Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޤާޠިލް… ފަހު ބައި…

Fantasy Level 310 Stories500 Comments100 Comments
December 13, 2014 15 Mins Read
28 Comments

ފަސްވަރަކަށް ސިކުންތު ފަހުން ކަރަންޓު އައި އިރު މިޒާން އޮތީ ވެއްޓިފައެވެ. ހުސައިންވެސް އޭރުވެސް އޮތީ ވެއްޓިފައެވެ. ހުސައިންގެ ބޮލުން ފޭބި ލޭ އެތަނުގައި ހުއްޓެވެ. ހުސައިންގެ އެއްވެސް ހަރާކަތެއް ނެތެވެ. މިޒާންގެވެސް ހަރަކާތްވަނީ ހުއްޓިފައެވެ. މިޒާން ކައިރީގައި ރާކިންއަށް ފުރަގަސް ދީގެން ޖެކެޓްއެއް ލައިގެން މީހަކު އިނެވެ. “ކާކުތީ” ރާކިން ފަހަތަށް ފިޔަވަޅެއް އަޅަމުން ވާހަކަ ދެއްކިއެވެ. “މައްސަލައަކީ މި ރާއްޖޭގައި މާ އަނގަ ގަދަ މިތުރުން ގިނައީ.. ” އެމީހަކު އެހެން ބުނެލަމުން ތެދުވެ ރާކިންއާއި ކުރިމަތި ލިއެވެ.

ރާކިންއަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. ލޮލުން ފެންނަމުން މިދަނީ ހަގީގަތެއްބާއޭ ރާކިން ހިތައް އަރަމުން ދިޔައެވެ. “ރާކިން.. ނިދީތަ.. ދެލޯ ބޮޑުކޮށް ހުޅުވައިގެން ހުރެ.. މިއީ އަހަރެންނޭ.. ހަމަ ރަނގަޅަށޭ ތި ފެންނަނީ.. ހުވަފެނެއް ނޫނޭ” ނަދީމް ބުނެލިއެވެ. ރާކިން ފަހަތަށް ބަލާލީ އާހިލް ކޮބައިތޯ ބަލާލާށެވެ. އޭރު އާހިލްވެސް ވެއްޓިފައި އޮތެވެ. އޭނަގެ ބޮލުންވެސް ލޭގެ އަސަރު ފެންނަން ހުއްޓެވެ. ރާކިން އަނެއްކާވެސް ކުރިމަތިން ފެންނަން ހުރި ނަދީމްއާއި ދިމާލަށް ބަލާލިއެވެ. ނަދީމް ދަތްތަށް ފެންނަ ވަރަށް ހިނިތުންވެލިއެވެ. “ކޮބާ ކިހިނެއްވަނީ” ނަދީމް އޭނަގެ ދެއަތް ފުޅާ ކޮށްލަމުން އަހާލިއެވެ. “އަހަރެންގެ އެކްޓިން ކަމުދޭތަ” ނަދީމް ޖަކެޓްގެ ޖީބަށް އަތް ޖަހާލަމުން ވާހަކަ ދެއްކިއެވެ. ރާކިން ވެއްޓިފައި އޮތް މިޒާންއަށް ބަލާލިއެވެ. “ޑޯންޓް ވޮރީ.. ހީ އިޒް ނޯ މޯ ނައު” ނަދީމް ފައިން މިޒާންގެ ގައިގައި ކޮއްޓާލަމުން ބުނެލިއެވެ. މިޒާން އޮތީ ބަނޑުވަތަށް ވެއްޓިފައެވެ. ނަދީމް ފައިން ކޮއްޓާލި ގަޑީގައި މިޒާންގެ ގައިދަށުގައި ހުރި ލޭތަށް ރާކިންއަށް ފެނުނެވެ. “އަހަރެންނާއި އެއްވެސް ސުވާލެއް ނުކުރާނަންތަ ހަމަ.. ބަލަހައްޓައިގެން ތި ހުންނަނީ.. ތި އެންމެ މޮޅު މީހާގެ އަނގަ ބަންދުވީތަ.. އޯހް ޑޯންޓް ސޭ.. ރާކިން ބަލި ގަބޫލު ކުރިއްޔޭ” ނަދީމް ރާކިންއާއި ދިމާލަށް ބަލާލަމުން މަލާމާތުގެ ރާގެއްގައި ވާހަކަ ދެއްކިއެވެ.

ރާކިން މުއްމަޅާ ބާރުކޮށްލިއެވެ. ދަތްޕިލަ ފިއްތާލީ ކޮލުގެ ކަށިގަނޑު ބިންދައިގެން ދާ ވަރަށެވެ. މީހާގެ އެތެރޭގައި ހުރި ރުޅިގަނޑު ހިފެހެއްޓޭތޯ ބަލަމުން ވަރަށް ފުއްކޮށް ނޭވާއެއް ބޭރުކޮށްލިއެވެ. “ކަމޯން ރާކިން.. އަހަރެންނަކީ އަންހެން ކުއްޖެއް ނޫނޭ.. ތިވަރަށް ތި ބަލަނީ.. އަހަރެންވެސް ލަދުގަނެއޭ” އަތުގެ އިނގިލި ކޮލުގައި ޖައްސާލަމުން ރަޑު ގޮތަކަށް ނަދީމް ވާހަކަ ދެއްކިއެވެ. “އަހަރެން ހަމަ ހައިރާން ވެއްޖެ.. މި ހުރިހާ ދުވަހު ޤާތިލް އުޅުނީ ރާކިން ކައިރީގައި.. އެއްތަށިން ކައި އެއްތަށިން ފެންބޮއި ހެދީ.. އެކަމަކު ރާކިންއަށް ފާހަގައެއްވެސް ނުވި.. ކޮންކަހަލަ ޕޮލިހެއްތަ ތިއީ.. ސަބް އިނިސްޕެކްޓަރ މުހައްމަދު ރާކިން.. އޯހް މައި ގޯޑް.. ސަބް އިނިސްޕެކްޓަރއެއްވެސް ނޫން ކިޔަންވީ.. ތި މަގާމަށްވެސް ހުތުރެއް ނުން މިހާރު” ނަދީމް މިޒާން އުއްޑުން ޖަހާލަމުން އޭނަގެ ބަނޑަށް ޖަހާފައިވާ ވަޅި ދަމައިގަތެވެ. އެއީ މާއިން ހައްޔަރު ކުރި ދުވަހު އޭނަ ކައިރިން ފެނުނު ކަހަލަ ވަޅިއެކެވެ. އަދި ރާކިންއާއި ދިމާލަށް ބަލާލިއެވެ. ރާކިން އެއްވެސް އެއްޗެއް ނުބުނެ ނަދީމްއާއި ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ. “އަހަރެން ހީކުރީ އަސްލަށްވެސް.. އަހަރެން ކުރިމައްޗަށް އަރާ ދުވަހަކު ރާކިން އަހަރެންނާއި ބައިވަރު ސުވާލު ކުރާނެކަމަށް.. ޖާނަލިސްޓެއް ގޮތައް.. އެކަމަކު ނޫން.. ވަރަށް ދެރަ.. އަދިވެސް އަހަރެންނަށް ކުރެވުނު ވަރު ކުޑައީތަ….ކަލޭ އަނގަ ހޮޅުވަނީ ކަލޭގެ އަންހެނުންގެ ކަރުވެސް ބުރިކޮށްލީމަތަ” ސުނާއާއި ދިމާލަށް ޖެހިގަންނަމުން ނަދީމް ހަޅޭލަވައިގަތެވެ. “އޯކޭ.. އޯކޭ.. ޕްލީޒް ލީވް ހާ އެލޯން” ރާކިން އެންމެ ފަހުން އަވަސް ކަމާއި އެކު ވާހަކަ ދެއްކިއެވެ. އޭނައަށް ނަދީމް ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެކަން އެނގޭތީއެވެ.

“ގުޑް.. ނައު އިބަ ރަނގަޅުވޭ.. ކުރިވެސް ތި ގޮތް އޮތެއްނުން..” ސުނާގެ އިސްތަށިގަނޑުގައި ހިފައި އިސް އުފުލާލަމުން ނަދީމް ވާހަކަ ދެއްކިއެވެ. އެވަގުތު ރާކިންއަށް ސުނާއަށް ކޮށްފައިވާ ވަރު ފެނިގެން ދިޔައެވެ. މޫނުމަތިން ނިއްކުރިއާއި ދިމާލަށް ދެތަނެއް ވަނީ ފަޅާލާފައެވެ. އަނގައާއި ނޭފަތުން އޭރުވެސް ލޭ އަންނަމުން ދިޔައެވެ. އިންގޮތުން އެއްވެސް ކަހަލަ ދިރުމެއް އެ ހަށިގަނޑުގައި ނުވާ ކަހަލައެވެ. “އެނގޭތަ.. އަހަރެން އެހާ އަންހެނުން ގައިގައި ތަޅާ ހިތެއް ނުވޭ.. އެކަމަކު ކަލޭގެ އަންހެނުންނަކީ ކަންފޫގެ މާސްޓަރއެއް.. ހޯހް.. އެހެރަ ތަޅާލިގޮތެއް އަހަރެންގެ ގައިގަ.. ރާކިން ކޮޓަރީގަ ވަރަށް ދަސްކޮށްދީފަ ހުރިކަން އެނގޭ.. މަށަށް ވަރަށް މަޖާވި..” ނަދީމް ކުއްލިއަކަށް ސުނާގެ އިސްތަށިގަނޑުން ދޫކޮށްލަމުން ރާކިންއާއި ކުރިމަތި ލިޔެވެ. “ޕްލީޒް.. ޓެލް މީ.. އިޒް ޝީ” “އެލައިވް.. އޮފް ކޯޒް.. އެކަމަކު ދެން އެހާ ގިނައިރު ވަންދެން އިންނާނެ ހެނެއް ހިޔެއް ނުވޭ.. ޔޫ ނޯ ޝީ ލޮސްޓް ސޯ މެނީ ބްލަޑް” އެގޮޑީގެ ތިރިއާއި ސުނާގެ ހެދުން ދައްކާލަމުން ނަދީމް ބުނެލިއެވެ. ‘އެލައިވް’ އޭ ނަދީމް ބުނުމާއި އެކު ރާކިންއަށް ބޭއިހްތިޔާރުގައި ފުން ނޭވައެއް ދޫކޮށްލެވުނެވެ.

“އަދިވެސް އަހަރެންނާއި ކުރަން ހުރި ސުވާލެއް ތި މޮޅު ސިކުނޑިއަކަށް ނާދޭތަ.. އޯކޭ.. މައްސަލައެއް ނެތް.. އެހެންވިއްޔާ އަހަރެން ސުވާލެއް ކުރަންތަ.. އެއްވެސް އިރެއްގަ ރާކިން ހިތައް އެރިތަ އަހަރެން ކިލާއަށް ވެދާނެއޭ” ނަދީމް ހަށަން ބަދެލަމުން ބުނެލިއެވެ، އޭރުވެސް އޭނަގެ އަތުގައި ވަޅި އޮތެވެ. “އެއްވެސް ގޮތަކަށް ހިތައް އެރިތަ..” ނަދީމް އަހާލިއެވެ. ރާކިން އެއްވެސް އެއްޗެއް ނުބުނެ ހުއްޓެވެ. “ތީގެ މާނައަކީ ނާރައޭތަ..” ނަދީމް ފާޑަކަށް ރާކިން އާއި ދިމާލަށް ލޯ އަޅާލަމުން އަހާލިއެވެ. “ފޮ ގޯޑް ސޭކް ރާކިން ވާހަކަ ދައްކަބަލަ.. އަހަރެން މި ވާހަކަ ދައްކަނީ މިތަނުގައި ހޭނެތިފައި އެތިބަ މީހުންނަކާ ނޫނެކޭ.. ކަލެއާ މިވާހަކަ ދައްކަނީ” ނަދީމް ރުޅިވެރިކަމާއި އެކު ހަޅޭލަވައިގަތެވެ. އެއްފަހަރު ރީތިކޮށް މަޑުމަޑުން ނަދީމް ވާހަކަ ދައްކައިފިއްޔާ ދެން ނަދީމް ލަވައިގަންނަނީ ހަޅޭކެވެ. “ތީގެ މާނައަކީ ނަދީމްއޭތަ އެކުދިންތައް މެރީ” ރާކިން މީހާ ހަމައަކަށް އަޅުވަމުން ވާހަކަ ދެއްކިއެވެ. ނަދީމް އެއްކޮލުން ހީލިއެވެ. “އަހަރެން ހީކުރީ އަސްލަށް… ރީތި ސިފައަކާ އެއްވަރުގެ ބުއްދިއެއްވެސް ރާކިންއަށް ލިބިފައިވާކަމަށް.. އެކަމަކު.. އެނީވޭ.. އެންމެ މޮޅު މީހާއަށްވެސް ކުންހީއެއް ކުރެވިދާނެތާ ދޯ” ގިރުވާނުގައި އަތް ޖައްސާލަމުން ބޮޑާ ވެރިކަމާއި އެކު ނަދީމް ބުނެލިއެވެ. “އެހެން ނޫނަސް މި ދާ ގޮތް ކަމަކު ނުދޭ ދޯ.. ހިގާ ރޫލްސް ތަކެއް ހަދަމާ.. އިނގޭ.. ފުރަތަމަ ރޫލް.. މި ތަނުގައި ސުވާލު ކުރާނީ އަހަރެން… ޖަވާބު ދޭނީ ކަލޭ.. ދެވަނަ ރޫލް.. މާ މޮޅު މީހަކަށް ވެފަ މާ ބޮޑާ ވެފަ ހުންނާނެކަމެއް ނެތް.. ސަބަބކީ ކަލެއް އަށް ވުރެއް އަހަރެން މޮޅުވީމަ.. ތިންވަނަ ރޫލް.. އަހަރެން ދައްކާ ވާހަކަ ކަނުލާ އަޑުއަހަން ޖެހޭނެ.. އަހަރެން ބުނީމަ ނޫނީ ހުރި ތަނުން ކުޑިވެސް ލައިގެން ނުވާނެ.. ހަތަރުވަނަ ރޫލް.. އަހަރެން ބުނީމަ ކަލޭ ސުވާލު ކުރަން ޖެހޭނެ… އަޑުއިވިއްޖެ” ނަދީމް ހަރުކަށިކަމާއި އެކު ކިޔާލިއެވެ.

ރާކިން އިސްޖަހާލިއެވެ. އެތަނުގައި ތިބި އެންމެންނަށް ވަކިވަކިން ބަލާލިއެވެ. އެ އެންމެން ސަލާމަތް ކުރަން ރާކިން ބޭނުންވެއެވެ. އެކަމަކު ކިހިނެއް ހެއްޔެވެ. ކުރިމަތީގައި އެހުރީ ނަފްސާނީ ގޮތުން ހަމަޖެހޭ މީހެއް ނޫނެކެވެ. ނަދީމްގެ ‘ބިހޭވިއަރ’ ވަރަށް ރަނގަޅަށް ރާކިން ބަލައިފިއެވެ. ނަދީމްގެ ‘މޫޑް ޑިސްއޯޑަރ’ ހުންނަކަށް ރާކިންއަށް ޔަގީން ކުރެވިއްޖެއެވެ. އަދި މީހާއަކީ ‘ނަރސަނިސްޓިކް ބިހޭވިއަރ’ ހުރި މީހެއްކަން މިހާރު ކަށަވަރު ވެއްޖެއެވެ. އެހެންކަމުން ރާކިންއަށް އޮޅިގެން ބުނެވޭ އެއްޗަކުން ކޮންމެ ފަދަ ކަމެއްވެސް ވެދާނެކަން ރާކިންއަށް އެނގެއެވެ. “ކަލޭ ކޮން އެއްޗެއް ތި ވިސްނަނީ” ނަދީމް ރާކިން އާއި ކައިރިއަށް ޖެހިލިއެވެ. “އަހަރެން.. މި ވިސްނަނީ.. ހޫހް.. ނަދީމް ހާދަ މޮޅޭ އަހަރެން މި ހިތައް އަރަނީ” ރާކިން ފާޑަކަށް ހީލަމުން ވާހަކަ ދެއްކިއެވެ. ނަދީމް ފާޑަކަށް ރާކިން އާއި ދިމާލަށް ބަލާލިއެވެ. “ނޫން އަސްލަށް.. އަހަރެން ނަދީމް ހައްދަނީއެއް ނޫނޭ.. މޮޅުވީމަ ދޯ.. ހަ ކުދިން މެރި އިރުވެސް އަހަރުމެންނަށް ނޭނގުނު ކާކު ކަމެއްވެސް.. އެންޑް އަހަރެމެންނާއި އެކު އުޅުނު އިރު.. ވައު.. ހާދައޭ މޮޅީ.. އަދި ނަދީމްގެ ގާލްފްރެންޑް މަޅީގަ ޖެއްސި ގޮތެއްވެސް ދޯ.. އެކަމަކު ވާ.. އަހަރެން ހަމަ އަޖައިބުވެއްޖެ.. އަދި ފަހުން ކޮންމެ ކުއްޖަކަށް އެ އަނިޔާ ކޮށްފަ ހުރި ގޮތެއް.. ކެރޭ މީހަކަށް ނޫނީ އެވަރު ކުރާކަށް ލާހިކެއް ނޫން” ރާކިން ވާހަކަ ދައްކަމުން ކުރިއަށް ފިޔަވަޅެއް އަޅާލިއެވެ. ނަދީމް ހުރީ ހިނިތުން ވެލައިގެންނެވެ.

“އަހަރެން ހިތައް އަރަނީ ނަދީމްއަށް ހާދަ އުދަނގުލެއް ވާނެއޭ ދޯ އަހަރުމެންނާއި އެކު މަސައްކަތް ކުރި އިރު.. އެއްވެސް ކަމެއްގެ ކުރެޑިޓެއް ނުލިބޭތީ.. އޯހް ދެޓް ވިލް ބީ ޕެއިން ފުލް..” ރާކިން ބުނެލިއެވެ. “އައި އޭމް ސޯ ސޮރީ.. އޭރު އަހަރެންނަށް ނަދީމްގެ ތި ހުނަރު ދެނެ ނުގަނެވުނީ.. ” ރާކިން އަނެއްކާވެސް ފިޔަވަޅެއް ނަދީމްއާއި ކައިރިއަށް އަޅާލިއެވެ. “ކަލޭމެން ބުނީ މީހުން މަރާ މީހަކީ ފިޑި ނުކެރޭ މީހެކޭ.. ބޮޑު ކަވާރޑް އެކޭ.. އަހަރެން ކަލޭމެންނަކަށް ނުދައްކަންތަ އެކަމެއް.. އަހަރެންނަކީ ކެރޭ މީހެއްކަމެއް.. ނުދައްކަންތަ.. ބުނެބަލަ” އަނެއްކާވެސް ނަދީމް ހަޅޭލަވައިގަތެވެ. ރާކިންވެސް ދިޔައީ ސިއްސައިގެންނެވެ. އެހެންކަމުން ފިޔަވަޅެއް ފަހަތަށް އަޅާލެވުނެވެ. “ނޫން. ނޫން.. އެހެންވެތާ މި ބުނީ އަހަރެންނަށް އޭރު ތި ހުނަރު ނަދީމްގެ ގައިން ފާހަގަ ނުކުރެވުނީއޭ.. ނޫންތަ” ރާކިން ބުނެލިއެވެ. “ހުރިހާ ޑިރެކްޓަރުންނަށްވެސް ފެންނަނީ ކަލޭމެން.. ކަލެއާއި ރާއިދުއާ.. ކޮންމެ ކަމެއް ކުރިޔަސް ކަލޭ ނޫނީ ރާއިދު… ވަގެއް ހޯދިޔަސް ވަނައެއް ހޯދިޔަސް.. އެންމެ ފަހުން ބޭއްވުނު ކޯހުން.. އަހަރެން ކަލެއަށް ވުރެއް މާ މޮޅު.. އެކަމަކު އެމީހުން ކަލެއަށް ސެޓްފިކެޓް ދީފައި އަހަރެންނަކަށް ނުދޭ.. ކަލޭގެ އެއްޗެއް ނޫނޭ ދަމައިގަތީ.. އެއީ އަހަރެންގެ އެއްޗެއް.. ހަމަ އެކަނީ އަހަރެންގެ” ނަދީމް ރުޅިވެރިކަމާއި އެކު ވާހަކަ ދެއްކިއެވެ.

“އަހަރެން ސުވާލެއް ކޮށްލަންތަ..” ރާކިން އަހާލިއެވެ. އޭނަގެ ރޫލްތައް ފޮލޯ ކުރުމުގެ ނިޔަތުގައެވެ. ނަދީމް ބޯޖަހާލިއެވެ، “ނަދީމްތަ އެހުރިހާ ކުދިން މަރާލީ” ނަދީމްގެ މޫނަށް ބަލަހައްޓައިގެން ހުރެ ރާކިން އަހާލިއެވެ. “އަދިވެސް ކަލެއަށް ޝައްކުވަނީތަ… ނޫނީ އަހަރެންނަށް ކުރެވޭނެއޭ ކަލެއަށް ހީނުވަނީތަ.. އެ” ނަދީމް ހަޅޭލަވައިގަތެވެ. “ނޫން ނޫން.. އެހެނެއްނޫން..ޔަގީންކޮށްލަން ވެގެން” ރާކިން އަނެއްކާވެސް ފިޔަވަޅެއް ކުރިއަށް އެޅިއެވެ. “އާ އާ އާ… އަހަރެން އެކުދިންތައް މަރާލީ.. އަހަރެން.. އަހަރެން ނޫނީ މިގައުމުގައި އެކަހަލަ ކަމެއް ކުރަން ކެރޭނެ މީހެއް ދައްކަބަލަ.. ނިކަން” ނަދީމް ފަހުރުވެރި ކަމާއި އެކު ބުނެލިއެވެ. ރާކިންއަށް ހިނިތުންވެލެވުނެވެ. “އަހަރެން ވަރަށް އުފާ ވެއްޖެ އަހަރުމެންގެ ތެރޭގައި ތިހާ ކެރޭ މީހަކު ހުރީތީ” ރާކިން ފިޔަވަޅެއް ކުރިއަށް އެޅިއެވެ. “އޯހް ހޮ ހޯ.. ތީ ކޮންކަމެއް.. ކަލޭ ހީކުރީ މަށަކީ ނުވިސްނޭ ވަރުގެ ކުޑަ ކުއްޖެއް ކަމަށްތަ.. މަޑުމަޑުން ކައިރިއަށް ތިޖެހެނީ.. އެ.. އަހަރެން ބުނީ ކީކޭ.. ހުރިތަނުން ކުޑާލައިގެން ނުވާނެއޭ.. އެކަމަކު ނޫން.. ކަލޭ މިތަނުގަވެސް ހީރޯއަކަށް ވާން ޖެހޭނެ..” ނަދީމް ވަޅި އޮތް އަތް ރާކިންއާއި ދިމާލަށް ހޫރާލިއެވެ. ރާކިން ހުރީ އެވަރަށް ނުވިސްނާ ކަމުންނާއި އެ ހަމަލާއިން ދިފާއުވުމުގެ ގޮތުން ރާކިންއަށް ދިއްކޮށްލެވުނީ ރާކިންގެ އަތެވެ. އެވަގުތު ރާކިންގެ އަތުގެ ބޮޑުބައެއް އެ ހަމަލާއިން ކަފައިގެން ދިޔައެވެ. ރާކިންއަށް އަނެއްއަތުން އެތަނުގައި ހިފަހައްޓާލެވުނެވެ. އަދި ރުޅިވެރި ނަޒަރަކުން ނަދީމްއާއި ދިމާލަށް ބަލާލެވުނެވެ.

“އޯކޭ.. ފައިން.. ނަދީމް ބޭނުންވަނީ އަހަރެން ނަދީމްއާއި ސުވާލު ކުރާކަށް ނުން.. މައްސަލައެއް ނެތް.. އަހަރެންނަށް މާކަ އުނދަގުލެއް ނުވާނެ ޖާނަލިސްޓްއަކަށް ވާކަށްވެސް.. އަހަރެންނަށް އެނގޭ ކަލޭކަން މިހުރިހާ ޤަތުލެއް ކުރީ.. އެންޑް ދެންމެ ތި އަމިއްލައަށް އެއްބަސްވެސް ވީ… އެހެންވީމަ ކަލޭގެ ސުވާލު.. ކޮންތާކަށް އެހުރިހާ ކުދިންގެ އިނގިލިތައް ލީ” ރާކިން ރުޅިވެރިކަމާއި އެކު އަހާލިއެވެ. “އޯހް.. ޑޯންޓް ބީ ސަޗް އަ ގާލް ރާކިން.. ތަދުވީމަ އެކަން ރުޅި ވެރި ގޮތުގައި ދައްކާނީ އަންހެން ކުދިން.. ރާކިން ތީ ފިރިހެން ކުއްޖެއްނުންދޯ..” ނަދީމް މަޖާ ވެފައި ހުރެ އަހާލިއެވެ. މީހެއްގެ ގައިން ލޭ ފެނުމުން އޭނައަށް ވަނީ މަޖާކަމަށެވެ. “ދެން ރާކިން ކުރި ސުވާލުގެ ޖަވާބު.. އަހަރެން ހުންނާނެ އެހުރިހާ ލޯބި ލޯބި އިނގިލަތަށް ފޮރުވާފައި.. އެއީ އަހަރެން ހަނދާނަކަށް ފޮރުވި އެއްޗެއް” ނަދީމް އިނގިލިން ވަޅީގެ ތުޑުގައި އަތް ކާތާލަމުން ބުނެލިއެވެ.

“ކަލޭ ތިހުރީ ބަލިވެފަ ނަދީމް.. ޕްލީޒް ތި ވަޅި ބާއްވާ.. އަހަރެން ކަލެއަށް އެހީވެދޭނަން.، ޕްލީޒް” ރާކިންގެ އަޑުގައި އެކުލެވިގެން ވަނީ ވަރުބަލި ކަމެވެ. އޭނަގެ އަންހެނުން އިނީ އޭނައަށް ފެންނަ ހިސާބުއެވެ. އޭނަގެ އެކުވެރިއެއް އޮތީ ކުރިމަތީގައި ހޭނެތިފައެވެ. އެކަމަކު އޭނައަށް ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. އެހެންކަމުން ކިތައްމެ ހިތްވަރު ކުރަން ބޭނުންވިޔަސް ރާކިންގެ ހިތްވަރު އެލެމުން ދިޔައެވެ. “ކީކޭތަ ނަދީމް ހީކުރީ.. އަހަރުމެންނަށް މިއީ ނަަދީމް ކުރާ ކަމެއްކަން ނޭނގޭނެ ކަމަށްތަ..ބަލަ އަހަރެންނަށް އެންެމެ ފުރަތަމަވެސް އެނގުނު މިއީ އަހަރުމެންގެ ތެރެއިން މީހަކު ކުރާކަމެއްކަން” އަތުން އަންނަމުން ދިޔަ ލޭ މަނާ ކުރެވޭތޯ ބަލަމުން ރާކިން ވާހަކަ ދެެއްކިއެވެ. “އަހަރެން ނުބުންނަތަ މިއީ އަހަރުމެންގެ ތެރެއިން މީހަކު ކުރާ ކަމެކޭ” ރާކިން ނަދީމް ކައިރީގައި އަހާލީ މަޑުންނެވެ. “ބުނި.. އެކަމަކު ކަލޭ ހިޔެއް ނުކުރަމެއްނުން މަށެކޭ މިކަން ކުރަނީ” ނަދީމް ވަޅި އަތުން އަބުރާލަމުން އަހާލިއެވެ. “އާ ރަނގަޅު ވާހަކައެއް.. އަހަރެން ފުރަތަމަ ހިޔެއް ނުކުރަން މިއީ ނަދީމް ކުރާ ކަމެކޭ.. އަހަރެން ހީކުރީ މިއީ އާހިލް ކުރާ ކަމެކޭ.. އެކަމަކު އޭނައާއި ވަގުތު ހޭދަ ކުރެވެން ފެށުނީމަ އެގުނު އޭނައަށް މިކަމެއް ނުކުރެވޭނެކަން.. ދެން ހީކުރީ ފަހުދު ކުރާ ކަމެކޭ.. އޭނަ ލޭ ފެނުނީމަ އެކްޓިންއޭ ޖައްސަނީ.. ދެން އެކަމަކު އޭނަ ނޫންކަންވެސް އަހަރެންނަށް އެނގުނު.. ދެން ހީކުރީ ރާއިދު ކަމަށް..” ރާކިން ވާހަކަ ދެއްކިއެވެ. “ކަލޭ އެންމެ ފަހަރަކުވެސް ހިތަކަށް ނާރާ ދޯ މަށޭ.. ބަލަ އަހަރެން މިއީ ފިޑިއެއް ނޫނޭ.. ކަލޭމެން ކަހަލަ.. އަހަރެންނަކީ ކެރޭ މީހެއް.. އެކަމަކު ކަލެއަށް އަހަރެންވެސް ފާހަގައެއް ނުވި.. އަހަރެންނަށް ވުރެއް އަވަހަށް ކަލެއަށް އާހިލް.. ހުރެބަލަ.. ނިކަން ދެން ކާކަށްތޯ މީނަ ފާހަގަ ވަނީ” ރުޅިވެރިކަމާއި އެކު އެހެން ބުނަމުން ނަދީމް އާހިލްއާއި ދިމާލަށް ދިޔައެވެ.

“އަހަރެން ބުނީ ކީކޭ… ފުރަތަމަ އޭ.. އެކަމަކު ފަހުން އަހަރެންނަށް އެނގުނު މިއީ ނަދީމް ކުރާ ކަމެއްކަން” ރާކިން އަވަސް ކަމާއި އެކު ބުނެލިއެވެ. އޭރު ނަދީމް ގުދުވެލަމުން އާހިލްގެ އަތުގައި ހިފަހައްޓަނީއެވެ. ނަމަވެސް ރާކިން އެހެން ބުނުމާއި އެކު ނަދީމް ކޮޅަށް ތެދުވެ ރާކިންއާއި ދިމާލަށް ބަލާލިއެވެ. “އާ.. އަހަރެންނަށް އެކަންޏެއްނޫން.. ރާއިދުއަށްވެސް އަދި ޑިރެކްޓަރ އަށްވެސް އެނގޭނެ.. ހޫހް.. ނަދީމް ހީކުރަނީ ކީކޭ ކަމަށްތަ.. އަހަރެންގެ މިތަނުގައި ހުންނަނީ މީދާކޭ އުނބެކޭ ކަމަށްތަ..” ބޮލުގައި އިނގިލި ޖައްސާލަމުން ރާކިން ބުނެލިއެވެ. “ނޫން ނަދީމް.. ނަދީމް ތިއީ އެންމެ މޮޅު މީހާއެއްނޫން.. އަދި ކީއް.. އަހަރެންނަށް ވުރެއް އެއްވެސް މޮޅެއްނޫން.. ނަދީމް ހީކުރީ ނަދީމް އެކަނި ކަމަށްތަ އެކްޓް ކުރަމުން އައީ.. ބަލަ އަހަރެންނާއި ރާއިދުވެސް އައި ހަމަ އެކްޓް ކުރަމުންނޭ.. އަހަރެންނަށް މިއީ ނަދީމް ކުރާ ކަމެއްކަން ޔަގީން ވެއްޖެ ތިންވަނަ ބޮޑީ ފެނުނު ހިސާބުން.. އެހެންކަމުން އަހަރެން ނަދީމްގެ ފޯނުގެ ތެރެއަށް މައިކްރޯ ޗިޕެއް ލީ.. އެންޑް އަހަރެން ދިޔައީ ނަދީމްގެ ހުރިހާ ފޯނު ކޯލެއް އަޑު އަހަމުން.. އެންޑް ހަނދާން ނެތުނީތަ.. ނަދީމްގެ ގެއަށް ގޮސް ނަދީމްއަށް ހަމަލާ ދިން ހަނދާން.. އެދުވަހު އަހަރެން ނަދީމްގެ ގޭގައި ކެމެރާވެސް ހަރު ކުރިން… އެންޑް އަދި އެވަރު ނުފުދިގެން ނަދީމްގެ ކޮމްޕުވެސް ހެކްކުރިން.. އެހެންވީމަ ނަދީމް އަކީ ކާކުކަން މަށަށް ވަރަށް ރަނގަޅަށް އެގޭ.. ޔޫ ސައިކޯ ނަޓް ޖޮބް” ރާކިން އެންމެ ފަހުން ބުނެލިއެވެ. އެހުރިހާ އެއްޗެއް އަޑު އަހަން ނަދީމް ރުޅިވެރިކަމާއި އެކު ހުއްޓެވެ. ނަމަވެސް އެންމެ ފަހުން އެބުނި ޖުމްލައާއި އެކު ރާކިންއާއި ދިމާލަށް ނަދީމް ދުއްވައިގަތެވެ.

މިފަހަރު ރާކިން ހުރީ ވިސްނައިގެން ކަމުން ނަދީމް އައިސް މަޅާލި އަތުން ރާކިން ސަލާމަތް ވިއެވެ. އަދި އޭނަގެ ފަހަތަށް ވާގޮތަށް އަތުގައި ހިފަހައްޓާ އެތަނަށް ވައްޓާލިއެވެ. “ނަދީމް.. ނަދީމްގެ މައްސަލައެއް ނޫން.. ނަދީމް ކުޑަ އިރު ނަދީމްގެ ކަޒިންމެން ނަދީމްއާއި ބެހުން އެއީ.. އެކަކު ދެމީހެއް ނޫނެއްނުން.. 18 އަހަރުގެ ތިން ކުދިންނާއި 20 އަހަރުގެ ކުއްޖެ ނަދީމްއާއި ބެހުނުކަން އަހަރެންނަށް އެނގޭ.. އެއީ ނަދީމްގެ މައްސަލައެއް ނޫނޭ ނަދީމް.. އައި ކޭން އަންޑަސްޑޭންޓް ވަޓް ޔޫ ހޭވް ގޯން ތުރޫ.. ބިލީވް މީ.. އައި ނޯ ދަ ފީލިންގް” ނަދީމްގެ ބުރަކަށިމަތީގައި ކަކޫ ޖައްސާލަމުން ނަދީމްގެ ކަންފަތާއި ކައިރިވެލަމުން ރާކިން ބުނެލިއެވެ. “އެކަމަކު އޭގެ ސަބަބުން އެވަރުގެ ކުދިންނަށް އަނިޔާ ދިނުން އެއީ ނަދީމްގެ މައްސަލައެއް.. އަހަރެންނަށް އެނގޭ ނަދީމްގެ ހުރިހާ ކަމެއްވެސް.. ޕްލީޒް.. ޖަސްޓް ހޯލްޑް އޯން.. އައި ޕްރޮމިސް.. އަހަރެން ނަދީމް ބޭނުންވާ އެހީ ފޯރުކޮށްދޭނަން..” ރާކިން ބުނެލިއެވެ. ރާކިން އަތުން ނަދީމްގެ ބޯ ތަޅުގަނޑުގައި ޖައްސާލިއެވެ. ނަދީމް އޮތީ ބުނާނެ އެއްވެސް އެއްޗެއް ނޭނގިފައެވެ. “އޯލް ކްލިއަރ” ރާކިން އޭނަގެ ޔުނީފޯމްގައި ގޮށެއްގެ ސިފައިގައި އިން ރިކޯޑަރ އަނގަޔާ ކައިރި ކޮށްލަމުން ބުނެލިއެވެ. އެވަގުތު ކުއްލިއަކަށް އެތަނުގެ ދޮރު ހުޅުވުނު އަޑު އިވިގެން ދިޔައެވެ. އަދި ޕޮލިސް ސްޓާފް ފޯސް މީހުން އެކި ދިމާލުން އަތަނަށް އައިސް މަޑުކޮށްލިއެވެ. އެމީހުން ނަދީމްގެ އަތުގައި ބިޑިއަޅުވައިގެން ގެންދިޔައެވެ. ރާއިދު ދުވެފައި ކަހަލަ ގޮތަކަށް ރާކިން ކައިރިއަށް އައިސް ހުއްޓެލިއެވެ. “އާ ޔޫ އޯކޭ..” ރާއިދު ރާކިންގެ ހަލާކުވެފައިވާ އަތަށް ބަލާލަމުން އަހާލިއެވެ. “ޔާ.. އައި އޭމް” އެހެން ބުނެލަމުން ރާކިން ޖެހިލީ ސުނާ ކައިރިއަށެވެ.

“ސުނާ.. ހޭ.. އަހަރެން މިއައީ.. ސޮރީ ވަރަށް ބޮޑަށް.. ސުނާ ޕްލީޒް ލޯ ހުޅުވަބަލަ..” ސުނާގެ މޫނުގައި ހިފަހައްޓާލަމުން ރާކިން ބުނެލިއެވެ. “މެޑިކް.. ވެއަރ އިޒް މެޑިކް” ރާކިން ވަރަށް ބާރަށް ގޮވާލިއެވެ. އެވަގުތު އެތަނަށް އެމްބިއުލެންސުން މީހެއް އައިސް މަޑުކޮށްލިއެވެ. ސުނާ މޮހާލުމަށްފަހު ރާކިން އޭނަ ތިރިކޮށްލިއެވެ. އެމިހާ ރަނގަޅަށް ސުނާ ބަލާ ހެދިއެވެ. އަދި އަވަސްކަމާއި އެކު އެނދު ގެނެސް ސުނާ އަރުވައިގެން އެމްބިއުލެންސް ގައި ހޮސްޕިޓަލްއާއި ދިމާލަށް ނައްޓަލިއެވެ. “އިޒް ހީ އޯކޭ” ރާކިން ރާއިދު އާއި ކައިރިއަށް ޖެހިލިއެވެ. ރާއިދު އިނީ އާހިލް ކައިރީގައެވެ. “އައި ޑޯންޓް ނޯ.. ބައިވަރު ލޭ” ރާއިދު އާހިލްގެ ބޮލުގައި ހިފަހައްޓައިގެން ހުރި ތަނުން އަތް ދޫކޮށްލަމުން ރާކިންއަށް އަތް ދައްކާލިއެވެ. އެވަގުތު އެތަނަށް ޕެރަމެޑިކް މީހަކު އައިސް އާހިލް ބަލަން ފެށިއެވެ. ރާކިން މަޑު ހިގުމެއްގައި މަޑުކޮށްލީ މިޒާން ކައިރިއަށެވެ. އޭރު އޭނަ ކައިރީގަވެސް ޕެރަމެޑިކް މީހެއް އިނެވެ. “ހީ އިޒް ޑެޑް” އެމީހާ ރާކިން އާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ.

މިޒާން ނޫން އެހެން އެންމެން އެމްބިއުލެންސްގައި ހޮސްޕިޓަލްއަށް ގެންދެވި ފަރުވާ ފެށުނެވެ. މިޒާންއަށް ދެވޭނެ ފަރުވާއެއް ނެތުމުން ޑޮކްޓަރ ބަލާލުމަށްފަހު މަރުވި ގަޑި އިއުލާން ކުރިއެވެ. ސުނާ އާއި ހުސައިންގެ ހާލު ބޮޑުކަމުން ހޮސްޕިޓަލްއަށް ގެންދެވުނުތާ ގިނައިރެއްނުވެ އައި.ސީ.ޔޫއަށް ބަދަލު ކުރެވުނެވެ. އާހިލްގެ ބޮލުން ލޭ ބައިވަރު ފައިބައިފައި ވީނަމަވެސް މާ ބޮޑު ގެއްލުމެއް ނުލިބޭކަމަށް ޑޮކްޓަރ ބުންޏެވެ. ރާކިން އަތުގައި ބޭސް އަޅައިގެން އައިސް އައި.ސީ.ޔޫގެ ބޭރުގައި ހިގާލަ ހިގާލާ ހުއްޓެވެ. ކުރެވޭނެ އިތުރު ކަމެއް ނެތީމައެވެ. އެތަނުން ނިކުންނަހާ މީހެއް ކައިރީގައި ސުނާގެ ހާލު އަހާލައެވެ. “އަދި އެއްޗެއް ބުނަން ވަރަށް ދަތި.. ހަށިގަނޑުން ލޭ ވަރަށް މަދު.. އެއްވެސް ހަކަތައެއް ނެތް.. އަނިޔާގެ ސަބަބުން ބޮލަށާއި އަތަށް އަދި ބަނޑަށްވެސް ވަނީ ވަރަށް ބޮޑަށް ގެއްލުން ލިބިފައި.. އިތުރު އެއްޗެއް ބުނެވޭނީ އަދި ފަހުންް..” ޑޮކްޓަރ ޖަވާބު ދިނެވެ. “ދެން ހުސައިން” ރާކިން އަހާލިއެވެ. “އޭނަގެ ބޯ ވަނި ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައި.. އެހެންކަމުން ސިކުނޑިއަށް ލޭގެ އަސަރު ކޮށްފައިވަނީ.. އަޅުގަނޑުމެންނަށް ވީވަރެއް ކޮށްދޭނަން” ޑޮކްޓަރ އެހެން ބުނެލުމަށްފަހު އެތެރެއަށް ވަނެވެ. ރާކިންއަށް ނުލާހިކު ބާރަށް މުއްމަޅާފައި އެތަނުގެ ފާރުގައި ޖެހުނެވެ.

“ތިއީ ކޮންކަމެއް.. ރާކިން ހަމައިގަ ހުންނަން ޖެހޭ ވަގުތު މީހާ ތިހުންނަނީ ހަމައިން ނައްޓާފަ” ރާކިން ބަލާލީ ރާއިދުގެ އަޑަށެވެ. އަދި އެއްވެސް އެއްޗެއް ނުބުނެ އެތަނުގައި އިން ގޮޑީގައި އިށީދެލިއެވެ. “ކީކޭ ބުނަނީ” ރާއިދު އަހާލިއެވެ. “އެއްޗެއް ބުނަން އަވަހޯ” ރާކިން ދެއަތުން ބޮލުގައި ހިފައްޓާލިއެވެ. އެވަގުތު ރާއިދު ރާކިންގެ ކޮޑުގައި އަތް ބާއްވާލިއެވެ. “ކިހިނެއް އާހިލް” ރާކިން ތެދުވަމުން ރާއިދު އާއި ދިމާލަށް ބަލާލިއެވެ. “އޯކޭ.. ނަސީބަކުން މާބޮޑު އަނިޔާއެއް ނުލިބޭކަމަށް ޑޮކް ބުނީ.. އިންޖެކްޝަނެއް ޖަހާފަ އޮތީ… އިރުކޮޅަކުން ހޭ އަރާނެކަމަށް ބުނީ.. އަހަރެން އާކިލްއަށް ގުޅައިފިން” ރާއިދު ބުނެދިނެވެ. ރާކިން ހަމަޖެހުމުގެ ނޭވާއެއް ލަމުން ބޯޖަހާލިއެވެ. އެޓްލީސްޓް އެކަކު ސަލާމަތްވި ކަން އެގުމުންވެސް ރާކިން ހިތްހަމަޖެހިއްޖެއެވެ. އެވަގުތު ރާއިދުއަށް ފޯނެއް އައެވެ. އެހެންކަމުން ފޯނު ހިފައިގެން ރާއިދު ކުޑަކޮށް ދުރަށް ޖެހިލިއެވެ. ފޯނު ނިއްމާލުމަށްފަހު ރާކިންއާއި ދިމާލަށް ބަލާލިއެވެ. “ނައު ވަޓް.. ” ރާކިންއަށް ކޮންމެވެސް ކަމެއް ވެއްޖެކަން އެގިގެން އަހާލިއެވެ. “ނަދީމް ބޭނުންވަނީ ރާކިންއާއި ވާހަކަ ދައްކާށޯ..އިތުރު މީހަކާއި ވާހަކައެއް ނުދެއްކިޔޯ” ރާއިދު ބުނެލިއެވެ. “އަހަރެންނަށް އެގޭ ތިހެންކަން ވާނީ..” ރާއިދުއަށް ފުރަގަސް ދެމުން ރާކިން ބުނެލިއެވެ. “ކިހިނެއް ހަދަނީ..” ރާއިދު އަހާލިއެވެ. “ކިހިނެއް ހެދޭނީ.. ޖޮބް ކަމް ފަސްޓް.. ބިފޯ މީ.. ބިފޯ ވައިފް.. ރައިޓް..” އެތަނުން ހިގައިގަންނަމުން ރާކިން ބުނެލިއެވެ. “ގުޑް” ރާއިދުވެސް ރާކިންގެ ފަހަތުން ހިގައިގަތެވެ.

ރާއިދުއާއި ރާކިން އެތެރެއަށް ވަތްއިރު އެތަނުގައި ޕޮލިހެއް މަޑުކޮށްލައިގެން ހުއްޓެވެ. “ރާއިދު.. އަހަރެންނަށް އެނގޭ ކީއްވެގެންކަން ނަދީމް ތިމީހުންނާއި ވާހަކަ ދައްކަން ބޭނުންވަނީ.. އެކަމަކު އަހަރެން ހަނދާން ކޮށްލަދޭނަން.. މިމައްސަލަ މިހާރުވަނީ ޕޮލިސް އިންޓަގްރިޓީ ކޮމިޝަންއިން ބަލަން ފަށާފައި.. އެހެންވީމަ ތި ގްރޫޕް އެންމެންނާއި ވެސް ސުވާލު ކުރާނެ.. އަދި ތި ކުރެވޭ އިންޓޮރެގޭޝަންވެސް ވަރަށް ކައިރިން ބަލަމުން ދާނެ..” އެމީހާ ވާހަކަ ދެއްކިއެވެ. “މައްސަލައެއްނެތް.. އަޅުގަނޑުމެންގެ ފަރާތުން ތިބޭފުޅުންނަށް އެންމެ އެދެވޭ އެއްބާރުލުމެއް ލިބޭނެ” ރާއިދު ހިނިތުންވެލަމުން އެމީހާއާއި ސަލާމް ކޮށްލިއެވެ. އެވަގުތު އެމީހާ ނަދީމް ބައިންދާފަ އިން ސެލް ދައްކާލިއެވެ.

ނަދީމް އުފުލާ ބަލާލީ ސެލްގެ ދޮރު ހުޅުވުނު އަޑަށެވެ. ރާކިން މަޑުމަޑުން ދޮރު ލެއްޕުމަށްފަހު ނަދީމްއާއި ދިމާލަށް ބަލާލިއެވެ. ނަދީމްގެ ދެއަތް އިނީ ދެފަރާތުގެ ގޮޑީގެ ހަރުކޮށްފައިވާ ތަނާއި އެކު ބިޑިއަޅުވާފައެވެ. ރާކިން މަޑު ހިގުމެއްގައި ގޮސް މޭޒުގެ އަނެއްފަރާތުގައި އިން ގޮޑި ދަމާލަމުން އިށީދެލިއެވެ. “މި މީހުން ބުނީ ކަލޭ ބޭނުންވަނީ އަހަރެންނާއި ވާހަކަ ދައްކާށޯ..” ރާކިން ފަރުވާ ކުޑަ ރާގެއްގައި ނަދީމްގެ މޫނަށް ބަލާލިއެވެ. “އަހަރެން މިތަނަށް މިއައީ ކަލޭ އަހަރެންގެ މޫނަށް ބަލަހައްޓައިގެން އިންނާކަށް ނޫނޭ.. އެއަށްވުރެއް އަހަރެންގެ ހާލު ބޮޑު އަންހެނުން ކައިރީގައި އިންނަވެސް އަހަރެންގެ ހިތް ހަމަޖެހޭ” ރާކިން ރުޅިގަނޑު މައިތިރި ކުރަމުން ވާހަކަ ދެއްކިއެވެ. “ކަލެއަށް ކިހިނެއް އެގުނީ” އޭރުއްސުރެއް ނަދީމްގެ ސިކުނޑި ކަފަމުން ދިޔަ ވާހަކަ އަވަސްކަމާއި އެކު އަހާލިއެވެ. “ކޮންކަމެއް..” ރާކިންއަށް އެގިހުރެ ނޭނގޭކަމަށް ހެދުނެވެ. “އަހަރެންގެ ވާހަކަ.. އެވާހަކަ އަކީ އެއްވެސް އެއްޗަކުން އެނގޭނެ ކަމެއްނޫން.. ކަލެއަށް ކިހިނެއް އެނގުނީ” ނަދީމް ވަރަށް މަޑުން ރާކިން ކައިރިއަށް ޖެހިލަމުން ވާހަކަ ދެއްކިއެވެ. “ތިބުނަނީ ކަލެއާއި ބަޔަކު ބެހުނު ވާހަކަތަ” ނަދީމް މަޑުން ވާހަކަ ދެއްކިނަމަވެސް ރާކިން ވާހަކަ ދެއްކީ ބާރަށެވެ. އެހެން ބުނުމާއި އެކު ނަދީމް ސިހިގެން ދިޔައެވެ. އަދި ސެލްގައި ހަރުކޮށްފައިވާ ބިއްލޫރިގަނޑާއި ދިމާލަށް ބަލާލިއެވެ. އޭގެ ފުރަގަހުގައި ތިބި ބަޔަކަށް ރާކިން އެހެން ބުނި އަޑު އިއްވަން ބޭނުން ނުވަނީ ކަންނޭނގެއެވެ.

“އަހަރެން ބުނީމެއްނުން.. އަހަރެންނަށް ވަރަށް ގިނަ އެއްޗެހި އެނގެއޭ.. އަހަރެންނަކީ މީހަކާއި ވާހަކަ ދައްކާނަމަ އެމީހަކު ދައްކާ ވާހަކައަށް ވުރެއް ބޮޑަށް އެމީހެއްގެ އަމަލަށް ބަލާ މީހެއް.. އެމީހާއަށް އަންނަ ބަދަލު ތަކަށް ބަލާ މީހެއް.. މިސާލަކަށް.. މިހާރު.. ނަދީމް ތިއިނީ ހާސްވެފައި.. ސަބަބަކީ އެވާހަކަ މިތަނުގެ އެއްވެސް މީހަކަށް ނަދީމް އަންގަން ބޭނުންވާ ކަމެއް ނޫން.. އެކަމަކު މިއަދުގެ ފަހުން މިވާހަކަތައް ހުންނާނީ ރިކޯޑް ކުރެވިފައި.. އަދި އެ ބިއްލޫރިގަނޑުގެ ފުރަގަހުގައި ތިބި އެންމެންނަށް މިކަން އެނގޭނެ.. ދެން އަހަރެން ހިތުގައި އުފެދޭ ސުވާލަކީ ނަދީމް އެވާހަކަ އެހެން މީހަކަށް އެނގެން ބޭނުން ނުވާއިރު އަހަރެން މިތަނަށް ގެންނައީ ކީއްކުރަންބާއޭ.. އެއީ ކޮންމެ ގޮތެއް ވިޔަސް ނަދީމްއަށް އެނގޭނެ އަހަރެން މިވާހަކަ ދައްކާނެކަން.. އަދި ދައްކައިފިނަމަ މިކަން ލީކްވާނެކަން.. އެހެން ނޫނީ އަސްލަށްވެސް ނަދީމްގެ މިބައި ނުހުންނަނީބާއޭ” ބޮލުގައި އަތް ޖައްސާލަމުން ޖެއްސުމަށް ބުނެލާ ގޮތަށް ރާކިން ވާހަކަ ދެއްކިއެވެ. ނަދީމް އިސްޖަހާލިއެވެ.

“އަހަރެން ބޭނުންވަނީ ޖަވާބު” އިސްޖަހާލައިގެން އިދެ މަޑުމަޑުން ނަދީމް ބުނެލިއެވެ. “ބަލަ އަހަރެންވެސް ޖަވާބު ބޭނުންވާ އެތައް ސުވާލެއް އެބަހުރި.. އެހެންވީމަ ފުރަތަމަ ނަދީމް އަހަރެންނަށް ޖަވާބު ދީ..” ރާކިން ގޮޑިން ތެދުވަމުން ބުނެލިއެވެ. “ޕްލީޒް.. އަހަރެންގެ ސުވާލު.. އަހަރެން ރާކިން ކުރި ކޮންމެ ސުވާލެއްގެ ޖަވާބު ދޭނަން.. ޕްލީޒް” އާދޭހުގެ ބެލުމަކުން ނަދީމް ރާކިންއާއި ދިމާލަށް ބަލާލިއެވެ. “އޯކޭ.. އަހަރެންނަށް އެނގުނީ ނަދީމްގެ އަމަލުތަކުން.. ނަދީމްއަށް ނޭނގުނަސް ނަދީމްއަށް ވަރަށް ގިނަ ޗޭންޖެސްތަށް އާދޭ.. މިސާލަކަށް.. މަރުވެފައިވާ ކޮންމެ ކުއްޖެއްގެ އަސްލު ޕިކް ދައްކާލީމަ ނަދީމްގެ މޫނު މަތިން ރުޅިވެރިކަން ފާޅުވޭ..” ރާކިން ވާހަކަ ދެއްކިއެވެ. “ބައިވަރު ކަންތައްތަކެއް ފާހަގަ ވީމަ އަހަރެން ބެލީ.. ކުރިންވެސް ބުނީމެއްނުން.. އަހަރެންނަކީ އަހަރެންނާއި އެކު މަސައްކަތް ކުރާ މީހުންގެ ބެކްރައުންޑް ބަލާ މީހެކޭ.. އެގޮތުން ބަލަނިކޮށް ފެނުނީ.. ނަދީމްގެ މަންމަ އޮފީހަށް ހުށަހަޅާފައި ހުރި މައްސަލަ.. އަދި ނަދީމްގެ ސްކޫލުން ނަދީމްއަށް ދީފައިވާ ލިޔުންތަކާއި އެހެން ނަސޭހަތްތައް.. އެހުރިހާ އެއްޗެއް ކީމަ އަހަރެންނަށް އެނގުނީ ނަދީމްގެ ކުޑަ އިރު ނަދީމްއަށް ބަޔަކު ސެކްޝުއަލީ އަނިޔާ ކޮށްފައި ހުރިކަން.. ދެން އަހަރެން ވިސްނީ… ފަންސަވީސް އަހަރުން ފެށި ގެން އެންމެ ފަހުން ވިކްޓިމްތައް ކުޑަވަމުން ގޮސް އަށާރަ އަހަރަށް ދިޔައީ… އަދި ކޮންމެ ވިކްޓިމްއަކަށް ކޮށްފަ ހުރި އަނިޔާއަކީ އަމިއްލަ ރުޅިވެރިކަމެއް ފޮޅާލާފަކަން އެނގޭ.. މީހުން އެންމެ ރުޅި އަންނާނީ ކޮންކަހަލަ ކަންތަކެއްގަ ތޯ ވިސްނާލީމަ އަހަރެންނަށް ނަގައިގަނެވުނީ ލޯބީގެ ކަންތަކުގަޔާއި މިކަހަލަ ކަމެއްގަކަން.. ދެން އަހަރެންނަށް އާދެވުނު ކޮންކުލޫޝަންއަކީ މިއީ” ރާކިން އޭނަ ވިސްނިގޮތް ކިޔައިދިނެވެ. “މިއީ ދޮގެއްތަ” ރާކިން ނަދީމްއާއި ދިމާލަށް ބަލާލަމުން އަހާލިއެވެ.

ނަދީމް އިސްޖަހާލިއެވެ. “އަހަރެން ނުލާހިކު ކުޑަ.. ކުރެވޭނެ އެއްވެސް ކަމެއް ނެތް.. ބޮޑު ފަސްމީހުން މީހުން.. އެކަކަކީ 25 އަހަރުގެ އަހަރެންގެ ބޮޑުބޭބެ.. ދެން ހުރީ 18 އަހަރުގެ އޭނަގެ ދަރި.. ދެން ތިބި ތިންމީހުންނަކީ ދަރީގެ އެކުވެރިން… ރާކިން ބުނެބަލަ އަހަރެން ހަނދާނެ ގޮތެއް.. މީހުން ބުނަނީ އެކަހަލަ ކަންތައް ވާނީ އަންހެން ކުދިންނަށް އެކަންޏޭ.. އެކަމަކު.. ރެއަކު މީހެއް.. ފަހުން ފަހުން އައިސް އެންމެން އަންނަންވެސް ފެށި.. އަހަރެންނަކީ ކިޔެވުމަށް މޮޅު ކުއްޖެއް ކަމަކު އަހަރެންގެ ގްރޭޑްތައް ދަންވަން ފެށި.. އަހަރެން އެމީހުން ކައިރީގައި އާދޭސް ކުރިން.. އެކަމަކު.. މަންމަ ބޮޑުބޭބެއާއި ވާހަކަވެސް ދެއްކި.. އަދި އޮފީހަށް މައްސަލަވެސް ހުށަހެޅި.. އެކަމަކު ބޮޑުބޭބެއަކީ އޮފީހުގަ މަސައްކަތް ކުރާ މީހެއްވީމަ އެ މައްސަލަ ބަލައެއް ނުގަތް..” ނަދީމް އެހާ ހިސާބަށް ގެންގޮސްފައި ހުއްޓާލިއެވެ. އޭރުވެސް އޭނަ އިނީ އިސްޖަހައިގެންނެވެ. ރާކިން އަޑުއަހަން ހުއްޓެވެ. “ބޮޑުބޭބެ ކައިރީގައި ބުނުމުން ދެން އެމީހުން އަހަރެންނަށް ބިރު ދައްކަން ފެށި.. ބިރު ދައްކަމުން ގޮސް އަހަރެން އެއުމުރުގެ މީހެއް ފެންނަ އިރަށް ބިރު ގަންނަން ފެށި.. އެއީ ޓީޗަރެއް ވިޔަސް މިސްކިތު މުދިމު ކަމުގައި ވިޔަސް.. ކޮންމެ މީހެއްވިޔަސް.. އަހަރެން ބިރުން ވާހަކަ ނުދެއްކޭ ވަރުވާން ފެށި.. އެވަރުންވެސް އެމީހުން އެކަން ހުއްޓައެއް ނުލާ.. ” ނަދީމް އޭނަގެ ވާހަކަ މެދު ކަނޑާލިއެވެ. އަދި ރާކިންއާއި ދިމާލަށް ބަލާލިއެވެ. “އަހަރެންގެ ކޮންކުށެއް އޮތީ ރާކިން.. ބުނެބަލަ.. އަހަރެންނަކީ ކުޑަ ކުއްޖެކޭ.. ކޮންމެ މީހަކުވެސް ބުނަނީ އެމީހުންނަކީ ރަނގަޅު ކުދިންނޭ.. އެކަހަލަ ކަންތަކެއް ނުކުރާނެއޭ… ރަނގަޅު އާއިލާއެއްގެ ދަރިންނޭ.. އެމީހުންގެ މައިންބަފައިންނަކީ ރަނގަޅު މީހުންނޭ.. ބަލަ އެމީހުން ރަނގަޅު ކަމުންތަ ކޮންމެ ރެއަކު އަހަރެންނާއި ބެހެމުން ދިޔައީ” ނަދީމް ހަޅޭލަވައިގަތެވެ.

“އަހަރެންގެ އުމުރުން 15 އަހަރު ވަންދެން އެމީހުންގެ ފަރާތުން އެކަންތައް ދިމާވަމުން ދިޔަ.. ފަހުން ފަހުން އައިސް އަހަރެން ސްކޫލްއިން ކިރިޔާ ފާސްވަނީވެސް.. އަވަހަށް ސްކޫލް ނިއްމާފައި އަހަރެން މާލެ ބަދަލު ވީ.. އެމީހުންގެ ފަރާތުންވެސް ސަލާމަތްވީ.. އެއަނިޔާ ތަކުން.. އެކަމަކު އަބަދުވެސް އަހަރެންގެ ހިތުގައި ވޭ އެމީހުންގެ ކިބައިން ބަދަލު ހިފާނަމޭ..” އަނެއްކާވެސް ނަދީމް އިސްޖަހާލީ އަޑުމަޑު ކުރަމުންނެވެ. “އަހަރެން ޕޮލިހަށް ވަނީ އެންމެ ބޭނުމަކު.. އެމީހުންގެ ކިބައިން ބަދަލު ހިފުމުގެ ބޭނުމުގައި.. އަހަރެންނަށް އެނގޭ ދުވަހަކު ޕޮލިހެއް މީހަކު މަރައިފިޔޭ ބުންޏަސް ގަބޫލެއް ނުކުރާނެކަން.. އެންޑް ޕޮލިހުންނަކީ އެންމެ ފަހުން މީހުން ސަސްޕެކްޓް ކުރާ ބައެއްކަން ވެސް.. އެކަމަކު.. މާލަސްވެއްޖެ.. އެ ފަސް މީހުންގެ ތެރެއިން އެންމެ ފަހު މީހާ މަރުވީ މީގެ ތިންްމަސް ކުރިން..” ނަދީމްގެ އަޑު އިވިގެން ދިޔައެވެ. އެއަޑުގައި އެކުލެވިގެންވި ރުޅިވެރިކަން ރާކިންއަށް އިހްސާސް ކުރެވުނެވެ. “ނަދީމް ހަނދާންވޭތަ މީގެ ހަމަސްމަސް ކުރިން ނަދީމް އެކްސިޑެންޓެއް ވީ ހަނދާން” ރާކިން އަހާލިއެވެ. ނަދީމް ބަލާލީ ކޮންއިރަކުހޭ އަހާލާ ފަދަ ގޮތަކަށެވެ. “މީގެ ތިންމަސް ކުރިން.. ނަދީމް ސައިކަލު ދުއްވާފައި ދަނިކޮށް.. އެހެން ސައިކަލެއްގައި ޖެހުނީ.. އެދުވަހު ނަދީމްގެ ބޮލަށް އަނިޔާވީ.. ޑޮކްޓަރ ބުނީ ސިކުނޑިއަށް އަނިޔާ ވެފައޯ ހުރީ.. ސިކުނޑީގަ އިންނަ މެމޮރީ ބަޔަށާއި އިމޯޝަންތައް ހޭންޑް ކުރާ ބަޔަށް އަނިޔާވިކަމަށް ޑޮކް ބުނީ.. އަދި ބުނި… ރުޅި ގަދަވާ އެއްވެސް ކަހަލަ ކަމެއް ނުކުރު ވައްޗޭ.. ސަބަބަކީ އޭރުން ސިކުނޑިއަށް އެ ރުޅި ހޭންޑްލް ނުކުރެވި ކަމެއް ގޯސްކޮށް ހިގައިފާނެއޭ..” ރާކިން ކިޔައިދިނެވެ.

“ތިކަމާއި މިކަމާއި ހުރި ގުޅުމަކީ” ނަދީމް އަހާލިއެވެ. “ތިންމަސް ފަހުން މަރުވި މީހާ އެއީ ނަދީމްގެ ޓްރިގަރ އަކީ.. އެމީހުންގެ ކިބައިން ބަދަލު ހިފަން ނަދީމް ބޭނުންވީ.. އެކަމަކު އެމީހުންގެ ކިބައިން ބަދަލު ނުހިފުނު.. މީގެ ތިންމަސް ކުރިން 25 އަހަރުގެ މީހާ މަރުވީ.. ނޫންތަ ނަދީމް.. އަހަރެންނަށް ހީވަނީ..” “ކަލެއަށް ހީވަނީ އެއްނުން.. އަހަރެންނަށް ޔަގީން.. އޭނަގެ އާއިލާއިން ބުނަނީ އޭނައަކީ އެގޭގައި ހުރި އެންމެ ރަނގަޅު ކުއްޖާއޭ… އެކަމަކު އެނގޭތަ އޭނައަކީ އޭނަ އިންނަން އުޅުނު އަންހެންކުއްޖާއަށް އަނިޔާ ފަށެއް ކޮށްލާ މީހެއް.. އަހަރެން ލޮލުން ދެކެ އަތުން ހިފިން..” ނަދީމްއަށް އާ ޖޯޝެއް އައި ކަހަލައެވެ. ފޯރިއާއި އެކު ނަދީމް ބުނެލިއެވެ. “އެހެންވެތަ އޭނަ މަރާލީ..” ރާކިން ހަށަން ބަދެލަމުން އަހާލިއެވެ. “އާ.. އެހެންވެ.. ކޮންމެ މީހަކުވެސް ހީކުރަނީ އެއީ ރަނގަޅު މީހެކޭ.. ބަލަ ރަނގަޅު މީހުން މިދުނިޔޭގަ ނޫޅެއޭ.. އެންމެންވެސް ހީކުރަނީ މި ޕޮލިސް.. މި ކައުންސިލް.. ހުރިހާ އެންމެންނަކީ އަހަރުމެން ރައްޔިތުންނަށް ޕްރޮޓެކްޝަން ދިނުމަށް ބައިތިއްބޭ ބައެކޭ..” ނަދީމް ބުނެލިއެވެ. “އަހަރުމެންނަކީ ރައްޔިތުން ޕްރޮޓެކްޓް ކުރާ ބައެކޭ” ރާކިން ބުނެލިއެވެ. “ބަލަ ތި ބުނާ ޕްރޮޓެކްޝަން ކޮބާ އެ ފިރިހެނާ އެ އަންހެން ކުއްޖާއަށް އަނިޔާ ކުރި އިރު.. ކޮބާ ތިބުނާ ޕްރޮޓެކްޝަން އަހަރެންނަށް އަނިޔާ ލިބުނު އިރު” ނަދީމް އަނެއްކާވެސް ހަޅޭ ލަވައިގަތެވެ.

“އަހަރެންނަށް ބުނެދީފާނަންތަ އެހެން ކުދިން މެރީ ކީއްވެކަން.. ޔަގީނުންވެސް އެކުދިންނަކީވެސް ރަނގަޅު ކުދީނެއް ނޫންދޯ..” ރާކިން ހަމަ އެހުރިގޮތައް ހުރެ ވާހަކަ ދެއްކިއެވެ. “އާ.. އާ.. އާ.. ބަލަ ކަލޭގެ ބޮލުގައި ތިހުރީ ސިކުނޑިއެއްތަ.. ނޫނީ ފެން ނެތް ކާއްޓެއްތަ.. ދެވަނަ މީހާއަކީ އޭނަގެ މަންމައަށް އާއި ދިމާލަށް އަބަދު އެއްޗެހި ކިޔާ މީހެއް.. އެންޑް ތިންވަނައަށް ކުއްޖާއަކީ މަސްތުވާތަކެތި ބޭނުންކުރާ ކުއްޖެއް.. ހަތަރުވަނަ ކުއްޖާއަކީ ނަމުގައި މާލެއަށް އައިސް ޕްރޮސްޓިޓިއުޓުން ކައިރިއަށް ދާ ކުއްޖެއް.. އެންޑް ފަސްވަނަ ކުއްޖާއަކީ އޭނަ އެންމެ ގާތްކޮށް ދެކޭ ފިރިހެންކުއްޖާއާއި މާބޮޑަށް ގުޅުން އޮންނަ ކުއްޖެއް.. ހަވަނަ އެންމެ ފަހު ކުއްޖާއަކީ އަހަރެންގެ ބޮޑުބޭބެގެ ދަރިފުޅުގެ ދަރި.. އެހެންވީމަ އެ އެންމެންނަކީވެސް އެކަން ހައްޤު މީހުން” ނަދީމް ބާރަށް ވާހަކަ ދެއްކިއެވެ. ކުއްލިއަކަށް ދޮރު ހުޅުވާލާފައި އެތެރެއަށް ވަނީ ފަހުދުއެވެ. “ހުންނަ ނުބައިކަން.. ކަލޭގެ ކޮން ހައްޤެއް އޮތީ އަހަރެންގެ ކޮއްކޮއަށް އެހެން ހެދުމުގެ.. ބުނެބަލަ.. މަގޭ ކޮއްކޮ ކަލެއަށް ކީއްކުރީ… ޖަވާބު ދީބަލަ.. އަހަރެން ހީކުރީ އަހަރުމެން ދެމީހުންނަކީ އެކުވެރިންކަމަށް..އެކަމަކު” ފަހުދު އައި ބާރުމިނުގައި ނަދީމްގެ ގަމީހުގެ ގިރުވާނުގައި ހިފާފިއެވެ. “ފަހުދު ހަމަޖެހިބަލަ ހޭ” ރާކިން ފަހުދު އަތް ނައްޓާލަމުން ފަހުދު ދުރައްޖެއްސިއެވެ. އޭރު ނަދީމްގެ މޫނު މަތީގައި ވަނީ ނުލަފާ ހިނިތުންވުމެކެވެ. “ކަލޭގެ ކޮއްކޮ ވީމަ އޭނައަށް އަހަރެން ހާއްސަ ކުރީ.. ކަލެއަށްވެސް އެނގެއެއްނުން އޭނަގެ އެކުވެރި ފިރިހެން ކުއްޖާއާއި އެކު އޭނަ ގަންނަ ގަނޑު” ނަދީމް ހަޅޭލަވައިގަތެވެ. “ކަލޭގެ” ފަހުދު ރާކިންގެ އަތް ފޮޅުވާލުމަށް މަސައްކަތް ކުރިއެވެ. ފަހުދު ހުރީ އެހާވެސް ރުޅިގަދަވެފައެވެ. ވަރަށް މަސައްކަތުން ރާކިން ފަހުދު އެތަނުން ނެރުނެވެ. އަދި ރާއިދުއާއި އޭނަ ހަވާލު ކުރިއެވެ.

“އަހަރެންގެ ސުވާލުތައް އަދި ނުނިމޭ.. އޯކޭ.. އެމީހުންނަކީ ގޯސް ކުދިން.. އެމީހުންގެ އާއިލާއިން ބުނެދިން ކަހަލަ ބައެއްނޫން.. އެކަމަކު ކީއްވެ މާއިން.. މާއިން ދެކެ ނަދީމް ލޯތްބެއް ނުވޭތަ.. އޭނަ ކީއްވެ ބައްދާލީ” ރާކިން އަހާލިއެވެ. “އަހަރެން އޭނަދެކެ އިންތިހާއަށް ލޯބިވިން.. އެކަމަކު އޭނަވެސް ތެދުވެރިއަކަށް ނުވި.. އޭނަ އަހަރެންނަށް ޗީޓް ކުރާކަށް މާކުރިން އެނގޭ.. އެހެންވެ ކުރިކަމެއް އެއީ” ނަދީމް އަޑުމަޑު ކޮށްލަމުން ބުނެލިއެވެ. “މިޒާން.. މިޒާން އެއީ ކަލޭގެ ގޭމްގެ އެއްބައެއްނުން..” ރާކިން އިށީނަމުން އަހާލިއެވެ. “އޭނަ މާ އަނގަ ގަދައީ.. އޭނަ އަނގަ މަޑުން ކުރަންޖެހޭ ހިސާބުގައި ހައްޕު ވެގެން ހުރިނަމަ” ނަދީމް ރާކިންއަށް ބަލާލަމުން ބުނެލިއެވެ. “ދެން މަގޭ އަންހެނުން.. މަގޭ އަންހެނުން ކަލެއަށް ކީއްކުރީ” އަޑަށް ބާރުކަން ގެންނަމުން ހަރުކަށިކަމާއި އެކު ރާކިން އަހާލިއެވެ. “އަހަރެންނަށް އެނގޭ ކަލޭމެންގެ ފޯކަސް އަހަރެންނަށް އަންނާނީ ކަލޭގެ ލޯބިވާ އަދި ރާއިދުގެ ފަހަރި ވަގަށް ނެގީމަކަން..” ބާރުބާރަށް ހީގަންނަމުން ނަދީމް ބުނެލިއެވެ. “ތެންކްސް ފޮ އެވްރީތިން.. އަހަރެން ބުނާނަން.. ވީހާވެސް އަވަހަށް ނަދީމް ސައިކޭޓްރިސްޓްއަކަށް ދައްކާށޭ..” ރާކިން ތެދުވަމުން ބުނެލިއެވެ. ނަމަވެސް ވަކި ހިސާބަކަށް ގޮސްފައި އެބުރި ނަދީމްއާއި ދިމާލަށް ބަލާލިއެވެ. “އަދި އެއްސުވާލު.. ކީއްވެ އަތޮޅުތަކުގެ ތަރުތީބުން..” ރާކިން ބުމަ އަރުވާލިއެވެ. “ކަމޯން.. އެއީ ދުވަހަކުވެސް މީހަކު ކުރާނެ ގޮތެއްނޫން.. އަހަރެން އެކަނި އެހެން އެގޮތައް ހަނދާނީ.. އަހަރެންގެ މޮޅުކަން..” ނަދީމް ބުނެލިއެވެ. ރާކިން ބޯޖަހާލިއެވެ. އަދި ބޭރަށް ނިކުންނަން ހިގައިގަތެވެ. ނަމަވެސް އަނެއްކާވެސް މަޑުކޮށްލިއެވެ. އަދި ނަދީމްއާއި ދިމާލަށް ބަލާލިއެވެ. “ސޮރީ.. ނަދީމް.. ނަދީމްއަށް ކުޑައިރު ދިމާވި ކަންތައް އެއީ ނަދީމް އެއްވެސް ހައްޤު އަނިޔާއެއްނޫން… އޭގެ ސަޒާ މިދުނިޔޭގަ އެމީހުންނަށް ނުލިބުނަސް އަނެއް ދުނިޔޭގަ އެމީހުންނަށް ލިބޭނެ.. އެކަމަކު ނަދީމް ތި ކުރީވެސް ރަނގަޅު ކަމެއްނޫން.. މީހެއް މެރުމުގެ ހައްޤެއް ނަދީމްއަކަށް ނުއޮންނާނެ އެއީ ރަނގަޅު މީހެއް ކަމުގައި ވިޔަސް އަދި ނުވިޔަސް.. އައި ރިޔަލީ ވިޝް.. އައި ކޭން ޖޭންޖް ސަމްތިން” ރާކިން އެހެން ބުނެލުމަށްފަހު ބޭރަށް ނިކުތެވެ.

ނަދީމްއާއި ވާހަކަ ދެއްކުމުން ވިކްޓިމްގެ އަނެއްބައި ހުރި ތަންތައް ކިޔައިދިނެވެ. ނަދީމް ބުނި ތަންތަނުގައި އެހުރިހާ އެއްޗެއް ބަހައްޓާފައި ހުއްޓެވެ. ނަދީމް ވަގުތުން ޕޮލިހުން ކަނޑާލެވުނެވެ. އަދި އެހެންމީހުންނާއި ވަކިން ގޮޅިއެއްގައި ބަންދުކުރެވުނެވެ.

ދެދުވަސް ފަސް..

ރާކިން އިނީ ހޮސްޕިޓަލްގައި ސުނާ ކައިރީގައި އިށީދެލައިގެންނެވެ. ސުނާ ވޯޑަށް ނެރުނީ ދެންމެ ކަހަލައިންނެވެ. ނަމަވެސް ސުނާ އަދިވެސް ރަނގަޅު ނުވާތީ ޑޮކްޓަރ އިންޖެކްޝަންއެއް ޖެހުމުން ސުނާއަށް ވަނީ ނިދިފައެވެ. “ސަރ” ރާކިން ބަލާލީ އާހިލްގެ އަޑަށެވެ. “އާހިލް.. ކިހިނެއްތަ މިހާރު” ބޮލުގައި ބޭސް އަޅާފައި ހުރި އާހިލް ހިނިތުންވެލަމުން ރާކިން ކައިރިއަށް ޖެހިލިއެވެ. “އަޅުގަނޑު އޯކޭ.. ކިހިނެއްތޯ މިހާރު އަންހެނުން” އާހިލް އަހާލިއެވެ. އާހިލްގެ އަތުގައި ކުޑަކޮތަޅަކާއި ބޮޑު ކޮތަޅެއް އޮތެވެ. “އައި ނޯ ދިސް އިން ނޮޓް ގުޑް ޕްލޭސް.. އެކަމަކު އަޅުގަނޑު ބޭނުންވީ ސަރ އާއި ހަވާލު ކުރަން.. އެއްކަލަ ރޭގަ ނަދީމްސަރގެ ގެއަށް އަޅުގަނޑުމެން ދިޔައީމެއްނުން ދެއްތޯ.. އެރޭގައި އަޅުގަނޑަށް އެ ގެއިން ފެނުނު އެއްޗެއް މީ.. ސަރ.. އަޅުގަނޑަށް ކުރިން ނުގެންދެވުނީ.. އަޅުގަނޑު އަސްލު ހިޔެއް ނުކުރަން..އަދިވެސް ޔަގީނެއްވެސް ނުކުރެވޭ.. ނަދީމްސަރ” އާހިލް އޭނަ ބުނަން އުޅުނު އެތި ފުރިހަމަ އެއް ނުކުރިއެވެ. އަދި އެކޮތަޅު ދިއްކޮށްލިއެވެ. އޭގައި ވަނީ ކަޅު ޖެކެޓްއެވެ. “ހޫހް.. މީތި ދޯ.. އިޓްސް އޯކޭ.. އެހެންނޫނަސް މިއީ މިހާރު ބޭނުން އެއްޗެއް ނޫން.. ނަދީމް އެއްބަސްވީމަ އިތުރު ހެއްކެއް ބޭނުމެއް ނުވާނެއެއްނުން ދޯ.. އެކަމަކު އަހަރެން މީތި އެވިޑެންސް ބަޔަށް ގެންދާނަން” ރާކިން ބުނެލިއެވެ. އާހިލް ހިނިތުންވެލިއެވެ. އެވަގުތު ރާއިދުއާއި ފަހުދުވެސް އެތަނަށް އައިސް މަޑުކޮށްލިއެވެ. ހަވީރުގެ ވަގުތުކަމުން މީހުންނަށް ގޮވާލަން ވަދެވޭނެތީ ފަހުދުވެސް ސުނާއަށް ގޮވާލަން އައީއެވެ. “މިހާރު ހުސައިން ކިހިނެއްތޯ” އާހިލް ރާއިދު އާއި ދިމާލަށް ބަލާލިއެވެ. “ޑޮކް ބުނަނީ ސިކުނޑިއަށް ލޭ އެޅިފަ ހުރީމަ ނޭނގެއޯ.. މަސައްކަތް ކުރަނީ.. ކުރި އެރުމެއް ނުލިބޭ..” ރާއިދު ބުނެލިއެވެ.

އޭގެ އެއްމަސް ފަހުން ނަދީމްގެ މައްސަލަ ކޯޓުން ނިއްމިއެވެ. ރާކިން ހުށައަޅާފައިވާ ބަޔާނުގައި ވާ ގޮތުން ނަދީމް ނަފްސާނީ ގޮތުން ހަމަނުޖެހޭ އަލާމާތްތަކެއް ފެންނަން ހުރުމުން ކޯޓުން ހުކުމް ކުރީ ނަދީމްގެ ސައިކޭޓްރިސްޓް އެވަލުއޭޝަންއެއް ހެދުމަށެވެ. އޭނަގެ ހާލަތަށް ބެލުމަށްފަހު އިތުރު ހުކުމެއް ކުރާގޮތަށް ކޯޓުން ނިންމިއެވެ. ރާކިން ކޯޓުން ނިކުތީ ނަދީމްގެ އަތުގައި ހިފަހައްޓައިގެންނެވެ. ނަދީމްގެ ‘މޫޑް ޑިސްއޯޑަރ’ މާބޮޑަށް ސަކަރާތްވަނީއެވެ. މީހުންގެ ތެރޭގައި ހުރެފަވެސް ކުއްލިއަކަށް މީހާ ވައިލެންޓް ވެދާނެއެވެ. އަދި ކުއްލިއަކަށް ހީހީފައި ވާހަކަ ދައްކަފާނެއެވެ. އެހެންކަމުން އަބަދުވެސް ނަދީމް ބަހައްޓަން ޖެހެނީި ބިޑި އަޅުވާފައެވެ.

ޤާޠިލް ހޯދުމަށް ކުރި ދަތުރުގައި ބައިވެރިވި އަނެއް ހަތަރު ބައިވެރިންގެ ގުޅުން ދިޔައީ ދުވަހެއް ދުވަހަކަށް ރަނގަޅުވަމުންނެވެ. އަދި ކުރި މަސައްކަތަށް ޕޮލިސް ފޯސްގެ ފަރާތުންވަނީ މެޑަލް ހަވާލު ކޮށްފައެވެ. ފަހުދު އާއިލާ އާއި އެކު އުފާވެރި ވަގުތު ހޭދަކުރުމަށްޓަކާއި ޗުއްޓީއެއް ނެގިއެވެ. ރާއިދުއަށް އޭނަގެ އާއިލާ އަނެއްކާވެސް ލިބުނީއެވެ. ރާކިން އާއި ދެމެދު އޮތް ގުޅުން ކުރީގެ އޮތް ރަނގަޅު ގުޅުމަށް ބަދަލު ކުރެވުނެވެ. ސުނާވެސް މަޑުމަޑުން ރަނގަޅުވަމުން ދިޔައެވެ. އާހިލްގެ ދިރިއުޅުންވެސް ކުރިއަށް ދިޔައެވެ.

ކޮންމެ ކަމެއްވެސް ވެދާނެކަމަށް އެންމެންވެސް ބަލަން ޖެހޭނެއެވެ. ވަކި މީހެއްވީމަ ކަމެއް ނުވާނެ ކަމަށް ވިސްނައިގެންވެސް ނުވާނެއެވެ. މިއަދު ހޭލާއިރު އަވިދީފައި އޮތަސް ރޭގަނޑު ވުމުގެ ކުރިން ވާރެ ވެހިދާނެކަމަށް ގަބޫލު ކުރަންވާނެއެވެ. ކިތައްމެ ހަމަޖެހޭ މީހެއްވެސް ކުއްލިއަކަށް ކަމެއްދިމާވެ އެންމެ ހަމަނުޖެހޭ މީހާއަށް ވެދާނެއެވެ. ނަދީމްއަށް ވީ އެކަހަލަ ދެރަ ގޮތެވެ.

ނިމުނީ..

Share Article

Follow Me Written By

Fantasy

Level 310 Stories500 Comments100 Comments

Other Articles

Previous

ހުޅެވި ހަނދު (ހަށިގަނޑު ރީތިކޮށް ބެހެއްޓުން)

Next

ކަފުނަށް މިހިތް އަަދި ނުލާކަން ޔަގީން… 12

Next
December 14, 2014

ކަފުނަށް މިހިތް އަަދި ނުލާކަން ޔަގީން… 12

Previews
December 12, 2014

ހުޅެވި ހަނދު (ހަށިގަނޑު ރީތިކޮށް ބެހެއްޓުން)

28 Comments!

  1. Fantasy says:
    December 13, 2014 at 2:04 am

    hurihaa kiyun theringe faraathun mi vaahaka ah libunu tharuheebah varah bodah shukuriyya.. 🙂
    mivaahaka aky ehves meehakah nisbaith koh liyefa vaahaka eh nun igey.. fantas beynun vany hurihaa kiyuntherinves mi vaahakai in ibratheh haasil kuran.. 🙂
    heekuran mi baives kamudhaane kamah.. hurihaa kiytheringe hiyaal thakah maru habaa 🙂

  2. ummi says:
    December 13, 2014 at 3:00 am

    Omg v v reethi mi vaahaka.. heeves nukuraaa meeheh mi hurihaa emmen mi maraniii… v v v reethi.. n v ibrahtheri stry ehhhhh.. thank u fantasy… v v salhiiii…

  3. n says:
    December 13, 2014 at 7:34 am

    Mi Vahaka v v reethi, varan iburah mi vahaka.

  4. Maash says:
    December 13, 2014 at 8:38 am

    Story v v v nice

  5. aii says:
    December 13, 2014 at 9:56 am

    Varah reethi nimendhen suspese oi…salhi..

  6. hhh says:
    December 13, 2014 at 9:58 am

    varah reethi vaahaka eh. Binmaa ge vaahaka thakah vureves thrilling. john grisham ge vaahaka akaa vatharu vanee. ekam technical ehchehi explain kohdheefa hurinama varah fakka vees. misaalakah personality disorder mee raajjeyga balaiganna kameh noon.ekam kurimaguga fenun possible. so vahakaeh namaves e kanthah explain kurinama varah furihama vees.
    i hope to see more of ur stories from this genre.

  7. raakin says:
    December 13, 2014 at 10:31 am

    Alhe hyvx nukuraa myheh hurihaa kameh mi kurany..dhw…v reethi vaahakaeh mee..thanks fantas
    V v v salhi

  8. hii says:
    December 13, 2014 at 10:44 am

    ekam 25 aharuge meehehge 18 aharuge dhariyeh huree kihineh…

  9. Shine says:
    December 13, 2014 at 10:48 am

    vaahaka v reethi….ekam shine hithuga suvaalu ufedhunee 25 aharuge meehege 18 aharuge dhariyaku hureema…..how is it possible?? e ee mistakeh dho fantasy

  10. faai says:
    December 13, 2014 at 12:15 pm

    Wow fantasy… Its awesome… I really luv it… Thank you so much mihaa lwbi story eh genesdhinyma… N fantasy ge ithuru story akah inthizaaru kuran… 🙂

  11. Shadhi says:
    December 13, 2014 at 1:42 pm

    Dhw shine… adhi e emmen sakaraiy jehi iru gahuge nivalu rulhi veri kamaa eku balan hureekaaku…

  12. Shadhi says:
    December 13, 2014 at 1:45 pm

    Vaahaka v reethi.. ekam husen ge kokko ekam ga bai veri vee keeve kan engunu nama….

  13. Shine says:
    December 13, 2014 at 1:57 pm

    yes shadhi bunihen episode 9 ga bunedhin gothun nama nadheem ge ithurunves meehaku ulhunu….adhi eee kaakukameh, konkamehge badhalu hifan ulhunu meeheh kameh fahunves neygunu……ehen vma kuda fushuerumeh ebaulhey….ehen noony mi ee v interesting adhi v reethikoh sifakohdheefaivaa storyeh…..hope u will thinks those points as well….as a writer i knw how difficult to concentrate and to explain each and every point clearly…..all the best for ur next story…..please dnt take my comment wrong….

  14. mizaan says:
    December 13, 2014 at 2:23 pm

    Hey kudhinney eyru Ethaa hurii mizaan.. Mizaan ge story kuri part ehga kiya dheefa dho othy..

  15. mizaan says:
    December 13, 2014 at 2:26 pm

    Mizaan kohko accident eh vegen maru vi vaahaka otheh nun.. Raakin ge cyk in jehifa

  16. nash says:
    December 13, 2014 at 3:05 pm

    hehehe……furathama heekury aahil kamah gaathil akee…….i agree with shine….btw vaahaka varah reethi……hope to c more interestin stories of ur’s……all the best……..

  17. Shadhi says:
    December 13, 2014 at 3:06 pm

    Aan ekam eyna rulhi annanee raaki dhekenu… dhen bunevidhaane police emmwn dhekeye ehen veeru husen dheke ves rulhi annan jehenenu… husen kokko e bohama jehe meeheh nu dhen eyna meehun maran eheeveema haththaaves…

  18. mizaan says:
    December 13, 2014 at 3:40 pm

    Shadhi 12th alun kiyaala ba

  19. mush says:
    December 13, 2014 at 11:11 pm

    anehkaa fantasy ves mood disorder hun nanytha

  20. Aahil says:
    December 14, 2014 at 7:36 am

    Dhn vaahakaige each n every point justify kuranna suspense nuhifehetteyne dhw. thikahala thikahala points hureema vaahaka nimuneemaves visnan majubooru vaane author aa medhu. misaalakah Binmaa ge kureege vaahaka thakuge nimun abaduves varah kiyuntheringe vindhaa hilaafu vaane. majubooru vaane whole story anekka kiyan..anekka varah inthizaaru kureveyne new story akah.
    so Fantasy ge vaahaka in i dnt see any oddness. aey hama great great authors ge ves gengulhey technique eh.

  21. Fantasy says:
    December 14, 2014 at 8:39 am

    hurihaa kudinge ‘lobi’ comment thakah vvvvvvvvvv bodah shukuriyya 🙂
    vaahaka aa medhu dhin hiyaal thah gaboolu kohfin igey.. aslu mizaan n nadheem work together… ekam nadheem mizan maraalee ena anga gadha veema 😛
    heheh ekam aslu buni hen fushu araa thedhin thaneh eba ulhey dhoo… dhen liyaa vaahaka eh miyah vureh ragalhu veytho try kuraanan igey… fantasyge hurihaa vahaaka akah hama mi gothah hurihaa kiyun theringe faraathun ehbaarun libeyne kamah hykuran 🙂 <3

  22. Shadhi says:
    December 14, 2014 at 9:32 am

    Mizaan dhethin faharu mihaaru mivaahaka ki ijje.. ehwn veema eynage 18aharuge kokko polihaku athun maruveema polihunge 18 ahahru ge kokko in maraan nadheemah ehee vanee dhw.. thanks inge.. aahil ge comment ah thaaeedh.. thank you fantasy 4de lovely story..

  23. Shuha says:
    December 14, 2014 at 10:06 am

    Aslu raakin men evves molheh nun… 3vana meehaa maru vi iru engijje e kaaku kuraa kameh ka ekam eyge fahun thin meehun maru vi iruves beekameh haraan.. wife r jehuneema thelhi gane vunee… meege emme molhee aahil..

  24. lee says:
    December 15, 2014 at 8:11 am

    aslu heevany kuree part ah comment kuri kudhin aahil ey murder akee buneema fantasy nadheem ah badhalukohleehen..
    btw vaahaka v interesting…

  25. athoo .. says:
    December 16, 2014 at 12:12 pm

    Fantus mi script ah balaigen filmeh hadhan veenu. mi script varah kamudhey filmakah. first chapter in feshigan last chapter aa jehendhen varah kiyaa hiyvaa gothakah dhiyaee.

  26. maaii says:
    August 29, 2016 at 3:01 am

    WOW… VARAH IBRAITHERI STORY EH

  27. a says:
    October 1, 2016 at 5:08 pm

    omgggggggggggg this is a good story i have read ever and iburaitheri storye

  28. Your fav bab says:
    November 29, 2024 at 8:48 pm

    Rakin nadheem gai elhi bodi part kiyaafa heeheehee halaaku vejju.
    Btw very nice and emotional.
    I cried.
    At the end nadheem ah dhimaavee varah dhera gotheh…
    😭

Comments are closed.



All Right Reserved!