ސިޓިންރޫމުގައި ދެކޮޅަށް ހިނގާލަ ހިނގާލަ އިން ސައުދިއްޔާ އިނީ މި ދަނޑިވަޅަށް ވަރަށް ތައްޔާރު ވެގެންނެވެ. މިއީ އޭނާ ކުރިމަތިލާން ޖެހޭނެ ވަގުތުކޮޅެއްކަން ކިތަންމެ ކުރިން އެނގިފައިވި ނަމަވެސް ވަގުތު ޖެހުނު އިރު މުޅި މީހާގެ އަތްފައި ފިނިވެ ބާރުބާރަށް ހިތް ތެޅެމުން ދަނީއެވެ. އާއިޒު އައިސް ސައުދިއްޔާ ކުރިމައްޗަށް ހުއްޓުނު އިރު އެދެލޮލުން އަލިފާން ކަނި ބުރާފަދައެވެ. ސައުދިއްޔާ އަވަސް އަވަހަށް ވާހަކަ ދައްކަން ފެށިއެވެ. “ދަރިފުޅު، މަންމަ ދައްކާ ވާހަކަ ރަނގަޅަށް އަޑު އަހައްޗޭ! […]
މާލޭގެ ބޮޑެތި ފިހާރަތަކުން ފަހަރަކު ފިހާރައަކަށް ސައުދިއްޔާ ވަދެ އަގުބޮޑު ހެދުމާ ގަހަނާ ގަންނަމުން ދިޔައެވެ. ޖާހަތު ހުރީ ފަސްޖެހިފައެވެ. ނަމަވެސް ސައުދިއްޔާ އާ ދެކޮޅަށް އެއްޗެއް ބުނާކަށް ނުކެރުނެވެ. އީމަންއާ ޔާނާ ތިބީ އީމަންގެ ގޭގެ ކޮޓަރީގައެވެ. ޖެހިގެން އޮތް ދުވަހު ފުރަން ހަމަ ޖެހިފައި އޮތުމުން ދެމީހުންވެސް ދައްކަމުން ދިޔައީ އެވާހަކައެވެ. އިރުކޮޅަކުން އީމަންގެ ފޯނު ވައިބްރޭޓްވާން ފެށިއެވެ. އީމަން ފޯނަށް ބަލައިލިހިނދު ނިތްކުރިއަށް ރޫތަކެއް އަރައިގެން ދިޔައެވެ. އަދި ޔާނާއަށް ބަލައިލަމުން ފޯނު […]
ޖާހަތު އެރޭ އާއިޒުއަށް ދިއްކޮށްލި ފެންތަށީގައި ހުރި ފެނަށް އެއްކޮށްފައި ހުރި އެއްޗެއްގެ ސަބަބުން އާއިޒު އެނދާ އަރާ ހަމަވިތަނުން ހަބަރު ހުސްވެގެން ވެއްޓުނީއެވެ. ޖާހަތުގެ ނެގިނެގިފައި ޖެހެމުން ދިޔަ ހިތަށް ހަމަ ޖެހުމެއް ލިބުނީ އާއިޒު އެނދު މައްޗަށް ވެއްޓުމުންނެވެ. މޭމަތީގައި އަތް އަޅައި ފުންނޭވާއެއް ދޫކޮށްލެވުނީ ސަލާމަތްވި ކަމަށް ޓަކައި ﷲއަށް ހަމްދުކުރަމުންނެވެ. އެއަށްފަހު ދެން އަވަސްވެގަތީ ލައިގެން ހުރި ހެދުން ބަދަލުކުރުމަށްފަހު އާދައިގެ ހެދުމެއް ލުމަށެވެ. އެއަށްފަހު މޭކަޕްކޮށްލިއެވެ. އަދި އާއިޒު ލައިގެން […]
އާއިޒަށް ސިހިފައި ދުރަށް ޖެހެވުނެވެ. ފަނޑު އަނދިރީގެ ތެރެއިން އެއީ ކާކު ކަމެއް ދަނެގަންނާކަށް ނޭނގުނެވެ. އެނގޭހާވެސް އެއްޗަކީ އެއީ ޔާނާ ނޫންކަމެވެ. އަވަސް އަވަހަށް ދެކޮޅު ހޯދާލެވުނީ ސްވިޗްބޯޑު ހުރި ދިމާއެއް ދެނެގަތުމުގެ ބޭނުމުގައެވެ. ދޮރާ ދިމާއަށް ހިނގައިގަނެވުނީ އެތަނުގައި ސްވިޗްބޯޑް ހުންނާނެކަމަށް ލަފާކޮށްފައެވެ. އަނދިރީގައި ގޮސް ފާރުގައި އަތް ކާއްތައި ގަތުމާއެކު ސްވިޗްތަށް އަތުގައި ޖެހުމުން ދިއްލައިލިއެވެ. މުޅި ތަން އަލިވެގެން ދިޔަހިނދު ދާދި ކައިރީގައި ހުއްޓިލައިގެން ހުރި ޖާހަތު ފެނުމުން އާއިޒުއަށް ސިހުންލިބި […]
އީމަން ބޭރުގައި ހުރި ބޮޑު ސޯފާތަކުގައި އިށިނދެލީ ތެޅެމުންދާ އެހިތަށް ހަމަ ޖެހުމެއް ހޯދައި ދިނުމަށެވެ. ނަމަވެސް ހިތްތެޅެމުން ދިޔައީ އާދަޔާ ހިލާފަށެވެ. ކުރިއަށް އޮތް އުފާވެރި ވަގުތުކޮޅު މަތިން ހަނދާންވާ ކޮންމެ ފަހަރެއްގައިވެސް ހީވަނީ ހިތް އައިސް ލަގޮނޑީގައި ޖެހިތާށިވެދާނެ ހެނެވެ. ކުއްލި އަކަށް މުޅި ތަން އަނދިރިވެގެން ދިޔައެވެ. ހީވަނީ ކަރަންޓު ކެނޑިގެން ދިޔައީހެނެވެ. ތަނެއް ދޮރެއް ނުފެނެއެވެ. އީމަން ތެޅިގަނެވުމާއެކު ޖީބުގައި އޮތް ފޯނު ނެގިއެވެ. އެއްވެސް އަޑެއް ބަޑެއް ނީވުމުގެ ސަބަބުން […]
“އެހެންވީމަ ދެން ކަންތައް ކުރަންވީ ގޮތް އެނގިއްޖެ؟” ޖާހަތު އަމިއްލަ ނަފްސާ މުހާތަބު ކޮށްފައި ބުނެލިއެވެ. “ކިހިނެއް ކަންކުރާ ވާހަކައެއްތަ ތިބުނީ؟” އީމަން އެނދުގައި އޮށޯވެލަމުން ބްލޫޓޫތު ހެޑްސެޓް ޖަހައިގެން އިނދެ ވާހަކަ ދެއްކީ ޔާނާ އާއި އެވެ. “އަހަރެން ހިތަށް އަރަނީ ޖާތުވެސް ގޮވައިގެންނޭ ފުރާނީ. އަހަރެން ދިޔައީމަ އޭނަ އެކަނިވާނެ.” ޔާނާ ބޭނުންވި ގޮތް ކިޔައިދިނެވެ. “އާނ، ތިގޮތަށް ނިންމައިގެން އަހަރެންވެސް މިހުރީ. މައްސަލައެއް ނެތް.” އީމަން ބާލީހުގައި ބޯއަޅާލަމުން ހަމަޖެހިލިއެވެ. އަދި ލޯމަރާލައިގެން […]
އާއިޒު ގާތަށް އައި ރުޅީގައި ކުއްލި އަކަށް ކޮޅަށް ތެދުވިއެވެ. ލައިގެން ހުރި ފެހިކުލައިގެ ބިލަބޮންގް ޓީޝާޓްގެ ފަސްބަޔަށް ދަމައިލިއެވެ. ގަޔަށް ހިފިފައި ހުރި ޓީޝާޓުން މީހާގެ ބިޔަ ކަމާއި ބޮޑުކަން ހާމަވެ ފިރިހެން ވަންތަކަން އިތުރު ކޮށްދީފައިވެއެވެ. މަޑުމަޑުން ޖާހަތުއާ ދިމާއަށް އަންނަން ފެށުމުން ޖާހަތުއަށް ދެތިން ފިޔަވަޅު ފަހަތަށް އަޅައިލެވުނެވެ. އަދި އެއްފަރާތުގައި ހުރި ހުމާމަށް ބަލައިލެވުނީ ބޭއިޚްތިޔާރުގައެވެ. ހުމާމު ޖާހަތު ދެކެ ލޯބިވާ ކަމަށް ދައުވާ ކުރާއިރު އެހެން މީހެއް އޭނާއާ އެގޮތަށް […]
އީމަންއަށް ޔާނާގެ އެންމެ ކަމުދާ އެއްސިފައަކީ އެއީއެވެ. އެހެން އަންހެންކުދިންނާ ޔާނާ އާއި ހުންނަ އެއް ތަފާތަކީ އެއީއެވެ. ލަދުރަކިކަމެވެ. މިރޭ ދާނަމޭ ބުނަމުން އީމަން ޔާނާގެ އަތުން ދޫކޮށްލުމުން ޔާނާ ދުވެލާފައި ނުކުމެގެން ދިޔަ މަންޒަރު ބަލަން އިނީ ހެވިފައެވެ. އެދުވަހު ގޭގައި އުޅޭ ނޯކަރުންނަށްވެސް އީމަންގެ ތަބީޢަތަށް އައިސްފައިވާ ބަދަލު ފާހަގަ ކުރެވުނެވެ. އެހެންކަމުން މުޅި މާހައުލަށް ވަނީ ހިނިތުންވުމާއި އުފާވެރިކަން ވެރިވެފައެވެ. ކަޅުފޮއިރޭގެ އަނދިރިކަމުން މުޅި ފަޒާއަށް އަނދިރިކަން ވެރިކުރުވާފައިވީ ނަމަވެސް އީމަންއާ […]
“ތިއީ ތަ ވީ ލޯތްބަކީ. ޗި.. ތިއީ ފިރިހެނަކަށް ވެސް ނުވިއެއްނު. ލޯތްބަކީ ގަދަކަމުން ހޯދޭނެ އެއްޗެއްނޫންކަން ހަނދާން ކުރާތި.” ރުޅިވެރި ކަމާއެކީ މިހެން ބުނެލުމަށްފަހު އަނެއްކާވެސް އާއިޒު ކޮށްޕާލިއެވެ. އީމަން ތެދުވެގެން ޔާނާއާ ދިމާއަށް ހިނގައިގަތެވެ. އަދި މަޑުމަޑުން ޔާނާ އެ ބާރުގަދަ އަތްދަނޑި މައްޗަށް އުފުލާލީ ލޯތްބާއި އޯގާތެރި ކަމާއެކީއެވެ. އަދި ކުރިއަށް ހިނގައިގަތެވެ. ޔާނާގެ އަދިވެސް ހެއެއް ނެތެވެ. އެވަގުތު އެ ހަމަ ހިމޭން ފަޒާ ތެރޭގައި ގުގުމާލީ އާއިޒުގެ ރުޅިވެރި ބަސްތަކެވެ. […]