ޝައުން ނުވިސްނާ ހުއްޓާ ޔަލްވީ އޭނާގެ އަތުގައި ދަތްއެޅިއެވެ. ޝައުނަށް ތަދުވީވަރުން ޔަލްވީގެ އަތުން ދޫކޮށްލެވުނެވެ. ތަންވަޅު ބަލާފައި ޔަލްވީ އެތަނުން ނުކުތުމަށް ދުއްވައިގަތެވެ. އެހެނަސް އެއަށްވުރެ ކުރިން ޝައުން ދުވެފައި ގޮސް ކޮޓަރީގެ ދޮރު ލައްޕާލުމަށްފަހު، ދޮރުގައި ލެނގިލަމުން ޔަލްވީއާއި ކުރިމަތިލިއެވެ. އޭރުވެސް، އޭނާހުރީ ޔަލްވީ ހަފައިގެން އަތުގައި އަނެއް އަތުން ހިފަހައްޓާލައިގެންނެވެ. އޭނާގެ މޫނުމަތީގައިވަނީ ކޮން އަސަރެއްކަމެއް ދެނެގަންނާކަށް ޔަލްވީއަކަށް ނޭނގުނެވެ. ދެން ހަދާނެ ގޮތެއް ނޭނގިފައި، ޝައުނާއި ދިމާއަށް ބަލަހައްޓައިގެން އޭނާއަށް ހުރެވުނީއެވެ. […]
ޝިއުރީމެންގެއަށް ވަންނަންދިޔަ ޔަލްވީ، ސިހިގެން ދިޔައީ މީހަކު އޭނާގެ އަނގަމަތީގައި އަތް އެޅުމުންނެވެ. އެ މީހަކު ބާރަށް ހިފަހައްޓާލާފައިވާއިރު، ޔަލްވީ އެ އަތް ނެއްޓޭތޯ ކުރިހާ މަސައްކަތެއްވީ ބޭކާރެވެ. ކިތަންމެވަރަކަސް ހަޅޭއްލެވިކަމުގައިވިޔަސް، އަނގަމަތީގައި އަތް އަޅާފައިވުމުން، އަޑު ބޭރުވާ ގޮތެއް ނުވިއެވެ. ޔަލްވީގެ ފުރަގަހުގައި ހުރުމުން އެއީ ކާކުކަމެއް އޭނާއަކަށް ނޭނގެއެވެ. އެ މީހާ ގަދަކަމުން ކަހަލަ ގޮތަކަށް ޔަލްވީ ގެންގޮސް ވެއްދީ ޝިއުރީމެންގޭ ކުރިމަތީގައި ހުރި ފަޅު ގެއަށެވެ. އެއަށްފަހު، ޔަލްވީގެ އަނގަމަތިން އަތް ދޫކޮށްލަމުން […]
ކޮޓަރީގައި އޮތް ބުކޭ ހިފައިގެން ނުކުންނަންދިޔަ ޝިއުރީއަށް ހުއްޓެވުނީ ކާގޭ ތެރެއިން ބަޔަކު ވާހަކަ ދައްކާ އަޑަށެވެ. އެ ދިމާއަށް ހިނގައިގަނެވުނީ އެތާ އުޅެނީ ކޮންބައެއްތޯ ބަލާލުމުގެ ބޭނުމުގައެވެ. އެހެނަސް ދެފައި ގަނޑުވިކަމުގެ އިޙުސާސް ކުރެވުނީ ކާގެ ތެރެއިން ފެނުނު މަންޒަރަކުންނެވެ. އަތުގައި އޮތް ބުކޭ އަތުން ދޫވެގެން ވެއްޓުންއިރު އޭނާއަށް އަނގަމަތީ އަތްއަޅާލެވުނީ ކުރިމަތިން ފެންނަމުން ދިޔަ މަންޒަރު ޤަބޫލުކުރަން ދަތިވެފައި ހުރެއެވެ. __________________________________ އެތަނުގައި އަންހެއްކުއްޖެއްގެ އަތުގައި ހިފައިގެން އެ ހުރީ ނަހީކް ނޫން […]
ޝިއުރީ ވަރަށް ވާހަކަ ދެއްކުމުން މިޝަލް ހަމައަކަށް އެޅުނެވެ. އަދި ޝިއުރީ ދެއްކި ވާހަކަ ޤަބޫލުކުރުމުގެ ގޮތުން މަޑުމަޑުން ބޯ ޖަހާލުމަށްފަހު، ދެލޮލުން އައިސްފައިވާ ކަރުނަތައް ފޮހެލިއެވެ. “އަހަންނަށް ކޮން ޚަބަރެއް ދޭންވެފައި އޮތީ….؟؟؟؟” މިޝްޔާގެ އަޑަށް ޝިއުރީއާއި މިޝަލް ސިހިފައި ދޮރާ ދިމާއަށް ބަލާލިއެވެ. މިޝްޔާއަށް ބަލަހައްޓައިގެން ދެކުދިންނަށް ތިބެވުނީ އެ ސުވާލުގެ ޖަވާބުދޭން ނުކެރި ފަސްޖެހިފައެވެ. ______________________________ އަޔާނީއާއި ޔަލްވީގެ އެހީގައި މިޝްޔާ ކޮޅަށްހުރިއިރު ވަރުދެރަވެގެން ގޮސް އޭނާ ހުރީ އެލިފައެވެ. ރުއިމުގެ ސަބަބުން […]
މިޝްޔާގެ ކޮޓަރިއާއި ދިމާއަށް ދުވެފައި ދިޔަ ޝިއުރީ އަޅައިގަތީ ހަމަ އެހާ ހަލުވި މިނުގައި ކޮޓަރިން ނުކުތް މިޝަލްގެ ގައިގައެވެ. ދެކުދިންނަށް އެކަކު އަނެކަކުގެ ލޮލުން ފެނުނީ އެއްކުލަވަރުތަކެކެވެ. އެކުއެކީގައިކަހަލަ ގޮތަކަށް، ދެކުދިން، މިޝްޔާގެ ކޮޓަރިއަށް ދިޔައިރު، މިޝްޔާ އިނީ އަލްބަމެއް ނަގައިގެން އެ ބަލާށެވެ. ކުއްލިއަކަށް އެތެރެއަށް ވަދެގެން އައި ޝިއުރީއާއި މިޝަލް ފެނުމުން އޭނާއަށް ކޮޅަށް ތެދުވެވުނީ ދެމީހުންގެ މޫނުމަތީގައިވާ ކުލަވަރުތަކުން ކޮންމެވެސް ކަމެއް ގޯސްވެއްޖެކަމަށް އޭނާގެ ހަވަނަ ހިއްސު ސިގްނަލް ދޭންފެށުމުންނެވެ. ___________________________ […]
“އަޔާނީ……” ތަރުހީބުގެ އަޑު ކެނޑުމާއިއެކު އަޔާނީގެ ކަންފަތުގައި ޖެހުނީ އަމްހާގެ އަޑެވެ. ސިހިފައި ފަހަތް ބަލާލެވުންއިރު އަމްހާ އައިސް އެމީހުންނާއި އަރާ ހަމަވަނީއެވެ. އަމްހާ ފެނުމުން އަޔާނީގެ އިތުރުން އަފްލާކަށްވެސް އިން ތަނުން ތެދުވެވުނެވެ. ދެބުމަ ގޮށްޖަހާލައިގެން ރުޅިއައިސްފައި ހުރި އަމްހާ ފެނުމުން ދެކުދިންގެ ހިތަށް ސިހުން ގެނުވިއެވެ. ދެކުދިން އެކަކު އަނެކަކަށް ނަޒަރު ބަދަލުކޮށްލީ ދެން ވާނެ ގޮތް ހިތަށްވެސް ގެންނަން ނޭނގުމުންނެވެ. ______________________ “ހުރި މަކަރުވެރިކަން ދެކިބަލަ…. އަހަރެން އެހާ ވަރަށް އެހީމަވެސް ހެދީ […]
ހަތަރު ކުދިން އިންތިޒާރު ކުރަމުން ދިޔައީ ޔަލްވީގެ ޚަބަރެއް ވާނެ އިރަކަށެވެ. އެކުދިން އެހެން ތިއްބާ މެންދުރު ނަމާދު ކޮށްލައިގެން ނުކުތް ހަލީމާވެސް އައިސް އެކުދިންގެ ގާތުގައި އިށީނެވެ. ހަލީމާ އައިތާ މާގިނައިރެއް ނުވަނީސް ގޭތެރެއިން ނުކުތް ސުލައިމާނުބޭ އާއި ރުޤްޔާ ކިޔަވާ މީހާ ފެނުމުން މިޝަލްމެނަށް ކޮޅަށް ތެދުވެވެނެވެ. އެމީހުންގެ ފަހަތުން ފަހުމީވެސް ނުކުމެގެން އައިސް އެންމެން މަޑުކޮށްލީ މިޝަލްމެންގެ ގާތުގައެވެ. _______________________________________- “އަހަރެން ތިން ދުވަސް ވަންދެން ކިޔަވަން އަންނާނަން….. ވަރަށް ގިނަ […]
“އުނހު ނުދާނަން…. އަހަންނަށް އެނގޭ އަހަރެންގެ ގާތުގައި ދާށޭ ބުންޏަސް އަސްލު މިވަގުތު ޝިއު ބޭނުންވާނީ އަހަރެން މިތާ މަޑުކުރަންކަން….. އަދި ޝިއު އެހެން ތިބުނީ ރުޅިއައިސްގެން ނޫންކަންވެސް އަހަންނަށް އެނގޭ…… މާ ބޮޑަށް ދެރަވެފައި އިނީމަ އެ ހުރިހާ އާހެއް ބޭރުކޮށްލުމަށްޓަކައި ޝިއުއަށް ރުޅި އިޚްތިޔާރު ކުރެވުނީކަންވެސް ވަރަށް ރަނގަޅަށް އެނގޭ…….” ޝިއުރީގެ ގާތުގައި އިށީންނަމުން މިޝަލް ބުނެލިއެވެ. ޝިއުރީ ފެނުމުން އޭނާގެ ހިތަށް ކުރި އަސަރުތައް ހިތުގައި ފޮރުވާލީއެވެ. އޭރު އޭނާގެ ދެލޯ ސީދާވެފައިވަނީ […]
މިޝަލް ހިތްހެޔޮކަމާއިއެކު ޔަލްވީގެ ހިތްހަމަޖައްސައިދިނުމަށް މަސައްކަތްކުރިއެވެ. އެ ވާހަކަތަކުން ޔަލްވީގެ ހިތަށް ކުޑަނަމަވެސް ހަމަޖެހުމެއް ލިބިއްޖެކަން މިޝަލަށް ޔަޤީންވީ، ޔަލްވީގެ ތުންފަތަށް ވެރިވި ހިނިތުންވުމުންނެވެ. އެ މަންޒަރު ފެނި މިޝަލަށްވެސް ހިނިތުންވެވުނެވެ. “މިޝަލް އުޅުނީ ވާހަކައެއް ބުނާކަންނު……” ކުއްލިއަކަށް ހަނދާންވުމުން ޔަލްވީ ބުނެލިއެވެ. މިޝަލް ހީލަމުން ބޯޖަހާލިއެވެ. “އަހަރެން ބޭނުން ޔާލްއާއި ރައްޓެހިވާން….” ނުވިސްނާ އިންދާ މިޝަލް ބުނެލި ޖުމްލައިން ޔަލްވީއަށް އިންތަނުން ތެދުވެވުނެވެ. މިޝަލާއި ދިމާއަށް ބަލަހައްޓައިގެން ހުރެވުނީ ކަންފަތަށް އިވުނު އިވުމާއިމެދު ޝައްކުވެފައެވެ. _________________________________________ […]