Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

ބަދު ނަސީބުގެ ހިޔަނި އެޅުމުން (18)

Dheem&Eekku Level 410 Stories100 Login500 Login
March 24, 2021 6 Mins Read
1 Comment

“މީގެ ފަހުން އަހަންނަށް އެއްވެސް ކަމެއް ސިއްރު ނުކުރާތި އިނގޭ.. ޔީޝްއަށް ކަމެއް ވެއްޖެއްޔާ އަހަރެން ދެރަވާނެ ވަރު ޔީޝްއަށް އެނގޭނުން” ދާނިޝް އެހެން ބުނެފައި ޔީޝާގެ އަތުގައި ހިފާލިއެވެ. އަދި ގެއާ ދިމާއަށް ހިނގާގަތެވެ.

****

ނިދިފައި އޮތް ޔީޝާއަށް ހޭލެވުނީ ބާލިސް ދަށުގައި އޮތް ފޯނު ސޯނާވި ގަޑިއަށެވެ. އަދި އިތުރަށް ނިދާލަން ބޭނުންވެފައި ވީނަމަވެސް ނޯވެ ތެދުވީ ކުލާހަށް ދާން ޖެހޭތީއެވެ. ކުލާހަށް ދާން ތައްޔާރު ވުމަށްފަހު ޔީޝާ ގެއިން ނުކުތް އިރު ދާނިޝް އޭނާގެ އިންތިޒާރުގައި ހުއްޓެވެ.

ފުރަތަމައަށް އޮތް ދެކުލާސް ނިމުމުން ޔީޝާއާއި އޭނައާ އެއްކުލާހު ތިން އަންހެން ކުދިން ބެންޗުގައި މަޑުކޮއްލީ ދެން އޮތް ގަޑީގެ މުދައްރިސް ކުޑަކޮށް ލަސްވާނެ ވާހަކަ ބުނުމުންނެވެ. ދާނިޝްއަށް މެސެޖު ކުރަމުން ދިޔަ ނަމަވެސް އެމީހުން ދައްކަމުން ދިޔަ ވާހަކަތަކަށް ޔީޝާއަށް ކޮންމެވެސް ވަރަކަށް ސަމާލުކަން ދެވެމުން ދިޔައެވެ.

“އޭ.. އިނގޭތަ؟ އެކައުންޓު ކުލާހުގަ އިނދޭނުން ދޯ ވަރަށް މަޑުން އިންނަ އަންހެން ކުއްޖެ.. އައިންތު. އޭނަ ޖިންނި އަވަލީޔޯ ދޯ” ދައްކަމުން ދިޔަ ވާހަކައިގެ ތެރެއިން އެކަކު ބުނެލިއެވެ.

“ޖިންނި މޮޔަވީއޭ؟” އެއާ ވިއްދާފައި އެހެން ކުއްޖަކު ބުނެލިއެވެ.

“އާން.. އޭނައަށް ހީވަނީޔޯ އަބަދުވެސް މީހަކު ފާރަލާހެން.. ދެން އަބަދުވެސް ހުންއައިސް ބަލިވާން ފެށުމުން ރުޤިޔާ ކުރާ މިހަކު ގެނައްޔޯ.. އެމީހާ ބުންޏޯ އައިންތުއާ ޖިންނިއަކު އަވަލިއްޔޭ” ވާހަކަ އެހިސާބަށް ދިޔަތަނާ ޔީޝާއަށް ހެވުނެވެ.

“ކިހިނެއްވީ ތިހެނީ؟” އެކުއްޖާ ނިތް އަރުވާލާފައި ޔީޝާއާ ދިމާއަށް ބަލާލިއެވެ.

“ކަމެއް ނުވޭ.. އެކަމު ޖިންނި އަވަލިއްޔޭ ބުނީމަ ދޯ..” ޔީޝާ ބުނެލިއެވެ.

“ޔީޝާ ގަބޫލެއް ނުކުރަންދޯ އެކަހަލަ ކަންކަމެއް” އެތަނުން އެއްކުއްޖަކު ބުނެލިއެވެ.

“ނޫން ޖިންނިން އެއީ އުޅޭ ބަޔެއްކަން ގަބޫލު ކުރަން.. އެކަމު އެއެއްޗެހިން އިންސާނުންނާ އަވަލާންވީ ސަބަބެއް އަހަންނަކަށް ނޭނގޭ” ޔީޝާ ބުނެލިއެވެ.

“ޖިންނި އަވަލުމަކީ ތޯތޯ ވާހަކައެއް ނޫނޭ.. އެއީ ހަމަ އަސްލަށްވެސް ދިމާވެފަ ހުރި ކަންކަމޭ.. އެއެއްޗެހިން އިންސާނުންގެ ފަރާތުން ބަދަލު ހިފަން ނޫނީ ކޮންމެވެސް އެހެން ބޭނުމެއް އޮވެއްޖެއްޔާ އަވަލާނެ..” އެ ކުއްޖާ ބުނެލިއެވެ.

“އިންސާނުންގެ ފަރާތުން އެމީހުން ބޭނުންވާނީ ކޮންކަމެއް؟” ޔީޝާއަކަށް ނުވިސްނުނެވެ.

“ޖިންސީ އުފާ.. ހަމައެކަނި އެ ބޭނުމުގަވެސް ކިތަށް އިންސާނުންނާ އެމީހުން އަޅައިގަނެގެން އުޅޭ.. ޖިންނި އަވަލީމަ އާދަޔާ ހިލާފަށް އަވަސް އަވަހަށް ބަލިވާނެ.. އަދި އެންމެ ފުރަތަމަ އަލާމާތަކީ ފާޑު ފާޑުގެ ހުވަފެން ފެނުން.. ކޮންމެ ރެޔަކު ނޫނީ ވަކި ހާއްސަ ރޭތަކުގަ ފާޑު ފާޑު ހުވަފެން ތަކުރާރުކޮށް ފެނުމަކީވެސް ރޫހާނީ ކަމެކޭ އަހަރެންގެ ކާފަ ބުނި.” އެކުއްޖާ އެހެން ބުނުމުން ޔީޝާ ހުއްޓުން އެރިއެވެ.

ކޮންމެ ރެއަކުހެން ޔީޝާއަށް ފެންނަމުންދާ ހުވަފެންތަކާ މެދު ޔީޝާއަށް ވިސްނާލެވުނެވެ. އެއީ އަނެއްކާ ރޫހާނީ ކަމެއްބާވައޭ ޔީޝާގެ ހިތް ބުނެލިއެވެ. ނަމަވެސް ދެވަނަ ސިކުންތު އޭނާގެ އަމިއްލަ މޮޔަކަމާމެދު ހިނިއައެވެ. އޭނާއާ ޖިންނިއަކު އަވަލާނީ ކިހިނެއް ހެއްޔެވެ. އޭނާގެ ފަރާތުން އެއިން އެއްޗަކަށް ގޯނާއެއް ވެފަކާ ނޯންނާނެކަން ގައިމެވެ.

“ޔީޝާވެސް ބަލައިގެން އުޅޭތި.. ޔީޝް ކަހަލަ ރީތި ކުއްޖަކާ ޖިންނިއަކު އަޅައިގަތުމަކީވެސް ހަމަ ވެދާނެ ކަމެއް” އެތަނު އެކަކު އެހެން ބުނުމުން ޔީޝާ އެއްޗެކޭ ނުބުނެއެވެ. ކުޑަކޮށް ހީލާފައި އެތަނުން ތެދުވީ މުދައްރިސް އަންނަތަން ފެނުމުންނެވެ.

އިރު އޮއްސޭރެވެ. ފާލަމަށް ދޯނި ގާތް ކޮށްލުމާއެކު ވަލީދު ދޯނިން ފޭބިއެވެ. ކޮނޑުގައި އޮތް ދަބަސް ހެޔޮވަރު ކޮއްލުމަށް ފަހު ރަށުތެރެއަށް ނަޒަރު ހިންގާލީ މީހަކު ހޯދާ ފަދައިންނެވެ. ވަގުތުގެ ގޮތުން ފާލަންމަތީ މީހުން މަދެވެ. ފާލަމުގައި އަޅާފައި ހުރި ދޯނީގައި އުޅޭ ދެތިން ފަޅުވެރިއަކު ނޫނީ އެތަނުގައި ނެތެވެ. އިތުރަށް އަނދިރި ނުވަނީސް ދެވޭތޯ ރަށުތެރެއާ ދިމާއަށް ހިނގާގަތެވެ. ތަންކޮޅަކަށް ދެވުނު ތަނާ އޭނާ ހުއްޓުން އެރީ އޭނާގެ ނަމުން މީހަކު ގޮވާލީމައެވެ.

“ވަލީދުބޭ..!” އަޅައިގެން ހުރި ނަންބަރު އައިނު ހެޔޮވަރު ކޮއްލަމުން އަޑުއައި ދިމާއަށް ބަލާލިއިު ގޮވާލީމައެވެ. ރު އާދައިގެ ދުވެއްޔެއްގައި ސައިކަލެއް އައިސް އޭނާއާ ހަމަ ކޮށްފިއެވެ.

“ނޭނގުނު ދޯ.. މިއީ ދާނިޝް އޭނުން” ވަލީދު އަނގައިން ނުބުނެ ބަލަން ހުރުމުން ދާނިޝް ބުނެލިއެވެ. ދާނިޝް އެހެން ބުނުމުން ވަލީދު ސަހާދަތް އިނގިލި ތުންފަތުގައި ޖައްސާލަމުން ދަތްތަށް ފެންނަ ވަރަށް ހީލިއެވެ.

“ކިހިނެއް އިނގޭނީ.. މިހާރު ތިހުރީ މުޅިން ބޮޑުވެ ފުރިހަމަ ޒުވާނަކަށް ވެފައެއްނު.. އެންމެ ފަހުންވެސް ބޭބެއަށް ކަލޯ ފެނުނު އިރު ނުލާހިކު ކުޑަ.. ކިހިނެއްތަ ދޮން ކަލޯ” ވަލީދު އެހެން ބުނެފައި ދާނިޝްގެ ކޮނޑުގައި ޖަހާލިއެވެ.

“އަޅުގަނޑު ހަމަ ބަރާބަރު.. ބޭބެ ކިހިނެއްތަ؟” ވަލީދު ފައިކައިރީ ހުރި ކަރުދާސް ފޮށިގަނޑު ނަގާ ސައިކަލު ވަށިގަނޑުމަތީ ހެޔޮވަރު ކޮއްލަމުން ދާނިޝް ބުނެލިއެވެ.

“ބޭބެވެސް ދެން ހަމަ އެކަހަލަ ގޮތެއް..” ދުރުދުރަށް ނަޒަރު ހިންގާލަމުން ވަލީދު ބުނެލިއެވެ.

“މިކޮޅަށް ލެފި ފަހުން ވަރަށް ލަސްވެއްޖެދޯ.. ޑިއުޓީ ނިމިގެން ގެޔަށް ދިޔަމަގުމަތީ މީހަކާ ދިމާވެގެން ލަސްވީ.. ދެން ގެޔަށް ދިޔަފަހުން ބައްޕަ ބުނުއްވީމަ ހަނދާންވީ މިއަދު އަދި ބޭބެ ލަފާ ތަނަށް ދާން ޖެހޭކަންވެސް..” ދާނިޝް އެހެން ބުނުމުން އެއީ މައްސަލައެއް ނޫން ކަމަށް ބުނެ ވަލީދު ހީލިއެވެ.

“އަރާ ފަހަތަށް” ދާނިޝް ސައިކަލު އެއްފަރާތަކަށް އަރިކޮށްލަމުން ބުނެލިއެވެ.

“މިކަހަލަ ގޮތްބޮޑު އެއްޗެއްސަށް އެރުމަކީ ހާދަ ނުރައްކާ ކަމެކޭ.. މިކަހަލަ އެއްޗެއްސަށް އެރުމަކީ ވަލީދުބެއަށް ވަރަށް ބޮޑުކަމެއް” މުންޑުގަނޑު ޖަހާ ނަގަމުން ސައިކަލަށް އަރަމުން ވަލީދު ކުސްތަޅާލިއެވެ. ވަރަށް ހާލަކުން ވަލީދުއަށް ސައިކަލަށް އެރުމުން ދާނިޝް މަޑު ދުވެލީގައި ގެޔާ ދިމާއަށް ސައިކަލު ދުއްވާލިއެވެ.

ދާނިޝްގެ ކާފައާއި ވަލީދުއަކީ ކުޑައިރު އެކީ މަހަށް ގޮސް އުޅުނު ގާތް ރަހްމަތްތެރިއެކެވެ. ދާނިޝްގެ ކާފަ ނިޔާވުމަށް ފަހުވެސް ވަލީދު އެއާއިލާ މީހުނާ ނުހަނު ގުޅެއެވެ. ހާއްސަކޮށް ދާނިޝްގެ ބައްޕަ މުހަންމަދު ދެކެ ވަލީދު ނުލާހިކު ލޯބިވެއެވެ.

“ބޭބޭ.. އަވަހަށް ދުރުވޭ އެތެރެއަށް” ދާނިޝްގެ ފަހަތުން ވަދެގެން އަންނަ ވަލީދު ފެނިގެން ނާޒިޔާ ގޮވާލިއެވެ. އެއަޑަށް ފުރޮޅުލީ ގޮނޑީގައި އިން މުހަންމަދުވެސް އިސްއުފުލާލާ ބަލާލިއެވެ.

“ނާޒިޔާ ކޮބާ ކިހިނެއް؟ އަހަން ދަރިފުޅާ މިހާރު އިށީންދެވެސް އިނދެވޭތަ؟” މުހަންމަދުގެ ބޮލުގައި ފިރުމާލަމުން ވަލީދު އެހެން ބުނީރު ދެލޯ ފެންކަޅިވިއެވެ. ދުވަސްތަކެއް ކޮއްލާފައި ފެނުމުން ވަލީދު ހުރީ އުފަލުންނެވެ.

“އަލްހަމްދުﷲ މިހާރު ކުރިއަށްވުރެ ރަނގަޅު.. އެކަމު އިށީންދެ އިނދެވެނީ އިރުކޮޅަކަށް.. އަމިއްލަ އެއްވެސް ބާރެއް ނެތީމަ ކިހިނެއް އިންނާނީ” ވަލީދުގެ އަތުގައި ހިފަމުން މުހަންމަދު ބުނެލިއެވެ.

“އިރާދަ ކުރެއްވިއްޔާ ދަރިފުޅު އަދި ރަނގަޅުވާނެ” ވަލީދު އެހެން ބުނެފައި ސޯފާގައި އިށީނެވެ.

“ނާޒިޔާ.. ދޭބަލަ ބޭބެއަށް ފަނިތައްޓެއް ނަމަވެސް ގެނެސްދޭން” މުހަންމަދު އެހެން ބުނުމުން ނާޒިޔާ ތެދުވެ ބަދިގެއާ ދިމާއަށް ހިނގާގަތެވެ.

“ގެނޭ ބޭބެގެ ދަބަސް.. އަޅުގަނޑު ކޮޓަރިއަށް ލައިދޭނަން” ދާނިޝް އެހެން ބުނެފައި ވަލީދުގެ ދަބަސް ހިފައިގެން ބޭރަށް ނުކުތެވެ. އަދި ކުލީ ކޮޓަރިތަކަށް އެރެން ހުންނަ ސިޑިން ލާފައި މައްޗަށް އެރިއެވެ. ވަލީދު އަންނަ ވާހަކަ ބުނުމުން ނާޒިޔާ ހިރަފުސް ފޮޅާ ރީތިކޮއްފައި ހުރި ކޮޓަރިއަށް ދަބަސް ލާފައި ދާނިޝްއަށް ނުކުމެވުނީ ބޭރުން އައި ޔީޝާގެ ކުރިމައްޗަށެވެ.

“ދާނިޝް.. ކީއްމިތާ ތިކުރަނީ.. މިކޮޓަރިއަށް ބަޔަކު އައީތަ؟” އަރައިގެން ހުރި ބޫޓުގެ ނާޑުވާ ނައްޓަމުން ޔީޝާ އަހާލިއެވެ.

“އާން. ކާފަގެ ވަރަށް ގާތް ރައްޓެސްއެއް ދުވަސްކޮޅަކަށް އައިސް އެއުޅެނީ.. ޔީޝް ކޮންތާކުން ތިއައީ؟” ދާނިޝް އަހާލިއެވެ.

“ދާނިޝް ކީއްކުރަން އަހަރެން ދާ ތަނެއް ބަލަންވީ؟” ޔީޝާ ހަށަން ބަނދެލަމުން އެހެން ބުނެލީ ޖެއްސުމަށެވެ.

“އަހަރެން ނުވާނެތަ ޔީޝް ދާ ތަނެއް ބަލާކަށް..” ދާނިޝްވެސް ހަށަން ބަނދެލަމުން ބުނެލިއެވެ.

“އަހަރެންވެސް ނުބަލަމޭނުން ދާނިޝް ދާތަންތަނެއް” ޔީޝާ އެހެން ބުނުމުން ދާނިޝް ދެބުމަށް ހިއްލާލާފައި ހޭންފެށިއެވެ.

“އަހަރެން އަބަދުވެސް އަހަރެން ކުރާ ނުކުރާކަމެއް ޔީޝްއަށް އަނގަމޭނުން.. އޯކޭ އޭ ޔީޝް އަހަންނަށް ހުރިހާ ކަމެއް ނޭނގިއަސް. އައި ޓުރަސްޓު ޔޫ” ދާނިޝް ޔަގީން ކަމާއެކު ބުނެލިއެވެ.

“ހަމަ އެހާވެސް އިތުބާރު ކުރަންތަ” ޔީޝާ އެހެން ބުނިތަނާ ދާނިޝް ކުރިމަތިން ޔީޝާގެ އުނަގަނޑުގައި އަތް އަޅުވާލިއެވެ.

“ދާނިޝް” ދާނިޝްގެ މިއަމަލުން ޔީޝާ ކުޑަކޮށް ލަދުގަތެވެ. ދާނިޝްއާ ދުރަށް ޖެހިލުމަށް އޭނާގެ މޭގައި އަޅާ ކޮއްޕާލަމުން ފަހަތަށް ޖެހުނެވެ. ނަމަވެސް ޔީޝާގެ ބުރަކަށި ފާރުގައި ޖެހުމުން ދާނިޝްއާއި ފާރާ ދެމެދު ތާށިވިއެވެ.

” ޝައްކު ވަނީތަ؟” ޔީޝާގެ ކަންފަތް ބުޑުގައި ދާނިޝްގެ ވައި އަޑު ޖެހުމާއެކު ޔީޝާގެ މޫނަށް ޖަނބުކުލަ ވެރިވިއެވެ.

“ދާނިޝް؟ މީހަކަށް ފެނިދާން” ޔީޝާ ދާނިޝްގެ މޭގައި އަޅާ ކޮއްޕާލަމުން ބުނެލިއެވެ.

“ހަހަހަ.. ލަދުގަތީތަ؟” ޔީޝާގެ ނޭފަތުގައި ހިފާލަމުން ދާނިޝް ހޭންފެށިއެވެ.

“ދެން ދާނިޝް.. ކާކުތަ ބުނީ މަށާ ފުލާޓު ކުރަން.. ދޭ ދެން އަހަރެން މިވަންނަނީ އެތެރެއަށް” ޔީޝާ އެހެން ބުނުމުން ދާނިޝް ދެފަރާތަށް ބޯހޫރާލާފައި އަނެއްކާވެސް ހޭންފެށިއެވެ.

“އޯކޭ.. 9 ޖަހާ އިރަށް ރެޑީ ވާތި.. މިރޭ ހިނގާލަން ދާ ވާހަކަ ބުނީމެއްނު” މިހެން ބުނެފައި ދާނިޝް ދިޔައެވެ. ދާނިޝް ދިޔަތަން ބަލަން ހުރެފައި ޔީޝާވެސް އެތެރެއަށް ވަނެވެ. ދޮރު ލައްޕާލުމަށްފަހު ޔީޝާ އަމިއްލަ ނޭފަތުގައި އިނގިލި ޖައްސާލިއެވެ. ދެވަނަ ސިކުންތު ޔީޝާގެ މޫނު ރަތްވެގެން ދިޔައެވެ. ތުންފަތް މަތީ ލުއި ހިނިތުންވުމެއް ކުޅެލިއެވެ.

 

“ވަލީދުބެ ކޮން ކަމަކު މި އަތޮޅަށް އައިސްގެން ތިއުޅެނީ؟” ސޯފާގައި އިށީންނަމުން ދާނިޝް އަހާލިއެވެ.

“އަސްލު މިތާ ކައިރި ރަށަކަށް މިއައީ ކުޑަ މަސައްކަތަކު.. ދެން މިހިސާބަށް އާދެވުނީމަ ހުރިހާ ރައްޓެހިން ގާތަށް ޖައްސާލަން ވާނެއްނުން.. އަހަރު ތަކަކަށް ފަހު ވިއްޔަ މިހިސާބަށް މިއާދެވުނީވެސް” ޖޫސްތަށީގެ ބާކީ ހުރި ޖޫސްފޮދު ބޯލަމުން ވަލީދު ބުނެލިއެވެ. ކުޑަ މަސައްކަތެކޭ ބުނުމުން ދާނިޝް އިތުރަކަށް ސުވާލެއް ނުކުރެއެވެ. ވަލީދު ކުރާ މަސައްކަތް ދާނިޝްއަށް އޭނާގެ ބައްޕަމެން ފަރާތުން ވަނީ އެނގިފައެވެ.

ވަލީދުއަކީ އޭނާގެ އެންމެ ޒުވާން އުމުރުން ފެށިގެންވެސް ފަންޑިތަ ސިހުރަށް ޝައުގު ހުންނަ މީހެކެވެ. އެކަންކަމަކީ އޭރު އާންމު ކަމެއް ކަމުން ވަލީދުވެސް ވަނީ އެކަން ދަސްކޮށްފައެވެ. ނަމަވެސް ސިހުރާއި ފަންޑިތާގެ މަގުން އޭނާއަށް ދަސްވެފައި ހުރި އެއްޗެހީގެ ބޭނުން ވަލީދު ދުވަހަކުވެސް ނުރަނގަޅުކޮށް ބޭނުން ކޮއްފައެއް ނުވެއެވެ. ވަލީދު މަސައްކަތަކީ ޖިންނި ޝައިތޯނުންގެ ޝިކާރާގައި ޖެހިފައި ތިިބޭ މީހުން ސަލާމަތް ކޮއްދިނުމެވެ. އެގޮތުން ފެން ކިޔެވުމާ ފާލުބެލުން އަދި ރުޤިޔާ ކުރުމުގައި ވަލީދު ނުލާހިކު މޮޅެވެ. މިއީވެސް އެފަދަ ކަމަކު ވަލީދު އެއަތޮޅަށް ކުރި ދަތުރެކެވެ.

އިރު ކޮޅަކު އަނގަ ތަަޅާލަން ތިބެފައި ނަމާދު ވަގުތު ކުޑަތަންވުމުން ވަލީދު ތާޒާ ވެލުމަށް އޭނާއަށް ހާއްސަކުރެވިފައި ހުރި ކޮޓަރިއާ ދިމާއަށް ހިނގާގަތެވެ. ސިޑީގެ ފުރަތަމަ ހަރުފަތަށް އެރުމަށް ފައި ހިއްލާލި ވަގުތު ވަލީދު ހުއްޓުން އެރީ ކުރިމަތިން ހިޔަންޏެއް ހުރަސް ކުރިހެން ހީވެގެނެވެ. ފަރުވާތެރިކަމާއެކު ވަލީދު ދެފަރާށް ބަލާލީ ދެވަނަ ފަހަރަށް އެ ހިޔަނި ފެނޭތޯއެވެ. ދެން އެ ހިޔަނި ނުފެނުމުން ވަލީދު އެކަމަށް މާބޮޑު އަޅާލުމެއް ނެތި ސިޑިން މައްޗަށް އަރަން ފެށިއެވެ. ކޮޓަރިއަށް ވަދެ ދޮރު ލައްޕާލަން އުޅެނިކޮށް ވަލީދު އަނެއްކާވެސް ސިހުނީ ކުރިމަތިން ހިޔަންޏެއް ހުރަސް ކުރުމުންނެވެ. މިފަަހަރު އެއީ އޭނާއަށް ކުރެވުނު ކުއްހީއެއް ނޫންކަން ވަލީދުއަށް ޔަގީންވިއެވެ. ޔީޝާމެން އުޅޭ ބައިގެ ދޮރާ ދިމާއަށް ބަލަހައްޓައިގެން އިރުކޮޅަކު ހުރެފައި ދޮރު ލައްޕާ ތަންޑު އަޅުވާލިއިރު ވަލީދުގެ ނިތް ކުރިމައްޗަށް ވަނީ ރޫތައް ގިނަވެފައެވެ.

 

9 ޖެހީރު ގެއިން ނުކުތް ދެމީހުން ގެޔަށް އައިރު 11 ޖަހާ ބޮޑުވެއްޖެއެވެ. ސިޑިކައިރީ ވާހަކަ ދައްކާލަން ތިބެފައި ދެމީހުންވެސް ބާއްޖަވެރި ރެޔަކަށް އެދެމުން ވަކިވިއެވެ. ދާނިޝް ގޭތެރެއަށް ވަދެގެން ދިޔަ މަންޒަރު ބަލަން ހުރެފައި ޔީޝާވެސް އޭނާ އުޅޭ ބަޔަށް ވަދެ ދޮރު ތަޅުލިއެވެ. ނިދިއައިސްފައި ވީނަމަވެސް ވަރުބަލި ފިލުވާލުމަށް ޔީޝާ ސޯފާގައި ޖައްސާލިއެވެ. ހުޅުވާފައި ހުރި ޓީވީއަށް ބަަލަން އޮތް ޔީޝާ ސިހިގެން ދިޔައީ ދޮރުގެ ތަޅުގައި މީހަކު ހިފާލި އަޑު އިވިގެން ދިޔުމުންނެވެ. މިވަގުތު އޭނާ ހޯދަން އެއައީ ކާކުބާއޭ އޭނާ ހިތަށް އެރިއެވެ. ސޯފާއިން ތެދުވެ އަވަސް ފިޔަވަޅުގައި ޔީޝާ ދޮރާ ދިމާއަށް ހިނގާގަތެވެ. ތަންޑު ނައްޓާލުމަށް ފަހު ޔީޝާ ކުޑަކޮށް ދޮރު ހުޅުވާލިއެވެ. އޭރު ދޮރުމަތީ ހުރި ދާނިޝް ފެނިފައި ޔީޝާ ހައިރާންވިއެވެ. ދާނިޝް މިވަގުތު އެކުރަނީ ކީއްބާއޭ ހިތަށް އެރިއެވެ.

“ކިހިނެއްވީ؟ ކަމަކުތަ ތިއައީ؟” މީގެ ކުރިން ދާނިޝް މިހާ ލަސްވުމުން އޭނާ އުޅޭ ބަޔަށް އައިސްފައި ނުވުމުން ޔީޝާ އަހާލިއެވެ. އެހެން ނޫނަސް ޔީޝާއަށް ގުޅާފައި ނޫނީ ދާނިޝް މީގެ ކުރިން ނާންނާނެއެވެ.

“އަހަރެން ޔީޝާ ކައިރިއަށް އަންނަން ވަކި ސަބަބުތަކެއް ހުންނަން ޖެހޭތަ..” ދާނިޝް ޔީޝާއަށް ބަލަން ހުރެފައި ބުނެލިއެވެ. ދާނިޝް ވާހަކަ ދެއްކިގޮތުން ޔީޝާ ކުޑަކޮށް ހައިރާންވިއެވެ. އެމޫނު މަތީ ހިނިތުންވުމެއް ނޫނީ ހިތްހަމަ ނުޖެހުމެއްވެސް ނެތެވެ.

“އެހެނެއް ނުބުނަމޭނުން.. ދެން ބުނެބަލަ ކީއްކުރަންތަ ތިއައީ.. މިގަޑީގަ ދާނިޝް މިތާ ހުއްޓާ ފެނިއްޖެއްޔާ މީހަކަށް ހީވާނީ ކީކޭ.. ދާނިޝް މަންމަ މެނަށްވެސް ފެނިދާނެއްނު.” ޔީޝާ ބުނެލިއެވެ.

“އެންމެން ނިދާފި މިހާރު.. އަހަރެން އެތެރެއަކަށް ނުވައްދާނަންތަ” ދާނިޝް ހަމަ އެރާގަށް ބުނެލިއެވެ.

“އަހަރެން ދެން މިދަނީ ނިދަން.. ދާނިޝްވެސް ދޭ ނިދަން” ޔީޝާ ކުޑަކޮށް ނުރުހިފައި ބުނެލިއެވެ.

“ޔީޝާ ތިހުރީ އަހަރެން ދެކެ ހިތް ހަމަ ނުޖެހިފަތަ.. އަހަރެން މިރޭ ޔީޝާ ކައިރީ އޮންނަންތަ؟” ދާނިޝް އެހެން ބުނެފައި ޔީޝާގެ ހުއްދަޔާ ނުލާ އެތެރެއަށް ވަދެގެން ދިޔައެވެ.

“ދާނިޝް ދެން ސަމާސާ ނުކޮށް ދޭބަލަ.. ވަލީދުބެއަށްވެސް ފެނިދާނެ” ޔީޝާ ދާނިޝްގެ އަތުގައި ހިފާ ހުއްޓުވަމުން ބުނެލިއެވެ.

“ޔީޝާ ކީއްވެތަ އަހަރެން ފޮނުވާލަން ތިއުޅެނީ.. ޔީޝާ އަހަރެން ދެކެ ލޯބިނުވަނީތަ؟” ދާނިޝް ޔީޝާގެ އަތުގައި ހިފާ ލައްކެއް ޖަހާލުމުން ޔީޝާ އައިސް ޖެހުނީ ދާނިޝްގެ ގައިގައެވެ.

“ދާނިޝް.. މިރޭ ކިހިނެއް ތިއުޅެނީ.. ކޮންކަހަލަ ވާހަކައެއް ތިދައްކަނީ؟” ޔީޝާގެ އުނަގަނޑުގައި އަޅުވާލެވިފައިވާ ދާނިޝްގެ އަތް ތިލަ ޔީޝާގެ ހަށިގަނޑުން ތިރިއަށް ދަތުރު ކުރަން ފެށުމުން ޔީޝާއަށް އުނދަގޫވިއެވެ.

“އަހަރެން ޔީޝާ ވަރަށް ބޭނުން .. ވަރަށް ބޮޑަށް” ޔީޝާގެ އޮމާން ކަނދުރާއަށް ދާނިޝްގެ ހޫނު ނޭވާ އެޅުމުން ޔީޝާގެ ގައިން ހީބިހި ނަގައި ގަތެވެ. އެ ހޫނު ނޭވާއާ އިނގިލިތަކުގެ ބީހުން އެއީ މީގެ ކުރިން ޔީޝާއަށް ކުރެވިފައިވާ އިހްސާސެއްކަމަށް އޭނާގެ ހިތް ބުނެލީ ކީއްވެ ކަމެއް ނޭނގެއެވެ. ހަމަގައިމުންވެސް ދާނިޝް މީގެ ކުރިން އޭނާގެ ހަށިގަނޑުގައި އެފަދައިން ބީހިލާފައި ނުވެއެވެ.

“ދާނިޝް ނޫން” ދާނިޝްގެ ތުންފަތް ޔީޝާގެ ކަނދުރާގެ ނާޒުކު ހަންގަނޑުގައި ބީހިލުމާއެކު ޔީޝާގެ ނޭވާ އަރުތެރޭ ތަށިވާ ގޮތްވިއެވެ.

“ކިހިނެއްވީ… ޔީޝާ ބޭނުމެއް ނޫންތަ؟” ދާނިޝްގެ މަސްތުން ފުރިގެންވާ އަޑު ޔީޝާގެ ކަންފަތުގައި ޖެހުނެވެ. ދާނިޝްގެ އެސުވާލަށް ދޭނެ ޖަވާބެއް ޔީޝާއަކަށް ނޭނގުނެވެ. އޭނާގެ ސިކުނޑި މިއީ ރަނގަޅު ކަމެއް ނޫންކަމަށް ވިސްނަދެމުން ދިޔަނަމަވެސް ޔީޝާގެ ހިތް ދާނިޝްގެ ފިރުމުންތަކަށް އިޖާބަދޭން ބާރުއަޅަނީއެވެ.

“ދާނިޝް.. ”

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Dheem&Eekku

Level 410 Stories100 Login500 Login

Other Articles

Previous

ނިކަން ލޯބިން-20

Next

ތިޔަ ލޯތްބަށް އެދެމޭ – 13

Next
March 24, 2021

ތިޔަ ލޯތްބަށް އެދެމޭ – 13

Previews
March 24, 2021

ނިކަން ލޯބިން-20

One Comment

  1. Taengoo says:
    March 25, 2021 at 8:46 pm

    Haadha interesting ey mi part ge nimmun.. ??mi story dhen kuriah huri huriha bayakah ves inthizaaru kuran..?????.
    Love you sis and take care ?

Comments are closed.

Next Episodeބަދު ނަސީބުގެ ހިޔަނި އެޅުމުން (19)←


All Right Reserved!