Skip to content
އެސްފިޔަ

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ (ފަންސަވީސްވަނަ ބައި)

ކޮޓަރީގައި އޮތް ބުކޭ ހިފައިގެން ނުކުންނަންދިޔަ ޝިއުރީއަށް ހުއްޓެވުނީ ކާގޭ ތެރެއިން ބަޔަކު ވާހަކަ ދައްކާ އަޑަށެވެ. އެ ދިމާއަށް ހިނގައިގަނެވުނީ އެތާ އުޅެނީ ކޮންބައެއްތޯ ބަލާލުމުގެ ބޭނުމުގައެވެ. އެހެނަސް ދެފައި ގަނޑުވިކަމުގެ އިޙުސާސް ކުރެވުނީ ކާގެ ތެރެއިން ފެނުނު މަންޒަރަކުންނެވެ. އަތުގައި އޮތް ބުކޭ އަތުން ދޫވެގެން ވެއްޓުންއިރު އޭނާއަށް އަނގަމަތީ އަތްއަޅާލެވުނީ ކުރިމަތިން ފެންނަމުން ދިޔަ މަންޒަރު ޤަބޫލުކުރަން ދަތިވެފައި ހުރެއެވެ.
__________________________________

އެތަނުގައި އަންހެއްކުއްޖެއްގެ އަތުގައި ހިފައިގެން އެ ހުރީ ނަހީކް ނޫން ދެވަނަ އެހެން މީހެއް ނޫނެވެ. އެ އަންހެން ކުއްޖާގެ މޫނު ފެންނަގޮތް ނުވުމުން އެއީ ކޮން ކުއްޖެއްކަމެއް ނޭނގެއެވެ. ޝިއުރީގެ އަތުގައި އޮތް ބުކޭ ވެއްޓުން އަޑަށް ސިހިފައި ކާގޭތެރޭގައި ތިބި ދެމީހުން ދޮރާއި ދިމާއަށް ބަލާލިއެވެ. އެވަގުތު ޝިއުރީއަށް އެތާ ހުރި އަންހެންކުއްޖަކީ ރިފްގާގެ ކޮއްކޮ ރިޝްމީކަން އެނގުނުހިނދު ހައިރާންކަން އިތުރުވެގެން ދިޔައެވެ. ޝިއުރީ ފެނުމުން ނަހީކް އަވަސްއަވަހަށް ރިޝްމީގެ އަތުން ދޫކޮށްލިއެވެ.

“ނަހީކް ތީ ކޮންކަމެއް….؟؟؟؟” ޝައްކުގެ ނަޒަރުން ނަހީކަށް ބަލާލަމުން ޝިއުރީ ސުވާލުކޮށްލިއިރު އޭނާގެ ހިތް ބާރުބާރަށް ތެޅެން ފަށައިފިއެވެ. އެވަގުތު އޭނާގެ ސިކުނޑިއަށް ނުބައި ޚިޔާލްތަކެއް ވެރިވިނަމަވެސް، ލޮލަށް ފެނުނު މަންޒަރެއްގެ މައްޗަށް ގޮތެއް ނިންމާކަށް އޭނާ ބޭނުމެއް ނުވެއެވެ. އެހެންކަމުން އެކަމާއިގުޅޭ ގޮތުން، އޭނާ، ނަހީކާއި ރީތިކޮށް ސުވާލުކުރީއެވެ.

“މީ… މީ ކަމެއް ނޫން….. މިތަނަށް ފެން އެޅިފައި ހުރީމަ ރިޝް ވެއްޓެން ދަނިކޮށް އަހަންނަށް ކިރިޔާ ރިޝްގެ އަތުގައި ހިފަހައްޓާލެވުނީ…. ދޯ…. ރިޝް….” ނަހީކް އަވަސް އަވަހަށް ބުނެލިއެވެ. އޭރު ހާސްވީވަރުން އޭނާގެ ނިއްކުރިން ދާހިއްލާލާފައިވެއެވެ. ޝިއުރީ މާވަރަކަށް ބަލަން ފެށުމުން ރިޝްމީވެސް ފާޑަކަށް ހުރެފައި ނަހީކާއި އެއްބަސްވުމުގެ ގޮތުން ބޯ ޖަހާލިއެވެ.

“ދެމީހުން އެކަކު އަނެކަކު ދަންނަންތަ…؟؟؟” ނަހީކް މާ ގާތް ގޮތަކަށް ރިޝްމީއާއި މުޚާތަބުކުރުމުން ފާޑަކަށް އެދެމީހުނަށް ބަލަހައްޓައިގެން ހުރެ ޝިއުރީއަށް އަހާލެވުނެވެ.

“ބައެއްފަހަރު ޝައިމަންއާއި އެކީ އެރަށަށް ގޮސް އުޅުމުގެ ތެރޭން އެކުވެރިވީ ދޯ…..” މިފަހަރުވެސް ޖަވާބު ދިނީ ނަހީކެވެ. ރިޝްމީ ހަމަ އެކަހަލަ ގޮތަކަށް ހުރެ ބޯ ޖަހާލީއެވެ.

“އެކަމަކު އެންމެން ޕާޓީ ބާއްވާތާނގައި ތިބިއިރު ތި ދެމީހުން ކީއްވެ މިތާގައި….؟؟؟ މިބުނީ މިތާ ކީއްހޭ ތިކުރަނީ…؟؟؟؟ އަހަންނަށް ހީވި ވާހަކަ ދައްކާ އަޑު އިވުންހެންވެސް….” ހިތުގައި އުފެދުނު ސުވާލު، އެ ދެމީހުންނާއި ކުރިމަތިކުރުވީ ހިތުގައި ޝައްކުކުރުމަށް އެއްވެސް ޖާގައެއް ދޭން ބޭނުންނުވާތީއެވެ.

“އަހަރެން އައީ ފިނި ފެންފޮދެއް ބޯން…. އަހަންނަކަށް ނޭނގެ ރިޝް އައީ ކީއްކުރަންކަމެއް…. އޭނާ ވެއްޓެން ދަނިކޮށް ހިފަހައްޓާލަމުން އަހަރެން ބުނިން ބަލައިގެން އުޅޭށޭ… އެ އަޑު ކަންނޭނގެ ޝިއުއަށް ތި އިވުނީ….” ޝިއުރީއާއި ދިމާއަށް އަންނަމުން ފަހަތް ބަލާލުމަށްފަހު، ނަހީކް ބުނެލިއެވެ.

“އަހަރެންވެސް އައީ ފިނި ފެންފޮދެއް ބޯން….” މިހެން ބުނެފައި އެތާނގައި މަޑުނުކޮށް ރިޝްމީ ހިނގައިގަތެވެ. ދަމުން ނަހީކާއި ދިމާއަށް ނުގޮތަކަށް ބަލާލި މަންޒަރު ޝިއުރީއަށް ރީތިކޮށް ފެނުނެވެ.

ޝައްކު ކުރާން ބޭނުން ނުވިކަމުގައިވިޔަސް ޝިއުރީގެ ހިތުގައި އެ ދެމީހުންގެ މެދުގައި ކޮންމެވެސް ކަމެއް ހިނގައިފިކަމާއިމެދު ޝައްކު އުފެދިފައި ވެއެވެ. ވެއްޓިފައި އޮތް ބުކޭ ހިފައިގެން ޝިއުރީ ހިނގައިގަތީ އޭނާ ލަސްވެގެން ޔަލްވީ ބަލާ އައުމުންނެވެ. އެމީހުންގެ ފަހަތުގައި ހުރެގެން ނަހީކްވެސް ދިޔައެވެ.
********************

ޙަފްލާ ތެރޭގައިވެސް ޝިއުރީއަށް އުޅެވުނީ ނަހީކްމެންގެ ޙަރަކާތްތަކަށް ބަލާށެވެ. އެހެންކަމުން ރިފްގާއަށް ކަމެއް ބޭނުންވެދާނެތީ އެހިސާބުގައި މަޑުކޮށްލައިގެން ހުންނަންޖެހުނީ ޔަލްވީއަށެވެ. ރިފްގާގެ ހެދުން ރަނގަޅުކޮށްލައިދިނުމަށްފަހު، އެމީހުން ތިބި ސްޓޭޖުން ފައިބަން ދިޔަ ޔަލްވީއަށް ފަސް އެނބުރި ބަލާލެވުނީ، ދަންނަ މޫނެއް ފެނުނުހެން ހީވާތީއެވެ. އޭރު ޝައިމަންމެންނާއި ސަލާމް ކުރުމަށްޓަކައި ސްޓޭޖްގެ އަނެއްކޮޅުން އެރި ޝައުންވެސް ހުރީ ޔަލްވީއަށް ބަލަހައްޓައިގެންނެވެ. ޝައުންގެ އަތުގައި ހިފާލައިގެން ތުއިގޮތަކަށް އީޝާވެސް ހުއްޓެވެ. އެ މަންޒަރު ފެނުމުން ޔަލްވީގެ ހިތަށް އުނދަގޫވިއެވެ. އީޝާގެ ބަދަލުގައި އޭނާއަށް އެ އަތުގައި ހިފާލައިގެން ހުންނަން ލިބޭނެ ނަމައޭ ހިތަށް އެރިއެވެ. އެކަކު އަނެކަކަށް ބަލަން ތިބި ދެކުދިންނަށް ސިހުންވީ ކެމެރާގެ އަލި މޫނަށް އެޅުމުންނެވެ. ޔަލްވީ، އަވަސް އަވަހަށް ސްޓޭޖުން ފޭބިއިރު އޭނާގެ އުފާވެރި މޫނު އެކީ މިލައި މޯޅިވެގެން ދިޔައެވެ.
********************

ޝަނާޔާ ބުނެގެން ޝިއުރީ ބަލާ ދިޔަ އަޔާނީ މީހެއްގެ ގައިގައި އަޅައިގެންފައި ނުވެއްޓުނީ އެ މީހަކު ހިފެހެއްޓިކަމުނެވެ. ފުން ނޭވާއެއް ބޭރުކޮށްލަމުން ޝުކުރުވެރިވުމަށްޓަކައި އިސް އުފުލާ ބަލާލިއިރު ކުރިމަތީގައި ހުރި އަފްލާކް ފެނުމުން އޭނާއަށް ވީގޮތްވެސް ނޭނގުނެވެ. އެ މޫނުމަތީގައި އެތައް އަސަރެއްވިއެވެ. އުފަލާއި ހިތާމައެވެ. ޝަކުވާއެވެ.

އަމްހާއަށް އެ ދެކުދިން އެކުގައި ފެނުނު ފަހުން، އެ ދެކުދިންވެސް ނިންމީ އަޔާނީ ކިޔަވައި ނިމެންދެން އެ ދެމެދުގައިވާ ގުޅުން މަޑު ޖައްސާލުމަށެވެ. އެރޭގެ ފަހުން އަޔާނީއަށް އަފްލާކް ފެނުނު މީ ފުރަތަމަ ފަހަރެވެ.

މިޝްޔާގެ ފޯނުން ގުޅާފައި އެދުވަހު މަންމަ ބޭނުންވާގޮތް ކިޔައިދިނުމުން ދެކުދިން އެއްބަސްވެގެން އަޔާނީ ކިޔަވައި ނިމެންދެން، ވާހަކަ ނުދައްކާން ނިންމީއެވެ. އޭގެ ފަހުން ފޯނުގެ ޒަރީއާއިންވެސް އެ ދެކުދިން ވާހަކަދައްކާފައެއް ނުވެއެވެ.

އެހެނަސް އަފްލާކާއި ވާހަކަ ނުދައްކާ ހުންނަން އަޔާނީއަށް ކެތްވީ ދެ ދުވަސް ވަންދެނެވެ. ތިންވަނަ ދުވަހު އިޔާޒްގެ ފޯނުން އަޔާނީ، އަފްލާކަށް ގުޅިއެވެ. ނަމަވެސް އަޔާނީގެ އަޑު ޖެހުމުން އަފްލާކް ފޯނު ކަނޑާލީއެވެ. އިޔާޒްގެ ފޯނުން އަޔާނީ ދުވާލަކު އެތައް މެސެޖެއް ފޮނުވިކަމުގައި ވިޔަސް އަފްލާކް އެއިން އެއްވެސް މެސެޖަކަށް ޖަވާބެއް ނުދެއެވެ. ފުރަތަމަ އަޔާނީ ގުޅި ދުވަހު ކިޔަވައި ނިމެންދެން އިންތިޒާރުގައި ހުރި ވާހަކަ ބުނެ ފޮނުވި މެސެޖު ފިޔަވައެވެ.
ދުވަސްކޮޅަކަށްފަހު، އަފްލާކް ފެނުމުން ވީ އުފަލެއްގެ ބޮޑުކަމުން އަޔާނީ އެއްޗެކޭ ބުނަން އަނގަހުޅުވާލިއެވެ. އެހެނަސް އޭނާގެ އުފާވެރިކަން ގެއްލިގެން ދިޔައީ ފަނޑު ހިނިތުންވުމެއް ރައްދުކުރުމަށްފަހު، ބަހަކުން ބަހެއްވެސް ނުބުނެ އަފްލާކް އޭނާ ފަސްދީ ދިޔުމުންނެވެ. އެތައް ޝަކުވާއެއް ހިތުގައި ފުނިޖެހެމުން ދިޔައިރު އަޔާނީގެ ދެލޯ ފެންކަޅިވާން މަދު ސިކުންތުކޮޅެއްވެސް ނުނެގިއެވެ. އަފްލާކް ފަސްދީ ދިޔުމުންވެސް އެހުރި ފިޔަވަޅު މަތީ ގުޑިލަން ނޭނގިފައި އޭނާއަށް ހުރެވުނީ އަފްލާކް އެގޮތަށް ކަންތައް ކޮށްފާނެކަމަށް ހުވަފެނަކުންވެސް ފެނިދާނެކަމަށް ހީކުރެވިފައި ނުވާތީއެވެ.
********************

އީޝާމެންގެ ގާތުގައި ކާން އިންއިރުވެސް ޝައުނަށް ބެލެމުންދިޔައީ ޔަލްވީއަށެވެ. އެހެން ދުވަސްދުވަހާ ޚިލާފަށް މިރޭ ޔަލްވީ ހުރީ ފައިގެ ތަނބިކަށްޓާ ހަމައަށް އަރާ ވިލުނޫ ކުލައިގެ ހެދުމެއް ލައިގެންނެވެ. ވެޔޮގަނޑެއް ގޮތަށް އިންނަ އަޅި ކުލައިގެ ރޭނދާކޮޅެއް ބަނޑާ ދިމާލުގައި އަޅާފައިވެއެވެ. ފަން އިސްތަށިގަނޑު އޮތީ މިނިވަންކަމާއިއެކު ފަހަތަށް ދޫކޮށްލާފައެވެ. ބޮލުގައި ވިލުނޫކުލައިގެ މާތަކެއްޖެހި ބޭންޑެއް އަޅާފައި ވެއެވެ. އަޅިކުލައިގެ ދެލޮލުގެ ވަށައިގެން އަނދުން އަޅާފައިވުމުން އެ ދެލޯ އިތުރަށް ފާޅުވެއެވެ. ތުންފަތުގައި އަންނާރުމާކުލައިގެ ލިޕްސްޓިކުން ގަދައަށް ފަވާލާފައިވާއިރު، ކޮށްފައިވާ ލުއި މޭކްއަޕުން ޔަލްވީގެ ރީތިކަން އިންތިހާއެވެ.

ބަލަން ބޭނުން ނުވިކަމުގައިވިޔަސް ޝަނާޔާމެންގެ ގާތުގައި ވާހަކަ ދައްކަން އިން ޔަލްވީއަށްވެސް ޝައުނާއި ދިމާއަށް ބަލާލެވެއެވެ. އެހެން ބަލާ ބެލުމުގައި ޝައުނާއި ހަތަރުކަޅި ހަމަވާއިރަށް އަވަސް އަވަހަށް ދުރު ބަލާލަމުން ނުވާކަމަށް ހަދާލައެވެ. ޔަލްވީ މިގޮތަށް ކަންތައް ކުރާތީ ބައެއް ފަހަރު ޝައުނަށް ހީލެވެއެވެ.
ޝައުންގެ ޙަރަކާތްތަކަށް ސަމާލުވެލައިގެން ގާތުގައި އިން އީޝާއަށް މި މަންޒަރުތައް ފެނުމުން އެތާނގައި އިނދެވެނީއެއް ނޫނެވެ.
ރުޅިއައިސްގެން ގޮސް އޭނާއިނީ ދެއަތް މުށްކަވާލައިގެންނެވެ. ކިތަންމެ ފަހަރަކު ތެދުވެގެން ގޮސް ޔަލްވީގެ މޫނު ނޮޅާލަން އޭނާގެ ހިތަށް އެރިއެވެ. އެހެނަސް ކެތްތެރިވެލައިގެން އިނީ ފަހަށް ވިސްނާލާފައެވެ.

ދެމީހުންގެ ހަތަރުކަޅި ބައްދަލްވާ ވަގުތު ޝައުން ލާނެތް ގޮތަކަށް ހީލައިގެން އިންނާތީ، ޔަލްވީ ފިނިވާން ފެށިއެވެ. އެހެން ދުވަސްތަކާއި ޚިލާފަށް މިރޭ ޝައުން މާ ވަރަކަށް ބަލާތީވެސް އޭނާއަށް އުނދަގޫވިއެވެ. އޭނާއަށް ހީކުރެވުނީ އީޝާމެން އެތާ ތިބެގެން އޭނާގެ ވާހަކައެއް ދައްކާތީ، އެމީހުންނާއި ބައިވެރިވެގެން ޝައުންވެސް އޭނާއަށް މަލާމާތްކުރުމުގެ ގޮތުން ހެނީކަމަށެވެ. އެހެން ހިތަށް އެރުމުން ޔަލްވީގެ ދެލޯ ފެންކަޅިވެ، އަނގައިތާވިއެވެ. އަތު އިނގިލިތަކުގެ ނިޔަފަތިތައްވެސް ހަފަން ފެށުނީ ހާސްވާން ފެށުމުންނެވެ. އެންމެ ފަހުން ކަރުނަތައް ބޭރުވެދާނެހެން ހީވުމުން، ބަހަނާއެއް ދައްކާފައި އެތަނުން ތެދުވެގެން ހިނގައިގަތީ ޝިއުރީމެން ގެއާއި ދިމާއަށެވެ.
********************

ނަހީކްގެ ޙަރަކަތްތަކަށް ފާރަލަމުން ދިޔަ ޝިއުރީއަށް ފަހުން އެ ދެމީހުންގެ ފަރާތުން ޝައްކު ކުރެވޭ ކަހަލަ ކަމެއް ނުފެނުމުން ފުން ނޭވާއެއް ބޭރު ކޮށްލުމަށްފަހު، މީހާ ހަމަޖެހިލިއެވެ. ޔަލްވީމެންމަތިން އޭނާ، ހަނދާންވީވެސް އެވަގުތުއެވެ. އަވަސް އަވަހަށް އެމީހުން ހޯދުމަށްޓަކައި ދިމަދިމާއަށް ބަލަމުން ހިނގައިގަތެވެ. ވަކި ހިސާބަކަށް ދެވުނުތަނާ އޭނާއަށް ހުއްޓެވުނީ ޙަފްލާ އޮތް ހިސާބުގެ އެއްފަރާތުން މޫދު ކައިރީގައި އެކަނި މާއެކަނި ހުއްޓިލައިގެން ހުރި އަޔާނީ ފެނުމުންނެވެ.

އެއްފަހަރު އަޔާނީއަށް އަދި އަނެއްފަހަރު ޙަފްލާއަށް އެއްވެ ތިބި މީހުންނަށް ބަލާލަމުން ޝިއުރީ ހިނގައިގަތީ އަޔާނީއާއި ދިމާއަށެވެ. މީހެއްގެ ހިލަންވެގެން ފަހަތް ބަލާލި އަޔާނީގެ ދެލޮލުގައި އެކުލެވިފައިވާ ކަރުނައިގެ އަސަރު ފެނުމުން ޝިއުރީގެ ހިތުގައި ސުވާލުތައް ޓަކިޖަހަމުން ދިޔައެވެ. އަދި ހިނގުން ބާރުކޮށްލުމަށްފަހު ގޮސް އަޔާނީއާއި އެއް ހަމައެއްގައި މަޑުކޮށްލިއެވެ. ޝިއުރީއަށް ސުވާލެއް ކުރުމުގެ ފުރުސަތު ނުދީ އަޔާނީ އޭނާގެ ގައިގައި ބައްދާލިއެވެ. އަޔާނީގެ ދެލޮލުން ފައިބަމުން ދިޔަ ހޫނުކަރުނަތަކުން ޝިއުރީގެ ހެދުމުގެ ކޮނޑު ތެމެމުން ދިޔައެވެ.

“ޔާނީ… ކީއްވެ ތިރޮނީ….؟؟؟؟” އަޔާނީ ދުރުކޮށްލަމުން ޝިއުރީ ސުވާލުކޮށްލީ އަޔާނީގެ ދެކޮނޑުގައި ހިފަހައްޓާލައިގެން ހުރެއެވެ.

އަޔާނީ އަފްލާކް ކަންތައް ކުރިގޮތުގެ ވާހަކަ ކިޔައިދިނުމުން ޝިއުރީ އޭނާގެ ދެލޮލުން އައިސްފައިވާ ކަރުނަތައް ލޯތްބާއިއެކު، ފުހެލައިދެމުން ވާހަކަ ދައްކަން ފެށިއެވެ.

“ވެދާނެއެއްނު އަފޫ އެގޮތަށް ކަންތައް އެ ކުރަނީ ޔާނީ ކިޔަވައި ނިމެންދެން މަޑުކުރާށޭ ބުނީމަ އެގޮތަށް ކަންތައް ކުރަންވެގެންކަމަށްވެސް ދޯ…..” ޝިއުރީ މިހެން ބުނުމުން އަޔާނީވެސް ވިސްނާލަމުން ބޯޖަހާލިއެވެ.

“އެހެން ނޫނަސް ޔާނީ ކިޔަވައި ނިމެންދެން އިންތިޒާރުގައި ހުރި ވާހަކަވެސް އަފޫ އޮތީ ބުނެފައެއްނު…. އެހެންވީމަ، ތިހާ ނެގެޓިވްކޮށް ނުވިސްނާބަ….. އަހަންނަކަށް ހިއެއްނުވެ އަފޫ ޔާނީއަށް ދެރަގޮތެއް ހަދާނެހެންނެއް…. އޭނަ އެގޮތަށްވެސް އެ ކަންތައް ކުރަނީ ހަމަ ޔާނީއަށް ރަނގަޅަށް ކަމަށް ވާނީ…. އެހެންވީމަ، ކޮންމެ ކަމަކަށްވެސް ޕޮޒިޓިވްކޮށް ވިސްނީމަ ރަނގަޅުވާނެ…. އަހަރެންގޮތަށް…..” ޝިއުރީ އަޔާނީއަށް ވިސްނައިދިނުމުގެ ގޮތުން ވަރަށް ވާހަކަދެއްކިއެވެ.

“ޝިއު ގޮތަށްށޭ ތިބުނީ ކީއްވެ…..؟؟؟؟” ސުވާލުގެ ނަޒަރަކުން ބަލާލަމުން އަޔާނީ އަހާލިއެވެ.

“އެއީ…. އެއީ…. އަހަރެން އަބަދުވެސް ޕޮޒިޓިވްކޮށް ކަންކަމުގައި ވިސްނާތީއެއްނު…..” މިހެން ބުނެފައި ޝިއުރީ ހޭންފެށީ އޭނާ މިރޭ ނަހީކަށް ޝައްކު ކުރިވާހަކަ އަޔާނީއަށް ޚިއްސާ ކުރަން ބޭނުން ނުވާތީއެވެ. ފުރަތަމަ ފަހަރަށް ނަހީކަށް ޝައްކު ކުރިކަމުގައި ވިޔަސް އެގޮތަށް ކަންތައް ކުރެވުމުން އޭނާގެ އަމިއްލަ ނަފްސު ކުށްވެރި ކުރެވޭތީއެވެ. ޝިއުރީ ހޭންފެށުމުން އަޔާނީވެސް މޫނު ރީތިކޮށްލަމުން ހީލިއެވެ. ޝިއުރީގެ ވާހަކަތަކުން އޭނާހުރީ ވަރަށް ބޮޑަށް ހަމަޖެހިފައެވެ.

“ކޮބާ ޔާލް…..” އަޔާނީގެ އަތުގައި ހިފައިގެން ހިނގައިގަންނަމުން ޝިއުރީ ސުވާލުކޮށްލިއެވެ.

“އޯހް…. ތިހެން ބުނީމަ މި ހަނދާންވީވެސް….. ޔާލްމެން ބުނެގެން ޝިއު ހޯދަން އައި މީހާ އަހަރެން މީ….. އެމީހުން އަހަރެން ކުޑަކޮށްލާނެ މިރޭ….” ކުއްލިއަކަށް އެ މަތިން ހަނދާންވުމުން، ޝަހާދަ އިނގިލީގައި ހަފައިގަންނަމުން އަޔާނީ ބުނެލިއެވެ.

“ހަހަހަ…. ވަރަށް ރަނގަޅު…. އަހަރެން ބަލާ އައި މީހާ ތި ހުރީ މިތާ ކަރުނަ އޮއްސަން…. ގޯހެއް ނޫން….. މިރޭ އެމީހުން ޔާނީ ކުޑަ ނުކުރިއްޔާ ދެރަ….” ހެމުން ހެމުން ޝިއުރީ އަޔާނީއާއި ދިމާކޮށްލިއެވެ.
********************

ޝިއުރީމެންގެއާއި ދިމާއަށް ޔަލްވީ ދާތަން ފެނުމުން ޝައުންވެސް ބަހަނާއެއް ދައްކާލުމަށްފަހު، އެތަނުން ތެދުވީ، ޔަލްވީއާއި ވާހަކަ ދައްކާލަން ބޭނުންވެފައި ހުރިވަރުން އެއީ ރަނގަޅު ފުރުސަތެއްކަމަށް ބަލާފައެވެ. އެވަގުތު ޝައުންގެ މަންމަ އެތަނަށް އައިކަން ނަސީބޭ އޭނާގެ ހިތަށް އެރިއެވެ. އެހެން ނޫންނަމަ އެހާ ފަސޭހައިން އީޝާގެ ކިބައިން ސަލާމަތްވެގެން އޭނާއަށް ނުދެވުނީހެވެ.

ޝިއުރީމެންގެއަށް ވަންނަންދިޔަ ޔަލްވީ ސިހިގެން ދިޔައީ މީހަކު އޭނާގެ އަނގަމަތީގައި އަތް އެޅުމުންނެވެ. އެ މީހަކު ބާރަށް ހިފަހައްޓާލާފައިވާއިރު، އެ އަތް ނެއްޓޭތޯ، ޔަލްވީ ކުރިހާ މަސައްކަތެއް ވީ ބޭކާރެވެ. ކިތަންމެވަރަކަސް ހަޅޭލެވިކަމުގައިވިޔަސް، އަނގަމަތީގައި އަތް އަޅާފައިވުމުން، އަޑު ބޭރުވާ ގޮތެއް ނުވިއެވެ. ޔަލްވީގެ ފުރަގަހުގައި ހުރުމުން އެއީ ކާކުކަމެއް އޭނާއަކަށް ނޭނގެއެވެ. އެ މީހާ ގަދަކަމުން ކަހަލަ ގޮތަކަށް ޔަލްވީ ގެންގޮސް ވެއްދީ ޝިއުރީމެންގޭ ކުރިމަތީގައި ހުރި ފަޅު ގެއަށެވެ. އެއަށްފަހު، ޔަލްވީގެ އަނގަމަތިން އަތް ދޫކޮށްލަމުން ޔަލްވީއާއި ކުރިމަތިލިއެވެ. އަނގަޔަށް ތަދުވީވަރުން އެ ހިސާބުގައި ފިރުމާލަމުން ޔަލްވީ އިސް އުފުލާ ބަލާލިވަގުތު، ކުރިމަތީގައި ހުރި މީހާ ފެނުމުން އޭނާގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (59)

  1. Eemyaa

    Assalaam Alaikum ☺
    Hurihaa kiyuntherinnahves mi part kamudhaane kamah heekuran ☺
    Rangalhu kohlan jehey thankolheh iniyya faahaga kohlaidheythi ?
    Eem gabool kuran mi part kuru kamah nd sorry for tht mee eem ah v varu ?
    Have a good day lovely readers tgc ?
    Ly all ???

  2. Alvyn

    Itx wowwsome…

    1. Eemyaa
      Alvyn

      Thanks Alvyn ☺☺☺

  3. Alvyn

    Omg Al dhw first

    1. Eemyaa
      Alvyn

      Yes Al, this time u got first ?

  4. Alvyn

    Thankolheh kiyaafa comment kururevunyy vaahaka reethikamunn…

    1. Eemyaa
      Alvyn

      ?

  5. Anonymous

    suspense… who could be that?

    1. Anonymous
      Anonymous

      me second?.. vaahaka v reethi when is the next part

    2. Eemyaa
      Anonymous

      Thanks dear ☺☺☺
      Hehe wait for the next part ??

  6. ®@@ñ!

    Its superb ???

    1. Eemyaa
      ®@@ñ!

      Thanks dear ☺☺☺

  7. Anonymous

    me second?.. vaahaka v reethi when is the next part

    1. Eemyaa
      Anonymous

      Thanks dear ☺☺☺
      V sooon ?? keep waiting ?

  8. yaan

    V salhi. Keep it up.

    1. Eemyaa
      yaan

      Thanks yaan ☺☺☺

  9. saara

    kiyaameehun ginavaakan eemyaa eguneema mihaaru v kurukoh vaahaka upkuranee. keekuraane kiyan beynun meehaa jeheynee inthizaaru kuran dhw

    1. Eemyaa
      saara

      No saara its nt like tht seriously
      M tryng to give my best
      N aslah bunanya part kuruhen heevany scene madhu v ma expressions and feelings kiyadhey iru eem liyan jehey bai madheh nuvey haadhisa madhu v ma kiyuntherinnah kuruhen heevany bt eem liyany normally hama eh varakah (in words n pages)
      Nd this time i agree its little bit shorter than other parts nd m really sorry for tht guys

  10. Ryyko

    Eeeem story vv reethi plxxx thankolhei avahah story ge anei part up khla dyba.. Can’t wait to read the next part.. Plxxxx

    1. Eemyaa
      Ryyko

      Thanks Ryyko ☺☺☺
      Yes i’ll try to upload next part asap ?

  11. Malsha

    Wow..V v v v v nyc. Eem haadha molhey. .when next part?? Thankolheh fast koh up kohlahchey. .Hama visneny who could it be..hahaha Ok bye..ly.

    1. Eemyaa
      Malsha

      Thanks Malsha ☺☺☺
      V abahah next part up kohla dheynan In Sha Allah ?
      Ly tii dear ???

  12. Dhimu

    Photo in mishal akii kaakutha adhi zikaan aki kaakubaa?

    1. Eemyaa
      Dhimu

      Mishal a iny upside ga left ah and zikan right ah

  13. click a shot ?

    Varah reethi mi part ves..☺️mi haaru hatharu kudhinge life ves ehaa happy eh nun dhw..waiting for next part…when???

    1. Eemyaa
      click a shot ?

      Thanks click ☺☺☺
      Yeah dw ?
      V avahah next part up kohla dheynan In Sha Allah ???

  14. Jin

    Mi part ves v v reethi? next part avahah genes dhehchey.???

    1. Eemyaa
      Jin

      Thanks Jin ☺☺☺
      Yeah i’ll try my best ?

  15. Aikko

    Wow.. mi part ves varah salhi eem. ? aneh part maadhan update kolladheeba puleeez ?

    1. click a shot ?
      Aikko

      Ebunaahen eem maadhama eh part upkohdheeba…plx..if possible…??

    2. Song joong ki... KOREAN
      Aikko

      E thedheyyh! Maadhan up kohdheeba plxx. Ok yey kuruviyas. 🙂 dhw click a shot??

    3. numjoo hyuk
      Aikko

      Yeah…kiyaahithun kei nukureveny ey hama.?

    4. Song joong ki... KOREAN
      Aikko

      Nam joo hyuk ulheny “who are you : school 2015” korean series ga dhw,??

    5. Eemyaa
      Aikko

      Thanks Aikko ☺☺☺
      Hehe

    6. Eemyaa
      Aikko

      Guys i’ll try ingey ?
      Eem ah v varakun maadhan up kohla dheveytho v balaanan ?? k nu dw ☺
      Ly all ???

    7. click a shot ?
      Aikko

      Thank you eem…? Song joong let’s wait

    8. numjoo hyuk
      Aikko

      Yeah?

    9. Eemyaa
      Aikko

      Wc click ☺

  16. Song joong ki... KOREAN

    Alhey eeem. Adhi thankolheh dhigukohli nama. Hehe hama kiyaa hithun bunely ingey 😀 v vvv vvv vvv salhi salhi salhi salhi mi part vx!! As usual. 🙂 avas avas aneh part varah kiyaa hithun mihuryyy.. Waiting for the next part dear… Ly veryyyy much 🙂 😀

    1. Eemyaa
      Song joong ki... KOREAN

      Hehe Song ? aslu thankolheh kuru dw sorry
      Thanks a lott dear ☺☺☺
      Ly too ???

  17. ???

    Vvvvv rythi hurihaa kudhinn dheravefa? dw mibaiiga anehkaa yalvy e gen dhiyaiii shaun tha vvv rythi??????

    1. Eemyaa
      ???

      Thanks dear ☺☺☺
      Asluvess ey dw ? dhn life ga annaane dw adigudan thahves ?
      Shaun ah ves hama vedhaane dw ??
      Hehe thanks a lot dear ???

  18. Anonymous

    enmn maaka ly vefa miulheny oa XD

    1. Ask laftan anlamaz
      Anonymous

      Jealousy!!! Jealous viyas boduvaru.. Pispis.

    2. Eemyaa
      Anonymous

      @Anonymous
      Ekujjakah feel vaa gotheh bunumaky massala eh nunehnu dw ? ehn nunas ekuverin dhekeves loabi vaane ey ☺

    3. Song joong ki... KOREAN
      Anonymous

      Dhww eeeem. You’re right, 🙂 🙂

    4. Eemyaa
      Anonymous

      Yes ☺

  19. im

    hehe me second dhw btw story is nice keep it up dear

    1. Eemyaa
      im

      Thanks im ☺☺☺

  20. Appy

    Wow haadha rychey mibai vx …e shaun hen hiyehh nuvey e ulhey eesha ge kanthah kanneynge. ..foohi manje eh hehhe

    1. Eemyaa
      Appy

      Thanks Appy ☺☺☺
      Hehe ??

  21. Eekko

    vvv vvv rythi mivaahaka . thnxx Eemyaa

    1. Eemyaa
      Eekko

      Thanks Eekko ☺☺☺ wc dear ?

  22. Mai

    Alhey waahakaiga dhen waany kihinehbaa…. Eem u r the best… Awahah up koh dhehchey…??

    1. Eemyaa
      Mai

      Thanks Mai ☺

  23. mal

    Aharen adhi alah mi waahaka kiyan fashaigen miulheny
    Ekm v interesting ?
    Eemyaa kiyaadheeba photo ga e thiby kn kudhin neh kann

    1. Eemyaa
      mal

      Thanks mal ☺

  24. Lillyloly

    Yes thats shaun…… Dhn shaun yaal ah propose kuraany kanneingey……. Alhey when is the nxt part……… V v v v reethi stry….. ????

    1. Eemyaa
      Lillyloly

      Thanks lilly

Comments are closed.