“ދޮގު! ހުސް ދޮގު! މާން އޭނަޔާ ދޭތެރޭ ދެކެނީ މުޅިން ތަފާތު ނަޒަރަކުން.” ރީމް އަޑަށް ބާރުލާފައި ބުނެލިއެވެ. “އެހެންތަ؟ އެހެންވެއްޖެނަމަ ދެން ކީއްކުރަން ތިސުވާލުކުރަނީ ޖަވާބު އެނގޭއިރު؟” އީމަން ރުޅިގަދަވަމުން ދިޔަ ނަމަވެސް ކޮންޓްރޯލްކުރަން ވަރަށް މަސައްކަތް ކުރަމުން ދިޔައެވެ. “މާންގެ ދުލުން ހަޤީޤަތް އަޑުއަހަން ބޭނުންވާތީ. މާން ކަންކުރާގޮތް އަހަރެންނަށް އެނގެޔޭ. އަހަރެން ހީކުރީ މާންގެ އެ އޯގާތެރިކަމާ އަޅާލުމަކީ އަހަރެންނަށް ހެޔޮހިތުންދޭ އެއްޗެއް ކަމަށް. އެކަމަކު އެހެންނެއް ނޫން. ބަލަ އަހަރެންގެވެސް ބޮލުގަ […]
ހިތްސުވާލުކުރެއެވެ. އިޔާނާއަށް އީމަންދެކެ ލޯބިވެވުނީހެއްޔެވެ؟ ހިތް މިސުވާލުކުރާ ކޮންމެ އިރަކު އިޔާނާގެ ހިތަށް ބިރުވެރިކަން ވަދެގެން ދެއެވެ. މިހެން ވެގެން ނުވާނެއެވެ. އޭނާއަކީ ޒާންގެ އަންހެނުންނެވެ. މިއިނީ ޒާންގެ ދަރިއަކަށް ބަލިވެއެވެ. އަނެއްކޮޅުން އީމަންއަކީ ޒާންގެ ގާތް އެކުވެރިޔާއެވެ. އަހަރެންނަށް ކުރެވޭ އެންމެ ކަމަކުން އެތަށް ބައެއްގެ ދިރިއުޅުން ވީރާނާވެގެން ހިނގައިދާނެއެވެ. މިއީ ގޯސްހިޔާލުތަކެކެވެ. އެއްދުވަހެއްގެ ހަވީރެވެ. ހަވީރުގެ ހިތްގައިމު ވަގުތުގައި އިޔާނާ ބޭރަށް ނިކުތީ ފޫހިވާވަރުންނެވެ. ރީމްއާއި އީމަންވެސް ގޭގައެއް ނޫޅެއެވެ. ދެމީހުން ދިޔައީ ކޮންތަނަކަށްކަމެއް […]
ކޮޓަރީގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި ޖާހަތުއަށް އިރުއިރުކޮޅާ އަތުކުރީގައި އޮތް ގަޑިއަށް ބަލާލެވެއެވެ. ހުމާމުގެ ހަބަރެއް އަދިވެސް ނުވެއެވެ. ފޯނުވެސް ވީ އޭނާގެ އަތުގައެވެ. ގަޑިން ދިހައެއް ޖަހަން ކައިރިވަނީއެވެ. ޖާހަތު ހުރީ ހަމަ އެގޮތުގައެވެ. ދޮރުގައި ޓަކި ދިން އަޑު ކުއްލިއަކަށް އިވިގެން ދިޔައެވެ. ސިހިގެން ދިޔުމާއެކު ކުޅު ދިރުވާލެވުނެވެ. ހުމާމު އެއައީއެވެ. ޖީބުގައި އޮތް ވަޅި ޗެކްކޮށްލިއެވެ. އަދި އެއަށްފަހު މަޑުމަޑުން ގޮސް ދޮރު ހުޅުވާލިއެވެ. ކުޑަ ސިހުމެއް ލިބިގެން ދިޔައީ ދޮރުކުރިމަތީގައި […]
އީމަން އަވަސްފިޔަވަޅުތަކެއްގައި ހޮސްޕިޓަލަށް ވަދެގެން ދިޔައެވެ. ރީމްއާއި އިޔާނާވަނީ ރޫމަކަށް ބަދަލުކޮށްފައެވެ. އީމަންއަށް އެންމެ ފުރަތަމަވެސް ބަލާލެވުނީ އިޔާނާއަށެވެ. ލޯމެރިފައި އޮތް އިތު ހީވަނީ ފުން ނިންޖެއްގައި އޮތީހެނެވެ. ކުރިއަށް ހިނގަމުން ގޮސް އިޔާނާކައިރީގައި ހުއްޓުނެވެ. އެމޫނަށް ފުން ނަޒަރަކުން ބަލާލިއެވެ. މިއީ އޭނާގެ ޔާނާކަން ޘާބިތުކޮށްދޭނީ ކިހިނެތް ހެއްޔެވެ؟ އެންމެ ބޮޑު ކަމަކީ ޚުދު ޔާނާ އެކަން ހަނދާން ތނައްތާލާފައި ވުމެވެ. އަޅެ ކުޑަ ހަނދާނެއްވެސް ނުވަނީ ހެއްޔެވެ؟ އޭނާގެ އީމަން ފެނުމުން އެހިތަށް ކުޑަ […]
ރީމްގެ މޫނު މަތީގައިވާ ނުތަނަވަސްކަން އިޔާނާއަށް ފާހަގަ ކުރެވުނު ހިނދު ކޮންމެވެސް ގޯހެއް އުޅޭކަން އިހުސާސްކުރެވިގެން ދިޔައެވެ. އުންމީދީ ހިތްވަރެއް ލިބިގެން ދިޔައީ ކީއްވެގެން ކަމެއް ނޭނގުނެވެ. މާގިނައިރުތަކެއް ނުވެ ޔާނާގެ ނަމްބަރު ޖެހުމުން އެތެރެއަށް ދިޔައެވެ. އިޔާނާގެ ހިތުގައި އުފެދެމުން ދިޔައީ އުންމީދުން ފުރިގެންވާ ޝުޢޫރު ތަކެކެވެ. އީމަންއާ ރީމްގެ ހަޤީޤަތް ހޯދާނަމެވެ. އަހަރެންގެ ހިތް ބުނަމުން މިދާ ވާހަކަ ތަކަކީ ދޮގެއް ނޫންކަން ހަމަ ޔަޤީނެވެ. ސްކޭންކުރާ ކޮޓަރިއަށްވަދެ ސްކޭން ކުރުމަށް ތައްޔާރުވެލިއެވެ. މާގިނައިރުތަކެއްނުވެ […]
ހިތްކުދިކުދިވަމުން ދިޔައިރު ދެލޮލުން އެންމެ ކަރުނަ ތިއްކެއްވެސް ވެއްޓުނަ ނުދޭން ޖަހަތު ހުރީ ހިފަހައްޓައިގެންނެވެ. މިއަދު އޭނާ ރޯންވީ ކީއްވެހެއްޔެވެ؟ ކާކާ ވަކިވުމުން ހެއްޔެވެ؟ މިސްރާބެއް ނެތި ދަތުރުކުރަމުންދާ އޭނާގެ ދިރިއުޅުން މިއަދު ލައްކުރަނީ ހުމާމާ ދިމާއަށެވެ. ކިތަންމެ ދާން ބޭނުން ނުވިނަމަވެސް ޖެހޭނީ ދާށެވެ. ކުރެވޭނެ އިތުރު އެއްވެސް ކަމެއް ނެތެވެ. ފުރުމާއި ދެމެދު ދެން ހޭދަވެގެން ދިޔަ ވަގުތު ތަކުގައި ޖާހަތުގެ ފަރާތުން އެއްވެސް ކަހަލަ ދެކޮޅުވެރިކަމެއް ހުމާމަކަށް ނުފެނުނެވެ. ޖާހަތު ދިޔައީ ހުމާމު […]
ފާހާނާގެ ދޮރު ހުޅުވުނުއަޑަށް ދެމީހުންނަށްވެސް ސިހުން ލިބިގެން ދިޔައެވެ. ރީމްގެ މޫނު އަނދިރިވެގެން ދިޔައެވެ. އިޔާނާއާއި އީމަން ގާތުގައި ވާތަން ފެނި ހިތަށް އުނދަގޫވެގެން ދިޔައެވެ. އީމަންއާ އިޔާނާއަށްވެސް ކުރެވިގެން ދިޔައީ ހަމަ މިކަހަލަ އިހުސާސެކެވެ. އަމިއްލަ ނަފްސަށް ކުރެވުނު މަލާމާތެއްގެ ބޮޑުކަމުން އިޔާނާ ބޭނުންވީ އެތަނުން ދިޔުމަށެވެ. ބޭރުގައި މިހުރީ ކަމުގައި ބުނެ އަވަސްއަވަހަށް އެކޮޓަރިން ނިކުމެގެން ދިޔައެވެ. ހުމާމްއާއި ޖާހަތު ފުރުމުގެ ތައްޔާރީތައް ކުރަމުން ދިޔައެވެ. “އަވަސްކުރޭ. ޗެކިން ފެށެން ބައިގަޑީރަށްވީ.” އެނދުމަތީގައި ހުރި […]
ރީމްއަށް ދެން އިތުރަކަށް ދައްކާނެ ވާހަކައެއް ނުވިސްނުނެވެ. އީމަންއަށް ރީމްގެ މޫނުމަތިން ހުރިހާކަމެއް އެނގިސާފު ވެގެން ދިޔައެވެ. އިތުރު އެއްޗެއް ބުނުމެއް ނެތި ފާހާނާއިން ނިކުމެގެން ގޮސް ކޮޓާރީގައި މަޑުކޮށްލިއެވެ. ރީމްވެސް ފަހަތުން ގޮސް އީމަން ކައިރީގައި ހުއްޓުނެވެ. “މާން.. އަހަރެން.” ރީމް ވާހަކަ ދައްކަންފެށި ނަމަވެސް އިމަން އެކަން ހުއްޓުވިއެވެ. “އަހަރެންނަކަށް ހިޔެއް ނުވޭ ރީމްއަށް މިގޮތަށް ކަންތައް ކުރަން ޖެހުނު އެއްވެސް ސަބަބެއް އޮތް ހެނެއް. އެހެންވީމަ ރީމްގެ ފަރާތުން އެއްވެސް ކަހަލަ ‘ޖަސްޓިފިކޭޝަނެއް’ […]
ހަމަ އެކަނި ޓީޝާޓްކޮޅެއްގައި ހުރި ރީމް ފެނުމުން އިޔާނާއަށް އުނދަގޫވިއެވެ. ރީމްއަށްވެސް ސިހުން ލިބިގެން ދިޔައެވެ. ނަމަވެސް ހަމަޖެހިލިއެވެ. “އިޔާނާ! ކިހިނެތްވީ؟” ރީމް ސުވާލުކޮށްލިއެވެ. “ބަދިގެ..” މަޑުމަޑުން އިޔާނާ ބުނެލިއެވެ. ރީމް ހިނިތުންވެލަމުން އިޔާނާގެ އަތުގައި ހިފައިގެން ހިނގައިގަތެވެ. “އަހަރެންވެސް ފެން ފުޅިއެއް ބަލާ މި ނިކުތީ. ބަދިގެ ހުންނާނީ ތިރީ ބައިގަ. ހަޒް ފެން ބޮވައިގަނެގެން.” ރީމް ގަސްތުގައި ފޮނިކޮށް ވާހަކަ ދައްކަމުން ދިޔައެވެ. ކީއްވެ ކަމެއް ޚުދު ރީމްއަށްވެސް ނޭނގޭ ކަހަލައެވެ. މިއީ ޔާނާ […]