Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 40

Esfiya
February 11, 2016
6 Mins Read
52 Views
10 Comments

“ވަރަށް ނިދި އައިސްފި. އެހެންވީމަ. ހުމާމުވެސް ދެން ނިދާލާ.” ހުމާމުގެ އިތުރު ޖަވާބަކަށް އިންތިޒާރު ކުރުމެއް ނެތި ޖާހަތު ކޮޓަރިއަށް ވަދެ ދޮރު ލެއްޕިއެވެ. އަދި އެއަށްފަހުގައި ދޮރުގައި ލެނގިގެން ހުރެ ފުންނޭވާތަކެއް ލާންފެށީ މި ހުރިހާ ވަގުތުވަންދެން އެތެރޭގައި ހިފަހަށްޓައިގެން ހުރި ބިރުވެރިކަން ބޭރުކޮށްލުމަށްޓަކައެވެ. ހުމާމުގެ ބަސްތަކަށް އިތުބާރެއް ނުކުރެވެއެވެ. ނަމަވެސް އެބަސްތައް ދޮގުކުރާނެ ގޮތެއް ވެސް ނުވިސްނުނެވެ. އާއިޒުއަށް ގުޅަން ހިތްބުނެލިއެވެ. އެހެންކަމުން އާއިޒުގެ ނަމްބަރަށް ޑަޔަލް ކޮށްލިއެވެ. ފޯނެއް ނުނަގައެވެ. ޖާހަތު އަނެއްކާވެސް ޑަޔަލް ކޮށްލިއެވެ.

ކަމެއް ހަނދާން ވުމުން ޖާހަތު ގޮސް އެނދުކައިރީގައި ހުރި ސައިޑް ކަބަޑު ހުޅުވާލިއެވެ. އޭގައި ތިބީ އާއިޒު ގެންގުޅޭ ލިޔެ ކިޔުންތަކާއި މުހިންމު ބައެއް މަޢުލޫމާތެވެ. އާއިޒުގެ ސެކެޓްރީއެއްގެ މަގާމުގައި އުޅޭ ޖިހާދުގެ ނަމްބަރު ފެނުމުން އެ ނަމްބަރަށް ގުޅާލިއެވެ.

“ހަލޯ!” އެކޮޅުން ޖަވާބުދިނެވެ.
“ހަލޯ ޖިހާދުތަ؟” ޖާހަތު ޖެހިލުންވެ ހުރެ ވާހަކަ ދެއްކިއެވެ. އެކޮޅުން އާނއެކޭ ބުނެމުން ޖާހަތު އަނެއްކާ ވާހަކަ ދެއްކިއެވެ.
“މިއީ ޖާހަތު!…… އާއިޒުގެ….. އަންހެނުން.” އުނދަގޫ ގޮތަކަށް ޖާހަތުއަށް ބުނެލެވުނެވެ.
“އެހެންތޯ؟ ކިހިނެތްތޯ ވީ؟” އިޚްތިރާމް އަދާކުރުމާއެކު ޖިހާދު ސުވާލުކޮށްލިއެވެ.
“ކޮބާ އާއިޒު؟” ޖާހަތު ސުވާލުކޮށްލިއެވެ.
“އަޅުގަނޑަށް ހީވަނީ ނިދަންހެން ދުރުވީ. މިހާރު އިރުކޮޅެއްވެސް ވެއްޖެ” ޖިހާދު ބުނެލިއެވެ. “ގޮވަންވީތޯ؟”
“ނޫނޭ. އަޅާނުލާ އޭރުން. ވަރަށް ބޮޑަށް ޝުކުރިއްޔާ!” ޖާހަތު ފޯނު ބޭއްވިއެވެ. ހުމާމު އެއައީ ހަމަ ހަޤީޤަތުގައިވެސް އާއިޒު ފޮނުވައިގެން ކަމުގައި ވަނީނަމަ ދެން އާއިޒު އާ ކުރާނީ ކޮން ސުވާލެއް ހެއްޔެވެ؟

ރޭގަނޑުގެ ކެއުމުށް ޝަކީލާ އާއި ރީމްގެ އިތުރުން އީމަން ތިބީ އިންސާފު ކުރުމަށެވެ. ދިގުވެފައިވާ ތުނބުޅި ބޭލުމުން އީމަންގެ މޫނު މަތިން ތާޒާ ކަން ފެންނަމުން ދިޔައެވެ. ހަވީރު ކަންތައް ވެދިޔަ ގޮތުން ރީމްއަށް އުނދަގޫވަމުން ދިޔައިރު އީމަންއާ ދެމެދުގައި ބޯ ފާރެއް ލެވިގެން ދިޔަ ކަމުގެ އިހުސާސެއް ކުރެވެމުން ދިޔައެވެ.

“ރީމް! ކިހިނެތްވީ؟ ހާދަ ފާޑަކަށް؟” ޝަކީލާގެ ޖުމުލައިން އީމަންއަށްވެސް އިސް އުފުލާ ރީމްއަށް ބަލައިލެވުނެވެ. ދެމީހުންގެ ނަޒަރު ބައްދަލުވެގެން ދިޔަހިނދު އީމަންއަށް ރީމްގެ މިޒާޖަށް ބޮޑު ބަދަލެއް އައިސްފައިވާކަން ފާހަގަ ކުރެވުނެވެ.

އީމަން ކެއުން ނިންމާލުމަށްފަހު ތެދުވެގެން ކޮޓާރިއާ ދިމާއަށް ހިނގައިގަތެވެ. “ރީމް އިތުރު ކަމެއް ނެތިއްޔާ ކޮޓަރިއަށް އާދެބަލަ.” މޭޒު ކައިރީގައި އިން ރީމް އަށް ބަލައިލަމުން އީމަން ބުނެލިއެވެ.
ރީމްގެ ހިތް އުފަލުން ފޮޅިގަތެވެ. ކުއްލި ބަދަލެއް ރީމްއަށް އަތުވެއްޖެކަން ޝަކީލާއަށްވެސް ފާހަގަ ކުރެވުނެވެ. ނަމަވެސް ޝަކީލާ އެކަމާ ބެހޭގޮތުން ސުވާލުކުރުމުން ޖަވާބެއް ނުދިނެވެ. ހިތުގައި ތަފާތު ޝައޫރުތަކެއް އާލާ ވަމުން ދިޔައެވެ. އުފާވެރި ކަމުގެ އިހުސާސްތަކެއް އުފެދެމުން ދިޔައެވެ.

ކޮޓަރިއަށް ވަދެ ލޯގަނޑު ކުރިމަތީގައި ހުއްޓި އަމިއްލަ ސޫރައަށް ބަލައިލިއެވެ. ފިޔާތޮށިކުލައިގެ އަތް ކުރު ޓީޝާޓަކާއި ކަކުލާހަމައަށް އަންނަ ނޫކުލައިގެ އެރެބް ހަރުވާޅުކޮޅުގައި ރީމް ފެންނަލެއް ވަރަށް ސާދާއެވެ. ފަން އިސްތަށިގަނޑު ދޫކޮށް އައްސާލުމަށްފަހު އެއް ކޮނޑު މަތިން ވައްޓާލިއެވެ. އަދި ސެންޓް ޖަހާލުމަށްފަހު ކޮޓަރިން ނިކުމެގެން މިސްރާބު ޖެހީ އީމަންގެ ކޮޓަރިއާ ދިމާއަށެވެ.

އީމަން ހުރީ ކޮޓަރީގެ ބެލްކަނީގައެވެ. ތަރިތަކުން ބަބުޅަމުންދާ އުޑަށް ބަލަހައްޓައިގެންނެވެ. ރީމް މަޑުމަޑުން ދޮރު ލެއްޕުމަށްފަހު ސިއްރު ފިޔަވަޅުތަކެއް އަޅަމުން ގޮސް އީމަންގެ ފަހަތުގައި ހުއްޓުމާއެކު ދެއަތުން އީމަންގެ ހަށިގަނޑުގައި ބައްދާލިއެވެ. ސިހުން ލިބި އީމަން ފަހަތަށް ބަލައިލި ނަމަވެސް ރީމް އަތް ދޫކޮށެއް ނުލައެވެ.

“އައި ލަވް ޔޫ އަ ލޮޓް މާން.” ލޯ މަރާލައިގެން ހުރެ ރީމް ބުނެލިއެވެ. އީމަންގެ މޫނު މަތިން ނުތަނަވަސްކަން ފެނިގެން ދިޔައެވެ. އީމަންގެ މޭގައި ހިފަހައްޓާލެވިފައިވާ ރީމްގެ ދެއަތް ދުރުކޮށްލަން ރީމްގެ އަތުގައި ހިފާލި ވަގުތު ރީމް ހުޝިޔާރު ކަމާއެކީގައި އީމަންގެ އެ އަތްތިލައިގައި އަނެއް އަތުން ހިފަހައްޓާލިއެވެ. “އައި ރިއަލީ ނީޑް ޔޫ. ޕްލީޒް.”
“ރީމް” އީމަން އަތް ދަމައިގަންނަމުން އެނބުރެލިއެވެ. ރީމް އީމަން ހުއްޓުވާލަމުން ވާހަދައްކަން ފެށިއެވެ.
“މާން. އަހަރެން ދައްކާ ވާހަކަ ވެސް އަޑު އަހާބަލަ. އެންމެ ފަހަރަކު ނަމަވެސް…… އަހަރެން މިއީ މާންގެ އަންހެނުންނޭ. ހިއްސު ސަލާމަތުން ހުރި އަންހެނެއް. މާންދެކެ އިންތިހާއަށް ލޯބިވަން. އެންމެ ފަހަރަކު ނަމަވެސް އަހަރެންނަށް ލޯބީގެ ނަޒަރަކުން ބަލާލަބަލަ. މާންގެ ހިދުމަތުގައި ރެއާ ދުވާލު އަހަރެން މިއުޅެނީ. މާންގެ އުފަލަށްޓަކައި އަހަރެން ޔާނާވެސް ޤަބޫލުކުރިން. މިއީ އަނގައިން ބުނެލަން ކިތަންމެ ފަސޭހަ ލަފްޒުތަކެއް ނަމަވެސް ކުރަން ކިހާ އުނދަގޫ ކަމެއްކަން އެނގެނީ އަހަރެންނަށް. މިހުރިހާ ކަމެއްވާއިރުގަ އެންމެ ކުޑަމިނުން ލޯބިން އަހަރެންނަށް ގޮވާލިއްޔާ ކީއްތަ ވާނީ؟ އަހަރެންނަށް ކީއްވެތަ ހައްގު ނޫން ސަޒާއެއް ލިބެމުން މިދަނީ. ނަމެއްގައި އަންބެއްގެ ގޮތުގައި ހުރުމުގެ އަދަބު އަހަރެންނަށް ލިބެމުން މިދަނީ ކީއްވެ؟ ކޮން ކުށެއް ކުރެވިގެން؟ މާން ދެކެ ލޯބިވެވުނީމަތަ؟ މާންގެ ލޯތްބަށް އެދި އާދޭސްކުރާތީތަ؟” ރީމްގެ ލޮލުން ހޯސްލާފައި ކަރުނަ ފައިބަމުން ދިޔައެވެ.

ރީމްގެ ވާހަކަ ތައް އިވުމުން އީމަން ދެރަވިއެވެ. ވިސްނާލަން މަޖުބޫރުކުރުވިއެވެ. ހަޔާތުގައި އޭނާއަށް އާދެވިފައިމިވަނީ ކޮންފަދަ އަނގޮޅިއަކަށް ހެއްޔެވެ؟ ނޫނީ މިއީ އުނދަގޫ މަގަކުން ދަތުރުކުރެވެމުން ދާކަމުގެ ފެހި ސިގުނަލް ތަކެއް ހެއްޔެވެ. ރީމްގެ މަޑުމަޑު ގިސްލުމުގެ އަޑު އިވެމުން ދިޔައެވެ.

“ރީމް! އަހަރެންނަށްޓަކައި ރީމް ތިޔަ ކޮށްދޭ ކަންތައްތައް އަހަރެން ގަބޫލު ކުރަން. އެކަމަކު..” އީމަން އަނެއްކާވެސް ބެލްކަންޏަށް އެނބުރިލިއެވެ. ރީމް އިސްއުފުލާ ބަލައިލިއެވެ. “ޔާނާ އަލުން އައުމުން ރީމް ތިގޮތުގައި އުޅެން ޤަބޫލުތަ؟ ތިގޮތުގައި އުޅެވޭނެތަ؟ ކެތްވާނެތަ؟” އީމަންކުރި ސުވާލުން ރީމްގެ ހިތަށް ކިތަންމެ ތަދު ވެގެން ދިޔަ ނަމަވެސް ދެވަނަ ސިކުންތުގައި ހިތަށް ހަމަ ޖެހުމެއް ލިބިގެން އައީ ދެން ހަމަގައިމުވެސް ޔާނާ ނާންނާނެކަން ހަނދާން ވުމުންނެވެ.

“އަހަރެން ގަބޫލުކުރަން އަހަރެންނަށް މާން ‘ޝެއާރ’ ނުކުރެވޭނެކަން. އަހަރެން މިރޭ މާންއަށް ވަޢުދުވަން. ޔާނު އައުމުން އަހަރެން މާންގެ ދިރިއުޅުމާ ވަރަށް ދުރަށް ހިނގައިދާނަން. އެކަމަކު އަހަރެންގެ ޝަރުތެއް އެބައޮތް!” ރީމް ބުނެލިއެވެ. އީމަން ރީމް އާ ދިމާއަށް އެނބުރުނީ ހައިރާން ކަމާއެކުއެވެ.

“ޔާނު އަންނަންދެން މާންގެ އަންބަކަށް ވުމުގެ ހުރިހާ ހައްގެއް އަހަރެންނަށް ދީ!” ރީމް ސާބިތުކަމާއެކީ ބުނެލި ޖުމުލައިން އީމަންގެ ހައިރާންކަން އިތުރުވެގެން ދިޔައެވެ. “ތިއީ ކޮންކަހަލަ ޝަރުތެއް؟ އަހަންނަކަށް ނުވިސްނުނު. ރީމްގެ ދިރިއުޅުން އަމިއްލަ އަތުން ހަލާކުގެ ތެރެއަށް އެއްލާލަން ތިއުޅެނީ ކީއްވެ؟” ހައިރާން ކަމާއެކީ އީމަންއަށް ސުވާލުކޮށްލިއެވެ.

“އަހަރެންގެ ދިރިއުޅުމަކީ މާން. ފަހުން ކަންތައް ވާނެ ގޮތެއް އަހަރެންނަކަށް ނޭނގެ. އެނގޭހާވެސް އެއްޗަކީ އަހަރެން ބޭނުމީ މާންގެ ލޯބިކަން. އެއީ ފަޅި ސިކުންތަކަށް ވިނަމަވެސް ފަރުވާލެއް ނެތް. ހެޔޮނުވާނެ މާން. އެންމެ ފަހަރަކު ނަމަވެސް އަހަރެންނަށް މާންގެ ހިތުން ފުރުސަތެއް ދީބަލަ. އާދޭސްކުރަން.” ރީމް އީމަންގެ ގައިގައި އޮޅުލައިގަތެވެ. އީމަންއަށް ހުރެވުނީ ހަދާނެ ގޮތެއް ނޭނގިފައެވެ. ކިތަންމެ ބޭނުންވިނަމަވެސް ރީމް ދުރުކޮށްލާކަށް ނުކެރުނެވެ. އަދި ހަމަ އެހެންމެ ރީމްގެ ގައިގައި އަތް ޖައްސާލަންވެސް ހިތެއް ނޭދުނެވެ. ރީމް އީމަންގެ މޭގައި ބޯއަޅާލައިގެން ރޮމުން ދިޔައިރު ރީމްގެ ހިތުގައި އުފާވެރި އިހުސާސެއް ދައުރުކޮށްލީ އީމަން ރީމް ދުރުކޮށްނުލުމުންނެވެ.

“ރީމް. އެންމެ ރަނގަޅު. އަހަރެންނަށް ވަގުތުކޮޅެއް ދީ. އަހަރެން ބަލާނަން ރީމްގެ ތިއެދުން ފުއްދައިދެވޭތޯ. އެކަމަކު އެއީ ރީމްގެ ތި ޝަރުތަށް އެއްބަސްވެގެންނެއް ނޫން. ޔާނު އައުމުންވެސް ރީމް އަހަރެންނާއި އެކު އުޅުމުގެ ފުރިހަމަ އިޚްތިޔާރު ރީމްއަށް ލިބިގެންވޭ. އަހަރެން ރީމް ފޮނުވައެއް ނުލާނަން. އެކަމަކު ރީމް ދާން ބޭނުންވެއްޖެ ނަމަ ހުއްޓުވާކަން ހަމަގައިމުވެސް މަސައްކަތެއް ނުކުރާނަން.” ރީމް ގަޔާ ދުރުކޮށްލަމުން އީމަން ބުނެލިއެވެ. އަދި އިތުރު އެއްޗެއް ބުނުމެއް ނެތި ކޮޓަރިން ނިކުމެގެން ދިޔައެވެ. ރީމްގެ މޫނުގައި އުފާވެރިކަމުގެ ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.

ގޭގެ ތަޅު ހުޅުވާލުމަށްފަހު އާއިޒު ގޭތެރެއަށް ވަދެގެން އައެވެ. ވަރުބަލިކަމާއެކީގައި ސޯފާގައި ލެޕްޓޮޕް ބެހެއްޓިއެވެ. އަދި ބަދިގެއާ ދިމާއަށް ބޯ ދިއްކޮށްލީ ޖާހަތު އުޅޭތޯ އެވެ. ނަމަވެސް ހިލަމެއް ނުވުމުން ދެން މިސްރާބުޖެހީ ކޮޓަރިއަށެވެ.
“ދަރިފުޅާ!” ފަހަތުން އިވުނު ސައުދިއްޔާގެ އަޑަށް އާއިޒު އެނބުރި ބަލައިލިއެވެ. ސައުދިއްޔާއާއި ޝަކީބު ހިނިތުންވެލައިގެން ދޮރުމަތީގައި ތިބިތަން ފެނި އާއިޒު ހައިރާންވި ނަމަވެސް ހަމަ އެހިނދުގައި އުފާވެރިކަންވެސް ލިބިގެންދިޔައެވެ. މަންމަމެންނާ ދިމާއަށް ހިނގައިގަތީ ލޯބިން ގޮވާލަމުންނެވެ. ދަބަސްތައް ހޯދަމުން އެތެރެއަށް އެންމެން ހިނގައިގަތެވެ. “ކޮބާ ޖާތު؟” ސައުދިއްޔާ ސުވާލުކޮށްލިއެވެ.

ފެންވަރައި ނިމިގެން ޖާހަތު ބޮލުގައި ތުވާލި އޮޅާލިއެވެ. އަދި ނިދަންލީ ޓީޝާޓް ލުމަށްފަހު އުނަގަނޑުގައި ތުވާލި އޮޅާލިއެވެ. ކަކުލާހަމައަށް އަންނަ ހުދު ތުވާލީގައި ކުޑަކޮށް ހިފަހައްޓާލައިގެންހުރެ ފާހާނާއިން ބޭރަށް ނިކުތެވެ. އަދި އިސްތަށިގަނޑު ހިއްކުމަށްޓަކައި ބޮލުގައި އޮތް ތުވާލި މޮހެލައި އަރިއަކަށް ގުދުވެލާފައި އިސްތަށިގަނޑުގައި ފެން ހިއްކަން ފެށިއެވެ. އެނދާ ދިމާއަށް ނަޒަރު ސީދާވި ހިނދު މެޔަށް ހީވީ ހޫނު ފެން އެއްޗެއް އޮއްސާލިހެނެވެ. ހަރަކާތްތަކަށް މަޑު ޖެހުމާއެކު ހަށިގަނޑު ސީދާކޮށްލެވުނު އިރުވެސް އެހެން ދިމާއަކަށް ބަލައެއް ނުލެވުނެވެ. ގަދަ ނިދީގައި ނިދާފައި އޮތް ހުމާމު ކޮޓަރިއަށް ވަނީ ކޮން އިރަކު ހެއްޔެވެ؟ ހަމަ ގައިމުވެސް ރޭ ޖާހަތުނިދަން އޮށޯތީ ދޮރު ތަޅުގައިނެވެ.

ޖާހަތު ބަލައިލިރު ދޮރުގެ ތަޅު ހުރީ ހުޅުވާފައެވެ. ނަމަވެސް ހުމާމު ކޮޓަރިއަށްވަނީ ކޮންއިރަކު ކިހިނެތްކަމެއް ހަމަ އެއްވެސް ގޮތަކަށް ޖާހަތުއަކަށް ނުވިސްނުނެވެ. ދެން ކަންތައް ކުރަންވީ ކިހިނެތް ކަން ވިސްނައިގަތުމަށް ޖާހަތުގެ ސިކުނޑި ނުކުޅެދިފައި ހުއްޓާ ދޮރުގައި ޓަކި ދިން އަޑު އިވި ސިހިގެން ދިޔައެވެ. މިވަނީ ކިހިނެތް ހެއްޔެވެ؟ ދޮރުގައި ޓަކި ދެނީ ކާކު ހެއްޔެވެ؟ ބޮލުގައި ދެއަތުން ހިފަހައްޓާލެވުނެވެ. ދޮރު ހުޅުވަންވީ ހެއްޔެވެ؟ ނޫނީ ފުރަތަމަ ހެދުން ލާންވީހެއްޔެވެ؟ އެކަމަކު އެގޮތަށް ދޮރުގައި ޓަކި ތަޅަމުން ދާނަމަ ހުމާމަށް ހޭލެވިދާނެއެވެ.

އާއިޒު ދޮރުގައި ހިފާލުމާއެކީ ދޮރު ހުޅުވުނެވެ. އެތެރެއަށް ދެފިޔަވަޅު އަޅާލުމާއެކީ ފިޔަވަޅުތައް ގަނޑުވިފަދައެވެ. އާއިޒުގެ ފަހަތުން އައިސް މަޑުކޮށްލި ސައުދިއްޔާ އާއި ޝަކީބު ފެނުމުން ޖާހަތުގެ ފައިދަށުން ބިންގަނޑު ދެމިގަތް ފަދައެވެ. ލޮލަށް ކަރުނަ ޖަމަޢުވީ ބޭއިޚްތިޔާރުގައެވެ. ބިންގަނޑުގެ ތެރެއަށް ދެމިގަނެވޭނެ ނަމައޭ ހިތް ބުނެލިއެވެ.

“‘ވެއަރ އިޒް މިސްޓަރ ޒާން! ހަމަ މިވަގުތު ބައްދަލު ކުރަން ބޭނުން!” ރިސެޕްޝަނުގައި އިން އަންހެންކުއްޖާއާ ރީމް ސުވާލުކޮށްލީ ނުރުހުމާއެކީގައެވެ. ނަމަވެސް ޒާން އޮފީހުގައި ނޫޅޭކަން އެނގުމުން ބާރު ހަރަކާތްތަކަކާއެކީ އެ އޮފީހުން ނިކުތެވެ.

“މިއަދު ކޮންމެ ގޮތެއް ހަދާފަ ނަމަވެސް އަހަރެން ބޭނުން އޭނައާ ބައްދަލުކުރަން. ހީކޮށްގެން އުޅެނީ ކީކޭތަ؟” ރުޅިވެރިކަމާއެކީ ވާހަކަ ދައްކަމުން ކާރަށް އަރައި ދުއްވާލިއެވެ. އެކި މީހުންނަށާއި ތަންތަނަށް ގުޅައިގެން ޒާން އުޅޭ ގޭގެ އެޑްރެސް ލިބުނެވެ.

އެއީ ބޮޑު ގެއެކެވެ. ސެކިއުރިޓީ ވަރަށް ވަރުގަދައެވެ. ރީމްއަށް އެތެރެއަށް ވަދެވޭނެ ހަމަ އެއްގޮތެއްވެސް ނުލިބުނެވެ. އެނބުރި ދާކަށްވެސް ބޭނުމެއް ނުވިއެވެ. ބޭރުގައި ހުރެ ކިތަންމެ ބާރަށް ހަޅޭއްލެވިއަސް އަޑުވެސް ނީވޭނެއެވެ. އެހެންނަމަ ރީމް އެކަންވެސް ކޮށްފިއެވެ.

ޒާން އިނީ ކޮޓަރީގެ އެނދުގައެވެ. އެނދުގައި ނިދިފައި އޮތް ޒާންގެ އަންހެނުންނަށް ބަލަހައްޓައިގެންނެވެ. އުމުރުން އަދި ކިރިޔާ ތިރީސް އަހަރު ނަމަވެސް ބިޔަ ބޮޑު ހަށިގަނޑުގެ ސަބަބުން ދުވަސްވީ ވައްތަރު ޖަހައެވެ. ހަމުގެ ކުލަ އަނދިރި ނޫނަސް ދޮން ކިޔޭވަރެއް ނުވެއެވެ. ކިތަންމެ ބޮޑު ހަށިގަނޑެއް ނަމަވެސް ހެދުން އަޅާފައި ހުރި ގޮތުންނާއި މޫނު މަތިން ފިރިހެންވަންތަކަން ފުރިހަމައަށް ފެންނަމުން ދެއެވެ. ހިތްކިޔާފަދަ ރީތިކަމެއް ލިބިފައި ވެއެވެ.

“ޒާން ސަރ! ބައްދަލުކޮށްލަން ބޭނުންވެގެން އުޅޭ މީހެއް ބޭރު ގޭޓުކައިރީގައި އެބަހުރި. ފޮނުވާލަން އުޅެއުޅެވެސް ނުދިޔަ. ވަރަށް ގިނަ އިރުވެއްޖެ.” ގޭގެ ގާޑަކު އައިސް ބުނެލިއެވެ.

“ފޮނުވާލާ!” އެމީހާއަށް ބަލައިވެސްނުލާ ޒާން ބުނެލިއެވެ. އެވަގުތުވެސް ނަޒަރު ހުއްޓިފައި ހުރީ އޭނާގެ އަންހެނުންނަށެވެ.

އެއްގޮތެއްވެސް ނެތުމުން ރީމް އެނބުރި ދާން ހިނގައިގަތެވެ. އެ ގެއަށް ވަންނަން އައި ޑޮކްޓަރުންގެ ޓީމް ރީމްއަށް ފެނުނީ އެވަގުތުއެވެ. ފުރުސަތުގެ ބޭނުން ހިފައި މީހުންނާ އެކީގައި ރީމް އެތެރެއަށް ދެމިގަތެވެ.

ޑޮކްޓަރުންވަދެގެން ދިޔައީ ޒާންގެ ކޮޓަރިއަށެވެ. ރީމް މަޑުކޮށްލީ ކޮޓަރީ ބޭރުގައެވެ. ޒާން ޑޮކްޓަރުންނާ ވާހަކަ ދައްކަމުން ދިޔައެވެ. އެނދުގައި އޮތް އޭނާގެ އަނބިމީހާ، ބައެއް ޑޮކްޓަރުން ޗެކް ކުރަމުން ދިޔައެވެ.

އިރުގަނޑަކަށްފަހު ހުރިހާ ޑޮކްޓަރުން ނިކުމެގެން ދިޔައިރުވެސް ރީމް ހުރީއެވެ. ތަން އަމާންވުމުން ކޮޓަރިއަށް އަނެއްކާ ބޯ ދިއްކޮށްލިއެވެ. ޒާންގެ އިނީ އެނދުގައި އިށީނދެލައިގެން އިން އޭނާގެ އަނބިމީހާގެ އުނގުގައި ބޯއަޅާލައިގެންނެވެ. ފަން ދިގު އިސްތަށިގަނޑުން މޫނު ނިވާވެފައިވުމުން ރީމްއަށް އެ އަންހެން މީހާ ފެންނަ ވަރެއް ނުވެއެވެ.

“މާތްﷲ އަހަރެންގެ ހުރިހާ ދުޢާތަކެއް އިޖާބަކޮށްދެއްވައިފި. އަލްހަމްދުލިﷲ. އަހަރެން ވަރަށް އުފާވެއްޖެ. މާޔޫސްވެ ހަތަރު އުދަރެސް ފެނުޖެހިފައިވަނިކޮށް އަހަރެންގެ ދިރިއުޅުން އާރާސްތުކޮށްދެއްވައިފި.” ވާހަކަ ދައްކަމުން ޒާން އިސް އުފުލާލައި އޭނާގެ އަންހެނުންގެ މޫނަށް ބަލައިލިއެވެ. ކަޅުކުލަގަދަ ތޫނު ކަޅިރަވައާއި ދިގު އެސްފިޔަތަކުން ފުރިހަމަވެފައިވާ އެ ހުދު ދެލުލުން އެއްވެސް ކަހަލަ އަސަރެއް ފެންނަން ނެތް ފަދައެވެ. ނިތްކުރީގެ އެއްފަރާތުގައި ބޭސް ގަނޑެއްހުއްޓެވެ. ޖަންބުކުލައިގެ އެ ކޯތާފަތާއި މަޑު ފިޔާތޮށިކުލައިގެ ތުނިތުނި ތުންފަތެކެވެ. ފުރިހަމަކަމާއި މަޢުސޫމުކަން އެމޫނު މަތިން ފެންނަމުން ދިޔައެވެ. މޫނުމަތިން ބަލިކަށިކަން ފެންނަމުން ދިޔައެވެ. ހީކަރުވައިގަނެގެން އުޅޭކަމުގެ އިހުސާސްކުރެވުމުން ޒާން ކޮޅަށް ތެދުވެ އަންހެނުންގެ ކޮނޑުމަތީގައި ބްލޭންކެޓް އަޅާލަދިނެވެ.

“ޒާން ސަރ!” ރީމްގެ ފަހަތުން އައި ގާޑެއް ރީމްގެ އުޅަނބޮށީގައި ހިފުމާއެކީ ދޮރުކުރިމައްޗަށް ގެންނަމުން ޒާންއަށް ގޮވައިލިއެވެ. ޒާން ބަލައިލުމަށްފަހު ސުވާލު ކޮށްލާފަދަ ނަޒަރަކުން ރީމްއަށް ބަލައިލިއެވެ. ގާޑް މީހާ ރީމް ކަންތައް ކުރި ގޮތުގެ ވާހަކަ ކިޔައިދިނުމަށްފަހު ޒާންގެ އެދުމުގެ މަތިން ގާޑްމީހާ އެތަނުން ދިޔައެވެ.

“ކޮބާ ތިހުރިހާ ސަކަރާތެއް ޖެހުމުގެ ބޭނުމަކީ؟” ޒާން ރީމްއަށް ބަލައިލަމުން ބުނެލިއެވެ.
ރީމް ޖެހިލުންވާގޮތްވިއެވެ. ޒާންގެ ހައިބަތުގެ ބޮޑުކަން ހާމަވަމުން ދެއެވެ. ޒާން ސުވާލު ތަކުރާރު ކޮށްލިއެވެ.
“އަހަރެން ބޭނުންވީ ޒާންއާ ބައްދަލުކޮށްލަން.” ރީމް ވާހަކަ ދައްކަން ފެށިއެވެ. އެނދުމަތީގައި އިން ޒާންގެ އަންހެނުންނަށް އިސް އުފުލާލެވުނު ނަމަވެސް އެދިމާއަށް ބަލައެއް ނުލައެވެ. އިވެމުންދާ އަޑަށް ވިސްނެނީއެވެ.
އެގޮތަށް ޖެހިލުން ކުޑަކޮށްލާފައި ރީމް ޒާންއާ ވާހަކަ ދައްކަން ފެށުމުން ޒާން ހައިރާންވިއެވެ.

“މުއްސަނދިވެގެން ގޮސް ޒާން އަތުގަ ކޮން އެއްޗެއްތަ ނެތީ؟ އެންމެ ފަހުން އަހަރެންގެ ފިރިމީހާގެ ބިޒްނަސް ވެސް އެއްކޮށް އޯވާރޓޭކް ކޮށްލީ؟ ދެން އަހަރެމެން އުޅެންވީ މަގުމަތީގައިތަ. ކީއްވެތަ މުއްސަނދިންނަށް އެހެން މީހުންގެ ހާލަތު ނުވިސްނެނީ؟” ރީމް ރުޅިގަދަވެފައި ވާހަކަ ދައްކަމުން ދިޔައެވެ.

“އެކްސްކިއުޒްމީ! ކާކުގެ ވާހަކައެއް ތަ ދައްކަނީ؟” ޒާން އޮޅުން ނުފިލުމުން ސުވާލުކޮށްލިއެވެ.
“މިދައްކަނީ ޔާނާ ގްރޫޕް އޮފް އިންޑަސްޓްރީޒްގެ ވާހަކަ!” އީމަންގެ ކުންފުނީގެ ނަން ރީމް ބުނެލިއެވެ. “އެއީ އަހަރެންގެ ފިރިމީހާ އީމަންގެ ކުންފުންޏެއް. ތި ދެން ބޮޑުވަރު! އަދިވެސް ހިތް ނުފުރެނީތަ؟”
“މިއީ ޕާރސަނަލް ކަމެއް އޮވެގެން ކުރި ކަމެއްނޫން. މިއީ ހަމަ ބިޒްނަސްގެ އުސޫލު.” ޒާން ހަމަޖެހިލަމުން ވާހަކަ ދެއްކިއެވެ.

ފަހަތުން އަޑެއް އިވިގެން ބެލިއިރު ޒާންގެ އަންހެނުން އޮތީ އެނދުމައްޗަށް ވެއްޓިފައެވެ.
“ޔާނާ!” ޒާންއަށް ހަޅޭއްލަވައިގަނެވުމާއެކު އެދިމާއަށް ދެވުނެވެ.

20
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Esfiya

Other Articles

Previous

ކުރަމުން ތިދާހާ ގޯނާ 9..

Next

ހިތް އެދެނީ 6

Next
February 11, 2016

ހިތް އެދެނީ 6

Previews
February 10, 2016

ކުރަމުން ތިދާހާ ގޯނާ 9..

10 Comments

  1. Anonymous says:
    February 11, 2016 at 12:34 pm

    Hadha kuda but k

  2. Shew says:
    February 11, 2016 at 12:34 pm

    V reethi

  3. twnkl str says:
    February 11, 2016 at 12:45 pm

    Mi vaahaka aky mahaku eh faharu up kuraa vaahaka eh dhw

  4. santhi mariyanbu says:
    February 11, 2016 at 1:38 pm

    admin vaakahaka up kuraa iru vex mihaa tara!!! thiden thanfuke boduvaru!! gaimun kuring up kuri stry eh viyaa liye nimifa onnanee!!! nikan muthaa hedigotha dhuvaalaku 6 bai 7 bai up kolaafa stry nimmalabala!!

  5. santhi mariyanbu says:
    February 11, 2016 at 1:40 pm

    pis pis mihaaru admin aa dhekolhah comment eh vex nukurevey!

  6. santhi mariyanbu says:
    February 11, 2016 at 1:40 pm

    pis pis mihaaru admin aa dhekolhah comment eh vex nukurevey!!!!!

  7. santhi mariyanbu says:
    February 11, 2016 at 1:41 pm

    admin vaakahaka up kuraa iru vex mihaa tara!!! thiden thanfuke boduvaru!! gaimun kuring up kuri stry eh viyaa liye nimifa onnanee!!! nikan muthaa hedigotha dhuvaalaku 6 bai 7 bai up kolaafa stry nimmalabala!!!!!

  8. someone says:
    February 11, 2016 at 2:02 pm

    zaaan ge ahnenunnakyy maan ge yaanu zaan ge aslu ahenun neh noon .. zaan ge masahkathun yaanu rangalhu vaany .. fahun adhi yaanu n maan gulhen vess gulheyne .. hageegai engigen . yaanu ge handhaanthakeh nuhun naane .. dhn adhi rym maru vess vey kanneynge i myn rym ge mamma ryn maraalany i think so ehnvess vey kanneynge maa bodaka neh handhaan neh .. adhi end ga aaiz noony jaathu kanneynge maru vaane humaamu maraalaany car or saikalakun jahsaafa .. dhn neynge .. mi stry alun mi kiyany anehkaa feshigen .. ekm maa lahy up vaaleh .. ekm vess hama v rythi mi stry ..

  9. sai says:
    February 11, 2016 at 4:47 pm

    haadha lahey upkuraaleh.

  10. Nichoo says:
    February 12, 2016 at 5:01 pm

    Pis pis Haadha lahay mi story ganash dhaylah

Comments are closed.

All Right Reserved!