Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޤާޠިލް… 12 ވަނަ ބައި….

Fantasy Level 310 Stories500 Comments100 Comments
December 10, 2014 12 Mins Read
30 Comments

އެމީހަކު އައިސް ފަހަތުން ބޮޑު އެއްޗަކުން ޖެހީ.. ނޭނގެ.. އެކަމަކު އަހަރެން ވެއްޓުމާއި އެކު އެމީހަކު އަހަރެން ކައިރިއަށް ތިރިވެ އަހަރެންގެ ދަބަހަށް އެއްޗެއްލި.. ބުނި މި ދައްކާށޯ ރާކިންއަށް.. އޭނައަށް އެނގޭނެޔޯ ކުރަންވި ކަންތައް” އާލާ ދަބަހުން ފޮއްޓެއް ނަގަމުން ރާކިން އަތައް ދިނެވެ. ރާކިން ހައިރާން ކަމާއި އެކު އޭގައި ހިފަމުން އާހިލްއާއި ދިމާލަށް ބަލާލިއެވެ. ޕެކް ކޮށްފަ އިން ފޮށި މަޑުމަޑުން ރާކިން ކަޑާލިއެވެ. އޭގެ ތެރޭގައި އޮތީ ފޯނެކެވެ. ރާކިން ބަލާލި އިރު އޭގައި އިނީ އެންމެ ވީޑިއޯ އެކެވެ. ރާކިން ވީޑިއޯ ޕްލޭ ކޮށްލިއެވެ. ދެލޯ ބޮޑުވެ ރާކިންގެ ހިތް ނުލާހިކު ބާރަށް ތެޅިގަތެވެ. އޭގެން ފެންނަމުން ދިޔައީ ގޮޑިއެއްގައި ބަދެފައި އިން މީހެކެވެ. ދެއަތް ފުރަގަހަށް ވާގޮތައް ފަލަ ވާގަނޑަކުން ބަދެފައި އިން އިރު ދެފައި ވަނީ ގޮޑީގެ ދެފަޔާއި އެކު އައްސާފައެވެ. މޫވީ ކުރަމުން ދިޔަ މީހާ މަޑުމަޑުން އެގޮޑީގައި އިން މީހާއާއި ކައިރިވަމުން ދިޔައެވެ. އެއީ އަންހެނެކެވެ. މޫވީ ކުރަމުން ދިޔަ މީހާ އިސްޖަހައިން އިން އެ އަންހެން މީހާގެ އިސްތަށިގަނޑުގައި ހިފާފައި މޫނު މައްޗަށް ހިއްލާލިއެވެ. “ކަލޭގެ އަންހެނުންނަށް މަގޭ ކޮއްކޮ.. ލެޓްސް އެކްސް ޗޭންޖް” އެމީހާ އެހެން ބުނެލަމުން ސުނާގެ މޫނު ދައްކާލިއެވެ.

ރާކިން ދެލޯ ބޮޑު ކޮށްލަމުން އާހިލްއާއި ދިމާލަށް ބަލާލިއެވެ. ރާކިންގެ ލޮލުން އާހިލްއަށް ކިތައްެމެ އެއްޗެއް އެގުނެވެ. އެހެންކަމުން އާހިލް ބޯ ޖަހާލިއެވެ. އާހިލް އަށް އިތުރު އެއްޗެއް ނުބުނެވެނީސް ރާކިން ބޭރަށް ނިކުތެވެ. “ދޮންތަ” އާހިލް އަވަސްކަމާއި އެކު އާލާއާއި ދިމާލަށް ބަލާލިއެވެ. “އިޓްސް އޯކޭ.. އަވަހަށް ދޭ… ” އަލާ އާހިލްއާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ. “އައި އޭމް ސޯ ސޮރީ… އެކަމަކު ވަރަށް އާރޖެންޓް ވީމަ.. ދޮންތަ އޯކޭވާނެތަ” އާހިލް އައިސް އާލާގެ އަތުގައި ހިފައްޓާލިއެވެ. “އަހަރެން އޯކޭ.. އެހެންނޫނަސް ދޮންބެވެސް އެހުރީނުން” އާލާ ހިނިތުންވެލިއެވެ. “ދޮންބެ” އާހިލް އާކިލްއާއި ދިމާލަށް ބަލާލިއެވެ. އާކިލް ބޯޖަހާލުމާއި އެކު އާހިލް ބާރުބާރަށް އެތަނުން ނިކުތެވެ. އެހާ ބާރަށް ނިކުން އިރުވެސް ރާކިން ފެންނާކަށް ނެތެވެ.

ރާކިން ބާރު ހިގުމެއްގައި ދިޔަގޮތައް ގްރޫޕް މީހުން ތިބި ރޫމަށް ވަނެވެ. “ބަލާބަލަ” ރާއިދުއަށް ފޯނު ދެމުން ރާކިން އަވަސްކަމާއި އެކު ބުނެލިއެވެ. ރާއިދު ހައިރާންކަމާއި އެކު ފޯނު ނަގާފައި ބަލާލިއެވެ. ވީޑިއޯ ފެނުމާއި އެކު ރާއިދުގެ ހާސްކަންވެސް ބޮޑުވެގެން ދިޔައެވެ. ސުނާ ގޮޑީގައި ބަދެފައި އިންއިރު ބޮލުގެ ދެތިންތަނެއް ހަލާކުވެ ލޭ އައިސްފައި ހުއްޓެވެ. އަނގަމަތީގައި ފޮތިގަނޑެއް އަޅާފައިވާއިރު އަނގަކައިރީގައި ލޭގެ އަސަރު ހުއްޓެވެ. ރާއިދު ބަލާލާފައި ނަދީމްއަތަށް ފޯނު ދިއްކޮށްލިއެވެ. ނަދީމްއަށް ފަހު ފަހުދު ވީޑީއޯ ބަލާލިއެވެ. “އިޒް ދިސް ޓްރޫ” ރާއިދު ރާކިންއަށް ބަލާލަމުން އަހާލިއެވެ. “ބަލާފަ ހިޔެއްނުވޭ ތިއީ ދޮގެއް ހެނެއް” ރާކިން ބުންޏެވެ. “ކިހިނެއް ހަދާނީ” ނަދީމްވެސް ހާސްކަމާއި އެކު ވާހަކަ ދެއްކިއެވެ. މިގްރޫޕްގެ މީހުންނަކީ އެއް އާއިލާ އެއްގޮތަށް މަސައްކަތް ކުރަމުންދާ މީހުންކަމުން އެންމެންގެ އާއިލާ މެންބަރުންނާއި މެދުގައިވެސް ކޮންމެ މީހެއްގެ ހިތުގައި އުފެދިފައިވަނީ ވަރުގަދަ ލޯތްބެކެވެ. “އަހަރެން ބޭނުމެއްނުވޭ ސުނާއަށް ކަމެއް ވާކަށް” ރާކިން ބުނެލިއެވެ. އޭނައަކީ ސުނާގެ ލޮލުން ކަރުނަ ތިއްކެއް ވެއްޓުނަސް އެހާ ދެރަވާ މީހެކެވެ. އެކަމަކު އެ މިޒާން އޭނަގެ ލޯބިވާ އަންހެނުންގެ ގައިން ލޭ އޮހޮރުވައިފިއެވެ. މިޒާން އަތުގަ ޖެހިއްޖެއްޔާ ދުލެއް ނުކުރާނަމެވެ. ރާކިން އޭނަގެ އަތް މުއްމަޅާ ބާރުކޮށްލިއެވެ.

“ކިހިނެއް އަހަރުމެންނަށް ހެދޭނީ މިހާރު” ފަހުދު ވާހަކަ ދެއްކިއެވެ. “މި ވީޑިއޯގައި ނެތް މާގިނަ އެއްޗެއް އެނގޭކަން.. އެތަން ނުލާހިކު އަނދިރި.. ހަމަ އެކަނި އެމީހަކު އެހުރީ ސުނާއަށް ލައިޓް އަޅުވާފައި… އެހެންވީމަ އެތަނުން އިތުރު އެއްޗެއް ފެންނާކަށް ނެތް…” ރާއިދު އަނެއްކާވެސް އެ ވީޑިއޯ ޕްލޭ ކޮށްލިއެވެ. “ބަލާފަވެސް ނެނގޭ ކޮންކަހަލަ ތަނެއްކަމެއް” ރާއިދު އިތުރު ކޮށްލިއެވެ. “އަހަރެންނަށް ހެޔޮ ކޮންމެ ގޮތެއްވިޔަސް މި މީހަކު އަހަރެން ހޯދަން ބޭނުންވޭ.. ޕްލީޒް ރާއިދު..” ރާކިންގެ ލޮލުން ކަރުނަ ހިލުނެވެ. ރާއިދުއާއި ދިމާލަށް އާދޭހުން ފުރިގެންވާ ބެލުމަކުން ރާކިން ބަލާލިއެވެ. އެވަގުތު އާހިލް އެތަނަށް އައިސް ވަނެވެ. “އާހިލް.. މި ވީޑިއޯ ވަރަށް އަވަށް ބަލާބަލަ… އެއްވެސް ކަހަލަ ކަމެއް ފާހަގަ ވޭތޯ” ރާއިދު އާހިލްއަތަށް ފޯނު ދެމުން ވާހަކަ ދެއްކިއެވެ.

“ހުސައިންއަށް އަނެއްކާ އެނގޭނެބާ ތިކަން” ފަހުދުއަށް ލޯގަނޑާއި ދިމާލަށް ބަލާލަމުން ބުނެލެވުނެވެ. “އަހަރެންނަށް ޔަގީން އޭނައަށް އެނގޭނެކަން.. އަހަރެން ބޭނުން އޭނައާއި ވާހަކަ ދައްކަން” ރާކިން ކުރިއަށް ޖެހިލި އިރު އެއަޑުގައި އެކުލެވިގެންވި ހިތްހަމަނުޖެހުމުގެ އަސަރު އެތަނުގައި ތިބި އެންމެންނަށް ފާހަގަ ކުރެވުނެވެ. “އަހަރެންނަށް ހީވަނީ ފަހުދު ހެން ދާންވީ އޭނައާއި ވާހަކަ ދައްކަން” ރާއިދު ފަހުދުއާއި ދިމާލަށް ބަލާލަމުން ވާހަކަ ދެއްކިއެވެ. “އެއީ ކިހިނެއްވީ… ހީވަނީތަ އަހަރެންނަށް އޭނައާއި ސުވާލު ނުކުރެވޭނެއޭ.. ހީވަނީތަ އަހަރެންގެ އަތުން ފައިން އޭނައަށް އަނިޔާއެއް ކުރެވިދާނެއޭ” ރާކިން ކުރިއަށް ޖެހިލިއެވެ. “އަހަރެންނަށް ހީވަނީއެއް ނޫން.. އަހަރެންނަށް ޔަގީން މިގަޑީގަ ރާކިން އެތަނަށް ވަދެއްޖެނަމަ އަހަރުމެންނަށް ނެގޯޝިއޭޓް ކުރާކަށް ހުސައިންއެއް ސަލާމަތެއް ނުވާނެކަން..” ރާއިދު އެހެން ބުނެލަމުން ފަހުދުއާއި ދިމާލަށް ބަލާލިއެވެ. ފަހުދު ނަދީމްއާއި ދިމާލަށް ބަލާލުމުން ރާއިދު އެކަމަށް ހުއްދަ ދިނެވެ. އެހެންކަމުން ފަހުދުއާއި ނަދީމް އެތަނުން ނިކުތެވެ. ރާކިން ރުޅިވެރިކަމާއި އެކު އަތުގައި އެތަނުގައި ހުރި މޭޒުގައި ވަރަށް ބާރަށް ޖެހިއެވެ.

“ހުސައިން..” ނަދީމް ވަންނަމުން ހުސައިންއަށް ގޮވާލިއެވެ. “އަހަރެން ފަހުދުހެން މާގިނަ ވާހަކަތަކެއް ދައްކާކަށް ބޭނުމެއްނޫން.. އެހެންވީމަ އަހަރެން ސީދާ ޕޮއިންޓަށް ދާނަން.. ކަލޭގެ ބޭބެ.. މިޒާން ރާކިންގެ އަންހެނުން ކޮންމެވެސް ތާކަށް ލައިގެން ފޮރުވައިގެން އުޅެނީ.. އެހެންވީމަ އަހަރުމެންނަށް އޭނަ ހޯދާނެ ގޮތް ބުނެދީ” ނަދީމްގެ އަޑުގައި އެކުލެވިގެންވަނީ ހަރުކަށިކަމެވެ. ހުސައިން ހައިރާން ކަމާއި އެކު ނަދީމްއާއި ފަހުދުއާއި ދިމާލަށް ބަލާލިއެވެ. “އޯހް… ޕްލީޒް.. ދެން ނުބުނާތީ ހުސައިންއަށް މީގެން އެއްވެސް ކަމެއް ނޭނގެއޭ” ހުސައިންގެ މޫނަށް އައި ބަދަލުގެ ސަބަބުން ނަދީމް ބުނެލިއެވެ. “މިޒާން ތިކަހަލަ ކަމެއް ނުކުރާނެ” ހުސައިން އިސްޖަހާލަމުން ބުނެލިއެވެ. “އޯހް.. ރިޔަލީ.. މީހުން މަރާ… މީހުންގެ ބަނޑުފަޅާ ހަދާމީހެއް.. މީހެއްގެ އަންހެނުން ކިޑްނެޕް ކުރަން ފަސްޖެހޭނެއޭތަ ތިބުނަނީ” ނަދީމް އަޑުބާރުވިއެވެ. “ކިހިނެއްތަ ކަލޭމެންނަށް އެގެނީ އޭނަކަމެއް މީހުން މަރަނީ.. ކަލޭމެން ހަމަ ބޭނުންހާ އެއްޗެއް ތި ކިޔަނީ.. ބަލަ އޭނައަކީ ނުލާހިކު ރަނގަޅު ފިރިހެނެއް.. އޭނަ އެހެނެއް ނަހަދާނެ.. މީހެއް ނުވެސް މަރާނެ.. އަދި މީހެއް ކިޑްނެޕްއެއްވެސް ނުކުރާނެ” ހުސައިންގެ އަޑުވެސް ބާރުވިއެވެ. “ޕްލީޒް.. މިތަނުގައި ހައްޔަރުކޮށްފައިވާ މީހެއްގޮތައް ބައިންދާފަ ތިއިނީ ހުސައިން.. އެހެންވީމަ އަޑުމަޑު ކުރޭ.. އެންޑް އަހަރުމެން ކުރާ ސުވާލު ތަކަށް ޖަވާބުދީ” ފަހުދުއަށް ނުހުރެވިގެން ވާހަކަ ދެއްކިއެވެ. “އެހެންވިއްޔާ އަހަރެންގެ ސިކުނޑިވެސް ގަބޫލު ކުރާ ކަހަލަ ސުވާލުކޮށްބަލަ” ހުސައިން ރުޅިވެރި ނަޒަރަކުން ފަހުދުއަށް ބަލާލިއެވެ.

“ލުކް.. ހުސައިން.. އައި އޭމް ނޮޓް ޖަޖިން ޔޫ..  އަހަރެންގެ ބޭބެ ނެތަސް އަހަރެންގެ ކޮއްކޮމެން ތިބޭ.. އެހެންވީމަ ހަމަ ތިގޮތައް އަހަރެންވެސް އަހަރެންގެ ފެމެލީ ޕްރޮޓެކްޓް ކުރާނަން.. އެކަމަކު މިގަޑި މިއީ އެކަހަލަ ގަޑިއެއްނޫން.. އަހަރެންނަށް އެގޭ ހުސައިންއަށް ރަނގަޅަށް މިޒާންވިތަން އެގޭނެކަން.. ސޯ ޕްލީޒް” ނަދީމް އޭނަގެ އަޑު މަޑުކުރަމުން ވާހަކަ ދެއްކިއެވެ. “އަހަރެން ކަލޭމެންގެ ބެލުމުގެ ދަށުގައި އިންނަތާ މިހާރު ބާރަ ގަޑިއިރަށް ވުރެއް ގިނަ އިރު ވެއްޖެ.. ދެން ކިހިނެއްތަ މަށަށް އެނގެނީ ތި ބުނާ އެއްޗެއް” ހުސައިން ކުރިންވެސް ވާހަކަ ދެއްކި ރާގުގައި ބުނެލިއެވެ.

“އަޅުގަނޑަށް ހީވަނީ މީގެން ކޮންމެވެސް އެއްޗެއް އެގިއްޖެހެން” އާހިލްގެ އަޑުން ރާކިންއާއި ރާއިދު އެދިމާލަށް ބަލާލިއެވެ. “ބަލާބަލަ.. މި ވީޑިއޯގައި ހަމައެކަނި ސުނާއާއި ދިމާލަށް ލައިޓް ބަހައްޓާފަ ހުއްޓަސް ދެފަހަރެއްގެ މަތިން ތަންކޮޅެއް ދުރު ފެންނަ ގޮތެއްވި.. އެދެފަހަރުވެސް ފެނިފަ ހުންނަނީ މިކަހަލަ ހޮޅިތަކެއް” ލެޕްއިން ފޮޓޯއެއް ދައްކާލަމުން އާހިލް ވާހަކަ ދެއްކިއެވެ. “އެހެންވީމަ ތި ބުނަނީ އެތަނަކީ ހޮޅިތަކެއް ހުރި ތަނެކޭތަ” ރާކިން އަހާލިއެވެ. “ހަމައެކަނި ހުރި ތަނެއް ނޫން.. ބަލާބަލަ ހަރުގަނޑެއް ކަހަލަ އެއްޗެއް.. ހީވަނީ ސުނާ އެއިނީ ހޮޅިތަކެއް ސްޓޯ ކުރަން ހުންނަ ތަނެއްގައޭ.. ގުދަނެއް ކަހަލަ ތަނެއް އެއީ..” އާހިލް ބުނެލިއެވެ. މި މާލޭގައި ކިތައް ތިކަހަލަ ތަން ހުންނަނީ” ރާއިދު ބުނެލިއެވެ. އާހިލް ރާއިދުއާއި ދިމާލަށް ބަލާލަމުން ލެޕްގެ މަސައްކަތް ކުރަން ފެށިއެވެ.

ފަހުދުއާއި ނަދީމް ރޫމްއަށް ވަނީ ހުސައިންގެ ކިބައިން އެއްވެސް ޖަވާބެއް ނުލިބެގެންނެވެ. “ސޮރީ.. އޭނަ އަކަށް ނޭނގޭ” ފަހުދު ބުނެލިއެވެ. ރާކިން ލޯގަނޑާއި ކައިރިވެލަމުން ހުސައިންއާއި ދިމާލަށް ބަލާލިއެވެ. އަދި ބާރު ހިގުމެއްގައި އެތަނުން ނިކުތެވެ. ރާއިދުއަށް އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށެވެ. ދިޔަ ބާރު މިނުގައި ސެލްއަށް ވަދެ ގިރުއާނުގައި ހިފާފައި ހުސައިން ނެގިއެވެ. “ބުނަން.. އަހަރެންނަށް އެނގޭ ކަލެއަށް ކޮންމެވެސް އެއްޗެއް އެނގޭކަން.. ވާހަކަ ދައްކަން ފަށާ… އެހެންނޫނީ ކަލެއަށް ދުވަހަކުވެސް ޖަލުގެ ތޭރިތަކުގެ ތެރެއިން ސަލާމަތްވެގެން ނިކުތުމަކީ ކުރެވޭނެ ކަމެއްނޫން” ރުޅިވެރިކަމާއި އެކު ރާކިން ހަޅޭލަވައިގަތެވެ. އެވަގުތު ނަދީމް ދުވެފައި ކަހަލައިން އައިސް އެތަނަށް ހުއްޓުނެވެ. “ކަލޭ އަހަރެންނަށް ބިރު ދައްކަނީތަ.. އެނގޭތަ ތިއީ ކިހާ ބޮޑު ކުށެއްކަން” ހުސައިން މަލާމާތް ކުރާ ގޮތަށް ހީލަމުން ވާހަކަ ދެއްކިއެވެ. “ރާކިން ހަމަޖެހިބަލަ…” ނަދީމްއައިސް ރާކިންގެ އަތް ނައްޓުވާލަމުން ބުނެލިއެވެ. ރާކިން ހުސައިންގެ ގިރުވާނުން އަތް ނައްޓާލަމުން ކޮއްޕާލިއެވެ. ގޮޑިމައްޗަށް ހުސައިން ޖެހުމާއި އެކު ހުސައިން ހީގަތެވެ. “ކިތައްމެ އަނިޔާއެއް ކުރިޔަސް މަށަށް ނޭނގޭ އެއްޗެއް މަށަކަށް ނުބުނެވޭނެ” ހުސައިން ހަމަޖެހެމުން ބުނެލިއެވެ. އެވަގުތު ރާކިން ފޯނު ނަގާ ހުސައިންއަށް އެވީޑީއޯ ދައްކާލިއެވެ. “ކަލެއަށް މިހާރު އެގިއްޖެއެއްނުން ކޮންކަހަލަ ފުރޭތައެއްކަން ކަލޭ ތި ހިމާޔަތް ކުރަނީ.. މަގޭ އަންހެނުން ގެންދިއުން އެއީ އޭނައަށް އެޅުނު ކަތި ފިޔަވަޅެއް.. ދުވަހަކުވެސް އެކަން އޭނައަށް ނުކުރެވުނު ނަމައޭ އޭނަ ހިތައް އަރާނެ” ރާކިން ބުނެލިއެވެ. ހާސްކަމާއި އެކު ހުސައިން ވީޑީއޯ ބަލަން އިނެވެ.

“އަހަރެންނަށް އަސްލަށްވެސް ހީވަނީ އޭނައަށް އެއްވެސް އެއްޗެއް ނޭނގޭހެން” ފަހުދު ވާހަކަ ދެއްކިއެވެ. އެވަގުތު ނަދީމްއާއި ރާކިން ރޫމްއަށް ވަނެވެ. “އާ.. އޭނަ ހައިރާންއެވީ އެވަރަށް..” ރާއިދު ވިސްނުމެއްގައި ހުރެފައު ވާހަކަ ދެއްކިއެވެ. “އޭނައަކީ މޮޅު އެކްޓަރެއް” ރާކިން ބުނެލިއެވެ. “ކޮންމެ ގޮތެއްވިޔަސް ރާކިން ތިގޮތައް ކަންތައް ކޮށްގެން ނުވާނެ… ބަލަ ކެމެރާއާއި އެއްޗެހި އެސެލްގައި ހުންނަކަމެއް ހަނދާން ނެެއްތަ.. އެހެންނޫނަސް މިހާރު ހުސައިން ބުނެލަން ޖެހޭނީ އެއްމެ އެއްޗެކޭ ގާޒީ ކައިރީގައި.. ރާކިންގެ މައްސަލަ ބަލަން ފަށާނެ..” ރާއިދު ވާހަކަ ދެއްކީ ވިސްނައިދޭ ގޮތަށެވެ. “އައި ރިޔަލީ ޑޯންޓް ކެއަރ… އެމީހުން ކޮންމެ ގޮތަކަށް ކަންތައް ކުރިޔަސް.. އެކަމަކު މަގޭ އަންހެނުންނަށް ކަމެއް ވެއްޖެނަމަ އެ ހުސައިންވެސް އަދި ތިބުނާ މިޒާންވެސް ހޭ އަރުވާލާނަން” ރާކިން ރުޅިވެރިކަމާއި އެކު ބުނެލިއެވެ. އެވަގުތު ރާކިންގެ އަތުގައި އޮތް ފޯނު ރިންގް ވާން ފެށިއެވެ. އެންމެން ހައިރާންވެ ރާކިންއާއި ދިމާލަށް ބަލާލިއެވެ. ރާކިން ފޯނު ދައްކާލަމުން ފޯނު ނަގާ ކަންފަތުގައި ޖަހާލިއެވެ.

“އަހަރެން ހީކުރަން.. އަހަރެންގެ ކޮއްކޮ ތިތަނުން ނެރުމުގެ މަސައްކަތް މިހާރު ފެށިފަ ވާނެ ކަމަށް.. ސަބަބަކީ ކަލޭގެ އަންހެނުންގެ ދެން ނެތް މާގިނަ އިރެއް.. ހަމަ އަސްލަށް.. އަހަރެން ކަލެއަށް ގުޅާނަން.. ރެޑީގަ ހުރޭ… އަހަރެން ބުނާތަނަށް ކަލޭ އަންނަންވާނީ ތަން.. ބީ ރެޑީ..” އެކޮޅުން އެހެން ބުނުމަށްފަހު ފޯނު ކަނޑާލިއެވެ. ރާކިން ރުޅިވެރިކަމާއި އެކު ފޯނު ފާރާއި ދިމާލަށް އެއްލަން ވެގެން އަތް ހިއްލާލިއެވެ. އެވަގުތު ރާއިދު އޭނަގެ އަތުގައި ހިފެހެއްޓިއެވެ. “ދެޓް ވިލް ބީ އަ ބޭޑް އައިޑިއަރ” ރާއިދު ފޯނު އަތުލަމުން ބުނެލިއެވެ. “ދެން ތި ގުޑް އައިޑިއަރ އެއް ބުނެބަލަ އަވަހަށް.. މަގޭ ބޮލަށް މިހާރު އެއްވެސް ރަނގަޅު ހިޔާލެއް ނާދޭ” ރާކިން ރުޅިވެރިކަމާއި އެކު ބުނެލިއެވެ. “ސަރގެ ސިކުނޑިއަށް އަންނަނީ ކޮންކަހަލަ ހިޔާލެއްތޯ” އާހިލް ލެޕްގެ އަކުރުތަކަށް ފިއްތަމުން އަހާލިއެވެ. “އަހަރެންގެ ހިޔާލަކީ.. މިތަނުގަ އިން ހުސައިން ކުދިކުދި ކޮށް ކޮށާލުން.. އަދި އޭނަގެ ބައިތަކުން ބައެއް ހިފައިންގެ މިޒާން ހުރިތަނެއް ހޯދައިގެން އެތަނަށް ގޮސް އޭނަވެސް ކޮށާލުން..” ރުޅިވެރިކަމާއި އެކު ރާކިން ބުނެލިއެވެ. “ދެން ކުދިކޮށް އެންމެން ކޮށަން ބޭނުންވަންޏާމު ކިހިނެއް މިޒާން ހޯދަނީ ފުރަތަމަ” ނަދީމް ދެލޯ ބޮޑު ކޮށްލަމުން އަހާލިއެވެ. “އާހިލް،… އާހިލްއަށް ވީޑިއޯ އެނަލައިޒް ކޮށްގެން ހޯދޭނެ” ރާކިން އާހިލްއާއި ދިމާލަށް ބަލާލިއެވެ. އޭރު އާހިލްވެސް އިނީ ދެލޯ ބޮޑުކޮށްލައިގެން އޭނައާއި ދިމާލަށް ބަލާށެވެ.

“ހުސައިން ހީވަނީ އެއްޗެއް ބުނަން އުޅޭހެން” ފަހުދު ލޯގަނޑާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ. ރާއިދު ބަލާލިއެވެ. އޭރު ހުސައިން އިނީ އަތް އުފުލާލައިގެންނެވެ. “އަހަރެން ވާހަކައެއް ދައްކަން ބޭނުން” ހުސައިން ބުނެލި އަޑު އިވުނެވެ. ރާއިދު އެންމެންނާއި ދިމާލަށް ބަލާލަމުން ބޭރަށް ނިކުތެވެ. ރާކިންވެސް އޭނަގެ ފަހަތުން ނިކުތެވެ. “ކިހިނެއްވީ.. ” ރާއިދު ސެލްއަށް ވަދެ ހުސައިންއާއި ދިމާލަށް ބަލާލިއެވެ. “އަޅުގަނޑަކަށް އެއްވެސް ވަރަކަށް ނޭނގޭ މިޒާން ސުނާ ކިޑްނެޕް ކުރީ ކީއްވެ ކަމެއް.. އެކަމަކު އަޅުގަނޑަށް ހީވަނީ ތި ގުދަން އެނގޭހެން.. އަޅުގަނޑު ކައިރީގައި އެއްދުވަހަކު މިޒާން ބުނި އޭނަގެ އާއިލާއަށް ނިސްބަތްވާ ގުދަނެއް ގަލޮޅުގައި ހުންނަ ވާހަކަ..” ހުސައިން މަޑުމައިތިރިކަމާއި އެކު ބުނެލިއެވެ. “ވީޑީއޯ ފެނުމުން އަޅުގަނޑު މި ހަނދާންވީ” ހުސައިން އިތުރު ކޮށްލިއެވެ. “އޯކޭ.. ރެޑީވޭ ދާން..” ރާކިން ބުނެލިއެވެ. “ވަޓް.. މީނަ މިތަނުން ނެރެނީތަ.. ބަލަ މިއީ އޭނައާއި އޭނަގެ ކޮއްކޮ އެއްބަސް ވެގެން ރާވާ ރޭވުމެއް.. އޭނަ މިތަނުން ނެރިއްޖެނަމަ އަހަރެންގެ އަންހެނުންގެ ދުވަސް ދާނެ” ރާއިދު ރާކިންއާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ. “ނޫން.. އަޅުގަނޑު އޭނައާއި ވާހަކަ ދައްކަފާނަން.. އަޅުގަނޑު ނުފިލާނަން.. ރާކިންގެ އަންހެނުންނަށް އަޅުގަނޑާއި ހެދި ގެއްލުމެއް ވާކަށް ބޭނުމެއް ނޫން..” ހުސައިން ވާހަކަ ދެއްކިއެވެ.

“އަހަރެން ރާކިންއާއި ވާހަކަ ދައްކަން ބޭނުން” ބޭރަށް ނިކުންނަމުން ރާއިދު ބުނެލިއެވެ. “މޮޔަވީތަ.. ނޫން.. އޭނަ މިތަނުން ބޭރަކަށް ނުނެރެވޭނެ.. އަހަރެން ހުއްދައެއް ނުދޭނަން.. އޭނަ ސަލާމަތް ކުރަން މިޒާން ހަދާ އެތިފަހަރެއް މީއީ.. އޭނަ ނިކުމެއްޖެނަމަ މިޒާންވެސް އޭނަވެސް ގެއްލޭނެ” ރާއިދު ވާހަކަ ދެއްކީ ރޫމްތެރެއަށް ވަދެފައެވެ. “ބަލަ މިތަނުގަ މިދައްކަނީ އަހަރެންގެ އަންހެނުންގެ ވާހަކަ.. އަހަރެންނަށް ހެޔޮ ކޮންމެ މީހަކު ފިލިޔަސް.. ފިލާ މީހުން އަހަރުމެންނަށް ފަހުން ހޯދިދާނެ.. އެކަމަކު މަރުވާ މީހުން އަބުރައެއް ނުލިބޭނެ.. އަހަރެންގެ އަންހެނުންނަށް ކަމެއްވާކަށް އަހަރެން ބޭނުމެއްނޫން” ރާކިން އިސްޖަހާލަމުން ބުނެލިއެވެ. “ބަލަ އަހަރެންވެސް ބޭނުމެއްނުވޭ ސުނާއަށް ގެއްލުމެއް ވާކަން.. އެކަމަކު” “އެކަމަކު ރާއިދު ތިއީ އެއްވެސް އިރެއްގައި ސުނާދެކެ ލޯބިވާ މީހެއްނޫން.. އަހަރެންނާއި ސުނާ ރައްޓެހިވި ދުވަހުން ފެށިގެން ރާއިދުއައީ އަހަރުމެންގެ ގުޅުމާއި ނުގަބޫލުކަން އަމަލުން ދައްކަމުން..” ރާކިން އިސްއުފުލާލަމުން ރުޅިވެރިކަމާއި އެކު ރާއިދުއާއި ދިމާލަށް ބަލާލިއެވެ. “ތިއީ ޕާސަނަލް ލައިފް.. މިއީ ޕްރޮފެޝަނަލް ލައިފް.. މިކަމުގެ ތެރެއަށް ތިކަން ނުވައްދާ” ރާއިދު ވިސްނައިދޭ ގޮތައް ވާހަކަ ދެއްކިއެވެ. “ބަލަ ނުވައްދާ މަށަށް ހުރެވޭތަ.. އަހަރެންނަކަށް ނޭނގެ މި މިޒާން ކޮންކަހަލަ ދުޝްމަނު ކަމެއް އޮވެގެންކަމެއް.. މަގޭ އަންހެނުން ކިޑްނެޕް ކުރީ.. އަހަރެން ކިތައްމެ ޕްރޮފެޝަނަލް ވާން އުޅުނަސް މިވަރުވީމަ ނުވެވޭނެ ދޯ” ރާކިންގެ އަޑުން އޭނަ ރުޅިއައިސްފައިވާ ވަރު އެތަނުގައި ތިބި އެންމެންނަށް އެގިގެންދިޔައެވެ. “އަޅުގަނޑު ހިޔާލެއް ދެންތަ..” އާހިލް ބުނެލިއެވެ. “މިހާރު ހުސައިން ގޮވައިގެން އަޅުގަނޑުމެންނަށް ދެވިދާނެ.. ރާކިންސަރ އެކަންޏެއްނޫން ދާނީ.. އެހެންމީހަކާއި އެކު.. އޭރުން ހުސައިން ފިލަން އުޅުނަސް ކަމެއް ކުރެވޭނީ.. އަދި ހުސައިން ގައިގައި ޓްރެކަރއެއް ހަރު ކުރެވިދާނެ” އާހިލް ބުނެލިއެވެ. “އަހަރެން ތިޔަ ހިޔާލާ ތާއީދު..” ރާކިން ބުނެލިއެވެ. ފަހުދުއާއި ނަދީމްވެސް އެކަމާއި އެއްބަސް ވިއެވެ. އެހެންކަމުން ރާއިދު ޖެހުނީ ހަތިޔާރު ބަހައްޓާށެވެ.

ގަޑި ހިގަމުން ދިޔައެވެ. ރޭގަނޑު ވެގެން ދިޔައިރުވެސް މިޒާންއެއް ނުގުޅިއެވެ. ހުސައިންގެ މުއްދަތު ޖަހަން ގެންގޮސް 5 ދުވަހުގެ މުއްދަތެއް ޖެހިއެވެ. ޑިރެކްޓަރއަށް ރާކިންގެ ޕްލޭން ކިޔައިދިނެވެ. އާހިލް ވީޑިއޯ އެނަލައިޒް ކުރަމުން ދިޔައެވެ. “ސަރ..” އެންމެން ހަމަހިމޭން ވެފައި ތިއްބާ އާހިލް ގޮވާލިއެވެ. “އެއްޗެއް ފެނުނީތަ.. މިޒާން އޭރު ގުޅި ނަމްބަރ ޓްރެކް ކުރީތަ… އޭނަ ވީތަން އެނގުނީތަ” ރާކިން އަވަސް ކަމާއި އެކު އަހާލިއެވެ. “އަޅުގަނޑު ބުނިން ދެއްތޯ… އެއީ ޓްރެކް ކުރެވޭ ނަމްބަރ އެއް ނޫނޭ.. އެންޑް އެވީޑިއޯ އިން އިތުރު އެއްވެސް އެއްޗެއް ނޭނގުނު.. އެކަމަކު ހުސައިން ބުނީ ތެދެއް.. ގަލޮޅުގައި މިޒާން ގެންގުޅުނު އާއިލާގެ ނަމުގައި ގުދަނެއް ހުރޭ.. އެކަމަކު އެއީއެއް ނޫން އަޅުގަނޑު ގޮވި ސަބަބަކީ” އާހިލް ބުނެލިއެވެ. “ކިހިނެއްވީ” ރާއިދު އަހާލިއެވެ. “ކުރިން ބުނީމެއްނުން ވީޑިއޯއެއްގެ ވާހަކަ.. ރާކިންސަރ ލާރިގަނޑު ނަގައިގެންދާ ވީޑީއޯ.. އެ ވީޑީއޯ އަކީ އެޑިޓެއް.. މި ބުނީ އެވީޑީއޯ ވަނީ އެޑިޓް ކޮށްފައޭ.. ބައްލަވާ” އާހިލް އެމީހުންނަށް އާހިލްއަށް ފެނުނު ކަންތައް ދައްކާލިއެވެ. “މީގެ ވާގޮތުން ތިރީސް މިނެޓްގެ ފްރޭޖް މީގެން ފެންނާކަށް ނެތް.. އަދި ސަރ ދަބަސް ހިފައިގެން ދާ ގޮތައް އެފެންނަ މީހާ އަކީ ސަރއެއްނޫން.. އެކަމަކު މިޒާން.. މޫނު އެހުރީ ފާޑެއްގެ އެއްޗެއް ބޭނުންކޮށްގެން ބަދަލު ކޮށްފަ.. އެކަމަކު ބޮޑީ.. ބަލާބަލަ.. މިއީ ސަރގެ ބޮޑީއެއްނޫން” އާހިލް ކިޔައިދިނެވެ. “ކޮބާ.. މިހާރު ގަބޫލު ކޮށްފިންތަ” ރާކިން ރާއިދު އާއި ދިމާލަށް ބަލާލަމުން އަހާލިއެވެ.

“އަހަރުމެން ދެން ހަމަ އޭނަ ގުޅަންދެން ތިބެންވީތަ.. މިހާރު ކިހާ އިރެއްވެއްޖެ.. އިރު އޮއްސިއްޖެ.. އަދިވެސް ނުގުޅާ.. އަހަރެންގެ ހިޔާލަކީ ތިބުނާ ގުދަނަށް ދިއުން..” ނަދީމް އެންމެންގެ ސަމާލުކަން ހޯދިއެވެ. “އޭރުން އެތަނުގައި ނެތިއްޔާ.. އަނެއްކާ ސުނާއަށް އޭނަ ވަރު ބާލާނީ..” ރާކިން ވަގުތުން ބުނެލިއެވެ. “އެކަމަކު މިހާރު.. ކިހާ އިރެއް ވެއްޖެ.. ސުނާ މިހާރުވެސް” “އޭނައަށް އެއްވެސް ކަމެއް ނުވާނެ.. ހަނދާން ކުރާތި.. އޭނައަށް އަށް އެއްވެސް ކަމެއް ނުވާނެ” ކުއްލިއަކަށް ނަދީމްއާއި ދިމާލަށް ޖެހިގަންނަމުން ރާކިން ބުނެލިއެވެ. ނަދީމް ސިހިގެން ދިޔަ ވަރުން ފާރުގައި ބާރަށް ގޮސް ޖެހުނެވެ. “އަޅުގަނޑަށްވެސް ފެންނަނީ އެ ގޮތް ސަރ” އާހިލް ނަދީމްގެ ހިޔާލަށް ތާއީދު ކުރިއެވެ. “އޯކޭ.. އެހެންވީމަ ތިގޮތަށް ހަދަމާ.. އެކަމަކު ރާކިން އެކަނިއެއް ނުދެވޭނެ.. ހުސައިން ގޮވައިގެނެއް” ރާއިދު ބުނެލިއެވެ. “އަޅުގަނޑު ގޮސްދާނަން” އާހިލް ވަގުތުން ވޮލަންޓިއަރ ކުރިއެވެ. “އެކަމަކު މިކޮޅުން ކާކު ކޮމްޕިއުޓަރގެ މަސައްކަތް ކުރާނީ” ފަހުދު އަހާލިއެވެ. “މާ ބޮޑު ކަމެއް ކުރާކަށް ނުޖެހޭނެ.. އަޅުގަނޑު ދާނީ ހުރިހާ އެއްޗެއް ހަމަޖައްސާ ދީފަ.. ޕްލީޒް ރާއިދު ސަރ.. އަޅުގަނޑު ފޮނުވާ” އާހިލް ދާހިތުން ބުނެލިއެވެ. “އޯކޭ.. މައްސަލައެއް ނެތް..” ރާއިދު ރާކިންއާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ. “އެހެންވީމަ ތިރީސް މިނެޓް ތެރޭގައި ތައްޔާރުވޭ..” ރާކިން އެހެން ބުނެލަމުން ބޭރަށް ނިކުތެވެ. އާހިލް ބޯ ޖަހާލިއެވެ.

އާލާ ގޭތެރޭގައި މަސައްކަތުގައި އުޅުނެވެ. ހޮސްޕިޓަލްއިން ދޫކޮށްލުމުން ކުޑަކޮށް ރެސްޓް ކޮށްލާފައި ތެދުވީ އެނދުގައި އޮންނަން ބޭނުން ނުވާތީއެވެ. އާލާގެ މަންމަވެސް ވީ ރައްޓެއްސެއްގެ ގެއަށް ގޮހެވެ. އާކިލްވެސް ބޭރަށް ނިކުތީ ކުޑަ އިރުކޮޅެއް ކުރިންނެވެ. އެހެންކަމުން އާލާ ގޭތެރެ ފޮޅާލުމުގެ ނިޔަތުގައި ފިހިގަނޑު ހިފައިގެން ހިގައިގަތެވެ. ހިގައިގަތުމަށްފަހު އާހިލްގެ ކޮޓަރިއަށް މިސްރާބު ޖެހީ އާހިލް އަތުވެއްޖެތޯ ބަލާލުމުގެ ބޭނުމުގައެވެ. ކޮޓަރީ ދޮރު ހުޅުވާލުމަށްފަހު ލައިޓް ޖައްސާލިއެވެ. އެކޮޓަރިތެރެ ފެނުމާއި އެކު އާލާ ޕިސްޕިސް ޖަހާލިއެވެ. އެނދުގެ ފޮތިގަނޑު ރީތިނުކޮށް ހުރިތަނުގައި އެނދުމަތީގައި ލެޕްތަކެއް ބަހައްޓާފައި ހުއްޓެވެ. އަލަމާރިވެސް އެއްޗެހިތަކެއް ވެރިފައި ހުއްޓެވެ. އަބަދުވެސް އާހިލްއަކީ އަމިއްލައަށް ކޮޓަރި ސާފު ކުރާ ކުއްޖެކެވެ. އެހެންމީހަކު އެކޮޓަރިއަށް ވަދެ އެއްޗެހިތައް ހޭވުން އެއީ އާހިލް އެއްވެސް ހިތްހަމަޖެހޭ ކަމެއް ނޫނެކެވެ. އެހެންކަމުން އާލާއެއްވެސް އަދި އެހެން މީހެއްވެސް އެކޮޓަރި ސާފުކުރާކަށް ދުވަހަކުވެސް ނުވަދެއެވެ. އެކަމަކު މިއަދު އާލާއަކަށް ނުހުރެވުނެވެ. އެހެންކަމުން ވަދެ އެނދުމަތި ސާފުކޮށްލިއެވެ. އަދި ލެޕްތައް ނަގާ ރީތި ކޮށްލުމަށްފަހު އަލަމާރިން ވެރިފައި ހުރި އެއްޗެހިތަށް ނެގިއެވެ. އަދި ދާބިނާ ދިމާލަށް ދިޔައީ އެތަނުގައިވެސް އެއްޗެހިތަކެއް ވެރިފައި ހުރީމައެވެ. އެވަގުތު އާލާގެ ލޮލުގައި އެއްޗެއް އަޅައިގަތެވެ. ދާބިނުގައި އޮތް ކަޅު ކުލައިގެ ޖެކެޓްއެވެ. ‘ހުޑެއް’ ލާފައި ހުރި ޖެކެޓްގައި ދެފަރާތަށްވާ ގޮތަށް ޖީބު ހުއްޓެވެ. “ދޮންތަ.. އަހަރެން ނުބުނަންތަ މި ކޮޓަރިއަށް ނުވަންނާށެކޭ” އާލާ ސިހުނީ އާހިލްގެ އަޑަށެވެ. އާހިލް ކޮޓަރިއަށް ވަދެ މަޑުމަޑުން ދޮރު ލައްޕާލިއެވެ.

ރާކިން މަޑުކޮށްލައިގެން ހުރީ އާހިލްއަށެވެ. އޭރު ހުސައިން ޕޮލިސް ކާރަށް އަރުވާފައި އިނެވެ. ސައިކަލުގައި ބާރު ދުވެއްޏެއްގައި އާހިލް އައީ ރާކިން އޭނަގެ އިންތިޒާރުގައި ހުންނަތާ ފަސްވަރަކަށް މިނެޓް ފަހުންނެވެ. “ސޮރީ ސަރ.. ކުޑަ ކަމެއް ނިންމާލަން ޖެހުނީ..” އާހިލް މޫނުމަތިން ފެންނަމުން ދިޔަ ހާސްކަން ފޮރުވަމުން ބުނެލިއެވެ. “މައްސަލައެއް ނެތް.. ހިނގާ އަވަހަށް ދާން” ރާކިން އަވަހަށް ކާރަށް އަރަމުން ވާހަކަ ދެއްކިއެވެ. އާހިލްވެސް ކާރަށް އެރިއެވެ. ހުސައިން އިނީ ކާރުގެ ފަހަތުގެ ސީޓްގައެވެ. ބާރު ދުވެއްޏެއްގައި ކާރު މަޑުކޮށްލީ ހުސައިން ބުނި ގުދަން ކައިރީގައި ކާރު މަޑުކޮށްލިއެވެ.

“އަަހަރެން އޭނައާއި ވާހަކަ ދައްކާނީ.. ” ހުސައިން ކާރު ފައިބަމުން ބުނެލިއެވެ. “އެންމެ ރަނގަޅު…” ރާކިން އެއްބަސް ވިއެވެ. ހުސައިން ނޫނީ ރާކިންވެސް އަދި އާހިލްވެސް ހުރީ ޕޮލިސް ޔުނިފޯމްގައެވެ. ދެމީހުން އަތުގައިވެސް ހަތިޔާރަކަށް އޮތީ ކަރަންޓް މުގުރެވެ. އެތަނުގައި އިނީ ގަރާޖުގައި ހުންނަ ކަހަލަ މައްޗަށް ހިއްލާ ދޮރެކެވެ. ހުސައިން މަޑުމަޑުން އެތަން ހިއްލާލިއެވެ. އެވަގުތު ބާރު އަޑުފައްގަޑެއް ކިޔެވެ. “ވަރަށް ސިއްރުން ކަމެއް ވެއްޖެއެއްނުން” ވަންނަމުން ރާކިން ވައިއަޑުން ބުނެލިއެވެ. “ސިއްރުންތަ މިއުޅެނީ” ހުސައިން އަހާލިއެވެ. ރާކިން ފާޑަކަށް ހުސައިންއާއި ދިމާލަށް ބަލާލިއެވެ. އެތަނުގައިވަނީ ކަޅުއަދިރި ކަމެވެ.  ތަންކޮޅަކަށް ދިޔަތަނާއި ގޮޑިއެއްގައި ބައިންދާފައި އިން ސުނާ އެމީހުންނަށް ފެނުނެވެ. ސުނާއާއި ދިމާލަށް އެކަނި އިން ލައިޓެއް ދިއްލާފައި ހުރުމުން ސުނާ އިންހާލު ކިތައްމެ ރީއްޗެއްކޮށްވެސް އެމީހުންނަށް ފެނުނެވެ. ރާކިންއަށް ބަލަހައްޓައިގެން ނުހުރެވުނެވެ. ދުވެފައި އެދިމާލަށް ދިޔައެވެ. ނަމަވެސް ސުނާއާއި ހަމައަށް ނުދެވެނީކޮށް މުޅިތަން ދިއްލިގެން ދިޔައެވެ. އެވަގުތު އެންމެން ސިހިގެން ދިޔައެވެ. ރާކިންގެ ފިޔަވަޅުތަކަށް ހުއްޓުން އެރިއެވެ.

“އަހަރެން ހާދަ އިންތިޒާރެއް ކޮށްފީމޭ” މިޒާން ނިކުތީ ރާކިން އާއި ސުނާއާއި ދެމީހުންގެ މެދަށެވެ. އާހިލްއާއި ހުސައިން އައިސް ރާކިންއާއި ހަމަކުރިއެވެ. “އަހަރެން ހިތަކަށް ނާރާ ތިތަނުގައި އެހާ މޮޅެތި މީހުން ތިބޭއިރުވެސް މިހާ ގިނައިރުވާނެ ކަމަކަށް މިތަން ހޯދާކަށް” މިޒާން ވާހަކަ ދެއްކިއެވެ. ރާކިންއަށް ހުއްޓުން އަރާފައި ހުރެވުނެވެ. މިޒާން ހީވަނީ ހަމަ ހުސައިން ހެންނެވެ. އެއްވެސް ތަފާތު ކަމެއް ނެތެވެ. ކުޑަކޮށް ފަލަހެން ހީވެއެވެ. ރާކިން އެއްފަހަރު ހުސައިންއަށް އަނެއްފަހަރު މިޒާންއަށް ބަލާލިއެވެ. “ކަލޭ ބުނީދޯ ގުޅާނަމޭ.. އެހެންވެ އަހަރުމެން މަޑުކޮށްލީ..” ރާކިން އަޑަށް ބާރު ލަމުން ވާހަކަ ދެއްކިއެވެ. އަދި ސުނާއާއި ދިމާލަށް ބަލާލިއެވެ. ސުނާ އިނީ އިސްޖަހާލައިގެންނެވެ. އިންގޮތުން ހޭ ހުރިހެނެއް ހިޔެއް ނުވެއެވެ. “ސުނާއަށްތަ ތިބަލަނީ.. ދެރަނުވޭ.. އޭނަގެ ދުވަސް ގޮސްފި.. ކަލޭމެންނަށް އާދެވުނުލެއް ލަހީ” މިޒާން ސުނާއާއި ދިމާލަށް ބަލާލަމުން ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ. ރާކިން އެވަގުތު ފިޔަވަޅެއް ކުރިއަށް އަޅާލިއެވެ. ނަމަވެސް ހުސައިން ރާކިންގެ އަތުގައި ހިފެހެއްޓިއެވެ.

“މިޒާން.. ކީއްވެ ކުރާކަމެއްތީ.. ޕްލީޒް.. ސުނާ ދޫކޮށްލާ.. އަހަރެން މިހުރީ އައިސް” ހުސައިން ފިޔަވަޅެއް ކުރިއަށް އަޅަމުން ވާހަކަ ދެއްކިއެވެ. “އޯހް.. ބްރޯ.. އަހަރެން ހާދަ މިސްވިއޭ ބްރޯ މަތިން” މިޒާން އައިސް ހުސައިން ގައިގައި ބައްދާލިއެވެ. “އާ ޔޫ އޯކޭ.. އެމީހުން އެއްވެސް ކަމެއް ކުރިތަ.. ” ހުސައިން ދުރުކޮށްލަމުން މިޒާން ވާހަކަ ދެއްކިއެވެ. “އަހަރެން ހައްޔަރު ކުރީވެސް މިޒާންގެ ސަބަބުން.. ކީއްވެ ކުރާކަމެއްތަ ތިއީ..” ހުސައިން މިޒާންގެ އަތް ދުރުކޮށްލަމުން ވާހަކަ ދެއްކިއެވެ. “ހުސައިންއަށް ރަނގަޅަށް އެނގޭނެ އަހަރެން މިގޮތައް މިކަންތައް ކުރަނީ ކީއްވެގެންކަން” މިޒާން ރާކިންއާއި ދިމާލަށް ރުޅިވެރިކަމާއި އެކު ބަލާލިއެވެ. “ބަލަ އަހަރެން ކީއްތަ ކުރީ ކަލެއަށް.. ކަލޭ ހުރިހާ ރުޅިއެއް މިރާއްޖޭގެ ހުރިހާ ކުޑަކުދިންނަށް ތި ބަލާލަނީ.. އަދި މަގޭ އަންހެނުންނަށް ތި ހުރިހާ ކަމެއް ކުރަނީ” ރާކިން ރުޅިވެރިކަމާއި އެކު ހަޅޭލަވައިގަތެވެ. އާހިލް ހުރީ ރާކިންގެ ފަހަތުގައެވެ. ހުސައިން ހުރީ މިޒާން ކައިރީގައެވެ. “ކަލޭ ހަނދާނެއް ނެތްތަ.. މީގެ އެއްހަރާއި ހަމަސް ކުރިން.. ކަލޭގެ ސަބަބުން އަހަރެންގެ ކޮއްކޮ މަރުވީ” މިޒާން ވާހަކަ ދެއްކިއެވެ. “ކަލޭ ކީކޭތަ ތިކިޔަނީ” ރާކިން ހައިރާން ކަމާއި އެކު ވާހަކަ ދެއްކިއެވެ. “މިޒާން.. މިއީ އެކަންތައްތައް އަދިވެސް.. ބަލަ އަހަރެން ބުނީމެއްނުން.. އޭގެ ރާކިންގެ މައްސަލައެއް ނެތޭ..” ހުސައިން މިޒާންއާއި ދިމާލަށް ބަލާލިއެވެ. “ކަލެއަށް ދުވަހަކުވެސް އެމީހުންގެ މައްސަލައެއް ފެނޭތަ.. އޭނަގެ ސައިކަލުގައި ޖެހިފައި އަހަރެންގެ ކޮއްކޮ މަރުވީ.. އަހަރެންގެ ބައްޕަ އަދިވެސް އެއޮތީ ވާގިނެއް މީހެއްގެ ގޮތުގައި ހޮސްޕިޓަލްގައި.” މިޒާން ހުސައިން ދުރައް ކޮށްޕާލަމުން ބުނެލިއެވެ.

ރާކިން އިސްޖަހާލިއެވެ. މިޒާން އެ ދައްކަނީ އެކްސިޑެއްޓެއްގެ ވާހަކައެވެ. އަނެއްކާ އެއީ.. ރާކިންއަށް އޭނަގެ ބޮލުގައި ހިފައްޓާލެވުނެވެ. އެ އެކްސިޑެންޓަކީ ދުވަހަކުވެސް ރާކިން ހަނދާނުން ނައްތާލެވޭނެ އެކްސިޑެންޓެއް ނޫނެކެވެ. އެކަމަކު އެއީ އޭނަގެ މައްސަލައެއް ނޫނެކެވެ. އަނެއް ސައިކަލުގައި ތިބި މީހުން މާބާރަށް ދުއްވާފައި އައިސް ރާކިން ގޯޅިން ނިކުންގަޑީގައި ޖެހުނީއެވެ. ރާކިން ނިކުތީ ގަވައިދާއި އެއްގޮތަށެވެ. އެސައިކަލުގައި ތިބީ ދެމީހުންނެވެ. މެދު އުމުރުގެ މީހަކާއި 18 އަހަރުގެ ފިރިހެން ކުއްޖެކެވެ. ފަހަތުގައި އިން އެ ފިރިހެން ކުއްޖާ ބުރައިގެން ދިޔަ ގޮތައް ގޮސްޖެހުނީ މާދުރުގައި ހުރި ފާރުގައެވެ. މެދު އުމުރުގެ މީހާ ސައިކަލާއި އެކު ކައްސަލައިގެން ހުއްޓުނީ ނުލާހިކު ދުރުގައި ހުރި ސައިކަލު ތަކެއްގައި ޖެހުނީމައެވެ. އެސައިކަލުތައް ވެއްޓުނީ އެމީހާގެ ގައި މައްޗަށެވެ. ރާކިންގެ ވެސް އަތް ބިންދައިގެން ދިޔައެވެ. އަދި ބޮލާއި ފަޔަށް ވަރަށް ބޮޑަށް އަނިޔާވިއެވެ. ތިންމަސް ވަންދެން ރާކިންވެސް ހޮސްޕިޓަލްގައި އޮންނަން ޖެހުނެވެ. 18 އަހަރުގެ ފިރިހެން ކުއްޖާ ހޮސްޕިޓަލްއަށް ގެނައިތާ މާގިނައިރެއް ނުވެ މަރުވިކަން ރާކިންއަށް އެނގުނީ އޭގެ ތިންދުވަސް ފަހުންނެވެ. އައި.ސީ.ޔޫއިން ރާކިން ބޭރަށް ނެރުނު ދުވަހުއެވެ. މެދުއުމުރުގެ މީހާއަށް ވާގޮތް ރާކިން އައީ ބަލަމުންނެވެ.

“އޭނައާއި ހެދި އަހަރެންެ ބަލަމުން އައި އާއިލާ ގެއްލިގެން ދިޔައީ… ބަލަ އަހަރެންނަށް ހުސައިން ފެނުނީވެސް ހާދަ ފަހުންނޭ.. އެގޭތަ އޭގެ ކުރިން އަހަރެން އެކަނިވެރިވި ވަރު.. އޭނައާއި ހެދި އަހަރެން އެންމެ ލޯބިވާ ކޮއްކޮ.. އަހަރެންގެ ކޮއްކޮ.. އަހަރެންނާއި ލޭގެ ގުޅުންނެތަސް.. އަހަރެން އޭނަދެކެ ހާދަ ލޯތްބެއް ވީމޭ” މިޒާން ރުޅިވެރިކަމާއި އެކު ވާހަކަ ދެއްކިއެވެ. “އެއީ އަހަރެން ކުރި ކަމެއްނޫން.. އަހަރެންގެ މިސްޓޭކްއެއް ނޫން އެއީ.. އެމީހުން ނުބަލާ އައީ.. އަހަރެން ދިޔައީ ގަވައިދުން.. ބަލަ ކޯޓުންވެސް ނިއްމީ އެގޮތަށް” ރާކިން މަޑުމައިތިރި އަޑަކުން ވާހަކަ ދެއްކިއެވެ. އެ އެކްސިޑެންޓަކީ ރާކިންގެ ލޮލުން ކަރުނަ ގެނުވާ ކަމެކެވެ. “އާ.. އަހަރެންނަށް އެގޭ ކަލޭ ބުނާނީވެސް ތިހެންކަން.. އެންޑް ތި ބުނަނީ ކޯޓްގެ ވާހަކަ.. ބަލަ އެމީހުންނަކީ ކަލޭމެންނަށް ވިކިފަ ތިބޭބައެއް.. ކަލޭމެންގެ ކުށެއް ދުވަހަކުވެސް ނުފެންނާނެ.. ކަލޭމެންގެ ކުށެއް ފެނުނަސް އެކަން އެހާ ފަސޭހައިން ބައްދާލާނެ.. އަހަރެންނަށް އެގޭ އޭރުވެސް އެއީ ކަލޭގެ މައްސަލަކަން” މިޒާން ރުޅިވެރިކަމާއި ރާކިންއާއި ދިމާލަށް ފިޔަވަޅެއް އެޅިއެވެ. “ކަލޭ ރުޅި އަންނަނީ އަހަރެން ދެކެ އެއްނުން.. ދެން އެހެން މީހުންނަށް އެރުޅި ބާލަނީ ކީއްކުރަން.. އަހަރެންގެ އަންހެނުން ދޫކޮށްލާ.. އޭނަ އެއްވެސް ކަމެއް ނުކުރޭ” ރާކިން އާދޭހުގެ ރާގެއްގައި ވާހަކަ ދެއްކިއެވެ. “މިޒާން ޕްލީޒް.. ސުނާ ދޫކޮށްލާ.. ރާކިންގެ ކުށެއް ނެތޭ އެކަމުގައެއް” ހުސައިން ވާހަކަ ދެއްކިއެވެ.

“ކަލޭ ތިއީ އަހަރެންގެ ކޮއްކޮ.. އެކަމަކު ކަލޭވެސް ތި ހިފަނީ އޭނައާއި އެއްކޮޅަށް.. ” މިޒާން ތަންކޮޅެއް ދުރުގައި ހުރި ދަގަނޑު ގަނޑެއް ނަގަމުން ބުނެލިއެވެ. އަދި އިތުރު އެއްޗެކޭ ނުބުނެވޭނީސް އޭގެން ބާރު އެތިފަހަރެއް ހުސައިންގެ ބޮލުގައި ޖެހިއެވެ. އެވަގުތު ހުސައިން އެތަނަށް ވެއްޓުނެވެ. ރާކިންއަށާއި އާހިލްއަށް ފިޔަވަޅެއް ކުރިއަށް އެޅުނެވެ. “ނޫން. ނޫން. ނޫން.. އެކަކުވެސް އެންމެ ފިޔަވަޅެއްވެސް ކުރިއަށް އަޅައިގެން ނުވާނެ..” އާހިލް އެ ދަގަނޑު ގަނޑު ދިއްކޮށްލަމުން ބުނެލިއެވެ. ރާކިން އާއި އާހިލްގެ މޫނު ފެންނަމުން ދިޔައީ ބިރުވެރިކަމެވެ. “ކަލޭ ހީކުރަނީ ކީކޭ ކަމައްތަ.. ކަލޭ ތިއީ މިދުނިޔޭގައި ހުރި އެންމެ މޮޅު މީހާއޭތަ.. އެންމެ މޮޅު ޕޮލިހޭތަ.. ކަލޭއަށް މިސްޓޭކްއެއް ނެހެދޭނެއޭތަ.. އެކަމަކު މިކޭސްގައި ކަލެއަށް ކުރެވުނު ކަމެއް ބުނެބަލަ.. އެއްދުވަސް ވެގެން ދިޔައިރު ކަލެއަށް ނޭނގުނު ކަލޭގެ އަންހެނުން ގޭގައި ނެތްކަމެއްވެސް.. އެކަމަކު ކަލޭ އަމިއްލަށް ކަލޭގެ ވަރެެއް ނެތީގެން” މިޒާން ރުޅިވެރިކަމާއި އެކު ވާހަކަ ދެއްކިއެވެ. ރާކިން މިޒާންއާއި ދިމާލަށް ބަލާލިއެވެ. “ކަލޭ ހީކުރަނީ އެމީހުން މަރަނީ އަހަރެން ކަމަށްތަ.. އަހަރެން ތި ކެމެރާތަކުން ފެނުމުން އެގޮތައް ކަލޭ ނިންމީ.. ކަލެއަށް ހީވޭތަ އަހަރެން އެކުދިންނަށް އެގޮތައް އަނިޔާ ދީފާނެއޭ” މިޒާން އަހާލިއެވެ. “ކަލެއަށް އެންމެ ފަހަރުކުވެސް ވިސްނާލެވުނުތަ ތި މީހުންނަށް އެނގެން ޖެހޭ މައުލޫމާތު އެތަނުން ބޭރަށް ދަނީ ކީއްވެގެން ކަން.. ކިހިނެއްކަން.. ކީއްވެގެންކަން” މިޒާން ވާހަކަ ދެއްކީ ރާކިންއާއި ދިމާލަށް ބަލަހައްޓައިގެން ހުރެއެވެ. “ކަލެއަށް” އެހާ ހިސާބަށް ބުނެވުނުތަނާ ކުއްލިއަކަށް މުޅިތަނުން ކަރަންޓް ކެޑުނެވެ. އަދި ކުއްލިއަކަށް މިޒާންގެ ހަޅޭކުގެ އަޑު ގުގުމައިގެން ދިޔައެވެ. ރާކިންއަށް ހުރީ ހުއްޓުން އަރާފައެވެ.

ފަސްވަރަކަށް ސިކުންތު ފަހުން ކަރަންޓު އައި އިރު މިޒާން އޮތީ ވެއްޓިފައެވެ. ހުސައިންވެސް އޭރުވެސް އޮތީ ވެއްޓިފައެވެ. ހުސައިންގެ ބޮލުން ލޭ  އެތަނުގައި ހުއްޓެވެ. ހުސައިންގެ އެއްވެސް ހަރާކަތެއް ނެތެވެ. މިޒާންގެވެސް ހަރަކާތްވަނީ ހުއްޓިފައެވެ. މިޒާން ކައިރީގައި ރާކިންއަށް ފުރަގަސް ދީގެން ޖެކެޓްއެއް ލައިގެން މީހަކު އިނެވެ. “ކާކުތީ” ރާކިން ފަހަތަށް ފިޔަވަޅެއް އަޅަމުން ވާހަކަ ދެއްކިއެވެ. “މައްސަލައަކީ މި ރާއްޖޭގައި މާ އަނގަ ގަދަ މިތުރުން ގިނައީ.. ” އެމީހަކު އެހެން ބުނެލަމުން ތެދުވެ ރާކިންއާއި ކުރިމަތި ލިއެވެ.

ނުނިމޭ….

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Fantasy

Level 310 Stories500 Comments100 Comments

Other Articles

Previous

ހިތް ނުރޮއްވާ… (28)

Next

ހިތް ނުރޮއްވާ… (29)

Next
December 11, 2014

ހިތް ނުރޮއްވާ… (29)

Previews
December 9, 2014

ހިތް ނުރޮއްވާ… (28)

30 Comments!

  1. Fantasy says:
    December 10, 2014 at 7:57 pm

    v bodah sory vaahaka lasveethee.. aslu kuda break eh libunyma family aa eku time spend kohlaathee vaahaka nuliyevuny.. mibaives hurihaa kudin nah kamudhaane kamah heekuran.. hurihaa kudinge comment thakah maruhabaa kiyan 🙂

  2. n says:
    December 10, 2014 at 8:26 pm

    Mi part very very nice , next tomorrow upload kohdhechy.

  3. Twinkle says:
    December 10, 2014 at 8:53 pm

    Aahil dhw killer aky.. Vaahaka nimeny dhw.. V nice mi part vs.. Avahah Up kohlachey..

  4. waitin.. says:
    December 10, 2014 at 9:05 pm

    varah bodah lasvii.. dhen ehen nuhadhahchey please.. mi part varah reethi next part ah inthizaaru kuran..

  5. summi says:
    December 10, 2014 at 9:06 pm

    that is aahil dhw…………….

  6. Shadhi says:
    December 10, 2014 at 9:11 pm

    O my god hama emesseh marah nukere kujjaatha…. thankolheh avahah up kollachchey next part pleeju…

  7. aii says:
    December 10, 2014 at 9:31 pm

    Nice one…

  8. Maash says:
    December 10, 2014 at 9:45 pm

    Story v v v nice .. Please please upload fast

  9. zoonii says:
    December 10, 2014 at 10:29 pm

    Kon irakun anehbai upload vaany….just cant wait

  10. ammu says:
    December 10, 2014 at 10:33 pm

    I knew eyru ves e aahil kan.. plxx next part ehaa las nukoh genesdhehchey..

  11. lady says:
    December 10, 2014 at 10:48 pm

    Hey fantasy. Please up kh dhehchey avahah. VaraAah digu inrhizaareh khfin. Please . I love your stories. Upload fast 🙁

  12. faai says:
    December 10, 2014 at 11:03 pm

    Alhe hama aahil dhw… 🙁
    Waiting for the next part… Awahah up kohdhehchey fantasy…

  13. sum 1 says:
    December 10, 2014 at 11:44 pm

    Awsm…. waitn fr da next part… dhen las nukurahchey… plx plx plx…

  14. Hech-dIi says:
    December 11, 2014 at 12:10 am

    wot!! Ahil tha hurihaakameh kurany.. haadha heenuve eii. waiting fr di nxt one.hpe its gnna b up soon. 🙂 n btw intresting story fantacy 🙂

  15. superbstory says:
    December 11, 2014 at 7:40 am

    varah reethi vaahakaeh. dhuvahaku comment eh nukuran vaahaka akah. ekam hama nuhurevigen.
    Fantacy ah bunelan beynun vanee vaahaka akee meehunge mind aa varah kulhelaa ehchekey. adhi mi vaahaka akee rajjeyge gina zuvaanun thakeh kiyaa vaahakaeh. ehenveema mi vaahakaiga portray kuraa kamakun mi mujuthama ah varah nubai message eh dhevidhaane.
    especially varah edhen mi vaahakaige Gaathil akee police akah nahadhan. police aku murderer akah hadhaafa vahaka eh liyumun mi mujuthama ah varah negativ impacts annaane.
    hope u would not underestimate the power of a story…

  16. ggg says:
    December 11, 2014 at 9:12 am

    Police therey vs rangalhu meehuna nubai meehun ulhey.. Police therey ulhey enmen naki thedhu alifu thakeh noon.. Ei enmenah vs engey hageegatheh.. Police murderer akah hedhiyas eii mahsala eh noon kamah alhugandu dhekeni..

  17. uma says:
    December 11, 2014 at 12:15 pm

    errmahgerrd its aahil!!!!!!!

  18. lil says:
    December 11, 2014 at 12:58 pm

    nooo 😮 🙁 my aahil :,(

  19. hhh says:
    December 11, 2014 at 7:28 pm

    sorry ggg hiyaalakee thafaathu ehcheh. but police r supposed to be as straight as alif. vaahaka akee hama ekani munifoohi filuvan kiyaa ehcheh noon. society empower kurumuge ves vaseelatheh. so writers shud not defame the police n compromise their relations with the civilians.
    mivaahaka kiyaa police kudhinnah ves characters ge hardworking n clever attitudes inspiration akah vaane kan yageen…

  20. inn says:
    December 12, 2014 at 2:07 am

    varah salhi mibaivess. aahil akydhoo gaathil…. bust kolabala avahah…intresting…….

  21. aalaaa says:
    December 12, 2014 at 7:53 pm

    fantasy aneh part konirakun ………………………………………………………………………………………………………………….. v kiyaa hithun mihury……………………………….. hageegai vaahaka vx up kohlabah,,,,,,,,,,,,,,,,,,,, mihaaru ehaa gina story up nukuraathi v foohi ehnv ma avahah up kohdheyne ksmsh hope kuran………………………. btw vaahaka hama v obi…………………..

  22. Fantasy says:
    December 12, 2014 at 8:41 pm

    hurihaa kudinge ‘lobi’ comment thakah fentasy v bodah shukuru adhaa kuran.. 🙂

  23. lady says:
    December 12, 2014 at 8:50 pm

    Fantasy Alheyyy when neXT part
    Mihaaru hure venee eh noon

  24. lady says:
    December 12, 2014 at 8:52 pm

    Please fantasy gadaaaaaaa. Please please up fast

  25. Fantasy says:
    December 12, 2014 at 11:12 pm

    fentasy bunelan beynun vany mi vaahaka ak ehves meehakah radheh dhinumuge gothun nuny kamakaa gulhigen liyaa vaahaka eh nuney… mi ee mujuthamauga vedhaane kamah belevey kanthah thakehge machah binaa koh genevey vaahaka eh… plx hurihaa kudinves vaahaka in ibratheh neygetho try kuraathi 🙂

  26. Fantasy says:
    December 12, 2014 at 11:13 pm

    superstory and hhh ge comment ah fantasyves thaaeedhu… polihunaky alifun gothah thiben jehey baeh.. ekamaku emeehuna naky ves inssanun dhoo… ehen veema mistake eh hedhi dhaane… 🙂
    fantasyge beynumaky mi vaahaka in nubai assareh muju thamau ah kuru vumeh nun … ekamaku vaahaka kiyaafa ibratheh haasil kurun.. 🙂
    fantasy aky polihun nah v ihuthiraam kuraa adhi emeehunge bura massakai balai ganna meeheh.. adhi mi vaahaka aky ehves meehakah adhi ehves kamakah amaazu koh liyaa vaahaka eh nun igey.. mikahala kanthah mujuthamauga vaathee visnah ithuru furusathu thakeh dhinumuge gothun… heekuran konme vaahaka akuves kiyun therin iburatheh haasil kuraane kamah 🙂

  27. hhh says:
    December 13, 2014 at 10:14 am

    mi vaahaka varah iburahtheri. fantasy ge hiyaalah varah thaaidhu. mujuthamaeh heylun theri kuran varah effective tool eh miee. 1st part in feshigen varah shauguverikan hifehettunu. mi mujuthama ah varah beynunvey mikahala vaahaka. not all romance n drama.
    please do blastin research n come up with more enhanced n enriched stories in d future. thumbs upto you dear…

  28. Faxoo says:
    January 13, 2016 at 6:29 pm

    wowwwww ths story is awesome!! euii Aahil tha??????? 😮

  29. naavii says:
    June 10, 2018 at 2:24 pm

    wow all those parts were interesting ,very nice

  30. A.S.Cain says:
    June 24, 2020 at 2:01 am

    vaahaka reethi.

Comments are closed.

Next Episodeޤާޠިލް… ފަހު ބައި…←


All Right Reserved!