Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

ބަދު ނަސީބުގެ ހިޔަނި އެޅުމުން (19)

Dheem&Eekku Level 410 Stories100 Login500 Login
April 1, 2021 6 Mins Read
0 Comments

“ކިހިނެއްވީ… ޔީޝާ ބޭނުމެއް ނޫންތަ؟” ދާނިޝްގެ މަސްތުން ފުރިގެންވާ އަޑު ޔީޝާގެ ކަންފަތުގައި ޖެހުނެވެ. ދާނިޝްގެ އެސުވާލަށް ދޭނެ ޖަވާބެއް ޔީޝާއަކަށް ނޭނގުނެވެ. އޭނާގެ ސިކުނޑި މިއީ ރަނގަޅު ކަމެއް ނޫންކަމަށް ވިސްނަދެމުން ދިޔަނަމަވެސް ޔީޝާގެ ހިތް ދާނިޝްގެ ފިރުމުންތަކަށް އިޖާބަދޭން ބާރުއަޅަނީއެވެ.

“ދާނިޝް.. ” ދާނިޝްގެ ގެ ލޮލާ ހަތަރު ކަޅިހަމަވެގެން ދިޔައިރު ޔީޝާގެ ދޫބަނދުވިއެވެ. ޔީޝާގެ ދެއަތްތިލަވެސް ދާނިޝްގެ ކަނދުރާއަށް މިސްރާބު ޖެހިއެވެ. ޔީޝާ ދާނިޝްގެ ކަރުގައި އަތް އަޅުވާލުމުން ދެމީހުންގެ ދޭތެރޭ ހުރި ހުސްކަން އަދި އިތުރަށް ކުޑަވެގެން ދިޔައެވެ.

ކަޝްފުވެފައިވާ ޔީޝާގެ ހަށިގަނޑުގައި ދާނިޝްގެ ފިރުމުންތަކާ ބީހުމުން ޔީޝާގެ ހަމަ ބުއްދި ފިލައިގެން ދިޔައެވެ. ކުރެވެމުން މިދަނީ ބޮޑު ފާފައެއްކަން އެނގިހުރެވެސް ހުއްޓުވަން ނުކުޅެދިފައި އޮވެވުނީ ހިތަށާއި ސިކުނޑިއަށް ޝައިތާނާ ސަވާރުވެފައި ވާލެ ބޮޑުކަމުންނެވެ. މިކަމުގެ ސަބަބުން ދެން ޔީޝާގެ ދިރިއުޅުމަށް އަންނާނީ ކޮންފަދަ އަނދިރި ދުވަސްތަކެއް ކަމެއްވެސް ނޭނގޭ ހާލުގައެވެ.

ނިދިފައި އޮތް ވަލީދުއަށް ހޭލެވުނީ ކަރުހިއްކައި ގަނެގެންނެވެ. އެނދު ކައިރީ ބިންމަތީގައި ބަހައްޓާފައި ހުރި ފުޅީގައި އަތް ޖައްސާލިއިރު ފުޅި ހުރީ ހުސްވެފައެވެ. މުންޑުގަނޑު ހެޔޮވަރު ކުރަމުން ވަލީދު އެނދުމަތިން ތެދުވެ އެއްފަރާތެއްގައި ބިންމަތީގައި ހުރި ފެންކޭހުން ފެން ފުޅިއެއް ނެގިއެވެ. މޭޒުމަތީ ހުރި ބިއްލޫރި ތައްޓަށް ފެންފޮދެއް އެޅުމަށް ފަހު ކަރު ހިއްކުން ފިލުވާލިއެވެ. އަތުގައި އޮތް ތަށި މޭޒުމަތީ ބަހައްޓަން އުޅެނިކޮށް ވަލީދު ސިއްސައިގެން ދިޔައީ ބޭރުން އިވުނު އަޑުފަށްގަނޑަކުންނެވެ. ސިހުނު ވަރުން ތަށި ވެއްޓި ނުތެޅުނީވެސް ކިރިޔާއެވެ. ހަރުގައި އަޅުވާފައި ހުރި ގަމީސް ގަޔަށް މަހާލަމުން ވަލީދު ބޭރަށް ނުކުތް އިރު އެއިވުނު އަޑާ ދޭތެރޭ ވިސްނާލެވުނެވެ. އެއަޑު ހީވަނީ އެތަށް ސަތޭކަ ވާލުތަކެއް އެއްފަހަރާ ހަޅޭލަވައި ގަތްހެނެވެ. ގޭގެ މެދުގޯތި ތެރެއަށް ވާގޮތަށް ހުންނަ ކުޑަ ދޮރު ކައިރިއަށް ޖެހިލާފައި ވަލީދު ދޮރު ފޮތިގަނޑު ކަހާލިއެވެ. އޭރު މެދުގޯތި ތެރޭ ހުރި ރުކެއް މަތީ ވަށައިގެން އެތަށް ބައިވަރު ވާލުތަކެއް އެނބުރެނީއެވެ. އެސޮރުމެންގެ އަޑުތަށް ގަދަވެފައި ބަރުކަމުން ވަލީދުގެ ހިތަށް ބިރުވެރިކަން ވަނެވެ. މިއީ އަނެއްކާ ކޮންފަދަ ބިރުވެރި ކަމެއްބާއޭ ވަލީދު ހިތަށްއެރިއެވެ.

ދޮރު ފޮތިގަނޑު ކަހާލާފައި ވަލީދު ކޮޓަރިއަށް ވަންނަން އުޅެނިކޮށް ދޮރެއް ހުޅުވި ލެއްޕުނު އަޑު އިވިގެން ދިޔައެވެ. އެއަޑު އައީ ޔީޝާގެ ކޮޓަރިއާ ދިމާލުންނެވެ. ފާރުގައި ހަރުކޮއްފައި ހުރި ގަޑިއަށް ބަލާލިއިރު މެންދަމުން އަލިވެ 1 ގަޑި ބައިވަނީއެވެ. މިހާ ލަސްވުމުން ބޭރަށް ނުކުމެ އެއުޅެނީ ކާކު ބާއޭ ވަލީދު ހިތަށް އެރިއެވެ. ބޭރު ބަލާލަން ބޮޑު ދޮރު ކައިރިއަށް ޖެހިލި ވަގުތު ދޮރު ދަށުގައި ހުރި ހުސް ދޭތެރެއިން މީހަކު ހުރަސް ކޮއްލިތަން ފެނުނެވެ. ދޮރު ހުޅުވުމުގެ ބަދަލުގައި ވަލީދު ދިޔައީ ކޮޓަރީގައި ހުންނަ ކުޑަދޮރު ކައިރިއަށެވެ. އެދޮރުން ބަލާލާއިރު ޔީޝާގެ ކޮޓަރި ދޮރު ރީތިކޮށް ފެންނާނެއެވެ. ކުޑަ ކުޑަކޮށް ފޮތިގަނޑު ކަހާލާފައި ވަލީދު ބޭރު ބަލާލިއެވެ.

އޭރު ޔީޝާގެ ކޮޓަރި ދޮރު ކައިރީ މީހަކު ހުރިތަން ފެނުނެވެ. ވަލީދު ހީކުރީ އެއީ ދާނިޝް ކަމަށެވެ. ނަމަވެސް އެ ފިރިހެން ކުއްޖާގެ މޫނު ފެނުމުން އެއީ ދާނިޝް ނޫންކަން ވަލީދުއަށް އެނގުނެވެ. މިހާ ލަސްވަގުތެއްގައި ފިރިހެނަކު އަންހެން ކުއްޖަކު އެުޅޭ ކޮޓަރިން ނުކުތްތަން ފެނުމުން ވަލީދުގެ ހިތުގައި ސުވާލު އުފެދުނެވެ. މިޒަމާނުގެ ކުދިން އުޅޭ ގޮތުން ވަލީދު ދެފަރާތަށް ބޯހޫރާލާފައި އެނބުރި އެނދުގައި ޖައްސާލިއެވެ.

ފުން ނިދިން ޔީޝާއަށް ހޭލެވުނުއިރު އިރު އަރާފިއެވެ. ބޮލަަށް ބަރުވެފައި ހުރުމުން ޔީޝާގެ ޠަބީއަތު އެހާ ރަނގަޅެއް ނޫނެވެ. އިރުކޮޅަކު އަރާމު ކޮއްލަން އޮންނާނީ އޭ ހިތަށް އަރާފައި ލޯމަރާލިއެވެ. ނަމަވެސް ދެވަނަ ސިކުންތު ސިހިފައި ކޮޅަށް ޖެހުނީ ބިންމަތީގައި ގުޅައަކަށް ހުރި އޭނާގެ ހެދުމާއި ޖިންސު ފެނިފައެވެ. އަމިއްލަ ހަށިގަނޑަށް ނަޒަރު ހިންގާލިއިރު ޔީޝާގެ ސިކުނޑީގައި ރޭގެ ހަނދާންތަށް އާވެގެން ދިޔައެވެ.

“ޝިޓް.. ސިޓް ޝިޓް” ޔީޝާއަށް ބޯހޫރާލާފައި އަމިއްލަ އަނގަމަތީ އަތް އަޅާލެވުނެވެ. ރޭގައިވި ހުރިހާ ކަމެއް އޭނާގެ ހަނދާނުގައި ނެތްނަމަވެސް އެދެމެދު ހިނގި ކަންތަށް ޔީޝާއަށް ދެނެގަނެވުނެވެ. ބިންމަތީ ހުރި ހެދުންތަށް ނަގާ ވަށިގަނޑަށް އަޅާލުމަށްފަހު ޔީޝާ ފާހަނައަށް ވަނެވެ.  މޫނުބަލާ ލޯގަނޑު ކުރިމަތީ ހުރީރު ޔީޝާ ހުރީ ހާސްވެފައެވެ. ކުރެވުނު ކަންތަކާމެދު ޔީޝާ ބިރުގަންނަ ގޮތްވިއެވެ. ހަގީގަތުގައި ކައިވެނީގެ ކުރިން އެފަދަ ކަމެއް ކުރުމަކީ ޔީޝާ ބޭނުންވާ ގޮތެއް ނޫނެވެ. ނަމަވެސް ރޭގައި ދާނިޝް އޭނާއަށް ޖެއްސީ ކޮންފަދަ ޖާދޫއެއް ކަމެއްވެސް ނޭނގެއެވެ. އަމިއްލަ ހިތަށާ ސިކުނޑިއަށް ބާރު ފޯރުވަން ޔީޝާ ނުކުޅެދުނީއެވެ. ދެން ދާނިޝްއާ ކުރިމަތި ލާނެގޮތެއްވެސް ޔީޝާއަކަށް ނޭނގުނެވެ. ރޭގައި ކުރެވުނު ކަންތަކާ ދާނިޝް ހިތްހަމަ ނުޖެހި ދެމީހުން ދޭތެރޭ ހަމަ ނުޖެހުމެއް އުފެދިދާނެތީއެވެ.

ކިތަންމެ ވަރަކަށް ހާސްވެފައި އަމިއްލަ މޮޔަކަން ހިތަށް އެރުވި ނަމަވެސް ވެނިމިފައިވާ ކަމެއް ބަދަލު ނުކުރެވޭނެކަން އެނގޭތީ ޔީޝާ ރޭގެ ހާދިސާއާ މެދު ނުވިސްނަން ނިންމިއެވެ. ދާނިޝްއަކީ ފިރިހެނެއް ނަމަ އެކަންތަކު ޒިންމާ ނަގާނެ ނޫންހެއްޔެވެ. މިއީ ދެމީހުންވެސް ބޭނުންވެގެން ކުރިކަމެކެވެ. މިކަމުގައި އިސްނެގީވެސް ދާނިޝް ނޫންހެއްޔެވެ.

މާގަނޑު ދަށުގައި ހުއްޓިލާފައި ޔީޝާ އިސްކުރު ދޫކޮއްލިއެވެ. އޭނާގެ ހަށިގަނޑުން ތިރިއަށް ދަތުރު ކުރަމުން ދިޔަ ފިނި ފެންތަކުގެ ބީހުންތަކުން ޔީޝާގެ ހިތަށް ފިނިކަމެއް ގެނުވައި ދިނެވެ. އޭނާގެ ހަށިގަނޑުގައި ޝަވާޖެލް ހާކަމުން ދިޔައިރު ރޭގެ ހަނދާންތަށް އަނެއްކާވެސް ޔީޝާގެ ސިކުނޑި ވަށުވާލިއެވެ. ދާނިޝްގެ ދިގު އިނގިލި ތަކުން ފިރުމާނުލާ އެންމެ ތަންފުކެއްވެސް ޔީޝާގެ ހަށިގަނޑުގައި ނުވާނެކަން ގައިމެވެ.

ޔީޝާ ހީކުރިގޮތާ ހިލާފަށް ދާނިޝްގެ ފަރާތުން ތަފާތުކަމެއް ނުފެނެއެވެ. ކުރިއެކޭހެން ދާނިޝް ޔީޝާއާ އެކު ސަމާސާކޮށް އުޅޭއިރު އެރޭ އެދެމެދު ކަމެއް ނުހިނގާފަދައެވެ. ދާނިޝްވެސް އިސްވެ އެރޭގެ ވާހަކަ ނުދައްކާތީ ޔީޝާވެސް އެވާހަކަ ދައްކާކަށް ބޭނުމެއް ނުވިއެވެ.

 

 

 

އެއީ ހަފްތާގެ ބުރާސްފަތި ދުވަހެވެ. އެދުވަހަށް ހަމަ ޖެހިފައިވާ ކުލާސްތަށް ނިމުމުން ގެޔަށް ދިޔުމަށް ޔީޝާ ގޭޓުން ނުކުތް އިރު، އިރު އޮއްސި ހަޔެއް ޖަހަނީއެވެ. ދުވަހަކީ ވިއްސާރަ ދުވަހެއް ކަމުން ދުނިޔެ މަތި ވަނީ ފުދޭވަރަކަށް އަނދިރިވެފައެވެ. ކުޑަކަމެއް ދިމާވެގެން ދާނިޝްއަށް ޔީޝާ ބަލާ ނާދެވޭނެ ކަމަށް ބުނުމުން ޔީޝާ ގެޔަށް ދާން ޖެހުނީ އެކަންޏެވެ. އަޒާން އޭނާއާ ދިމާކޮއްލަ ފާނެތީ ޔީޝާ އެކަނި ބޭރަށް ނުކުންނަން ޖެހިލުންވެއެވެ. ނަމަވެސް ފާއިތުވި ދުވަސްތަކުގައި އަޒާންގެ އުނދަގޫ ނުފޯރާތީ ޔީޝާ ކުޑަކޮށް ހަމަޖެހުނެވެ. ބާރު ފިޔަވަޅުތަކުގައި ގެޔާ ދިމާއަށް ޔީޝާ ހިިނގާގަތެވެ.

ފިހާރައެއް ހުރަސް ކޮއްލި ވަގުތު މިރެއަށް ކާނެ އެއްޗެވެސް އަދި ހޯދަން ޖެހޭކަން ހަނދާންވިއެވެ. ދަބަހުގައި ވޮލެޓު އޮތް ތޯ ބަލާލާފައި ޔީޝާ ފިހާރައަށް ވަނެވެ. ފިހާރައިގެ އެއްފަރާތެއްގައި ބަހައްޓާފައި ހުރި ވަށިތަކުން ވަށިގަނޑެއް ނަގައިގެން ޔީޝާ ފަަހަރަކު ހަރެއް ކައިރިއަށް ޖެހިލިއެވެ. ކަމުދާހެން ހީވާ އެއްޗެއް ވަށިގަނޑަށް އަޅަމުން އައިސް ސެންޓު ފުޅިތަށް ހުރި ހަރުކައިރިއަށް ޖެހިލިއެވެ. ފަހަރަކު ސެންޓު ފުޅިއެއްގައި ވަސް ބަލަލަމުން އައިސް ކަމުދާ ސެންޓަކާ ދިމާވިއެވެ. ސެންޓު ފުޅި ވަށިގަނޑަށްލާފައި ބޮޑީ ސްޕުރޭ ފުޅިއެއްވެސް ނެގިއެވެ. ބޮޑީ ސްޕުރޭ ފުޅި ވަށިގަނޑަށް ލާން އުޅެނިކޮށް ޔީޝާގެ އަތުން އެ ފުޅި ބިންމައްޗަށް ވެއްޓުނެވެ. ގުދުވެލާފައި ސްޕުރޭ ފުޅި ނަގަން އުޅެނިކޮށް ޔީޝާގެ ކުރިން އެހެން މީހަކު އޭގައި ހިފައިފިއެވެ.

އިސްއުފުލާލާފައި ޝުކުރު އަދާކުރަން އަނގަ ހުޅުވާލި ޔީޝާގެ މޫނު ފުސްވެގެން ދިޔަނީ ލާނެތް ގޮތަކަށް ޔީޝާއަށް ބަލަހައްޓައިގެން ހުރި އަޒާން ފެނުމުންނެވެ. އަޒާންގެ އަތުން އެޖަހައި ގަނެފައި އެތަނުން ދިޔުމަށް ހިނގާގަތް ތަނާ އަޒާން ޔީޝާގެ އަތުގައި ހިފިއެވެ. ލައްކަކަށް ޔީޝާ އައިސް އަޒާންގެ ގައިގައި ޖެހުނެވެ.

“ދޫކޮއްލާ އަހަރެންގެ އަތުން” ޔީޝާ ރުޅި މައިތިރި ކުރަމުން ބުނެލިއެވެ.

“ޔީޝާ ދެން ވެއްޖެ އޭނުން ތި ރުޅި މަޑުކޮއްފަ އަހަރެން ބުނާގޮތް ހަދަން.. ބުނެފިން ދޯ ޔީޝާ ގަދަ ހެދިވަރަކަށް އަހަރެން ޔީޝާ ބޭނުންވާލެ ބޮޑުވާނޭ.. ޑޯންޓް ބީ ސޯ ހާޑް ޔީޝް.. ހަމަ އެންމެ ފަހަރަކުއޭ.. އެއީ އެވަރު ކަމެއްތަ..” އަޒާން އެހެން ބުނީ މަޑުން ނަމަވެސް އެހެން މީހަކަށް އިވިދާނެތީ ޔީޝާ ކަންބޮޑުވިއެވެ.

“ދޫކޮއްލާށޭ..” ޔީޝާ އަޒާންގެ އަތް ފޮޅުވާލަން މަސައްކަތް ކުރިއެވެ. ނަމަވެސް އަޒާން މާ ވަރުގަދައެވެ.

ޔީޝާ ގަދަ ދައްކަން ފެށުމުން އަޒާން ޔީޝާ ކޮއްޕާލިއެވެ. އަދި ޔީޝާއަށް ދުރުވެވެން ވާއިރަށް ހަރުތަކާ ލައި ޔީޝާ ފިއްތާލިއެވެ. ހަރުގައި ބުރަކަށި ޖެހުމާއެކު ޔީޝާގެދެލޯ މެރިގެން ދިޔަނީ ތަދުވެގެނެވެ. އަޒާންގެ ކައިރިން ދުރުވުމަށް ޔީޝާ ތެޅިގަތް ވަގުތު ހަރުތަކު ބިއްދަށުން ބަލަން ހުރި ސޭޓު މީހާ ޔީޝާއަށް ފެނުނެވެ. އަޒާންއަށްވެސްެ އެމީހާ ފެނުމުން ޔީޝާގެ އަތުން ދޫކޮއްލިއެވެ.

“ހަނދާން ކުރާތި. އަހަރެން ގަދަ ބާރު ދައްކާފިއްޔާ އަހަރެން ބުނާގޮތް ހެދުން ނޫންގޮތެއް ޔީޝާއަކަށް ނޯންނާނެ.. ހީނުކުރާތި ބޭރަށް ނުކުންނަ ކޮންމެ ފަހަރަކު ދާނިޝް ގޮވައިގެން އުޅުނަސް އަހަރެން ބިރުގަންނާނޭ” ޔީޝާއާ ދުރަށް ޖެހިލަމުން އަޒާން ބުނެލިއެވެ. އަދި ބާރު ހިނގުމުގައި ފިހާރައިން ނުކުތެވެ.

ޔީޝާގެ ހިތުގައި ބިރުވެރިކަން އުފެދުނެވެ. އަޒާން އެހުންނަނީ ޔީޝާ އެކަނި ވާނެ ވާގުތަކަށް ބަލަ ބަލާކަން ޔީޝާއަށް އެނގުނެވެ.  މިއަދު އޭނާއަށް ސަލާމަތް ވެވުނީ ފިހާރާގައި ހުރުމުންކަން ޔީޝާއަށް އެނގުނެވެ. ފިހާރައަށް މީހުންތަށް ގިނަވާން ފެށުމުން ޔީޝާ އަވަހަށް ކައުންޓަރު ކައިރިއަށް ޖެހިލިއެވެ.

އެއްޗެއްސަށް ފައިސާ ދައްކާ ނިމުމުން އެންމެ ސިކުންތަކުވެސް ފިހާރަތެރޭ މަޑުނުކޮށް ޔީޝާ ނުކުތީ ސޭޓު މީހާ ބަލަހައްޓައިގެން ހުރިގޮތުން އުނދަގޫވެގެނެވެ. އެމީހާ އެހާވަރަށް އެބަލާ ސަބަބުވެސް ޔީޝާއަށް އެނގެޔެވެ. އަޒާންގެ ސަބަބުން މުޅި ރަށުތެރޭގައި އޭނާ ފަލީހަތް ވެދާނެއޭވެސް ޔީޝާ ހިތަށް އެރިއެވެ.

ފިހާރައިން ނުކުމެ ހިނގާގަތް ވަގުތު މަގުގެ އެއްފަރާތެއްގައި ހުރި އަޒާން އޭނާއަށް ފެނުނެވެ. ނަމަވެސް ނުފެންނަ ކަމަށްެ ހެދިފައި ޔީޝާ އަވަހަށް ހިނގާގަތެވެ. ނަސީބު ދިމާކުރިގޮތުން މަގުމަތީ ފުދޭވަރަކަށް މީހުންވެސް ގިނައެވެ. ގެއާވެސް ފުދޭވަރަކަށް ކައިރިވެއްޖެއެވެ. ހަލުވި ފިޔަވަޅުތަކުގައި ހިނގަމުން ދިޔަ ޔީޝާއަށް އޭނާގެ ފަހަތުން އަޒާން އަންނަކަށް އެނގެޔެވެ. ނަމަވެސް ފަސްބެލުމެއް ނެތި އޭނާ ކުރިއަށް ހިނގަމުން ދިޔައެވެ.

ޔީޝާ ނައިސް ލަސްވެގެން ދޮރާށި ކައިރިއަށް ނުކުތް ދާނިޝްއަށް ބާރު ބާރަށް ހިނގަމުން އައި ޔީޝާ ފެނުނެވެ.

“ޔީޝް ހާދަ ބާރަކަށް ތިޔަ ހިނގަނީ.. ރޭހެއް ޖަހަނީތަ؟” ގޭގެ ދޮރާ އަރާ ހަމަވި ޔީޝާ އަށް ދާނިޝް ބުނެލިއެވެ ނަމަވެސް ވަރުބަލިވެފައި ހުރިވަރުން ޔީޝާ އެޔަކަށް ޖަވާބެއް ނުދެއެވެ.

“ކިހިނެއްވީ؟ ހާދަ ވަރުބަލިވެފަ” ދާނިޝް އަނެއްކާވެސް އަހާލިއެވެ. ޔީޝާ ވަކި އެއްޗެކޭ ނުބުނެ ފަހަތް ބަލާލީ އަޒާން ފެންނަން ހުރިތޯއެވެ. ޔީޝާ ބަލާލި ދިމާއަށް ދާނިޝްވެސް ބަލާލިއިރު މަގުގެ ކޮޅުގައި ހުރި އަޒާން ފެނުނެވެ. ވަގުތުން ދާނިޝްގެ ދެބުމަ ގޮށްޖެހުނެވެ.

“އަނެއްކާ އޭނަ ޔީޝްއަށް އުނދަގޫ ކުރީތަ؟ ބުނެބަލަ” ދާނިޝްއަށް ވެގެން އުޅޭގޮތް ދެނެގަނެވުނެވެ. ޔީޝާ ބޯޖަހާލުމުން ދާނިޝްގެ ދެއަތް މުއްކެވިގެން ދިޔައެވެ.

“ދާނިޝް ނޫން.. ހިނގާ އެތެރެއަށް..” އަޒާންއާ ދިމާއަށް ހިނގާގަންނަށް އުޅުނު ދާނިޝްގެ އަތުގައި ހިފަމުން ޔީޝާ ބުނެލިއެވެ.

“އޭނަ ޔީޝް އަށް އުނދަގޫ ކުރާތަން ބަލަން އަހަރެން ހުންނަންވީތަ..” ދާނިޝް ނުރުހިފައި ބުނެލިއެވެ.

“އޭނަ ކައިރީ ޖެއްސުން ނުކުރާށޭ ބުންޏަސް އެކަމެއް ނުހުއްޓޭނެކަން ދާނިޝްއަށް ހަމަ ރަނގަޅަށްވެސް އެނގޭނެ.. ދާނިޝް އޭނައާ ދިމާކޮއްލާފިއްޔާ ޖެއްސުންވާނީ އިތުރަށް ބޮޑު” ޔީޝާ އެހެން ބުނުމުން ދާނިޝް ބޯޖަހާލާފައި ޔީޝާގެ އަތުގައި ހިފާލިއެވެ.

“އޯކޭ.. ހިނގާ އެތެރެއަށް.. އެކަމު މިއީ އެންމެ ފަހު ފަހަރު.. ދެން އޭނަ ޔީޝްއަށް ޖެއްސުން ކޮއްފިއްޔާ..” ދާނިޝް ބުނެލީ މިހިސާބަށެވެ. ދާނިޝްގެ ޖުމްލަ ފުރިހަމަ ނުކުރި ކަމުގައިވިޔަސް ޔީޝާއަށް އޭނާ އެބުނަން އުޅުނު އެއްޗެއް ދެނެގަނެވުނެވެ.

ބޫޓު ބޭލުމަށްފަހު އެއްފަރާތެއްގައި ރީތިކޮށް ބަހައްޓާލަމުން ޔީޝާ ދަބަހުން ތަޅުތަނޑި ނެގިއެވެ. ތަޅުދަނޑި ތަޅަށް ޖަހާލާފައި އަނބުރާލި އިރު ދޮރު ހުރީ ތަޅުނުލައެވެ. ކެމްޕަހަށް ދަމުން ދޮރު ތަޅުލީރު މިހާރު ދޮރު ހުޅުވިފައި މިހުރީ ކީއްވެބާއޭ ހިތަށް އަރާފައި ޔީޝާ ދޮރު ހުޅުވާލިއެވެ.

ފާރުގައި އަތް ހާކާލާފައި ސުވިޗު ޖައްސާލިއެވެ. އެއާއެކު ކޮޓަރިތެރެ އަލިވެގެން ދިޔައެވެ. އެންމެ ފުރަތަމަވެސް ޔީޝާގެ ލޮލުގައި އަޅާގަތީ ސޯފާގައި އިށީންދެ އިން އަފާއެވެ.

“ކޮން އިރަކު އައީ..؟” އަފާގެ ގައިގައި އޮޅުލައި ގަންނަމުން ޔީޝާ އަހާލިއެވެ.

“މިއަދު ހަވީރު އައީ.. އަދި ނުވޭ ގިނައިރެއް. ޔީޝް ބަލާބަލަ އެހެރީ ކާކު” ކޮަޓަރި ދޮރު ކައިރީ ހުރި ޔައީޝް ޔީޝާއަށް ފެނުނީ ދެނެވެ.

“ތުއްތުބެވެސް އައީ ތަ؟ އަޅެ ނުވެސް ބުނޭ ޔީޝް ކައިރީ” އަފާއާއި ޔައީޝް ފެނުމުން ޔީޝާގެ ސިކުނޑީގައިވާ ހައިޖާނުގަނޑު އެއްކޮށް ފިލައިގެން ދިޔައެވެ.

“ސަޕްރައިސް ދެވޭނީ ނުބުނެ އައީމައެއްނު.. ދެން ކޮބާތަ އަހަރެންގެ ޅިޔަންބެ؟” ޔައީޝް ޔީޝާގެ ކޮނޑަށް އަތް ވައްޓާލަމުން ބުނެލިއެވެ.

“ކޮން ޅިޔަންބެއެއްތަ.. އަހަރެން ކޮން އިރަކު މީހަކާ އިނީ” ޔީޝާ އެހެން ބުނިއިރު ތުންފަތް މަތީ ލުއި ހިނިތުންވުމެއް ފަވާލިއެވެ.

“މިކިޔަނީ ޔީޝްގެ ބިޓު ދާނިޝްގެ ވާހަކައޭ.. ކޮބާތަ އޭނަ؟” ޔައީޝް ބުނެލިއެވެ.

“މިޔޮަށް އައީނުން.. އަވަހަށް ގެނެބަލަ ތިޔަ ކޮތަޅު މިހާރު ބަނޑުހައި ވެގެން ހަލާކު ވަނީ” ހެދިކާ ކޮތަޅެއް ހިފައިގެން އައި ދާނިޝް ފެނިފައި އަފާ ބުނެލިއެވެ.

“ކޮބާ ސަޕްރައިސް ވިތަ” ދާނިޝް ޔީޝާއަށް ބަލާލަމުން ބުނެލިއެވެ.

“ދާނިޝްއަށް ވެސް އެނގޭތަ އެމީހުން އަންނަކަން.. އަޅެ މީނަވެސް އަހަރެން ކައިރީ ނުބުނޭ” ދާނިޝްގެ އަތުގައި ވިކައި ގަންނަމުން ޔީޝާ ބުނެލިއެވެ.

“ޔީޝްގެ ތުއްތުބެ ބުނީއޭ ނުބުނާށޭ.. އަހަރެންނަށްވެސް އެނގުނީ އިއްޔެ..” ދާނިޝް ބުނެލިއެވެ. ކޮނޑުގައި އޮތް ދަބަސް ކޮޓަރިއަށް ލާފައި އައިސް ޔީޝާ އެންމެނަށް ސައި ގިރައިދިނެވެ. ހުނުމާ ސަކާރާތުގައި ހަތަރު މީހުން ސައިބުއިމުގައި މަސްއޫލުވިއެވެ.

“އަސްލު ކީއްކުރަން ޔައީޝް ކުއްލިއަކަށް މިރަށަށް ތިއައީ؟” ދާނިޝް އަހާލިއެވެ.

“މިއައީ ރައްޓެއްސެއްގެ ކައިވެނި ޕާޓީއަށް.. ދެން ޗުއްޓީއެއް ލިބުނީމަ ހިތަށް އެރީ ދުވަސްކޮޅަކަށް މިކޮޅުގަ މަޑުކޮއްލަން..” ޔައީޝް ބުނެލިއެވެ.

“ކޮންތާކު ތުއްތުބެ ހުންނަނީ؟” ޔީޝާ އަހާލިއެވެ.

“އޭނަ ކައިރީ ތަނެއް ހޯދަން ބުނެގެން މިއުޅެނީ.. އެކަމު އަދި ހަބަރެއް ނުވޭ” ޔައީޝް ބުނެލިއެވެ.

“ދާނިޝް ޔައީޝް ނިދަން ހުސްކޮޓަރި ހަމަޖައްސަން ވީނުން” އަފާ ބުނެލިއެވެ.

“މުޅިން ސަކަރާތޭ.. ދުވަސްކޮޅަކަށް އެކޮޓަރީގަ މީހަކު ހުންނާނެ” ދާނިޝް ބުނެލިއެވެ.

“އޯކޭ ވާނެ އެހެން ތަނެއް ނުހޯދިޔަސް.. މިސޯފާގަވެސް އަހަރެންނަށް އޮވެވިދާނެ” ސޯފާގައި ޖަހާލަމުން ޔައީޝް ބުނެލިއެވެ.

“ނޫނޭ.. އަހަރެން އޮންނާންނަން ސޯފާގަ.. ޔައީޝް އާ ޔީޝް އޮވޭ ކޮޓަރީގަ” އަފާ ބުނެލިއެވެ.

“ނޫން.. އަހަރެން އޮންނާނަން ސޯފާގަ އަފާއާ ތުއްތުބެ އޮވޭ ކޮޓަރީގަ.. އެގޮތް މާ ރަނގަޅު ވާނެ ދޯ” ޔީޝާ ދާނިޝްއަށް ދޯ ޖަހާލަމުން ބުނެލިއެވެ. ޔީޝާ އެހެން ބުނުމުން އަފާއާއި ޔައީޝް އެކަކު އަނެކަކާ ދިމާއަށް ބަލާލިއެވެ. އަފާ ނޫންކަމަށް އިސްޖަހާލުމުން ޔައީޝްވެސް ކަރުކެހިލާފައި ދުރު ބަލާލިއެވެ. އޭރު ޔައީޝްގެ ދެކަންފަތާ އެކީ މޫނު ވަނީ ރަތްވެފައެވެ.

އަސްލުވެސް ތޮގޮތް މ ރަނގަޅު ވާނެ.. އެދެމީހުްނނަށް މިތަން ދީފަ ޔީޝް ހިނގާ އަހަރެން ކޮޓަރިއަށް. އޭރުން އަދި މާ ރަނގަޅު ވާނެ” ދާނިޝް ލާނެތް ގޮތަކަށް ހެމުން ބުނެލިއެވެ. މިފަހަރު ލަދުން މޫނު ފޮރުވަން ޖެހުނީ ޔީޝާއަށެވެ. ދާނިޝް އެގޮތަށް ވާހަކަ ދެއްކުމުން ޔީޝާ އަދިވެސް ލަދުގަނެއެވެ. ދާނިޗްއާއެކު ހޭދަކުރެވޭ ރޭތަކުގެ މަތިން ޔީޝާ ހަނދާން ޥާތީއެވެ.

“ދެން ދާނިޝް.. ދައްކާ ވާހަކަ.. ” ޔީޝާ ދާނިޝްގެ ކޮނޑުގައި ޖަހާލިއެވެ.

“އޯކޭ ދެން ތި ލަވް ބާޑްސް ކޮންމެހެން އަހަރެމެން ކުރިމަތީ މފޮޅުވާނެ ކަމެއް ނެތް.. އަހަރެން މިދަނީ ޖައްސާލަން. މިހާރު ވަރަށް ޓަޔަޑު” އަފާ އެހެން ބުނެފައި ކޮޓަރިއަށް ވަނުމުން ދާނިޝްއާއި ޔައީޝް މިސްކިތަށް ދިޔުމަށް ނުކުތެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Dheem&Eekku

Level 410 Stories100 Login500 Login

Other Articles

Previous

ހިތުގެ ޝަކުވާ… ފުރަތަމަ ބައި

Next

އަންނަންދެން ހުންނާނަން ލޯބިން 27

Next
April 1, 2021

އަންނަންދެން ހުންނާނަން ލޯބިން 27

Previews
April 1, 2021

ހިތުގެ ޝަކުވާ… ފުރަތަމަ ބައި



All Right Reserved!