުންނާނެ.. އަދި އަމުދުން މިހާރު އަހަރެންނަށް ހީވަނީ އޭނައަށް ތި މިޒާންއާއި ބެހޭގޮތުންވެސް ވަރަށް އެއްޗެހި އެނގެއޭ.. އެހެން ނޫންނަމަ މިހާރު ކޮންމެވެސް އެއްޗެކޭ ބުނާނެ އެއްނުން” ރާކިން ބުނެލިއެވެ. “ތިކަމަށް އެއްޗެއް ބުނަން އެނގޭނީ އޭނަ ވާހަކަ ދައްކައިގެނެއްނުން” ރާއިދު ބުނެލިއެވެ. “އެންޑް އަހަރުމެންނަށް އޭނަ ސައުވީސްގަޑިއިރަށް ވުރެއް ގިނަ އިިރު ވަންދެން އެގޮތަކަށް ނުބޭންދޭނެ.. އަނެއްކޮޅުން އަހަރުމެންނަށް އޭނަގެ ގެ ބަލާ ފާސް ކުރެވޭނީވެސް ކޯޓް ޗިޓެއް ލިބިގެން” ރާކިން ބުނެލިއެވެ. “ކޮންކަމަކަށް ޗިޓެއް ބޭނުންވެގެން ތިއުޅެނީ” އެންމެން ސިހުނީ ޑިރެކްޓަރގެ އަޑު އިވުމުންނެވެ.

“ހުސައިންގެ ރޫމް ބަލަން..” ރާކިން ޑިރެކްޓަރގެ ސުވާލަށް ޖަވާބު ދިނެވެ. “ހުސައިން” ސުވާލުން ފުރިގެންވާ ނަޒަރަކުން ރާއިދުއާއި ދިމާލަށް ބަލާލަމުން ޑިރެކްޓަރ އަހާލިއެވެ. އެހެންކަމުން ރާއިދު ޑިރެކްޓަރއަށް މާއިން ދޫކޮށްލުމަށްފަހު ވީ ހުރިހާ ކަމެއް ކިޔައިދިނެވެ. އަދި މިޒާންގެ ފޮޓޯވެސް ދެއްކިއެވެ. “އެހެންވީމަ ތި ބުނަނީ މިއީ ހުސައިންއަށް ވެއްޖެއްޔާމު އެގޭގައި މިޒާން އުޅެދާނެއޭތަ” ޑިރެކްޓަރ އެންމެންގެ މޫނަށް ބަލާލިއެވެ. “ހުސައިންއަށް ވެއްޖެއްޔާމު…” ސުވާލުން ފުރިގެންވާ ގޮތަކަށް ފަހުދު އަހާލިއެވެ. “ޔާ.. ދޭ އާ އައިޑެންޓިކަލް ޓްވިންސް.. އެހެންވީމަ މިތަނުގަ މިއިނީ ހުސައިންކަމެއް ކިހިނެއް އެނގެނީ… އެއްވެސް ގޮތަކަށް ބަލައިފިންތަ” ޑިރެކްޓަރ އަހާލިއެވެ. ރާއިދުއަށް އެތަނުގައި އިން ގޮޑީގައި އިށީދެވުނެވެ. އެވެސް ތެދެކެވެ. އެމީހުން މި ހުރިހާ އިރުގައި އެތެރޭގައި އެއިނީ ހުސައިން ކަމަށް ބަލައިގެން އެއުޅުނީ އެއީ އަސްލުވެސް ހުސައިން ހެއްޔެވެ. “އެބުނާހެން.. އޭނަގެ ފިންގަރ ޕްރިންޓް ނަގަން ޖެހޭނެ.. އަސްލު މީހާތޯ ޗެކް ކުރަން” ރާއިދު ބުނެލިއެވެ. “އެކަމަކު ސަރ.. އޭނަ މިހާރު އެއްވެސް އެއްޗެއް ނުބުނޭ.. ސައުވީސް ގަޑި އިރު ތެރޭގައި އޭނަގެ އަނގައިން އެއްޗެއް ނުހޯދިއްޖެނަމަ އިތުރައް އޭނަ މަޑު ކުރުންވަން ޖެހޭނެ..” ރާކިން ވާހަކަ ދެއްކިއެވެ. “އޭނަ އެއީ ހުސައިންއަށް ވިޔަސް އަދި މިޒާންއަށް ވިޔަސް.. އޭގެ އަނެއް މީހާ ހޯދަން އެބަ ޖެހޭ.. އެހެންވީމަ ކޯޓް ޗިޓެއްވެސް މުހިއްމު” ނަދީމް ބުނެލިއެވެ. “އަހަރެންނަށް ކޯޓުގެ ކަންތައް ދޫކޮށްލާ.. އަހަރެން އެކަންތައް ހަމަ ޖައްސާނަން.. އެކަމަކު ފުރަތަމަ މިތަނުގައި އެއިނީ ކާކުތޯ ބަލާ” ޑިރެކްޓަރ ރާއިދުއާއި ދިމާލަށް ބުނެލިއެވެ. “އަހަރެން ހުސައިންއާއި ވާހަކަ ދައްކާނެ ޗާންސެއްދީ.. އަހަރެންނާއި އޭނަ ވާހަކަ ދައްކާނެ” ފަހުދު ބުނެލިއެވެ. ރާއިދު ފަހުދުއަށް ބަލާލަމުން ބޯޖަހާލިއެވެ.

ފަހުދު ސެލްގެ ދޮރު ހުޅުވާލާފައި އެތެރެއަށް ވަނެވެ. އަތުގައި ފިންގަރ ޕްރިންޓް ޖަހަން ބޭނުން ކުރާ ކުޑަ ވަރެއްގެ މެޝިންއެއް ހުއްޓެވެ. ދޮރު ހުޅުވުނު އަޑަށް ހުސައިން އިސް އުފުލާލިއެވެ. “ހުސައިން” ހުސައިންގެ ކުރިމަތީގައި ހުރި ގޮޑީގައި އިށީދެލަމުން ފަހުދު ގޮވާލިއެވެ. ހުސައިން އެއްވެސް އެއްޗެއް ނުބުނެ ފަހުދު އާއި ދިމާލަށް ބަލަހައްޓައިގެން އިނެވެ. “މިހާރު މިތަނުގައި ވަމުން މިދަނީ ކިހިނެއްކަން ހުސައިންއަށް އެނގޭތަ” ފަހުދު ސުވާލު ކޮށްލިއެވެ. ހުސައިން ހަމަ އެއިން ގޮތައް ފަހުދުއާއި ދިމާލަށް ބަލަހައްޓައިގެން އިނެވެ. “އަހަރުމެންގެ ގްރޫޕް މީހުން ގަބޫލު ކުރާ ގޮތުގައި މި މީހުންމަރާ ޤާޠިލްއަކީ ހުސައިން.. އެކަމަކު އަހަރެން އެގޮތައް ގަބޫލެއް ނުކުރަން” ފަހުދު ވާހަކަ ދެއްކިއެވެ. “އަހަރެންނަށް އެގޭ ހުސައިންއަކީ އެގޮތައް މީހުންނަށް އަނިޔާ ދޭނެ މީހެއް ނޫންކަން.. އެކަމަކު އަހަރެންގެ އަތުގައި ޕްރޫފްއެއް ނެތް އެމީހުންނަށް ދައްކާކަށް.. ހުސައިން ޕްލީޒް ވާހަކަ ދައްކަބަލަ.. އަހަރެން މިއުޅެނީ މިކަމުން ހުސައިން ސަލާމަތްކޮށްދޭން.. އެހެންނޫނަސް މިހާރު އަހަރުމެންނަށް އެނގޭ ހުސައިންގެ ޓްވިންސް ބޭބެއެއް ހުންނަކަން..” ފަހުދު ބުނެލިއެވެ. އެވަގުތު ހުސައިން ކުއްލިއަކަށް ފަހުދު އާއި ދިމާލަށް ބަލާލިއެވެ. “ބުނަން.. ކަލޭމެން ބޭނުންވަނީ ކޮންކަމެއް.. އެމީހަކު މެރި މީހަކު ބަލާކަށްނުން.. މައްސަލައެއް ނެތް.. އަހަރެން އެމީހުން މެރީ.. އަހަރެން މި އެބަސްވީ… އެ ހުރިހާ އެންމެން މެރީ އަހަރެން” ކުއްލިއަކަށް ހުސައިން ވާހަކަ ދައްކަން ފެށިއެވެ. ހާސްކަމާއި އެކުގައެވެ. ހުސައިން އަމިއްލަށް އެއްބަސްވުމުން ފަހުދު ކުޑަކޮށް ސިހޭ ގޮތްވިއެވެ. އެހެންކަމުން ލޯގަނޑާއި ދިމާލަށް ބަލާލިއެވެ.

ރާއިދުއާއި ނަދީމް އަދި ލޯގަނޑުން ސެލް ތެރެ ފެންނަ ގޮތައް އަނެއް ރޫމްގައި މަޑުކޮށްލައިގެން ތިއްބެވެ. ރާކިން އާއި ޑިރެކްޓަރ ދިޔައީ ކޯޓުގެ ކަންތައްތައް ހަމަޖެއްސޭތޯއެވެ. “ވަޓް ހީ އިޒް ޑުއިން” ނަދީމް ހައިރާން ކަމާއި އެކު އަހާލިއެވެ. “އޭނަ އޭނަގެ ބޭބެ ސަލާމަތް ކުރަނީ” ރާއިދު ބުނެލިއެވެ. “އަހަރެން ކިހިނެއް ތި ބުނާ އެއްޗެއް ގަބޫލު ކުރާނީ.. އެހެންނޫނަސް އަހަރެން މިއީ ހުސައިން އެކަން ކުރަނިކޮށް ނުފެންނަނީހެއް ދުވަހެއްގަވެސް ހުސައިން މީހަކު މެރިއޭ ބުންޏަސް ގަބޫލު ކުރާނެ މީހެއްނޫން” ފަހުދު ގޮޑިން ތެދުވެލަމުން ވާހަކަ ދެއްކިއެވެ. “ކިހިނެއްތަ ފަހުދުއަށް އެނގެނީ އަހަރެންނަށް ކުރެވޭނެ ކަންތަކާއި ނުކުރެވޭނެ ކަންތަކެއް.. ބަލަ އަހަރެން މި ބުނަނީ ތެދައް.. ކަލޭމެން ކޮންމެހެން މިޒާން މިކަމުގެ ތެރެއަށް ވައްދަން މަސައްކަތް ކުރާނެ ކަމެއްނެތް” ހުސައިން ރުޅިވެރިކަމާއި އެކު ބުނެލިއެވެ. “އޯހް.. އެހެންވީމަ ބޭބެއަށް ކިޔަނީ މިޒާންތާ ދޯ… އެންޑް މިހާރު އަހަރެންނަށް ޔަގީން ވެއްޖެ މި ތަނުގައި މިއީ ހުސައިންކަން.. އެނީވޭ.. އަހަރެންނަށް ޔަގީންވިޔަސް ގްރޫޕް މީހުންނަށް ޔަގީންކޮށްދޭން ބޭނުންވޭ.. ހުސައިންގެ ފިންގަރ ޕްރިންޓެއް” މެޝިން ދައްކާލަމުން ފަހުދު ބުނެލިއެވެ. ހުސައިން އެއްވެސް ދެކޮޅުވެރިކަމެއް ނެތި ފިންގަރ ޕްރިންޓް ދިނެވެ.

ފިންގަރ ޕްރިންޓް ހުސައިން ދިނުމާއި އެކު އާހިލް އޭނަގެ ލެޕް އިން މަސައްކަތް ފެށިއެވެ. “މިއީ ހުސައިން.. މިތަނުގައި އެއިނީ ހުސައިން” ޕޮލިސް ޑޭޓަރ ބޭސްގައި ހުރި ފިންގަރ ޕްރިންޓަ ދިމާވުމުން އާހިލް ބުނެލިއެވެ. އެވަގުތު ރާއިދު ރާކިންއަށް ގުޅާފައި އެވާހަކަ ބުނެލިއެވެ. ޑިރެކްޓަރގެ އަވަސް ހަރަކާތްތަކާއި މޮޅެތި ބަސްތަކާއި ހުރެ ކޯޓް ޗިޓެއް ވަރަށް އަވަހަށް ހަމަޖެހުނެވެ. އެހެންކަމުން ޕޮލިސް ސްޓާފް ފޯސް މީހުން ހުސައިން އުޅޭ އެޕާޓްމެންޓް ބަލާ ފާސްކުރިއެވެ. އެގޭގައި ދެމީހުން ދިރިއުޅޭ ކަމުގެ ނިޝާނަކަށް ފެންނަން ހުރީ ދެމީހުން ނިދާ އިެނދެވެ. އިތުރަށް އެއްވެސް އެއްޗެއް ނުފެނުނެވެ. އެންމެ ކުޑަމިނުން އެއްވެސް މީހެއްގެ ފިންގަރ ޕްރިންޓްއެއްވެސް ނުފެނުނެވެ. ހީވަނީ ދެންމެ މީހަކު އެތަނުގައި ފެންފޮތި ލާފަ ހުރިހެންނެވެ.

ގަޑިން ހެނދުނު ދިހައެއްވެސް ޖެހީ އެންމެން އެރޫމްގައި ތިއްބައެވެ. ފަހުދު ގޮޑިއެއްގައި އިށީދެލައިގެން އިނެވެ. ރާކިން ފައިލްއެއް އަތަށްލައިގެން އެތަނުގައި ހިގާލަ ހިގާލާ ހުއްޓެވެ. ރާއިދު އަތުގައި އޭރުވެސް އާވި އަރަމުން ދިޔަ ކޮފީ ތައްޓެއް ހުއްޓެވެ. އާހިލް ލެޕްގެ ކީބޯޑްއިން އަތް ނައްޓާނެ ވަގުތެއް ނާދެއެވެ. ނަދީމް ގޮޑީގައި އިށިދެލައިގެން މޭޒައް މޫނު ‘ވައްދާލައިގެން’ އިނެވެ. “ހުސައިން އެއްބަސްވީމަ އަހަރުމެންނަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް” ނަދީމް ބުނެލިއެވެ. “އެކަމަކު އަހަރެން ހތެއް ނުބުނޭ އޭނަ އެކަހަލަ ކަމެއް ކުރާނެއެކޭ.. އޭނަ މިޒާން ދިފާއު ކުރަނީ އެ” ފަހުދު ވާހަކަ ދެއްކިއެވެ. “އިތުރަށް އަޅުގަނޑަށް އެއްވެސް ކެމެރާއަކުން މިޒާން ފެނިފައެއް ނުވޭ.. އޭނަ ކޮންމެވެސް ތާކަށް ވަދެ އެފިލީ” އާހިލް ލެޕްއާއި ދިމާލަށް ބަލަހައްޓައިގެން އިދެ ވާހަކަ ދެއްކިއެވެ. “އަހަރުމެން އޭނަ ބިރު ގަންނަވާލަންވީ.. އޭރުން އޭނަގެ އެ ސެލްފް ކޮންފިޑެންސް ހިގައިދާނެ.. ފަހުދު އަދިވެސް ކަލެއަށް އޭނައާއި ސުވާލު ކުރަން ދެވޭނެތަ..” ރާކިން ކުއްލިއަކަށް ގޮޑިން ތެދުވަމުން ފަހުދުއާއި ދިމާލަށް ބުނެލިއެވެ. “އާ.. އެކަމަކިު” “ގުޑް.. އާހިލް. ކޮބާ ކޭސް ފައިލްތައް” ރާކިން ބުނެލިއެވެ. އާހިލް ތަންކޮޅެއް ދުރު ހުރި ފައިލް ތަކެއް ރާކިން އަތައް ދިއްކޮށްލިއެވެ. އެތަނުން ދެފައިލް ނަގާ ރާކިން ފަހުދު އާއި ހަވާލު ކޮށްލިއެވެ. “އައި އޭމް ސޮރީ..” ރާކިން ބުނެލިއެވެ. ފަހުދު އެފައިލްގެ ނަންތަކަސް ބަލާލިއެވެ. އޭގެން އެއްފައިލް އަކީ ފަހުދުގެ ކޮއްކޮގެ ފައިލްއެވެ. “ކޭން ޔޫ ޑޫ ދިސް” ރާކިން އަހާލިއެވެ. ފަހުދު ފުންކޮށް ނޭވާއެއް ދޫކޮށްލިއެވެ. އަދި އާއެކެ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ.

ސެލްގެ ދޮރު ހުޅުވުނު އަޑަށް ހުސައިން ބަލާލިއެވެ. ފަހުދު ދެފައިލްއާއި ފެންފުޅިއެއް ހިފައިގެން އައިސް ވަނެވެ. “އަހަރެންނަށް ހީވަނީ ހުސައިން ތިއިނީ ފެން ބޮވާފަ ހެން” ފެންފުޅި ދިއްކޮށްލަމުން ފަހުދު ބުނެލިއެވެ. ހުސައިން އޭގައި ހިފަމުން ފަހުދުގެ މޫނަށް ބަލާލިއެވެ. ފަހުދުއަށް އެބަލާލުމުގެ މާނަ ދޭހައެއް ނުވިއެވެ. “އޯކޭ އަހަރެންވެސް މިހާރު ދެން މިޖެހުނީ ގަބޫލު ކުރަންތާ ދޯ.. ހުސައިން ވިއްޔަ ތި ބުނީ.. ތިމަންނައޭ އެކުދިންތައް މަރާލީ.. އެހެންވީމަ ހިނގާ ސީދާ ޕޮއިންޓްއަށް ދަމާ ދޯ.. ހުސައިން އެންމެ ފަހު ކުއްޖާ މަރާލީ ރޭގެ ގަޑިން ކިހާ ިއިރއްގައި” ފަހުދު ސުވާލު ކޮށްލިއެވެ. “ރޭގެ.. ހޫމް.. އަހަރެން އެވަރަކަށް ގަޑިއެއް ނުބަލަން.. ބޮޑަށް ހީވަނީ ބާރަގަޑި ބައި ވެދާނެހެން” ހުސައިން އުނދަގޫ ކަމާއި އެކު ޖަވާބު ދިނެވެ. “އޯކޭ.. އެއީ ކިހާވަރެއްގެ ކުއްޖެ.. އެކުއްޖާގެ އެއްވެސް ޑީޓެއިލެއް ދެވިދާނެ” ފަހުދު އަހާލިއެވެ. ހުސައިން ފެންފުޅި ކަނޑާލަމުން އޭގެން ފެންކޯވަރެއް ބޯލިއެވެ. “އެއީ އަށާރަ އަހަރުގެ ކުއްޖެއް.. ދޮން.. ފިރިހެން.. އެހާ ފަލަނޫން” ހުސައިން ޖަވާބު ދިނެވެ. “އޯކޭ.. އެހެންވިއްޔާ ބުނެދީބަލަ ކީއްވެ އެކުއްޖާ..” ފަހުދު ސުވާލު ކުރިއެވެ. “ވިކްޓިމް ބައި ޗޮއިސް” ހުސައިން ފަހުދުއާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ. “އޭނައަށް ހެދި ގޮތް ކިޔައިދީ” ފަހުދު މޭޒުގައި އަތް ވިއްދާލަމުން ހުސައިން އާއި ހަތަރުކަޅި ހަމަ ކުރަމުން ބުނެލިއެވެ. ހުސައިން ހުއްޓިފައި ިއިރުކޮޅެއް ވަންދެން އިނެވެ.

“އެކުއްޖާއަށްދޯ.. އަހަރެން.. ފުރަތަމަ.. ކަލޭމެންނަށް އަހަރެން ހެދި ގޮތް އެނގޭނެ.. ކީއްކުރަން އަހަރެން ކިޔައިދެނީއެއް” ހުސައިން ރުޅިވެރިކަމާއި އެކު ބުނެލިއެވެ. “ހުސައިންއަށްވެސް އެނގޭނެ.. އަހަރުމެންނަށް އެނގުނަސް އަދި ބަޔާން ފުރިހަމައެއް ނުވޭ.. ދައުވާ ލިބިގެންވާ ފަރާތުން ހުރިހާ މައުލޫމާތެއް ދޭންޖެހޭ..” ފަހުދު ބުނެލިއެވެ. “މައްސަލައެއްނެތް.. ހުސައިން ބޭނުން ނެތިއްޖާ މިވަގުތު ކިޔައި ނުދިނަސް.. އެކަމަކު އަހަރެން ފޮޓޯއެއް ދައްކާލާނަން.. މިއީތަ ފަހު ވިކްޓިމް އަކީ” ފަހުދު އޭނަގެ ކޮއްކޮގެ ނަން ޖަހާފައި އިން ފައިލްގައި ހުރި ހުރިހާ ފޮޓޯތަކެއް މޭޒު މައްޗަށް އަޅާލިއެވެ. އެވަގުތު ކުއްލިއަކަށް ހުސައިން އަނެއް ފަރާތައް މޫނު އަނބުރާލިއެވެ. ފަހުދުއަށްވެސް ފިޔަވަޅެއް ފަހަތައް އަޅާލެވުނެވެ. އޭނައަށް ކޮއްކޮގެ ފޮޓޯތައް ފެނުނީ އަލަށް ކަމުން އޭނަގެ ހިތުގައިވެސް ހީވީ މީހަކު ތޫނު ވަޅިއެއް އަޅުވާ ދަމާލި ހެންނެވެ. ކުޑަ ވަގުތުކޮޅަކަށް ހުއްޓުން އެރިނަމަވެސް ފަހުދު އަވަސް ހަރަކާތާއި އެކު އަމިއްލަ ނަފްސު ބާރުގެ ދަށަށް ގެނައެވެ. “މިއީތަ ފަހުގެ ވިކްޓިމްއަކީ” ފަހުދު އަހާލިއެވެ. “އާ.. އާ.. ތިއީ..” ހުސައިން ނުވެސް ބަލާ އިނދެ ޖަވާބު ދިނެވެ…” ފަހުދުއަށް މުއްމަޅާލެވުނެވެ. ދެއަތް ނަގާ ފުރަގަހަށްލަމުން ދަތްޕިލަ ފިއްތާ ބާރު ކޮށްލިއެވެ. ހުސައިން އެ ދޮގު ހަދަނީ ނުލަފާ މީހެއްގެ ދިފާއުގައެވެ. “ހޫމް.. އެހެންވީމަ އަހަރެންނަށް ޔަގީންވެއްޖެ މިކަމަކީ ހުސައިން ކުރާ ކަމެއް ނޫން” ފޮޓޯތައް ފައިލް ތެރެއަށް ލަމުން ފަހުދު ބުނެލިއެވެ. ހުސައިން ފަހުދު އާއި ދިމާލަށް އެވަގުތު ބަލާލިއެވެ. “އިތުރަށް އެންމެ ދޮގެއްވެސް ހަނދާނެކަމެއްނެތް.. އަހަރެންނަށް އެންމެ ފުރަތަމަވެސް އެނގޭ މިއީ ހުސައިން ކުރާކަމެއް ނޫން.. ހުސައިންއަށް މި ފޮޓޯތަކާއި ދިމާލަށް ބަލާލަންވެސް ނުކެރުނު.. ތިވަރުގެ މީހެއް މިގޮތައް މަގޭ ކޮއްކޮއެއް ނުމަރާނެ.. އެންޑް މިއީ އެންމެ ފަހު ވިކްޓިމްއެއް ނޫން.. އަދި އެންމެ ފަހު ވިކްޓިމްއަކީ ދޮން ކުއްޖެއްވެސް ނޫން.. ހުސައިން މަސައްކަތް ތިކުރަނީ ކުއްވެރިއެއް ހިމާޔަތް ކުރަން.. އަހަރެންގެ ނަސޭހަތެއް އަޑު އަހާކަމަށް ވަންޏާމު އަވަހަށް އޭނަ ވީތަން ބުނެދީ..އޭރުން އަހަރެން ޕާސަނީ ގާޒީ ކައިރީގައި ބުނާނަން ހުސައިން އަހަރުމެންނަށް އެހިތެރިކަން ދިނޭ.. ޕްލީޒް” ފަހުދު އާދޭހުގެ ރާގެއްގައި ވާހަކަ ދެއްކިއެވެ. ހުސައިން އިސްޖަހާލީ ޝުކުރިއްޔާ އޭ ބުނެލާ ގޮތަށެވެ. ފަހުދު އިރުކޮލަކު މަޑުކޮށްލުމަށްަފހު އެތަނުން ނިކުތެވެ.

“އާ ޔޫ އޯކޭ” ފަހުދު ރޫމްއަށް ވަނުމާއި އެކު ނަދީމް އަހާލިއެވެ. ފަހުދު ފަޑު ހިނިތުންވުމެއް ރައްދުކޮށްލަމުން ރާކިންއަށް ފައިލްތައް ދިއްކޮށްލިއެވެ. “ޔޫ ޑިޑް ގުޑް” ރާކިން ބުނެލިއެވެ. “އަހަރެންނަށް އަހަރެންގެ އެކުވެރިޔާ ސަލާމަތެއް ނުކުރެވޭނެ” ފަހުދުގެ އަޑުގައިވަނީ މާޔޫސް ކަމެވެ. “އެކަމަކު ސަރއަށް ވީވަރަކުން މަސައްކަތް ކޮށްފީމެއްނޫންތޯ.. އެހެންނޫނަސް މިހާރު އެއީ އޭނަގެ ޗޮއިސް.. ސަރ އަމިއްލައަށް ބްލޭމް ނުނަގާ” އާހިލް ވާހަކަ ދެއްކިއެވެ. އެންމެންވެސް ބޯޖަހާލިއެވެ. “މިހާރު މިޒާން ހޯދިގެން ނުނީ އަހަރުމެންނަށް އިތުރަކަށް ކުރިއަކަށް ނުދެވޭނެ.. ކޮންމެ ގޮތެއް ވިޔަސް މިހާރު އަހަރުމެންނަށް ހުސައިން ސަައުވީސް ގަޑިއިރަށް ވުރެއް ގިނަ އިރު ބޭންދޭނެ.. އަހަރުމެންގެ އިންވެސްޓިގޭޝަންއަށް އެއްބާރުލުން ނުދިން މީހެއްގެ ގޮތުގައި” ރާކިން ބުނެލިއެވެ. ފަހުދު ލޯގަނޑުން ހުސައިންއާއި ދިމާލަށް ބަލާލިއެވެ.

ގަޑިން މެންދުރު ބާރަޖެހީވެސް ގްރޫޕް ކުދިން ސުވާލު ތަކުގެ ޖަވާބު ލިބޭތޯ މަސައްކަތް ކުރަމުން ދަނިކޮށެވެ. އާހިލް އޭނަގެ ލެޕްގެ ފިއްތަކަށް ބާރު ކުރަމުން ދިޔައީ މިޒާންގެ އެއްވެސް ހަބަރެއް ލިބޭތޯއެވެ. އެވަގުތު މޭޒުމަތީގައި އޮތް އާހިލްގެ ފޯނު ރިންގްވާން ފެިށިއެވެ. ގުޅަމުން ދިޔައީ ދޮންތައެވެ. މީގެ ކުރިން ތިންފަހަރު ކުޅުމުންވެސް އާހިލް އޭނަގެ ފޯނު ބިޒީކޮށްލީއެވެ. ނަމަވެސް ހަތަރުވަނަ ފަހަރަށް ގުޅުމުން ކޮންމެވެސް ނުބައިކަމެއް ވެއްޖެކަން އާހިލްގެ ހަވަނަ ހިއްސު ބުނެދިނެވެ. “ހަލޯ ދޮންތާ” އާހިލް ފޯނު ނަގަމުން ބުނެލިއެވެ. އެވަގުތު އެރޫމްގައި ތިބި އެންމެން އާހިލްއާއި ދިމާލަށް ބަލާލިއެވެ. ވާނީވެސް އެހެންތާއެވެ. ބިޒީކަމުން އެމީހުންވެސް މިއަދު ބިޒީކޮށްލީ ކިތައްމީހުންގެ ފޯނުކޯލްކަމެއް ނޭނގެއެވެ. އެކަމަކު އާހިލް އެފޯނު ނެގުމުން އެންމެން ހައިރާންވިއެވެ. “އާލް މިއީ ދޮންބެ” އާކިލްގެ އަޑުގައި އެކުލެވިގެންވި ހާސްކަން އާހިލްއަށް ވަގުތުން ނަގައިގަނެވުނެވެ. “ކިހިނެއްވީ ދޮންބެ” އާހިލް އަހާލިއެވެ. “ވަރަށް އަވަހަށް އައި.ޖީ.އެމް.އެޗަށް އާދެބަލަ..”އާކިލް ފޯނު ކަނޑާލިއެވެ.

އާހިލް ބަލާލީ ރާއިދުއާއި ދިމާލަށެވެ. “ކޮންމެވެސް ކަމެއް ވެއްޖެ.. ހޮސްޕިޓަލްއަށް އާދެބަލާށޯ” އާހިލް ހާސްކަމާއި އެކު ބުނެލިއެވެ. “އަނެއްކާ ކިހިނެއްވީ” ރާއިދު އަހާލިއެވެ. “ނޭނގެ.. އެކަމަކު އަޅުގަނޑު ދާން ޖެހިއްޖެ.. ސޮރީ.. ބަޓް” “އިޓްސް އޯކޭ.. ގޯ.. އަވަހަށް ދޭ.. ރާކިންވެސް ދޭ އާހިލްއާއި އެކު.. އަހަރުމެން މިކޮޅުން މި ކަންތައް ބަލާނަން” ރާއިދު ބުނެލިއެވެ. ރާކިން ބޯޖަހާލަމުން އާހިލްއާއި އެކު ބޭރަށް ނިކުތެވެ.

ބާރު ދުވެއްޏެއްގައި ސައިކަލު އައި.ޖީ.އެމް.އެޗް ކައިރިއަށް މަޑުކޮށްލުމަށްފަހު ދުވެފައި ކަހަލަ ގޮތަކަށް އާހިލް އެތެރެއަށް ވަނެވެ. ރާކިން އޭނަގެ ފަހަތުން ދިޔައެވެ. އޭރު އާކިލް ބޭރުގައި އާހިލްގެ އިންތިޒާރުގައި މަޑުކޮށްލައިގެން ހުއްޓެވެ. އާހިލް ފެނުމާއި އެކު އަތުން ހަނާއަޅާލަމުން އާކިލް ވަނީ އެމެޖެންސީއަށެވެ. އާހިލް ބާރުބާރަށް ގޮިސް އެތެރެއަށް ވަނެވެ. އެވަގުތު ތަންކޮޅެއް ދުރު ހުރި އެނދެއްގައި ބޮލުގައި ބޭސްގަނޑެއް އަޅައިގެން އިން އާލާ ފެނުމުން އާހިލްއަށް ހުރެވުނު ތަންވެސް ނޭނގުނެވެ. ދުވެފައި ދިޔަ ގޮތައް އާލާގެ ކައިރިއަށް ހުއްޓުނެވެ. “ދޮންތަ.. ކިހިނެއްވީ.. އާ ޔޫ އޯކޭ.. ކީއްވެ ބޯ ފަޅައިގެން ދިޔައީ” އާހިލް ހާސްކަމާއި އެކު އަހާލިއެވެ. “ދޮންތަ އޯކޭ އޭ އާލް..” އާލާ ހިތްވަރާއި އެކު ބުނެލިއެވެ. ނަމަވެސް އެއަޑުގައި އެކުލެވިގެންވި ވޭން އާހިލްއަށް ނަގައިގަނެވުނެވެ. “ކާކު ކުރިކަމެއްތަ މީ” އާހިލް ބަލާލީ އާކިލްއާއި ދިމާލަށެވެ. “އާލް.. ޔޫ ނީޑް ޑު ބީ ކާމް ޑައުން… އަހަރެން ވަރަށް ބޮޑު ވާހަކައެއް ބުނަން ބޭނުން.. ރާކިން ދެއްތޯ.. މިކޮޅަށް ދުރުވޭ” އާލާ މަސައްކަތުން ބުނެލިއެވެ. ދުރުގައި ހުރި ރާކިން ހައިރާން ކަމާއި އެކު އާލާއިން އެނދާއި ކައިރިވެލިއެވެ.

“އަހަރެންނަކަށް ނޭނގެ އަހަރެންނަށް ހަމަލާ ދިނީ ކާކުކަމެއް.. އަހަރެން ސްކޫލުން ބްރޭކް ގަޑިއަށް ނިކުންތަނާ.. އެތަނުން.. އެމީހަކު އައިސް ފަހަތުން ބޮޑު އެއްޗަކުން ޖެހީ.. ނޭނގެ.. އެކަމަކު އަހަރެން ވެއްޓުމާއި އެކު އެމީހަކު އަހަރެން ކައިރިއަށް ތިރިވެ އަހަރެންގެ ދަބަހަށް އެއްޗެއްލި.. ބުނި މި ދައްކާށޯ ރާކިންއަށް.. އޭނައަށް އެނގޭނެޔޯ ކުރަންވި ކަންތައް” އާލާ ދަބަހުން ފޮއްޓެއް ނަގަމުން ރާކިން އަތައް ދިނެވެ. ރާކިން ހައިރާން ކަމާއި އެކު އޭގައި ހިފަމުން އާހިލްއާއި ދިމާލަށް ބަލާލިއެވެ. ޕެކް ކޮށްފަ އިން ފޮށި މަޑުމަޑުން ރާކިން ކަޑާލިއެވެ. އޭގެ ތެރޭގައި އޮތީ ފޯނެކެވެ. ރާކިން ބަލާލި އިރު އޭގައި އިނީ އެންމެ ވީޑިއޯ އެކެވެ. ރާކިން ވީޑިއޯ ޕްލޭ ކޮށްލިއެވެ. ދެލޯ ބޮޑުވެ ރާކިންގެ ހިތް ނުލާހިކު ބާރަށް ތެޅިގަތެވެ. އޭގެން ފެންނަމުން ދިޔައީ ގޮޑިއެއްގައި ބަދެފައި އިން މީހެކެވެ. ދެއަތް ފުރަގަހަށް ވާގޮތައް ފަލަ ވާގަނޑަކުން ބަދެފައި އިން އިރު ދެފައި ވަނީ ގޮޑީގެ ދެފަޔާއި އެކު އައްސާފައެވެ. މޫވީ ކުރަމުން ދިޔަ މީހާ މަޑުމަޑުން އެގޮޑީގައި އިން މީހާއާއި ކައިރިވަމުން ދިޔައެވެ. އެއީ އަންހެނެކެވެ. މޫވީ ކުރަމުން ދިޔަ މީހާ އިސްޖަހައިން އިން އެ އަންހެން މީހާގެ އިސްތަށިގަނޑުގައި ހިފާފައި މޫނު މައްޗަށް ހިއްލާލިއެވެ. “ކަލޭގެ އަންހެނުންނަށް މަގޭ ކޮއްކޮ.. ލެޓްސް އެކްސް ޗޭންޖް” އެމީހާ އެހެން ބުނެލަމުން ސުނާގެ މޫނު ދައްކާލިއެވެ.

ނުނިމޭ….

Share Article

Follow Me Written By

Fantasy

Level 310 Stories500 Comments100 Comments

Other Articles

Previous

ދުނިޔެ

Next

ހިތް ނުރޮއްވާ… (28)

Next
December 9, 2014

ހިތް ނުރޮއްވާ… (28)

Previews
December 4, 2014

ދުނިޔެ

28 Comments!

  1. ninni says:
    December 6, 2014 at 3:01 am

    V reethi mi episod… aneh bai thankolhah avahah up kohdhyba pls…

  2. lady says:
    December 6, 2014 at 4:46 am

    Alhey varah reethi mi part ves. Please upload fast. Please. Aaàadheys kuran fantasyyyyyy

  3. Maash says:
    December 6, 2014 at 8:42 am

    What will happen next ??? Please upload fast .. Can’t wait to see the next part

  4. Zahu says:
    December 6, 2014 at 8:57 am

    Oh my god…varah varah reeeethi..mi bai ves masha allah :’) avaha gennache dhn bai ves..hama fentasy world ehgga ulhevey hen heeevanee meethi kiyaa iru :p

  5. Samiya says:
    December 6, 2014 at 9:07 am

    Vaahaka varah reethi. Can’t wait to read the next part.

  6. Shaya says:
    December 6, 2014 at 11:29 am

    The story is really interesting …… Don’t skip ….. Please upload the next partfast…t

  7. laish says:
    December 6, 2014 at 11:48 am

    “ކަލޭގެ އަންހެނުންނަށް މަގޭ ކޮއްކޮ. ލެޓްސް އެކްސް ޗޭންޖް” what does this means ??? i dont get it .. can please someone tell me what does this means ? .. BTW this part is amaxing fantasy .. avahah aneh bai upload kohbaa .. cant wait to see what happens next .. plss

  8. meee says:
    December 6, 2014 at 12:06 pm

    omgggggg………..v vv v v salhi alhe kuriyah vure avahah up kohdhehcheyy

  9. Fantasy says:
    December 6, 2014 at 2:18 pm

    hurihaa kudinge ‘lobi’ coment thakah v bodah skuriyya 🙂
    oh lady… fantasy v try kuraanan avahah up kureveytho.. ekam aslu dhen inna bai genes dheynan monday nuny tuesdayga igey 🙂
    laish aslu ethanuga ebunany enage kohkko aa suna aa dhemeehun badhalu kohlaa vaahaka.. kuhveriya ah kohkko dheefa raakin ah enage anhenun libey gothah 😛

  10. faai says:
    December 6, 2014 at 3:08 pm

    V v v rythi mi part vx… Bt kihineh tha mi v alhe..?? Rakin wife ah gotheh nuhadhahchey fantasy… He is the best… N next part awahah up kohdhehchey fantasy…plx 🙂

  11. nash says:
    December 6, 2014 at 5:09 pm

    varah salhi…..hama habeys….
    Vvvvvvvvv avahah update kolachey nxt part…. Vv kiyaalaa hithun mihiry…!!!!!!!!

  12. rish says:
    December 6, 2014 at 11:20 pm

    Super story eh igey fantasy. Love this to max.
    And laish, here is the thing..
    Rakin has Mizan’s brother Hussain locked up. So Mizan took Rakin’s wife and is holding her hostage. Now Mizan wants to exchange Rakin’s wife Suna, with his brother (kokko) Hussain.. got it tha? 🙂
    Million ♡ s and ★ to this story!! See u.

  13. lady says:
    December 7, 2014 at 2:06 am

    Thanks fantasy. Love you and your stories :-*

  14. Yaana says:
    December 7, 2014 at 12:41 pm

    varah salhi mi story..!!!! grt work fantasy 🙂

  15. min says:
    December 8, 2014 at 7:32 am

    too evatharu nan huryma olheynee. eg: rakin, raaidh

  16. lullu says:
    December 8, 2014 at 9:02 am

    nice story fantasy.. but I’ve a request.. can u plx change the cover pic of this story? ? every time I open this site I’m seeing blood. ..makes me feel giddy

  17. Shadhi says:
    December 8, 2014 at 1:13 pm

    🙁

  18. n says:
    December 8, 2014 at 7:49 pm

    Hadha lahy vahaka nikunnaleh , konirakun vahaka nikun nany.

  19. ainee says:
    December 9, 2014 at 1:22 am

    hi fantasy!! ur story is awesome….kurin misite v avas avahah upvey dho…mihaaru baeh writers mi sitega nuliyaathee vaagotheh kanneyge….shineves mihaaru sunga story liyanee…..but i like this site v much….plx update soon

  20. Shine says:
    December 9, 2014 at 1:27 am

    hi fantasy!! its a nice story….in like it…waiting for the next part.
    hi everyone!! i miss the site n all the fans of me….now busy writing on sun…but still reading and checking my favorite site…bye…miss u all

  21. ammu says:
    December 9, 2014 at 11:46 am

    Plxx up sooon. This is so interesting.. ★★★★★

  22. aalaaa says:
    December 9, 2014 at 6:14 pm

    fantasy…………………………… avahah up kohladheebah………………….. kiyaa hithun hureveneeky nun plx plx………………………………….

  23. ammu says:
    December 10, 2014 at 11:06 am

    Fantasy, koba monday & tuesday ves dhiyaee..plxxx upload soon..all the readers are impatient.. plxx plxx..say something..

  24. Naai says:
    December 10, 2014 at 7:04 pm

    waiting… waiting… miharu hadha gina faharu check kurevijjeye story up veytho

  25. aalaa says:
    December 10, 2014 at 7:27 pm

    v reethi..next part avahah up kohdhyba..

  26. Fantasy says:
    December 10, 2014 at 7:49 pm

    hurihaa kudinge ‘lobi’ comment thakah varah bodah shukuriyya.. 🙂
    ohhh lullu.. mi vaahaka ak blood himeney vaahaka eh veema e cover laafa e iny.. bt try kuranan change kureveytho ige…
    vaahaka las vee kamattaka hurihaa kiyuntheringe arihun v bodah maafah e dhen.. ekam mihaaru innany vaahaka up kohfa ige hurihaa kudin 🙂

  27. inaa says:
    December 11, 2014 at 9:26 am

    oh… kihineh mivee. varah salhi mibai…..next part kiyaalaahitun ……

  28. Faxoo says:
    January 13, 2016 at 6:12 pm

    ohhh evy kihineh 😮
    lets see dhw 😉
    amazing work 😀

Comments are closed.


All Right Reserved!