އީމަންގެ ބާރުގަދަ އަތްމައްޗަށް ޔާނާ އުފުލާލުމާއެކީ ދޮރާ ދިމާއަށް މިސްރާބު ޖެހިއެވެ. ދުރުގައި ބަލަން ހުރި ރީމްގެ ސިކުނޑީގައި ހަމަ ވިސްނުން ޓަކި ދިންފަދައެވެ. އެގޮތަށް އީމަން އިޔާނާއާ ކައިރިވެވިއްޖެ ނަމަ އަނެއްކާވެސް ޔާނާގެ ހަނދާންތައް ސިކުނޑިއަށް ވެރިވެގަނެއްފާނެކަން ޔަޤީނެވެ. ދުވެފައި ގޮސް އީމަންއާ އަރާ ހަމަ ކުރިއެވެ. އަދި ދެ ގާޑުން ކައިރީގައި އިޔާނާ ވެއްދުމަށް ބުނިނަމަވެސް އީމަން އެކަމާ ދެކޮޅުހެދިއެވެ. ގޭތެރެއަށް ވަދެވުމާއެކީގައި ބޮޑު ސޯފާގައި އިޔާނާ ބޭއްވިއެވެ. އެވަގުތު ފެންތަށްޓަކާއިގެން އައި މީހާ […]
“ތެދަށް ބުނަންޏާ އެއްވެސް މާނައެއް ނެތް. ހަމަ އެކަނި އޮތްކަމަކީ ‘އެމީހެއްގެ އެއްޗެއް އެމީހަކަށް ލިބުން.’ އެހެން މީހަކު ކިތަންމެ ހޯދަން އުޅުނު ނަމަވެސް އެކަމެއް ނުކުރެވޭނެ.” އީމަންގެ މޫނު މަތިން ސީރިއަސްކަން ފެންނަމުން ދިޔައެވެ. ޒާން އީމަންއާ އަރާ ހަމަ ކޮށްލިއެވެ. “އެކަމަކު އަހަރެން ބޭނުންވި ނަމަ މިސްޓަރ ޑީޑީ އަށް ލާހިކެއް ނޫން މި ކުންފުނި އަނބުރާ ހޯދާކަށް.” އީމަން ޒާންއަށް ބަލައިލި ހިނދު ޒާން އީމަންއަށް ބަލައިގެން ހިނިއައިސްފައި ހުއްޓެވެ. އީމަންވެސް ބާރަށް […]
“ޔާނާ!” ޒާންއަށް ހަޅޭއްލަވައިގަނެވުމާއެކު އެދިމާއަށް ދެވުނެވެ. ރީމްގެ މެޔަށް ހީވީ މީހަކު ހޫނު ފެން އެއްޗެއް އޮއްސާލީހެނެވެ. ޔާނާ ދިރިހުރީ ހެއްޔެވެ. އެނދާ ކައިރިއަށް މަޑުމަޑުން ފިޔަވަޅު އަޅަން ފެށުނީ އެނދުމަތީގައި އޮތް އަންހެން މީހާގެ މޫނު ބެލުމަށެވެ. އެއިރުވެސް ޒާން އެ އަންހެން މީހާއަށް ގޮވަމުން ދިޔައެވެ. ޔާނާގެ ނަމުންނެވެ. ޒާން ސައިޑްޓޭބަލް މަތީގައި އޮތް ފޯނު ނެގުމަށްފަހު ދެންމެ ނިކުމެގެން ދިޔަ ޑޮކްޓަރުންގެ ޓީމް އަނބުރާ ގެނެސް ދިނުމަށް ބުންޏެވެ. އެއަށްފަހުވެސް ޒާން އެތަށް […]
“ވަރަށް ނިދި އައިސްފި. އެހެންވީމަ. ހުމާމުވެސް ދެން ނިދާލާ.” ހުމާމުގެ އިތުރު ޖަވާބަކަށް އިންތިޒާރު ކުރުމެއް ނެތި ޖާހަތު ކޮޓަރިއަށް ވަދެ ދޮރު ލެއްޕިއެވެ. އަދި އެއަށްފަހުގައި ދޮރުގައި ލެނގިގެން ހުރެ ފުންނޭވާތަކެއް ލާންފެށީ މި ހުރިހާ ވަގުތުވަންދެން އެތެރޭގައި ހިފަހަށްޓައިގެން ހުރި ބިރުވެރިކަން ބޭރުކޮށްލުމަށްޓަކައެވެ. ހުމާމުގެ ބަސްތަކަށް އިތުބާރެއް ނުކުރެވެއެވެ. ނަމަވެސް އެބަސްތައް ދޮގުކުރާނެ ގޮތެއް ވެސް ނުވިސްނުނެވެ. އާއިޒުއަށް ގުޅަން ހިތްބުނެލިއެވެ. އެހެންކަމުން އާއިޒުގެ ނަމްބަރަށް ޑަޔަލް ކޮށްލިއެވެ. ފޯނެއް ނުނަގައެވެ. ޖާހަތު އަނެއްކާވެސް […]
އީމަންއަށް ހޭލެވުނު އިރު އަށެއް ޖަހަނީއެވެ. މިއަދު ރީމް ކޮބައިބާއޭ ހިތް ސުވާލު ކޮށްލި އެވެ. ހިތްވަރުކޮށްފައި ތެދުވެ އިށީނދެލިއެވެ. އީމަން ހެޑްބޯޑްމަތީގައި ހުރި ބެލް އަށް ފިތާލުމާއެކީ ނޯކަރެއް ކޮޓަރިއަށް އައެވެ. އީމަން އެދުނީ ސައި ގެނެސް ދިނުމަށެވެ. ކުރިންރޭވެސް ނުކައި ހުރުމުގެ ސަބަބުން ހަށިގަނޑުގައި މަޑުމަޑު ތުރުތުރެއް ހުއްޓެވެ. ހެޑްބޯޑުގައި ލެނގިލައިގެން ހުއްޓާ ރީމް ކޮޓަރިއަށް ވަދެގެން އައެވެ. “ގުޑް މޯނިން، މާން!”ހިނިތުންވެލަމުން ރީމް ބުނެލިއެވެ. ލެޕްޓޮޕް ހިފައިގެން އައިސް އެނދުގައި އިށީނދެލިއެވެ. “އަހަރެންނަށް […]
“ކަލޭމެން ބުނީ މެއްނު އޭނަ ޖާހަތު އާ އިނީ ލޯތްބަކުން ނޫނޭ. ބަދަލު ހިފުމަށޭ. ދެން؟ ކީއްވެ އޭނައަށް ޖާހަތު ދޫކޮށްލަން ނުކެރިގެން އެއުޅެނީ؟” އެތަނުން ދެތިން މީހަކަށް އިޝާރާތް ކޮށްލަމުން ހުމާމު ސުވާލު ކޮށްލި އެވެ. ރުޅިވެރި ކަމާއެކީގައެވެ. އަނެއްކާވެސް ގޮސް އާއިޒުގެ ކައިރީގައި ހުއްޓިލިއެވެ. “ލޯބިވެވުނީތަ ޖާހަތު ދެކެ؟” މަޑުމައިތިރި ކަމާއެކީގައި ސުވާލު ކޮށްލިއެވެ. އާއިޒު އިސް އުފުލާލިތަން ފަހަތުގައި ހުރި ހުމާމަށް ފެނުނެވެ. “ކަލެއަށް ލޯބިވެވުނީ ހޭ އޭނަ ދެކެ؟” ހަޅޭއްލަވައިގަންނަމުން ސުވާލުތަކުރާރު […]
3 މަސް ފަސް އީމަން އިނީ ކޮޓަރީގެ ބެލްކަނީގައެވެ. އަތުގައި އޮތް ފޮޓޯ ފްރޭމަށް ބަލަހައްޓައިގެން ފުން ހިޔާލަކަށް ގެއްލިފައި އިން އިރު ލޮލުން ފައިބަމުން ދިޔަ ކަރުނަ ތިކިތަށް ފޮޓޯފްރޭމަށް ބޮސް ދެމުން ދެއެވެ. ޔާނާ އާއި އީމަންގެ ކައިވެނީގެރޭގައި ނަގާފައިވާ އެފޮޓޯގައި ޔާނާ ހިނިތުންވެލައިގެން އިންއިރު އެމޫނުމަތިން ފެންނަމުން ދިޔަ މަޢުސޫމުކަން އަދިވެސް އީމަންގެ ހިތް ކަތިލަމުންދާފަދައެވެ. “މާން! ސައިބޯންވީނު؟” ސައިތަބަކެއް ހިފައިގެން އައި ރީމް ކޮޓަރީގެ ދޮރު ހުރަސް ކޮށްލަމުން ބުނެލިއެވެ. ކަޅު […]
ރީމް އަށް އެތަނަށް ދެވުނު އިރު ފަތިސް ވަނީއެވެ. ހައިރާންކަން ވެރިވީ އެތަނުގައި ހަރަކާތްތެރިވަމުން ދިޔަ ފުލުހުން ފެނުމުންނެވެ. ކާރު އޮތް ހާލަތު ފެނި ރީމްގެ ހިތަށް ބިރުވެރި އަސަރުތަކެއް ކުރުވިއެވެ. ވަކި ހިސާބަކުން އެތެރެއަށް ނުވަދެވޭގޮތަށް ސީން ވަނީ ބަންދުކުރެވިފައެވެ. ރީމް ވިސްނާލުމަށްފަހު ގޮސް އެތަނުގައި އިސްކޮށް ހަރަކާތްތެރިވާ އޮފިސަރަކާ ވާހަކަ ދެއްކިއެވެ. “ފެނިފައިވާ ފިރިހިނެއްގެ ހަށިގަނޑު މިހާރު ހޮސްޕިޓަލަށް ފޮނުވާލައިފިން. އިތުރު މީހެއް ފެނޭތޯ ހޯދަމުން މިދަނީ!” ރީމްއަކީ އެކްސިޑެންޓްވީ މީހާއާ ގުޅުމެއްހުރި މީހެއްކަމުގައި […]
“ސޮރީ އީމަން. އެކަމަކު މިރޭ ތި ދެމީހުންނަކަށް ގެއަކަށް ނުދެވޭނެ!” ރީމް ހަމަ ޖެހިލާފައި ބުނެލި ޖުމުލައިން އީމަން އަދި ޔާނާއަށްވެސް ހައިރާންކަން ލިބިގެން ދިޔައެވެ. އީމަން އަދި ޔާނާގެ މޫނުމަތީގައިވާ ހައިރާންކަން ފެނި ރީމް ހީގަތެވެ. “ހާދަ ސީރިއަސްވީ؟” ރީމް ވާހަކަ ދައްކަމުން ދިއްކޮށްލީ ކާޑެކެވެ. އީމަން އޭގައި ހިފަމުން ބަލައިލިއެވެ. ޔާނާވެސް އީމަންއާ ކައިރިވެލުމަށްފަހު ކާޑަށް ނަޒަރު ހިންގާލިއެވެ. ރީމް ވާހަކަ ކުރިއަށް ގެންދިޔައެވެ. “ތިއީ ރެސްޓޯރެންޓްގެ ފަރާތުން ދިން ހާއްސަ އޮފަރ އެއް. […]