9 މިނެޓް ތެރޭގައި އާހިލް އެ އައި ޕީ އެޑްރެސް ހެކް ކޮށްލިއެވެ. “ނިމުނީ” ފަހުރު ވެރިކަމާއި އެކު އާހިލް ބުނެލިއެވެ. “ގުޑް.. އަހަރުމެންގެ ކިލާ އަކީވެސް ހަމަ ތިހާ މޮޅު މީހެއް.. އެނގޭތަ.. އެކަން” އާހިލްއާއި ދިމާލަށް ފާޑަކަށް ބަލާލަމުން ރާކިން ބުނެލިއެވެ. އާހިލްގެ ދެލޯ ބޮޑުވެގެން ދިޔައެވެ. “ކީކޭތޯ ބުނަން ތިއުޅެނީ” އާހިލް ހާސްކަމާއި އެކު އަހާލިއެވެ. ރާކިން ހިނިތުންވެލީ އާހިލްގެ މޫނުމަތިން ފެންނަމުން ދިޔަ ހާސްކަމުގެ ސަބަބުންނެވެ. “އެކަމަކު އަހަރެންނަށް އެގޭ އާހިލްއަކީ […]
“މީގެ ފަހުން މިކަހަލަ ކަމެއް ފެނިގެން ނުވާނެ.. އެންޑް ކަލޭމެން ސުޕަވައިޒަރ ކައިރީގައި އަހަރެން މިވާހަކަ ބުނާނަން.. ރަނގަޅު ގޮތަކީ ކަލޭމެން ބުނުން.. އަހަރެން ދޭނަން 24 ގަޑިއިރުގެ މުހުލަތެއް.. އޭގެ ފަހުން އަހަރެން ދާނަން ބުނަން… ކަލޭމެން ނުބުނެ އޮވެއްޖެނަމަ ރަނގަޅެއް ނުވާނެ” އިންޒާރު ދިނުމަށްފަހު ރާކިން އެތަނުން ހަލުވި ކަމާއި އެކު ބޭރަށް ނިކުތެވެ. ރާކިން ކޮންފަރެންސް ރޫމްއަށް ވަދެވުނު އިރު މީހާ ހުރީ ބޮލައް އެބުރުން އަރާފައެވެ. އެހެންކަމުން ދިޔަ ގޮތައް ގޮޑިމައްޗަށް […]
“އަހަރެން ސަސްޕެކްޓްއެކޭ.. ބަލަ އަހަރެންނަކީ ރާއިދުގެ..” ސުނާ އެހާ ހިސާބަށް ބުނުމާއި އެކު ރާކިން ސުނާގެ އަތުގައި ހިފާލިއެވެ. އެވަގުތު ސުނާގެ ލޮލުން ކަރުނަތައް ކޯތާފަތުގައި ބޮސްދިނެވެ. “ރާކިން ޕްލީޒް.. ބުނެބަލަ އޭނަ މޮޔައޭ.. އަހަރެން ކީއްކުރަން.. ކީއްވެ.. އަހަރެން” ސުނާއަށް އިތުރަށް ވާހަކަ އެއް ނުދެއްކުނެވެ. ރާކިންގެ ކޮޑުމަތީގައި ބޯއަޅާލީ ހިތައް ލިބުނު ތަދު ކުޑަކުރުމުގެ ބޭނުމުގައެވެ. ރާކިން އެވަގުތު ރާއިދުއާއި ދިމާލަށް ބަލާލިއެވެ. އެދެލޮލުގައި ވާ ރުޅިވެރިކަމުން ހީވަނީ ރާއިދުވެސް ފިއްސާލަފާނެހެންނެވެ. ރާއިދު ކުޑަ […]
“އަޅުގަނޑު ކަމެއް ނުކުރަން..” ފަހުދު އެހެން ބުނެލުމަށްފަހު ތޮފި ނަގައިގެން އެތަނުން ނިކުތެވެ. “ދެޓްސް ނޮޓް ފެއަރ ސަރ” ނަދީމްވެސް ހިތްހަމަނުޖެހިގެން އެހެން ބުނެލުމަށްފަހު ބޭރަށް ނިކުތެވެ. “ސޭމް… ސީރިއަސްލީ…” މަލާމާތް ކުރާ ފާޑަށް ރާކިން ހީލަމުން ރާއިދު އާއި ދިމާލަށް ބުނެލުމަށްފަހު އޭނަވެސް ބޭރަށް ނިކުތެވެ. ރާއިދު ބަލާލީ އާހިލްއާއި ދިމާލަށެވެ. “ޔޫ ވޯންޓް ސޭ އެނީ ތިން” އާހިލް ބަލަން ހުރުމުން ރާއިދު ރުޅިވެރިކަމާއި އެކު ބުނެލިއެވެ. އާހިލް އިސްޖަހާލީ ތި ކުރި ކަމަކީ […]
ނަދީމް ގޮޑިން ތެދުވެލިއެވެ. އަދި ފޮޓޯތައް ހާވާލިއެވެ. ކުރިން ފަހަރު ތަކެކޭ އެއްގޮތަށް މޫނު ވަނީ ފިއްސާލަފައެވެ. އަތުގެ އިނގިލިތައް ކަނޑާލާފައެވެ. “މިފަހަރު ފެންނަން ހުރި ހަށިގަނޑުގެ ބައިތަކަށް ބަލާފައި ހީވަނީ މިވެސް ވާނީ އުމުރުން 18 އަށް ވުރެއް ކުޑަ ކުއްޖަކަށް ހެން” ނަދީމް ފޮޓޯތަކަށް ބަލާލަމުން ބުނެލިއެވެ. “ޔާ… ހަށިގަނޑުގެ ހުރިހާ ތަނެއްގައި ވަޅި އަޅާފައި.. ބަލާބަލަ ބަނޑު ކަފާލާފަ… ގޮހޮރުގެ އެއްބައިވެސް ފެންނަން އެއޮތީ..” އާހިލް ނަދީމް އާއި ބައިވެރި ވެލިއެވެ. ރާއިދު […]
“އައި ތިން އައި ގޮޓް ސަމްތިން..” ރާކިން ބުނެލިއެވެ. އެންމެން ރާކިންއާއި ދިމާލަށް ބަލާލިއެވެ. “ވަޓް…” ރާއިދު ބުނެލިއެވެ. ރާކިން ފައިލްތަށް އެންމެންނާއި ކައިރިކޮށްލިއެވެ. “ނަތިން… އިޓް ޖަސްޓް އަ ތިންކިން..” ރާކިން ބުނާކަށް ބޭނުމެއް ނުވިއެވެ. “ސަރ ބުނެބަލަ ތި ތިންކިން އެއް” ނަދީމް ހަށަން ބަދެލަމުން ބުނެލިއެވެ. “ސީ… ” ފައިލްތައް ނަގަމުން އެމީހުންނާއި ކައިރިވެލަމުން ރާކިން އެއްޗެއް ދައްކާލިއެވެ. “މޭ ބީ އިޓިއިޒް ކޯ އިންސިޑެންސް… ބަޓް… ތިންމީހުންގެ ފެމެލީ ބަލާބަލަ… ކޮންމެ […]
“ސޯ ލެޓްސް ގެޓް ބެކް ޓު ވޯކް” ރާއިދު ބުނެލިއެވެ. “ފަހު ވިކްޓިމްގެ މައުލޫމާތު ލިބިއްޖެ ސަރ” އާހިލްގެ އަޑު އިވިގެންދިޔައެވެ. “ގުޑް.. ކާކު އެއީ” “މުހައްމަދު ނާޝް” ފަހަތުން އިވިގެން ދިޔައީ ފިރިހެނެއްގެ އަޑެކެވެ. އެންމެންނަށް ފަހަތަށް އެބުރި ބަލާލެވުނެވެ. ފަހަތުގައި ހުއްޓިލައިގެން ހުރީ އުމުރުން 25 އަހަރާއި 30 އަހަރާއި ދެމެދުގެ ފިރިހެނެކެވެ. ޕޮލިސް ޔުނީފޯމްގައި ހުއްޓިލައިގެން ހުރި އިރު މޫނުމަތިން ފެންނަމުން ދިޔައީ ހިތާމައިގެ އަސަރުތަކެވެ. ވާއަތުގައި ޕޮލިސް ތޮފި އޮތް އިރު […]
“އަޅުގަނޑު ތި ތަޅާފޮޅުމުގެ މެދަށް ލާން މަސައްކަތް ނުކުރޭ… ނޯ ކޮމެންޓް… މިދަނީ ފުރަތަމަ ސީންއަށް…” ލެޕް ލައްޕާލަމުން އާހިލް ތެދުވިއެވެ. އާހިލް އެހެން ބުނެލުމުން ނަދީމް ހީގަތެވެ. އާހިލް އިތުރު އެއްޗެކޭ ނުބުނެ ނިކުތެވެ. ސައިކަލުގައި ނައްޓާލީ ފުރަތަމަ ގެއަށް ދިއުމުގެ ބޭނުމުގައެވެ. އާހިލްއަކީ އާއިލާއެއްގެ ތިބި ތިންމީހުންގެ ތެރެއިން އެންމެ ކުޑަ މީހާއެވެ. އެންމެ ބޮޑީ އާހިލްގެ ދޮންބެ އާކިލްއެވެ. އާކިލް އުޅެނީ ސަރުކާރުގެ މަތީ ވަޒީފާއެއްގައެވެ. ދެން ހުންނަނީ ދޮންތަ އާލާއެވެ. އާލާ […]
މުޅިތަނުގައި ދުވަމުން ދިޔައީ ލޭގެ ކޯރުތަކެވެ. އެތަނުގައި މަސައްކަތް ކުރަމުން ދިޔަ ފުލުހުން ދިޔައީ އެއްވެފައި ތިބި މީހުން ދުރައްޖެއްސޭތޯ ބަލަމުންނެވެ. “ހޭ އާހިލް …. ބަލާބަލަ” މަރުވެފައިވާ މީހާ ކައިރީގައި ހުރި ޕޮލިހެއް އާހިލްއަށް ގޮވާލިއެވެ. އާހިލް ކެމެރާ ހިފައިގެން އެކި މަންޒަރުތަށް ފޮޓޯ ނަގަމުން ދިޔައެވެ. “ޔޭސް ސަރ” އާހިލް ކައިރިވެލިއެވެ. “މިތަން ނަގާލައްޗޭ” އަތުން ތަންކޮޅެއް ދައްކާލަމުން އެޕޮލިސް މީހާ ބުނެލިއެވެ. “ކޮބާ މިއަދު ކޮން ކެއުން ގަނޑެއް ކާދުވަހެއް ފަހުދު” އިންވެސްޓިގޭޝަންގެ […]