“އެކަނި މާއެކަނި ކޮންތަނަކުން؟ އަހަރެން މިއައީ ޔާނު.. އޯ ސޮރީ.. ޔާނާ ހޯދަން ގެއަށް ގޮސްފަ. ޔާނާ މަންމަ ބުނި ބޭރަށޭ ދިޔައީ. އެހެންވެ ހަމަ ނުކުމެ ހިނގައިގަތްތަނުން މި ދިމާވީ.” އާއިޒު ސުވާލު ކޮށްލިއެވެ. ނަމަވެސް ޔާނާ އެއްވެސް ޖަވާބެއް ނުދީ ހުރީ އިސްޖަހާލައިގެންނެވެ. އޭނާ އާއިޒުއާ ވާހަކަދައްކަން ބޭނުން ނުވަނީއެވެ. “ޔާނާ. ކީއްވެ ތިހެން ތިހަދަނީ. އަހަރުމެން މިއީ ކުރިއަށް އޮތްތަނުގަ އެއްކޮށް އުޅެންތިބި ދެމީހުނެއްނު. ދެން ކީއްވެ މާ ބީރައްޓެހި ވެގެން ތިއުޅެނީ. […]
ޔާނާ އެނދުމަތީގައި އޮތް ފޯނު ނަގައިގެން ޖާހަތުއަށް ޑަޔަލް ކޮށްލިއެވެ. އަދި ވާހަކަތަކެއް ދެއްކުމަށްފަހު ފޯނު ބޭއްވިއެވެ. ހަމަޖެހުމުގެ ނޭވާއެއް ލުމަށްފަހު ފާހާނާއަށް ވަދެ ވުޟޫކޮށްލައިގެން ނުކުމެ ނަމާދަށް އަރައިފިއެވެ. އަދި ޢިޝާ ނަމާދު ވަގުތު ޖެހެންދެން ޤުރުޢާން ކިޔަވަން އިނެވެ. ގަޑިން އަށެއް ޖަހަން ކައިރިވަނީއެވެ. ޔާނާ ހުރީ ކޮޓަރީގައި ދެކޮޅަށް ހިނގާލަ ހިނގާލައެވެ. ފިޔަވަޅުތައް އަވަހެވެ. ޝޯލްއަޅައި ތައްޔާރުވެލައިގެން ހުރުމުން ބޭރަށް ދާން އުޅެނީކަން އެނގެވެ. ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށް ޔާނާ ދޮރާ […]
ކުރިމަތީގައި ލާނެއް ގޮތަކަށް ހިނިތުންވެލައިގެން ޖިންސުގެ ދެޖީބަށް އަތް ޖަހާލައިގެން އެހުރީ، އެހެން އެއްވެސް މީހެއް ނޫނެވެ. އާއިޒު އެވެ. ފާއިތުވެދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި އައިޒުވަނީ ހާމިޒާއާއި ނޫހުގެ ހިތް ފަތަހަކޮށްފައެވެ. އެމީހުންގެ ރުހުން ހޯދާފައެވެ. ފަތަހަ ނުކުރެވިފައި އޮތީ ހަމައެކަނި ޔާނާގެ ހިތެވެ. ޔާނާ ދެލޯ ބޮޑުކޮށްލައިގެން އާއިޒު އަށް ބަލަން ހުރި ގޮތުން އާއިޒު ހިނި އައިސްހުރެ ޔާނާ އާ ދިމާއަށް ހިނގައިގަތެވެ. އާއިޒު ކައިރިއަށް އަންނަތަން ފެނުމުން ޔާނާ ދުރަށް […]
“އީމަން” ޔާނާއަށް އަތް ދިއްކޮށްލުމަށްފަހު ގޮވާލެވުނެވެ. ކުލާހުގައި ތިބި ހުރިހާ އެންމެން އެއްކޮށް ޔާނާއަށް ބަލައިލިއެވެ. ޖާހަތު ޔާނާގެ ކޮނޑުގައި އަތް ބާއްވާލައިގެން ބަލައިލި ގޮތުން ޔާނާގެ ހިތުގެ ހާލަތު ވަރަށް ރަނގަޅަށް އިހުސާސް ކުރެވޭ ފަދަ ނަޒަރަކުންނެވެ. އެވަގުތަކީ ލެކްޗަރަރ ކްލާސްވެސް ނިންމާލެއްވި ވަގުތެވެ. ޔާނާ އަވަސް އަވަހަށް ފޮތްބައި ހިފައިގެން ކިލާހުން ނުކުމެގެންގޮސް މަގުމައްޗަށް ނުކުތެވެ. ޔާނާގެ ފަހަތުން ޖާހަތު ދުވަމުން އައިސް ޔާނާ ހުއްޓުވިއެވެ. އެވަގުތު ޔާނާގެ ދެލޮލުން ހޯސްލާފައި މުތީތަކެއްފަދަ ކަރުނަ […]
ޔާނާ އީމަން ދެކެ ވާ ލޯތްބަށް އެއްވެސް ނުބައި ނަމެއް ލިބުނަކަ ނުދޭނެއެެވެ. އީމަން އާއެކީ އުޅެން ބޭނުމީ މުޅި އުމުރަށެވެ. އެހެން ކަމަށްވާނަމަ އަދި ޔާނާ ޖެހޭނީ ދުނިޔެއަށް އެކަން ސިއްރުކުރާށެވެ. މައިންބަފައިންގެ ރުހުމާއި މުޖުތަމައުގެ ރުހުމާއި ޤަދަރު ލިބޭ މާތް ގުޅުމަކަށް އެގުޅުން ހެދޭނީ އަދި އެ ގުޅުން ސިއްރު ކުރުމުންނެވެ. ނޫންނަމަ ޅަ ދުވަހުގެ މޮޔަ ލޯބީގެ ނަމުން އެ ގުޅުމަށް ނަންދެވިގެން ހިނގައިދާނެއެވެ. އަދި އޭގެ އިތުރުން ހާމިޒާމެންނަށް މިކަން އެނގިއްޖެނަމަ […]
ނޯޓް: މިވާހަކައަކީ އެސްފިޔައަށް “nashaa”ގެ ނަމުގައި ލިޔުންތެރިއަކު ކުރިން ކުރިން ހުށައަޅާފައިވާ ވާހަކައެކެވެ. މަޑުމަޑުން ލޯ ހުޅުވާލި އިރު ޔާނާއާ ދިމާލަށް މީހަކު އަތްދިއްކޮށްލައިގެން އެއަތުގެ އެހީގައި ތެދުކޮށް ދިނުމަށް އެދި ދަޢުވަތު ދީގެން ހުރިއެވެ. ޔާނާ އިސް އުފުލާ ބަލައިލިއެވެ. ކުރިމަތީގައި ހުރީ އީމަން އެވެ. ބޭއިޚްތިޔާރުގައި ޔާނާއަށް އަށް އީމަންގެ އަތުގައި ހިފައި ތެދުވެލިއެވެ. އަދި އަތުން ދޫކޮށްލަން ނޭނގިފައި ބުދެއްހެން އީމަންގެ ލޮލަށް ނަޒަރު ހުއްޓާލައިގެން ހުރެވުނީއެވެ. އަނެއްކޮޅުން އީމަންގެ ހާލަކީ […]
ނޯޓް: މިވާހަކައަކީ އެސްފިޔައަށް “nashaa”ގެ ނަމުގައި ލިޔުންތެރިއަކު ކުރިން ކުރިން ހުށައަޅާފައިވާ ވާހަކައެކެވެ. އާ ދުވަހަކަށް އިރުއަރަނީ އެވެ. ރޭގަނޑުގެ އަނދިރިކަން ފެތުރިފައިވާ ކޮޓަރީގައި ހުރި ފެންލައިޓުން މަޑުމަޑުން އަލިކަން ކޮޓަރިތެރެއަށް ފޭދެމުން ދެއެވެ. ގަދަ ނިދީގައި އޮތް ޔާނާ އަށް ހޭލެވުމާއެކު އަވަސް އަވަހަށް ގަޑި ބަލައިލިއެވެ. ގަޑިން ހައެއް ޖަހަނީއެވެ. އިރު އަރައިފިކަން އެނގުމުން ކަންބޮޑުވިއެވެ. ފަތިސް ނަމާދަށް ހޭނުލެވުނީމައެވެ. ނަމާދު ޤަޟާ ކޮށްލުމަށްޓަކައި ފެންވަރައިލުމަށް އަވަސް އަވަހަށް ތުވާލި ނަގައިގެން ގޮސް ފާހާނާ […]