Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ރަހީނު (02 ވަނަ ބައި)

Fantasy Level 310 Stories500 Comments100 Comments
June 14, 2015 7 Mins Read
18 Comments

އެހެން އިންނަތާ އިރުކޮޅެއް ފަހުން ކުއްލިއަކަށް އެތަނުން ދަގަނޑު ދޮރެއް ހުޅުވުނު އަޑު އިވިގެން ދިޔައެވެ. އަހަރެންނަށް އެދޮރު ނުފެނުނެއްކަމަކު ބައެއްގެ ބޫޓްގެ އަޑު އިވިގެން ދިޔައެވެ. އެބަޔަކު އެއަންނަނީ އަހަރެން ކައިރިއަށްކަން އަހަރެންނަށް އެނގުނެވެ. ދެމީހަކު އައިސް އަހަރެން ކުރިމައްޗަށް ވާގޮތަށް ހުއްޓެލިއެވެ. އެދެމީހުންވެސް ތިބީ މޫނުގައި އެއްޗެއް އަޅައި ނިވާކޮށްގެންނެވެ. އަދި އަރަބި ބަހުން ދެތިން އެއްޗެއް ބުންޏެވެ. އަހަރެންނަށް އެމީހުން ބުނީ ކީކޭ ކަމެއް ނޭނގުނެވެ. އެމީހުންނާއި ދިމާލަށް ބަލަން އިންދަ އަހަރެންގެ ދެއަތުގައި ހިފާފައި ނެގިއެވެ. ދެފައި މައްޗަށް ބެހެއްޓުމާއި އެކު އަހަރެންގެ ހަށިގަނޑު އެއްވެސް ބާރެއް ނެތި އަނެއްކާވެސް ވެއްޓުނެވެ. މީހާގެ ގައިގައި އެއްވެސް ހަކަތައެއް ނެތެވެ. ބަނޑުހައި ވެފައިވާކަން އަހަރެންނަށް އިހްސާސްވީ އެވަގުތު އެވެ. އެވަގުތު ކައިރީގައި ތިބި ދެމީހުން އަހަރެންގެ އަތުގެ އުޅަބޮށީގައި ހިފާފައި ދަމާފައި ކަހަލަ ގޮތަކަށް އެތަނުން ނެރުނެވެ. އިތުރަށް ކުރިއަށް ދިއުމުގެ ކުރިން އަހަރެންގެ މޫނުވެސް އެމީހުން ނިވާ ކުރިއެވެ. ފޮތިގަނޑެއް އެޅިއެވެ.

އެމީހުން އަހަރެން ގޮވައިގެން ދެތިން ސިޑިން ފޭބިކަން އަހަރެންނަށް އެނގުނެވެ. އަދި ފާޑެއްގެ ދޮރެއް ހުޅުވި އަޑު އިވިގެން ދިޔައެވެ. ދެން އަހަރެން ގެންގޮސް ގޮޑިއެއް މައްޗަށް ދޫކޮށްލިއެވެ. ވަރަށް މަސައްކަތުން އެގޮޑީގައި އަހަރެން ހަމަޖެހިލީމެވެ. އޭރު މީހާގެ ހިތް ނެގި ނެގި ފައި ޖެހޭއިރަކު ހީވަނީ ފެނުން ނަގާފައި އޮތް ރޯމަހެއް ހެންނެވެ. އަަހަރެން އިނީ އެހާވެސް ބޮޑަށް ބިރުގަނެފައެވެ. ގޮޑި މައްޗަށް ދޫކޮށްލުމަށްފަހު އަހަރެންގެ މޫނުމަތީގައިވާ ފޮތިގަނޑު އެމީހުން ނެގިއެވެ. އަހަރެން ގޮޑީގައި ހަމަޖެހިލަމުން ކުރިމައްޗަށް ބަލާލި އިރު ހަމަ ކުރިންވެސް ހުރި މީހާ ކަހަލަ މީހެއް އަހަރެންގެ ކުރިމަތީގައި ހުއްޓިލައިގެން ހުއްޓެވެ. “އަހަ…ރެން.. ނަށް .. ފެން.. ފޮ..ދެއް.. ލިބި.. ދާނެތަ..” ކަރުތެރެއިން އަޑު ނިކުތީ ކިރިޔާއެވެ. ކަރުތެރެ ހިކިފައިވުމުން ތަދުވި ނަމަވެސް ހިތްވަރު ކޮށްފައި އަހަރެންނަށް ވަރަށް މަސައްކަތުން އެހެން ބުނެވުނެވެ. އެވަގުތު އެމީހާ ތަންކޮޅެއް ދުރުގައި ހުރި މީހަކަށް ބަލާލުމުން، އެމީހާ އެތާ ކައިރީގައި ހުރި ޖަގަކުން ފެން ތައްޓަކަށް އަޅާ ކައިރީގައި ހުރި މީހާ އަތަށް ދިއްކޮށްލިއެވެ. “އަހަރުމެންނަކީ ކަލޭމެން ހީކުރާކަހަލަ ނުބައި ބައެއްނޫން” އެފެން ފޮދު އަހަރެންގެ އަނގައިގައި ޖައްސަމުން އެމީހާ ބުނެލިއެވެ. އަހަރެން ކިތައްމެ ކަރު ހިއްކާފައި ހުއްޓެއްކަމަކު އަހަރެންނަށް ބޮވުނީ އެންމެ ތިން ކޯވަރެވެ. ދެން މަޑުމަޑުން މޫނު ދުރައްލުމުން އެމީހާ ތަށި ދުރުކޮށްލިއެވެ. “ޝުކުރިއްޔާ..” އަހަރެން ބުނެލީމެވެ. އެމީހާ އެއްވެސް އެއްޗެއް ނުބުނެ ތަށި ގެންގޮސް މޭޒުމަތީގައި ބެހެއްޓިއެވެ. އަަދި އަހަރެންނާއި ދިމާލަށް ބަލާލިއެވެ.

“އަހަރުމެންނަކީ އެއްވެސް މީހަކަށް އަނިޔާ ކުރަން ލޯބި ކުރާ ބައެއްނޫން.. އަދި އަމުދުން މުސްލިމުންނަށް..” އަހަރެންނާއި ދިމާލަށް ބަލާލަމުން އެމީހާ ވާހަކަ ދެއްކީ އިނގިރޭސި ބަހުންނެވެ. އެމީހާގެ އަޑުގައި ކުރިން ހުރި ކަހަލަ ހަރުކަށިކަމެއް ނެތެވެ. ނަމަވެސް އެއަޑުގައި އެކުވެރިކަމެއްވެސް އަހަރެންނަކަށް ފާހަގަ އެއް ނުކުރެވުނެވެ. ” އެކަމަކު.. ދޮގުވެރިންދެކެ އަހަރުމެން ވަރަށް ރުޅިއާދޭ.. އަދި އަމުދުން މުސްލިމުންގެ ތެރޭގައި އުޅޭ ދޮގުވެރިން ދެކެ..” އެމީހާ އަހަރެންނާއި ކައިރިވެލިއެވެ. “އަހަރެން ކުރާ ސުވާލުތަކަށް ތެދު ތެދަށް ޖަވާބު ދީ.. އޭރުން އަހަރުމެން ޖައިލަމްއަށް އަނިޔާ ކުރާކަށް ނުޖެހޭނެ” އެމީހާ އަހަރެންގެ ނަން ބުނުމާއި އެކު އަހަރެން ހައިރާން ކަމާއި އެކު އެމީހާއާއި ދިމާލަށް ބަލާލީމެވެ. “ކިހިނެއް އަހަރެންގެ ނަން އެނގުނީ..” އަހަރެން ހައިރާން ކަމާއި އެކު އަހާލީމެވެ. “އަހަރެން ހިތަަށް އަރާ ޖައިލަމް ތިކަހަލަ މޮޔަ ސުވާލު ކުރާއިރު އަސްލުވެސް ޖައިލަމް މޮޔަ ބާއޭ..” އެމީހާ ބުނެލިއެވެ. އަހަރެން އެމީހާގެ މޫނަށް ބަލަހައްޓައިގެން އިނީމެވެ. އެމީހާގެ ފެންނަމުން ދިޔަ ލޮލުން އަހަރެންނަށް އަނިޔާވެރިކަން ފާޅުވަމުން ދިޔައެވެ. “އަހަރެން…ނަށް.. އެނގެން.. ބޭނުން..” އަހަރެން ހިއްވަރު ކޮށްފައި އަނެއްކާވެސް އެހީމެވެ. “ބުނަން ޖައިލަމް.. ތިސުވާލުގެ ޖަވާބު އަހަރެން މި އުއްމީދު ކުރަނީ ޖައިލަމް މަރުވުމުގެ ކުރިން ޖައިލަމްއަށް ދެވޭނެކަމަށް.. އެހެންވީމަ އަލުން އަހަރުމެންގެ އަސްލު މަޢުލޫއަށް އަންނަމާދޯ..” އެމީހާ ބުނެލިއެވެ. “އެންމެ ކުޑަމިނުން ކަލެއަށް ކިޔާ ނަމެއް ބުނެލަދީ.. އޭރުން ވާހަކަ ދައްކަން ފަސޭހަ ވާނީ..” އަހަރެން ބުނެލީމެވެ. އެމީހާ ފާޑަކަށް އަހަރެންނާއި ދިމާލަށް ބަލާލިއެވެ. އަހަރެން ވަގުތުން އިސްޖެހީ އަހަރެންނަށް ބުނެވުނީ ރަނގަޅު އެއްޗެއް ނޫންކަން އެނގުނީމައެވެ.

“އަހަރެންނަށް ކިޔަނީ މުޙައްމަދު ފަރީޤް” އެމީހާ ބުނެލިއެވެ. އަހަރެން އިސްއުފުލާ ބަލާލީ އެމީހާ އެހެން ބުނެލުމުންނެވެ. “ފަރީޤް.. އަހަރެން މިތަނަށް ގެންނައީ ކީއްވެ.. މިއީ ކޮންތަނެއް.. ތިއީ ކޮންބައެއް..” ފަރީޤް އޭނަގެ ނަން ބުނުމާއި އެކު އަހަރެންނަށް އިތުރު ހިތްވަރެއް ލިބުނެވެ. އެހެންކަމުން އެއްފަހަރާ އެތައް ސުވާލެއް ކުރީމެވެ. “އަހަރެންނަށް ތިތަނުން ޖަވާބު ދެވެން އޮތީ އެންމެ ސުވާލަކަށް.. އެއީ ގެނައި ސަަބަބު.. އަހަރުމެން ބޭނުންވާ މައުލޫމާތު ތަކެއް ޖައިލަމް އަށް އެނގޭތީ.. މިތަނަށް ޖައިލަމް ގެނެވުނީ.. އަވަހަށް ކިޔައިދީ” ފަރީޤް އިނގިރޭސި ބަހުން ވާހަކަ ދައްކަމުން ދިޔައެވެ. “އަހަރެންނަކަށް ނޭނގޭ ތި ބުނާ އެއްޗެއް.. އަހަރެންނަށް ތިހާ މުހިއްމު މައުލޫމާތެއް އެގެންވީ ކީއްވެ.. އަހަރެންނަކީ އާދައިގެ މީހެއް” އަހަރެން ވާހަކަ ދެއްކީމެވެ. އޭރު ހަށިގަނޑުގައި ހުރި ފިނިކަން ފިލާ މީހާ ހަމައަކަށް އެޅެމުން ދިޔައެވެ. “ބުނަން ޖައިލަމް.. ޖައިލަމް އަކީ ކިހާ އާދައިގެ މީހެއްކަން އަހަރުމެންނަށް އެނގޭ.. ތިއީ މާލޭގައި އުޅޭފައި ވަޒީފާ ދޫކޮށްލާފައި ރާއްޖެތެރޭގެ ރަށަކަށް އަރުވާލީ މީހެއްނުން.. އެރަށުން ދިމާވި ބަޔަކާއި އެކު ދީނީ ކަންތައްތައް އުގެނެމުން ދިޔަ މީހެއްނުން ތިއީ.. ނޫނީ އެގޮތަށް އެކްޓް ކުރަމުން އައި މީހެއް ނުން ތިއީ..” ފަރީޤް ބުނެލިއެވެ. އަހަރެންނަށް ސިހިފައި ބަލާލެވުނެވެ. “އާ އަހަރުމެންނަށް ވަރަށް ގިނަ އެއްޗެހި އެނގޭ.. މިކަމުގަ އޮތީ ޖައިލަމް ބޭނުން ގޮތެއް.. ޖައިލަމް ބޭނުންވަނީ އަވަސް މަރެއްތަ.. ނޫނީ ލަސްލަހުން އަނިޔާވެރި މަރަކުން މަރުވަންތަ.. ކޮންމެ ގޮތަކުންވެސް ޖައިލަމް ވާނީ މަރު.. އަދި ދެ ގޮތުން ކުރެ ކޮންމެ ގޮތެއް އިޙްތިޔާރު ކުރިޔަސް އަހަރުމެން ބޭނުންވާ މައުލޫމާތު އަހަރުމެން ހޯދާނަން” ފަރީޤް އަހަރެންނަށް އިންޒާރު ދިނެވެ. “އަހަރެން ހީކުރީ ކަލޭމެން މުސްލިމުންނަށް އަނިޔާ ނުކުރާކަމަށް” އަަހަރެން ބުނެލީމެވެ. “މުސްލިމުންނަށް އަނިޔާއެއް ނުކުރަން.. އެކަމަކު މުސްލިމުންގެ ނަމުގައި އުޅޭ ކާފަރުންނަށް..” އެހާ ހިސާބަށް ބުނެލުމަށްފަހު ފަރީޤް ގޮސް ތަންކޮޅެއް ދުރުގައި އިން ޗާބޫކެއް ދަމައިގަތެވެ. “އަހަރުމެންގެ އަޙުންނަށް ފާރަލަމުން ދިޔައީ ކީއްވެ.. ކޮބާ ބޭނުުމަކީ.. އެމީހުންގެ ފަރާތުން ޖައިލަމްއަށް އެނގުނީ ކޮންއެއްޗެއް… ކޮންބަޔަކަށް ކިޔައިދިނީ.. ކިތައް މީހުންނަށް އަޙުންގެ ކަންތައް އެނގެނީ” އިތުރަށް އަހަރެންނަށް އެއްޗެއް ބުނާނެ ފުރުސަތު ނުދީ ޗާބޫކުން އަހަރެންގެ ގައިގެ އެތަން މިތަނުގައި ތަޅައިގަތެވެ. ވަމުން ދިޔަ ތަދަށް ކެތްނުކުރެވިގެން އަހަރެންނަށްވެސް ރޮއިގަނެވުނެވެ.

*************

“އައްސަލާމް ޢަލައިކުމް” ރޭޝަމް މަޑުކޮށްލީ ޖައިލަމް ވ.ކެޔޮދޫގައި ހުރި ގޭ ދޮރުމަތީގައެވެ. “ވައަލައިކުމުއްސަލާމް” އެތެރެއިން ސަލާމް ބަލައިގަތީ މުސްކުޅި ފުރައިގެ އަންހެނެކެވެ. “ފާތުމަ ދައިތަ ދެއްތޯ” ރޭޝަމް އަހާލިއެވެ. “އާ.. ތީ ކޮން ކުދިންނެއް..” ފާތުމަ ރޭޝަމްއާއި ނިހާން ފެނުމުން އަހާލިއެވެ. “މިގޭގަ ދެއްތޯ ޖައިލަމް ހުންނަނީ” ނިހާން އަހާލިއެވެ. “އާ.. އެކަމަކު މިވަގުތު ގޭގައެއް ނޫޅޭ ޖައިލަމްއެއް..” ފަރުވާ ކުޑަ ރާގެއްގައި ފާތުމަ ބުނެލިއެވެ. ރޭޝަމް ބަލާލީ ނިހާންއަށެވެ. “އަޅުގަނޑުމެންނަކީ އޭނަގެ ރައްޓެހިން” ރޭޝަމް ބުނެލިއެވެ. “އޭނަގެ އަންހެން ރައްޓެހިންވެސް ތިބޭތަ.. ތިކަމެއް އެނގިފައެއް ނެތް.. މިރަށުގަ ޖައިލަމް ވަރަށް ރަނގަޅު.. ކުރިން އުޅުނު ނުބައި ގޮތް ދޫކޮށްލާ.. މިރަށުގަ މިއުޅޭ ރަނގަޅު މީހުންނާއި އެކު އުޅުނީ… ވަރަށް ހެޔޮ ބަދަލެއްވެސް އައި.. ތުބުޅިއެއް ބަހައްޓާ ދުވާލު ފަސްވަގުތު ނަމާދަށް ގޮސް ހަދާ..” ފާތުމަ ވާހަކަ ދައްކަމުން ބަލި ހިގުމެއް ހިގަމުން ގޮސް ދުރުގައި ހުރި ގޮޑިއެއްގައި އިށީނެވެ. ރޭޝަމްމެން ކައިރީގައި އެތެރެއަށް ވަނުމަށްވެސް ނުބުނެއެވެ. “އަޅުގަނޑުމެންނަކީ އޭނަގެ މާލޭގެ ރައްޓެހިން.. މިރަށަށް އައި ފަހުންވެސް އަޅުގަނޑުމެންނަށް ގުޅާ ހަދާ.. ކުރިން ދުވަހު އަޅުގަނޑުމެން ގުޅިން.. އަންނަ ވާހަކަ ބުނަން.. ބުނި އަންނައްޗޯ” ނިހާން ބުނެލިއެވެ. “އެހެންވިއްޔާ އޭނަ އައީމަ އަންނަން ދޭ.. މިގަޑީގަ އޭނަ ނޫޅޭ..” ފާތުމަ ރުންކުރު ގޮތަކަށް އަޑަށް ބާރު ލަމުން ބުންޏެވެ. ނިހާންއާއި ރޭޝަމްއަށް ކުޑަކޮށް ސިހުން ވެރިކަމެއް ލިބުނެވެ. ނަމަވެސް އެތަނުގައި މަޑުނުކޮށް ބޭރަށް ހިގައިގަތެވެ.

ދުވަހަކީ ހޫނު ގަދަ ދުވަހެކެވެ. ވަގުތަކީ މެންދުރުގެ އެންމެ އަވިގަދަ ގަޑިއެވެ. ފައިސަލް ހުރީ އަތިރިމައްޗަށް ވާ ގޮތަށް ހެދިފައިވާ ގަހެއްގެ ހިޔަލުގައެވެ. ހިލްމީ ހާސްވެފައި ފެންނަމުން ދިޔަ މަގަށް އިރުއިރު ކޮޅާ ނަޒަރު ހިންގާލައެވެ. “ސަރ.. މިހާރު އެމީހާ އެދަނީ ހަތަރުވަނަ ފަހަރަށް” ހިލްމީ ފައިސަލްއަށް އެހެން ހިގަމުން ދިޔަ މީހެއް ދައްކާލަމުން ބުނެލިއެވެ. ފައިސަލް އަޅައިގެން ހުރި އަވި އައިނު ކުޑަކޮށް ތިރިކޮށްލިއެވެ. އަދި އަނެއްކާވެސް ލޮލުގައި އަޅާ ދެ ޖީބަށް އަތް ޖަހާލިއެވެ. “އަޅާނުލާ.. އެގޭ ކަމަށް ނަހަދާ..” ފައިސަލް އަނގައިން އަޑެއް ލައްވާލަމުން ބުނެލިއެވެ. އެވަގުތު ދުރުން ނިހާންއާއި ރޭޝަމް އަންނަތަން ފެނުނެވެ. “ކިހިނެއްވީ” ހިލްމީ އަވަސްކަމައި އެކު އަހާލިއެވެ. “ނޭނގޭ ފާޑެއްގެ ދައިތައެއް.. އޭނަ ކޮންމެވެސް އެއްޗެއް ފޮރުވާ.. އޭނައަށް އެނގޭ ޖަނާން ވީތަން” ރޭޝަމް ރުޅިވެރިކަމާއި އެކު ވާހަކަ ދެއްކިއެވެ. “އަޅުގަނޑަށްވެސް ހީވަނީ އެ ދައިތައަށް އެއްޗެއް އެނގޭހެން.. އޭނަ ޖަނާންގެ ވާހަކަ ދެއްކި ގޮތުން ހަމަ ހީވަނީ..” ނިހާންވެސް ރޭޝަމްގެ ވާހަކަ ތަކަށް ތާއިދު ކުރިއެވެ. “އެތެރެއަށް ވަދެވުނުތަ.. ޖަނާންގެ ކޮޓަރި ފެނުނުތަ” ހިލްމީ އަނެއްކާވެސް އަވަސް ކަމާއި އެކު އެހިއެވެ. “ނޫން.. އެތެރެއަށް ވަންނަން ކީއްކުރަން.. ޖައިލަމްގެ ރައްޓެހިންނޭ ބުނީމަ ދައިތަ އަހަރުމެންނާއި ދިމާލަށް ބަލާވެސް ނުލާ.. ދެން ކިހިނެއް އެތެރެއަށް ވަދެވޭނީ” ރޭޝަމް ބުންޏެވެ. “ޖަނާންގެ ކޮޓަރީގައި އެއްޗެއް ހުރެދާނެ.. އަނެއްކާ ދައިތަ އެ އެއްޗެހިތަކަށް ގޮތެއް ނުހަދާނެބާ.. ދެންމެ އެހިގި މީހާވެސް ވަރަށް ފާޑަކަށް ބެލީ.. ސަރ ނުބައެއް އެބައުޅޭ” ހިލްމީ ފައިސަލް އާއި ދިމާލަށް ބަލާލިއެވެ. “އަނެއްކާ ތި މީހުން ބުނީ ޖައިލަމް އޭތަ ނޫނީ..” ފައިސަލް ބަލާލީ ރޭޝަމްއާއި ނިހާންގެ މޫނަށެވެ. “ދެން އަޅުގަނޑުމެންވެސް ބުނާނީ ޖައިލައިމްއޭ ދޯ” ނިހާން ބުނެލިއެވެ. ފައިސަލް ހިނިތުންވުމެއް ރައްދު ކޮށްލިއެވެ. “ހޫމް.. އެހެންވީމަ ތި ރޭވުން މަސައްކަތެއް ނުކުރިތާ.. ދެން އޮތީ ދެވަނަ ރޭވުން.. ހިލްމީ ތައްޔާރު..” ޖީބުން ގަނޑެއްނަގާ ދައްކާލަމުން ފައިސަލް ބުނެލިއެވެ. “އެކަމަކު ރޭޝަމްއާއި ނިހާން އެހަށް ދުރުގަ މަޑުކޮށްލާ.. ދައިތައަށް ތި މީހުން ފެނެއްޖެނަމަ ރަނގަޅު ނުވެދާނެ..” ފައިސަލް ބުނެލިއެވެ.

ޕޮލިސް ޔުނިފޯމްގައި ފައިސަލް އާއި ހިލްމީ އަދިވެސް ދެކުދިންނާއި އެކު މަޑުކޮށްލީ ފާތުމަމެންގޭ ކުރިމައްޗަށެވެ. “އައްސަލާމް ޢަލައިކުން” ހަރުކަށިކޮށް ފައިސަލް ގޮވާލިއެވެ. އެވަގުތު ފާތުމަ ސަލާމް ބަލައިގަންނަމުން ކޮޓަރިއަކުން ނިކުތެވެ. “މިއައީ ޖައިލަމްގެ ރޫމް ބަލާ ސާފްކުރަން.. މިއޮތީ ޗިޓް… އެކޮޓަރި ދައްކާ.. އަޅުގަނޑުމެންނަށް އެއްބާރުލުން ދީ.. ފާތުމަ ހައްޔަރު ކުރާކަށް އެއްވެސް ހާލަތެއްގައި ބޭނުމެއް ނޫން..” ފައިސަލް ބުނެލިއެވެ. ކުރިމަތީގައި ތިބި ޕޮލިސް މީހުންތަށް ފެނުމުން ފާތުމަގެ ހިތަށް ބިރުވެރިކަމެއް ވަނެވެ. “އަނެ…އްކާ ޖައިލަމް…އަށް ކަމެއްވީ…ތަ.. އޭނަ ގެ…އަކު ނޫ..ޅޭ” ހާސްވުމުން ފާތުމައަށް ވާހަކައެއް ރަނގަޅަކަށް ނުދެއްކުނެވެ. “އަޅުގަނޑުމެންނަށް އެނގޭ އޭނަ ނޫޅޭކަން.. އަޅުގަނޑުމެންގެ މަސައްކަތަށް ހުރަސް ނާޅާ.. ކޮބާ ޖައިލަމްގެ ކޮޓަރި” ފައިސަލް އެތެރެއަށް ވަންނަމުން އެހިއެވެ. “ޖައިލަމް… ވަރަށް ރުޅި އަންނާނެ އޭނަގެ ކޮޓަރިއަށް މީހަކު ވަންނައްޏާމު” ފާތުމަ ބުންޏެވެ. “އަޅުގަނޑު މި ބުނީ ކޮބާހޭ އޭނަގެ ކޮޓަރި” އަޑު ކުރިއަށް ވުރެއް ބާރު ކުރަމުން ހަރުކަށިކަމާއި އެކު ފައިސަލް އެހިއެވެ. އެވަގުތު ބިރުން ހުރެ ފާތުމައަށް އޭނަ ނިކުން ކޮޓަރިއާއި ދިމާލަށް އިނގިލި ދިއްކޮށްލިއެވެ. “ޝުކުރިއްޔާ..” ފައިސަލް މަޑުޖެހުމެއްނެތި އެކޮޓަރިއާއި ދިމާލަށް ހިގައިގަތެވެ. ހިލްމީއާއި ކައިރީގައި ތިބި ދެކުދިންވެސް ހިގައިގަތެވެ. ނަމަވެސް ވަކި ހިސާބަށް ގޮސްފައި ފައިސަލް ހުއްޓުނެވެ. ހިލްމީއަށް ކޮޓަރިއަށް ދިއުމަށް ބުނުމަށްފަހު ފާތުމައާއި ދިމާލަށް ބަލާލިއެވެ. “އަޅުގަނޑުމެން އަދި ފާތުމަ އާއި ސުވާލު ކުރަން ބޭނުން.. އެހެންވީމަ އެއްވެސް ތާކަށް ނުގޮސް މަޑުކޮށްލަ ދެއްވާ” އެހެން ބުނުމަށްފަހު ކައިރީގައި ހުރި ޕޮލިސް ކުއްޖާ އާ ދިމާލަށް ފައިސަލް ބަލާލިއެވެ. “ފާތުމަ ކައިރީ މިތާ މަޑުކޮށްލާ.”

އެކޮޓަރި ތެރޭގައި ހުރިހާ އެއްޗެއް ހުރީ އެ އެއްޗެއް ހުންނަންވީ ތަނުގައެވެ. ޖައިލަމްގެ ލެޕްޓޮޕް ކުޑަ މޭޒު މަތީގައި ކޮޓަރީގެ އެއްފަރާތެއްގައި ހުއްޓެވެ. އަލަމާރީގައި ޖައިލަމްގެ އަންނައުނު ތަށް ހުއްޓެވެ. ފައިސަލް ހިލްމީއާއި ދިމާލަށް ބަލާމުން ހިލްމީ ބޯޖަހާލުމަށްފަހު ބޭރަށް ނިކުތެވެ. އޭގެ ދިހަވަރަކަށް މިނެޓް ފަހުން ހިލްމީ އައީ އިތުރު ހަތަރު ޕޮލިހުން ގޮވައިގެންނެވެ. “މި ކޮޓަރީގައި ހުރިއްޔާ ހުރި އެއްޗެއް އެފުން މިފުށަށް ޖަހާ.. އަހަރުމެންގެ މީހެއް ގެއްލިގެން މިއުޅެނީ.. އޭނަ ވީތަނަކާއި ބެހޭގޮތުން ނޫނީ މި މައްސަލަ ބަލަން ފަށާނެ ހިސާބެއް އެނގޭތޯ މަސައްކަތް ފަށާ” އެންމެންނާއި ދިމާލަށް ބަލާލަމުން ފައިސަލް ބުންޏެވެ. އެހެންކަމުން އެންމެން އެމީހުންގެ މަސައްކަތް ފެށިއެވެ.

***********

“ޖައިލަމް ދަރިފުޅާ.. މިރަށުގައި އުޅޭއިރު ބަލައިގެން އުޅޭތި..” މުހައްމަދުބެ ވާހަކަ ދެއްކިއެވެ. މުހައްމަދުބެ އަކީ އަހަރެން އަރުވާލާފައި ހުރި ވ.ކެޔޮދޫގައި އުޅޭ މީހެކެވެ. އަހަރެންނަށް އެންމެ ރަނގަޅު މީހުންގެ ތެރެއިން އެކެކެެވެ. މިރޭވެސް އަހަރެން އިޝާ ނަމާދުން ފައިބައިގެން މުހައްމަދުބެ ބުނުމުން އެގެއަށް އައީ ވާހަކަ ދައްކާލުމުގެ ބޭނުމުގައެވެ. މީގެ ކުރިންވެސް ބައެއް ރޭރޭތަކުގައި އަހަރެން އެގޮތަށް އެގެއަށް އައިސް ހަދަމެވެ. މުހައްމަދުބެ އަބަދުވެސް އަހަރެންނަށް ރަނގަޅު ނަސޭހަތް ދީ ހަދައެވެ. އުޅެންވީ ގޮތާއި ނޫޅެންވީ ގޮތް ބުނެދީ ހަދައެވެ. އަބަދުވެސް ވިސްނައިގެން އުޅުމަށް ބުނެދެއެވެ. “މުހައްމަދު ބެ އަބަދުވެސް ބުނާނީ ތިހެން.. މިހާރު އަހަރެންގެ ގޮތް މުހައްމަދު ބެއަށް އެގެން ވެއްޖެއެއްނުން..” ހިނިތުންވެލުމެއް ރައްދުކޮށްލަމުން އަހަރެން ބުނެލީމެވެ. “ޖައިލަމްގެ ގޮތް އެނގޭތީއޭ މި ބުނަނީ.. މިރަށު މީހުންގެ ގޮތެއް ޖައިލަމްއަކަށް ނޭނގޭނެ..” މުހައްމަދުބެ ވެސް ކުޑަ ހިނިތުންވުމެއް ރައްދު ކޮށްލިއެވެ. އަހަރެން އަބަދުވެސް މުހައްމަދުބެ ކައިރިން ރަށު މީހުންނާއި ބެހޭގޮތުން މައުލޫމާތު ލިބޭތޯ ނުވަތަ ހޯދޭތޯ ވަރަށް މަސައްކަތް ކުރަމެވެ. ނަމަވެސް މުހައްމަދުބެގެ ފަރާތުން ‘ކޮނުން’ ވީ އުދަގޫ ކަމަކަށެވެ. ކޮންމެ ކަމެއް ނިއްމާލަމުންވެސް މުހައްމަދުވެ ބުނާނީ އެމީހުންގެ ގޮތް އަހަރެންނަށް ނޭނގޭ ކަމަށެވެ. ދެން އިތުރަށް އެއްވެސް އެއްޗެއް ނުބުނާނެއެވެ.

އެރޭގައިވެސް ވީ އެހެންނެވެ. އަހަރެން އިތުރަށް އަހާ އަހާވެސް ދެން ރަށުގައި އެއުޅޭ އެއްވެސް މީހަކާ ނުވަތަ އެމީހުންގެ ޕްލޭންތަކާއި ބެހޭގޮތުން މުހައްމަދުބެ އެއްވެސް އެއްޗެއް ނުކިޔައިދިނެވެ. ރޭގަނޑު ދިހައެއް ޖެހުމާއި އެކު މުހައްމަދުބެއާ ސަލާމް ކުރުމަށްފަހު އަހަރެން ނިކުތީ އަހަރެން އުޅޭ ގެއަށް ދިއުމަށްޓަކައެވެ. އެރަށަކީ ކުޑަރަށެއް ކަމުގައިވިނަމަވެސް އަހަރެން އާއްމުކޮށް އުޅެނީ ބައިސްކަލެއްގައެވެ. އެއީ އަހަރެން މާލެއިން ގެންނަ އެއްޗެކެވެ. ބައިސްކަލުގައި އަހަރެން ދިޔައީ ކުޑަކޮށް ދުއްވާލާނަމޭ ހިތާ ބޭރު މަގަކުންނެވެ. ކުޑަ ރަށެއްކަމުން ދިހައެއް ޖަހާއިރު ބޭރުމަގުތަކުން މީހަކު ފެނުން ވާނީ ބޮޑު ކަމަކަށެވެ. އަނެއްކޮޅުން ބޭރު މަގަކީ ފުދޭ ވަރަކަށް ގަސް ގިނަ މަގެއްކަމުން އަދިރިކަން ވެސް ބޮޑު ވާނެއެވެ. އަހަރެން މުހައްމަދުބެ ގެއިން ނިކުން ހިސާބުން އަހަރެންގެ ފަހަތުން މީހަކު އަންނަހެން އަހަރެންނަށް ހީވިއެވެ. ނަމަވެސް ދެފަހަރެއްގެ މަތިން ބަލައިގެންވެސް އެއްވެސް މީހަކު އަހަރެންނަކަށް ނުފެނުނެވެ. އަހަރެން ބޭރުމަގުގެ ވަކި ހިސާބަކަށް ދިޔަ ތަނާއި (އެންމެ އަދިރި ހިސާބަށް ދިޔަތަނާ) އެތަނުގައި ދެފާރަކަށް ޖަހާފައި ހުރި ހޮޅިބުރި ނިވިއްޖެއެވެ. ކުއްލިއަކަށް ލިބުނު އަދިރިކަމުގެ ސަބަބުން އަހަރެންނަށް ބައިސްކަލުގައި ބްރެކި ޖައްސާލެވުނެވެ. އަދި މަގުގެ ދެފަރާތަށް އަހަރެންނަށް ބަލާލެވުނެވެ. އަހަރެން ހުރި ހިސާބު ގައި ހުރި ދެހޮޅިބުރި ފިޔަވާ ދުރުގައި ހުރި ހޮޅިބުރިތައް ވަނީ ދިއްލިފައެވެ. އެހެންކަމުން އަހަރެންނަށް ހައިރާންކަމެއް ލިބުނެވެ. ނަމަވެސް އެކަމާއި ވިސްނާނެ މާގިނަ ފުރުސަތު ތަކެއް އަހަރެންނަކަށް ނުލިބުނެވެ. ފަހަތުން މީހަކު އަހަރެންގެ ބޮލުގައި ބާރު އެތިފަހަރެއް އެޅިއެވެ. އެވަގުތު ވީނުވީއެއް ނޭގި އަހަރެން ވެއްޓުނެވެ.

އަހަރެންނަށް ވާނުވާ އެގެން ފެށިއިރު އަހަރެން ވަނީ ކޮށްޓަކަށް ލާފައެވެ. ދެއަތް ފުރަގަހަށް ވާގޮތަށް އަައްސާފައިވާއިރު ދެފައިވެސް ވަނީ އައްސާފައެވެ. އަނގައިގައި ފޮތިގަނޑެއް އައްސާފައި ހުރުމުން ވާހަކައެއް ނުދެއްކުނެވެ. ބޮލަށް ވަމުންދިޔަ ތަދު ބުނާކަށްވެސް ނޭނގެއެވެ. އަހަރެންނަށް މަޑުމަޑުން ތަންދޮރު އެގެން ފެށިއިރު ކައިރީގައި މީހަކު ހުރިކަން އެނގުނެވެ. އަހަރެން އިސްއުފުލާފައި ބަލާލިއިރު މޫނުގައި އެއްޗެއް އަޅައިގެން ހުރި މީހާ ހުރީ އަހަރެންނާއި ދިމާލަށް ބަޑިއެއް ދިއްކޮށްގެންނެވެ. ތެޅެގަނެވުނު ވަގުތު އެމީހާ ބަޑި ގޮައްވާލިއެވެ.

ނުނިމޭ…..

Share Article

Follow Me Written By

Fantasy

Level 310 Stories500 Comments100 Comments

Other Articles

Previous

އެ ހަނދާން – 4

Next

ފަނާ 22

Next
June 15, 2015

ފަނާ 22

Previews
June 13, 2015

އެ ހަނދާން – 4

18 Comments!

  1. Fantasy says:
    June 14, 2015 at 10:30 am

    މިއަދުގެ ބައިވެސް ހުރިހާ ކުދިންނަށް ކަމުދާނެ ކަމަށް ހީކުރަން.. ހިޔާލު ތަކަށް މަރުޙަބާ 🙂

  2. lulu says:
    June 14, 2015 at 10:53 am

    Mi vaahaka in vaanuvaa ey neynge kihine tha mi vaahaka ga mi vani

  3. mee says:
    June 14, 2015 at 11:54 am

    Adi hama vaa ehvex gotheh egey vareh nuvey

  4. އަހުމަދު says:
    June 14, 2015 at 1:37 pm

    އޭ “ހަގީގަތް” ވާހަކަ ދެން ކުރިއަށް ނުގެންދަނީތަ؟

  5. hgghftnaj says:
    June 14, 2015 at 1:44 pm

    …..hadi vara weird story eh

  6. Elysha says:
    June 14, 2015 at 2:00 pm

    Gud luk fantacy.. Next part vx avahah upnkohladhyba

  7. Cristal says:
    June 14, 2015 at 4:17 pm

    nice… nice igea… kiyaa hithun maruvanee mihaaru… plx plx plx plx plx plx upload kurachey

  8. sam says:
    June 14, 2015 at 4:37 pm

    Mikahala vaahaka v kiyaa hiyy vey….. v v reethi …

  9. only fantasy girl.. says:
    June 14, 2015 at 6:17 pm

    Reethi vaane kamah mibalany fantasyge hurihaa vahakaeh vs varah shauguveri kamaa eky kiyaale vey…thafaathu vaahaka genes dhythee like vey…vvvkiyaahih vey…and aniyaa vaahaka adhi kiyaalan bynun evaahaka kiyaalan libeyny kon saitakun kan bunedhey bala….

  10. Sche says:
    June 14, 2015 at 6:29 pm

    Happy to see a story by you again! 😀

  11. faai says:
    June 15, 2015 at 9:34 am

    Thankyou fantasy… I luv it

  12. faai says:
    June 15, 2015 at 9:47 am

    Faai ah ingey waanuwaa… Kudhin thankolheh shauguwerikamaa ekyga kiyaalaba… Eyrun yagynun vx ingeyne waanuwaa

  13. faai says:
    June 15, 2015 at 9:54 am

    Aneh part awahah up kohdhehchey fantasy…. Plx

  14. How says:
    June 15, 2015 at 10:22 am

    Mi vaahaka v reethi.. Mi style v kamudhey.. Thankolhen open mind akaa ekee vaahaka kiyaabala kudhinney.. Vaa nuvaa ingeyne.. Hama heevany english vaahaka eh hen.. Ehaa salhi.. Good luck fantasy. I love ur story.. Vaahaka kiyan fashaafa ma heekuree fantasy gengulheynee kuree vaahakaige.characters kamah hama police veema. Emme meehaku nama ves leenama ethanun.. Varah reethi vees kanneynge

  15. naval says:
    June 15, 2015 at 12:43 pm

    Naval heekury mi we Nancy Drew he vaahakaeh kamah…varah interesting….this story is superb……aneh part varah avahah up kohdhechchey fantasy…..(-:

  16. naval says:
    June 15, 2015 at 12:44 pm

    Actually not Nancy drew Hardy boys ..here

  17. Sheryn says:
    June 15, 2015 at 2:17 pm

    Awesome fantasy… :D…vaahaka dhigukh genesdhinyma sheryn v happy vefa mihiry…thnkxx … hop next part avahah up khdheynekamah….

  18. Fantasy says:
    June 22, 2015 at 9:42 am

    ހުރިހާ ކުދިންގެ ކޮމެންޓްތަކަށް ވަރަށް ބޮޑަށް ޝުކުރިއްޔާ 🙂

Comments are closed.


All Right Reserved!