Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ (ތޭވީސްވަނަ ބައި)

Eemyaa Level 810 Stories100 Comments100 Login500 Comments100 Stories500 Login
September 6, 2017 6 Mins Read
42 Comments

މިޝްޔާގެ ކޮޓަރިއާއި ދިމާއަށް ދުވެފައި ދިޔަ ޝިއުރީ އަޅައިގަތީ ހަމަ އެހާ ހަލުވި މިނުގައި ކޮޓަރިން ނުކުތް މިޝަލްގެ ގައިގައެވެ. ދެކުދިންނަށް އެކަކު އަނެކަކުގެ ލޮލުން ފެނުނީ އެއްކުލަވަރުތަކެކެވެ. އެކުއެކީގައިކަހަލަ ގޮތަކަށް، ދެކުދިން، މިޝްޔާގެ ކޮޓަރިއަށް ދިޔައިރު، މިޝްޔާ އިނީ އަލްބަމެއް ނަގައިގެން އެ ބަލާށެވެ. ކުއްލިއަކަށް އެތެރެއަށް ވަދެގެން އައި ޝިއުރީއާއި މިޝަލް ފެނުމުން އޭނާއަށް ކޮޅަށް ތެދުވެވުނީ ދެމީހުންގެ މޫނުމަތީގައިވާ ކުލަވަރުތަކުން ކޮންމެވެސް ކަމެއް ގޯސްވެއްޖެކަމަށް އޭނާގެ ހަވަނަ ހިއްސު ސިގްނަލް ދޭންފެށުމުންނެވެ.
___________________________

“ކިހިނެއްވީ…؟؟؟؟” ދެފަހަރު ދެކުދިންގެ މޫނަށް ބަލާލަމުން މިޝްޔާއަށް އަހާލެވުނެވެ. ނަމަވެސް އެ ދެކުދިން ޖަވާބު ދިނުމުގެ ބަދަލުގައި މިޝްޔާއަށް ބަލަހައްޓައިގެން ތިބެވުނީއެވެ.

ފެންބޮއެގެން ކާގެއިން ނުކުތް އަޔާނީގެ ފިޔަވަޅުތަކަށް ހުއްޓުން އައީ މެންދުރު 2 ގެ ޚަބަރުގަޑީގައި ގޮވި ޚަބަރަކުންނެވެ. އިވުނު ޚަބަރަކުން އެވަގުތު ބޮލަށް އެނބުރުން އަރައިގެން ދިޔަހެންވެސް ހީވިއެވެ. ކުޑަކޮށް މީހާ ހަމައަކަށް އެޅިލުމުން، އޭނާ އަވަސްވެގަތީ ފޯނު ހޯދުމަށެވެ. އެހެނަސް، އޭނާގެ ބައްޕަ ފޯނު އަތުލި ހަނދާންވުމުން، ދެފަޔަށް ލެވުނުހާ ބާރެއްލައި ދުއްވައިގަތެވެ. ގޭގެ ބޮޑު ދޮރޯށީން ހެޔަށް ނުކުމެގެން އައި އަޔާނީގެ ފިޔަވަޅުތަކަށް ހުއްޓުން އެރީ ގެއަށް ވަންނަން އައި އިޔާޒާއި ޝައުން ފެނުމުންނެވެ. ހާސްވެފައިހުރި އަޔާނީ ފެނުމުން އެ ދެކުދިންނަށްވެސް ހައިރާންކަން ލިބިގެންދިޔައެވެ.

“ސިސީ….. ކިހިނެއްވީ… ހާދަ ހާސްވެފައި ތިހުރީ….؟؟؟؟” އަޔާނީގެ ގާތަށް ޖެހިލަމުން އިޔާޒް އަހާލިއެވެ.

“ހިނގާބަލަ…. ހިނގާބަލަ އަހަންނާއެކީ….. ކިޔައިދޭނަން…. އިހަށް ހިނގާބަލަ….” މިހެން ބުނެފައި އަޔާނީ ދުއްވައިގަތުމުން ވާނުވާ ނޭނގިތިބެ އިޔާޒާއި ޝައުން އެކަކު އަނެކަކަށް ބަލާލަމުން އަޔާނީގެ ފަހަތުން ދިޔައެވެ. ދުވެވުނު އެންމެ ބާރަށް ދުވެފައި ދިޔަ އަޔާނީ މިސްރާބު ޖަހާފައިވަނީ ޝިއުރީމެންގެއާއި ދިމާއަށެވެ. މިޝްޔާ މިހާރު އުޅެނީ އެގޭގައި ކަމަށް ވާތީއެވެ.

ާއެގެއާއި ހަމައަށް އާދެވުމުން އަޔާނީ ދުވުން ހުއްޓާލުމަށްފަހު، ގުދުވެލަމުން ބަނޑުގައި އަތްއަޅާލެވުނީ ދުވެފައި އައުމުގެ ސަބަބުން ބަނޑަށް ތަދުވާން ފެށުމުންނެވެ. އޭރު އޭނާއަށް ހުރީ މާނޭވާލެވިފައެވެ. އިޔާޒްމެންވެސް އޭނާއާއި އެއްހަމައެއްގައި އައިސް މަޑުކުރިއެވެ.

“ޔާނީ… ދެން ބުނެބަލަ ތި ވެގެން އުޅޭ ގޮތެއް….” ބަނޑުގައި އަތް އަޅައިގެން ހުރެ ހަށިގަނޑު ތެދުކޮށްލި އަޔާނީއަށް ބަލާލަމުން ޝައުން ބުނެލިއެވެ. އެހެނަސް ޖަވާބު ދިނުމުގެ ބަދަލުގައި އަޔާނީ ބާރަށް ހިނގައިގަތީ ގެއަށް ވަނުމަށެވެ. އެވަގުތުވީ އެގޭތެރެއިން ޔަލްވީ ނުކުތް ވަގުތަށެވެ.

“ޔާލް… ކޮބާ މިޝް….؟؟؟؟” ގޭތެރެއަށް ބަލާލަމުން އަޔާނީއަށް އަހާލެވުނެވެ. އޭރު އިޔާޒްމެންވެސް ތިބީ އެ ކުދިންގެ ގާތުގައެވެ.

“މިޝްމެން ގޭގަ ވީ…. ހިނގާބަލަ އެގެއަށް ދާން…..” މިހެން ބުނެފައި ޔަލްވީ އަޔާނީގެ އަތުގައި ހިފައިގެން ދުއްވައިގަތުމުން އެކުދިންގެ ފަހަތުން އިޔާޒްމެންވެސް ދިޔައެވެ.
********************

“ދޮންބޭ…. ޝިއު…. އަޅެ ޕްލީޒް…. ކޮންމެވެސް އެކަކު ބުނެބަލަ ވީގޮތެއް…. އަހަންނަށް އެނގޭ ކޮންމެވެސް ބޮޑު ކަމެއް ވެއްޖެކަން…..” މިޝަލްމެން އެގޮތަށް ބަލަހައްޓައިގެން ތިބުމުން މިޝްޔާގެ ހިތް ބިރުގަންނަން ފެށިއެވެ. އެވަގުތު ބައެއްގެ ހިލަން ވެގެން ތިން މީހުނަށް އެއްފަހަރާ ކޮޓަރީގެ ދޮރާއި ދިމާއަށް ބަލާލެވުނެވެ. އެތެރެއަށް ވަދެގެން އައި ޔަލްވީމެން ފެނުމުން މިޝްޔާގެ ހިތް އިތުރަށް ބިރުގަތީ އެމީހުންގެ މޫނުތައްވެސް މިލާފައިވާތަން ފެނުމުންނެވެ.

“ހެޔޮނުވާނެ ކޮންމެވެސް އެކަކު ބުނެބަލަ ވީގޮތެއް…. އަހަރެން މިހާރު ބިރުގަންނަން ފަށައިފި…. ދޮންބޭ ބުނެބަލަ މަންމައަށް ގޮތެއްވީތަ…..؟؟؟؟ މިޝަލްގެ އަތުގައި ހިފައި ތަޅުވާލަމުން މިޝްޔާއަށް މިހެން އަހާލެވުނުއިރު ހާސްވީވަރުން އޭނާއަށް ރޮވިއްޖެއެވެ.

“ޝިއު…..” ޝިއުރީއަށް ގޮވާލުމުން އޭނާއަށް އިސްޖަހާލެވުނީ ވީގޮތް ކިޔައިދޭނެ ހިތްވަރު އޭނާގެ ގައިގައި ނެތުމުންނެވެ. މިޝްޔާ ދެން ދިޔައީ ޔަލްވީމެންގެ ގާތަށެވެ. އެ ދެކުދިންނަށްވެސް ޖަވާބުދޭން ނުކެރިފައި ބަލާލެވުނީ މިޝަލާއި ދިމާއަށެވެ. އާދޭހުގެ ބެލުމަކުން، މިޝްޔާއަށް ދެން ބަލާލެވުނީ އިޔާޒްމެންނާއި ދިމާއަށެވެ. އެހެނަސް އެ ދެކުދިންވެސް ތިބީ މިޝްޔާ ފަދައިން ވާނުވާ ނޭނގިފައެވެ.

މިޝްޔާއާއި ގުޅުން ހުރި ބޮޑުކަމެއް ހިނގައިފިކަން އެނގޭނަމަވެސް ހިނގީ ވަކި ކޮންކަމެއް ކަމެއް އެ ދެކުދިންނަށްވެސް ނޭނގެއެވެ.

“ދެން ކޮންމެވެސް އެކަކު ބުނަންވެއްޖެއްނު ވީގޮތެއް….. މިހާރު އަހަރެމެންވެސް ބިރުގަންނަން ފަށައިފި…..” މިޝަލްމެން އަނގައިން ނުބުނެ އެހެން ތިބުމުން ޝައުން ގާތަށް ރުޅިއައެވެ. ވާނީވެސް އެހެންތާއެވެ. ވާނުވާ ނޭނގިގެން އޭނާގެ ހިތްވެސް ބާރުބާރަށް ތެޅެން ފަށައިފިއެވެ. މިޝަލް ކުރިޔަށް ޖެހިލާ މިޝްޔާ ގެނެސް އޭނާގެ ތަނަވަސް މޭގައި ޖައްސާލަމުން މިޝްޔާގެ ގައިގައި ބާރަށް ހިފަހައްޓާލިއެވެ. ދެލޯ މަރާލިހިނދު ރާސްލާފައި ކަރުނަތައް ފައިބައިގަތީ މިޝްޔާއަށް އެޚަބަރު ދިނުމުން އޭނާއަށް ވާނެގޮތް ހިތަށް އެރުމުންނެވެ.

“މިޝް.. ޒީކްމެން ނުވަރަލިޔާއަށް ދާން ދަތުރު ކުރި ބަސް ފަރުބަދަތައް މަތިން ކައްސާލައިގެން ވެއްޓިގެން އެބައުޅޭ… އޭގެއިން ދަތުރު ކުރި ބައެއް މީހުން ފެނުނަސް ތިން މީހަކު އަދިވެސް ނުފެނޭ… އެމީހުންގެ ތެރޭގައި…. އެމީހުންގެ…..” މިޝަލަށް ވާހަކަ ކުރިޔަކަށް ނުގެންދެވުނެވެ. އެހެންކަމުން ކުރިޔަށްވުރެވެސް ބާރަށް މިޝްޔާގެ ގައިގައި ބައްދާލިއެވެ. އިވިގެން ދިޔަ ޚަބަރުން މިޝްޔާއަށް ހީވީ މީހަކު އޭނާގެ ހިތުގައި ބާރު އެތިފަހަރެއް އަޅުވާލީހެންނެވެ. މިޝަލް ދައްކަމުން ދިޔަ ވާހަކަ ޤަބޫލުކުރަން ދަތިވެފައިހުރެ އޭނާ މިޝަލާއި ދުރަށް ޖެހިލިއެވެ.

“ދޮންބެ ބުނަން ތިއުޅެނީ އެމީހުންގެ ތެރޭގައި ޒި… ޒީ…. ޒީކްވެސް…..؟؟؟؟؟” މިޝަލްގެ ދެއަތުގެ މުލައްދަނޑީގައި ހިފަހައްޓާލަމުން ވާހަކަ ދެއްކި މިޝްޔާގެ އަޑުވެސް ތުރުތުރުލާންފެށިއެވެ. މިޝަލް އެދައްކާ ވާހަކަ ޔަޤީން ކުރަން އޭނާ ބޭނުންވެއެވެ. މިޝަލް މިޝްޔާގެ ދެލޮލަށް ބަލަންހުރެ އޭނާގެ ކޮނޑުގައި ދެއަތުން ހިފަހައްޓާލަމުން ބޯ ޖަހާލިއެވެ. މިޝަލްގެ ޖަވާބާއިއެކު ފުރަތަމަ މިޝްޔާ ހުރީ ޙަރަކާތެއްވެސް ކޮށްނުލައެވެ. ދެން ފެނުނީ ރާސްލާފައި ދެލޮލުން ކަރުނަތައް ފައިބައިގަތްތަނެވެ.

“ނޫން….. ނޫން…. އެހެނެއް ނުވާނެ…. ދޮންބެ ދޮގު ހަދަނީ….. ޕްލީޒް ދޮންބޭ…. ބުނޭ އެއީ ދޮގެކޭ…. ބުނެބަލަ ޒީކަށް ކަމެއް ނުވެއޭ…. ޕްލީޒް ދޮންބޭ…..” އެހެން ހުރެފައި ދެފަރާތަށް ބޯ ހޫރަމުން މިޝްޔާ ބާރަށް ރޮއިގަތެވެ. ހިތްދަތި ގޮތަކަށް ލޯބިވާ ކޮއްކޮ ރޯތަން ފެނުމުން މިޝަލަށް އަސަރުކުރިވަރުން މިޝްޔާ ގެނެސް އޭނާގެ އަތުތެރޭގައި ފޮރުވާލީ އަބަދުވެސް ހިތާމައެއް ލިބުމުން ކޮއްކޮއަށް ޙިމާޔަތްދޭ ފަދައިންނެވެ.

މިޝްޔާ ރޯތަން ފެނުމުގެ އިތުރުން ޒިކާނަށް ވީނުވީއެއް ނޭނގޭތީ ދެރަވީވަރުން ޝިއުރީމެނަށްވެސް ރޮވުނެވެ. އިވިގެން ދިޔަ ޚަބަރު އަޑުއިވުމުން ޤަބޫލުކުރަން ދަތިވެފައި ހުރި ޝައުން ފަހަތަށް ޖެހެމުން ދިޔައިރު އޭނާހުރީ ޝޮކެއްގެ ތެރޭގައެވެ. ޒިކާނަކީ އޭނާގެ ދެބެންގެ ދެދަރި ކުއްޖެއް ނަމަވެސް އޭނާ ދެކެމުން އައީ، އެއީ އެއްބަނޑު އެއްބަފާ ބޭބެއެއްގެ ގޮތުގައެވެ. ބޭބެއަށް އެއްފަދަ ހިތާމަވެރި ހާދިސާއެއް މެދުވެރިވުމުން އޭނާއަށް އެކަން ބަރުދާސްތު ނުކުރެވުނީއެވެ. ފަހަތަށް ޖެހެމުންގޮސް ފާރުގައި ޖެހުމުން އޭނާ ހުއްޓުނެވެ. އަދި އެހުރި ދިމާލުން ތަށިމުށިތައް މައްޗަށް ތިރިވެގަތެވެ. މިއަޑަށް މިޝްޔާ ފިޔަވާ އެންމެން ފަހަތް ބަލާލިއެވެ. އެއާއިއެކު ޝައުން އިންގޮތް ފެނުމުން އެންމެނަށްވެސް ހައިރާންކަން ލިބުނެވެ. ފާރުގައި ލެނގިލައިގެން އިން އިރު އޭނާ އިނީ ބޮލުގައި ދެއަތުން ހިފަހައްޓާލައިގެންނެވެ. އަނގައިން ކޮންމެވެސް އެއްޗެއްވެސް ކިޔަމުން ދިޔައެވެ. އެހެނަސް ކިޔަނީ ކީކޭ ކަމެއް ނޭނގުނެވެ.

ޝައުން އިންގޮތް ފެނި ޔަލްވީއަށް ވީގޮތްވެސް ނޭނގުނެވެ. ދުވެފައިކަހަލަ ގޮތަކަށް ޝައުންގެ ގާތަށްގޮސް ދެކަކޫ ޖަހާލަމުން ޝައުންގެ އަތުގައި ހިފައި އޭނާއަށް ގޮވަމުން ދިޔައެވެ. އިޔާޒްވެސް ޝައުންގެ ގާތަށް ޖެހިލިއެވެ. ޝައުން އެއްޗެކޭ ކިޔާހެން ހީވުމުން ކަންފަތް ގާތްކޮށްލީ ކިޔާއެއްޗެއް އަޑުއަހާލުމުގެ ބޭނުމުގައެވެ.

“އެހެނެއްނުވާނެ… އެއީ ދޮގެއް….” ތަކުރާރުކޮށް ޝައުން ކިޔަމުން ދިޔައީ މިހެންނެވެ. ޔަލްވީ އެހާ ވަރަށް ގޮވުމުންވެސް ޝައުނަށް ކަހާތަން ހިރުވާލާހެންވެސް ހީ ނުވެއެވެ. ދެއަތުން ބޮލުގައި ހިފަހައްޓައިގެން އިނދެ އެހެން ކިޔަމުން ދިޔައެވެ.

“ޝައުން ހަމަޖެހިބަލަ…..” ޝައުންގެ މޫނުގައި ހިފަހައްޓާލަމުން އިޔާޒްވެސް ޝައުން ހަމައަކަށް އެޅުވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. ނަމަވެސް ޝައުން އެކިޔާ އެއްޗެއް ކިޔުން ހުއްޓާ ނުލިއެވެ. އެވަގުތު އިޔާޒްގެ ލޮލުގައި އަޅައިގަތީ އެއްފަރާތުގައި ހުރި ކިޔަވާ މޭޒުމަތީގައި ހުރި ފެންޖަގެވެ. އޭނާ ބަލާކަށް ނުހުރެ ފެންޖަގު ހިފައިގެން އައިސް ޝައުންގެ ގަޔަށް އޮއްސާލިއެވެ. އެއާއިއެކު، ނިދިން ހޭލެވުނު މީހެއްހެން ޝައުން ފުންމައިގެން ތެދުވިއެވެ. ލިބުނު ޝޮކް ފިލައި ހަމަ ހޭވެރިކަންވީ ދެނެވެ. އޭރުވެސް މުޅި ކޮޓަރިތެރޭގައި ގުގުމާލެވިފައިވަނީ މިޝްޔާގެ ރުއިމުގެ އަޑެވެ. މުޅި މާހައުލުގައިވަނީ ހިތާމައިގެ ސާލެއް އޮޅާލެވިފައެވެ.

މިޝްޔާގެ ގައިގައި ބައްދާލައިގެން ހުރި މިޝަލްގެ ޖީބުގައި އޮތް ފޯނު ރިންގުވާންފެށުމުން އެއްއަތުން ފޯން ނަގައި ބަލައިލިއެވެ. ފޯނަށް ގުޅަނީ ބައްޕައެވެ. އޭނާ މަޑުމަޑުން މިޝްޔާ ދުރުކޮށްލީ ބައްޕަ އެ ގުޅަނީ ޒިކާންގެ ޚަބަރު ލިބިގެންހެން ހީވާތީ، އެތާ ހުރެގެން ބައްޕައާއި ވާހަކަ ދައްކަން ބޭނުން ނުވާތީއެވެ. މިޝަލް މިޝްޔާ ދުރަށް ޖައްސާލިނަމަވެސް، ރުއިމުގެ ސަބަބުން ވަރުދެރަކަމުން މިޝްޔާއަށް އަމިއްލަ ހާލައިގެން ކޮޅަށް ނުހުރެވޭނެހެން ހީވާތީ، އޭނާ އެނދުގައި ބައިންދާލަމުން މިޝަލް ޝިއުރީމެންނަށް ބަލާލިއެވެ. މިޝަލް އެއްޗެއް ނުބުނިކަމުގައިވިޔަސް އެ ބަލާލުމުން މިޝަލް ބުނަން ބޭނުންވާ އެއްޗެއް ޝިއުރީމެނަށް ދޭހަވިއެވެ. އެހެންކަމުން އަޔާނީއާއި ދެކުދިން، މިޝްޔާގެ ދެފަރާތުގައި އިށީނދެ އޭނާގެ ގައިގައި ހިފަހައްޓާލިއެވެ. އޭރުވެސް މިޝްޔާގެ ރުއިމަށް ބަދަލެއް ނާދެއެވެ. އަޔާނީގެ ކޮނޑުގައި ބޯއަޅާލައިގެން އިނދެ އޭނާ ރޮމުން ދިޔައެވެ.

މިޝަލް ފޯނަށް ޖަވާބު ދޭންވާއިރަށް ފޯން ކެނޑުނެވެ. އޭނާ ގުޅަން އުޅެނިކޮށް އަނެއްކާވެސް ފޯން ރިންގްވާންފެށުމުން މިޝަލް ހިނގައިގަތީ ބޭރަށެވެ. މިޝަލްގެ ޙަރަކާތްތައް ހުރިގޮތުން ޒިކާންގެ ޚަބަރެއް ވީހެން ހީވުމުން އަޔާނީގެ ގާތުގައި އެބަ އަންނަމޭ ބުނެ ޝިއުރީވެސް މިޝަލްގެ ފަހަތުން ހިނގައިގަތެވެ.

ކޮޓަރިން ނުކުތްގޮތަށް މިޝަލް މިސްރާބުޖެހީ އަނެއް ފަރާތުގައިވާ ބަގީޗާއާއި ދިމާއަށެވެ.

“ހެލޯ….” ބަގީޗާގައި ހަދާފައި އޮތް މަސްފެންގަނޑު ކައިރީގައި މަޑުކޮށްލަމުން، މިޝަލް ފޯނަށް ޖަވާބުދިނެވެ.

“ބައްޕާ…” އެކޮޅުން އެއްވެސް އަޑެއް ނީވުމުން ބައްޕައަށް ގޮވާލެވުނެވެ.

“ދަރިފުޅާ….” އިރުކޮޅެއްގެ ހިމޭންކަމަށްފަހު އެކޮޅުން ބައްޕަ ރޮއިގަތް އަޑު އިވުނެވެ.

“ބައްޕާ ކިހިނެއްވީ…..؟؟؟؟ ކީއްވެ ތި ރޮނީ….؟؟؟” ބައްޕަ ރޯން ފެށުމުން މިޝަލަށް ލިބިފައިވާ ނުތަނަވަސްކަން އިތުރުވިއެވެ. ހާސްވީވަރުން އޭނާއަށް ހުރެވުނީ ނޭވާ ހިފަހައްޓާލައިގެންނެވެ. ދެން ލިބުނު ޚަބަރަކުން އޭނާގެ އަތުން ފޯނު ދޫވެގެން ބިންމައްޗަށް ވެއްޓުންއިރު މެޔަށް ފާޑެއްގެ ނުބައި ތަދެއް އަރައި މޫނުމައްޗަށް އަނދިރިވީހެންވެސް ހީވެއެވެ. ލިބުނު ކުއްލި ޝޮކުގައި ޙަރަކާތެއް ކޮށްލަން ނޭނގިފައިހުރެ ފަހަތުގައި ހުރި ގޮނޑިއަށް ވެއްޓިގަނެވުނެވެ.

ދޮރާ ނިވާވެލައިގެން މިޝަލްގެ ޙަރަކާތްތަކަށް ބަލަން ހުރި ޝިއުރީއަށް ދުވެފައި އެދިމާއަށް އާދެވުނު ގޮތްވެސް ނޭނގުނެވެ. އޭރު މިޝަލް އިނީ ކުރިމަތީގައި އޮތް މަސްފެންގަނޑަށް ބަލަހައްޓައިގެން ފާޑަކަށް ހުއްޓުން އަރާފައެވެ. ޝިއުރީ ދެފަހަރަކު މިޝަލްގެ ކޮނޑުގައި އަތްއަޅާ ގުޑުވާލުމުންވެސް އޭނާ އެ އިންގޮތަށް އިނީއެވެ. އެވަގުތު ޝިއުރީގެ ލޮލުގައި އަޅައިގަތީ ވިނަގަނޑުމައްޗަށް ވެއްޓިފައި އޮތް މިޝަލްގެ ފޯނެވެ. އަވަސް އަވަހަށް ފޯން ނަގާ ކަންފަތުގައި ޖަހާލަމުން “ހެލޯ” އޭ ބުނެލީ މިޝަލަށް އެ ލިބުނު ޚަބަރެއް އެނގެން ބޭނުންވެފައި ހުރިލެއް ބޮޑުކަމުންނެވެ. ޝިއުރީ ގޮވާލުމާއިއެކު އެކޮޅުން ދެއްކި ވާހަކަތަކަކުން އޭނާގެ ދެލޯވެސް ދިޔައީ ބޮޑުވެގެންނެވެ. ފެންކަޅިވެފައި ހުރެ މިޝަލަށް ބަލާލެވުނީ އޭނާއަށް އަސަރުކުރާނެވަރު ހިތަށް އެރުމުންނެވެ.

ޝިއުރީ މިޝަލްގެ ބައްޕައާއި ވާހަކަތަކެއް ދެއްކުމަށްފަހު ފޯން ކަނޑާލިއެވެ. އަދި ހުއްޓުން އަރާފައި އިން މިޝަލަށް ބަލާލަމުން އޭނާގެ ގާތުގައި އިށީނެވެ. އޭނާ ހަނދާންވީ މީގެ ދުވަސްކޮޅެއް ކުރިން އޭނާ އެގޮނޑިގައި ރޯން އިންދާ މިޝަލް އައިސް އޭނާ މަސަލަސް ކުރަން އުޅުން ހަނދާނެވެ. މިއަދު އޭނާއަށް މިއޮތީ މިޝަލް އެދުވަހު ވެދިން އެހީގެ ބަދަލު ދޭނެ ފުރުސަތު ލިބިފައެވެ. މިޝަލަށް ބަލަން އިނދެ ޝިއުރީ މިޝަލްގެ އަތްތިލަމަތީ އޭނާގެ އަތްތިލަ ބާއްވާލިއެވެ. އެއާއިއެކު، ހުއްޓުން އަރާފައި އިން މިޝަލް މަޑުމަޑުން ޝިއުރީއާއި ދިމާއަށް އެނބުރި އޭނާއަށް ބަލާލިއެވެ. ޝިއުރީ ނުވެސް ވިސްނާ އިންދާ ގެނައި ކުއްލި ޙަރަކާތަކާއިއެކު، މިޝަލް، ޝިއުރީގެ ގައިގައި ބައްދާލައިގެން އިނދެ ރޯން ފެށިއެވެ. މިޝަލް ރޯން ފެށުމުން، ޝިއުރީ އިނީ އޭނާ މަސަލަސް ކުރަން ހަދާނެގޮތެއް ނޭނގިފައެވެ. މި ނޫނީއާ މުޅި އުމުރުގައިވެސް ފިރިހެނަކު އެހާ ހިތްދަތިވެގެން ރޯތަނެއް އޭނާއަށް ފެނިފަކައި ނުވެއެވެ. މިޝަލްގެ ވޭނީ ރުއިމުގެ އަޑު އިވުމުން ޝިއުރީގެ ދެލޮލުންވެސް ކަރުނަ ނީރާލިއެވެ. އޭނާ މަޑުމަޑުން މިޝަލްގެ ބުރަކަށީގައި ފިރުމާލިއެވެ.

“މިޝަލް، ހިތްވަރުކުރޭ…. ކޮންމެ ގޮތެއްވިޔަސް މިއަދު، މިޝަލް ޖެހޭނެ ވަރަށް ހިތްވަރުކުރަން…. މިޝަލް ބަލިކަށިވެ ރޯތަން ފެނިއްޖެއްޔާ މިޝްއަށް ވާނީ ކިހިނަކުން….. މިޝްއަށްޓަކައި ނަމަވެސް މިޝަލްޖެހޭ ނެތް ހިތްވަރުލާން…..” ހިތް ފުރޭވަރަށް ރޯލުމަށްފަހު މިޝަލް ދުރަށް ޖެހިލުމުން ޝިއުރީ ވާހަކަދެއްކީ މިޝަލަށް ހިތްވަރުލައިދެމުންނެވެ.

“އަހަރެން…. އަހަރެން ކިހިނެއް މިޝްއަށް މިޚަބަރު ދޭނީ…. އެ ފަކީރަށް މިހާރު ވެފައިހުރިވަރު ޝިއުއަށްވެސް އެނގެއެއްނު….. އެ ޙާލުގައި އިންދާ އޭނާއަށް މިޚަބަރު ލިބިއްޖެނަމަ ވާނީ ރިހޭ ފައި މައްޗަށް ފޮއިވެއްޓުންފަދަ ކަމަކަށް….. މިޚަބަރު އަހާނެހާ ހިތްވަރު އޭނާގެ ގަޔަކު ނުހުންނާނެ…. ނޫން…. ނޫން…. އަހަރެން އޭނައަށް މިޚަބަރެއް ނުދޭނަން…. މަގޭ މިޝް… ނޫން…. ނޫން….”

މިޝްޔާއަށް އެ ޚަބަރުދިނުމުން ވާނެ ގޮތް ހިތަށް އަރުވާލުމުންވެސް މިޝަލްގެ ގައިން ހީބިހި ނަގައި މެޔަށް ނުބައި ގޮތްގަނޑެއް ވެގެން ދިޔައެވެ. ހަދާނެގޮތެއް ނޭނގިފައި ބޮލުގައި ދެއަތުން ހިފަހައްޓައިގެން ހުރެ މޮޔައަކު ފަދައިން އޭނާ ދެކޮޅަށް ހިނގަމުން ދިޔައެވެ. މިޝަލްގެ ޙަރަކާތްތައް ހުރި ގޮތުން ޝިއުރީއަށް ރޮވުނެވެ. ދެން ފެނުނީ ތެދުވެގެން ގޮސް ދެކޮޅަށް ހިނގަމުންދިޔަ މިޝަލްގެ ގައިގައި ބައްދާލި ތަނެވެ. މިޝަލް ހަމައަކަށް އަޅުވަން އޭނާއަށް ވިސްނުން އެންމެ ރަނގަޅު ގޮތަކީ އެއީއެވެ. ޝިއުރީގެ އެ ޙަރަކާތުން މިޝަލް މައިތިރިވިއެވެ. އިރުކޮޅެއްގެ ހިމޭންކަމަށްފަހު އަނެއްކާވެސް މިޝަލް ރޯންފެށިއެވެ. ޝިއުރީގެ ފަރާތުން ހިތްވަރު ލިބެމުން ދިޔަނަމަވެސް މިޝްޔާ މަތިން ހަނދާންވާއިރަށް އޭނާގެ ހިތްވަރު އެލެނީއެވެ.

“ޝިއު…. މިޝްއަށް މިޚަބަރު ދޭނެހާ ހިތްވަރެއް އަހަރެންގެ ނެތް….. އަހަންނަކަށް…..” ރުއިމުގެ ތެރޭން ވާހަކަ ދައްކަމުން ދިޔަ މިޝަލްގެ އަނގަމަތީ އަތްއަޅާލަމުން ޝިއުރީ ދުރަށް ޖެހިލިއެވެ.

“މިޝަލް އިހަށް ހަމަޖެހިބަލަ….. ކޮންމެ ގޮތެއް ވިޔަސް މިޝްއަށް މިކަން އަންގަން ޖެހޭނެ…. އަހަރެމެން ނުބުނެ ހުއްޓާ އެހެން މީހެއްގެ ފަރާތުން އަޑުއިވިއްޖެއްޔާ، އޭނާ މާ ދެރަވާނެ… ފަހަރެއްގައި އޭނާ ގާތު ނުބުނީތީ މިޝަލަށް ނަފްރަތުވެސް ކޮށްފާނެ…. އެހެންވީމަ، މިޝަލް ޖެހޭނެ ވަރަށް ހިތްވަރުކުރަން…. ހިތްވަރުކޮށްފައި މިޝްއަށް މި ޚަބަރު ދީ…. މާތްﷲ އެއްވެސް އިންސާނަކަށް ނުއުފުލޭވަރުގެ ހިތާމައެއް ކުރިމައްޗެއް ނުކުރުވާނެ….. މާތްﷲ އަށް އިތުބާރުކޮށް އެކަލާނގެއަށް ވަކީލް ކުރަންވީ…. ހުރިހާކަމެއް ރަނގަޅު ކޮށްދެއްވުމަށް އެދި އެކަލާނގެ ޙަޟްރަތަށް ދުޢާ ކުރަންވީ…. މާތްﷲ އިރާދަ ކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ…..” ޝިއުރީ ވަރަށް ވާހަކަ ދައްކައިގެން މިޝަލް ހަމައަކަށް އެޅުނެވެ. އަދި ޝިއުރީ ދެއްކި ވާހަކަ ޤަބޫލުކުރުމުގެ ގޮތުން މަޑުމަޑުން ބޯ ޖަހާލުމަށްފަހު، ދެލޮލުން އައިސްފައިވާ ކަރުނަތައް ފޮހެލިއެވެ.

“އަހަންނަށް ކޮން ޚަބަރެއް ދޭންވެފައި އޮތީ….؟؟؟؟” މިޝްޔާގެ އަޑަށް ޝިއުރީއާއި މިޝަލް ސިހިފައި ދޮރާ ދިމާއަށް ބަލާލިއެވެ. މިޝްޔާއަށް ބަލަހައްޓައިގެން ދެކުދިންނަށް ތިބެވުނީ އެ ސުވާލުގެ ޖަވާބުދޭން ނުކެރި ފަސްޖެހިފައެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Eemyaa

Level 810 Stories100 Comments100 Login500 Comments100 Stories500 Login

Other Articles

Previous

އިމްތިހާން

Next

02:30 ވިހިވަނަ ބައި

Next
September 6, 2017

02:30 ވިހިވަނަ ބައި

Previews
September 6, 2017

އިމްތިހާން

42 Comments!

  1. Eemyaa says:
    September 6, 2017 at 4:03 pm

    Hei all ☺
    Heekuran mi part ves kamudhaane kamah ??
    Kuhthah faahaga kohlaidheche ?
    Have a good nyt tgc ???

  2. Dumb big liar says:
    September 6, 2017 at 7:48 pm

    Dhn enmen maraaleema vai dhw.. I know we cant hide from death. We dont knw whn it will come. But this is writing and writer can write more. . Ughhh. I am just so hurt.. Eeem sorry darling, but i am quiting this story. Its so touching and i cant handle it.. Bye. Love u nd ur work❤❤❤

    1. Eemyaa says:
      September 7, 2017 at 11:08 am

      Dumb maa avahah conclusion aa hama ah thi dhiya ee adhi e buny gellun vaahaka ehnu so adhi wait kohlan hingaaba vaa goi balaalan dw ??
      Oww Dumb hama huttaalanytha may b hama hee nukuraa kahala gotheh ves vedhaane ehnu ?
      Ly too dear ???

  3. Jin says:
    September 6, 2017 at 7:52 pm

    Zikaan maruveetha? ??. zikaan maruveh jiyya mishya kihaa hiy dhathi vaane. Jin v dhera vejje mi part kiyaafa.. Real life ga mikahala kamakaa dhimaa vejjiya adhi kihaa dhera eh vaane baava ey jin ge hithah arany…

    1. Eemyaa says:
      September 7, 2017 at 11:12 am

      Adhi e iny gellun vahaka bunefa dw dhn fahun vaa gotheh balaalama dw ?
      Jin mi haadhisaa mee real life ga hingaafa in haadhisaa eh kuda change aka eky genessa nd yes real life ga mihen dhimaa v ma v v v dhera vaane ?

  4. Amoe says:
    September 6, 2017 at 8:00 pm

    Its too short 🙁 vvv kiyaalaahithun indhaa nimuny..waitin 4 next part.

    1. Eemyaa says:
      September 7, 2017 at 11:12 am

      Thankolheh kuru dw
      Thanks Amoe ☺☺☺

  5. Crazi says:
    September 6, 2017 at 8:03 pm

    Varah reethi but mihar heevey kuru vaa hen..comment nukuriyas vahaka kiyan hama bunelee but story hama varah shalhi love it

    1. Eemyaa says:
      September 7, 2017 at 11:14 am

      Thanks Crazi ☺☺☺
      Thankolheh kuru dw
      Thanks a lot dear mifaharu comment kohleema v happy vejje ???

  6. Coco says:
    September 6, 2017 at 8:17 pm

    Alhey dhn Mish ah ehn nuhadha zeek is alive dhw

    1. Eemyaa says:
      September 7, 2017 at 11:15 am

      Lets see dw Coco ?

  7. Shaileen says:
    September 6, 2017 at 8:54 pm

    Nice… dhn mishya ge mom ahthr kamehvanee…

    1. Eemyaa says:
      September 7, 2017 at 11:17 am

      Thanks Shaileen ☺☺☺
      Lets see dw ??

  8. Anonymous says:
    September 6, 2017 at 9:57 pm

    Eem cover pic hadhan beynun kury kon software eh? 0r kon application eh
    Pls bunedhy bal

    1. Eemyaa says:
      September 7, 2017 at 11:18 am

      Blend me photo editor

  9. Anonymous says:
    September 6, 2017 at 9:58 pm

    Eem cover pic hadhan beynun kury kon software eh? 0r kon application eh
    Pls bunedhy bala

  10. Yaan says:
    September 7, 2017 at 1:54 am

    Varah kuru vaa hen hyvey Mihaaru.. BTW love this story.. And pls tell me which couple or which character is the main of this story???? Pls pls reply to this.. Eeeeeeeemm love u veryyyy much and many many misses.. ?❤?❤?❤

    1. Eemyaa says:
      September 7, 2017 at 11:23 am

      Thanks Yaan ☺☺☺
      Meega main characters aky Shiury Yalvee Mishya n Ayaany ☺
      Mi story mee mi 4 kudhinge life ga dhima vaa kankamuge mahchah liyefa in vaahaka eh ?
      Ly too dear
      ???

  11. ??? says:
    September 7, 2017 at 8:03 am

    Vvvv rythi vv kiyaa hthunn hutaa enimunii ehaa avahah anehkaa mishya mom ah kihineh v vaahaka vvvv rythi???

    1. Eemyaa says:
      September 7, 2017 at 11:25 am

      Thanks dear ☺☺☺
      Lets see dear ? adhi neyge ehnnu mom ah gotheh v kameh dw ??
      Thanks a lot dear ???

  12. Song joong ki... KOREAN says:
    September 7, 2017 at 12:23 pm

    OMG mi bai keeru hama neyvaivx laan neyngifa indhevuny.. Varah Varah varahhhh salhi mi part. Rovijje. Keep it up dear. Mihaaru eeem varah improved ingey aslu. I’m really happy for you 🙂 love you. Waiting for the next part. Avasss 🙂

    1. Eemyaa says:
      September 7, 2017 at 1:50 pm

      Thanks Song ☺☺☺
      Oww ?
      Hehe thanks ?
      Ly too ???

  13. Unknown says:
    September 7, 2017 at 12:46 pm

    Alhe mish ge mamma ah gotheh v baa
    Cant wait for next part

    1. Eemyaa says:
      September 7, 2017 at 1:51 pm

      Lets see dw dear ?
      Hehe

  14. Aikko says:
    September 7, 2017 at 12:48 pm

    alhe please mivaahaka thankolheh avahah update kolladheeba. hama keiy madhu vefa mi iny. please @Eemyaa
    mishya ge mamma ah cancer last stage kamah mi nimmy. Numaraalaathi pls ingey :* :* :*

    1. Eemyaa says:
      September 7, 2017 at 1:53 pm

      Hehe Aikko lets see dw ??
      Hama gaimuves eem plan kohfa in gothah story genesdheynan eyrun dhn vaa gotheh engidhaanethaa dw ??

  15. enolA says:
    September 7, 2017 at 12:56 pm

    Alheyy haadha dera ey dhw….mish ah v gothun…btw v nice mi stry waiting for next part

    1. Eemyaa says:
      September 7, 2017 at 1:54 pm

      Thanks dear ☺☺☺

  16. zaisha says:
    September 7, 2017 at 1:22 pm

    Wow it’s so nice..ekm thankolheh kuru..varah reethi mi story..when nxt part will come..good job eemya..luv u?????

    1. Eemyaa says:
      September 7, 2017 at 1:56 pm

      Thanks zaisha ☺☺☺
      Thankolheh kuru dw mi part sorry
      Thanks dear ly too
      ???

  17. Sidhu says:
    September 7, 2017 at 1:27 pm

    Eam vaahaka hama obiness to the maxxxxxxxx. …..mish ge zeek mareh nuvaane. ….ena gehluny adhi dhimaavex vaane….eam sidhu story kiyan buxy kamun comment eh vex nukohlevuny

    1. Eemyaa says:
      September 7, 2017 at 2:00 pm

      Thanks Sidhu ☺☺☺
      Hehe sidhu gengulheny positive thinking ekey dw ?
      Ehentha v happy vejje dhuvaskolheh kohlaafa sidhu ge comment eh libunyma ?????

  18. Appy says:
    September 7, 2017 at 2:32 pm

    Alhe haadha kiyaa hiyyvaa hisaabakunney thi nimmaaly. ..mish ge mamma ah kameh v tha anehka

    1. Eemyaa says:
      September 7, 2017 at 3:35 pm

      Hehe
      Lets see dw ??

  19. Imtoa? says:
    September 7, 2017 at 3:04 pm

    eem awlhe haadha reehchey story…I apriciate your work…its so touching…story kiyaalaa iru hama rovey…awlhe haadha reehchey storie…this is the best storie…eem ILYSM…Waiting for next part…when next part…xoxo???

    1. Eemyaa says:
      September 7, 2017 at 3:37 pm

      Thanks Imtoa ☺☺☺
      Aww ?
      Thanks a lot dear ly too ???

  20. Someone says:
    September 7, 2017 at 3:20 pm

    Kurin kiyaafa oiy vaahaka akaa vahthary??

    1. Eemyaa says:
      September 7, 2017 at 3:43 pm

      Ehntha Someone ???
      Ekm mi story mee hama eem ge visnuma ehgothah hageegee haadhisaa thakuge mahchah liyefa in khiyaalee vaahaka eh.. ehn vaahaka akun nuvatha evves vahtharehge film akun ves evves idea eh eem nunagan..
      Dhn gabool kurumaa nukurun a e someone ge aiymathy oiy kameh ?

  21. azeen says:
    September 7, 2017 at 3:46 pm

    vv reethi

    1. Eemyaa says:
      September 7, 2017 at 4:38 pm

      Thanks azeen ☺☺☺

  22. someone says:
    September 7, 2017 at 6:33 pm

    photo ge kanuga eiiny haadha rythi girl kuhjekey….. eii kon nameh kiyaa kuhjehthe anekka….

    1. Eemyaa says:
      September 11, 2017 at 10:53 pm

      India eisley

Comments are closed.

Next Episodeޔާރު މިވަނީ ލޯތްބޭ ޙަޤީގީ (ސައްވީސްވަނަ ބައި)←


All Right Reserved!