Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ރަޙީން

Fantasy Level 310 Stories500 Comments100 Comments
June 10, 2015 5 Mins Read
13 Comments

“ކިހާ ދެރަކަމެއް… ކަލޭމެން ތިއުޅެނީ އަހަރެން މަރާލަންތަ” ވަމުން ދިޔަ ތަދަށް ކެތް ނުކުރެވިގެން އަހަރެންނަށް ހަޅޭލަވައިގަނެވުނެވެ. އަހަރެން ފަހަތަށް ވާގޮތަށް އަތް ގެންގޮސް އައްސާފައިވާއިރު ދެމީހަކު އަހަރެން ހިފަހައްޓައިގެން ތިއްބެވެ. ތިންވަނަ މީހާ އަހަރެންގެ ފައި ދައްފުށުގައި ބޮޑު ހަންގަނޑަކުން ތަޅަމުން ދިޔައެވެ. ނަގަމުން ދިޔަ ދިލައަށް ކެތް ނުކުރެވިގެން އަހަރެންނަށް އަނެއްކާވެސް ހަޅޭލަވައިގަނެވުނެވެ. “މިހާރުވެސް ކަލޭ ބޭނުމިއްޔާ މިކަން ހުއްޓުވި ދާނެ.. އަވަހަށް އަހަރުމެން ބޭނުންވާ ކަންތައް ކިޔައިދީ” ހަތަރުވަނަ މީހާގެ އަޑު އިވިގެން ދިޔައީ އަހަރެންގެ ކައިރިންނެވެ. އެމީހާ ވާހަކަ ދެއްކީ އިނގިރޭސިން ބަހުންނެވެ. އަހަރެންގެ މޫނުމައްޗަށް އަޅުވާފައިވާ ބޮކީގެ އަލީގެ ސަބަބުން އަހަރެންނަށް ތަނެއް ފެންނަނީއެއް ނޫނެކެވެ. އެހެން ނޫނަސް، އަހަރެން ކައިރީގައި ތިބި އެންމެންގެ މޫނުމަތީގަވެސްވަނީ ފޮތިގަނޑެއް އައްސާފައިކަމުން އެމީހުން އެއީ ކޮންބައެއް ކަމެއް އަހަރެންނަކަށް ނޭނގެއެވެ. “ހެޔޮނުވާނެ.. އަހަރެންނަށް ތި މީހުން ތިބުނާ އެއްޗެއް ނޭނގޭ..” އަހަރެން މައިނޭވާ ލަމުން އެމީހާއަށް ޖަވާބު ދިނީ އިނގިރޭސިންބަހުންނެވެ. އެވަގުތު އަނެއްކާވެސް ތިންވަނަ މީހާ އަހަރެންގެ ފައިގެ ދަށްފުށުގައި ޖެހިއެވެ. ވީތަދުން އަހަރެންގެ ކަރުން އާހެއްގެ އަޑު ބޭރުވިއެވެ. “އަހަރުމެންނަށް އެނގޭ ކަލެއަށް އަހަރުމެން ބޭނުންވާ މައުލޫމާތު އެނގޭކަން.. އެންމެ ފަސޭހަ ގޮތަކީ ކިޔައިދިނުން.. އަވަހަށް މިކަން ހުއްޓޭނީ އޭރުން” އަނެއްކާވެސް އެމީހާ ވާހަކަ ދެއްކިއެވެ. “ކަލޭމެންނަށް ތިހުރިހާ އެއްޗެއް އެނގެންޏާ މަށަށް އެނގޭނެ ކަމަށް ތިބުނާ މައުލޫމާތެއްވެސް ކަލޭމެންނަށް އެނގޭނެއެއް ނުންތަ” ރުޅިގަދަވެ އެމީހުންގެ އަތްދަށުން ސަލާމަތްވުމަށް ތެޅިގަންނަމުން އަހަރެން ވާހަކަ ދެއްކީމެވެ. އެވަގުތު ފަހަތުގައި ހުރި މީހާ އަހަރެންގެ ކަރާއި ހަމައަށް ދިގުވެފައިވާ އިސްތަށިގަނޑުގައި ބާރަކަށް ހިފެހެއްޓިއެވެ. “މިއީ އަދި ފެށުން.. އަހަރުމެން ކުރާ ސުވާލު ތަކުގެ ރަނގަޅު ޖަބާވު ދީފިނަމަ ކަލެއަށްވެސް އަހަރުމެންނަށްވެސް ފަސޭހަވާނެ.. ނުދީފިނަމަ ޖަވާބު ހޯދުމަށްޓަކާ ކުރަން ޖެހޭ ހުރިހާ ކަމެއް އަހަރުމެން ކުރާނަން” އެމީހާގެ އިނގިރޭސި ބަހުރުވަ ހުރި ގޮތުން އެއީ އެހާ އިނގިރޭސިއަށް ފަރިތަ މީހެއް ހެނެއް ހިޔެއް ނުވެއެވެ. އިނގިރޭސި ވިލާތު ނޫނީ އެމެރިކާގެ މީހެއް ހެނެއް ހިޔެއް ނުވެއެވެ.

އެމީހާ އެހެން ބުނުމަށްފަހު އަހަރެންގެ އިސްތަށިގަނޑުން ދޫކޮށްލިއެވެ. އަހަރެން އެއްވެސް އެއްޗެއް ނުބުނެ އިސްޖަހާލީމެވެ. އެވަގުތު އަހަރެންގެ ފައިގައި ހިފަހައްޓައިގެން ހުރި މީހާ ފައިން ދޫކޮށްލިއެވެ. އަދި ކައިރީގައި ތިބި ދެމީހުންވެސް އަހަރެންގެ ހަށިގަނޑުން ދޫކޮށްލުމަށްފަހު ދުރައް ޖެހިލިއެވެ. “ތީ ކޮންބައެއް” އަހަރެން އެންމެ ފުރަތަމަ އަހަން ބޭނުންވި ސުވާލު އެމީހުންނާއި ކުރީ އިސްޖަހައިގެން އިދެއެވެ. “ތިއީ މުހިއްމު ސުވާލެއްނޫން” ފަހަތުން އަނެއްކާވެސް އަޑު އިވުނެވެ. “އަހަރެން މިއިނީ ކޮންތާކު..” އެމީހާ ދިން ޖަވާބަށް ބެލުމެއްނެތި އަނެއްކާވެސް އަހަރެން އެހީމެވެ. “މިއީ ކަލެއަށް ދެން މިދުނިޔެއިން ފެންނާނެ އެންމެ ފަހުތަން” އެމީހާ ހަރުކަށިކަމާއި އެކު ބުނެލިއެވެ. އެވަގުތު އަހަރެންނަށް ނޭވާއެއް ލެވުނެވެ. މީހާގެ ހިތުގައި އުފެދެމުން ދިޔަ ބިރުވެރިކަން އެންމެ ބޮޑުވެގެން ދިޔައެވެ.

އަހަރެން މަޑުމަޑުން އިސްއުފުލާލީމެވެ. އެވަގުތު ކުރިމަތީގައި ތިބި ތިން މީހުން ފެނިގެން ދިޔައެވެ. އިސްކޮޅުން ދިގު ބޮޑު ބިޔަ ތިން ފިރިހެނުން ތިބީ އަހަރެންނާއި ދިމާލަށް ކަޅި އަޅައިލައިގެންނެވެ. އެތިން މީހުންވެސް ލައިގެން ތިބީ ކަޅު ކުލައިގެ ޖެކެޓެއް ކަހަލަ ބޯ އެއްޗެއްކެވެ. ތިން މީހުންގެ މޫނުމަތީގަވެސް ފޮތިގަނޑެއް އަޅާ ނިވާކޮށްފައިވާއިރު ހަމައެކަނި ފެންނަން އިނީ ލޯ އެކަންޏެވެ. އަހަރެންގެ ސިކުނޑިން މިއީ ނުރައްކާތެރި ކަމުގެވެސް އެންމެ ނުރައްކާތެރިކަމެއްކަމަށް ބުނެދެމުން ދިޔައެވެ. “ތިއީ.. ކޮން..ބައެއް” ތުރުތުރު އަޅަމުން ދިޔަ އަޑަކުން އަހަރެންނަށް އަހާލެވުނެވެ. “ކަލޭ ތި ވިސްނީ ރަނގަޅަށް… މިހާރު ކަލެއަށް އަހަރުމެންނަކީ ކޮންބައެއްކަން އެނގޭނެ” ހަތަރުވަނަ މީހާ އަހަރެންގެ ކުރި މައްޗަށް އަރަމުން ބަރު އަޑަކުން ބުނެލިއެވެ. އެމީހާވެސް ހުރީ އެހެންމީހުން ތިބި ގޮތަށް މޫނުގައި އެއްޗެއް އަޅައިގެންނެވެ. ޖެކެޓްއެއް ލާފައި ހުރި އިރު އުނަގަނޑުގައި އަޅުވާފައިވާ ބެލްޓް ގައި ދެފަރާތަށް ދެ ފިސްތޯލަ ޖަހާފައި އިން އިރު ކުރިމައްޗަށް ވާގޮތަށް ކުޑަ ވަޅިއެއް ހުއްޓެވެ. އަހަރެންނަށް އެހާ ރީއްޗަށް އެ ހުރިހާ އެއްޗެއް ފެނުނީ އެމީހާ އަހަރެންނާއި އެހާ ކައިރިއަށް ހުއްޓުނީމައެވެ. އެމީހާ ވަޅި ނެގިއެވެ. އަދި އަހަރެންގެ ކަރުގައި ޖައްސާލުމާއި އެކު އަހަރެންނަށް ތެޅިގަނެވުނެވެ. އެވަގުތު އަނެއް އަތުން އަހަރެންގެ ފުރަގަހުން ކަރުގައި ކަރަންޓު އެއްޗެއް ޖެއްސުމުން ސިހިގެން ދިޔަކަން އަހަރެންނަށް އެނގުނެވެ. އަދި ހަޅޭލަވައިގަނެވުނުކަން އެނގުނެވެ. ނަމަވެސް ދެން ވީ ގޮތެއް ނޭނގުނެވެ.

************

“ސަރ ސަރ…” ހިލްމީ ދުވަމުން ކަހަލަ ގޮތަކަށް އައިސް ފައިސަލްގެ ރޫމްއަށް ވަނެވެ. އޭރު ފައިސަލް ހުރީ ފޯނެއްގައެވެ. ނަމަވެސް ހިލްމީގެ ހާސްވެފައިވާ މޫނު ފެނުމުން ވަގުތުން ފައިސަލް ފޯނު ބޭއްވިއެވެ. “ކިހިނެއްވީ ހިލްމީ..” ފޯނު ބޭއްވުމަށްފަހު ފައިސަލް އަހާލިއެވެ. “ސަރ.. އަޅުގަނޑުމެން ގުޅުން ކެޑިއްޖެ..” ހިލްމީ ހާސްކަމާއި އެކު ވާހަކަ ދެއްކިއެވެ. “ތިއީ އާކަމެއް ނޫނެއްނުން..” ފައިސަލް ހިނިތުންވެލުމަށް ރައްދުކޮށްލަމުން ގޮޑީގައި އިށީދެލިއެވެ. “ނޫނޭ ސަރ.. ކުރިން ފަހަރު ހެނެއްނޫން މިފަހަރު.. އޭނަ އަޅުގަނޑުމެންނަށް މީގެ 48 ގަޑި އިރު ކުރިން ހަބަރު ވާން ޖެހޭ.. އެކަމަކު އަދިވެސް ނުވޭ..” ހިލްމީ ބުނެލިއެވެ. ފައިސަލް ސިހުންވެރިކަމާއި އެކު ހިލްމީއަށް ބަލާލިއެވެ. “ސަރ… އަޅުގަނޑަށް ހީވަނީ ކޮންމެވެސް ކަމެއް ގޯސްވެއްޖެ ހެން.. އޭނައަކީ ލަސްވާ މީހެއް.. އެކަމަކު މިހާ ލަހެއް ނުވާނެ.. އަދި ބަލާލަބަލަ.. އަޅުގަނޑަށް ރޭ ފަތިހު ލިބުނު މެއިލްއެއް މީ..” ހިލްމީ އޭނަގެ އަތުގައިވާ ގަނޑު ފައިސަލްއަށް ދައްކާލަމުން ބުނެލިއެވެ. “އޯކޭ.. އެންމެ ފަހުން އޭނަގެ މައުލޫމާތެއް ލިބުނީ ކޮން އިރަކު” ސީރިއަސް ކަން މޫނު މައްޗަށް ވެރިކޮށްލަމުން ފައިސަލް  އެގަނޑު އަތުލަމުން ވާހަކަ ދެއްކިއެވެ. އެގަނޑު ފެނުމާއި އެކު ފައިސަލް ގޮޑިން ފުއްމައިގެން ތެދުވިއެވެ. “އަވަހަށް ގުޅާބަލަ ރޭޝަމްމެންނަށް.. މީޓިން ހަމަޖައްސަން.. ވީހާވެސް އަވަހަކަށް” ފައިސަލް އޭނަގެ ފޯނު ނަގަމުން ހިލްމީއަށް ބުނެލިއެވެ. ހިލްމީ ބާރު ހިގުމެއްގައި ބޭރަށް ނިކުތެވެ.

“ސަރ.. އަޅުގަނޑު” ފައިސަލް އެކޮޅުން ފޯނު ނެގުމާއި އެކު ބުނެލިއެވެ. “ވަރަށް ބޮޑު ކަމެއް ވެގެން.. އާދެ.. އެއްކަލަ.. ނޫން.. އާދެ.. ވަރަށް އަވަހަށް.. ޝުކުރިއްޔާ..” ފައިސަލް ފޯނު ބޭއްވުމަށްފަހު ބާރު ހިގުމެއްގައި ގޮސް މަޑުކޮށްލީ ކޮންފަރެންސް ހޯލްގައެވެ. އޭރު އެތަނުގައި ހިލްމީއާއި ރޭޝަމް އަދި ނިހާންވެސް އިނެވެ. “ވަރަށް ސީރިއަސްތޯ..” ރޭޝަމް ފައިސަލް ފެންނަ އިރަށް ސުވާލު ކޮށްލިއެވެ. އެވަގުތު ފައިސަލް އޭނަގެ އަތުގައިވާ ގަނޑު މޭޒުމަތީގައި ބޭއްވިއެވެ. އޭގައި އިނީ ލިޔުންކޮޅެކެވެ. “ހީ އިޒް ޑެޑް ނައު” އިނގިރޭސިން ބަހުން ވަނީ އެހެން ލިޔެފައެވެ. “މީގެ މާނައަކީ ކޮބާ.. ކީއްވެ މިހެން ވާންވީ.. ކިހާ އިރެއް ވެއްޖެ ހަބަރެއް ނުވާތާ..” ނިހާން ހާސްކަމާއި އެކު އަހާލިއެވެ “48 ގަޑިއިރު..” ހިލްމީ ބުނެލިއެވެ. “48 ގަޑިއިރު.. އަދި ކިރިޔާތަ ހިލްމީއަށް ކަމެއްވީކަން އެނގުނީތި. އަހަރުމެންގެ ޓީމުންގެ މީހެއްގެ ހަބަރެއް ނުވާތާ 48 ގަޑިއިރު ވެގެން ދިޔައިރު ހިލްމީއަކަށް ނޭނގުނުތަ ތަންކޮޅެއް ކުރިން އުޅޭކަން..” ރޭޝަމް ރުޅިވެރިކަމާއި އެކު ބުނެލިއެވެ. “އަޅުގަނޑު ހީކުރީ.. ސަރ…އޭނައަކީ އާއްމުކޮށް ހަބަރުދޭން ލަސްވާ މީހެއް.. އެހެންވެ..” “އެހެންވެ އަޅާނުލާ ހުރީ.. ބަލަ ކިހިނެއްތަ އެނގެނީ.. މިހާރު އޭނަ” ރޭޝަމް އެހާ ހިސާބަށް ބުނެފައި ހުއްޓާލިއެވެ. ފައިސަލް ރޭޝަމްއާއި ދިމާލަށް ބަލާލިއެވެ. “އެއްވެސް ކަމެއް ނުވާނެ.. އަހަރެންނަށް ޔަގީން.. ޖަނާންއަށް އެއްވެސް ކަމެއް ނުވާނެކަން.. އަހަރުމެންނަށް ކުރެވޭނެ ކަމަކީ މިހާރުން މިހާރަށް މިކަން ތަޙްޤީގު ކުރަން ފެށުން.. އަހަރެން ސަރ އަށް ގުޅައިފިން.. ސަރވެސް އެބަ އާދޭ.. ރޭޝަމްއާއި ނިހާން.. ދޭ ޖައިލަމްގެ ގެއަށް.. އެރަށަށް.. އަވަހަށް ފުރާ.. އަހަރެން ލޯންޗްގެ ކަންތައް ހަމަޖައްސާނަން.. ހިލްމީ އަހަރެންނާއި އެކު ސަރ ކައިރިއަށް ދާނީ.. އަދި އޭގެ ފަހުގަ އަހަރުމެންވެސް ދާނީ އެރަށަށް..” ފައިސަލް ބުނެލިއެވެ. ރޭޝަމްއާއި ނިހާން އަވަސް ކަމާއި އެކު  އެތަނުން ދެތުވެގެން ދިޔައެވެ. “ސޮރީ ސަރ..” ހިލްމީ އިސްޖަހާލައިގެން ހުރީ ކުށެއް ކުރެވިފައިވާ ކުޑަކުއްޖެއްގެ ގޮތަކަށެވެ. ” ހިލްމީގެ މައްސަލައެއް ނޫން މިއީ.. ކަމެއް ގޯސްވެއްޖެނަމަ މިއީ އަހަރެންގެ މައްސަލަ.. ޖަނާން އެތަނުން ނެރެންވިތާ އެތައް ދުވަހެއް ވެއްޖެ.. އެކަމަކު އަހަރެން އޭނަ އެތަނުގައި ބަހައްޓައިގެން ހުރީ.. އެހެންވީމަ ހިލްމީ ސޮރީ ބުނާނެ ކަމެއް ނެތް..” ފައިސަލް ހިލްމީގެ ކޮނޑުގައި ހިފަހައްޓާލަމުން ބުނެލިއެވެ. އަދި ދެމީހުންވެގެން ސަރ ޔާސިރު ކައިރިއަށް ދިއުމަށް މިސްރާބު ޖެހިއެވެ.

*********

އަހަރެންނަށް ވާނުވާ އެގެން ފެށީ ކިހާ އިރެއްގެ ފަހުން ކަމެއް ނޭނގެއެވެ. ދެލޯ ނުހުޅުވެ އަހަރެންނަށް ފިނިކަމެއް އިހްސާސް ކުރެވެމުން ދިޔައެވެ. ވަރަށް ވަރުން އަހަރެން ދެލޯ ހުޅުވާލީމެވެ. އަހަރެންނަށް އޮވެވުނު ތަން ފެނުމާއި އެކު އަހަރެންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ޕްރިޖްއެއް ކަހަލަ ބޮޑު ތަނެއްގެ ތެރޭގައި އަހަރެން އޮތް އިރު އެތަނުގައި އެތައް އެއްޗެއް ބަހައްޓާފައި ހުއްޓެވެ. ދެތިން ގެރި ހަން ދަމާފައި މައްޗަށް ވާ ގޮތަށް އެލުވާފައި ހުއްޓެވެ. ތަންކޮޅެއް ދުރުގައި މޭވާގެ ދެތިން ބާވަތެއްގެ ފޮށިގަނޑު ތަކެއް ހުއްޓެވެ.  ފިނިވެގެން މީހާ އޭރު ތުރުތުރު އަޅަން ފަށަފިއެވެ. އަހަރެން ތެދުވެވޭތޯ މަސައްކަތް ކުރަން ފެށީމެވެ. ނަމަވެސް އޭރުވެސް ދެފައި އެއްކޮށްވާ ގޮތަށް ވަނީ އެއްޗެއް އައްސާފައެވެ. ދެއަތް އެއްކޮށް ކުރިމައްޗަށް ވާގޮތަށް އައްސާފައި އޮތުމުން ހިއްވަރު ކޮށްފައި އަހަރެން ތެދުވެ އިށީނީމެވެ. އެވަގުތު އަހަރެންނަށް އަހަރެންގެ ފައި ފެނުނެވެ. ދެތިން ތަނަކުން ފަޅައިގެން ގޮސްފައިވާ އިރު ލޭ ވަނީ ހިކިފައެވެ. އަހަރެންނަށް ތަދު އިހްސާސް ކުރެވެން ފެށުނީ އެތަން ފެނުމުންނެވެ. މަޑުމަޑުން އެތަނުގެ ތެރެއަށް އަހަރެން ބަލާލީމެވެ. ނިކުމެވޭނެ އެއްވެސް ކަހަލަ ތަނެއް އިންތޯއެވެ. އެއީ އެތަނުގައި މާގިނަ އިރު އިންނަން ވެއްޖިނަމަ އަހަރެން ގަނޑުވާނެކަން އެނގޭތީއެވެ. މަޑުމަޑުން ދެއަތާއި ފައި އަދި ހަށިގަނޑު އެކި ގޮތްގޮތަށް ހަރަކާތް ތެރި ކުރަން ފެށީމެވެ. އެއީ މީހާގެ ހަށިގަނޑަށް ހޫނުކަމެއް ގެނެވުމަށްޓަކައެވެ. ނަމަވެސް އޭގެން މާބޮޑު އަސަރެއް ނުކުރިއެވެ. މީހާގެ ހަށިގަނޑުވަނީ އޭރުވެސް ފުދޭވަރަކަށް ގަނޑުވެފައެވެ.

އެހެން އިންނަތާ އިރުކޮޅެއް ފަހުން ކުއްލިއަކަށް އެތަނުން ދަގަނޑު ދޮރެއް ހުޅުވުނު އަޑު އިވިގެން ދިޔައެވެ. އަހަރެންނަށް އެދޮރު ނުފެނުނެއްކަމަކު ބައެއްގެ ބޫޓްގެ އަޑު އިވިގެން ދިޔައެވެ. އެބަޔަކު އެއަންނަނީ އަހަރެން ކައިރިއަށްކަން އަހަރެންނަށް އެނގުނެވެ. ދެމީހަކު އައިސް އަހަރެން ކުރިމައްޗަށް ވާގޮތަށް ހުއްޓެލިއެވެ. އެދެމީހުންވެސް ތިބީ މޫނުގައި އެއްޗެއް އަޅައި ނިވާކޮށްގެންނެވެ. އަދި އަރަބި ބަހުން ދެތިން އެއްޗެއް ބުންޏެވެ. އަހަރެންނަށް އެމީހުން ބުނީ ކީކޭ ކަމެއް ނޭނގުނެވެ. އެމީހުންނާއި ދިމާލަށް ބަލަން އިންދަ އަހަރެންގެ ދެއަތުގައި ހިފާފައި ނެގިއެވެ. ދެފައި މައްޗަށް ބެހެއްޓުމާއި އެކު އަހަރެންގެ ހަށިގަނޑު އެއްވެސް ބާރެއް ނެތި އަނެއްކާވެސް ވެއްޓުނެވެ. މީހާގެ ގައިގައި އެއްވެސް ހަކަތައެއް ނެތެވެ. ބަނޑުހައި ވެފައިވާކަން އަހަރެންނަށް އިހްސާސްވީ އެވަގުތު އެވެ. އެވަގުތު ކައިރީގައި ތިބި ދެމީހުން އަހަރެންގެ އަތުގެ އުޅަބޮށީގައި ހިފާފައި ދަމާފައި ކަހަލަ ގޮތަކަށް އެތަނުން ނެރުނެވެ. އިތުރަށް ކުރިއަށް ދިއުމުގެ ކުރިން އަހަރެންގެ މޫނުވެސް އެމީހުން ނިވާ ކުރިއެވެ. ފޮތިގަނޑެއް އެޅިއެވެ.

ނުނިމޭ…..

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Fantasy

Level 310 Stories500 Comments100 Comments

Other Articles

Previous

އެ ހަނދާން – 2

Next

އެ ހަނދާން – 3

Next
June 11, 2015

އެ ހަނދާން – 3

Previews
June 9, 2015

އެ ހަނދާން – 2

13 Comments!

  1. Fantasy says:
    June 10, 2015 at 2:37 pm

    ކިހިނެއްތަ ހުރިހާ ކިޔުންތެރިންގެ ހާލު… މިފަހަރުގެ ވާހަކައަކީވެސް ހަމަ ކުރިން ފަަހަރުގެ ވާހަކަތައް ކަހަލަ ތްރިލާ އެއް… މިއީ އެއްވެސް މީހަކަށް އަމާޒުކޮށްގެން ލިޔެވޭ ވާހަކައެއް ނޫން.. މިފަހަރުގެ ވާހަކައަށްވެސް ހުރިހާ ކުދިންގެ ފަރާތުން އެއްބާރުލުން ލިބޭނެ ކަމަށް ހީކުރަން.. ހިޔާލު ތަކަށް މަރުޙަބާ 🙂

  2. ummi says:
    June 10, 2015 at 3:02 pm

    V reerhi feshun… waiting forthenextpart 🙂

  3. Jenny says:
    June 10, 2015 at 7:58 pm

    Vvv nice mi part vex and hope kuran vvv avaha update koh dheyne kamah..gud luck!!!

  4. naj says:
    June 10, 2015 at 8:12 pm

    Interesting…gud luck

  5. RIU says:
    June 10, 2015 at 8:18 pm

    wow wow wow wow wow very nice

  6. rish says:
    June 10, 2015 at 8:43 pm

    My dear fantasy tha miulhenee??? Haadha dhuvaheh fahun ney thi aee?? Kihinehtha haalu kolhu? Vaahakayaa medhu echcheh bunanenya othee hama fakkaa , reethi, kamudhey, kahala kan kan. Hehe.. ummeedhu kuran kuree vaahaka kahala salhi echcheh kamah mi ves. All the best. Tc.

  7. Hoody says:
    June 10, 2015 at 10:35 pm

    vaahakaige feshun varah intresting…. next part avahah up kohdheyne kamah ummeedhu kuran…. gud luck FANTASY….. 🙂

  8. Mary says:
    June 11, 2015 at 12:46 am

    Hadi dhw aslu.. mioh bodu baii nimigen fhiya iru vx waanuwa neyngunu mashakah..

  9. Shelly says:
    June 11, 2015 at 3:52 pm

    Aslu v salhi n interesting.. Mashakah hiyeh nuvey mashah mihaa vaanuvaa ihgey hamajehey bayeh kiyunuheneh … !! It’s brilliant.. Gud luk FANTASY.

  10. faai says:
    June 11, 2015 at 8:30 pm

    Wow,, my fvrt writer… Fantasy v molhey faai ge nidhi kolhu gelluwaalan… Hehe,, Gaathil waahaka vx kiyaahithun nunidhaa faai ulhuny…. Ur stories r awesome… N mifaharu ge waahaka vx v rythi waane kamah unmydhu kuran…. Really really n really lyk ur stories

  11. nihaa says:
    June 12, 2015 at 8:30 am

    Vrh foohi mi part…

  12. nishy says:
    June 13, 2015 at 11:12 am

    V reethi mivaahaka

  13. Fantasy says:
    June 14, 2015 at 10:26 am

    ހުރިހާ ކުދިންގެ ކޮމެންޓް ތަކަށް ވަރަށް ބޮޑަށް ޝުކުރިއްޔާ 🙂

Comments are closed.

Next Episodeރަހީނު (02 ވަނަ ބައި)←


All Right Reserved!