ޝައުން ނުވިސްނާ ހުއްޓާ ޔަލްވީ އޭނާގެ އަތުގައި ދަތްއެޅިއެވެ. ޝައުނަށް ތަދުވީވަރުން ޔަލްވީގެ އަތުން ދޫކޮށްލެވުނެވެ. ތަންވަޅު ބަލާފައި ޔަލްވީ އެތަނުން ނުކުތުމަށް ދުއްވައިގަތެވެ. އެހެނަސް އެއަށްވުރެ ކުރިން ޝައުން ދުވެފައި ގޮސް ކޮޓަރީގެ ދޮރު ލައްޕާލުމަށްފަހު، ދޮރުގައި ލެނގިލަމުން ޔަލްވީއާއި ކުރިމަތިލިއެވެ. އޭރުވެސް، އޭނާހުރީ ޔަލްވީ ހަފައިގެން އަތުގައި އަނެއް އަތުން ހިފަހައްޓާލައިގެންނެވެ. އޭނާގެ މޫނުމަތީގައިވަނީ ކޮން އަސަރެއްކަމެއް ދެނެގަންނާކަށް ޔަލްވީއަކަށް ނޭނގުނެވެ. ދެން ހަދާނެ ގޮތެއް ނޭނގިފައި، ޝައުނާއި ދިމާއަށް ބަލަހައްޓައިގެން އޭނާއަށް ހުރެވުނީއެވެ. އެހެނަސް އެގޮތުގައި އޭނާއަށް މާގިނައިރަކު ނުހުރެވުނެވެ. ޝައުންގެ ތޫނު ނަޒަރު އަމާޒުވެފައިވުމުން، އިސްޖަހާލީ، އިތުރަށް އެ ދެލޮލަށް ބަލަން ނުކުޅެދުމުންނެވެ.
___________________________________
“އަހަރެން ދާންވެއްޖެ….” ތަޅުގައި ހިފާލަމުން ޔަލްވީ އުޅުނީ ދޮރު ހުޅުވޭތޯއެވެ. އޭނާ ބޭނުންވީ ވީހާވެސް އަވަހަށް އެ ތަނުން ނުކުންނާށެވެ. މާ ގިނައިރު ޝައުންގެ ކުރިމަތީގައި ހުންނަންވެއްޖެނަމަ، އޭނާގެ ހިތުގައި ފޮރުވައިގެން އުޅޭ ލޯބި ފަޅާއަރާފާނެކަމުގެ ބިރަށްޓަކައެވެ. އެހެންވެއްޖެނަމަ، އޭނާ ހާދަހާ ލަދެއް ގަންނާނެއެވެ.
“ޔާލް ޕްލީޒް…. ރުޅިމަޑުކޮށްފަ ރީތިކޮށް ތިވެގެން އުޅޭގޮތެއް އަހަރެން ގާތުގައި ބުނެބަލަ…” ހަމަގައިމުވެސް އަހަންނަށް އެނގިގެން ޔާލް ހިތްހަމަ ނުޖެހި، ރުޅި އަންނަންޖެހޭވަރުގެ ކަމެއް، އަހަންނެއް ނުކުރަން….” ޝައުން ދެންވެސް ވާހަކަ ދެއްކީ މަޑުމައިތިރިކަމާއިއެކު، ރީތިކޮށްށެވެ. ޝައުންގެ ވާހަކައިން އިހުނަށްވުރެވެސް ބޮޑަށް ޔަލްވީގެ ރުޅިގަދަވިއެވެ. އިސް އުފުލާ ޝައުނަށް ބަލާލިއިރު، ރުޅިއައިވަރުން ނިއްކުރިއަށް ކުދި ރޫތަކެއް އަރާފައި ވެއެވެ. ދަތްޕިލަ ޖައްސާ ބާރުކޮށްލެވުނުހިނދު ދެއަތްވެސް މުށްކަވާލެވުނެވެ.
“ދެން އީޝާމެންގާތުގައި އިނދެގެން އެވަރަކަށް އަހަންނާ ދިމާއަށް ބަލާފަ ހެވުނީ ކީއްވެގެން…؟؟؟ އެ އީޝާމެން އަހަންނަށް މަލާމާތްކޮށްފަ، ދެއްކި ވާހަކައިގައި ބައިވެރިވެގެންނު އަހަންނާ ދިމާއަށް ބަލާފަ ހެވުނީ…..” ފުރަގަހަށް އެނބުރެމުން ޔަލްވީ، ރުޅިވެރިކަމާއިއެކު އިއްވާލިއެވެ. މިރޭ ޝައުން ކަންތައް ކުރިގޮތުން އޭނާ ހުރީ ވަރަށް ބޮޑަށް ހިތްހަމަނުޖެހި، ދެރަވެސްވެފައެވެ. ޔަލްވީގެ ވާހަކަތަކުން ޝައުންގެ ގާތަށް ހިނިއައެވެ. ޝައުން ހޭންފެށުމުން ޔަލްވީގެ ރުޅިގަނޑު މަތަނުވާ ހިސާބަށް ދިޔައެވެ. އޭނާ، އަނެއްކާވެސް ޝައުނާއި ކުރިމަތިލަމުން އުނަގަނޑުގައި ދެއަތް ވިއްދާލިއެވެ.
“ހީލާ….. ހީލާ…. އަދިވެސް ހެވުންވަރު މަދީވިއްޔަ….” ޔަލްވީއަށް މިހެން ބުނެވުނީ ދަތްވިކާލައިގެން ހުރެއެވެ. އޭނާގެ ބަހުރުވަ ހުރިގޮތުން ޝައުނަށް އަނެއްކާވެސް ހެވުނެވެ. އައި ރުޅިން ޔަލްވީ ޝައުނަށް ލޯއަޅާލަމުން އޭނާގެ މޭގައި އަތްއަޅާ ކޮށްޕާލިއެވެ. ދޮރާއި ދާދި ގާތުގައި ހުރުމުގެ ސަބަބުން ދޮރުގައި ޖެހުނުނަމަވެސް، ޝައުނަށް ތަދެއް ނުވެއެވެ.
“އައުޗް…. ހާދަ ރުޅިއައިއްސައޭ ތިހުރީ….” ކޮނޑާއި ހަމައަށް ދެއަތް އުފުލާލަމުން، ޝައުން އެހެން ބުނުމުން ޔަލްވީ ތުން އަނބުރާލިއެވެ.
“ހެހެހެ….އަހަރެން އެތާ އިނދެގެން ބަލާފަ ހެވުނީމަތަ ރުޅިއައިސްގެން ތިއުޅެނީ….؟؟؟؟” މިހެން އަހާލިއިރުވެސް ޝައުނަށް ހެވެވެނީއެވެ. ޔަލްވީ ރުޅިއައިސްފައި ހުރުމުން ހިނިގަނޑު މައިތިރިކުރަން އުޅުނަސް އޭނާއަށް އެކަން ކާމިޔާބުވާގޮތެއް ނުވިއެވެ.
“ހާނ… އެކަމާ…. އެކަމާ ރުޅިއައިސްގެން މި އުޅެނީ…. އަހަރެން ރުޅިއަންނަވަރަކުން ޝައުންގެ ގާތަށް އަންނާނީ ހިންޏެއްނު…. އެ ވިއްޔަ ޝައުން ބޭނުންވާ ގޮތަކީވެސް…. ވަރަށް ފޫހިވޭ… ހަމަ ރަނގަޅަށްވެސް އެ އީޝާގެ ގާތުން ރަނގަޅަށް ދަރިވަރުވެފައި ތިހުރީ…. މީހުން ބުނަނީ ހަމަ ތެދެއް…. ލަނޑަޔާވާނީ ހަމަ ލަނޑަޔާ…. ދާން އުޅޭ މިތަނުން….” ރުޅިއައިވަރުން އެނދުމަތީގައި އޮތް ބާލީސް ނަގާ ޝައުނާއި ދިމާއަށް ހޫރާލަމުން ޔަލްވީ ފަތިވަރު އަމުނާލިއެވެ. ޔަލްވީގެ މިޢަމަލުންވެސް ޝައުންގެ ގާތަށް އައީ ހިންޏެވެ. އެހެނަސް، ޔަލްވީ މާ ގަދައަށް ރުޅިއައިސްފައި ހުރުމުން ހިނިގަނޑު މަތަކޮށްލިއެވެ.
“ޔާލް މިރޭ ހާދަ ރުޅިއައިއްސައޭ ތި ހުރީ….؟؟؟؟ ޔާލްގެ ތިސިފަ އަހަންނަށް މިފެނުނީ އަދި އަލަށް…. އެކަމް ބުނަން ވާހަކައެއް…. ކުރީގެ މަޑުމައިތިރި ޔާލްއަށްވުރެ މިހާރު އަހަރެންގެ ކުރިމަތީ މިހިރަ ރުޅިގަދަ ޔާލް އަހަންނަށް ވަރަށް ކަމުދޭ….” ރުޅިއައިސްފައި ހުރިނަމަވެސް ޝައުންގެ ވާހަކަތަކުން ޔަލްވީ ލަދުގަތެވެ. އެހެނަސް، އެކަން ނުދައްކަންވެގެން ދެބުމަ ގާތްކޮށްލަމުން ޝައުނަށް ލޯއަޅާލިއެވެ. ޔަލްވީ ކިތަންމެ ވަރަކަށް ފަރުދާކުރަން އުޅުނު ކަމުގައިވިޔަސް އެ ދޮން މޫނަށް ވެރިވި ފިނިފެންޖަންބު ކުލަ ޝައުނަށް ސިއްރެއްނުވިއެވެ. ޔަލްވީ، ލަދުގަތްކަން ޝައުނަށް އެނގުނުހިނދު، އޭނާގެ ތުންފަތަށް ލާނެއް ހިނިތުންވުމެއް ވެރިވިއެވެ. ޝައުން ހީލިތަން ފެނުމުން، ޔަލްވީ ލަދުގަތެވެ. އެ ތަނަށް ވިރިގެން ހިނގައިދާނެހެން ހީވުމުން އޭނާ ބެލީ އަނެއްކާވެސް އެތަނުން ނުކުމެގެން ދެވޭތޯއެވެ.
“އެއްފަރާތްވޭ…. އަހަރެން ދާންވެއްޖެ….” ދޮރުގެ ތަޅުގައި ހިފާލަމުން ޔަލްވީ ބުނެލިއެވެ. ޝައުނާއި ހަތަރުކަޅި ހަމަނުކޮށްވޭތޯ އޭނާ ވަރަށް މަސައްކަތްކުރިއެވެ. ލަދާއި، ރުޅި އެކުވުމުން އޭނާއަށް ވާހަކަދެއްކުނީވެސް ވަރަށް ރުންކުރުކޮށްށެވެ. ޔަލްވީގެ ގާތަށް އެހާ ރުޅި އައީތީ، އޭނާވެސް ހައިރާންވިއެވެ. އެހެނީ، އޭނާއަކީ މީގެ ކުރިން މީހުންދެކެ ރުޅިއައިސްގެން، އެ ގޮތަށް ރުންކުރުކޮށް ވާހަކަ ދައްކާ އުޅޭ ކުއްޖެއް ނޫނެވެ. އެހެނަސް، ދެ އިޙްސާސް އެކުވުމުން އޭނާގެ ނަފްސު މައިތިރިކުރަން އޭނާއަށްވެސް އުނދަގޫވީއެވެ.
“ޔާލް…. ތިހާ ރުޅިނައިސް އަހަރެން ދައްކާ ވާހަކަ އެއްފަހަރުނަމަވެސް، އަޑު އަހާފާނަންތަ….؟؟؟” ޔަލްވީގެ މަޑުމަޑު އަތްތިލާގައި ހިފާލަމުން ޝައުން ބުނެލިއެވެ. ޝައުން އަތުގައި ހިފުމުން މިފަހަރު ރުޅިނައިސް މަޑުން ހުރެވުނީ ކީއްވެގެންކަމެއް ޚުދު ޔަލްވީއަށްވެސް ނޭނގެއެވެ. ޝައުންގެ ދެލޮލަށް ބަލަން ހުރެ، ބޯ ޖަހާލެވުނީ ބޭއިޚްތިޔާރުގައެވެ.
“ޔާލް…. އަހަރެން ވަރަށް ތެދަށް ވާހަކައެއް ބުނެފިއްޔާ ޤަބޫލުކުރާނަންތަ…..؟؟؟؟ ޔަލްވީގެ ދެލޮލަށް ބަލަން ހުރެ ޝައުން އަހާލިއެވެ. އޭރުވެސް އޭނާ ހުރީ ޔަލްވީގެ ދެއަތްތިލައިގައި ހިފަހައްޓާލައިގެންނެވެ. ޔަލްވީ، ޝައުންގެ ދެއަތްތިލައަށް ބަލާލަމުން އަނެއްކާވެސް ބޯ ޖަހާލިއެވެ. ދާދި ފަހަކާއި ޖެހެންދެން އޭނާގެ ގާތަށް އައިސްފައިވާ ރުޅި ދިޔައީ ކޮންތާކަށް ކަމެއްވެސް ނޭނގެއެވެ.
“އަސްލު ވަރަށް ތެދަށް މިބުނަނީ….. މިރޭ އީޝާމެން ޔާލްއޭ ކިޔައިގެން އެއްވެސް ވާހަކައެއް ނުދައްކާ…. އެހެންނޫނަސް، އެ މީހުން މަލާމާތް ކުރިކަމުގައިވިޔަސް، އަހަރެން ދުވަހެއްގެ ކޮޅުންވެސް އެމީހުންނާއި އެއްބައިވެގެން ޔާލްއަށް މަލާމާތެއް ނުކުރާނަން…. އިން ޝާ ﷲ” ޝައުން ވާހަކަ ދައްކަމުން ދިޔައިރު އެ މޫނުމައްޗަށް އަރާ ފައިބަމުން ދިޔަ ކުލަވަރުތަކުންވެސް، ޔަލްވީއަށް އެވާހަކައިގެ ތެދުކަން ޤަބޫލުކުރެވުނެވެ.
“އެންމެ ރަނގަޅު…. އަހަރެން ޤަބޫލުކޮށްފިން… އެކަމަކު، ޝައުން ކީއްވެ މާވަރަކަށް އަހަންނާއި ދިމާއަށް ބަލާފަ ހެވުނީ….؟؟؟؟” ޝައުނާއި ހަތަރުކަޅި ހަމަކޮށްގެންހުރެ އެހެން އަހާލަން ނުކެރުމުން ޔަލްވީ އިސްޖަހާލިއެވެ. ޔަލްވީގެ މި އަދާއިން އަނެއްކާވެސް ޝައުންގެ ތުންފަތަށް ލާނެއް ހިނިތުންވުމެއް ވެރިވިއެވެ.
“ވަރަށް ތެދަށް މި ބުނަނީ…. އަހަންނަށް މިރޭ މާވަރަކަށް ބެލުނީ ޔާލް، އާދަޔާ ޚިލާފަށް މާ ރީތިވީމަ…. އަހަރެން ބަލާލީމަ، ޔާލް ލަދުން އުޅޭތީ ހިނިއައީ…. ބައެއްފަހަރު ހީވެ ލަދުންގޮސް ވިރިދާނެހެންވެސް…. ޔާލް ކީއްވެތަ އަހަރެން ބަލާލީމަ އެހާ ލަދުގަންނަނީ……؟؟؟” ޝައުންގެ ވާހަކަތަކުން ޔަލްވީ ހަމަ ރަނގަޅަށްވެސް ފިނިވިއެވެ. ޝައުނަށްވެސް އެކަން އިޙްސާސްވިއެވެ. އޭނާގެ އަތުތެރޭގައި އޮތް ޔަލްވީގެ އަތްތިލަތައް ގަނޑުފެންކޮޅެއްހާ ފިނިވީ ބަސްބުނާހާ ހިނދުކޮޅެއްގެ ތެރޭގައެވެ.
“އަހަންނަށް ޔާލްއާއި ދިމާއަށް ބަލާލެވޭ، ގިނަފަހަރު، ޔާލް އިންނަނީ އަހަންނަށް ބަލަން… ދެން އަހަރެން ބަލާލީމަ ނިކަން އަވަހަށް ނުވާކަމަށް ހެދިފަ އެހެން ދިމާއަކަށް ބަލާލާނެ… ހިހިހ…… އެހެންވީމަ އަހަންނަށްވެސް ނުހީއެއް ނީނދެވޭނު….. މީގެ ކުރިން އަހަންނަކަށް ނޭނގެ އަހަންނާ ދިމާއަށް، މާ ގަޔާވެގެން އަންހެންކުދިން ބަލަން އިންނަކަމެއް… އަޅެ ބުނެބަލަ، ކީއްވެގެންތަ ޔާލް މާވަރަކަށް ބެލީ…؟؟؟ އަނެއްކާ ޔާލް އަހަންނާ ގަޔާވަނީތަ…..؟؟؟؟” ޝައުންގެ ވާހަކަ މިހިސާބަށް ދިއުމުން ޔަލްވީއަށް ޝައުންގެ ނަމުން ގޮވާލެވުނެވެ. ލަދުގަތްވަރުން އޭނާގެ ދޮންމޫނު ހީވަނީ ރަތް ލޭ ކޮޅެއް ހެންނެވެ. މިތަންފެނި ޝައުންގެ ހިނިތުންވުން އިތުރަށް ފުންވެގެން ދިޔައެވެ.
“ޝިއުމެން މިހާރު ތިބޭނީ އަހަރެން ނުގޮސްގެން ލަސްވެފައި… އަހަރެން ދާންވެއްޖެ….” ޝައުންގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ޔަލްވީ ބެލީ އަވަހަށް އެތަނުން ނުކުމެގެން ދެވޭތޯއެވެ. ޔަލްވީ މާ ބޮޑަށް ލަދުގަތުމުން ޝައުންވެސް އިތުރަށް އޭނާ ހިފަހައްޓާކަށް ނޫޅުނެވެ. ޔަލްވީ ނުކުމެގެން ދިއުމުން ހެވިފައިހުރެ، އަމިއްލަ ބޮލުގައި މަޑުމަޑުން ޖަހާލެވުނީ ހިތަށް ވެރިވެގަތް ޚިޔާލްތަކަކުންނެވެ.
********************
ގޭތެރެއިން ދުވެފައި ނުކުތް ޔަލްވީގެ ތުންފަތުގައިވި ހިނިތުންވުން ފެނުމުން މައްސަލަގަނޑު ހަމައަކަށް އެޅިއްޖެކަން ޝިއުރީމެންނަށް ދެނެގަނެވުނެވެ. އެކަމާއިގުޅޭގޮތުން އިތުރު ސުވާލެއް ނުކުރީ ޔަލްވީގެ އުފާވެރިކަން ގެއްލުވާލަން ބޭނުން ނުވާތީއެވެ.
********************
ތިން އެކުވެރިން އެއްހަމައެއްގައި ތިބެ ޙަފްލާ އޮތް ސަރަޙައްދަށް ދާން ހިނގައިގަތެވެ. އެހެނަސް ހުއްޓެވުނީ ކުރިމަތިން އައި އަފްލާކް ފެނުމުންނެވެ. އަފްލާކް އައިސް އެކުދިންނާއި، އަރާހަމަވުމުން ތިންކުދިންނަށް ބަލާލުމަށްފަހު، ހިނިތުންވެލިއެވެ. އަދި ހިނދުކޮޅަކަށްވެސް މަޑުކޮށްނުލާ އެ ދިޔަ ގޮތަށް ދިޔައީއެވެ. އެހެނަސް، އެދޮލޮލުގައި ވޭނީ ރިހުމެއް އެކުލެވިފައިވާތަން ތިންކުދިންނަށްވެސް ފެނުނެވެ. އަފްލާކް ދިއުމުން އަޔާނީ ފަސްއެނބުރިފައިވެސް ބަލާލިއެވެ.
“ޔާނީ ބޭނުމިއްޔާ އަހަރެން އަފޫއާއި ވާހަކަދައްކަންތަ….؟؟؟” އެކުވެރިޔާގެ ޙަޔާތުގައި ކުނިޖެހެން ބޭނުން ނުވާތީ ޝިއުރީ ބޭނުންވީ ހުރިހާ ކަމެއް ސާފުކުރާށެވެ.
“ނޫން…. ޝިއު ބުނިހެން އަހަންނަށްވެސް ހީވަނީ އަފޫ މަންމަ ބުނިގޮތަށް ކަންތައް ކުރަންވެގެންހެން އެހެން އެހަދަނީ….” ޝިއުރީ ދާން އުޅުމުން އަޔާނީ، އޭނާ ހުއްޓުވިއެވެ. އަޔާނީއާއި ދެކޮޅަށް ދާން ޝިއުރީވެސް ބޭނުން ނުވުމުން ތިންކުދިން އަނެއްކާވެސް ހިނގައިގަތެވެ.
“މަޑުކޮށްބަލަ….” ކުރިއަށް ދެތިން ފިޔަވަޅު ނޭޅި އުޅެނިކޮށް ޔަލްވީ އޭނާގެ ދެފަރާތުގައި ތިބި އެކުވެރިންގެ އަތުގައި ހިފައި ހުއްޓުވިއެވެ. ދެކުދިން ސުވާލުގެ ނަޒަރަކުން ޔަލްވީއަށް ބަލާލިއެވެ.
“މިރޭ އެ ފަޅުގޭތެރޭ ހިނގި ހާދިސާ އެއްވެސް މީހަކަށް ނާންގާ ސިއްރުކޮށްދީފާނަންތަ…..؟؟؟ އިޔާމެން ގާތުގައިވެސް ބުނެދީބަ އެވާހަކަ ސިއްރުކޮށްދޭށޭ…؟؟؟؟ އަހަރެން ބޭނުމެއް ނޫން މަންމައާއި ހަމައަށް އެވާހަކަ ގެންދާކަށް……” ދެފަހަރު ދެކުދިންގެ މޫނަށް ބަލާލަމުން ޔަލްވީ އެދުނެވެ. ޝިއުރީއާއި އަޔާނީ ހައިރާންވެފައި އެކަކު އަނެކަކަށް ނަޒަރު ބަދަލުކޮށްލަމުން ޔަލްވީއަށް ބަލާލިއެވެ.
“އެ ކީއްވެ ސިއްރު ކުރަންވީ….؟؟؟ އަނެއްކާވެސް އެމީހާގަނޑުގެ ފަރާތުން ޔާލްއަށް ގޯނާއަކާއި ކުރިމަތިވެއްޖިއްޔާއޯ….. އެގޮތަށް އެކަންވުމުގެ ކުރިން އެމީހެއް ހޯދަން ޖެހޭނެއެއްނު…..” ޔަލްވީގެ އަތުގައި ހިފާލަމުން ހައިރާންވެފައިހުރި ޝިއުރީ އަހާލިއެވެ.
“ތިކަންވެސް އޮތީ ތިހެން….. އެކަމަކު އަހަރެން މިވިސްނަނީ އަނެއްކޮޅަށް…. ހަމަގައިމުވެސް މަންމަގެ ކަންފަތާއި ހަމައަށް އެވާހަކަ ގޮއްސިއްޔާ އަހަރެން ކޮޓަރިން ނުކުތަކަވެސް ނުދޭނެ….. ކާންވެސް ޖެހޭނީ ކޮޓަރީގައި އިނދެގެން ކަންނޭނގެ…. ޝިއުމެންނަށްވެސް މިހާރު މަންމަގެ ގޮތް އޮންނާނީ އެނގިފައި…. އަހަންނަށް ގޮތެއް ވެދާނެތީ މަންމަ ހުންނާނީ ސަހަރޯ ހީވެފައި….. އަނެއްކާ އެ ޚަބަރު ލިބިއްޖެއްޔާ އަހަރެންގެ ދިފާޢުގައި ރޭގަނޑު ނުނިދާވެސް ހުރެދާނެ….. އަހަރެން ބޭނުމެއް ނޫން އަހަންނާއި ހެދި އަނެއްކާ މަންމަ ހާސްކުރުވާކަށް…..” ޔަލްވީގެ ވާހަކަތައް އަޑުއަހަން ހުރި ޝިއުރީ ބޯ ޖަހާލީ އެ ވާހަކަތަކާއި އެއްބަސްވުމުގެ ގޮތުންނެވެ.
“އެންމެ ރަނގަޅު…. އަހަރެމެން އެކަކު ގާތުވެސް ނުބުނާނަން…. އިޔާމެން ގާތުވެސް ބުނާނަން އެކަން ސިއްރުކޮށްދޭށޭ…. އެކަމް ޔާލް މީގެ ފަހުން އެކަނި ގެއިން ބޭރަށް ނުކުމެގެން ނުވާނެ….. ތަނަކަށް ދާން ވެއްޖިއްޔާ އަހަރެމެންނަށް ގުޅަން ޖެހޭނެ އެނގޭ…..” ޔަލްވީގެ ވާހަކައަށް އެއްބަސްވަމުން އަޔާނީ ޝަރުޠު ކަނޑައެޅިއެވެ. ޔަލްވީ، ހިނިތުންވެލަމުން އަވަސްއަވަހަށް ބޯޖަހާލިއެވެ. އަދި ދެފަރާތުގައި ތިބި ދެކުދިންގެ ކޮނޑުގައި ހިފާލަމުން ގަޔާއި ގާތްކޮށްލިއެވެ. ތިން ކުދިންވެސް އެވަގުތު މިޝްޔާ މަތިން ވަރަށް ހަނދާންވިއެވެ. މިޝްޔާވެސް އެތާ ހުރިނަމަ އެވަގުތުކޮޅު ހާދަހާ ފުރިހަމަވީހެވެ.
********************
އެރޭ ނިދަން އޮވެގެން ޝައުނަށް ވިސްނުނީ ޔަލްވީއާއި ދިމާކުރި މީހާއާއިދޭތެރޭއެވެ. “ކާކުކަން ނޭނގޭ ގޮތަށް، މޫނު ފޮރުވައިގެން އެ އުޅުނީ ކާކުބާވައެވެ..؟؟ އެމީހާގެ ބޭނުމަކީ ކޮބައިބާވައެވެ…؟؟؟ ޔަލްވީއާއި ދިމާކުރީ ކީއްވެގެންބާވައެވެ…؟؟؟” މިއީ ހައްތަހާވެސް ޝައުންގެ ހިތުގައި އުފެދިފައިވާ ސުވާލުތަކެވެ. އެ ސުވާލުތަކުގެ ޖަވާބު ހޯދަން އޭނާ ބޭނުމެވެ. ކޮންމެ ޙާލެއްގައިވިޔަސް އެ މީހަކު ހޯދަން އޭނާ ބޭނުމެވެ. އޭނާއަށް އެ ސުވާލުތަކުގެ ޖަވާބު ލިބޭނީ އޭރުންނެވެ. އެކަމާ ވިސްނަން އޮތް ޝައުނަށް، އަރާމު ނިދީގެ ތެރެއަށް ފީނައިގަނެވުނީ ކޮން އިރަކުކަމެއްވެސް އޭނާއަކަށް ނޭނގެއެވެ.
********************
ކައިވެނީގެ ޙަފްލާ ނިންމާލުމަށްފަހު، ޖެހިގެން އައި ދުވަހު، ރިފްގާގެ ޢާއިލާ ރަށަށް ދާން ފުރިއެވެ. އެހެނަސް ރިޝްމީ މަޑުކުރީ ރިފްގާގެ އެދުމަށް އޭނާވެސް އެގޮތް ބޭނުންވާތީއެވެ. އެމީހުން ފުރުވާލުމަށްފަހު، ގެއަށް އައި މަގުމަތީ ޝިއުރީއަށް ވިސްނުނީ ރިޝްމީގެ ފަރާތުން ގާތްކަމެއް ނުފެންނާތީ، އެކަމާއެވެ. އަދި ދިމާވިތާ ވީ އެންމެ ދުވަހެއްކަމުން، އެ ދެމެދުގައި އެކުވެރިކަން ބަދަހިވާން ވަގުތު ނަގާނެކަން ވިސްނުމުން، ޝިއުރީ އެކަމާ މާބޮޑަކަށް އަޅައެއް ނުލައެވެ.
********************
މިޝަލް އިނީ ވައިބަރ އިން ހުމާމް ފޮނުވާފައިވާ ޝައިމަންގެ ކައިވެނީގެ ފޮޓޯތައް ބަލާށެވެ. އެކުވެރިޔާގެ އެ އުފަލުގައި ބައިވެރިވާން އޭނާ ކިތަންމެހާވެސް ބޭނުންވިއެވެ. އެހެނަސް، ތަޤްދީރުގައި އެކަން، އެގޮތަށް ވާން ނެތީއެވެ. އެކުވެރިޔާއަށްވުރެ ބޮޑަށް އޭނާގެ އާއިލާއަށްވަނީ، އޭނާގެ ބޭނުންތެރިކަން، މާބޮޑަށް ބޭނުންވެފައެވެ. އެހެންކަމުން، އެކުވެރިޔާގެ އުފަލުގައި ބައިވެރި ނުވެވުނުކަމުގައިވިޔަސް، އެ ފޮޓޯތައް ފެނުމުން އޭނާ ހިތްހަމަ ޖެހުނެވެ. ފަހަރަކު ފޮޓޯއެއް ބަލަމުން ގޮސް ޝިއުރީގެ ފޮޓޯއެއް ފެނުމުން މިޝަލް އެއަށް ބަލަހައްޓައިގެން އިނެވެ. ފައިގެ ތަނބިކަށްޓާއި ހަމައަށް އަރާ ވިލުނޫކުލައިގެ ހެދުމުގައި ޝިއުރީ ފެންނަނީ ވަރަށް ތަފާތު ގޮތަކަށެވެ. ކޮށްފައިވާ މޭކަޕްގެ ސަބަބުންކަމަށްވެސް ވެދާނެއެވެ. އެހެނަސް، އޭނާއަށް ޝިއުރީ ކޮންމެ ސިފައެއްގައި، ކޮންމެ ގޮތަކަށް ހުއްޓަސް ރީތި ވާނެއެވެ. ލޯތްބަކީ އެކަހަލަ އެއްޗެކެވެ. ލޯބިވެވިއްޖެނަމަ ކޮންމެ ސިފައެއްގައި ހުއްޓަސް ރީތިވާނެއެވެ. ހިތްހަމަ ޖެހޭނެއެވެ.
ކުޑަގޮތަކަށް ހެނދުނުގެ ނާސްތާކޮށްލައިގެން އައި މިޝްޔާ، މިޝަލްގެ ގާތުގައި މަޑުކޮށްލިއެވެ. މިޝަލް އޭނާއަށް ޝައިމަންމެންގެ ކައިވެނީގެ ފޮޓޯތައް ދައްކާލިއެވެ. ފޮޓޯތައް ބަލަމުން ދިޔަ މިޝްޔާގެ ތުންފަތަށް ވެރިވި ލުއި ހިނިތުންވުން ފެނި، މިޝަލްގެ ހިތަށް ފިނިކަމެއް ލިބުނެވެ. މިވީ ދުވަސްކޮޅުގެ ތެރޭގައި މިޝްޔާ އެވަރަށްވެސް ހީލިތަން އޭނާއަށް ފެނިފައެއް ނުވެއެވެ.
“ދެން ހިނގާ ދާން….. މަންމަ އޮންނާނީ މިހާރު އަހަރެމެން ނުގޮސްގެން ލަސްވެފައި…. ބައްޕަވެސް ހުންނާނީ ނިދިއައިސްފައި…. އަހަރެމެން ދިޔައީމަ ބައްޕައަށް ގެއަށް އާދެވޭނީވެސް….” ފޮޓޯތައް ބަލާ ނިމުމުން މިޝަލްގެ އަތަށް ފޯނު ދިއްކޮށްލަމުން މިޝްޔާ މިހެން ބުނުމުން މިޝަލްވެސް ތެދުވެ އޭނާއާއިއެކު ހަސްފަތާލަށް ދިއުމަށް ހިނގައިގަތެވެ.
********************
ހަސްފަތާލް ހުންނަނީ މިޝަލްމެން އުޅޭގެއާއި ވަރަށް ކައިރީގައިކަމުން ފަސްވަރަކަށް މިނެޓުން ދެވުނެވެ. ލިފްޓުން ފައިބައިގެން މެހެރީން ބާއްވާފައި އޮތް ކޮޓަރިއާއި ދިމާއަށް ދާން ހިނގައިގަތް ދެކުދިންނަށް ހުއްޓުން އެރީ ކޮޓަރީގެ ފާރުގައި ލެނގިލައިގެން، ދެލޯ މަރާލައިގެން ހުރި މާހިރު ފެނުމުންނެވެ. ދެކުދިން އަވަސް ފިޔަވަޅުތަކެއްގައި މާހިރާއި، ދިމާއަށް ހިނގައިގަތްއިރު، އެކުދިންގެ ހިތްތައް ބާރު ބާރަށް ތެޅެމުން ދިޔައެވެ. ނަރުސް ކުދިންގެ ޙަރަކާތްތައްވެސް އަވަސްވެފައިވާތީ ފެނެއެވެ. އެކުދިން އަވަސް އަވަހަށް މެހެރީން ބާއްވާފައި އޮތް ކޮޓަރިއަށް ވަދެ ނުކުމެ ހަދަން ފެށުމުން މެހެރީންގެ ޙާލަތު ނާޒުކު ފައްތަރަކަށް ވެއްޓިފައިވާކަން، މީހަކު ނުބުނި ކަމުގައިވިޔަސް، މިޝަލްމެންނަށް ވިސްނުނެވެ. ދެކުދިންގެ ލޯތައް ފެންކަޅިވެގެން ދިޔައީ ބަސްބުނާހާ މަދު ވަގުތުކޮޅެއްގެ ތެރޭގައެވެ. މާހިރާއި ސުވާލެއް ކޮށްލާން ނުކެރުނީ އޭނާ މާ ބޮޑަށް ދެރަވެފައި ހުރުމުންނެވެ.
މާހިރާއި ދިމާއަށް އައި މިޝަލްމެން ފެނުމުން، އޭނާ، ހިނިތުންވާން މަސައްކަތް ކުރިއެވެ. އެހެނަސް ޙާލަތުގެ ނާޒުކުކަމުން އޭނާއަށް އެކަން ކާމިޔާބުވާގޮތެއް ނުވިއެވެ. “ދަރިފުޅުމެންނޭ” ބުނެލިއިރު އެ ދެލޮލުން ކަރުނަތައް ފައިބައިގަތީ، ލޯބިވާ އަނބިމީހާއާއި ވަކިވާންވީ ވަގުތު އައިސް ޖެހިއްޖެކަމުގެ އިޙްސާސްކުރެވުމުންނެވެ. މާހިރު ރޯން ފެށުމުން ކެތްކޮށްލައިގެން ހުރި މިޝްޔާއަށްވެސް އެ ގޮތުގައި ނުހުރެވުނެވެ. ދުވެލާފައި ގޮސް މާހިރުގެ ގައިގައި ބައްދާލިއިރު، އޭނާއަށްވެސް ރޮވިއްޖެއެވެ. ލޯބިވާ މަންމަގެ ޙާލަތު ގޯސްވެ، އެންމެ ލޯބިވާ ފަރާތްތައް ރޯތަން ފެނުމުން މިޝަލަށް ކެތްކުރަން ދަތިވިއެވެ. އޭނާއަށް ރޮވިދާނެތީ، ކަރުނަތަކާ ހަނގުރާމަ ކުރަމުންދިޔައީ، ލޯބިވާ ޢާއިލާއަށްޓަކައެވެ. ބައްޕައާއި، ކޮއްކޮއަށް ހިތްވަރުދިނުމުގައި އޭނާއަށް ނެތްހިތްވަރުލާން ޖެހުނެވެ. ލަސްފިޔަވަޅުތަކެއް އަޅަމުންގޮސް، މާހިރުގެ ގައިގައި ބައްދާލައިގެން ހުރި މިޝްޔާގެ ބޮލުގައި ފިރުމާލަމުން މާހިރުގެ ކޮނޑުމަތީ އަތް ބާއްވާލީ، ދުލުން އެއްޗެކޭ ބުނާނެ ހިތްވަރު ނެތުމުންނެވެ.
އިރުކޮޅެއް ނުވެ، ލިފްޓުން ފައިބައިގެން އައި ޑަކްޓަރު، ހަލުވި ފިޔަވަޅުތަކެއް އަޅަމުން މެހެރީން ބާއްވާފައި އޮތް ކޮޓަރިއަށް ވަނުމުން، މިޝަލްމެންގެ ހިތްތައް ތެޅެންފެށީ އޮބި ނޯންނަވަރަށްށެވެ. މެހެރީންގެ ޙާލަތު ރަނގަޅުކޮށްދެއްވުމަށް އެދި ހިތާހިތުން ދުޢާކުރާޙާލު ތިން މީހުންވެސް އިންތިޒާރުކުރަމުން ދިޔައީ ޑަކްޓަރު ނުކުންނާނެ ވަގުތަކަށްށެވެ. އިންތިޒާރުގެ ވަގުތުތަކަށް ނިމުން ގެނުވީ، ދޮރު ހުޅުވާލާފައި ޑަކްޓަރު ނުކުތުމުންނެވެ.
ޑަކްޓަރު ދިން ޚަބަރަކުން ތިން މީހުންވެސް ގަނޑުވިކަހަލައެވެ. އެއީ އެ މީހުންނަށް މި ދުނިޔެމަތިން އިވުނު އެންމެ ހިތްދަތި ޚަބަރެވެ. ދުވަހަކުވެސް އަޑު އަހަން ބޭނުން ނުވާ ވާހަކައެކެވެ. އެހެނަސް ޙަޤީގަތަކީ، ބޭނުން ނުވިކަމުގައިވިޔަސް ތަޤްދީރުގައި ވާން އޮތްކަމެއް ވެ ނިމޭނެކަމެވެ. ކޮންމެ މީހަކީވެސް މި ފަނާވަނިވި ދުނިޔެއާއި އަލްވަދާޢު ކިޔަން ޖެހޭނެ މީހެއްކަމެވެ. އެގޮތުން އެ މީހުންގެ ޙަޔާތުން މެހެރީންވެސް ބީވެ ދިޔައީއެވެ. އަބަދުގެ އަބަދަށެވެ.
އިވުނު ޚަބަރުން ފުރަތަމަ ޝޮކެއް ލިބުނު ކަމުގައިވިޔަސް، ހަމަހޭވެރިކަންވުމުން، “މަންމާ”އޭ ކިޔާ ރޮއެގަންނަމުން މިޝްޔާ މެހެރީން ބާއްވާފައި އޮތް ކޮޓަރިއަށް ވަނެވެ. އެ ވަގުތުވީ ނަރުސްކުއްޖާ މެހެރީންގެ މޫނުގައި ފޮތިގަނޑު އަޅަން ދިމާކުރި ވަގުތަށެވެ. އެހެނަސް، މިޝްޔާގެ ބާރު ހަޅޭކުގެ އަޑުން ސިހިފައި އެކުއްޖާއަށް ޙަރަކާތެއްކޮށްލަންވެސް ނޭނގިފައި ހުރެވުނީއެވެ. މިޝްޔާ އެ އައިގޮތަށް އައިސް ފޮތިގަނޑު ބޮޑަށް ހިއްލާލިއެވެ. އަދި މެހެރީންގެ މޫނުގައި ދެއަތުން ހިފަހައްޓާލަމުން ރޮއިރޮއިފައި އޭނައަށް ގޮވަމުންދިޔައެވެ.
“މަންމާ ޕްލީޒް…. މިޝް ދޫކޮށްފައި ނުދޭ…. މަންމަ ދިޔައީމަ މިޝް ކިހާ ދެރަވާނެ…. ޕްލީޒް މަންމާ…. އާދޭ މިޝްގެ ގާތަށް….” މިޝްޔާ ރޮމުން އޭނާގެ މަންމައަށް ގޮވަމުން ދިޔައީ، ބަލަން ހުރި ކޮންމެ މީހެއްގެވެސް ހިތަށް އަސަރުކުރާހާ ހިތްދަތިކޮށްށެވެ. ބައެއްފަހަރު ރޮވޭ ވަރުން އޭނާއަށް ރަނގަޅަށް ވާހަކަވެސް ނުދެއްކެއެވެ. މި މަންޒަރު ބަލަން ދޮރުމަތީގައި ތިބި މާހިރުގެ ދެބަފައިންގެ ލޮލުންވެސް ކަރުނައިގެ އަސަރު ފާޅުވެއެވެ. އިތުރަށް އެ މަންޒަރު ބަލަން ކެތް ނުވުމުން މިޝަލް ގޮސް މިޝްޔާ ދުރުކުރުވަން އުޅުނެވެ. އެހެނަސް، އޭނާ ގަދަހަދަމުން ދިޔައީ މެހެރީންއާއި ދުރަށް ނުދިއުމަށެވެ.
“ދޮންބޭ ޕްލީޒް…. އަހަރެން މަންމައާއި ދުރަށް ނުގެންދޭ…. ދޮންބެ ގޮވާބަލަ މަންމައަށް…. ދޮންބެ ގޮވީމަ މަންމަ ލޯހުޅުވާނެ… ދޮންބެ އަބަދުވެސް ބުނަމެއްނު މަންމަ އެންމެ ލޯބިވަނީ ދޮންބެ ދެކެއޭ…. އެހެންވީމަ ދޮންބެ ގޮވީމަ މަންމަ ލޯހުޅުވާނެ… ޕްލީޒް ދޮންބޭ….” މިޝަލް ގަދަކަމުން މިޝްޔާ ދުރުކުރުވުމުން، އޭނާގެ މޭގައި ލައްވެލަމުން މިޝްޔާ ބުނަމުންދިޔައެވެ. އިސާހިތަކު، މިޝްޔާގެ ހޫނު ކަރުނަތަކުން، މިޝަލްގެ ގަމީސް ތެމެންފެށިއެވެ.
“މިޝް…. މަންމަ ދެން ލޮލެއް ނުހުޅުވާނެ…. މަންމަ….. މަންމަ އެ އޮތީ… ……. މަރުވެފައި… ….. ….. ދޮންބެ ބުނީމަ ޤަބޫލުކޮށްބަލަ….” މިޝްޔާގެ ބޮލުގައި ލޯތްބާއިއެކު، ފިރުމާލަމުން މިޝަލަށް މިހެން ބުނެވުނީ ވަރަށް އުނދަގުލުންނެވެ. އޭނާގެ އަޑު ތުރުތުރުލުމުގެ އިތުރުން، އެހެން ބުނެވުނުހިނދު އޭނާގެ ގައިން ހީބިހި ހިލުވާލިއެވެ.
“ނޫން… ނޫން… މަންމާ….” މިޝްޔާ ރޮމުން، މިޝަލްގެ މޭގައި ދެއަތުން ތަޅަމުން، ބާރަށް ހަޅޭއްލަވައިގަތެވެ. ހިތަށް އަސަރުކުރިވަރުން މިޝަލް އިސްޖަހާލިއެވެ. އޭނާ މިޝްޔާ ހުއްޓުވާކަށްވެސް މަސައްކަތެއް ނުކުރެއެވެ. އެހެން ހުރެފައި، މިޝްޔާ އަނެއްކާވެސް މިޝަލްގެ މޭގައި ބޯ އަޅާލިއެވެ. މިޝަލް، އެ ހުރިގޮތަށް ހުރެ މިޝްޔާގެ އުނގަނޑުގައި ދެއަތް ވަށާލަމުން، އޭނާއަށް، އެދެއަތުގެ ހިމާޔަތް ދިނެވެ. މިޝްޔާގެ ކޮނޑުގައި ދަތްދޮޅި އަޅުވާލަމުން ދެލޯމަރާލިހިނދު، އެސްފިޔަތައް ފޫއަޅުވާލުމަށްފަހު، މިޝަލްގެ ދެލޮލުންވެސް ފުލުފުލުން ކަރުނަތައް ފައިބައިގަތެވެ.
ދޮރުމަތީ މި މަންޒަރުތައް ބަލަން ހުރި މާހިރަށް ދޮރުކަނީގައި ބޯ ޖައްސާލެވުނީ، ހިތަށް ފުންއަސަރުތަކެއް ކުރުމުންނެވެ. ގާތުގައި ހުރި ޑަކްޓަރު އޭނާގެ ކޮނޑުގައި އަތް ބާއްވާލީ، އޭނާއަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ. އެވަގުތު އެ ކޮޓަރިތެރޭގައި ތިބި ނަރުސްކުދިންގެތަކުގެ އިތުރުން ޑަކްޓަރުގެ ހިތަށްވެސް ފުން އަސަރުތަކެއް ކުރުވާފައިވަނީ އެ ކުޑަކުޑަ ޢާއިލާއަށް ދިމާވެފައިވާ ހިތްދަތިކަމުގެ ސަބަބުންނެވެ. އެއިން ކޮންމެ މީހެއްގެ ހިތުގައި އެ ޢާއިލާއަށްޓަކައި ޙަމްދަރުދީ އުފެދިފައިވެއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
71 Comments!
Comments are closed.







Hei hurihaa kudhin ☺☺
Eem buni time ah vure kuda thankolheh las vejje dw sorrry
Anyway hee kuran mi part ves kamudhaane kamah ☺
Rangalhu kohlan jehey thankolheh iniyya bunelahche ??
Have a nice day tgc ly all ???
Ohhh nerunii mihaaru????
Yes ☺
Me second dhww.. Adhi kiyanvx nulan. Kiyaalaafa cmmnt khlaanan.. ?
Yes ☺ hehe okay ?
Yeeyii me 1st dhw stry is awwsm waiting for the next part
Nt this time dear ?
Thanks reen ☺
Next part Thursday In Sha Allah ?
x
Mee first dhw… Wow… Hama rangalhah wx rowijje… When is the next part..
Nt this time dear ?
Aww Mai ?
Thanks dear ☺
Next part on Thursday In Sha Allah ?
vvvv Rythi hithaama veri baeh miii ??…..alhey shaun avahah hodhaa emyheh yalvy fakeeru kaii nulaniiis☺☺☺
Thanks dear ☺
Hehe dw ?
Alheyyy…. v v reethi… ❤❤
Ram, after a long time dw ?
Thanks dear ☺
yaal mi haadha rulhigandha adhi ehaavarah ladhuves ganna kuhjekey dhw…?mivaahaka feshigen kiyamun ais fahubayaa hisaabah dhiyama sad feel eh kurevunu..?I felt pity for pure mishal and mishya…I’m also eager to know the person who kidnapped yalvy…mi part ves salhi..??
Hehe yeah dw ?
Kuriah huri part thakun engi gen dhaane a e kaaku kan, inthizaar kohlaa ?
Thanks click ☺
I know eiy rangalha vaanama iyshaa ge kameh? eyna yaal ah undagu kurany j viyas boduvaru bt mi part ves vrh reeti ❤❤❤❤
A e kaakuge kamrh tho balan kuriah huri part thakah inthizaar kohlama dw dear ?
Hehe
Thanks a lot ☺
Thivaany kommx ehen bayaku raavaigen kurikamakah. Vedhaanennu eesha ahvx.. Dhw. ?
Vedhaane..easha aa ves konmes varakah vahtharu…dhen huri part tha kiyaalima engeyni kaakukameh..?
?????rovijje.
Story v v v salhi maasha Allah
Awwn ?
Thanks Shahoo ☺
Woww. V salhi.. Shaun n yaal avahah gulhuvaba eeeem. Eyrun v salhi vaane dhen? haadha dheraey dhw mishyaa ge mom Vakiveema.. ? kaakubaa ehkala yaal aa dhimaakuri myhakyy!!! ? next part avahah up khdhehchey ????? ly ?
Thanks Song ☺
Hehe ??
Yeah, v dhera dw ?
Emyhaku engeyne kuriah huri part thakun inthizaar kohlaa ?
Next part on Thursday ?
Oh. I will just squeeze a jalepaneo to that person eyes ? ?? okay eeem waiting for thursday.. Good luck and keep up the good works.. ?
Song ??
Hehe ????
Thanks song ?
?????✌
Hey Song joong…what’s your real name..?
Hehehe bunanveetha real name???? ?☺ if I tell, u should say your name too!!? Deal?
hehehe real name bunanvy??? 😀 🙂 if i say, u should say yours name too!! Deal?? 🙂 how about telling your name first???? 😉 😉
ok deal..first you tell me
Shifna…. Tell ur name??
Awww cute name…☺️.mine name is yanaa..?
Wowww. Varah sweet name eh.. Serious kh.. ??☺ same year old dhw both of us??
Yes SJK…?…when is your birthday??
5/may 🙂 when is yours???
November 11..??
11 November…??…sjk ge brthday gosi dhw
yeah. gossi. so now i’ve the chance to wish you ! 🙂 😀
Yeah..?
hehe 🙂
Ohhh??? masha allah v v v rythi v furihama whn nxt prt avaskolladhybala plx plx
Khajja, dhuvas kolheh kohlaafa khajja ge comment eh mi fenuny, v ufavejje ?
Thanks dear ☺
Next part on Thursday ?
huvaa hama ragalhahvx rovijje..bt mi part vx v reethi..masha allah…keep it up dear..
Awwn ?
Thanks dear ☺?
I feel sad for the little cute family…. Especially mishyaa…….. Well…. V v vvv v v v reethi stry
Thanks Lilly ☺
Wow eem it’s awesome. .Adhi mal ki story thakuge therein enme rythi story mee.anehka Kaaku baa dhw ae. .impatient to know who’s that..Thursday ga dhw next part..Thursday ga ves avas koh up kohlahchey. .BYE..ly.
Thanks Mal ☺ wow v ufaa vejje ?
Emyheh engeyne kuriah huri part thakun hehe ?
Yeah Thursday ga next part ? yeah, i’ll try to upload it asap ☺ ly too dear ?
Alheyy ? vrh reethi mivaahaka. Adhi thankolheh dhigu koh gendheythi eem ❤
Azoo ❤ falhi v dw ?
Hehe thanks dear ☺
Will try ☺
Genesdheythi*
Woww haadha rycheyy vv v interesting. ….mish n miashal haadha dhera vaaney dhw
Thanks Appy ☺
Asluvess v dhera vaane ?
Eem. Mi vaahaka v v Rythi. Ekamak mish haadha dhera vaane ey dhoa. Zeek ah vy Kihineh
Thanks shahaa ☺
Asluvess v dhera vaane ?
Zeek ge vaahaka adhi kuriah huri part thakuga annaane ? inthizaar kohlama dw ?
Btw shahaa ge name fenunyma eem gr frnd eh mathin v miss vejje ?
Story v habeys hama rovijje…v salhi eam mi story gendhaa goi….
Thanks dear ☺ nd sorry rovvalevunyma ? hehe
Thanks a lot
Kuriah huri part thah ves kamudhaane kamah heekuran ?
❤ves virigen gossaane hen heevee feshunu thanaa..Shaun nd yaal❤❤… kiaa hithun kiaa stry eh..eem ah shukuru….thikuraa hihvarah, medhu kedumeh nethi?
Hehe e kyve o Xna ?? ??
Thanks dear ☺ hehe Xna men vaahaka kiyan huriyya eem ge best dheynan In Sha Allah ?
Varah nice story ah
Thanks Shaau ☺
Alhey haadha reechey mee faryge frst cmnt
Thanks Fary ☺ v ufaavejje fary ge comment eh libunyma ?
Nice stry..my first cmnt.. cmnt nukuriyas stry feshigen kiyan hama … vvv salhi mi stry .. eem ge hurihaa stry eh ves v salhi?
Waiting for nxt part..keep it up eem…☺?
Thanks Nish ☺
V ufaa vejje nish ge comment eh libunyma ?
Thanks a lot dear ?
Heyy. Eem hws u?.. varah dhuvass vejje dw comment eh nukolleveythaa…. eid ga rashakah dhiya gothah adhi mi aadhevuny?.. varah miss story mathin☹.. but nw nukiyun hurihaa part ehves kiyejje… varah kanthah thah vejje dw nw… mi part kiyaafa varah dheravejje.. feels sympathy for mishal nd mishya.. anyways im waitingss for next ep?.. ly❤❤❤❤
Adha ☺ m fyn nd hws u? Adhaa v miss vi ? hehe ? haan varah kanthah hingaalaifi shiu men hihi ??
Thanks for waiting ☺
Ly too dear ?
Wow❤ v reethi mi part ves…
Thanks Nav ☺
Nadhima aminath ishkuga jehhneetha