ޤާޠިލް… 10 ވަނަ ބައި…
“އިޒް ދިސް އަ ޖޯކް” އެއްފަހަރު އެދިމާލަށް އަނެއްފަހަރު އެތަނުގައި ތިބި އެންމެންގެ މޫނަށް ވަކި ވަކިން ބަލާލަމުން ނަދީމް ހައިރާން ކަމާއި އެކު އަހާލިއެވެ. އެވަގުތު މާއިން ބަލާލިއެވެ. އެމޫނުމަތީގައިވެސް ކޮންމެވެސް ވަރަކަށް ލޭގެ އަސަރު ހުއްޓެވެ. ނަމަވެސް އޭރުވެސް މާއިންގެ ދެލޮލުން ކަރުނައިގެ އަސަރު ފާޅުވަމުން ދިޔައެވެ. ބަލާލި ގޮތުން ބުނާ ކަހަލައެވެ. “ނަދީމް ޕްލީޒް ހެލްޕް މީ” ނަދީމްއަށް މަޑުމަޑުން ބިއްލޫރިގަނޑާއި ކައިރިއަށް ޖެހިލެވުނެވެ.
“މީ ކިހިނެއްވީ ކަމެއްތަ” ނަދީމް ފަހަރަކު މީހަކާއި ދިމާލަށް ބަލާލަމުން އަހާލިއެވެ. އެއްވެސް މީހަކަށް ދޭނެ ޖަވާބެއް ނޭނގުނެވެ. “އަހަރެން ބޭނުން މާއިން އާއި ވާހަކަ ދައްކަން” ނަދީމް ފިޔަވަޅެއް ކުރިއަށް އަރަމުން ބުނެލިއެވެ. “ނޫން.. ތިއީ އެއްވެސް ރަނގަޅު ހިޔާލެއްނޫން..” ވަގުތުން ރާކިން އެކަމާއި ދެކޮޅު ހެދިއެވެ. ނަދީމް ރުޅިވެރިކަމާއި އެކު ސުވާލުން ފުރިހެންވާ ނަޒަރަކުން ރާކިންއާއި ދިމާލަށް ބަލާލިއެވެ. “މިތަނުގެ އެންމެންނަށްވެސް ތި މީހުންގެ ރިލޭޝަންޝިޕްގެ ވާހަކަ އެގޭ.. ސުވާލުކޮށްފިއްޔާ މީހުން ބުނާނެ ނަދީމް މަޤާމުގެ ބޭނުން ނާޖަައިޒް ގޮތުގައި ނަގަނިއްޔޭ” ރާކިން ނަދީމްއަށް ވިސްނައިދޭ ކަހަލަ ގޮތަކަށް ބުނެލިއެވެ. “އައި ޑޯންޓް ކެއަރ.. ރާއިދުސަރ ޕްލީޒް.. އެހެންނޫނަސް މާއިންއަކީ އެކަހަލަ ކަމެއް ދުވަހަކުވެސް ކުރާނެ މީހެއްނޫން.. ބަލާބަލަ އޭނައަށް.. ހައުކޭން ޝީ ކިލް އަ ޕާސަން” ނަދީމް އަތް ލޯގަނޑާއި ދިމާލަށް ދިއްކޮށްލަމުން ވާހަކަ ދެއްކީ ބާރަށެވެ. “ޝީ ކޭން” ރާކިން ބުނެލިއެވެ. ނަދީމް ބޯ ދެފަރާތައް ހޫރާލިއެވެ. “ރާއިދުސަރ.. އަހަރެން ސަރ ބުނި ހުރިހާ ކަމެއްކޮށްދިނީމު.. ޕްލީޒް އަހަރެންނަށް މިކަން ކޮށްދީ” ނަދީމް އާދޭހުގެ ރާގެއްގައި ވާހަކަ ދެއްކިއެވެ. “އޯކޭ.. ލެޓް މީ ޗެކް ވަޓް އައި ކޭން ޑޫ” އެހެން ބުނެލަމުން ރާއިދު އެތަނުން ނިކުތެވެ.
ފަސްވަރަކަށް މިނެޓް ފަހުން ރާއިދު އެތެރެއަށް ވަނެވެ. “އޯކޭ ޔޫ ކޭން ގޯ.. ބަޓް ނޯ ޓަޗިން” ރާއިދު ބުނެލިއެވެ. ނަދީމް ބޯ ޖަހާލަމުން އެތަނުން ބޭރަށް ނިކުތެވެ. އަދި މަޑު ހިގުމެއްގައި ސެލްގެ ދޮރު ހުޅުވާލަމުން އެތެރެއަށް ވަނެވެ. “ހައު ބޭޑް” ރާއިދުގެ މޫނު ފެނުމާއި އެކު ރާކިން އަހާލިއެވެ. “ވެރީ… ދެ ޕޮލިހަށް ފެނުނީ.. ބޮޑީ ކައިރީން މާއިން.. ވިތް މާޑަރ ވެޕަން.. ވަޅިއެއް..” ރާއިދު ބޮލުގައި ހިފަހައްޓާލަމުން ބުނެލިއެވެ. “އެކަމަކު މާއިންއަކީ..” ފަހުދު އެހާ ހިސާބަށް ބުނެފައި ހުއްޓާލިއެވެ. “އަޅުގަނޑުމެން ވީޑީއޯ ދެކުނިން… ކޮންމެ ގޮތެއްވިޔަސް އެއީ ފިރިހެނެއް.. އަންހެނެއްނޫން” އާހިލް ބުނެލިއެވެ. “ކޮންމެ ގޮތެއްވިޔަސް މާއިން އެއީ ކިލާރ އެއް ނޫން.. އެކަމަކު ކިލާގެ ދެވަނަ ޕްލޭން މިއީ.. ހަދާން އެބަހުރިތަ.. ފަހުދުގެ ކޮއްކޮ.. ނަދީމްގެ ޖީ.އެފް” ރާކިން އެންމެންނާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ.
މާއިންއަށް ނަދީމް ފެނުމާއި އެކު ރުޅިވެރިކަމާއި އެކު ބަލާލިއެވެ. “އިތުރަށް ކޮންއެއްޗެއްތަ ނަދީމް ބޭނުންވަނީ.. ކުރިން އަހަރެން ސަސްޕެކްޓްއެއްގެ ގޮތުގައި ދެކެފައި މިހާރު ރީތިގޮތުގަ އަހަރެންގެ ބޮލުގައި މަރުގެ އިލްޒާމްވެސް އެޅުވީނުންތި.. އިތުރު އެއްޗެއް އެބައޮތްތަ އަދިވެސް..” މާއިން އެހާ މަޑުން އިންނަ ކުއްޖާ ނަދީމް ފެނުމާއި އެކު ‘ބަޑި’ ފަޅައިގެން ދިޔައެވެ. ނަދީމް ހުރީ ވާނުވާ ނޭގޭ ހާލުގައެވެ. “މާން.. އަހަރެން މިއައީ..” ” އަހަރެން ހިޔެއް ނުކުރަން ނަދީމް ތިއީ ތިކަހަލަ މީހެއް ކަމަކަށް.. ތި މީހުންނަށް ޤާޠިލް ނުހޯދުނީމަ އަހަރެންތަ ޓާގެޓްއަކަށް ހަދަން އެނގުނީ” މާއިން ރުޅިވެރިކަމާއި އެކު ވާހަކަ ދައްކަމުން ދިޔައި އިރު ކަރުނަތައް މަޑުމަޑުން ކޯތާފަތުގައި ބޮސްދެމުން ދިޔައެވެ. “އަހަރެން ދައްކާ ވާހަކަ އަޑު އަހާބަލަ.. ޕްލީޒް..” ނަދީމް މަޑުމަޑުން މާއިން އާއި ކައިރިވެލަމުން ބުނެލިއެވެ. “ކީއްކުރަން.. ކޮބާ ބޭނުމަކީ.. މިފަހަރު ތި ގްރޫޕް މީހުން ނަދީމް ފޮނުވީ ދެން ތިބި ދެމީހުންނަށް އަންނަ ނުކެރުނީމަތަ… އަހަރެން ސަސްޕެކްޓްއަކަށް ވެގެން ބައިވަރު ސުވާލު ކުރި އިރު ކީއްވެތަ މިހާރު ސުވާލު ނުކުރެވެންވީ އެމީހުންނަށް” މާއިންގެ ވާހަކައިގެ އަޑު މަޑުވާން ފެށިއެވެ. “އަހަރެން މި ބުނަނީ.. އަހަރެން އޭރުވެސް އަދި މިހާރުވެސް މީހެއް ނުމަރަން.. ޕްލީޒް.. އަހަރެން އެއްވެސް މީހެއް ނު..މަ..ރަން” މާއިންއަށް ރަނގަޅަށް ރޮވެން ފެނުނެވެ. ދެއަތުން މޫނު ފޮރުވާލަމުން މާއިން ރޯން ފެށުމުން ނަދީމް ބަލާލީ ލޯގަނޑާއި ދިމާލަށެވެ. އަދި ކަޅި އަޅާލަމުން އެތަނުން ބާރު ހިގުމެއްގައި ނަދީމް ނިކުތެވެ.
“ކާކު މާއިންއާއި ސުވާލު ކުރީ” ނަދީމް އަނެއް ރޫމްއަށް ވަދެ ސުވާލު ކުރިއެވެ. ޖަވާބަކީ ކޮބާކަން އެނގޭއިރުވެސް މެއެވެ. ރާކިން މަޑުމަޑުން އަތް އުފުލާލިއެވެ. އަދި އާހިލްއާއި ދިމާލަށް ބަލާލިއެވެ. އާހިލްވެސް މަޑުމަޑުން އަތް އުފުލާލިއެވެ. “އަހަރެންނަށް އޭރުވެސް ހީވިއޭ.. ރާކިން ނޫނީ ހަމަނުޖެހޭ ކަމެއް ނުކުރާނެއޭ.. މޮޔަވެގެންތަ އޭނައާއި ދިމާލަށް ކަލޭ ތީ ސަސްޕެކްޓެކޭ ބުނީ” ރާކިން އާއި ދިމާލަށް ފިޔަވަޅެއް ކުރިއަށް އަރަމުން ނަދީމް ރުޅިވެރިކަމާއި އެކު ވާހަކަ ދެއްކިއެވެ. “ފަސްޓް އަފޯލް އަހަރެން ނުބުނަން މާއިން ކައިރީގައި އޭނައަކީ ސަސްޕެކްޓްއެކޭ.. އެންޑް ސެކަންޑް އަހަރެން ކުރަނީ ހަމަނުޖެހޭ ކަންތަކޭ ތިބުނީ ކީއްވެގެން” ހަށަން ބަދެލަމުން ފާރުގައި ލެގިލަމުން ރާކިން އަހާލިއެވެ. ނަދީމް ހިތްހަމަނުޖެހުމުގެ ނަޒަރަކުން ބަލާލީ ރާއިދުއާއި ދިމާލަށެވެ. “ބުނަން ކަލޭ މާއިންއާއި ވާހަކަ ދައްކާކަށް ނުޖެހޭ.. އަހަރެންނަށް އެގޭ އޭނައަކީ އެކަހަލަ ކަމެއް ކުރާނެ މީހެއް ނޫންކަން.. ތިހާ މީހުންނާއި ސުވާލު ކުރަން ބޭނުންނަމަ ގޮސް އަމިއްލަ އަންހެނުންނާއި ސުވާލު ކޮށްބަލަ.. އޭނައަކީވެސް ރާކިންގެ ތިބުނާ ސަސްޕެކްޓް ލިސްޓްގެ ފުރަތަމަ މީހާއެއްނުން.. އޭނައާއި ސުވާލު ނުކުރަނީ ކީއްވެތަ” ނަދީމްގެ ރުޅިމައިތިރި ވާ ގޮތެއް ނުވިއެވެ. ފަހުދުވެސް ބަލާލީ ރާއިދުއާއި ދިމާލަށެވެ. މިކަންތައް ރަނގަޅު ގޮތަކަށް ނުނިމޭނެއޭ ބުނާ ކަހަލައެވެ. ނަމަވެސް ރާއިދުއަށް ވާކަމެއް ނޫނެކެވެ. ފައިލްއެއްގެ ތެރެއަށް ރާއިދު ގެއްލިފައި ހުރި ވަރުން އެތަނުގައި ކަމެއް ހިނގާކަމެއްވެސް އޭނައަކަށް ނޭނގޭ ކަހަލައެވެ.
“މާ ކަންތައް އެނގޭ މީހަކަށް ވެގެން.. އެކަމަކު މިތާ ހުރި އެންމެ ނުވިސްނޭ މީހަކީ ތިއީ.. ކާކުތަ ތިންމަހުގެ ސަސްޕެންޝަންއެއް ލިބުނީމަ ކޮންޕިއުޓަރ ވައިރެސްއެއް އުފައްދާނީ.. ކާކުތަ މައްސަލައެއް ދިމާވީމަ އާއިލާ ގުޅުން ކަނޑާލުމުގެ ގޮތުން އެއްބަނޑު އެއްބަފާ ބޭބެއާއި ވާހަކަ ނުދައްކާ ފެންނަތަނުން ޖެއްސުމަށް ވާހަކަ ދައްކަނީ..” ނަދީމް ރުޅިގަދަވި ވަރުން ވާހަކަ ދެއްކުނީ ބާރަށެވެ. އެވަގުތު ރާއިދު ބަލާލީ ނަދީމްއާއި ދިމާލަށެވެ. ދެވަނަ ސިކުންތުގައި ރާކިންއާއި ދިމާލަށް ބަލާލިއެވެ. ރާކިން އިސްޖަހާލަމުން ދަތްޕިލަ ފިއްތާ ބާރުކޮށްލިއެވެ. އޭނައާއި އެކު މަސައްކަތް ކުރާ ކޯވޯކަރަކު އެގޮތައް އޭނަގެ އަމިއްލަ ދިރިއުޅުމާއި ބެހޭގޮތުން ވާހަކަ ދެއްކުން އެއީ އޭނަ އެންމެ ރުޅިގަދަ ވާ އެއްކަންތަކެވެ. މިވަގުތު އޭނަގެ ކުރިމަތީގައި ހުރީ ނަދީމް ނޫން އެހެން މީހެއްނަމަ އެމީހެއްގެ އަނގަފަޅާލާނެތާ ކޮން އިރެއް ހެއްޔެވެ. އެކަމަކު އޭނަ ދެކެނީ ނަދީމްއަކީ އެކުވެރިއެއް ގޮތަށެވެ. “އެންޑް އާހިލް.. އަހަރެން ހިޔެއް ނުކުރަން އާހިލްވެސް ތިކަހަލަ ކަމެއް ކުރާނެއެކޭ.. އެޓް ލީސްޓް އަހަރެން ކައިރީގައި ބުނެލިނަމަ.. ކިހިނެއްތަ އަހަރުމެންނަށް އެނގެނީ މިއީ ކަލޭ ކުރާ ކަމެއް ނޫންކަމެއް.. ޤާޠިލްއޭ ކިޔާފަ ވާހަކަ ދައްކަނީ.. ކިހިނެއް އެނގެނީ މިއީ ކަލޭގެ އަންހެނުންގެ” އެހާ ހިސާބަށް ނަދީމްއަށް ބުނެވުމާއި އެކު ރާކިން ރުޅިވެރިކަމާއި އެކު ނަދީމްއާއި ދިމާލަށް ބަލާލިއެވެ. އެހެންކަމުން ނަދީމް އޭނަގެ ޖުމްލަ ފުރިހަމަ އެއް ނުކުރިއެވެ. ރާކިން ފާރު ކައިރިން ދުރުވެލަމުން މުއްމެޅިފައިވާ އަތް ދެޖީބަށް ޖަހާލިއެވެ.
“ރަނގަޅު ވާހަކައެއް.. ނަދީމް.. އަަހަރެން ނަދީމްއަށް ނޭނގި މާއިންއާއި ސުވާލު ކޮށްގެން ނުވާނެ… ސޮރީ.. އެކަމަކު އަހަރެން ހީކުރީ އަހަރެން އެއީ ރަނގަޅު ގޮތްކަމަށް.. މިކަމުގައި އާހިލްގެ ކުށެއް ނެތް.. އޭނައަކަށް ނުވެސް އެނގޭނެ އޭނަ ގެންދިޔައިރުވެސް ކީއްކުރަންކަމެއް..” ނަދީމްއާއި ކުރިމަތިލަމުން ރާކިން އޭނަގެ ރުޅިގަނޑު ހިންދަމުން ވާހަކަ ދެއްކިއެވެ. “ކިހިނެއް ނަދީމްއަށް އެނގެނީ އަހަރެން އަހަރެންގެ އަންހެނުންނާއި ސުވާލު ނުކުރާ ކަމެއް.. އަހަރެން އޭނައާއި ސުވާލު ކުރިން.. އަދި އެއްރޭ ހަތަރު ދަމު ހޭލާ ހުރިން އޭނަ ގެއިން ނިކުމޭތޯ ބަލަން.. އެކަމަކު.. އޭނަ ކުރާކަމެއް ނޫން މިއީ” ރާކިން ބިއްލޫރިގަނޑާއި ކައިރިވެލަމުން ބުނެލިއެވެ. “އަދި އަހަރެން އެއްވެސް އިރެއްގައި އާއިލާ ގުޅުމެއް ނުގަނޑަން.. އަދި ކަނޑާކަށް މަސައްކަތެއްވެސް ނުކުރަން.. ” ރާއިދުއާއި ދިމާލަށް ބަލާލަމުން ނަދީމްއާއި ދިމާލަށް އަނެއްކާވެސް ރާކިން އެބުރުނެވެ. “އެކަމަކު އަހަރެން އެދުވަހު ސުވާލު ކުރުމުން މާއިން ޖަވާބު ދިނީ މުޅިން ތެދަކަށް ނޫން.. އެހެންކަމުން އަހަރެން އޭނައަށް ޝައްކު ނުކުރަމެކޭ ނުބުނާނަން.. އެކަމަކު އަހަރެންވެސް މި ބުނަނީ މިއީ މާއިން ކުރާކަމެއްނޫން.. އޭނައަކީ ޤާޠިލްއެއްނޫން” ނަދީމްއާއި ހަތަރު ކަޅި ހަމަކުރަމުން ރާކިން ބުނެލިއެވެ. ނަދީމް އިތުރައް އެއްވެސް އެއްޗެއް ނުބުނެ ރުޅިވެރި ނަޒަރަކުން ރާކިން އާއި ދިމާލަށް ބަލާލާފައި އެތަނުން ނިކުނަން ހިގައިގަތެވެ. “އެކަމަކު އޭނައަކީ ޗީޓާރއެއް” ރާކިން ބުނެލި އަޑާއި އެކު ނަދީމްގެ ފިޔަވަޅު ހުއްޓުން އެރިއެވެ.
“ކީކޭ ތިބުނީ” އަނެއްކާވެސް ރާކިންއާއި ދިމާލަށް އެބުރެލަމުން ނަދީމްއަހާލިއެވެ. “ޔާ.. އޭނައަކީ މީހުން މަރާ މީހެއްނޫން.. އެކަމަކު އޭނައަކީ ނަދީމްދެކެ ލޯބިވެސް ވާ މީހެއްނޫން” ރާކިން އެހުރިގޮތައް ހުރެ ބުނެލިއެވެ. “ކަލޭ ކީކޭ ކިޔާނަމޭ ހިތާތަ ތިއުޅެނީ އޭ.. ބުނެބަލަ.. މިހާރު ތިއުޅެނީ” އާދެވުނު ރުޅީގައި ނަދީމްއަށް ގޮސް ހިފުނީ ރާކިން ލައިގެން ހުރި ގަމީހުގެ ގިރުވާނުގައެވެ. ވަގުތު ފަހުދު އޭނައާއި ކައިރިވެލަން މަސައްކަތް ކުރުމުން ރާކިންގެ ލޮލުން އެކަން މަނާ ކުރިއެވެ. އާހިލްއަށްވެސް ފިޔަވަޅެއް ކުރިއަށް އެޅުނެވެ. ރާއިދު ކިޔަން ހުރި ފައިލް ލައްޕާލަމުން އެދެމީހުންނާއި ދިމާލަށް ބަލާލިއެވެ. “ސޮރީ މޭން.. އެކަމަކު އަހަރެންނަށް ދޮގެއް ނެހެދޭނެ..” ނަދީމްގެ އަތް ނައްޓާލަމުން ރާކިން ވާހަކަ ދެއްކިއެވެ. “އަހަރެން މިބުނީނުން އޭނައަށް އަހަރެން ޝައްކު ކުރި ވާހަކަ.. އެހެންވެ އަހަރެން އޭނަގެ ފޯނު.. ޔޫ ނޯ.. ހެކް ކުރީ..” ރާއިދު އާއި ދިމާލަށް ބަލާލުމުން ރާއިދު އޭނަގެ އަތުގައި އޮތް ފައިލް ރާކިންއަތައް ދިނެވެ. ރާކިން އޭގެ ތެރެއިން ދެ ގަނޑު ނަގާ ނަދީމްއަށް ދިއްކޮށްލިއެވެ. “އެރޭގައި އަސްލު އޭނަ ދޮގު ހެދީ މިކަމާއި ހުރެ.. އޭނަގެ އެކަންތައް ނަދީމްއަށް އެނގި ދާނެތީ.. ސޮރީ މޭން” ރާކިން ބުނެލިއެވެ. ނަދީމް އެއްވެސް އެއްޗެއް ނުބުނެ ދެގަނޑު ޖަހައިގަތެވެ. އަދި ބާރު ހިގުމެއްގައި އެތަނުން ބޭރަށް ނިކުތެވެ. “ހީ ވިލް ނީޑް އަ ފްރެންޑް” ފަހުދު އާއި ދިމާލަށް ބަލާލަމުން ރާކިން ބުނެލިއެވެ. ފަހުދު ދެފަރާތައް ބޯ ހޫރާލަމުން ބޭރަށް ނިކުތެވެ.
“ރާއިދު ޑިރެކްޓަރ އާއި ވާހަކަ ދައްކަން ވީނުން މިކަމާއި ގުޅޭގޮތުން” މާއިން ދައްކާލަމުން ރާކިން ރާއިދުއާއި ވާހަކަ ދެއްކިއެވެ. “ވާހަކަ ދެއްކިދާނެ.. އެކަމަކު އަނެއްކާވެސް ޖަވާބު ނުލިބޭ އެތައް ސުވާލު ތަކެއް ފެން މަތި ވާނެ” ރާއިދު ވިސްނާލަމުން ބުނެލިއެވެ. “ޔާ އެކަމް މިފަހަރު މިއީ މިކަން ކޮޅެއްގަ ޖައްސާ ފަހަރު.. އޭނަ ވިއްޔާ އޭނަ.. އަހަރުމެން ވިއްޔާ އަހަރުމެން.. އާހިލް ނަދީމްގެ ސެކްޝަންގަ ކެމެރާ ހުރެ އެއްނުން ދޯ.” ރާކިން ފޯރިއާއި އެކު ބުނެލިއެވެ. މިހާރު މި މީހާގެ ‘ގޭމް’ ކުޅެ ކުޅެ ރާކިން ފޫހި ވެއްޖެއެވެ. އެހެންކަމުން ރާކިން ބޭނުންވަނީ އޭނައަށް ވުރެއް ކުރިއަށް އަރާށެވެ. “ޔާ މި ބިލްޑިންއެއްގެ ހުރިހާ ފްލޯއެއްގަވެސް ކެމެރާ ހުރޭ” އާހިލް ބުނެލިއެވެ. “އެހެންވީމަ އަހަރުމެން ދެމީހުންގެ މަސައްކަތް އެއީ.. ހަމަ ގައިމުވެސް އެކަން ކުރި މީހެއް އިންނާނެ އެއްނުން ކެމެރާއަށް އަރާފަ” ރާކިން ހިގައިގަންނަމުން ބުނެލިއެވެ. އާހިލްވެސް ރާކިންގެ ފަހަތުން ނިކުތެވެ.
ނަދީމް ދިޔަ ބާރު މިނުގައި އެތަނުން ބޭރަށް ނިކުތެވެ. އޭރު އަތުގައި އޮތް ގަނޑު އޮތީ ބޮނޑިވެފައެވެ. ހުރިހާ ރުޅިއެއް ބޭލެމުން ދިޔައީ އަތުގައި އޮތް އެ ގަނޑަށެވެ. ރާކިން އެއުޅެނީ ކީއްވެގެން ބާއެވެ. އޭނަ އެކަހަލަ އެއްޗެކޭ ބުނަން ވީ ކީއްވެބާއެވެ. އަނެއްކާ މާއިން ހަގީގަތުގަވެސް ނަދީމްއަށް ކެހި ދީފާނެ ހެއްޔެވެ. އަނެއްކާ އެ ގަނޑުގައި އޮތީ ކޮންއެއްޗެއް ބާއެވެ. ނަދީމް އަތް އުފުލާލަމުން ގަނޑާއި ދިމާލަށް ބަލާލިއެވެ. “ނަދީމް” ފަހުދުގެ އަޑު އިވުމާއި އެކު ނަދީމް އަތް ތިރިކޮށްލިއެވެ. ދައްޕިލަ ފިއްތާ ބާރުކޮށްލީ ކޮލުގެ ކަށިގަނޑަށް ތަދުވާ ވަރަށެވެ. “ރާކިން ކީކޭތަ ހީކުރަނީ” ފަހުދު އައިސް ހުއްްޓުމާއި އެކު ނަދީމް ރުޅިވެރިކަމާއި އެކު ނަމަވެސް މަޑުން ވާހަކަ ދެއްކިއެވެ. ފަހުދު އެއްވެސް އެއްޗެއް ނުބުންޏެވެ. “ފަހުދުއަށް ވެސް ހީވޭތަ މާއިން އެކަހަލަ ކަމެއްކޮށްފާނެއޭ” ނަދީމް ފަހުދުގެ މޫނަށް ބަލާލަމުން އަހާލިއެވެ. އެވަރުންވެސް ފަހުދު އެއްވެސް އެއްޗެއް ނުބުންޏެވެ. “ޑޫ ޔޫ ނޯ ސަމްތިން” ފަހުދު ހުރި ގޮތުން ނަދީމް އަހާލިއެވެ. “ތިގަނޑު ކިޔާލަބަލަ.. އޭރުން އެގިދާނެ އެއްނުން ރާކިން އެ ދައްކަނީ ތެދު ވެއްޖެއްޔާ” ފަހުދު ބުނެލިއެވެ. ނަދީމް ފަހުދު އާއި ދިމާލަށް ފާޑަކަށް ބަލާލިއެވެ. އޭނަގެ ހިތް މަޑުމަޑުން ތެޅެން ފެށިއެވެ. އޭނަ މާއިން ދެކެ ހާދަ ލޯތްބެއް ވީމެވެ. އެކަމަކު މާއިން.. ނަދީމް މަޑުމަޑުން އެ ގަނޑު ނަގާ ބަލާލިއެވެ.
ރާއިދު މަޑު ހިގުމެއްގައި ގޮސް މަޑުކޮށްލީ ޑިރެކްޓަރގެ ރޫމް ކައިރިއަށެވެ. އަދި މަޑުމަޑުން ޓަކި ޖަހާލިއެވެ. އެތެރެއިން ވަނުމަށް ހުއްދަ ދިނުމުން ރާއިދު ދޮރު ހުޅުވާލުމަށްފަހު ވަނެވެ. “ރާއިދު މިކަން ދެން ނިންމަން ވެއްޖެއެއްނުން މިހާރު.. މިއީ ކިތައްވަނަ ފަހަރުތަ.. އެ ހިފަހައްޓާފަ އިން ކުއްޖާތަ އެކަން ކުރަނީ.. އެހެންވިއްޔާ އަވަހަށް އޭނަ ޖަލަށްލާ.. މިހާރު މިކަންތަކާއި ހުރެ މަގޭ ބޯ ފަޅައިގެން ދާ ވަރުވޭ” ޑިރެކްޓަރ ރާއިދު ފެންނުމާއި އެކު ވާހަކަ ދެއްކިއެވެ. “ބައްލަވާ.. ސަރ.. މާއިންއެއް ނޫން ޤާޠިލް އަކީ” ރާއިދު ވާހަކަ ދެއްކިއެވެ. “މާއިން..” ޑިރެކްޓަރ ސުވާލުގެ ނަޒަރުން ރާއިދުއާއި ދިމާލަށް ބަލާލިއެވެ. “އާދެ.. މިހާރު އެ ހިފަހައްޓާފަ އިން ކުއްޖާ.. އޭނައެއް ނޫން މީހުން މަރަނީ” ރާއިދު ބުނެލިއެވެ. ޑިރެކްޓަރ ބޮލުގައި ހިފަހައްޓާލިއެވެ. އަދި ރާއިދުއައި ދިމާލަށް ބަލާލިއެވެ. ރާއިދު ޑިރެކްޓަރއަށް ފަހުދުގެ ކޮއްކޮގެ ވާހަކަ ކިޔައިދިނެވެ. އަދި ވައިރެސްގެ ވާހަކައާއި ނަދީމްއަށް އެޓޭކް ކުރަން އުޅުނު ވާހަކަ ކިޔައިދިނެވެ. “އަދި ތަ ތިވާހަކަތައް މަށަށް ކިޔައިދެންވީ” ޑިރެކްޓަރ ހިތްހަމަ ނުޖެހިނުނީ އެހާ ބައިވަރު ކަންތައް ވީ އިރުވެސް އޭނަ ކައިރީގައި ނުބުނީމައެވެ. “ސޮރީ ސަރ… ބިޒީކޮށް އުޅެން ޖެހުމުގެ ސަބަބުން އަސްލު ނާދެވުނީ.. އެކަމަކު އަޅުގަނޑު ޔަގީންކަންދެން.. މާއިން އެއީ ޤާޠިލެއް ނޫން.. ރާކިން އާއި އާހިލް މިހާރުވެސް ލީޑެއް އެބަ ބަލާ.. ޕްލީޒް.. މާއިން ދޫކޮށްލުމުގެ ހުއްދަ ދެއްވާ” ރާއިދު މަޑުމަޑުން ބުނެލިއެވެ. “އެކަމަކު ތި ބުނާ މާއިން ފެނުނީ މާޑަރ ވެޕަންއާއި އެކުގައެއް ނޫންތަ” ޑިރެކްޓަރ ގޮޑީގައި ރަނގަޅަށް އިށީދެލަމުން ބުނެލިއެވެ. “އާދެ.. އެކަމަކު އެއީ ގަސްދުގަ އޭނަގެ ބޮލުގައި އެމީހަކު ތުހުމަތު އަޅުވަން ވެގެން.. ވިސްނަވާ.. ފަހުދު ކުރި ކަމެއްނޫން.. މީޑިއަރ އަށް ހަބަރު ދިނުންވެސް.. އެކަމަކު އެމީހަކު ފަހުދުގެ ކެރިއަރ ދުއްވާލަން ވެގެން އެގޮތައް ހެދީ.. އޭގެ ފަހުގައި ފަހުދުގެ ކޮއްކޮ… ދެން ނަދީމް.. ނަދީމްގެ ސިސްޓަމް ބޭނުންކޮށްގެން އެމީހަކު އެ ވައިރެސްއެއް ދޫކޮށްލީ… ނަދީމްގެ ކެރިއަރ ހަލާކު ކޮށްލަން.. އޭގެ ފަހުގައި އޭނަ ރައްޓެހިވެގެން އުޅޭ ކުއްޖާ..” ރާއިދު ބުނެލިއެވެ. “ތީގެ މާނައަކީ އަހަރުމެންގެ ތެރެއިން މީހެކޭ ދޯ އެއީ.. މި ބިލްޑިންއަށް ވަދެވޭނީ ޕޮލިހަކަށް.. އާއްމު ރައްޔިތަކަށް ނުވަދެވޭނެ” ޑިރެކްޓަރ ބުނެލިއެވެ. “ޔޭސް ސަރ.. ” ރާއިދު އިސްޖަހާލަމުން ބުނެލިއެވެ.
ރާކިންއާއި އާހިލް ގޮސް ވަނީ ކެމެރާތައް މޮނިޓަރ ކުރާ ރޫމްއަށެވެ. އެތަނުގައި ތިބި ދެމީހުން ރާކިން ފެންނަ އިރަށް ކޮޅަށް ތެދުވެލިއެވެ. “އަހަރެންނަށް ދައްކަބަލަ ފަސްވަނަ ފްލޯގެ ފުޓޭޖްތައް.. އެއްދުވަސް ކުރިން ފެށިގެން” ރާކިން ބުނެލިއެވެ. އެމީހާ ރާކިން ބުނި ކެމެރާގެ ފުޓޭޖްތައް ބަލަން ފެށިއެވެ. ރާކިން ބޭނުންވާ ހިސާބަށް ދިއުމުން ހުއްޓާލުމަށް ރާކިން ބުނެލިއެވެ. “އެއީ އެމީހަކީ” ރާކިން ބުނެލިއެވެ. ޕޮލިސް ޔުނިފޯމްގައި ދިޔަ މީހަކު މަޑުމަޑުން ނަދީމްގެ ސިސްޓަމް ކައިރީގައި އިށީދެލިއެވެ. އަދި ދެކޮޅު ހޯދާ ބަލާލުމަށްފަހު ޕެން ޑްރައިވް އެއްޖެހުމަށްފަހު ކޮންމެވެސް މަސައްކަތެއް ކުރަން ފެށިއެވެ. ހަލުވި ކަމާއި އެކުގައެވެ. “އެއީ ނަދީމްސަރ އެއްނޫން” އާހިލް ކައިރިވެލަމުން އަހާލިއެވެ. “އާ.. އެއީ ނަދީމްއެއް ނޫން.. ސަބަބަކީ ނަދީމް އެގަޑީގައި ހުރީ އަހަރުމެން ކައިރީގައި ކޮންފަރެންސްގަ.. ބަލާބަލަ ގަޑި” ގަޑި ދައްކާލަމުން ރާކިން ބުނެލިއެވެ. “އެމީހާގެ ޓެގް ކޮޅަށް ޒޫމް ކޮށްލަބަލަ” އެތަނުގައި އިން މީހެއް ކައިރީގައި ރާކިން ބުނެލިއެވެ. ޕޮލިސް ތޮފި އަޅައިގެން ހުރުމުން އެމީހާގެ މޫނު ވަނީ ފޮރުވިފައެވެ. ނަމަވެސް ނަން ޓެގް ކޮޅު ފެންނަން އިނުމުން ރާކިން ބުނެލިއެވެ. އެމީހާ ޒޫމް ކޮށްލާފައި ނަން ބަލާލިއެވެ. އެވަގުތު އާހިލްއަށް ފިޔަވަޅެއް ފަހަތައް އަޅާލެވުނެވެ. ރާކިން ހައިރާން ކަމާއި އެކު އާހިލްއަށް ބަލާލިއެވެ.
އާދެވުނު ރުޅީގައި ނަދީމް އެގަނޑު ވީދާ ކުދި ކުދި ކޮށްލިއެވެ. ނޭނގި ނަމަވެސް ދެލޯ ކަރުނުން ފުރުނީ ހިތައް ވަމުން ދިޔަ ތަދުގެ ސަބަބުންނެވެ. މާއިން އެހެން ހަދަންވީ ކީއްވެ ހެއްޔެވެ. އޭނަ މާއިން ދެކެ ހާދަ ލޯތްބެއް ވިއެވެ. މާއިން ބުނިހާ ކަމެއް އޭނަ ކޮށްދިނީ ހެޔޮހިތުން ލޯތްބާއި އެކުގައެވެ. ދެން އޭނަ އެހެން މީހެއް ކައިރިއަށް ދާންވީ ކީއްވެ ހެއްޔެވެ. “ސޮރީ ނަދީމް” ފަހުދު ބުނެލިއެވެ. ނަދީމް ދެއަތުން ލޯ ފުހެލިއެވެ. “ޑޫ ޔޫ ނޯ ދެޓް ބިފޯ” ނަދީމް ފަހުދު އާއި ދިމާލަށް އެބުރެމުން އަހާލިއެވެ. “އަހަރެންނަށް ޝައްކު ވެފަ ހުރީ.. އެކަމަކު ރާކިން ތި ބެލި ދުވަހު އަހަރެންނަށް ގުޅާފަ ބުނި.. އަދި ބުނި ނަދީމް ކައިރީގައި ބުނާށޭވެސް.. އެކަމަކު އަހަރެންނަށް ނުކެރުނީ.. އަހަރެންނަށް އެނގޭ ވިއްޔަ އޭނައަށް ނަދީމް ލައިކް ވާ ވަރު” ފަހުދު ބުނެލިއެވެ. “އޭނަ ކޮންމެ ގޮތަކަށް ކަންތައް ކުރިޔަސް އަހަރެން އޭނަ އެތަނުން ނެރެން ބޭނުންވޭ… އޭނަ އަހަރެން ދެކެލޯބި ނުވިޔަސް އަހަރެން އޭނަދެކެ ލޯބި ވޭ.. އެހެންނޫނަސް އޭނައަކީ ޤާޠިލެއް ނޫން.. އެހެންވީމަ އޭނަ އެތަނުގައި އިންނާކަށް ޑިޒާވްއެްނޫން” ނަދީމް ބުނެލިއެވެ. “އަހަރެންވެސް ތިކަމާއި އެއްބަސް” ފަހުދު ހިނިތުންވުމެއް ރައްދު ކޮށްލަމުން ބުނެލިއެވެ.
ނަދީމްއާއި ފަހުދު އެ ރޫމް ތެރެއަށް އައި އިރު ރާކިން އާއި އާހިލްވެސް އައިސް އެތެރެއަށް ވަންނަނީއެވެ. “ކޮބާ ކިހިނެއްވަނީ” އެތެރެއަށް ވަދެގެން އައި އާހިލްއާއި ރާކިން ފެނުމުން ބަލަން ހުރި ފައިލް ތިރިކޮށްލަމުން ރާއިދު ބުނެލިއެވެ. އެވަގުތު ނަދީމްއާއި ދިމާލަށް ރާކިން ބަލާލިއެވެ. ނަދީމް ފަޑު ހިނިތުންވުމެއް ރާކިންއަށް ރައްދުކޮށްލަމުން ތިމަންނަ އޯކޭއޭ ބުނެލިއެވެ. “ކީކޯ ޑިރެކްޓަރ ބުނަނީ” ރާކިން އަހާލިއެވެ. “އަހަރުމެންނާއި އެއްބަސް.. އެއްކޮޅަށް ހުރީ.. އެކަމަކު ހިތްހަމަނުޖެހިފަ.. ހުރިހާކަމެއްލަހުން ކިޔައިދިނީމަ..” ރާއިދު ކުރު ގޮތަކަށް ޑިރެކްޓަރ އާއި އެކު ވާހަކަ ދިޔަ ގޮތް ކިޔައިދިނެވެ. “ކޮބާ ފެނުނުތަ” ރާއިދު އަހާލިއެވެ. ރާކިން ބަލާލީ އާހިލްއަށެވެ. އަދި އެތަނުގައި ހުރި މޭޒުމަތީގައި އިށީދެލިއެވެ. “އާ ކާކުކަން އެގިއްޖެ” އާހިލްއާއި ދިމާލަށް ބަލާލަމުން ރާކިން ބުނެލިއެވެ. އާހިލްވެސް އެންމެންނާއި ދިމާލަށް ބަލާލިއެވެ. “އަހަރެން ހިޔެއް ނުކުރަން އެމީހަކަށް ވެދާނެކަމަކަށް.. އެކަމަކު.. އެއީ ހުސައިން” ރާކިން ފަހަރަކު މީހެއްގެ މޫނަށް ބަލާލަމުން ބުނެލިއެވެ. “ވަޓް.. ހުސައިން..ނޫން ތީ ނުވާނެ ގޮތެއް” ފަހުދު ވަގުތުން ދެކޮޅު ހެދިއެވެ. “އެއީ ކީއްވެތޯ ނުވާނެއޭ ތި ބުނަނީ.. އަޅުގަނޑުމެން ދެކުނިން އޭނަގެ ނަން.. އެންޑް ތެދުވަމުން އޭނަ ކެމެރާއާއި ދިމާލަށް ބަލާލަމުން ހީވެސްލި.. ” އާހިލް ފާރުގައި ލެގިލައި އެއްފައި ފާރުގައި ޖައްސާލަމުން އަތް ޖީބަށް ޖަހާލިއެވެ. “ސަބަބަކީ އަހަރެންނަށް ހުސައިން އެނގޭތީ.. އޭނައަކީ އެކަހަލަ ކަމެއް ކުރާނެ މީހެއްނޫން..ރާއިދުސަރ އޭނައަކީ އަޅުގަނޑު ކަހަލަ މީހެއް.. ލޭ ފެނުނީމަ ގޮތްވާނެ..އޭނަ ކިތައްމެ ބޭނުންވިޔަސް އޭނައަށް މީހަކު ނުމެރޭނެ” ފަހުދު ޔަގީންކަމާއި އެކު ވާހަކަ ދެއްކިއެވެ. “އޯކޭ.. އެކަމަކު ސުވާލު ކޮށްލުމުން ލިބޭނެ ގެއްލުމަކީ ކޮބާ” ރާކިން ފޯރިއާއި އެކު ބުނެލިއެވެ. “ޔޫ ގައިސް ފޮގެޓިން ސަމްތިން… ވަޓް އެބައުޓް ހާ” ނަދީމް މާއިން ދައްކާލަމުން ބުނެލިއެވެ. “ޔާ.. އެބުނާހެން.. ޑިރެކްޓަރ ބުނީ ރަނގަޅަށް އިސްވެސްޓިގޭޓް ކުރާށޭ..” ރާއިދު އެންމެންނާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ.
“އޯކޭ.. އެހެންވީމަ ފުރަތަމަ މާއިންގެ ކަންތައް ނިންމާނީ.. އޭގެ ފަހުގައި ހުސައިން ގެންނާނީ” ރާކިން ކުޑަގޮތަކަށް ކަންތައް ކުރަންވީ ގޮތް ކިޔައިދިނެވެ. އެންމެން އެއްފަހަރާ ގޮތަކަށް ބޯ ޖަހާލިއެވެ. “އެހެންވީމަ ރާކިންއާއި ފަހުދު އޭނައާއި ސުވާލު ކުރަންދޭ.. ނަދީމް.. އިފް ޔޫ ޑޯންޓް މައިން.. ކޭން ޔޫ ވެއިޓް” ރާއިދު ބުނެލިއެވެ. “ތީ ރަނގަޅު ގޮތް.. އަހަރެން އަދި އޭނައާއި ފޭސް ޓު ފޭސްކޮށް ބައްދަލު ކުރާހާ އޯކޭއެއް ނޫން” ނަދީމް އެއްބަސް ވެލިއެވެ. ފަހުދު އާއި ރާކިން ބޭރަށް ނިކުތެވެ.
މާއިން އިސްއުފުލާ ބަލާލީ ދޮރު ހުޅުވުނު އަޑަށެވެ. އެތެރެއަށް ވަދެގެން އައި ރާކިން އާއި ފަހުދު ފެނުމުން މާއިންގެ މޫނުމަތީން ހިތްހަމަނުޖެހުމުގެ އަސަރު ފާޅުވަމުން ދިޔައެވެ. “ހޭ މާއިން” ރާކިން އައިސް ގޮޑީގައި އިށީދެލަމުން ބުނެލިއެވެ. އެވަގުތު މާއިން ބަލާލީ ޖަހާފައިވާ ބިއްލޫރިގަނޑާއި ދިމާލަށެވެ. “ޑޯންޓް ވޮރީ.. ނަދީމްއެއް ނައަންނާނެ.. އަހަރެން މި އައީ ސުވާލު ކުރަން.. ކުރިން ވެސް ކުރިހެން.. އެންޑް އެދުވަހު އަހަރެންނަށްވެސް އަދި މާއިންއަށް ވެސް އެގޭނެ މާއިން އަހަރެންނަށް ކަމެއް ސިއްރު ކުރިކަން.. އެކަމަކު މިހާރު އެވާހަކަ ދެއްކުން އެހާ މުހިއްމެއްނޫން.. ސަބަބަކީ އަހަރެންނަށްވެސް އަދި އަހަރެންގެ ޓީމް ދެން ތިބި މެންބަރުންނަށްވެސް އެއީ ކޮންކަމެއްކަން މިހާރު އެގޭތީ” ރާކިން ބުނެލިއެވެ. އެވަގުތު އަނެއްކާވެސް ހާސްކަމާއި އެކު މާއިން ބަލާލީ އެ ލޯގަނޑާއި ދިމާލަށެވެ. “އަހަރުމެން މިއައީ މާއިން މިކަމުން ސަލާމަތްކޮށްދޭން.. އެހެންވީ އެއްވެސް އޮޅުވާލުމެއް ނެތި ތެދުބަހުން ވާހަކަ ދައްކަނީ އިގޭ..” ފަހުދު ކައިރިއަށް ޖެހިލަމުން ބުނެލިއެވެ. މާއިން އިސްޖަހާލީ އާއެކޭ ބުނެލާ ގޮތަކަށެވެ. “މާއިންއަށް އެނގޭތަ ކިހިނެއްކަން ވީ” ރާކިން ސުވާލު ކުރިއެވެ. “ނޫން.. ނޭނގޭ… އަޅުގަނޑު ޑިއުޓީ ނިންމާފަ ދިޔައީ ރައްޓެހި ކުއްޖެއްގެ އުފަންދުވަސް ފާހަގަ ކުރާތީ ޕާޓީއަށް.. އެއީ ވަރަށް ކުރީގެ ފްރެންޑްއެއް.. އެގެއަށް ގޮސްފަ ނިކުން އިރު މީހާ ހުރީ ކުޑަކޮށް ބޮލުގައި ރިއްސާފަ..އެގެއިން ނިކުމެވުނު ހަދާނެއް ވޭ.. އެކަމަކު ދެން އެނގެން ފެށިއިރު އަހަރެން އޮތީ އެމަރުވެފައިވާ.. އޯހް މައި ގޯޑް.. އެކުއްޖާ އޮތް ގޮތް…. އަޅުގަނޑުގެ ގައިގައި.. އޯހް..ޕްލީޒް.. ” މާއިންއަށް ވާހަކައެއް ނުދެއްކުނެވެ. އަނެއްކާވެސް ރޮވެން ފެށުނެވެ. އަދިވެސް މަރުވެފައިވާ ކުއްޖާ އޭނަގެ ކުރިމަތިން ފެންނަ ކަހަލައެވެ. “ލުކް.. ހަމަޖެހިބަލަ.. މިހާރު މާއިން ތިއިނީ އަހަރުމެން ކައިރީގައި.. ހެޔޮ ސަލާމަތުން” ރާކިން ބުނެލިއެވެ. “ޔާ..އެކަމަކު އެކުއްޖާ.. އޭނައަށް ކޮށްފަ ހުރި ވަރު ފެނުނުތަ .. އަހަރެން ނޫނަސް އަހަރެންނަށް ހީވަނީ” މާއިން އަތައް ބަލާލިއެވެ. “އޯކޭ.. ޕާޓީގަ އެއްވެސް އެއްޗެއް މާއިން ބޭނުން ކުރިންތަ” ފަހުދު އަހާލިއެވެ. “ހޫމް.. ކޯކް ތައްޓެއް ބުއިން” މާއިން އެތެރެއަށް ނޭފަތް ދަމާލަމުން ބުނެލިއެވެ. “ކޭން ޔޫ ރައިޓް މާއިންގެ އެކުވެރިޔާގެ ނަން” ރާކިން ބުނެލިއެވެ.
އެހެން ބުނެލަމުން މާއިންއާއި ކައިރިއަށް ގަނޑަކާއި ގަލަމެއް ޖައްސާލިއެވެ. މާއިން އަވަސް ކަމާއި އެކު ދެތިން ނަމެއް ލިޔެލިއެވެ. “އަހަރެން އެކަހަލަ ކަމެއް ނުކުރަން.. މި ކުދިންނަކީ އަހަރެން އެޕާޓީގައި އެކީގައި އުުޅުނު ކުދިން.. ރާކިންސަރ.. ޕްލީޒް އަޅުގަނޑު” “އަހަރެންނަށް އެނގޭ މާއިން ނުކުރާކަން މިކަން.. އެކަމަކު އަހަރެންނަށް އަދި އެނގުނަސް ޕްރޫފް ބޭނުންވާނެ ދޯ.. ދެރަ ނުވޭ.. އިރާދަކުރެއްވިއްޔާ ދެރަ ގޮތެއް ނުވާނެ” މާއިންގެ ޖުމްލަ މެދު ކަނޑާލަމުން އެތަނުން ތެދުވަމުން ރާކިން ބުނެލިއެވެ. އަދި ފަހުދުއާއި ދެމީހުން އެތަނުން ބޭރަށް ނިކުތެވެ. އަނެއް ރޫމްއަށް ގޮސް ރާއިދުއަށް އެކުދިންގެ ނަންތައް ލިޔެފައިވާ ލިސްޓް ހަވާލު ކޮށްލިއެވެ. “ނަދީމް.. މި މީހުންނާއި ބައްދަލު ކޮށް މިކަންތައް ބަލާބަލަ.. އަހަރެން މާއިން ދޫކޮށްލުމުގެ ކަންތައް ނިންމާނަން.. ރާކިން ހުސައިންއާއި ވާހަކަ ދައްކަން ވީނުންދެން” ރާއިދު ބުނެލިއެވެ. “އަހަރެން ބޭނުންވަނީ ހުސައިން މިތަނަށް ގެންނަން.. އެންމެ ރަނގަޅުތަ” ރާކިން ބުނެލިއެވެ. ރާއިދު ބޯޖަހާލަމުން ބޭރަށް ނިކުތެވެ. އާހިލްއާއި ނަދީމް ދިޔައީ މާއިންގެ އެކުވެރިންނާއި ބައްދަލު ކުރާށެވެ. ފަހުދު ރާކިންއާއި ދިމާލަށް ބަލާލަމުން ބޭރަށް ނިކުތެވެ.
ރާއިދު ޑިރެކްޓަރ އާއި ވާހަކަ ދެއްކިއެވެ. މާއިން އާއި ދެކޮޅަށް ހުރި ހުރިހާ ހެކިތަކެއް ދެއްކިއެވެ. އެހެންކަމުން ފަނަރަ މިނެޓް ތެރޭގައި މާއިން ދޫކޮށްލެވުނެވެ. އެއީ މީހަކު މާއިންގެ ބޮލުގައި އެލުވި ކަމެއް ކަމުގައި ބަލާފައެވެ. “ފަހުދު” ހުސައިން އުފަލާއި އެކު ވާހަކަ ދެއްކީ އެތެރެއަށް ވަދެގެން އައި ފަހުދު ފެނުމާއި އެކުގައެވެ. “ކިހިނެއްތަ ހުރިހާކަމެއް ފިރިހެނާ” ހުސައިން ފެނުމާއި އެކު ބޮޑު ހިނިތުންވުމެއް ރައްދުކޮށްލަމުން ފަހުދު ބުނެލިއެވެ. “ރަނގަޅު ހުރިހާ ކަމެއްވެސް.. އަހަރެން އަޑުއެހިން ފަހުދުގެ ބޮސް ފަހުދު ސަސްޕެންޑް ކުރި ވާހަކަ” ހުސައިން ހައިރާންކަމާއި އެކު ވާހަކަ ދެއްކިއެވެ. “އަހަރެން ސަސްޕެންޑް ކުރި ނަމަ މިއަދު މިތާކު ނުހުންނާނެ އެއްނުން” ފަހުދު އޭނަގެ ގޮޑީގައި ޖައްސާލަމުން ބުނެލިއެވެ. ” ރަނގަޅު ވާހަކައެއް.. އޭ މޭން ސޮރީ ފޮ ޔުއަރ ލޮސް” ހުސައިން ފަހުދުއާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ. ފަހުދު ރައްދުކޮށްލީ ފަޑު ހިނިތުންވުމެކެވެ. “އަހަރެން މިއައީ ކަމަކުއޭ ހުސައިން.. ހިނގާބަލަ.. އަހަރެންނާއި އެކު” އެތަނުން ތެދުވަމުން ހުސައިންއާއި ދިމާލަށް ބަލާލަމުން ފަހުދު ބުނެލިއެވެ. “ކޮންތާކަށް” ތެދުވަމުން ހުސައިން އަހާލިއެވެ. ފަހުދު އެއްވެސް އެއްޗެއް ނުބުނެއެވެ. ހުސައިން ފަހުދުގެ ފަހަތުން ހިގައިގަތެވެ.
ފަހުދު އާއި ހުސައިން އައިސް ސެލްއަށް ވަތް އިރު ރާކިން މަޑުކޮށްލައިގެން އެތަނުގައި އިނެވެ. “އާދޭ އިށީދޭ” ރާކިން ހުސައިންއަށް ބުނެލިއެވެ. “ވަޓް އިޒް ދިސް… މީ ކޮންކަމެއް” ހުސައިން ފަހުދުގެ މޫނަށް ބަލާލިއެވެ. ފަހުދު އެއްވެސް އެއްޗެއް ނުބުނެ އެތަނުން ނިކުމެގެން ދިޔައެވެ. ހުސައިން މަޑުމަޑުން އެތަނުގެ ގޮޑީގައި އިށީދެލިއެވެ. “ރާކިން” ހުސައިން ބުނެލިއެވެ. “ސޯ ޔޫ ރިމެންބަރ މީ” ރާކިން ފަޑު ހިނިތުންވުމެއް ރައްދުކޮށްލަމުން ހުސައިންއާއި ވާހަކަ ދެއްކިއެވެ. “ކީއްވެ ހަނދާން ނެތެއްވީ.. ވީ އާ ބެސްޓް ފްރެންޑްސް” ހުސައިން އެއިންގޮތައް އިދެ ވާހަކަ ދެއްކިއެވެ. “ޔާ.. އެއީ ހުސައިން އެ ލާރިގަނޑު ނަގާފައި މަގޭބޮލައް ބިއްދާލި ދުވަހާއި ހަމައަށް” ރާކިން ހުސައިންގެ މޫނަށް ބަލާލިއެވެ. “އެއީތަ މިކަމަކީ.. ކަމޯން ރާކިން.. އަހަރެން އެދުވަހުވެސް އަދި މިއަދުވެސް މި ބުނަނީ އަހަރެން އެއެއް ނުނަގަމޭ.. ކިހާ ދެރަކަމެއް.. ނައު އިޓްސް އޯވޭ.. ގެޓް އޯވާ ވިތް އިޓް” ހުސައިން ހިތްހަމަ ނުޖެހުނެވެ. މީގެ އެއްއަހަރުގެ ކުރީގެ ކަމެއްގައި އަދިވެސް ސުވާލު ކުރާތީއެވެ. “އަސްލު މިއީ އެކަމެއްނޫން.. އެކަމަކު އެވާހަކަ ދެއްކުނީތީ އަހަރެން ބުނެލާނަން.. އައި ކާންޓް.. ކޮޒް ހުސައިންއާއި ހެދި އަހަރެންނަށް ފޭސް ކުރަން ޖެހުނު ކަންތަކަކީ ހަނދާން ނައްތާލެވޭނެ ކަމެއް ނޫން.. އެނީވޭ.. ލެޓްސް ގެޓް ޓު ދަ ޕޮއިންޓް.. ކީއްވެ މި ގަޑީގަ އޮފީހުގަ ތި އުޅެނީ” ގަޑި ބަލާލަމުން ރާކިން ބުނެލިއެވެ. “އަހަރެން ނިންމަން ޖެހޭ ކަންތައްތަކެއް ހުރީމަ.. އެކަން ނިންމަން.. އިޒް ދިސް އަ ކްރައިމް ނައު” ހުސައިން އަހާލިއެވެ. ރާކިން ހިނިތުންވުމެއް ރައްދު ކޮށްލިއެވެ.
އާހިލް އާއި ނަދީމް އައިސް ރޫމް ތެރެއަށް ވަނެވެ. އޭރު ރާއިދުއާއި ފަހުދު އެތަނުގައި މަޑުކޮށްލައިގެން ތިއްބެވެ. “ކިހިނެއްވަނީ” ރާއިދު ނަދީމްއާއި ދިމާލަށް ބަލާލިއެވެ. “ސީ ވޯޒް ޓެލިން ދަ ޓްރޫތް.. މިއީ އޭނަގެ އެކުވެރިންގެ ބަޔާން” ނަދީމް ފައިލްއެއް ދިއްކޮށްލަމުން އަހާލިއެވެ. “ގުޑް ވޯކް.. އެންޑް މާއިން ދޫކޮށްލައިފިން.. ދެ ޕޮލިހުންނާއި އެކު ގެއަށް ފޮނުވައިފިން..” ނަދީމްއާއި ދިމާލަށް ބަލާލަމުން ހިނިތުންވުމެއް ރައްދުކޮށްލަމުން ރާއިދު ބުނެލިއެވެ. “އެންޑް އާހިލް.. ކޭން ޔޫ ސީ މި ހުސައިންގެ ހުރިހާ އެއްޗެއް.. ހުސައިންއާއި ބެހޭގޮތުން އެގެން ހުރި ހުރިހާ މައުލޫމާތެއް އަހަރެން ބޭނުން.. ވަރަށް އަވަހަށް” އާހިލް އާއި ދިމާލަށް ބަލާލަމުން ރާއިދު ބުނެލިއެވެ. އާހިލް ބޯޖަހާލަމުން އެތަނުން ނިކުތެވެ. “ކިހިނެއްދަނީ” ނަދީމް ބިއްލޫރިގަނޑާއި ކައިރިވެލަމުން އަހާލިއެވެ. “ގޮއިން ސްލޯ” ރާއިދު ބުނެލިއެވެ. “އަހަރެން އަދިވެސް މި ބުނަނީ މިއީ ހުސައިން ކުރާ ކަމެއް ނޫނޭ” ފަހުދު ބުނެލިއެވެ. ނަދީމް ފަހުދުގެ ކޮޑުގައި އަތް ބާއްވާލިއެވެ.
“ނޫން.. ކްރައިމްއެއް ނޫން.. އަހާލީ.. އެނީވޭ.. ހުސައިންއަށް އެނގޭތަ ކޮންޕިއުޓަރ އާއި ވަރަށް މޮޅަށް ކުޅެން” ރާކިން ސުވާލު ކޮށްލިއެވެ. “ޔާ އަހަރެންނަށް އެނގޭ.. އެކްސް އެލް.. ވޯޑް.. އެއްޗެއްސާއި ކުޅެން” ހުސައިން ބުނެލިއެވެ. “އަހަރެން މިބުނީ އެގޮތައް ވާހަކައެއް ނޫން” ރާކިން ބުނެލިއެވެ. ހުސައިން ބަލާލީ ކިހިނެއްހޭ އަހާލާ ގޮތަކެވެ. “މިބުނީ ހެކް ކުރަން.. މީހުންގެ ސިސްޓަމް ބޭނުންކޮށްގެން ވައިރެސް ފޮނުވަން” ރާކިން އަހާލިއެވެ. “ވަޓް.. ނޯ.. އަހަރެންނަކަށް ނޭނގޭ.. މިއީ ކޮންކަމެއްތަ.. ” ބިއްލޫރިގަނޑާއި ދިމާލަށް ބަލާލަމުން ހުސައިން އަހާލީ ފުދޭވަރަކަށް ބާރަށެވެ. ހުސައިންގެ މޫނުމަތިން އޭނައަށް އެއްވެސް އެއްޗެއް ނޭގެއޭ ބުނާކަހަލައެވެ. “ތިބުނަނީ ހުސައިންއަށް އެކަހަލަ ކަންތައް ކުރަން ނޭނގެއޭތަ” ރާކިން އަހާލިއެވެ. “އާ.. އަހަރެން މި ބުނަނީ ނޭނގެއޭ.. ކިހިނެއް ވެގެންތަ ރާކިން ތިއުޅެނީ” ހުސައިން އަޑު ބާރުވާން ފެށިއެވެ. ހިތްހަމަނުޖެހުމާއި އެކު ވާހަކަ ދެއްކުނީ އޭނައަށް ވަމުންދަނީ ކިހިނެއްކަން ނޭނގޭތީއެވެ. “ބާރަށް ވާހަކަ ނުދައްކާ.. ނޭނގޭކަމަށް ހަދާނެ ކަމެއް ނެތް.. ހަދާން އެބަހުރިތަ މީގެ އެއްދުވަސް ކުރިން މިތަނުގެ ހުރިހާ ސިސްޓަމްއެއް ހެކް ކުރި ހަނދާން.. ވައިރެސްއެއް ބޭނުންކޮށްގެން” ރާކިން ބުނެލިއެވެ. “އާ އަހަރެން ހަނދާން އެބަހުރި… އެކަމަކު އަހަރެން އަޑުއެހީ އެއީ ރާކިންގެ.. ވެއިޓް.. ޔޫ ތިކްން އެއީ އަހަރެން ކުރި ކަމެކޭތަ” ހައިރާން ކަމާއި އެކު ހުސައިން އަހާލިއެވެ. ރާކިން މޫނު މައްޗަށް ފާޑެއްގެ ގޮތެއް ހަދާލިއެވެ. ހުސައިންއާއި ދިމާލަށް ބަލާލަމުން ބުމަ އަރުވާލިއެވެ. “ލުކް.. އައި ޑިޑިން ނޯ އެނީތިން އެބައުޓް ހެކިން.. އަހަރެންނަކަށް ނޭނގޭ ހެކް ކުރާކަށް.. ހަމަ އަސްލަށް” ހުސައިން ހައިރާންވި ވަރުން ގޮޑިން ތެދުވެވުނެވެ.
“ކޮންމެ މާޑަރ އެއް ހިގި އިރު އެތަނާއި ކައިރިން ހުރި ކެމެރާތަކުން ހުސައިން ފެނިފަ ވޭ” އާހިލް ލެޕް ހިފައިގެން އެތެރެއަށް ވަންނަމުން ވާހަކަ ދެއްކިއެވެ. “ކޮންމެ މާޑަރއެއް ވަކިން.. މިހުރީ” ހުރިހާ ތަނަކުން ނަގާފައިވާ ފޮޓޯތައް އެތަނުގައި ތިބިމީހުންނަށް ދައްކާލަމުން އާހިލް ބުނެލިއެވެ. އެވަގުތު ރާއިދު ފޯނު ނަގާ އެ މަންޒަރުތައް ފޮޓޯ ނަގާލިއެވެ. “އަހަރެންގެ ހިތް ގަބޫލެއް ނުކުރޭ..” ފަހުދު އެކަމާއި ދެކޮޅު ހެދިއެވެ. “އޭނައާއި ބެހޭ މައުލޫމާތު..” ރާއިދު އަހާލިއެވެ.
ރާކިން ފޯނަށް އައި މެސެޖް ކިޔާލިއެވެ. އަދި ހުސައިންއާއި ދިމާލަށް ބަލާލިއެވެ. “މިރޭ ބާރައާއި ދޭކާއި ދޭތެރޭގައި ހުސައިން ކޮންތާކު އުޅުނީ…” ރާކިން ހުސައިންއަށް އިށީނުމަށް އަތުން އިޝާރާތް ކޮށްލަމުން އަހާލިއެވެ. “އޮފީހުގަ.. އަހަރެންގެ މޭޒު ކައިރީގައި އަހަރެން އިނީ” ހުސައިން އިށީނަމުން ބުނެލިއެވެ. “ޔަގީން.. އެކަމަކު މީގެން މި ބުނަނީ އެހެން އެއްޗެއް” ފޯނުން ފޮޓޮއެއް ދައްކާލަމުން ބުނެލިއެވެ. ހުސައިންއަށް ހުއްޓުން އެރިއެވެ.އެއީ މިރޭގެ 12:15 ގައި ނަގާފައިވާ ފޮޓޯއެކެވެ. އެކަމަކު އެހެން ވާންވީ ކީއްވެ ހެއްޔެވެ. “ހަމައެކަނި މިއެއްނޫން.. ހުރިހާ ޤަތުލެއް ހިގި ރެއެއްގައި އެތަނާއި ނުލާހިކު ކައިރީގައި ހުރި ކެމެރާއަށް ހުސައިން ފެނިފަ އެބަހުރި.. އެންޑް ކުރިން ދުވަހު.. މިއީ މިތަނުގެ ކެމެރާގެ ފުޓޭޖް” އެތަނުގައި ހުރި ލެޕް އިން ވީޑިއޯ ކްލިޕް ޕްލޭ ކޮށްލިއެވެ. ހުސައިން އިނީ ގޮޑީގެ ދެފަރާތުގައި ބާރަށް ހިފަހައްޓައިގެން ހައިރާން ކަމާއި އެކު ޕެލްގެ ސްކްރީންއަށް ބަލާށެވެ. އެހުރިހާ ކަމެއް ކޮށްފައި ހުސައިން ކެމެރާއަށް ބަލާލާފައި ހީލި ހިސާބުން ރާކިން ސްޓޮޕް ކޮށްލިއެވެ. “ކީކޭ ދެން ބުނަނީ” ހުސައިންއާއި ދިމާލަށް ބަލާލަމުން ރާކިން އަހާލިއެވެ. “އަހަރެން ހަނު ހުރުމުގެ ޙައްޤު ބޭނުންކޮށްފިން” އިސްޖަހާލަމުން ހުސައިން ބުނެލިއެވެ. ރާކިން ހައިރާންވިއެވެ. އިތުރަށް ރާކިން ކުރި އެއްވެސް ސުވާލެއްގެ ޖަވާބުވެސް ހުސައިން ނުދިނެވެ. އިސްޖަހާލައިގެން އިނީއެވެ. ރާކިން ދެއްކި ވާހަކަތައް އޭނައަށް އަޑުވެސް ނީވޭ ކަހަލައެވެ. ރާކިން އެންމެ ފަހުން ލޯގަނޑާއި ދިމާލަށް ބަލާލިއެވެ.
“ސަރ.. ވީ ހޭވް އަ ޕްރޮބްލޮމް” އާހިލް ރާއިދު އާއި ދިމާލަށް ބަލާލިއެވެ. އެވަގުތު ރާއިދު އާހިލް އާއި ދިމާލަށް ބަލާލިއެވެ. ނަދީމް އަދި ފަހުދު ވެސް އާހިލްއާއި ދިމާލަށް ބަލާލިއެވެ. “އަޅުގަނޑު މިއައީ ސީ.ސީ.ޓީ.ވީ ފުޓޭޖް އަޅުގަނޑަށް ފެންނާނެ ގޮތް ހަދާ އެތަނަށް ކޭބަލްއެއް ލާފައި.. އެންޑް ލުކް” އެއީ މީގެ ފަސް މިނެޓް ކުރީގެ ވީޑިއޯއެކެވެ. އޭ.ޓީ.އެމްގެ ކެމެރާއިން ފެންނަނީ ހުސައިން ލާރި ނަގަން ވަންނަ ތަނެކެވެ. އަދި ލާރި ނަގާ ނިންމާފައި ނިކުތުމުގެ ކުރިން ކެމެރާއަށް ބަލާލަމުން ހިނިތުންވުމެއް ރައްދު ކޮށްލާ ތަނެވެ. “އިޒް އިޓް” ނަދީމް ހައިރާން ވެ ހުރެ އަހާލިއެވެ. “ޔަގީންތަ ތީތި.. އެއްވެސް ކަހަލަ” ރާއިދު އާހިލްއާއި ދިމާލަށް ބަލާލަމުން އަހާލިއެވެ. “މިއީ ހަމަ ރަނގަޅު ފްރޭޖްއެއް ސަރ” އާހިލް ބުނެލިއެވެ. “ތިއީ ހުސައިން ވެއްޖެއްޔާ މިތަނުގައި މިއިނީ ކާކު” ހައިރާން ކަމާއި އެކު ރާއިދު ސެލްއާއި ދިމާލަށް ބަލާލިއެވެ. އޭރު ހުސައިން އިސްޖަހާލައިގެން އިނެވެ.
ނުނިމޭ…..
10 Comments!
Comments are closed.
Wow wow,,, its awesom fantasy… Husain eh vx nun dhw… Dhen kaaku baa??? Mihaaru faai ah olhihje… Hehe,, bt aahil ey bunan v hiydhathi… Alhe eii aahil ah nuhadhahchey fantasy… Anyways,, v v interesting… Ehaa warah inthizaaru nukuruwahchey mifaharu…plx awahah up kohdhehchey…. I really luv it.. 🙂
thnks faaige ‘lobi’ comment ah 🙂
dhen inna bai iraadha kureviyya saturdayga genes dheynan igey 🙂
adhives haadha dhigey paragraphthah………………….
Vvv interestin story ingey….nxt part kiyaa hithun mihaaruves hurevenyky noon….
Ya … Its really interesting … Can’t wait for the next part …
adhives thankolheh dhigu dhoo paragraph thah athoo… dhen anna bai adhives kuru koh leveytho try kuraanan igey 🙂
v happy vejje nash and shiuge ‘lobi’ comment fenunyma… thnks v bodah 🙂
kyhkuran kuru kurany? vyhaa vs dhigu kn kiyan benumy! vrh vr vrh salhi
Mi story Hama habeyxx
Avahah story genesdhyba plx vrh rythi mi story
hussain ge twins eh ulheny tha 😮 its so intrestiing now 😀 bravo! way ta go Fantasy!!